Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ 4

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 8, 2016 7 Mins Read
17 Comments

…………….

“ސާނި… ހަނދާންވޭތަ މި ކޮޓަރިތެރޭ އަހަރެމެން އާ ދިރިއުޅުމެއްގެ ބިންގާ އެޅި ހަނދާން.. މި އެނދުގައި އޮވެ އެތަށް ރެއަކު އެކަކު އަނެކަކުގެ އަތު ތެރޭ ނިދިކަން…. ލޯބި ލޯބި އިސްކޮ މި ކޮޓަރިއަށް ގެނައި ދުވަސް؟ ހަނދާންވޭތަ؟” ސުހައިލް  އެނދުމަތީ އިށީނދެލަމުން ބުނެލިއެވެ. ސާނިޔާއާއި އޭނާ ވާހަކަދައްކާ އެ ގެއްލުނު އިތުބާރު ހޯދަން ބޭނުންވެއެވެ. އަދިވެސް މަސައްކަތްކުރަން އޭނާ ބޭނުންވެއެވެ. ރޭގަނޑު މާލެ ލަފާ ގެއަށް އައިގޮތަށް މާ ބޮޑު ކަމެއް ނުވަތަ ވާހަކައެއްވެސް ދެއްކުމެއްނެތި ސުހައިލް މެން ނިދީއެވެ.  ހެނދުނު ހޭލީންސުރެ ސާނިޔާއައި ވާހަކައެއް ނުދެއްކުނެވެ. ވަގުތު ލިބުނީވެސް ކިރިޔާއެވެ. “އަހަރެން ހަނދާންއެބަހުރި އެކަމް ސުހައިލް  ބުނެބަލަ ސުހައިލް  ހަނދާންވޭތަ ތިބުނާ ރޭތަކުގައި.. އަހަރެން ދެރަކޮށް ދުރުނުކޮށް ބޭވަފާތެރި ނުވާންށާއި ދޫކޮށްނުލާނެކަމަށް ބުނެ ކުރި ވައުދުތަށް؟؟؟ ހަންދާންވޭތަ ސުހައިލް ؟؟؟ ތިހެން މާޒީ އަހަރެންނަށް ހަނދާންކޮށްދިނެއްކަމަކު އެއްވެސް ކަމެއްނުވާނެ ސުހައިލް .. އަދި ބުނަން އަހަރެން ހަނދާންއެބަހުރި މި ކޮޓަރިތެރޭ ހިނގި ކޮންމެ ކަމެއް… ކުރި ކޮންމެ ވައުދެއް.. އެކަމް ސުހައިލް  ބުނެބަލަ؟ އެންމެ ފަހަރަކުވެސް އެކަހަލަ ނުބައި އަމަލެއް ކުރިއިރު ވިސްނިންތަ މިހިތަށްވާނެ ގޮތެއް އިސްކޮއަށްވާނެގޮތެއް…. އެންމެ ކުޑަމިނުން ވައުދު ކުރާއިރު ގަންދީ ހުވާކުރި އެކަލާނގެއަށް ބިރުވެތިއެއްނުވެ ފަހު ދުވަހުން ވާނެގޮތެއް ވިސްނައިނުލާ… އެހެން އަންހެނެއް ކައިރި…….. ” ސާނިޔާ ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އަންނަން ހުރީ ފަށާފައެވެ.

“ސާނިޔާ…..” ސުހައިލް އަށް ގޮވައިލެވުނެވެ. ނަމަވެސް އިތުރު އެއްޗެއްނުބުނެވުނެވެ. އެއީ މިހުރިހާ އަހަރުތަކެއްގައިވެސް އޭނާ އަށް އިވިފައި ހުރި އެއްޗެހިތަކެކެވެ. ކެތްކޮށްލައިގެން ހުންނަނީ ސާނިޔާ މާފްކުރާނެ ދުވަހެއް އަންނާނެކަން އިނގޭތީއެވެ. “ސުހައިލް  ގެ ތިހިމޭންކަން އަހަރެންނަށް އެއްވެސް އަސަރެއް ނުކުރާނެ..އަދި ސުހައިލް  ކުރި ކަމެއް ބަދަލެއް ނުވާނެ….. ރީތި ތާހިރު ދިރިއުޅުމެއް އުޅެންޏާ ތިވާހަކަތަށް އަހަރެންނާއި ނުދައްކާ.. .. އަހަރެން އެހާ އަވަހަކަށް ސުހައިލް  ކުރިކަންތަކެއް ހަނދާނެއްނުނެތޭނެ… މި 15 އަހަރުވެސް އަހަރެންނަށް މަދު.. މި އެންމެން ހަނދާންނެތުނަސް އަހަރެން ނުނެތޭނެ….. މި އެންމެންގެ ހިތް ބޮޑަކަސް އަހަރެންގެ ހިތެއް އެހާ ބޮޑެއްނޫން… މާފެއް ނުކުރެވޭނެ…” ސާނިޔާ އެހެން ބުނެލުމަށްފަހު ފާހަނައަށް ވަނީ ކަރުނަތަށް ފޮހެލަމުންނެވެ. ސުހައިލް  ކޮޓަރިން ނިކުމެގެން ދިޔައީ ހިތަށް ކުޑަނަމަވެސް ލުޔެއް ހޯދަންށެވެ.

