ހަތަރުވަނަ ބުރި ސިޑީގެ ފާރުގައި ހުރި ސްވިޗް ޖައްސާލިއިރު މީރާއަށް މައި ނޭވާ ލެވެނީއެވެ. ނަމަވެސް މީރާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ. ދެ ހަރުފަތެއް މައްޗަށް އެރުނު ތަނާ ކުއްލިއަކަށް ސިޑީގެ ލައިޓް ކަނިކަނި ބުރާ ނިވި ދިއްލެން ފެށުމުން މީރާއަށް ސިހުމެއް ލިބުނެވެ. ނަމަވެސް ފަރުވާލެއް ނުބަހައްޓާ ސިޑިން މައްޗަށް އަރަން ފިޔަވަޅު އަވަސްކޮށްލިއެވެ. އިސްއޮބައިގެން ހުރެ ފަސްވަނަ ބުރިއަށް އެރުމަށްފަހު ދަބަސްތެރެއަށް އަތް ކޮށްޕާލީ އެޕާޓްމަންޓްގެ ތަޅުދަނޑި ނަގާށެވެ. […]
ބިންގަނޑު ހެލިގަތްލެއް ބާރުކަމުން ކޮޅަށް ތިބެވޭވަރެއްވެސް ނޫނެވެ. އެކިމީހުން އެކިދިމަދިމާއަށް ވެއްޓިއްޖެއެވެ. އޭރު ގަދައަޑުފަށްގަނޑެއްވެސް އިވެމުންދިޔައެވެ. އެއީ ބިންގަނޑު ފުނޑުފުނޑުވެގެންދާކަހަލަ އަޑެކެވެ. ކުއްލިއަކަށް ވައިބާރުވެ، ކަޅުވިލާތަކުން އުޑުމަތިފުރާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.ޖެހޭ ގަދަވައިގެ ސަބަބުން ދެލޯ ހުޅުވަންވެސް އުނދަގުލެވެ.އެޗަކަ ބިމުން ވަޔާއިއެކު އަންނަނީ ހިރަފުހާއީ ވެއްޔެވިެ..އަޖައިބެކެވެ.. އެއާއިއެކު ވިދުމާއިއެކު ބާރު ހޮނުގުގުރި ޖަހާއަޑުވެސް އިވެންފެށިއެވެ. އެއީ ބިރުވެރިކަމުން ފުރިގެންވީވަގުތުކޮޅެކެވެ. އެހާބިރުވެރި ކަމެއް މީގެކުރިން އަހަރެން ތަޖުރިބާކޮށްފައެއް ނުވާނެއެވެ. ބިރުން އެމީހަކު އެތިބިތާކު ތިބިގޮތަކަށް […]
…….. “މަން… ޔާޔާމެން ބޮޑު ވީމަ ވާނެ މެރީ ކުރަން ދޯ..” ކުޑަ ކުޑަ 6 އަހަރުގެ ލާޔާ ބުނެލީ އޭނާއާއި އެކު ކުޅެން އިން ސިމަން ކައިރިއެވެ. އޭރު ސިކުނޑިއަކަށް އެ ދެއްކެނީ ކޮންކަހަލަ ވާހަކައެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.. ކައިވެންޏަކީ ކިހާ ބޮޑު ޒިންމާއެއް ކަމެއް އެ ކުޑަ ކުޑަ ސިކުނޑިއަކަށް ނަގައެއްނުގަނެވެއެވެ. އޭނާއަށް އެ ބަސްވެސް އިނގުނީ ކައިރި އުޅޭ މީހުން “މެރީ” ކުރަނީއޭ ބުނެ ބޮޑެތި ޕާޓީތަކާއި އެއްޗެހި ބާއްވާތިއެވެ. […]
“އެންމެންވެސް ވަރަށް ރުޅިއާދޭ އޭޝް ދެކެ… އެ ސިއްރު ހާމަވިޔަސް އޭނާ ބަލައިގަންނާނެ މީހެއްނުހުންނާނެ.. ކޮންމެ ގޮތެއްވިޔަސް އެއްތާކު ދޯ ޖެހޭނީ… އެހެންވެ އެއީ ބޭކަރު ކަމެއް އެހެންނޫނަސް ބޭބެ ބޭނުމެއް ނުވޭ އެ ސިއްރު އިނގޭކަށް ސޯ އިޒާން.. އަމް ޓްރަސްޓިން ޔޫ އަލޮޓް ވިތު އިޓް އިނގޭ…. އޭޝް އެންމެ ދެރަވަނީ އަސްލު އެހެންވެގެން… ސާނިޔާ. ބޭބެގެ ވައިފް.. އަސްލު އޭޝްއަށް ވަރަށް އެއްޗެހި ކިޔާފައި ހުރޭ.. މިހާރުވެސް ކިޔާ.. ސާނިޔާއާއި ދެކޮޅަށް އެއްޗެއް […]
ޝާޔަންއަށް ނުވިސްނުނު ކަމަކީ ތަންކޮޅެއް ދުރުގައި އާލިމް ސިއްރުން ބަލަން ހުރިކަމެވެ.އަދި ޝާޔަންގެ ދެތިން ފޮޓޯގަނޑުވެސް ނެގިކަމެވެ. ފޯނަށް ބަލަމުން އާލިމް ގެއަށް ދާން ހިނގައިގަތް އިރު މޫނުމަތީގައިވަނީ ހިނިތުންވުމެވެ. މިއިން ދުވަހެއްގާވެސް އޭނާއަށް މިވަރު ބޮޑު ހިތްހަމަޖެހުމެއް ލިބުންހެނެއް ހިއެއް ނުވެއެވެ. ދެން އަންނަންފެށީ އާލިމްގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. އޭނާގެ ނަސީބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށީއެވެ. އިއްތިފާގުން ކަންތައްތައްވެސް އައީ ހީވެސް ނުކުރާފަދަ ގޮތަކަށް އޭނާގެ ކޮޅަށް […]
