އާވާރާކަން….
“ޝައްފަ.. ކިހިނެއްވެފާ އިނީ” ، ސިއްސައިގެންގޮސް އަހަންނަށް ބެލުނީ ފާތުން އަހަންނަށް ގޮވާލި އަޑަށެވެ. ފާތުން އަކީ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާއެވެ. ސްކޫލްދައުރުން ފެށިގެން އެކުގައި އުޅެމުން އަންނަ ދެގޮތެއް ނުވާ މިތުރެކެވެ. ހިތުގެ އުދާސްތައް އެމީހަކާއި އެންމެ ކައިރިން ހިއްސާކުރާ މީހާއެވެ. ނަމަވެސް މިއަދު އޭނަ ގޮވާލި އިރު އަހަރެން ގެއްލިފައި އިނީ އޭނައާއި ޙިއްސާނުކުރާ ހިޔާލެއްގައެވެ. އެއީ އަހަރެންގެ ހިތުގެ އެންމެ އެތެރޭގައި ތަޅުލާފައިވާ ކޮޓަރިއެއްގެ ތެރޭގައިވާ ފުން ހިޔާލެކެވެ. އިރުއޮއްސިގެންގޮސް ބަނަކަން ބިންމައްޗަށް ވެރިވަމުން ދިޔަ އިރުވެސް ހޭވެރިކަން ނެތިފައިވަނީ އެހެންވެއެވެ.
އެއީ އަހަންނަށް އެހަނދާތަކާއި ދުރައްނުދެވުނު ޒަޔާންގެ ހަނދާންތަކެވެ. އެހަނދާންތަކާއި އެކު ހިތްމިލާ މޯޅިވި ނަމަވެސް، އެއިން ހިތައް ފިނިކަން ގެނެސްދޭކަހަލައެވެ.
މީގެ ދެ އަހަރު ކުރިން އަހަރެން ކ.ހުރާ އަށް ދިޔައީ އެރަށުގައި ދިރިއުޅޭ އާއިލާ މެމްބަރުންނާއި ބައްދަލުކުރުމަށެވެ. ދޯންޏަށް އަރައިގެންގޮސް އަހަރުމެން ދަތުރުކުރަމުންދަނިކޮށް ވަރަށް ގަދަ ކޮޅިގަނޑެއްގައި ޖެހުނެވެ. އަހަންނަކީ އެހާގިނައި ކަނޑުދަތުރު ކުރާ މީހަކަށް ނުވުމުން ހުރީ ވަރަށްބިރުގެންފައެވެ. ބައެއްފަހަރު ދޯނި ބަންޑުން ޖަހަނީއޭވެސް ހީވެއެވެ.
“އޭނ މިއޮއްގެން ދިޔަ ބޮޑުވަނީ .. ކޯސްޓް ގާޑަށް ގުޅާ އަވަސް” ދޯނީގެ ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. އެއާއި އެކު ދޯނި ތެރޭގައި ރުއިމުގެ އަޑު ގުގުމާލިއެވެ. ކުޑަކުދިންވެސް ތިއްބެވެ. މީހުންގެ ލޮލުން ކަރުނަތައް އޮހެމުންދިޔަ އިރު އަހަރެން އިނީ މަންމަގެ ގައިގައި ބައްދާލައިގެންނެވެ. މާގިނަ އިރެއްނުވެ އަހަރެންގެ ފައިތިލައިގައި ލޮނު ޖެހޭހެން ހީވުމާއި އެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. މަންމައަށް ގޮވާ އަހަރުމެން މި މަރުވަނީއޭވެސް ބުނެވުނެވެ. ވަށައިގެން އެއްވެސް އަލިކަމެއްނެތެވެ. ބޯކޮށް ވާރޭ ވެހެނީއެވެ.
