ވާހަކަ ދައްކާ ނިމުނު އިރުވެސް މީރާ އިނީ މަލާކް ގައިގައި ބައްދާލައިގެންނެވެ. “ސޮރީ މީރާ، އެނގޭ މިވާހަކަ ދެއްކީމަ މީރާ ދެރަވާނެ ކަން، އެކަމަކު މަލާކްގެ—” މީރާގެ އަތުގައި ފިރުމާލަމުން ތާނިޔާ ދައްކަން އުޅުނު ވާހަކަ މީރާ މެދު ކަނޑާލިއެވެ. “ކުރިންވެސް އަހަރެންގެ ފެމިލީއަކީ ތީ… ތާނީގެ މަންމައާ ބައްޕަ އެއީ އަހަރެންގެވެސް މަންމައާ ބައްޕަ… މަލާކްގެ ފެމިލީއަކީވެސް ތީ… އަހަރެން ބޭނުން ހުރިހާ އެއްޗެއް ތި ފެމިލީ އިން އަހަންނަށް ލިބޭ… އިތުރު އެއްޗެއް އަހަންނެއްވެސް […]
. އޭނާގެ ކޯވަނީ ވަޅުވަދެ ކުލަ ފަނޑުވެފައެވެ. އޭނާގެ ގައިގެ ހަންގަނޑު ކަށިތަކުގައި ތަތްވެފައިވާކަހަލައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ އަޒުމަކަށް ބަދަލެއްނާދެއެވެ. އޭނާ ޤުރުއާން ކިޔެވުމުގައި މަސްޢޫލުވެފައިވާ ވަގުތެއްގައިމެނުވީ ތިބާއަކަށް އޭނާއެއް ނުފެންނާނެއެވެ. ބައްޕަ އޭނާއަށްޓަކައި ތައްޔާރުކޮށްދިން ނަމާދުކުރާ ކޮޓަރީގައި ހީވާގިކަމާއެކު އަޅުކަމުގައި އަބަދުމެ މަސްޢޫލުވެއުޅެއެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ޚާލިޤުވަންތަ ﷲ އަށް ދުޢާދެންނެވުމުގައި އޭނާގެ ބަލިކަށި އަތަކަށް ވަރުބަލިކަމެއް ނުލިބެއެވެ. ފަޖުރު ލުމަށްފަހު އިރު އޮއްސުމަށްދާންދެން އޭނާ އެގޮތުގައި ސާބިތުވެހުރެއެވެ. ފޫހިވުމަކީ އޭނާ […]
“އަފޫ….” ކުރަކިވެފައިވާ އަޑަކުން މުނީރާ އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިއަށް ގޮވާލިއެވެ. އަފްނާނުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދެންވެސް ވާހަކަ ދައްކަން ފެށީ މުނީރާއެވެ. “އަފޫ.. ކީއްވެ އެވަރުކަމެއް ހިނގި އިރު މަންމަ ކައިރީ ނުބުނީ… މަންމަ ކައިރީ ބުނިނަމަ…” ހިތްވަރުކޮށްފައި ވާހަކަ ދައްކަން މަސައްކަތް ކުރި މުނިރާއަށް ފުރަތަމަވެސް ކުރެވުނީ ޝަކުވާއެކެވެ. “މަންމަ ހިއެއް ނުކުރަން ބައްޕަ އެއީ އެކަހަލަ މީހެއް ކަމަކަށް… ބައްޕަ އެހާ ނުބައި ވެދާނެ ކަމަކަށް… ދަރިފުޅާ.. ނިކަން […]
ގޮތެއްހުހެއް ނުވާނެ އެވެ. ލޯބި ޙާސިލްކުރުން ފަހަށް ބާއްވާށެވެ. މިވަގުތު ބޭނުންވަނީ އޭނަގެ މައުލޫމާތު ހޯދުމެވެ. ވަރަށް ވިސްނި ފަހުން ޖައްސާނެ ސްޓަންޓެއް ހިތައް އެރިއެވެ. ކޮންމެވެސް ގޮތަކުން ޕޮލިސް ސްޓޭޝަނަށް ދާންވީއެވެ. ކުށެއް ކޮށްގެންވިޔަސް ވަރިހަމަތާއެވެ. ބައެއް ފަހަރު ޤުރުބާންވުންވުންވެސް އޮންނާނެއެވެ. ރޭގަނޑުގެ އަށެއް ޖަހާލާކަށް ހާއިރު ދައްތަގެ ދޮށީފިރިހެން ދަރި ޢާއިދު ބޮލަށް ސަވާރުވެގެން ސައިކަލް ބުރެއް ޖަހާލަން ނުކުތީމެވެ. މީހުން މަދު ހިސާބަކަށް ގޮސް އަހަރެން ސައިކަލް ދުއްވަން ދަސްކޮށްދޭން އެދުނީމެވެ. ވަރަށް […]
