Skip to content
އެސްފިޔަ

ކަލާ އަހަރެންގެ ނަސީބުގައި ވޭބާ؟ ( ދެވަނަ ބައި)

އެކަމަކު ކީއްވެ މަލަކު؟ ކޮބާ މައްސަލައަކީ؟” ޝާހީން އަހާލިއެވެ. މަލަކު ޖަވާބެއް ނުދީ ވިސްނާލިއެވެ. ޝާހިން އަށް ހުރިހާ އެއްޗެއް ކިޔައިދޭންވީ ބާވައެވެ. ހިތުގެ ހާލަތު އަންގާލަ ދޭންވީބާވައެވެ.

މިފަދަ ޙިޔާލުތަކެއްގައި މަލަކު ވަނިކޮށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ ޝާހީން މަލަކުގެ އަތުގައި ކޮއްޓާލުމުންނެވެ.

” ކިހިނެއްވީ މަލަކު… ކޮން ޙިޔާލެއްގައި..” ޝާހީން އަހާލިއެވެ.

“އޭނ އޭނ… ކީކޭ؟ އެއްޗެއް ނުވިސްނަން.. ” އަޅައިގަންނަމުން ކަހަލަ ގޮތަކަށް މަލަކު ބުނެލިއެވެ. އޭރު ޝާހީން އަށް އެއްޗެއް ހީވެދާނެތީ މަލަކު ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“މަލަކް.. އަދިވެސް އަހަރެންގެ ސުވާލަށް ޖަވާބު ނުދެމެއްނު…… ކީއްވެތަ މީހަކާ ރައްޓެހި ނުވެގެން ތިއުޅެނީ؟” ޝާހީން އަހާލިއެވެ.

” ޝާހީން… އަހަރެން މީހުންނާއި ގުޅެން ބޭނުން ނުވަނީކީ ނޫނޭ.. އެކަމަކު ބައެއްފަހަރު އެކަނި އިނދެ ފިކުރު ކޮށްލާ ވިސްނުން އެއީ އަހަރެންގެ އާދައެއް.. އަހަރެން ދެކޭގޮތުގައި ވިސްނާނުލާ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ދިއުން އެއީ އެހާ ރަނގަޅު ކަމެއް ނޫން.” މަލަކު ހުޝިޔާރުކަމާއިއެކު ޝާހީން އަށް ޝައްކު ނުވާނޭހެން ޖަވާބު ދިނެވެ.

