Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ފަންސަތިރީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 8, 2016 8 Mins Read
37 Comments

ބަދިގެއަށް މުނީރާ ވަތް އިރު މުޅިމީހާ ރުޅިގަދަވެގެން ތުރުތުރު އަޅަނީއެވެ. ކާމޭޒު މަތީ އޮތް މަސްކަނޑާ ބޮޑުވަޅި ނަގާ އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ބަދިގެއިން ބޭރަށް ނުކުތީ ލައިގެން ހުރި ހައުސްކޯޓު އެއް އަތުން އަރުވައި ޖަހައިގެންނެވެ. ހަސަނު އައިސް އޭރު ބަދިގެއަށް ވަންނަން ދިމާކުރަނީއެވެ. މުނީރާ ހުރި ގޮތް ފެނުމުން ހަސަނުގެ ފިޔަވަޅު ފަސް ޖެހުނެވެ.

“މުނީރާ.. ހަމަޖެހިބަލަ… އަހަރެން އެމަންޖެއާ އެކަހަލަ ކަމެއް ނުކުރަން… އަދި އެންމެ ބޮޑުކަމެއް ނުކުރަން…” މުނީރާ ހަމައަކަށް އަޅުވަން ހަސަނު މަސައްކަތް ކުރި ނަމަވެސް މުނީރާގެ ރުޅި ދިޔައީ ހައްތަހާ މައްޗަށެވެ.

“ބަލަ ކަލޭ ހީކުރީ މަމީ މޮޔައެއް ކަމައްތަ؟… ލޮލުން ދެކި އަތުން ހިފީމަވެސް ތިބުނަނީ… ކަލޭ ތިހާ ނުބައި ވެދާނެއެކޭ ދުވަހަކުވެސް މަ ހީނުކުރަން…” ރުޅި އައުމުގެ ސަބަބުން މުނީރާގެ މޫނަށް ވަނީ ރަތްކުލަ އަރާފައެވެ. ދެލޯ ބޮޑުކޮށްގެން ވަޅި މަޅާލަމުން އޭނާ ކުރިއަށް ޖެހުނެވެ. ހަސަނު ބިރުން ހުރެ ފަހަތަށް ފިޔަވަޅެއް އަޅަމުން މަގާ ދިމާއަށް ބަލާލީ އެހިސާބުގައި މީހަކު ހުރިތޯ ބަލާށެވެ.

“މުނީރާ… މޮޔަވީތަ؟.. މައިތިރިވެބަލަ…” ހަސަނު ވާހަކަ ދެއްކީ މުނީރާއަތުގައި އޮތްވަޅި ހޯދާށެވެ.

“މިއަދު ކަލޭ އަހަރެން އަތުން މަރުވާނެ… ކަލޭ މަރާލާނަން…” ހަސަނާ ދިމާއަށް ވަޅި ދިއްކޮށްގެން ހުރެ މުނީރާ ވާހަކަ ދެއްކީ ދަތްކުނޑި ވިކާލަމުންނެވެ. ރުޅިއައިސްގެން ވާހަކަ ދައްކަމުން ދިޔަ މުނީރާގެ ބަރުއަޑުވަނީ ކުރަކި ވެފައެވެ. އެވަގުތު ފެންޑާތެރެއިން ދުވެފައި ބޭރަށް ނުކުތް މަންޝާ އެމީހުންގެ ދެމެދަށް ހުއްޓެމުން މުނީރާއާ ދިމާއަށް ބަލާލިއެވެ.

ކުޑަ ވަގުތުކޮޅަކަށް ފިޔަވަލު ހުއްޓާލި ނަމަވެސް މުނީރާއާ ގާތްވަމުން މަންޝާ ވާހަކަ ދެއްކިއެވެ. “މުނީރައްތާ!.. ތި ވަޅި ގެނޭ ރުޅި އައިސްގެން ތިކަހަލަ ކަމެއް ކުރުމުން އެ ކުދިންނަށް ވާނެ ގޮތް އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟… ހަސަންބެ މަރާލައިފިއްޔާ މުނީރައްތަ ޖަލަށް ދިޔައިމަ އެކުދިން އެކަނިވެރިވީ… ތިކަންތައް ހައްލުކުރަން އެހެން ގޮތްތައްވެސް އެބަހުރި… ރުޅިި މަޑުކޮށްފަ ވާހަކަ ދައްކަމާ..” މަންޝާގެ ވާހަކަތަކުން މުނީރާގެ ސިކުނޑިއަށްވެސް ކޮންމެވެސް އެއްޗެއް ވިސްނުނު ކަހަލައެވެ. އަތް ތިރިކޮށްލަމުން މުނީރާ ކަކޫ ޖަހާ ބިންމައްޗަށް ތިރިވިއެވެ.

ރުޅިވެރިކަމުން ފުރިފައިވާ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އަނގަޗޭކޮށްގެން ހުރެ މުނީރާ ރޯން ފެށީ ހިފެހެއްޓުމެއް ނެތިއެވެ. އޭނާގެ ހިތްވަނީ ކުދިކުދި ވެފައެވެ. އިސް އުފުލާލަމުން މަންޝާއާ ދިމާއަށް ބަލަމުން މުނީރާ ވާހަކަ ދެއްކިއެވެ. “މަންޝާ..، އަހަރެން ކިހިނެއް އުޅޭނީ… މި ނުލަފާ މީހާގަނޑު އަފްނާން ރޮލާ ހަފާ ކައިފި… އޭނާ އަހަރެންގެ ދަރި ސުންނާފަތި ކޮށްލައިފި… މަގޭ ދަރިފުޅުގެ ދުވަސް ދުއްވާލައިފި… އެމަންޖެއަށް އަހަރެން ކޮން މޫނެއް ދައްކާނީ…” މުނީރާ އަޑުން އަޑު ނަގާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އޭނާ ކިޔާ އެއްޗިހި ސާފުވަނީ ހަަމަ ކިރިޔާއެވެ.