“ޝައްފަ.. ކިހިނެއްވެފާ އިނީ” ، ސިއްސައިގެންގޮސް އަހަންނަށް ބެލުނީ ފާތުން އަހަންނަށް ގޮވާލި އަޑަށެވެ. ފާތުން އަކީ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާއެވެ. ސްކޫލްދައުރުން ފެށިގެން އެކުގައި އުޅެމުން އަންނަ ދެގޮތެއް ނުވާ މިތުރެކެވެ. ހިތުގެ އުދާސްތައް އެމީހަކާއި އެންމެ ކައިރިން ހިއްސާކުރާ މީހާއެވެ. ނަމަވެސް މިއަދު އޭނަ ގޮވާލި އިރު އަހަރެން ގެއްލިފައި އިނީ އޭނައާއި ޙިއްސާނުކުރާ ހިޔާލެއްގައެވެ. އެއީ އަހަރެންގެ ހިތުގެ އެންމެ އެތެރޭގައި ތަޅުލާފައިވާ ކޮޓަރިއެއްގެ ތެރޭގައިވާ ފުން ހިޔާލެކެވެ. އިރުއޮއްސިގެންގޮސް ބަނަކަން […]
ސާދަ ވިލޭރެގެ ހަނދުވަރު ކުޑަދޮރުން އެޅިފައި ވީއިރު ލޫތްގެ ނަޒަރު ވަނީ ނިދިފައި އޮތް އައިފާއަށް ހުއްޓިފައެވެ. ސޯފާގައި ލެނގިލައިގެން އިން އިރު އެ ލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ. ޑޮކްޓަރު ދެއްކި ވާހަކަ ޤަބޫލުކުރަން އެހިތް ދެކޮޅު ހެދިއެވެ. އެކަން އަދި ސިއްރު ކޮށްދިނުމަށް އެދުނީ ވެސް އައިފާ ގާތު އެވާހަކަ ބުނާނެ ގޮތެއް ނޭނގުމުންނެވެ. ދެން ދުވަހަކަވެސް އެލޮލަށް އަލިކަމެއް ލިބުމުގެ އުއްމީދު ނެތްކަން ހާމަ ކުރާނެހައި ހިތްވަރެއް ލޫތް ކިބަޔަކު ނެތެވެ. ފާރުގައި […]
އެކަނި މާ އެކަނި ރަށުގެ މީހުން އާންމުކޮށް ދިރިނުއުޅޭ ހިސާބެއްގައި ހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯލިތަކުން އުނދޯޔެއްގައި ހަލީނާ އެބައޮތެވެ. އޭނާގެ މާޒީގައި ދިމާވި ހިތާމަވެރިކަންތައްތައް ހަނދާން ކުރާށެވެ. ހަލީނާ އަށް މިކަންތައް ދިމާވިތާ މިހާރު ބައިއަހަރު ވެއްޖެއެވެ. ހަލީނާ މިހެން އޮންނާކަށް ޖެހިލުމެއް އަދި ބިރެއްވެސް ނުގަނެވެ. މެންދަމުންއަލިވެ ދޭއްޖަހައިފިއެވެ. އަދިވެސް ހަލީނާ އޮތް އުނދޯލީގައި އޭނާ އެބައޮތެވެ. މީގެ ދޮޅުއަހަރެއްހާދުވަސް ކުރިއެވެ. ދުވަސްކޮޅަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަދިހައެވެ. ރަށުތެރެ ވަރަށްބާރަށް ޒީނަތްތެރިކުރަމުން އެބަދެއެވެ. […]
ގެޔަށް ވަން ގޮތަށް އަތުގައި އޮތް ފައިލް ކުޑަމޭޒުމަތީ ބައްވާފައި މީރާ ސޯފާއަށް ވެއްޓިގަތެވެ. ބޭނުންވި ވަޒީފާ ލިބުނު ނަމަވެސް ހިތުގައިވި ހާސްކަން އަދިވެސް ފިލައިގެން ނުދެއެވެ. ސޯފާގައި ލެނގިލައިގެން ލޯމަރާލައިގެން އޮވެ ފުންކޮށް ދެތިން ނޭވާ ލެވުމުން އެހާސްކަން ކޮންމެވެސް ކުޑަވިހެން މީރާއަށް ހީވިއެވެ. ނަމަވެސް އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ކޮޓަރިން ނިކުތް މަލާކްއަށް މީރާ ފެނުމާއެކު ދުވެފައި އައިސް މީރާގެ އުނގަށް އެރިއެވެ. މަލާކްގެ ފަހަތުން ކުޑަކުޑަ ޒައިކްވެސް އައިސް މީރާ ގައިގައި ހިފައިގަތެވެ. […]
ބަދިގެއަށް މުނީރާ ވަތް އިރު މުޅިމީހާ ރުޅިގަދަވެގެން ތުރުތުރު އަޅަނީއެވެ. ކާމޭޒު މަތީ އޮތް މަސްކަނޑާ ބޮޑުވަޅި ނަގާ އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ބަދިގެއިން ބޭރަށް ނުކުތީ ލައިގެން ހުރި ހައުސްކޯޓު އެއް އަތުން އަރުވައި ޖަހައިގެންނެވެ. ހަސަނު އައިސް އޭރު ބަދިގެއަށް ވަންނަން ދިމާކުރަނީއެވެ. މުނީރާ ހުރި ގޮތް ފެނުމުން ހަސަނުގެ ފިޔަވަޅު ފަސް ޖެހުނެވެ. “މުނީރާ.. ހަމަޖެހިބަލަ… އަހަރެން އެމަންޖެއާ އެކަހަލަ ކަމެއް ނުކުރަން… އަދި އެންމެ ބޮޑުކަމެއް ނުކުރަން…” މުނީރާ ހަމައަކަށް އަޅުވަން […]