“ޝާހީން… އޯނޯ… އަހަރެން ހަނދާނެއްވެސް ނެތް…. އަހަރެންމީ އެއްޗެހި ދޮންނަން އަޅަން އުޅުނު މީހާ.. ޝާހީންގެ މޮޅެތި ވާހަކަތަކުގެ ދަލުގަ ޖެހި ހަނދާންވެސް ނެތިފަ މިއިނީ.. ހެހެހެ.. ” މަލަކު  އޭނާގެ އިޙްސާސްތައް ޝާހީންއަށް ބޭޒާރު ވުމުގެ ކުރިން ގެއަށް ދެވޭނެ މޮޅު ބަހަނާއެއް ދައްކާލިއެވެ. އަދި ފަހުން ދިމާވާނެ ކަމަށް ބުނެ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ގެއަށް ވަދެވުމާއެކު މަލަކުއަށް އިތުރަށް އޭނާގެ އިޙްސާސްތައް ކޮންޓްރޯލްއެއް ނުކުރެވޭނެހެން ހީވާން ފެށިއެވެ. ދެލޯ ތަގުޅިކޮށް ބާރުކޮށްލީ ލޮލުގައި ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭނާގެ ބޮޑު ދެކޯތާފަތް މައްޗަށް ފައިބަފާނެތީއެވެ. އޭނާގެ އެއަމަލުން އޭނާ ނޮރޮއިވޭތޯ މަސައްކަތްކުރާކަން ރީއްޗަށް ފާޅުވެއެވެ. އެހެން ނަމަވެސް މާގިނައިރަކު މަލަކުއަށް އެކަރުނަތަކެއް ހިފަހައްޓައިލެވުންވީ އުދަނގޫ ކަމަކަށެވެ. އިސާހިތަކު މަލަކުގެ ބޮޑު ދެކޯތާފަތަށް ހުރިހާ ކަރުނަތަށް އޮހިގަތެވެ. އޭއާއިއެކު މަލަކުއަށް ބާރުބާރަށް ގިސްލެވެން ފެށުނެވެ. އެހިތްދަތި ވޭނުން ފުރިގެންވީ އަޑު އިވުނު މީހެއްގެ ހިތް ކުދިކުދި ވާނެކަން ޔަގީނެވެ. ނަމަވެސް ދެންމެ ހިނިތުންވެ ހުރި މަލެއްފަދަ ކުއްޖާއަށް މިހައި ކުއްލި ބަދަލެއް އައުމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިބާވައެވެ؟ މަލަކު ޝާހީން ކައިރީގައި ބުނީ ތެދަށް ކަމަށްވާނަމަ މަލަކު ހިތާމަ ކުރަމުން އެދަނީ ކޮންކަމަކާއި ހެއްޔެވެ؟ އަނެއްކާ މަލަކުވެސް ޝަފީޢުދެކެ ލޯބިވަނީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ޝަފީޢުގެ އެދުމަށް މަލަކު ދެކޮޅު ހެދީ ކީއްވެ ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. މިސުވާލުތަކަށް ނިމުމެއް އަންނާނީ މަލަކު ފަސްދާނަލައިފައިވާ އޭނާގެ ހިތި  މާޒީ އެންމެންގެ ލޯތަކަށް ކަޝްފުވެގެންކަން ގައިމެވެ.

މުޅި ދުވަސް މަލަކު ވޭތުކޮށްލީ ހިތާމަ ކުރުމުގައެވެ. ގިނައިރު ރުއިމުގެ ސަބަބުން އެރީތި ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އަޑުވެސް ވަނީ ބެދިފައެވެ. ކުއްލިއަކަށް ރޯންއިން މަލަކުގެ އަޑު ކެޑުނެވެ. ކަރުނަ ހުސްވީ ކަމެއް ރޮއިރޮއި ވަރުބަލިވީ ކަމެއް މޮޅަށް އެނގޭނީ މާތް ރަސްކަލާނގެއަށެވެ. ކޮޅަށް ތެދުވެ ހިގައިގަތް މަލަކުގެ މިސްރާބު މިހާރު ހުރީ އެނދުމަތީ ގަލަމަކާއިއެކު ރީއްޗަށް ބާއްވާފައިވާ އޭނާގެ ޑައިރީއާ ދިމާލަށެވެ. މަލަކު ޑައިރީ ނަގައިގެން އައިސް އިށީނދެލީ ކޮޓަރީގައި ބަހައްޓާފައިވާ މޭޒު ކައިރީގައި ހުރި ގޮނޑީގައެވެ. ފުރަތަމަވެސް މަލަކު އޭނާގެ ޑައިރީގެ ކަނެއްގައި މިއަދުގެ ޑޭޓް ޖަހާލިއެވެ. އެއަށްފަހު ފުންނޭވާއެއް ލުމަށްފަހު ލިޔަން ފެށިއެވެ.