އެ އަޑަށް މަދީހާވެސް ބޭރަށް ނުކުތެވެ. މުނީރާ ގާތަށް މަދީހާ އައިސް އޭނާގެ ކޮނޑުގައި ހިފާ ކޮޅަށް ޖަހަމުން އަމާ ހޭލާފާނޭ ބުނުމުން މުނީރާ އޭނާގެ ދެލޯ ފޮހެލިއެވެ. ނަމަވެސް އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. މުނީރާ ގޮވައިގެން މަދީހާ ގޭތެރެއަށް ވަނުމަށް ހިނގައިގަތުމުން ބިންމަތީގައި އޮތް ވަޅި ނަގާ މަންޝާ ބަދިގެއަށް ވަނީ އެ ވަޅި ރައްކާ ކުރާށެވެ. ބަދިގެއިން ނުކުމެ މަންޝާވެސް ގޭތެރެއަށް ވަނެވެ. އޭރުވެސް ހަސަނު ހުރީ އަނބު ގަސްދޮށުގައެވެ. ގަޑިއެއް ހާ އިރުވީ ފަހުން ހަސަނު ގޭތެރެއަށް ވަނުމަށް ހިނގައިގަތީ ކަރު އެލުވާލައިގެން ހުރެއެވެ.

ފެންޑާތެރޭ ހުރި އުނދޯއްޔާ އަރާ ހަމަވިތަނާ ހަސަނު ސިއްސައިގެން ދިޔައީ އޭނާގެ ފައިބުޑަށް އައިސް ޖެހުނު ދަބަސް ފެނިފައެވެ. އިސް އުފުލާ ކޮޓަރި ބަރިތަކާ ދިމާއަށް ބަލާލިއިރު ހަސަނުމެން ކޮޓަރި ދޮރުމަތީ ހުއްޓިގެން މުނީރާ ހުރީ އުނަގަނޑުގައި އެއް އަތް ވިއްދައިގެންނެވެ. ފައި ބުޑުގަ އޮތް ދަބަސް ނަގަން ހަސަނު ގުދުވުމުން މުނީރާ ވާހަކަ ދައްކަން ފެށިއެވެ.

“މިގެއަށް ވަދެގެންވެސް ނުވާނެ… އެތިކޮޅު ހިފައިގެން ކަލޭގެ ގެއަށް ރައްކާ ވޭ… ކަލޭގެ ހުރިހާ ސާމާނެއް ތި ދަބަހުގަ ހުންނާނެ… އަހަރެން  ވަރިވާން މާލެގޮސް ކޯޓަށް ފޯމް ލާނަން… މަގޭ ދަރިއެއް ދެކިލަންވެސް އައިސްގެން ނުވާނެ… އަހަރެންނާ އަހަރެންގެ ތިން ދަރިން މާދަމަރޭ ފުރާ ބޯޓުން މާލެ ދާނަން… މާލެ އަޔަސް އަހަރެމެން ދިރިއުޅޭ ގެއަށް ކަލޭ ވަދެގެން ނުވާނެ… މަ މިބުނާ ގޮތާ ޚިލާފަށް އެންމެ ކަމެއް ކުރިއަސް ކަލޭ އަފްނާނާ ބެހުނު މައްސަލަ އަހަރެން ކޯޓަށް ހުށައަޅާނަން…” މުނީރާ މިހެން ބުނެ އޭނާގެ ކޮޓަރިއަށް ވަނުމަށް ކޮޓަަރީގެ ދޮރު ހުޅުވާލިއެވެ.

އޭރުވެސް މުނިރާއާ ދިމާއަށް ބަލަން އެހުރި ފިޔަވަޅުމަތީ ގަބުވެފައި ހަސަނު ހުއްޓެވެ.  “ބަލަ މިހާރު މިގެއިން ނުކުންނާށޭ… ހެނދުނު ހޭލީމަ އާމާނާ އީމާން މިގެއަށް ފޮނުވާތި…” ގޭގެ މައި ދޮޮރާ ދިމާއަށް އިޝާރާތް ކުރަމުން މުނީރާ އަޑުހަރުކޮށް ވާހަކަ ދައްކާ ނިންމާލިއެވެ. ހަސަނު ދަބަސް ހިފައިގެން އެގެއިން ނުކުތުމަށް މުނީރާއަށް ފަސްދިނެވެ.

*** *** *** *** *** ***

ހުންގަނޑު މަޑުވެ އަޒީމް މުޅިން ހަމައަކަށް އެޅިއްޖެއެވެ. އޭނާގެ އަތަށް ނަވާފް ފޯނު ދިިނުމުން މަންޝާ ގުޅިތޯ އަހާލިއެވެ. އަޒީމްގެ ފޯނު އޮތީ ނިވިފައި ކަމުން ނަވާފް އެފޯނު ޗާޖަރަށް ގުޅާލިއެވެ. އަޒީމް ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައި މީ ފުރަަތަމަ ދުވަހެވެ. އަޒީމް ގެއަށް އަންނަން ވާއިރަށް ޒުހާ އެގެއަށް އައިސް ގޭތެރެ ސާފުކޮށް ރީތިކޮށްލިއެވެ. އަޒީމް އެނދުގައި އިށީނދެގެން އިނދެ ނަވާފްގެ މޫނަަށް ބަލާލިއެވެ.