އުއްމީދުގެ ހުޅުކޮޅުވީ ބޯ ވިއްސާރާއިގެ ތެރެއިން ނޫކުލައިގެ ލައިޓެއް ދިއްލަމުން އައި ހުދު ލޯންޗް ފެނުމުންނެވެ. ހިތްގައިމުވަގުތު ކައިރިވީ ދެނެވެ. ބޮޑު ރާޅުތަކުގެ ތެރެއިން މައްޗައްގޮސް، އަރި އަރިއަށް ދަމުން އަންނަނީއެވެ. ދޯންޏާއި ކައިރި ކުރުމުން އެއީ ފުލުހުންގެ ލޯންޗެއްކަން އެގުނެވެ. ކައިރި ކުރުމާއި އެކު ވަރަށް ބާރަށް އެލޯންޗުން ނުކުތް މީހަކު ހަޅޭއްލަވައިގަތެވެ.
” ހުރިހާ އެއްޗެއް ދޫކޮށް ، އެންމެން ލޯންޗަށް ބަދަލްވޭ، ” އެއާއި އެކު އެ ލޯންޗުން ހަތަރު ފުލުހަކު ދޯންޏަށް އަރާ ކުޑަކުދިންނާއި އެކު އެންމެން ލޯންޗަށް އަރުވަން ފެށިއެވެ. އަދިވެސް ހިތްގައިމު ވަގުތު ނާދޭދޯއެވެ. މިއައީއެވެ. އަހަރެން ތެދުވާން އުޅެނިކޮށް ފުލުހަކު އަތް ދިއްކޮއްލާފައި އަންނާށޭ ބުންޏެވެ. އިސްއުފުލާ ބަލާލުމާއި އެކު އަހަރެންނަކަށް ވީގޮތެއް ނޭގުނެވެ. އެ ބިރުވެރިވަގުތު އެއީ އަހަރެންގެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޮވާނެ ވަގުތުކަން ޤަބޫލްކުރާނީ ކިހިނެތް ހެއްޔެވެ.
“އަވަސްކުރޭ ބޭފުޅާ” އޭނަ އަނެއްކާވެސް ތަކުރާރު ކޮއްލިއެވެ. އެއާއި އެކު އަހަރެން އެ އަތުގައި ހިފީ ދެން އެއަތުން ދޫކޮށްލުމެއް ނެތް ގުޅުމަކަށް އެދިގެންނެވެ. އޭނައަކީ މި ބިރުވެރިކަމުން މިންޖުވުމަށް މެދުވެރިކުރެއްވި ސަބަބަށް ވާތީއެއް ނޫނެވެ. އަދި އެއީ ފުލުހަކަށް ވާތީއެއްވެސް ނޫނެވެ. އެކަމަކު އެއީ ގުދުރަތުން އަހަރެންގެ ހިތުގައި މީހަކާދޭތެރޭގައި އިޝްޤީލޯބި އުފެދުމަށް މެދުވެރިކުރެއްވި ގޮތެވެ.
ކޮންމެ އަކަސް ލޯންޗް ނައްޓާލުމާއި އެކު އަހަރެން އޭނަ ހޯދަން ފެށީމެވެ. ކުރިމަތިން ފެންނަންތިބި މީހުންގެ ތެރޭގައި އެމޫނެއް ނެތެވެ. ދެން ފަހަތް ބަލާލަން އެބުރުނު ވަގުތު ދިޔައީ ސިއްސައިގެންނެވެ. އޭނަ އިނީ އަހަރުމެން ތިބި ސީޓް ފަހަތުގައެވެ. ބަލާލި އިރު އޭނަވެސް ބަލާލުމުން ހަތުކަޅި ހަމަވީއެވެ. ގަތް ލަދުން އަހަރެން އިސްޖަހާލައިގެން އިންގޮތައް އިނީއެވެ. ހުރައަށް ހޮސް އެންމެން ފޭބުމުން ދަތުރުވެރިންތައް އެމީހުންނާއި ސަލާމްކޮށް ޝުކުރު އަދާކުރިއެވެ. އަހަންނަކަށް އެވަރެއްވެސް ނުވިއެވެ. ވީވަރަކީ ލޯންޗް ލޮލުގެ ކޮޅަށް ދިޔަ ފަހުން އަތްހޫރާ ، “ބައި” އޭ ބުނެލީމެވެ. އެވެސް އިވުނީ އަހަންނަށް އެކަންޏެވެ. އެކަމަކު އެއީ އެއްމެ މީހަކަށް ބުނި އެއްޗެކެވެ.