 

………..

އިޒާން ސައިބޯން ބޭންދުމަށްފަހު އާޝާ ސިޑިން މައްޗަށް އަރާ ކޮޓަރިއަށް ވަދެލީ ކުޑަކޮށް ހަމަޖެހެން ބޭނުންވާތީއެވެ. އެއްވެސް ސަބަބަކާއި ނުލާ ހިތްބިރުގަންނަންފަށާތީއެވެ. އިޒާން ބުނި ގޮތަށް އިޒާންއަށް ބަރޯސާކޮށް މިކަމަށް ހައްލެން ހޯދަންވީއެވެ. އެހެންނޫންނަމަ އާޝާ މޮޔަވެދާނެއެވެ. މިހާރުވެސް އޭނާ ނުވާކަމެއް ނޭނގެއެވެ. އާޝާ ސިއްސައިގެން ދިޔައީ ފޯނެއް އައުމުންނެވެ. ހިތާހިތުން އެއީ އޮފީހުން ކަމަށް ދުޢާ ކޮށްލަމުން އާޝާ ފޯނު ނެގިއެވެ.

“އޯ މައި ގޯޑް.. ތެންކިޔު ސޯ މަޗް.. ސުއަރ… ނޯ ޕްރޮބްލަމް.. ނެކްސްޓް މަންޑޭ؟ އޯހްހް.. އޯކޭ… އައި ވިލް ޖޮއިން މަންޑޭ އިޓްސެލްފް.. ތެންކިޔު.. ސޭމް ޓު ޔޫ…” އާޝާ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ތުންފަތްމަތީ ވަނީ އުފާވެރިކަމެވެ. “އޯމައިގޯޑް.. އަލްހަމްދުލިއްﷲ..” އާޝާ ފުންމާލިއެވެ. “ޑޭޑް…” ހިތާހިތުން ސުހައިލް އަށް ގުޅާލަން ނިންމާލިއެވެ.

ފޯނު ރިންގް ވުމާއިއެކު އެކޮޅުން ނެގިއެވެ. “ޑޭޑް… ޑޭޑް… ޑޭޑް.. ޔޫ ނޯ ވަޓް…. އަމް ޝުއަރ ޔޫ ކާންޓް އިވެން ގެސް… އޯ މައިގޯޑް ޑޭ……………………” އާޝާ އެއްފަހަރާ ހުރިހާ އެއްޗެއް ކިޔާލީ އެކޮޅުން ހަލޯވެސް ނުބުނަނީހެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާލީ އެކޮޅުން ފޯނު ނެގި ސާނިޔާއެވެ.

“ކިހާ ދެރަކަމެއް އާޝާ…… މިތާނގަ ވެސް ސުހައިލް އަކަށް ހަމަހިމޭންވަގުތެއް ނުލިބޭނެ.. މީހަކު އެއްޗެއް ބުންޏަސް…. ގަހެއްގައި އަނބެއް އެޅިއަސް ވާހަކަ ފޮތެއް ގަތަސް ނޫނީ އެހެން ކޫސަނި ކަމެއްވިޔަސް ހަމަ ގުޅައިގެން އެބަ އުނދަގޫކުރެޔޭ….. އާޝާއަށް ހަމަ ސުހައިލް އަށް އުނދަގޫނުކޮށްނުވަނީތަ…؟” ސާނިޔާ އައިއްސާހުރި ރުޅި ބޭލީ އާޝާއަށެވެ. ސާނިޔާ ފާހަނައިން ނިކުތްއިރަކު ސުހައިލް އެއްނެތެވެ. ކޮޓަރިން ނިކުންނަނިކޮށް ސުހައިލް ގެ ފޯނު ރިންގުވުމުން ސާނިޔާ ފޯނު ނެގީ އާޝާ ކަން އިނގުމުންނެވެ. “ދައްތާ.. ނޫން އަޅުގަނޑު…. އުނދަގޫ…ކުރާކަށްނޫން…  ސޮރީ ދަ..ދައްތާ… އަޅުގަނޑު…. އަށް ޖޮބް ލިބުނޭ ބުނަންވެގެން ގުޅާލީ.. ސޮރީ އުނދަގޫކޮށްލެވުނީމަ…” އާޝާ ރޮވިފައި ހުރެ މާފަށް އެދުނެވެ. އޭނާގެ ސަބަބުން ސުހައިލް އަށް އުނދަގޫވަނީއޭ ހިތަށްއަރަންފެށިއެވެ.