“މަންޝާ ހުންނާނީ އަހަރެންދެކެ ވަރަށް ރުޅި އައިސްފަ ދޯ…” ނަވާފް ސިހިފައި އަޒީމާ ދިމާއަށް ބަލާލިއެވެ.

“މަށާ ޒުހާއާ ބުނިން މަންޝާ ކަމަކު ބޭނުންވިޔަސް ގުޅާށޭ.. އަޒީމް ގުޅަންދެން އިހަށް އަޒީމަށް ނުގުޅާ މަޑުކުރަންވެސް ބުނިން… ކޮބާ އަލިބެ ދިން ތަވީދު؟.. އަދިވެސް އެ އަޅާކަށް ނުވޭތަ؟…” ހޮސްޕިޓަލުން ގެނައި ކޮތަޅުތައް ހާވަމުން ނަވާފް އަހާލިއެވެ.

“ނަވާފް ގަބޫލު ކުރަންތަ އަލިބެ ދެއްކި ވާހަކަ؟… އަހަރެންނަކަށް ހަމަ އެއް ގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ… އޭނަ ބުނީ މިހާރު އަހަރެންނަށް އެބުނާ އެއްްޗެއްގެ އެއްވެސް އުނދަގުލެއް ނުވާނެޔޯ… ނަމަވެސް ކުރިއަށް އޮތްތަނުގަ އައިސްދާނެ ހަމަލާއަކަށް ރައްކާވާން އެ ތަވީދު އަޅާށޯ… މަށަކަށް ތި ތަވީދެއް ނޭޅޭނެ…” ދެއަތަށް ބޯ ހޫރާލަމުން އަޒީމް އެނދުގައި ހަމަޖެހިލަން ހެޑްބޯޑުގައި ބާލީހެއް ލައްކޮށްލިއެވެ. އަދި އެނދަށް ދެފައި އަރުވަމުން އެބާލީހުގައި ލެނގިލިއެވެ.

“އަހަންނަށް ހީވަނީ ޒޭބާއަކީ އިންސާނެއް ނޫންހެން.. އަލިބެ ދައްކާ ވާހަކަ އަހަންނަށް ގަބޫލުކުރެވޭ… ނޫނީ ޒޭބާ އަޒީމަށް ފަންޑިތަ ހަދަނީ…” ނަވާފް އޭނާގެ ޒަމީރު ގަބޫލުކުރާ ގޮތް ހާމަކުރިއެވެ.

“ހެޔޮ ކޮންމެ ގޮތެއް ވިޔަކަސް.. އަހަރެން އެ ތަވީދު އަޅާނީ އަހަންނަށް ނުރައްކަލެއް ފެންނަން ފެށީމަ… އަހަރެން ބޭނުންވަނީ މިވަގުތު ޒޭބާއަށާ މަންޝާއަށް ގުޅަން… އޭރުން އަހަރެންނަށް ގޮތެއްް ނިންމޭނީ…” އަޒީމް ދައްކަމުން ދިޔަ ވާހަކައަށް އިތުރު އެއްޗެއް ބުނަން ނަވާފް ބޭނުން ނުވީ އަޒީމްއަކީ ހިސާބަށްވުރެ ބޯހަރު މީހަކަށް ވީމައެވެ. ކަމެއްގަ ހިފައިފިއްޔާ އެކަމެއް ނުކޮށް ދުލެއް ނުކުރާނެއެވެ.

އަޒީމްގެ މަގަތުގައި ނަވާފް އިށީނެވެ. އަޒީމް އެވަގުތު އޭނާގެ ފޯނު ނަގާ އޮންކޮށްލިއެވެ. އޭރުވެސް އެ ފޯނު އޮތީ ޗާޖަށް ޖަހާފައެވެ. ފުރަތަމަ އަޒީމް ގުޅާލީ ޒޭބާގެ ނަންބަރަށެވެ. ތިން ހަތަރު ބުރަށް ގުޅިއިރުވެސް ޒޭބާގެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ. އެހެންކަމުން ދެން އޭނަ ގުޅީ ރިޒްވީގެ ނަންބަރަށެވެ. ރިޒްވީގެ ގެސްޓް ހައުސްގައި ދިރުއުޅޭ ކުއްޖަކަށްވީމަ ޒޭބާ ވީ ތަނެއް ދެން އެންމެ ފަސޭހަައިން ހޯދޭނީ ރިޒްވީއަށް ގުޅީމަކަން އޭނާއަށް އެނގުނެވެ.

އެކޮޅުން ފޯނު ނެގުމާއެކީ އަޒީމް ވާހަކަ ދައްކަން ފެށިއެވެ. “ހަލޯ ރިޒްވީ..  މީ އަޒީމޭ…”

“އަހާ.. އަޒީމްދީ… މަހައުދަހައި ގުޅަފީމޭ… ގެސްޓް ހައުސްގެ މަސައްކަތު ކަންތަކަށް… ތެފޯނާ ނުނަގާ ހެދި އޮފީހަށް އާމެއި މި އެނގެނެއި އަޒީމް ބަލިވެގެން އޮފީހަށް ނިއޭކަން… ކޮބާ މިކޯ ކެހެނަކަށް؟…” (އަހާ.. އަޒީމްދޯ.. މަހާދަ ގުޅައިފީމޭ… ގެސްޓް ހައުސްގެ މަސައްކަތު ކަންތަކާ… ތި ފޯނު ނުނަގާތީ އޮފީހަށް ޖައްސާލީމަ އެނގުނީ އަޒީމް ބަލިވެގެން ސަލާމުގަ ހުރިކަން… ކޮބާ މިހާރު ކިހިނެއް؟..)

އަޒީމްގެ އަޑުޖެހުމާއި އެކީ ރިޒްވީގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ.