” މިއަދަކީވެސް އަހަރެން ކަލާ މަތިން ހަނދާންކޮށް ރޮއި ހިތާމަ ކުރާ ދުވަހެކެވެ. ކޮންމެ ދުވަހަކާއި ރޭގަނޑެއް އަހަރެން ހޭދަކުރަމުން މިދަނީ މިހިތްދަތިކަން މަތީގައެވެ. އަހަރެންނަށް މިނޫން ދުވަހެއް ދައްކަވާތޯ އަހަރެން އަބަދުވެސް ދުޢާ ކުރަމެވެ. އެކަމަކު އަހަރެންގެ ހިތާއި ހަށިގަނޑާއި އުފާތައް ގުޅިފައިވަނީ ކަލާޔާކަންވެސް އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް މިއަދު އަހަރެންގެ ނަސީބުގައި ކަލާއާއި އެކުގައި އުޅުމުގެ ނަސީބެއް ނެތެވެ. ކަލާ އަހަރެން ދެކެ ލޯބިވާނެ ކަމަށް ބުނެ ކުރި އަހުދާއި ވަޢުދުތަކަކީ ހަމަ ބުނެލި މޮޅެތި ބަސްތަކެއް ހެއްޔެވެ؟ އޭގައި އެއްވެސް ހަޤީގަތެއް ނުވަނީ ބާވައެވެ! އަހަރެންނަށް ހީވެފައި އޮތި ކަލާ އަހަރެންދެކެ އަބަދުވެސް ލޯބިވާނޭ ބުނުމުން އެއީ އަހަރެންގެ ހަޔާތް ނިމެންދެން ކަމަށެވެ. ނަމަވެސް ކަލާދެކޭ ގޮތުގައި އަބަދުވެސް އެއީ ދެތިން ދުވަސްކަން މިއަދު އަހަންނަށް ޔަޤީން ވެއްޖެއެވެ. ކަލާ އަހަރެންގެ ހިތް ކުދިކުދިކޮށްލައިފިއެވެ. އެކަމަކު އަދިވެސް އެކުދިކުދި ވެފައިވާ ހިތުން އަހަރެން ކަލާ ދެކެ އިންތިހާއަށް ލޯބިވަމެވެ. އަހަންނަކީވެސް އިންސާނަކީމުއެވެ. މޭތެރޭގައި ހިތެއްވެއެވެ. އެތައް ޖަޒުބާތުތަކެއް ވެއެވެ. އެޖަޒުބާތަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ހެއްޔެވެ؟ އަހަރެންގެ މިހިތް ކަލާއަށްޓަކައި ރޮއި އާދޭސް ކުރާއިރު އަހަރެންނަށް މިއަދު އެހިތުގެ އެދުމަށް ފުރަގަސް ދިނުން ނޫން ގޮތެއް ނެތީ ހެއްޔެވެ؟

” ކިހިނަކުން އަހަރެން އުޅޭނީ، ނެތް ތަނެއްގާ އަދު ކަލާ

ކިހިނަކުން މިހިތުން ފިލާނީ، ތިޔަ ހަނދާންތައް ހަމަ ހިލާ

ލޯބިވާ ނެތުމުން މިހިތް، ދަތިވެ އާވާރަވޭ

ލޯބިވާ ހިތްހަމަ ނުޖެހުމުން، ހިތް މަގޭ ފުޑުފުޑުވެޔޭ

ރުޅިއަޔަސް އަދި ދެރަވިޔަސް، އެދެނީ ކަލާ އެކުގާ ވުމޭ

ހިތް ފަނާވެދިޔަސް، ތިލޯތްބަށް ހިތްމަގޭ ބޭނުންވެޔޭ

ލޯބިވާއެވެ! ކަލާ އަހަރެންނާއި ރައްޓެހި ވުމުގެ ކުރިން އަހަރެންނަށް ބޭވާފަތްތެރި ވާނެކަން ބުނެލިނަމައެވެ. އޭރަށް އަހަރެން ކަލާދެކެ މިވަރަށް ލޯބި ނުވާނަން ނޫން ހެއްޔެވެ؟ ކަލާ އަހަރެން ދޫކޮށްލިޔަސް އަހަރެން އަބަދުވެސް ކަލާއަށް އިންތިޒާރު ކުރާނަމެވެ. ”

ލިޔެ ނިންމާލުމަށްފަހު މަލަކު ޑައިރީ ލައްޕާލިއެވެ. މިއީ ކޮންމެ ދުވަހަކުވެސް އާދައެވެ. މަލަކުގެ ހިތަށް ކުޑަ ހިތްހަމަޖެހުމެއްވެސް ލިބެނީ ހިތުގައިވާ ޝަކުވާތައް ޑައިރީގައި ލިޔެވުމުންނެވެ. އެޑައިރީ އަކީ މިކެހިވެރި ދުނިޔޭގައި މަލަކުގެ އުފަލާއި ހިތާމަތައް ހިއްސާކުރާ ހަމައެކަނި ބައިވެރިޔާއެވެ.