“ދެން އެއީ އެހާވަރު ކަމެއް؟؟ ސުހައިލް އަށް އެންމެ ފަހުން އުނދަގޫވެގެން އެ ދިޔައީ ފޯނު ބާއްވާފައި… އާޝާ އަހަރެންނަށް ރަނގަޅީ ދެން އާޝާ ނުގުޅިއާ އޭނާ އަށް ޗުއްޓީގައި ވެސް މަޖާ ނުކުރެވެ އާޝާ ގެ އުނދަގޫބޮޑުކަމުން…. އާޝާ ނުޖެހޭނެ ކޮންމެހެން އޭނާއަކަށް ގުޅާކަށްވެސް… އަހަރެމެންގެ ދިރިއުޅުމަށް އެޅުނު ހަމައެކަނި ހިޔަންޏަކީ އާޝާ… އިސްކޮއަށާއި އަހަރެންނަށް ސުހައިލް  ގެއްލުނީވެސް ހަމަ ތި ކުއްޖާގަނޑައި ހެދި….. އާޝާ މަންމަ މަރުވިއިރު އާޝާވެސް މަރުވިނަމަ…… އަހަރެމެން ނުޖެހޭނެ މިހެނެއް ލޯބި ދެބައި ކޮށްގެން އުޅޭކަށެއް… އަހަރެމެންނަށް ކޮން ޖެއްސުމެއް ކުރާކަށްތަ… ގެއިން ނެރެލީމަވެސް ދިރިއުޅުމުން ދާކަށެއް ނޭނގުނޭ… ބޮޑު އުނދަގުލެއް…” ސާނިޔާ އެހެން ބުނެލީ ދެން އާޝާ ސުހައިލް އަށް ގުޅަން ނުކެރޭނެކަން އިނގޭތީއެވެ. އާޝާއަށް އިތުރު ފުރުސަތެއް ނުދޭން ސާނިޔާ ފޯނު ކަނޑާލިއެވެ.

އާޝާ އަނގަމަތީ އަތް އަޅައިގެން ހުރިއިރު އެ ބޮޑު ދެލޯ ކަރުނުން ފުރުނެވެ. ދެލޯ މަރާލުމުންވެސް އެ ކަރުނަތަކަށް ނިމުމެއް ނުވެއެވެ. އާޝާ ގެ ދެދުނިޔެ އެނބުރުފަދައެވެ. އަސްލުގައިވެސް އޭނާ މަރުވިނަމަ އެމީހުންނަށް އުނދަގުލެއް ނުޖެހުނީހެވެ. ސާނިޔާއާއި ސުހައިލް ގެ މެދުގައި އެހާ ބީރައްޓެހިކަމެއް ނޯންނާނެއެވެ. އިސްރާގެ ބައްޕަ ހަމައެކަނި އިސްރާގެ ބައްޕައަކަށްވީހެވެ. އޭނާއާއި ހެދި އާއިލާ އެންމެންވެސް އުޅެނީ އުނދަގޫވެގެންނެވެ. އޭނާ ދިޔުމުންވެސް ރޮއެ ދެރަވާނެ ހުންނާނީ ސުހައިލް އާއި އިސްރާއެވެ. އާޝާ އަތުގެ ކޮޅަށް ފޯނު ހޫރާލިއެވެ. އޭނާގެ ސިކުނޑިއަށް އަނެއްކާވެސް އުނދަގޫވާންފެށިއެވެ. ސިކުނޑި ފިތި ބާރުވާންފެށި ކަހަލަ އިހްސާސްއެއް ވާންފެށިއެވެ. އާޝާ މުޅި ކޮޓަރީގައި އެނބުރެން ފެށިއެވެ. އަތު ޖެހުނު އެއްޗެއް ބިންމައްޗަށް ވަރަމުން ދިޔައެވެ. އެއީ އޭނާ ރުޅިއައިސްގެން ކަމެއްނުވަތަ ސިކުނޑިއަށް އުނދަގޫވެގެން ކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. އޭރުވެސް އެ ދެލޮލުން ކަރުނައައުން ނުހުއްޓެއެވެ. އަޝާ އަވަސް ނޭވާތަކެއް ލަމުން ދިޔައިރު ނޭވައިގެ އަޑުވެސް ވަނީ އެ ހިމޭން ކޮޓަރީގައި ހިފައިފައެވެ. އާޝާ އެންމެ ފަހުން ހަޅޭލަވައިގަތެވެ.

“އަހަރެން މަރުވާނީ.. އާ.. މަރުވާނީ……. އޭރުން… އެންމެންނަށްވެސް ފަސޭހަވާނޭ..” އާޝާ ހަޅޭލަވައިގަންނަމުން ބުނެލިއެވެ. އޭނާގެ އިސްތަށިގަނޑުގައި ހިފަހައްޓާލީ އަދިވެސް އެ ސިކުނޑިއަށް އުނދަގޫވާލެއް ބޮޑުކަމުންނެވެ. އެ ސިކުނޑިއެއް މިއަދަކު އޭނާގެ ކޮންޓްރޯލްގެ ދަށަކަށް ނައެވެ. ސިކުނޑިއަށްވެސް ކެތްވާނީ ވަކިވަރަކަށެވެ. އެ ސިކުނޑީގައި ތަފާތު ހިޔާލުތަށް ބާރުބޮޑުވާން ފެށުމުން ފެންނަނީ އެންމެ ހައްލެކެވެ.

އާޝާ ކޮޓަރީގައި ހުރި ބެލްކަނީއާއި ދިމާލަށް ބަލައިލިއެވެ. އެތަނުން ވެއްޓުމުން ހަމަގައިމުވެސް މަރުވާނެކަން ޔަޤީނެވެ. ތިރީގައި އޮންނާނީ ވިނަކަމުގައިވިޔަސް މަރުވެދާނެކަމަށް އޭނާގެ ސިކުނޑި އަންދާޒާކޮށްލިއެވެ..ބެލްކަނީއާއި ދިމާލަށް މިޝްރާބްޖަހާލީ އަވަސް ފިޔަވަޅުތަކެއްގައެވެ. ބެލްކަނީގެ ދޮރު ހުޅުވާލީ އަތުގައި ހުރި ބާރެއް ލާފައެވެ. އެ ތަޅައިގެން ނުދިޔަކަންވެސް ނަސީބެވެ. އާޝާ ބެލްކަނީގައި މަޑުކޮށްލިއެވެ. އަދި ބާރަކަށް ހަޅޭލަވައިގަތެވެ. އެ އަޑު ބޭރަށް ނުނިކުތެއްކަމަކު އޭނާ އެތަކެއް ފަހަރު ހަޅޭލެވިއެވެ.

