Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ސަތިރީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 10, 2016 11 Mins Read
48 Comments

“އަފޫ….” ކުރަކިވެފައިވާ އަޑަކުން މުނީރާ އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިއަށް ގޮވާލިއެވެ.

އަފްނާނުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދެންވެސް ވާހަކަ ދައްކަން ފެށީ މުނީރާއެވެ. “އަފޫ.. ކީއްވެ އެވަރުކަމެއް ހިނގި އިރު މަންމަ ކައިރީ ނުބުނީ… މަންމަ ކައިރީ ބުނިނަމަ…” ހިތްވަރުކޮށްފައި ވާހަކަ ދައްކަން މަސައްކަތް ކުރި މުނިރާއަށް ފުރަތަމަވެސް ކުރެވުނީ ޝަކުވާއެކެވެ.

“މަންމަ ހިއެއް ނުކުރަން ބައްޕަ އެއީ އެކަހަލަ މީހެއް ކަމަކަށް… ބައްޕަ އެހާ ނުބައި ވެދާނެ ކަމަކަށް… ދަރިފުޅާ.. ނިކަން މަންމައަށް ކިޔައިދީބަލަ.. ބައްޕަ ކިހިނެއްތަ ހެދީ…” އަފްނާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މުނީރާ އިނީ ހިމޭނުންނެވެ. މަޑުމަޑުން އަފްނާނު ބާލީސް މަތިން ބޯ ހިއްލާލިއެވެ. އަދި އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ.

މުނީރާގެ ކޯތާފަތް ތެންމަމުން ފޭބި ކަރުނަތައް އޭނާގެ ދަތްދޮޅި ދަށުން އައިސް އަފްނާން އޮތް ގޮދަޑި މައްޗަށް ތިކި ޖެހެމުން އަފްނާން އިސް އޮބާލިއެވެ. އަނގައިން ބަހެއް ބޭރުކުރާކަށް އަފްނާނަކަށް ނުކެރުނެވެ. އެއަށް ވުރެ އޭނާ މިހާރުވަނީ ލަދުގަނެ ކުރެވުނު ކަންތަކުން ދެރަވެފައެވެ. އޭނާގެ އަމަލުތަކުން މަންމަގެ ހިތް ކުދިކުދި ކޮށްލެވުނުކަން އަފްނާނަށް ނުވިސްނުނީތީ އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.

“ދަރިފުޅު ސައިވެސް ނުބޮންތަ؟… މަންމަ ސައި ހިފައިގެން މި އަންނަނީ… ނުކައި ތިހެން އޮންނާކަށް ނުވާނެ…” މުނީރާ ވާހަކަ ދެއްކީ ލޯތްބާ އެކުގައެވެ. އަޅައިގެން ހުރި ބުރުގަލުގެ ކަނުން މުނީރާގެ ލޯ ފުހެލިއެވެ. އަފްނާން އަދިވެސް އިނީ ހިމޭނުންނެވެ. އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ. ބައްޕަ އެދުނު ގޮތަށް ދޮގު ހަދަން ބޭނުން ނުވާތީ ހިމޭނުން އިނުމަކީވެސް އެޔަށްވުރެ ރަނގަޅު ގޮތެއް ކަން އޭނާއަށް ވިސްނުނެވެ.

ނިއުޅުވާފައިވާ އަފްނާނުގެ އިސްތަށިގަނޑުގައި ފިރުމާލަމުން މުނީރާ އެނދުމަތިން ތެދުވީ ސައި ހަދައިގެން އަފްނާނު ގާތަށް އަންނާށެވެ. ނަމަވެސް އެވަގުތު މުނީރާގެ ފިޔަވަޅު ހުއްޓުނީ އެނދުގެ ހެޑްބޯޑްމަތީ އޮތް ފޯނު ވައިބްރޭޓްވާ އަޑަށެވެ. ފޯނު ނަގާ އޭގެ ސްކްރީނަށް ބަލާލުމަށްފަހު މުނީރާއާ ދިމާއަށް އަފްނާނު ބަލާލި ގޮތުންވެސް އެ ގުޅަނީ ކާކުކަން މުނީރާ ދެނެގަތެވެ. އަފްނާނު އަތުގައި އޮތް ފޯނު ޖަހައިގަތް އިރު މުނީރާގެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ.