“މިކޯ ދެން އޯކޭ… އަދު ހޮސްޕިޓަލުން މި ދޫކޮށްލީ… މަމި ވޭނޑެނީ އެމަޖެންސީ ލީވް ނާގެން… ވާހަކާ އަހަލާން މިގުޅަލީ… ކޮބާ ތިތެއި ވޭންޑޭ ޒޭބާ… އެއަށް ނުގުޅިގެން މިގުޅީއަސް…” (މިހާރު ދެން އޯކޭ… މިއަދު ހޮސްޕިޓަލުން މި ދޫކޮށްލީ.. އަހަރެން މިއުޅެނީ އެމަރޖެންސީ ލީވް ނަގައިގެންނޭ… ވާހަކައެއް އަހާލަން މިގުޅީ… ކޮބާ ތިތާ އުޅޭ ޒޭބާ؟… އޭނާއަށް ނުގުޅިގެން މި ގުޅީވެސް…) އަޒީމް އޭނާ އަހަން ބޭނުންވި ސުވާލުކޮށްލީ ހިތާ ދެކޮޅަށެވެ. ރިޒްވީ ކޮންމެ އެއްޗެއް ހިތަށް އެރިޔަސް ހެޔޮ ކަމަށެވެ.

“ޒޭބާ ދީ… ނޭނގޭ އެޔަ ވޭނޑޭލެއް ބެނާކަށް… ކުއްލިއަކަށް އެ ގެސްޓް ހައުސްއިން އެޔަ އެބެގޭތާ ތިން ދުވަސް ވެގެ… ނިއެނގެ ވީ ގޮތަކަސް… ގުޅައިގުޅައި މުވަވީ ކަލަސް އެޔަކަށް ނިގުޅެނެ… އެހެންވެ މަ ރަމްޒީއަށް ގުޅަފެއިއަސް އަހަފިން… ރަމްޒީއަސް ބެނި ނިއެނގެއްޔައު އެޔަކަށް ނިގުޅައްޔައު… ފަހަރަކި ވެފޭހެއް ރަށަށް ގެއި ކަމަސް… ޒޭބާގެ ޚަބަރަށް ވެގޭފެހޭ މަށް ގުޅައިވާ…” (ޒޭބާ ދޯ… ނޭނގެ އެމަންޖެ އުޅޭ ގޮތެއް ބުނާކަށް… ކުއްލިއަކަށް އެ ގެސްޓް ހައުސްއިން އޭނަ ނުކުތްތާ ތިން ދުވަސް ވެއްޖެ… ނޭނގެ ވީ ގޮތެއްވެސް… ގުޅާގުޅާ މޮޔަވި އރުވެސް އޭނަގެ ފޯނަކަށް ނުގުޅުނު… އެހެންވެ އަހަރެން ރަމްޒީއަށް ގުޅާފަވެސް އަހައިފިން…. ރަމްޒީވެސް ބުނި ނޭނގެޔޯ އޭނާއަކަށް ނުގުޅަޔޯ…  ފަހަރެއްގައި ވެދާނެ ރަށަށް ދިޔައީ ކަމަށްވެސް…. ޒޭބާގެ ޚަބަރެއް ވެއްޖިއްޔާ އަހަރެންނަށް ގުޅައްޗޭ…)

ރިޒްވީގެ ފަރާތުން ލިބުނު ޖަވާބުން އަޒީމް އިތުރަށް މާޔޫސް ވިއެވެ. ކަރު އެލުވާލަމުން ނަވާފާ ހަތަރު ކަޅި ހަމަކޮށްލީ ޒޭބާ ކޮބައިހޭ ނަވާފް އަހާލުމުންނެވެ. ނަވާފަށް ދޭނެ ޖަވާބެއް ނޭނގި އިނދެ އަޒީމް ދެކޮނޑު އަރުވާލަމުން ނޭނގެއޭ ބުނެލިއެވެ.

“ޒޭބާއާ އަހަރެންނާ ދިމާވި…. އެއީ މީގެ ހަތަރު ދުވަސް ކުރިން… އަހަރެންނާ އޭނާއާ ދިމާވީ ހޮސްޕިޓަލްގެ ލިފްޓު ތެރެއިން… ބުނި އަޒީމް ކަހަލަ ބޭވަފާތެރިޔަކާ އެކީ އުޅޭކަށް ބޭނުމެއް ނޫނޯ.. ދެން މަންޝާ ވީ ތަނެއް އޭނަ ބެލީ.. އަހަރެން ބުނިން މަންޝާ ވީ ރަށުގައޭ…” ނަވާފްގެ ވާހަކަ އަޑު އެހުމަށްފަހު އަޒީމް އޭނާގެ ފޯނުގެ ސްކްރީނުން ފެންނަން ހުރި މީހުންގެ ލިސްޓުން މަންޝާގެ ނަމަށް ފިއްތާލިއެވެ.

*** *** *** *** *** ***

ހެނދުނު ސަޔަށްފަހު މަންޝާ ކޮޓަރިއަށް ވަދެ އުޅުނީ އޭނާގެ ފޮށި ތައްޔާރު ކުރާށެވެ. މިރޭ އެގާރަ ޖަހާއިރު ފުރާ ވާހަކަ ދައްކާފަ އޮތުމުންނާވެސް އެކީގައެވެ. ކޮޓަރީގެ އެކި ދިމަދިމާލުގަ ސާމާނުތައް ފުނިޖަހާފައި ހުއްޓެވެ. ހެދުންތައް ފަތްޖެހުމަށްފަހު ފޮއްޓައް އަޅަމުން ދިޔައިރު ދޭތެރެއަކުން މަންޝާގެ ބަނޑަށް އުނދަގޫ ވާތީ އެނދުގައި އިށީންނަށް ޖެހެއެވެ. ބަނޑުގައި ފިރުމާލަ ފިރުމާލަ އެހެން އިންނަތާ އިރުކޮޅެއް ވީފަހުން މަންޝާއަށް ގޮތެއްވާން ފެށިއެވެ. ފުންމައިގެން އެނދުމަތިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