އިޒާން ސިޑިއާއި ހަމާލަށް އެރީ މަތިން ބައިވަރު އެއްޗެހި ވެރެމުންދާ އަޑުއިވިގެންނެވެ. އެންމެ ފަހުން މައްޗަށް އަރަންނިންމީ ބާރަކަށް ދޮރު ފަތެއް ހުޅުވިފަދަ އަޑެއް އިވިގެންނެވެ. އާޝާ އަށް ކަމެއްވީބާއޭ ހިތަށް އަރަމުންނެވެ. އިޒާން އެތާހުރި ދެ ކޮޓަރި ތެރެއިން ފުރަތަމަ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއީ ހުސް ކޮޓަރިއެކެވެ. ޖެހިގެން ހުރި ކޮޓަރިއާއި ހަމާލަށް ދިޔައިރު އޭނާގެ ހިތް ހިސާބަކަށް ތެޅެމުންދިޔައެވެ. ދޮރު ހުޅުވާލިއިރު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “އޭޝް” އޭ ބުނެލެވުނީ އެ ކޮޓަރިތެރެ އޮތްގޮތް ފެނިފައެވެ. އޭނާ އެތެރެއަށް ވަތް ވަގުތަކީ އާޝާ ރެއިލންގް މައްޗަށް އެރި ވަގުތެވެ. “އާޝާ!!!!!!!!!!!!!!!!!!!!!!” އިޒާން ދުވެފައި އެ ދިމާލަށް ދިޔައީ ބާރަކަށް އާޝާއަށް ގޮވާލަމުންނެވެ. ނަމަވެސް އާޝާއަށް އެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ.

އިޒާންއަށް ބެލްކަނީގެ ރެއިލިންގާއި ހަމާލަށް ދިޔަ ވަގުތަކީ އާޝާ ފުންމާލި ވަގުތެވެ. އިޒާންއަށް ތިރިއަށް އަތް ދިއްކޮށްލެވުނެވެ. އަދި ހަމަ އެ ހުރިގޮތަށް ހުރެވުނީ ގަބޫލުކުރަން އުނދަގޫވެފައެވެ. އާޝާ ޖެހުނުގޮތަށް މުޅި ވިނަ ގަނޑުމަތީ ލޭކޯރު ދުވަން ފެށިއެވެ. އިޒާން އިރުކޮޅަކު އެހެން ހުރިއެވެ. ކަންތަށްވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިޒާން އެހެން ހުރެލުމަށްފަހު ތިރިއަށް ދާން ދުއްވައިގަތެވެ. ސިޑިން ފައިބަނިކޮށް އޭނާވެސް ނުވެއްޓުނީ ކިރިޔާއެވެ.