ހުރައިގެ ހިތްގައިމު މާހައުލުން ހިނގާފައި ދިޔައިރު ދަތުރުވެރިންތައް ދިޔައީ ދޯނިމަތީގައި ދިމާވި ހާދިސާތަކާއި ބެހޭގޮތުން މަޝްވަރާކުރަމުންނެވެ. އެރަށުން ދިމާވި ބައެއް މީހުންނާއި ބައްދަލުކޮށްވެސް އެވާހަކަތައް ދައްކާފައިވެއެވެ. ނަމަވެސް މިހިތުގައި ފެށުނީ އިންތިޒާރެކެވެ. ބުނާކަށް ނުވެސްޖެހޭ، އެހެން ނޫން ހެއްޔެވެ. އެއީ ހިތުގައި ކުރެހިފައިމިވާ އެ ތަސްވީރުގެ އިންތިޒާރެވެ. އޭގައި ކުލަ ޖައްސައިދޭނެ ބައިވެރިޔާ ފެނުމަށް ގޮވާލާ ގޮވާލުމެވެ.
ނަމަވެސް އެއީ ކަނޑުމަތިން ދިމާވި މީހެކެވެ. ކޮން ރަށެއްގައި މަސައްކަތްކުރާ ކާކު ކަންވެސް އަހަންނަކަށް އެގެނީކީ އެއް ނޫނެވެ.
އެއީ އަހަންނަށް އުމުރުގައި އެންމެ ފުރަތަމައަށް އެކަހަލަ އިޙްސާސެއް ކުރަންޖެހުނު ފަހަރުކަމުން، ދެން ހަދަންވީ ކިހިނެތް ކަމެއް ނޭގުނެވެ. ހުރާގައި އުޅޭ ދައްތަމެންގެ ގެއަށް ދިޔަގޮތައް ފެންވަރައިގެން އެނދަށްއަރާ އޮށޯވެ ވިސްނަން ފެށީމެވެ. އަހަންނަށް އެގަޑީގައި އޭނަ ފެނުނު ގޮތް ހަނދާންކުރަން ފެށީމެވެ. އޭނަ ގޮވާލި އަޑު ހަނދާނަށް ގެންނަށް މަސައްކަތް ފެށީމެވެ. އެވަރެއް ނޫނެވެ. ފޮތެއް ނަގައިގެން އަހަރެން ރަގަޅަށް ކުރަހަން ނޭގޭ ޙާލު ކުރެހޭތޯވެސް ބެލީމެވެ.
މިހިރީ ވަރެއްވެފަތާއޭވެސް މީހުންނަށް އެގިއްޖެއްޔާ ބުނާނެއެވެ.
ހިތައް އެރިއެވެ. ކޮންމެވެސް ގޮތަކުން އޭނާގެ މައުލޫމާތު ލިބޭތޯ އުޅެންވީއެވެ. ނޫނީ އަހަންނަށް މީހެއްގެ ފިރިއެއް ދެކެވެސް ލޯބި ވެވި މޮޔަވެވި ދާނެއެވެ. އެދުވަހުގައި ކުޑަކޮށް ނިދާލުމަށްފަހު ހަވީރު ރަށުތެރެ ބަލާލަން ދައްތައާއި އެކު ނުކުތީމެވެ. ދައްތައަކީ އެރަށު މީހަކާއި އިދެގެން އެރަށުގައި އުޅޭތާ ގިނަ ދުވަސް ވެފައިވާ މީހެކެވެ. ފުރަތަމަ މަޢުލޫމާތު ހޯދަން އެންމެ އަޢުލާވަނީވެސް ދައްތަ ތާއެވެ.
ފުރަތަމަ ފެށީ ދުރުދުރުންނެވެ.