ހިނި އައީ ކަންތައް އަސްލު ވީ ގޮތް އެނގުމުންނެވެ. މަންޝާއަށް އިނދެވުނީ އޭނާގެ ފޯނު މަތީގައި ކަމުން އެއީ ފޯނު ވައިބްރޭޓް ވުމުންވީ ގޮތެއްކަން އެނގުނެވެ. ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލިއިރު އެ ގުޅަނީ އަޒީމެވެ. މަންޝާގެ ހިތް ތެޅިގަތެވެ. މިއިން ދުވަހަކު އަޒީމަކީ ހުރި މީހެއްކަންވެސް މަންޝާ ހަނދާނެއް ނެތެވެ. އެވަގުތު ޒުހާ ބުނި ބަސް މަންޝާގެ ހަނދާނަށް އައެވެ. “އަޒީމް ގުޅަންދެން މަންޝާ އޭނާއަށް ގުޅައިގެން ނުވާނެ…”

ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން މަންޝާ ހަލޯ އޭ ބުނެލީ މަޑުމަޑުންނެވެ.

“މަން… ތިހުރީ ރުޅިއައިސްފަތަ؟… އަހަރެންނަށް އިނގޭ އަހަރެންނަކީ ކުށްވެރިއެއްކަން.. މަން… ކޮން އިރަކުން އަންނަނީ… އަަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނީ މަން މާލެ އައިމަ… އަހަރެން މަންއަށް ދެރަ ގޮތެއް ނުހަދާނަން…. އިނގޭ…” އަޒީމް ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް މަންޝާ އާން ހޫން ލައްވަމުން ދިޔައެވެ. މަންޝާ ހުރީ އެހާ ގަޔާވެފައެއް ނޫނެވެ. ފޯނުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރި އިރު މަންޝާ ހުރީ ދެބުމަ ގޮށް ޖަހައިގެންނެވެ.

ފޯނު ކަނޑާލުމުގެ ކުރިން އަޒީމް އޭނަ ލޯބިވާ ވާހަކަވެސް ބުންޏެވެ. ރައްދުގައި މަންޝާ ބުނެލީ އޯކޭ ބާއި އެކަންޏެވެ. ފޯނު ކަންފަތުން ދުރުކޮށްލަމުން އަޒީމް މޮޔަވީ ބާވައޭ މަންޝާގެ ހިތަށް އެރިއެވެ. މިއިން ދުވަހަކު މަންޝާ މަތިން ހަނދާން ނުވާ އަޒީމް ކުއްލިއަކަށް މިއަދު އެހާ ލޯތްބެއް އެވީ ކީއްވެ ހެއްޔެވެ. ދެންމެ ގުޅައިގެން ވާހަކަ ދެއްކި އިރުވެސް މަންޝާ ކިހިނެއްތޯ އަހާލާކަށް އަޒީމަކަށް ނޭނގުނު ހެއްޔެވެ. އެވަނީ ލޯބިކަމަކަށް މަންޝާގެ ހިތް ނުކުރެއެވެ. އަޒީމް ގުޅުމުން މަންޝާގެ ބޮލުގައިވެސް ރިހުމެއް އުފެދުނެވެ. އަޒީމާ ދޭތެރޭ މަންޝާގެ އެއްވެސް ޝައުގުވެރިކަމެއް ނެތުމުން އެކަަމާ ފޫހިވެސް ވިއެވެ.

ތުންގަނޑު ދިގު ކޮށްލަމުން އެނދު މައްޗަށް ފޯނު ހޫރާލުމަށްފަހު މަންޝާ ކޮޓަރިން ނުކުމެގެން ބަދިގެ ފަރާތަށް ދިޔައީ މިއަދު މެންދުރުގެ ކެއްކުމަށް މަންމައަށް އެހީތެރިވާށެވެ. ފެނޑާއަށް ނުކުތް އިރު އަމާނާ އީމާނާ ތިބީ އުނދޯލީގައި އިށީނދެގެން ޓީވީ.އެމް އިން ދައްކަމުން ދިޔަ ކުއިޒް މުބާރާތެއް ބަލާށެވެ. އެމީހުން އެހާ ފޯރީގައި އެ ޕްރޮގްރާމް ބަލަން ތިބިތަން ފެނުމުން މަންޝާ ސުވާލުކޮށްލިއެވެ. “އައްދޭ މިއަދު ކާޓޫން ނުބަލާ ދުވަހަކީތަ؟…”

އަމާންގެ ބޮލުގައި ފިރުމާލަމުން މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. “ދޮނާ.. އަޅުގަނޑުމެން މިއުޅެނީ މި ކުއިޒް މުބާރާތުގަ ބައިވެރިވާން އެސްއެމްއެސް ކޮށްގެން.. އެކޮޅުން ގުޅައިފިއްޔާ ހެލްޕް ވައްޗޭ…” އަމާން ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާ ރީތިކޮށްލަމުން ވާހަކަ ދެއްކިއެވެ.

“އޯކޭ.. ގުޅީމަ ދޮނާއަށް ގޮވާލާ… ކޮބާތަ މަންމަ؟…” އެވަގުތު މުނީރައްތަ ވީ ތަނެއް އޮޅުން ފިލުވަން މަންޝާ ބޭނުންވިއެވެ.