އަމިއްލަ އަށް ހަމަޔަކަށް އެޅެމުން އިޒާން އަނެއްކާވެސް ދުވަން ފެށިއެވެ. އަދި ބޭރަށް ނިކުމެލިއެވެ. އޭނާގެ ހިތް އޮބި ނޯންނަވަރަށް ދިޔައީ ތެޅެމުންނެވެ. “އާޝާ!! އާޝާ!!! ކީއްވެތަ؟ އާޝާ!!!!!!!!!!!!!!!!!!!!” އިޒާން އާޝާގެ ބޯ ނަގާ އޭނާގެ ފައިމަތީ ބައިންދަމުން އާޝާއަށް ގޮވަމުން ދިޔައެވެ. މައުސޫމްގޮތަކަށް ދެލޯ މަރައިގެން އޮތް އިރު ހީވަނީ ދެންމެދެންމެ ދެލޯ ހުޅުވާލަފާނެހެންނެވެ. އިޒާން އަވަސްވީގޮތަކަށް އާޝާ އަތްމައްޗަށް ނަގާ ބޭރަށް ދުއްވައިގަތީ އޭނާގެ ކާރަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާށެވެ. އާޝާ ފަހަތު ސީޓްގައި ބާއްވާލުމަށްފަހު އޭނާގެ އަތުގައި ހިފަހައްޓާލާ ވިންދުހުރިތޯ ބަލައިލިއެވެ. ލަސްލަހުން ނަމަވެސް ވިންދުޖަހަމުން ދިޔައެވެ. އިޒާން އަވަސް އަވަހަށް ކުރީ ސީޓަށް އަރައި ކާރު ދުއްވާލިއެވެ. ކިތަންމެ ދުރުކަމުގައި ވިޔަސް އިޒާން ނިންމީ ލަންކަ ހޮސްޕިޓަލަށް ދާށެވެ. އޭނާ ވަޒީފާ އަދާ ކުރަނީ އެތާ ކަމުގައި ވެފައި ފަސޭހައިން ކަންތަށް ނިންމޭނީ އެތާނގައި ކަމުންނެވެ. ޓްރެފިކް ލައިޓްތަކަށް އިޒާން މަޑުކުރަމުން ދިޔައީ ފަހަތުގައި އޮށޯވެ އޮތް އާޝާގެ ގައިގާ އެއްއަތުން ހިފަހައްޓާލައިގެންނެވެ. އޭނާ ވެއްޓިދާނެތީއެވެ. އޭރުވެސް ލޭތަށް އޭނާގެ މޫނުމަތިން އެކި ތަންތަނުން ފޭދިގެން ފައިބަމުން ދިޔައެވެ. ޓްރެފިކަށް މަޑުކޮށްގެން ލަސްވާނެތީ އިޒާން ކާރު ދުއްވާލީ ދެވަނަ ފަހަރަށްވެސް ރެޑްލައިޓްއަށް މަޑުކުރަން ޖެހުމުންނެވެ. އިޒާން ކާރު ހުއްޓަން މަޖްބޫރުވީ ޓްރެފިކް ޕްލިސްއެއް އައުމުންނެވެ. އިޒާން އާރޖެންޓް ކޮށް ހޮސްޕިޓަލަށް ދަނީކަމަށް ބުނަމުން ދިޔައެވެ. ޓްރެފިކް ޕޮލިސްމީހާ އެންމެ ފަހުން އިޒާން ދޫކޮށްލީ އޭނާ ގެ މޫނުމަތިން ފެންނަ ހާސްކަމުގެ ސަބަބުންނާއި އިޒާން ދެއްކި އޭނާގެ ލައިސެންސްއާއި ޑޮކްޓަރީ ކާޑްގެ ސަބަބުންނެވެ. އިޒާން އެމަރޖެންސީކޮށް އާޝާ އެނދަކަށް ލައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. ޑޮކްޓަރުންތަށް އާޝާ ބެލުމުގެ މަސައްކަތުގައި އުޅުނުއިރު އިޒާންއަށް އިނދެވުނީ ހަމަ އާޝާއަށް ބަލަންށެވެ. އާޝާ އަށް ކުއްލިއަކަށް އެހެންމެދުވެރިވީ ކީއްވެބާއޭ ހިތަށްއަރަމުންނެވެ.

ޑޮކްޓަރ އާޝާ ބެއްލެވުމަށްފަހު އަވަސް އޮޕެރޭޝަނަކަށް ދާން އެދުނީ ސިކުނޑިއަށް ލޭ އެޅިފައިވާތީއެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމުންނެވެ. އިޒާން ހުރިހާ ފޯރމާލިޓީސްތަކެއް ފުރިއެވެ. އަދި އޮޕެރޭޝަނަށް ހިނގާނެ ހުރިހާ ހަރަދެއް ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އިޒާންއަސް އެތެރެއަށް ވަނުމަށް ހުއްދަ ނުލިބުނީ އޭނާ ހާސްވެފައި ހުރުމުގެ ސަބަބުންނެވެ. އިޒަން އެންމެ ފަހުން ތިއޭޓަރގެ ކުރިމައްޗަށް ހުރި ގޮނޑިބައްރިތަކުގައި އިށީނދެލިއެވެ. އާޝާއައި މެދު މާ ބޮޑު އެއްޗެއް ނޭނގުނަސް އޭނާއާއި މެދު އިޒާން ވިސްނަމުން ދިޔައެވެ. އެ ހިތުގައި އާ ވިންދެއް ޖެހިކަން ޔަޤީންވީ އާޝާ ގެއްލިދާނެކަމުގެ ބިރު ފުރަތަމަ ފަހަރަށް އޭނާއަށް އިހްސާސްވުމުންނެވެ. ލޯބިވާއިރު އެކަކު އަނެކަކު އިނގުން މުހިންމެއް ނޫނެވެ. ފެނުން މުހިންމެއްނޫނެވެ. މުހިންމީ ވީ ލޯތްބެވެ. ދެވޭ އަޅާލުމެވެ. އިޒާން އޭނާގެ މޫނު ފޮރުވާލިއެވެ.

އެހެން އެތަށް އިރަކު އިޒާން އިނެވެ. ގަޑީރެއްފަހުން ޑޮކްޓަރ އޮޕެރޭޝަން ތިއޭޓަރ އިން ނިކުމެލިއެވެ. “މިސްޓަރ ފާރނޭންޑޯ…. އިޒް ޝީ… އިޒް ޝީ އޯކޭ.. ؟؟؟؟؟؟؟؟؟” އިޒާން ޑޮކްޓަރު ދޮރުހުޅުވިއަޑާއި އެކު ގޮނޑިން ތެދުވެ އޭނާއާއި ދިމާލަށް ދިޔައެވެ. “ކަމް ވިތްމީ..” ޑޮކްޓަރ އެހެން ބުނެލުމަށްފަހު އޭނާގެ ކެބިންނާއި ދިމާލަށް ދިޔައެވެ. އިޒާން ތިއޭޓަރާއި ދިމާލަށް ބަލައިލުމަށްފަހު ޑޮކްޓަރގެ ފަހަތުން ދިޔައެވެ.