“ދައްތާ މިރަށުގައި ލައިސަންސް ނެތިވެ ސައިކަލް ދުއްވޭތަ”
ދައްތަ: “ކިހިނެތްވީ، ޝައްފަ މިހާރު ސައިކަލް ދުއްވަން ވީދޯ”
އަހަރެން ހުރީ ދައްތަ އަށް އެގިދާނެތީ ވަރަށް ހިތްނުތަނަވަސްވެފައެވެ.
“ދެން ލައިސަން ނުނަގާ މީހުން ދުއްވާވެސް އުޅޭވިއްޔާ.. ހާއްސަކޮށް ރާއްޖެތެރޭގައި، ޕޮލިހުންވެސް ނޫޅޭ ދޯ މިރަށުގައި”
ދައްތަ: ” ނޫނޭ،، ފުލުހުން އުޅޭ އަދި ޗެކްވެސް ކުރޭ.. އެކަމް ދުއްވާ މީހުން ހަމަ ދުއްވާ”
” އޯނ.. އެހެންވީ އިރު އަހަރުމެންވެސް ގެނައީ މިރަށުގައި އުޅޭ ފުލުހުންދޯ” އަހަރެން މަސައްކަތްކުރީ ކައިރި މަގަކުން މަޢުލޫމާތު އަވަހަށް ހޯދުމަށެވެ.
ދައްތަ: ” ނޫނޭ.. މިރަށުގައި ނޯވޭ ޕޮލިސް ލޯންޗެއް،އެއީ ތުލުސްދޫގައި އޮންނަ ލޯންޗެއް.. ކޮއްކޮ ހާދަ ފުލުހުންގެ މަޢުލޫމާތު ހޯދައޭ. ވަޒީފާއެއް ދޯ ހޯދަންވީ އެތަނުން”
” އާނދޯ..” ސަމާސާ ރާގަކަށް އަހަރެން ހީލީ ކަންބޮޑުވެފައި ހުރެގެންނެވެ. އެއީ މިރަށުގައި އޭނަ ނޫޅޭކަމަށް އިޙްސާސްވާން ފެށުމުންނެވެ.
ދެން އެހެންގޮތެއް ވިސްނަންވީ ދޯއެވެ. އެންމެ ރަގަޅީ މިރަށު ޕޮލިސް ސްޓޭޝަނުގެ މުވައްޒަފަކާއި “ފްރެންޑް” ވެލުމެވެ. އެކަމަކު އަހަރެން މިއައީ އޭލެވެލް ނިންމިގޮތައް ޗުއްޓީއަކަށެވެ. ކުޑަދުވަސްކޮޅެއްގައި އެ މައުލޫމާތު ހޯދުން ވާނީ ބުރަ މަސައްކަތަކަށެވެ. އެކަމަކުއަހަންނަކީ އަބަދުވެސް އަހަރެން ބޭނުންވާ ކަމެއް ޙާސިލްކޮށްފައި ނޫނީ ހުއްޓާލުމުގެ ގަސްތުކުރާ މީހެއް ނޫނެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.


Something unique I found here.. Interesting
Yaaa …… v cute…
nice…
Reethiviyakas keehkuraany enmekiyaahihvaa hisaabun ninmaalaane mivaahaka ahves vaany evarukanneyge
Asluveys.
Alhe kobaatha loabeegaa hahyyaruvefaa enme kiyaa hithun hunna iru story nuen genes dheyne v foohi mivaahaka ah ehn nahadhachey
V foohi vaahathakah vaaeh nuvaadh neyge
V salhi. Hama ?
?❤
hiyhama eh nujehey…maa avahee ninmaa laaleh…
“Taxi” kiaa hithun huttaa e vaahaka ah vee goiy ves neygunu… mi ee varah thafaathu varah reethi vaahaka eh kamh vaahakaige feshun kiaaleema ingey pls up log dhevvaa avahah.
Up koh ***
Yes upkohdheynan miadhu ekamaa haasnuvey
Wen nxt part is uploading????
Vvvv unique mi vaahka……avahsh up kuraaanyaaa gina myhnge thaa eeedhu libeyyyne…???????
nice i love this and and i am also from k.huraa.
Bashuhtihje…. What a romantic one