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުންދެއެވެ. މަލަކުގެ ހަޔާތަށް ވަކި ބަދަލެއް ނާދެއެވެ. އާދުވަހަކަށްއިރުއަރައިފިއެވެ.  މަލަކުގެމަންމައާއި ބައްޕަ މީގެ  އަހަރުތަކެއް ކުރިން ހިނގި ހިތާމަވެރި ހާދިސާއެއްގައި ވަނީ މިދުނިޔެއާއި  އަލްވަދާޢު ކިޔާފައެވެ. އޭގެ ފަހުން މަލަކު އުޅެނި އަމިއްލައަށް މަސައްކަތް  ކޮށްގެން ހޯދާ ފައިސާއިންނެވެ. މަލަކުއަކީ ތުއްތު ކުދިންނަށް ޤުރުއާން ކިޔަވައިދޭ ޓީޗަރަކަށް ވުމުން މިއަދުވެސް އާދައިގެމަތިން މަލަކު ހިނގައިގަތީ ގަނޑި ނުޖެހި ކުލާހަށް ދެވޭތޯއެވެ. ކުއްލިއަކަށް މަލަކުގެ ފިޔަވަޅުތައް ހުއްޓުނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅުންވީ މަލަކުއަށް ދަތި ކަމަކަށެވެ. ދެލޯ ބޮޑު ކޮށްލައިގެން ބަލަހައްޓައިގެން ހުރީ ޤަބޫލުނުކުރެވިފައެވެ. އެއީ ހަމަ އޭނަ ހެއްޔެވެ؟ ހަވަފެނެއް ނޫންތޯ ޔަޤިން ކޮށްލަން މަލަކު އަމިއްލަ އަތުގައި ވިކައިގަތެވެ. “އާނ.. އާނ… އެއީ އޭނަ.. އަހަރެންނަށް އޭނައެއް ނޮއޮޅޭނެ..” މަލަކުގެ ހިތުން ޖަވާބު ލިބުނެވެ.

Comments (10)

  1. Shaa

    hey… sorry all readers…
    mistakes thah correct kohffa mihaaru alun update mi kuree.. kurin vaahakaige ehbbai olhuvalevifa inee type vevunu iru…
    sorry for all the inconvenience caused…
    hope yu all will like the story… plx do comment 🙂

  2. riffu

    Mihaaruves ebain olhifa.. Malak ge bappage vaahaka liyefa dhn iny ehn thaneh ☺

    1. Shaa
      riffu

      ohh… mihaaru innaanee rangalhu kohffa…
      alah esfiyaiga ulheythee adhi esfiya rangalhah dhas nuveyy…
      thankew for the comment… and sorry for the inconcenience…
      hope yu guys will understand.. 🙂

  3. Mexxo

    me first dhw………………. v v v reethi
    keep it up

    1. Shaa
      Mexxo

      ohh… asluves tha? thankew so much mexxo….
      In sha Allah will try to do better….
      next part on tuesday In sha Allah 🙂 🙂

  4. Liu

    Woww v nice…

    1. Shaa
      Liu

      thanks 🙂

  5. sabeeha

    this story is v nice…keep it up 🙂

    1. Shaa
      sabeeha

      thankew 🙂

  6. Shaa

    hey guys… m so sorry vaahaka las vaathee… actually m really bixy these days….. but still will try to to upload ASAP In shaa Allah 🙂

Comments are closed.