“މަންމަ އެބަ އޮތް ކޮޓަރީގަ… ހީވަނީ ބަލީހެން.. އަޅުގަނޑުމެން ވާހަކަ ދެއްކީމަވެސް ވާހަކައެއްވެސް ނުދައްކާ… ލޯމަރައިގެން އޮންނަނީ…” އީމާން އެހެން ބުނުމަށްފަހު އުނދޯލިން ފައިބައިގެން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ވިސްނުމެއްގައި ހުރެ މަންޝާވެސް ނުކުތީ ބަދިގެއަށް ދާށެވެ. ރޭގަ ހިނގާދިޔަ ކަންތަކާ މެދު މުނީރައްތަ ވިސްނާނެ ވަރު އޭނާގެ ހިތަށް އެރުމުން އެކަމާ ވަރަށް ދެރަވިއެވެ.

އީމާން ބަދިގެއަށް ވަނީ ފެން ފޮދެއް ބޯށެވެ. ފެން ބޮއިގެން އީމާން ފެންޑާތެރެއަށް ދިޔައީ މަންޝާ ކައިރިން ލާފައެވެ. ބަދިގެތެރޭގައި އަވަދިނެތި މަދީހާ މަސައްކަތް ކުރަން ހުރިތަން ފެނުމުން މަންޝާ އޭނާގެ މަންމައަށް އެހީވާން މަސައްކަތް ކުރިއެވެ. “ނޫން ދަރިފުޅާ.. ތި ބަހައްޓާ… މަންމަ ކޮށްފާނަން… ދަރިފުޅުދޭ ކޮަޓަރިއަށް…” މަދީހާ ވާހަކަ ދައްކަ ދައްކަ ހުއްޓާ މަންޝާ ގޮސް އައިސް ފިލުވަން ނަގާފަ ހުރި ރޯމަސް ކޮތަޅު ނަގައިގެން ބޭރު އަށި ކައިރިއަށް ނުކުތީ މަސް ކޮށާށެވެ.

“މަންމާ ކޯއްޗެއް ހަދަންތަ ތިއުޅެނީ.. ކިހިނެއް މަސް ކޮށަންވީ؟…” މަދީހާއަށް ގޮވާލަމުން މަންޝާ އަހާލީ މަސްކޮށާ ވަޅި ނަގަމުންނެވެ.

“ކުޅިމަސް ހަދަން ކުދިކޮށް މަސްތައް ކޮށާލާ… ދަރިފުޅަށް ތިކަން ކުރެވޭތަ؟… ގިނަ މީހުން ބަނޑުބޮޑުއިރު މަހުން ނުބައިވަސް ދުވާތީ އުޅޭނީ…” ބަދިގެއިން ބޭރަށް މަދީހާ ނުކުތީ ބޯ ތައްޓެއް ހިފައިގެންނެވެ. މަންޝާ ކައިރީ އެތަށި ބެހެއްޓުމަށްފަހު އެއަށް މަސްތައް އަޅާށޭ ބުނެ މަދީހާ އަނެއްކާވެސް ވަނީ ބަދިގެ ތެރެއަށެވެ. އުނދުން މައްޗަށް އުދާފަ ހުރި ކިރުގަރުދިޔަ ތެލި ބާލާށެވެ.

މަސްކަނޑަމުން ދިޔައިރު މަންޝާއަށް އޭނާގެ މަންމަ އެބުނި ކަހަލަ ކަމެއް ފާހަގައެއް ނުވިއެވެ. ކުދިކޮށް މަސްތައް ކޮށާ ނިންމާލުމަށްފަހު ފެންފޮދަކުން އަތް ދޮވެލައިގެން ތެދުވެ އެތަށި އޭނާގެ މަންމައާ ހަވާލުކޮށްލިއެވެ. އަދި އަތް ދޮވެގެން އެބަ އަންނަމޭ ބުނެ މަންޝާ ނުކުތީ ބޭރު ވަޅު ކައިރިއަށެވެ. މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އަތުގެ ނުފުށުން އެއްކައިރިއަށް ޖައްސަން މަސައްކަތް ކޮށްލި ގަޑީގައި އޭނާގެ އަތުން މަސް ވަސް ދުވިއެވެ. މަންޝާގެ ނޭފަތް އެތެރެއަށް ފުންކޮށް ދަމާލީ އެ ދުވި ވަހުން މަންޝާއަށް ހިތްހަމަޖެހުމެއް ލިބުމުންނެވެ. އެހެންވެ މަންޝާ އަތް ސައިބޯނިލައިގެން ދޮންނަ ހިޔާލެއް ނުކުރިއެވެ. އަނބުރާ ބަދިގެއަށް ވަނެވެ. ދޭތެރެއަކުން އަތުން ވަސްބަލާލަ ބަލާލަ އިނީ ކާމޭޒުގައި ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ.

“މަންމާ.. މުނީރައްތަ މިއަދު އެއްވެސް އެއްޗެއް ނުކައި ދޯ އެއޮތީ… މަންމަ ދޭބަލަ މުނީރައްތައާ ވާހަކަ ދައްކަން…” މަންޝާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނާ ފަދައަކުން ވާހަކަ ދެއްކިއެވެ. މޭޒުމަތީ ކޮށާފަ ހުރި ކެރެޓް ކޮޅެއް އަނގަޔަށް ލާ ހަފާލިއެވެ.