“މިސްޓަރ ފަރނޭންޑޯ.. ވަޓް ހެޕަންޑް… ޓެލްމީ ޕްލީސް ހައު އިޒް ޝީ؟؟” އިޒާން ކެބިން ތެރެއަށް ވަނުމަށްފަހު އަނެއްކާވެސް ސުވާލުތަކުރާރުކޮށްލިއެވެ. ޑޮކްޓަރ ފުން ނޭވައެއް ދޫކޮށްލިއެވެ. “ދަ ތިންގް ލެފްޓް ޓު ޑޫ އިސް ޓު ޕްރޭ މައި ފްރެންޑް…” ޑޮކްޓަރ އެހެން ބުނެލިއެވެ. އަދި ދެއަތް ޖޯޑުކޮށްލައިގެން އިނދެ އިޒާންއަށް އާޝާއަށް ވީ ގޮތް ކިޔައިދިނެވެ.

އިޒާންގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަފަދައެވެ. ޑޮކްޓަރުގެ ކެބިން އިން ނިކުތްއިރު މަރުވެފައިވާ މައްޔިތެއް ފަދައެވެ. އާޝާގެ ބައްޕައާއި ވާހަކަދައްކަން ބޭނުންވީ އާޝާއަށް ކަމެއް ވެދާނެތީއެވެ. އިޒާން އާޝާ ޗޭންގް ކުރި ޕްރައިވެޓް ރޫމަށް ވަދެލިއެވެ. އެތަނުގައި ވަނީ ހަމަހިމޭންކަމެވެ. އާޝާގެ ގަޔަށް ގުޅާފައިވާ މެޝިންތަކުގެ އަޑުފިޔަވާ އިތުރު އަޑެއްނީވެއެވެ. އިޒާން އައިސް އާޝާ ކައިރި އިށީނދެލިއެވެ. “އޭޝް.. އަމް ސޮރީ… އަހަރެންގެ ކުރިމަތީ ހުރިހާ ކަމެއް ހިނގިއިރުވެސް…. މިކަމުގައި އަހަރެންވެސް ކުށްވެރިވާނެ..” ހޮޅިތަކުން ގުޅާލެވިފައިވާ އާޝާގެ އަތް އިޒާންގެ އަތްތެރެއަށް ލަމުން އިޒާން ބުނެލިއެވެ. އަދިވެސް މަންޒަރު ސާފުކޮށް އޭނާއަށް ފެނެއެވެ. އިޒާން އިރުކޮޅަކު އާޝާ ކައިރި އިނުމަށްފަހު އާޝާގެ ގެއަށް ދާން ނިންމިއެވެ. ކޮންމެހެންވެސް އާޝާގެ ބައްޕައާއި ވާހަކަދައްކަން ބޭނުންވެއެވެ. އާޝާ ގިނަދުވަހެއްވަންދެން ދުނިޔޭގައި އޮންނާނެކަމާއި މެދު ޑޮކްޓަރުންނަށްވެސް ޝައްކެވެ.

އިޒާން ކާރަށް އަރައި ދުއްވާލިއެވެ. އޭނާގެ މަންޒިލް ހުރީ އާޝާގެ ގެއަށެވެ.

ކާރު މަޑުކޮށްލުމަށްފަހު އިޒާން އެތެރެއަށް ވަނެވެ.. ތަޅުލުމެއްނެތި ހަމައެކަނި ލައްޕާލައިފައިވާ ދޮރު އިޒާން ހުޅުވާލިއެވެ. އަދި މަޑު މަޑުން އެތެރެއަށް ދެމިގަތެވެ. އޭނާ ވިސްނާލީ އާޝާގެ ބައްޕައާއި ގުޅޭނެ ގޮތަކާއި މެދުގައެވެ. ފުރަތަމަވެސް ކޮޓަރިއާއި ދިމާލަށް ދިޔައީ ފޯނު ހޯދުމުގެ ބޭނުމުގައެވެ. ކޮޓަރީގައި ހުރި ސާމާނުތަށް ހުރީ އެތަންމިތާންގައެވެ. އިޒާން އަށް އުނދަގުލަކާއި ނުލާ ފޯނު ފެނުނެވެ. އެ އޮތީ ބޭނުންކުރެވޭނެ ވަރަށްވުރެ ބޮޑަށް ހަލާކުވެފައެވެ. އޭގެ ސިމްނަގަން އިޒާން ކުރި މަސައްކަތްކާމިޔާބުވިއެވެ. ސިމް ނަގާލުމަށްފަހު ކޮޓަރިން ނިކުތީ ފަހު ފަހަރަށް ކޮޓަރިއާއި ދިމާ ބަލައިލުމަށްފަހުގައެވެ.