“ލޫހާން..ކިހިނެއްވެގެން ތި އުޅެނީ؟” ކިއާ ލޫހާން މަޑުކޮށްލުމުން ބުނެލިއެވެ. “ބުނީމެއްނު ކިޔާދޭށޯ…އެހެންވެ..ހެހެ..”ލޫހާން ބުނެލިއެވެ. “އެކަމް ޝީން އާއި މީޝާކް އާއި ދެކުދިން އެގޮތަށް އެތާ ބާތިއްބާފަ އައުމުން އެދެމީހުންގެ ހިތަށް އަރާނީ ކީކޭ؟ ވިސްނާފަދޯ ކަންތައްކުރަންވާނީ..އެނީވޭ ބުނެބާ..” ކިއާ ނަސޭހަތުގެ ރާގެއްގައި ފައްޗަކަށް އަމުނައިލަމުން ވާހަކަދައްކައި ނިންމައިލިއެވެ. “މަމިހާދުވަހު އުޅުނީ އެޕާރޓްމެންޓެއްގަ..އެދުވަހު ޑޭޑް މަގެންގޮސް ލީ ހުޅުމާލެއަށް.. މިހާދުވަހު އެތަނުގައި އުޅެލާފަ މިއަހަރު މާލެއައީ..އޯކޭ؟..”ލޫހާން ކުރުކޮޮށް ކިޔައިދިނެވެ. “އޯހްހް..އޯކޭ..ބެލް ޖެހުނުއަޑު.. ދަނީދެން.. ސީ ޔޫ މާދަން..” ކިއާ […]
“މީރާ، ކިހިނެއްވީ؟” ލުބްނާ ތެދުވެފައި މީރާގެ ކޮނޑުގައި ހިފާލިއެވެ. “ލުބްނާ، އަހަރެން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟ ޕްލީޒް…؟” ލުބްނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މީރާ އެދުނެވެ. “ކިހިނެއްތަ ވީ؟ އިހަށް ވީ ގޮތެއް ބުނެބަލަ! ރާހިލްސަރ އެއްޗެއް ބުނީތަ؟” ލުބްނާ އަހާލިއެވެ. “ނޫން… ބޮލުގަ ރިއްސާތީ… ޕްލީޒް، އަހަރެން ދަންތަ؟” މީރާ ދެފަރާތަށް ބޯހަލުވާލާފައި އަނެއްކާވެސް ގެޔަށް ދިޔުމުގެ ހުއްދައަށް އެދުނެވެ. “އާނ، އޯކޭ، އަހަރެން ސަރ ކައިރީ ބުނާނަން މީރާ ބަލިވެގެން ގޮއްސިއޭ. […]
ސައިކަލް ދުއްވަން އިން ރިފާއުއަކަށް މާޔާއަށް ވަމުންދިޔަ ގޮތްތަކެއް ރޭކާއެއް ނުލައެވެ. ހިމަކޮށްލެވިފައިވާ ލޮލުގެ ނަޒަރު މަގަށް ހުއްޓާލައިގެން ސައިކަލް ދުއްވަމުން ދަނިކޮށް ހިތް ސިހޭ ގޮތް ވީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. އެއީ ހަމަ އެރީތި އަންހެންކުއްޖާއެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ. އެލޯބި ޝާޔަން އެވެ. ޝާޔަން ހުރީ އެގޭ ގޯތި ތެރޭ ހުރި ގަހަކުން ދޮން ޖަނބުރޯލު ބިންނާށެވެ. ގޭގެ ވަށާ ފާރު ތިރިކަމުން ކިތަންމެ ރަނގަޅަކަށްވެސް އެމަންޒަރު އޭނާއަށް ފެނުނެވެ. ޝާޔަންއަށްވެސް އެއްލި […]
ޝާޔަންގެ ހަނދާނަށް އަންނަމުންދިޔައީ މީގެ އެއްއަހަރު ކުރިން ހިނގާދިޔަ ހާދިސާއެވެ. ދެންމެ ވީކަމެއްހެން އެކަންތަށް ލޯކުރިމަތީ ސިފަވަމުން ދިޔައެވެ. އެއީ ރޭގަނޑެކެވެ. ނައިޓް ކްލާސް ނިންމާލާފައި ގެއަށް އައިއިރު ގެއާ މާދުރުގަ ހުއްޓާވެސް ޒުވާބު ކުރާ އަޑު އިވުނެވެ. ނެގިނެގިފައި މޭ ތެޅެންފެށީ ބައްޕަގެ އަޑު ބާރުކަމުންނެވެ. ހިނގުނު އެންމެ ބާރަކަށް ހިނގާފައިގޮސް ގެއަށް ވަތްއިރު ގޭގައި ހީވަނީ ރޯވެގެން އުޅޭހެނެވެ. އިރުއިރުކޮޅުން ރިމާހް ދެން ބައްޕަ މައިތިރި ވެބަލާށޭ ބުނާއަޑު އިވެއެވެ. ނަމަވެސް އިބްރާހިމްގެ ގަދަ […]