“މަންމަ ދެބުރަކަށް ގޮސްފިން… މުނީރާވެސް އަފްނާންވެސް ކޮޓަރިން ނުނިކުމެ އެތިބީ… މަންމައަކަށް ނޭނގެ ހަދާނެ ގޮތެއް… ދަރިފުޅަށް ކެރޭނެތަ އެމީހުންނާ ވާހަަކަ ދައްކަން ދާން.. މަންމައަކަށް ނޭނގެ ކޮން ވާހަކައެއް ކަމެއް ދައްކާނީކީވެސް… ދެން މިރޭ ފުރަން ދާންވީމަ ވާ ގޮތެއް އެނގިދާނެތާ… ކޮންމެ ގޮތެއްވިޔަސް ދެދުވަސްތެރޭ ސްކޫލުތައްވެސް ހުޅުވޭނެ…” ކުޅިމަސް ހަދަން މަދީހާ ފިޔާ މީރުކުރަން ހުރެ ވާހަކަ ދެއްކީ ތެލީ ތެރެއަށް ލައިގެން ހުރި ދޭފަތް ހަލުވަމުންނެވެ.

މަންޝާ އަތުން ވަސްބަލަބަލާ އިނުމުން މަދީހާ އަހާލިއެވެ. “މަންޝާ އަތުން އަދިވެސް މަސްވަސް ނުފިލަނީތަ؟… އެހެރަ މާމާ ލެމަން އިން ނިކަން އަތް ދޮވެބަލަ… ”

މަންޝާ ނޫނެކޭ ބުނަމުން އެ ގޮނޑިން ތެދުވެ ބޭރަށް ނުކުތެވެ. ފެންޑާތެރެއަށް ވަނުމަށް ފައިވާން ބޭލި ވަގުތު މަންޝާ އިސް އުފުލާލީ ކުރިމަތިން މީހަކު ފެނުނުހެން ހީވުމުންނެވެ. އޭރު އަފްނާނުގެ ކޮޓަރިއަށް މުނީރާ ވަންނަނީއެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލި އަޑަށް މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. އެ ކޮޓަރިއާ އަރާ ހަމަވުމުން ދޮރު ކައިރީ މަޑުކޮށްގެން ހުރީ އެތެރެއިން އެމީހުން ދައްކާ ވާހަކަ އަޑު އިވޭތޯއެވެ.

*** *** *** *** *** ***

ކޮޓަރި ތެރެއަށް މުނީރާ ވަދެ ދޮރު ތަޅުލި އަޑަށް އަފްނާން ބޯ ހިއްލާ ބަލާލިއެވެ. މުނީރާ ފެނުމުން އަނބުރާ ބާލީސް ތެރެއަަށް މޫނު އޮބާލިއެވެ. އަފްނާނު އޮތީ ބަނޑުން އެނދުގައި އޮށޯވެގެންނެވެ. ކޮޓަރިން ނުނިކުމެ އެހެން އޮންނަތާ ކޮން އިރެއް ހެއްޔެވެ. މުނީރާ އަތް އުފުލާލީ އަފްނާނުގެ ބުރަކަށީގައި ފިރުމާލާށެވެ. އޭނާގެ އަމިއްލަ ދަރިފުޅާ ދޭތެރޭ އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް މުނީރާގެ އަތް ހުއްޓުނެވެ. މުށްކަވާލެވުނެވެ. އިތުރަށް ހަސަނު ދެކެ ރުޅި އަންނަ ގޮތް ވިއެވެ. އަނގައިން ބަހެއް ނުބުނެ ހިނދުކޮޅަކު މުނީރާ ހުރީ އޭނާގެ ލަގޮޮނޑީގައި ރިއްސާތީއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް މުނީރާގެ ކޯތާފަތް ތެތްމަމުން ފޭބީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

“އަފޫ….” ކުރަކިވެފައިވާ އަޑަކުން މުނީރާ އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިއަށް ގޮވާލިއެވެ.

އަފްނާނުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދެންވެސް ވާހަކަ ދައްކަން ފެށީ މުނީރާއެވެ. “އަފޫ.. ކީއްވެ އެވަރުކަމެއް ހިނގި އިރު މަންމަ ކައިރީ ނުބުނީ… މަންމަ ކައިރީ ބުނިނަމަ…” ހިތްވަރުކޮށްފައި ވާހަކަ ދައްކަން މަސައްކަތް ކުރި މުނިރާއަށް ފުރަތަމަވެސް ކުރެވުނީ ޝަކުވާއެކެވެ.

“މަންމަ ހިއެއް ނުކުރަން ބައްޕަ އެއީ އެކަހަލަ މީހެއް ކަމަކަށް… ބައްޕަ އެހާ ނުބައި ވެދާނެ ކަމަކަށް… ދަރިފުޅާ.. ނިކަން މަންމައަށް ކިޔައިދީބަލަ.. ބައްޕަ ކިހިނެއްތަ ހެދީ…” އަފްނާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މުނީރާ އިނީ ހިމޭނުންނެވެ. މަޑުމަޑުން އަފްނާނު އެނދު މަތިން ބޯ ހިއްލާލިއެވެ. އަދި އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހާމަ ނުކޮށް ލޯބި…

Next

ނޭނގޭހެ ހާދަ ލޯބިވޭ 1

Next
August 9, 2016

ނޭނގޭހެ ހާދަ ލޯބިވޭ 1

Previews
August 8, 2016

ހާމަ ނުކޮށް ލޯބި…

37 Comments!

  1. Nadhuru Ali says:
    August 8, 2016 at 11:36 pm

    Haadha kurey.ekamuves salhi

    1. Shax Lyn says:
      August 10, 2016 at 11:04 am

      Thanks…. next part dhigukollaanan 🙂

  2. kokaa says:
    August 8, 2016 at 11:37 pm

    Mibaivx v Salhi.. ???
    hasanbe ah e v waan v gothah.. ??
    ekm ziban ge thankolheh naima wai ..
    Next part ga ziban ge bayeh gennanwane ingey shaz ?