ސިޑިން ތިރިއަށް ފައިބަމުން ދިޔައިރު އިޒާން ދިޔައީ އޭނާގެ ފޯނަށް އާޝާގެ ސިމްލައްވަމުންނެވެ. ސިމް ލައްވާލުމަށްފަހު އިޒާން ފޯނު ހުޅުވާލީ އުއްމީދުން ފުރިގެންވާ ބެލުމަކުން ފޯނަށް ބަލަހައްޓައިގެން ހުރެއެވެ.  ލިބުނު އުއްމީދުވެސް ފުނޑުފުނޑުވީ ފޯނަށް ކޯޑްޖަހަން އެރުމުންނެވެ. ދެފަހަރަކު އާޝާ ޖަހާނެ އެއްޗެއް އަންދާޒާކޮށްލުމަށްފަހު ޖަހާލުމުންވެސް ނުބައިވިއެވެ. “ޑޭމް އިޓް” އިޒާން ރުޅިއައިއްސަ ފާރުގައި އަތްމުއްކަވާލުމަށްފަހު ޖަހާލިއެވެ. އޭނާއަށް ތަދުވިއެއްކަމަކު ދެދަތްޕިލަ ޖައްސާލިއެވެ. އަދި ދެންވެސް ނަމްބަރު ހޯދާނެގޮތަކާއި މެދު ވިސްނަންފެށިއެވެ.

ސިޓިންގްރޫމްގައި އިން ޓެލެފޯނުފެނުމުން އެއާ ދިމާލަށް ދިޔައީ އަވަސް ހިނގުމެއްގައެވެ. ޓެލެފޯނުގެ އަޑީގައި އޮތް ކުޑަ ފޮތެއް ފެނި އަނެއްކާވެސް އޭނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ. އެ ފޮތް ނަގައި ގަނޑުތަށް އުކަންފެށީ އޭނާގެ ބައްޕަގެ ނަމުގައި އިން ރާއްޖެ ނަމްބަރެއް ފެނޭތޯއެވެ.

މާގިނައިރު ހޯދާކަށް ނުޖެހުނެވެ. އުފަލުން “ޔެސް”އޭ ބުނެލެވުނީ “ޑޭޑް މާލެ” ޖަހާފައި އިން ރާއްޖެ ނަމްބަރެއް ފެނުމުންނެވެ. އަވަސްއަވަހަށް އިޒާންގެ ފޯނުގައި އެ ނަމްބަރު ޖަހާލާ އެއަށް ގުޅާލީ ދެވަނަ ވިސްނުމަކާ ނުލައެވެ. ދެތިންފަހަރު ގުޅުމާއި އެކު އެކޮޅުން ކަނޑާލިއެވެ. އިޒާން ހީކުރީ އެއުޅެނީ އެކޮޅުން ގުޅަންކަމަށެވެ. އެހެންއިނދެ އިނދެ އެކޮޅުން ނުގުޅުމުން އަނެއްކާވެސް އިޒާން އެ ނަމްބަރއަށް ގުޅާލިއެވެ. ދެންވެސް އެ ކޮޅުން ކަނޑާލީއެވެ. އިޒާން ހިތާހިތުން އެއްޗެހި ކިޔަނިކޮށް އޭނާގެ ފޯނަށް އެ ނަމްބަރ އިން ކޯލެއް އައެވެ. އިޒާން އިށީނދެ އިން ސޯފާއިން ތެދުވެވުނީ ކުއްލިއަކަށެވެ. އަދި ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފޯނު ނެގިއެވެ.

“ހަލޯ…. ހޫ އިޒް ދިސް؟؟” އެކޮޅުން ބުނެލިއެވެ.އިވުނީ ފިރިހެން ބަރުއަޑެކެވެ.

“ހަ. ހަލޯ…… އޭޝްގެ ބައްޕަތޯ؟؟” އިޒާން ބުނެލީ ކުޑަކޮށް ޖެހިލުންވެ ހުރެއެވެ. އެކޮޅުން އާއެކޭ ބުނެލިއަޑު އިވުމުން އިޒާންގެ ހިތް އަވަސްވެގެންދިޔައެވެ. “އޭޝް.. ހޮސްޕިޓަލުގައި….. މިކޮޅަށް ދުރުވާންވީނޫންތޯ…. ވަރަށް ބޮޑު ކަމެއް…………….” “އޭ ކީކޭ؟؟؟ އޭޝްއަށް ކިހިނެއްވީ؟؟؟؟؟؟؟ ތީ ކާކު؟؟؟؟؟” އިޒާން މަޑުމައިތިރިކޮށް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ހާސްވެފައި ހުރި ސުހައިލް އެވެ.

“އަޅުގަނޑަކީ އޭޝްގެ ފްރެންޑެއް…އޭޝް… އޭޝް ބެލްކަނީއިން….. ފުންމާލީ….” އިޒާން މަޑުމައިތިރިކަމާއި އެކު އަނެއްކާވެސް ބުނެލިއެވެ. އެއަޑުގައިވަނީ މަޑު ތުރުތުރެކެވެ. “ވަޓް؟؟؟؟؟؟؟؟؟؟؟؟؟؟ ކޮންއިރަކު؟؟ މިހާރު ކޮބާ؟؟؟؟” ސުހައިލް  އެއްފަހަރާ ސުވާލުތަށް އޮއްސާލިއިރު އެއަޑުގައިވާ ހާސްކަން ރަނގަޅަށްވެސް އިޒާންއަށް ފާހަގަވިއެވެ. “މިކޮޅަށް ދުރުވާންވީނޫންތޯ.. އަޅުގަނޑަށް އެންމެ ރަނގަޅީ އެގޮތް…. ވީހާވެސް އަވަހަށް ދުރުވުން….” އިޒާން އެހެން ބުނެލިއެވެ. “ވީހާވެސް އަވަހަށް ލިބޭ އެއްޗަކުން އިރާދަކުރެއްވިއްޔާ ފުރާނަން… މި ނަމްބަރ އަށް ގުޅޭނެ ދޯ…… ތިކޮޅަށް ގޮސް ގުޅާނަން.. އޭރަށް ވާއިރަށް ޕްލީސް ޓޭކް ކެއަރ އޮފް ހަރ…. ޕްލީސް..” ސުހައިލް  ބުނެލީ އާދޭހުގެ ރާގަކަށެވެ. އޭނާ ދެރަވެފައިވާ ވަރު އެ އަޑު އަހާލިކޮންމެމީހަކަށް އިވޭނެކަން ޔަޤީނެވެ. “ލައްބަ….  އަޅުގަނޑު އޭޝް ކައިރި ހުންނާނަން… މިކޮޅަށް އާދެވުނީމަ މި ނަމްބަރ އަށް ގުޅާލެވޭނެ..” އިޒާން އެހެން ބުނެލުމުން ސުހައިލް  ފޯނު ބޭއްވިއެވެ. އިޒާން ފުންނޭވައެއް ދޫކޮށްލުމަށްފަހު އާޝާގެ ގެއިން ނިކުތީ އެގެ ތަޅުލުމަށްފަހު ތަޅުދަނޑިވެސް ހިފައިގެންނެވެ.