ކަންފަތުގައި ފޯނު ޖައްސައިގެން ބަހެއް ނުބުނެ ހިމޭނުން މުނީރާ ހުރީ ހަސަނު ވާހަކަ ދައްކާތޯއެވެ. “ދަރިފުޅާ… އަފޫ… މަންމަ ކައިރީ ބުނޭ އެއީ ބައްޕަ ކުރިކަމެކޭ… އޭރުން މަންމަ ދަރިފުޅުދެކެ ރުޅިއެއް ނާންނާނެ… މަންމަ ކޮބާ؟… މަންމައާ ވާހަކަ ދައްކައިފިންތަ؟… ރަނގަޅަށް ކޮއްކޮމެންނަށް ބަލާތި… ބައްޕަ ގެއަށް ލާރިވެސް ފޮނުވާނަން… އަފޫއަށް ގުޅާނަން… އަފޫ…އަފޫ….” ހަސަނު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ހުރި މުނީރާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އަފްނާނާ ދިމާއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނީ އެލިބުނު ޚަބަރުން ބުނާނެ އެއްޗެއް ނޭނގުނީމައެވެ. މުޅި ކޮޓަރިތެރެއަށް ވަށައިގެން މުނީރާ ކަޅިހިންގާލީ ކޮޓަރީގައި ވާ ސާމާނުތައް އެނބުރޭހެން ހީވާތީއެވެ. އެނދު ކައިރިއަށް މުނީރާގެ ފޫ ތިރިކޮށްލުމަށްފަހު ފޯނަށް ޖަވާބުދޭން އަނގަ ހުޅުވާލީ އެނދުމަތީގައި އަތް ވިއްދާލަމުންނެވެ.

“ކަލޭގެ ލަދާ ހަޔާތާ ކޮބާ؟… މީގެ ފަހުން މި ކުއްޖާއަށް ކަލޭ ގުޅައިގެން ނުވާނެ… ދެ ބަފައިން ތަތްތެޅިގެން މަގޭ ލޮލުގަ އަނދުން އަޅުވާފަ ގަތްގަނޑު ނިކަން ދެކެބަލަ… އަފްނާނު ތަރުބިއްޔަތު ކުރުމުގަ އަހަރެންގެ ފަރާތުން އެއްވެސް އުނިކަމެއް ހުރިކަމަކަށް އަހަރެން ގަބޫލެއް ނުކުރަންް… ބަލަ ކަލޭގެ ހިއްސުތަކާ ބުއްދިއާ ހުރީ ސަލާމަތުން ނޫންތަ… ކަލޭ އަމިއްލަ ދަރި ގަޔަށް އަރާ އިރު ކަލޭ އެހެން އަންހެނެއްގެ ގަޔަށް ނާރާ ހުންނާނެ ކަމަކަށް މަ ގަބޫލެއް ނުކުރަން… ކަލޭ އެރޭ ދިމާކުރީ މަންޝާގެ ކޮޓަރިއަށް ވަންނާކަށްނު.. އަހަރެން ގޮސް ފުރަތަމަ ބެލީ އެތަން… އެރޭ އަފްނާނު ކޮޓަރި ބަލާކަށް ހިތަކުވެސް ނެތް.. އެކަމު ކޮޓަރި ތެރެއިން އިވެމުން ދިޔަ އަޑުން ނުބަލާ ކެތްނުކުރެވުނީ.. ބުނެއެއްނު ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއް ދުވަހޭ.. މިއަދު މީ މަގޭ ދުވަސް… ކަލޭމެންގެ ތިކުޅިގަނޑު އަދި ހުއްޓައެއް ނުލާނެ.. އެއް ފުޅަށްމަތިން ފުންމާލި ބަކަރި އަނެއް ހަތް ފުޅަށް މަތިން ފުންމާލާނެ… ނޫނޭ.. މުޅި އުމުރު ދުވަހު ފުންމަ ފުންމަ ހުންނާނީ… ހަބަރު ދާރު މީގެ ފަހުން މިނަންބަރަށް ކަލޭ ނުގުޅާތި… މަމި ދިނީ އިންޒާރެއް… ހަނދާން ބަހައްޓާތި…” ހިތުގައި އުތުރި އަރަމުން ދިޔަ ވާހަކަތައް އެއްފުންޏަކަށް ހަސަނާ ދިމާއަށް ގޮވާލުމަށްފަހު މުނީރާ ފޯނު ކަނޑާލިއެވެ. އަދި ދެލޯ އަޅާލަމުން އަފްނާނާ ދިމާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

