މިއީ އެންމެ ދެ އަކުރުގެ ލަފްޒެކެވެ. ނަމަވެސް މީހެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލުމުގެ ބާރު މި ކުޑަ ލަފްޒަށް ލިބިގެން ވެއެވެ. އަހަރެން މިހެން ބުނީތީ ޤަބޫލު ނުކުރާށެވެ. ކަމެއްގެ ހަޤީޤަތް ނުބަލާ ވާހަކަ ދައްކާ މީހުން މިހާރުވެސް މަދެއް ނޫނެވެ. މީހަކު ބުނާހާ އެއްޗެއް ޤަބޫލުކުރަން ވެއްޖެއްޔާ އެކަކު އަނެކަކާ ލޮލާ ލޯ ހަމަކޮށްލަން ކެރޭނޭ ބަޔަކު މި ދިވެހި ރާއްޖެއަކު ނުތިބޭނެއެވެ. އަހަރެންގެ މި ގަލަމުގައި ކިތަންމެ ދެއްޔެއް ހުއްޓަސް ވަގުތެއް ނެތެވެ. […]
ހުރާގެ ވީރާނާވެ ހަސްނެތިފައިވާ ތޮށިގަނޑު ކައިރީގައި އޮތް ސަފާރީއަށް ޓޫރިސްޓުން އަރައި ހަމަޖެހެމުން ދިޔައިރު މޮނިކާ ހުރީ އަތިރިމަތީގަ އެވެ. ފޭރުގަހެއްގެ ހިޔަލުގައި ގޮޅިޖެހި މުންޑެއްލައިގެން އިން މީހެއްގެ ފޮޓޯ ނަގާށެވެ. ތަންކޮޅެއް ލަސްވުމުން މޮނިކާއަށް ޖާގަ ލިބުނީ ސަފާރީގެ ކަމަރާ މަތިންނެވެ. ހުރާ ބަނދަރުން ނައްޓައިލުމުގެ ކުރިން އެކަނި ފިލުވައިލާން، މޮނިކާ، ކެމެރާގައި ހުރި ފޮޓޯތައް ބަލަން ފެށިއެވެ. އެއް ފޮޓޯގައި ވަނީ ހުދުކޫޑިއާ އެއްވަރަށް ދޮންފޭރު އަޅާ ބަރާވެފައިވާ ފޭރުގަހެއް ދޮށުގައި އިން ފިރިހެނަކު […]
. އޭނާގެ ކޯވަނީ ވަޅުވަދެ ކުލަ ފަނޑުވެފައެވެ. އޭނާގެ ގައިގެ ހަންގަނޑު ކަށިތަކުގައި ތަތްވެފައިވާކަހަލައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އޭނާގެ އަޒުމަކަށް ބަދަލެއްނާދެއެވެ. އޭނާ ޤުރުއާން ކިޔެވުމުގައި މަސްޢޫލުވެފައިވާ ވަގުތެއްގައިމެނުވީ ތިބާއަކަށް އޭނާއެއް ނުފެންނާނެއެވެ. ބައްޕަ އޭނާއަށްޓަކައި ތައްޔާރުކޮށްދިން ނަމާދުކުރާ ކޮޓަރީގައި ހީވާގިކަމާއެކު އަޅުކަމުގައި އަބަދުމެ މަސްޢޫލުވެއުޅެއެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، ޚާލިޤުވަންތަ ﷲ އަށް ދުޢާދެންނެވުމުގައި އޭނާގެ ބަލިކަށި އަތަކަށް ވަރުބަލިކަމެއް ނުލިބެއެވެ. ފަޖުރު ލުމަށްފަހު އިރު އޮއްސުމަށްދާންދެން އޭނާ އެގޮތުގައި ސާބިތުވެހުރެއެވެ. ފޫހިވުމަކީ އޭނާ […]