    1. Ziban says:
      August 9, 2016 at 12:48 am

      Ok, next part ga Annaa banan 🙂

    2. Ziban says:
      August 9, 2016 at 12:48 am

      Ok, next part ga Annaa nan 🙂

    3. Bad girl?? says:
      August 9, 2016 at 5:06 pm

      Heyo nayas

    4. Shax Lyn says:
      August 10, 2016 at 11:05 am

      hehehe next part ya he will be there

  3. Shaa xee says:
    August 8, 2016 at 11:42 pm

    Haadha kurey mi part. Next part avahah up koh dhehchey please. V reethi story dhaa goi.

    1. Shax Lyn says:
      August 10, 2016 at 11:06 am

      In sha Allah.. next part avahah up koh dheynan

  4. Shaax says:
    August 8, 2016 at 11:43 pm

    Hi shaz…after long time comenting on ur story….actually i read story bt no time hve to coment…sorry for dat…bt i neva miss any episode…so tonight i got time n coment on this…..really amazing so far…lots of luv n bst of luck ur story….
    ??

    1. Shax Lyn says:
      August 10, 2016 at 11:07 am

      Thanks Shaax 🙂

  5. nunnu says:
    August 8, 2016 at 11:55 pm

    Uhh koba ziban?ziban nethas salhi inge.ekam furihama vees ziban ai nama.waiting for next part.

    1. Ziban says:
      August 9, 2016 at 12:47 am

      I’m busy :-/

    2. Shax Lyn says:
      August 10, 2016 at 11:08 am

      Zibaan sure next partga… thanks alot nunnu

  6. Xiban ge kureege bitu says:
    August 9, 2016 at 12:06 am

    Xibaan koba??..miss him..dhen mansha nudheyba rashah..eyrun xibaan oa??

  7. Yaan says:
    August 9, 2016 at 12:33 am

    Vvvvv salhi

  8. Niloo says:
    August 9, 2016 at 2:09 am

    Yeah azeem and zibaan eyothy ring ah aran jehifa fight ah….hahahah nice shaazu ur my new favourite author…

  9. nabee jiyaa says:
    August 9, 2016 at 4:34 am

    Mi part ves vvvvvv furihama.. want read everyday this story.. all the parts are amazing…

  10. ken? says:
    August 9, 2016 at 8:01 am

    alhey afnaan buneba thimanna bappa dheke loabiveye…bappa kanthah kohdhey gothun v ufaa veyey…? dn muneeraa afnaa gaiga slap kohleema baraabaru vaanee…

  11. ken? says:
    August 9, 2016 at 8:01 am

    alhey afnaan buneba thimanna bappa dheke loabiveye…bappa kanthah kohdhey gothun v ufaa veyey…? dn muneeraa afnaa gaiga slap kohleema baraabaru vaanee…

  12. Rain says:
    August 9, 2016 at 10:03 am

    Waiting for the next episode

  13. sabeeha says:
    August 9, 2016 at 11:24 am

    nice…waiting for the next part..

  14. maasha says:
    August 9, 2016 at 1:27 pm

    Ehn v ma manshaage GayaH vain alikolhakee zeybaa dhw. V salhi. Up the next part soooon.

  15. Yooha says:
    August 9, 2016 at 2:13 pm

    Miss u zibaan :'( :'( :'(…… Konthaaku filaigen thiulheny???

  16. Twinkle says:
    August 9, 2016 at 2:30 pm

    Zibaan ge baeh netheema mi part varah foohi..

    He is one of the lead in the story 🙁

    1. lyn says:
      August 9, 2016 at 3:24 pm

      U r right…

  17. bad boy ? says:
    August 9, 2016 at 3:28 pm

    alhey am curious to knw afnan bunaane ehcheh…. vaane goiy hithah sifa kurevey… muneera being silent cox she dosent want her mother to knw this dhw… poor muneera…. n behind mansha knows everything

    1. Bad girl?? says:
      August 9, 2016 at 5:08 pm

      Heheh huvaa tha?

    2. bad boy ? says:
      August 9, 2016 at 5:36 pm

      badgirl comment kuranee ehn kudhinnah reply kuraa gothah tha… hahaha n u cant avoid me

  18. Bad girl?? says:
    August 9, 2016 at 6:15 pm

    Loabivaathy bala

  19. kiyan says:
    August 9, 2016 at 6:44 pm

    maa las up vaaleh

  20. Aluk says:
    August 9, 2016 at 6:50 pm

    Wooow ???

  21. Naash says:
    August 9, 2016 at 9:03 pm

    Omg 😮 hassanbe islaah vaanebaa?? Hassanbe ah heyo magu dhahkavaashi…. Waiting for next part…..

  22. joodh says:
    August 9, 2016 at 9:38 pm

    kon irakun dhen oibai annaany…varah kiyaalaa hithun mihury..varah salhi…

  23. Shaushan says:
    August 9, 2016 at 11:17 pm

    Mansha banduga jinni kujeh othyma shau v biruganey…baby human ahkah badhal kuran veenun..????. Vihaairu v biruveri vaane dhw???…. Can’t wait…. Plx avahah up kurahche shau kehmadhu vanee…

  24. Sweet says:
    August 10, 2016 at 1:16 pm

    Manasa azim a nudhey thi azim beyvafaatheri veee.ziban n mansaa gulhuvaa.nic story

  25. Shax Lyn says:
    August 10, 2016 at 7:07 pm

    vaahaka ah comment kura hurihaa kudhinnahves varah bodah thanks…. kuriyah oiy episode varah avahah up koh dheynan… <3 🙂

Comments are closed.

Next Episodeމަންޝާ (ސަތިރީސްވަނަ ބައި)←


All Right Reserved!