ހޮސްޕިޓަލަށް ދިޔުމުގެ ކުރިން އިޒާން ގެއަށް ދިޔައެވެ. ގެ ހުންނަނީ ހޮސްޕިޓަލު އާއި ކުޑަކޮށް ކައިރީގައެވެ. ގެއަށް ވަދެލުމަށްފަހު އެއްޗެހި ބަދަލުކޮށްލަން ފެންވަރަލީ މުޅި ގައިފާ ލޭ ހުރިކަން އިނގޭތީއެވެ. ލައިފައިވަނީ ކަޅު އެއްޗެއް ކަމަކު ލޭ ހުރިކަން ފާހަގަވެއެވެ.

…………………….

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަހަރެންގެ ވާހަކަ (ފަންސަތިރީސްވަނަ ބައި)

Next

ހާމަ ނުކޮށް ލޯބި…

Next
August 8, 2016

ހާމަ ނުކޮށް ލޯބި…

Previews
August 8, 2016

އަހަރެންގެ ވާހަކަ (ފަންސަތިރީސްވަނަ ބައި)

17 Comments!

  1. Ryn says:
    August 8, 2016 at 6:56 pm

    hey enmn.. here is the next part.. hope like vaane kamah n ryn mi story up kuraany once in two days.. 🙂 so will c u next Wed? in sha Allah
    tc n keep waiting 🙂 love u all n miss vey vrh <3

  2. Angel says:
    August 8, 2016 at 7:01 pm

    Week e ga enme part e tha up kuranee.v nice ryn ge story.??????

  3. Sweet says:
    August 8, 2016 at 7:14 pm

    Ryn asaa maruviya nudhehchey eyrun izaan kihaa dhera vaane???

  4. Shaai says:
    August 8, 2016 at 7:47 pm

    Wow. Alhe v Avahah upload kohlahche

  5. Marsh says:
    August 8, 2016 at 8:11 pm

    V cute.. .

  6. sabeeha says:
    August 8, 2016 at 8:19 pm

    v nice story

  7. Faathee says:
    August 8, 2016 at 8:28 pm

    Masha Allah

  8. Appy says:
    August 8, 2016 at 8:40 pm

    Ash maraanulahchey anehka hehe ….waiting

  9. Nysh says:
    August 8, 2016 at 8:43 pm

    Wow v reethii……

  10. Azu says:
    August 8, 2016 at 8:54 pm

    Vaahaka vvvv reethi..ash avahah rangalhu kohdhehchey…..saaniya ah hageegai ingeynee kon irakuntha…inthixaaruga hurin…????

  11. maain says:
    August 8, 2016 at 9:07 pm

    adhi Esh nuvaa nun mareh. adhi vaahakai ge bodu bai othy viyya. hehe. any ways. story hama baraabaru. just perfect. dhen fahara kun kuda kon dhigu kolla dhecheey. vvvv nice. thanks Ryn!

  12. nishu says:
    August 8, 2016 at 9:29 pm

    He he he thaaniyaa ah ladeh suhail enenkaa lanka ah dhaany chuntty an majaa kohlan male dhiyaama ves chuntty fani v

  13. rosy says:
    August 8, 2016 at 10:18 pm

    vvvvv lobi mibaivas…………?????????????

  14. Blackangle says:
    August 9, 2016 at 9:57 pm

    AASHA MARU NUVAANE HEN HYVANY
    .. COX STORYGE MAIN EH EH CHARACTOR EII. STORY KADA VAANE AASHAA MARU VEEMA.. HAHA MY OPINION.. ??????

  15. ???????????☀???⛄ says:
    August 10, 2016 at 11:06 am

    Ryn hamaalah eh noo kiyaany hama’ash kiyaany. Ehen innaathy kiyaairu v bolah undhagoowey ?

  16. vishaa says:
    August 10, 2016 at 2:56 pm

    vara reethi ….ekam vara sad ….keep it up

  17. Aaf says:
    August 10, 2016 at 8:19 pm

    Kon irakun up vaany

Comments are closed.


All Right Reserved!