އިސްއުފުލާލަމުން މުނީރާއާ ދިމާއަށް އަފްނާނު ބަލާލީ ކުށްވެރިޔަކު ފަދައިންނެވެ. އޭނާގެ މަންމައަށް ހުރިހާ ކަމެއް ފަޅާ އަރައިފިކަން އެނގިއްޖެއެވެ. އަފްނާނަށް ކުރެވުނު ކުށުގެ އަދަބު ލިބިގަނެގެންވިޔަސް މަންމަގެ މައާފް ހޯދަން އޭނަ ބޭނުންވިއެވެ. ހިތްވަރުކޮށްފައި އަފްނާނު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ.

“މަންމާ.. އަޅުގަނޑަށް މާފް….” އަފްނާނުގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މުނީރާގެ އަތުން ހޫނު އެތިފަހަރެއް އަފްނާނުގެ ކަންކަށި މައްޗަށް އަރުވާލިއެވެ. މުނީރާއާ ދިމާއަށް އަފްނާން ބަލާލީ ކޮލުގައި އެއް އަތުން ފިރުމަމުންނެވެ. “އަމައެއް ހުރިކަން މިއިން ދުވަހަކު ހަނދާންވިތަ؟… އަދި މަންމާއޭ ކިޔައިފިއެއްނު… ހުރޭ ކުޅި ދައްކާލާނަން….” އަފްނާނާ ދިމާއަށް ޝަހާދަތް އިނގިލި މަޅަމުން މުނީރާ ވާހަކަދެއްކީ ދެލޯ ކާއްޓެއްހެން ބޮޑުކޮށްލަމުންނެވެ.

މުނީރާގެ ނަޒަރު ކޮޓަރި ތެރެއަށް ވަށައިގެން ހިންގާލި އެއްޗެއް ހޯދާށެވެ. އަލަމާރި ކައިރީ ހުރި ފިހިގަނޑު ނަގާ އަތަށް ހެޔޮވަރުކޮށްލަމުން އަފްނާނު ކައިރިޔަށް ގޮސް ބަންޑުން އޮތް އަފްނާނުގެ ބުރަކަށީގައި އަޅުވާލިއެވެ. ޖެހެނުލެއް ބާރުކަމުން ފިހިގަނޑުގެ އެލްމިނިއަމް ހޮޅިދަނޑި ދެބުރިއަށް ބިނދުނެވެ. އެ ވަގުތު މަންމާއޭ ކިޔާ އަފްނާނު ރޮއިގަތެވެ.

“ކީއްކުރަން މަށަށް ތިގޮވަނީ… ހަސަނަށް ގޮވާ…” މުނީރާ އައިސްފަ ހުރި ރުޅީގައި ފުލުފުލުން ދެތިން ބުރު އަފްނާނު ގައިގާ އެ ފިހިގަނޑުން ޖެހިއެވެ. އަފްނާނު ގައިން ނަގަމުން ދިޔަ ތޫނު ތަދަށް ކެތް ނުކުރެވިގެން ބާރަށް ރޮއި ހަޅޭއްލަވަމުން ދިޔައެވެ. މުނީރާ އައިސްފައިވާ ރުޅީގެ ވަރުބާލަމުން ދިޔައީ އަފްނާންގެ ބުރަކައްޓަށެވެ.

ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލަމުން މަންޝާ އެތެރެއަށް ވަނީ ދެލޯ މުދުނަށް ލައިގެން ހުރެއެވެ. އިވުނނު އަޑުތަކުންނާއި ފެނުނު މަންޒަރުން މަންޝާވެސް ހުރީ ބިރުގެންފައެވެ. ނަމަވެސް އެނދުމަތީ ބަންޑުން ތެޅިތެޅި އޮތް އަފްނާން ފެނުމުން އެދިމާއަށް މަންޝާ ލެފިގަތެވެ. އޭރު މުނީރާ އަތުގައި އޮތް ފިހިގަނޑު އަލަމާރިއާ ދިމާއަށް ހޫރާލުމަށްފަހު ކޮޓަރިން ނުކުތުމަށް ހިނގައިގަތީ ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. މުނީރާގެ ހަތަރެސް ފައި ރޫރޫ އަޅަމުން ދިޔައެވެ. ދޮރުންބޭރަށް މުނީރާ ނުކުތުމުން މަންޝާ އަފްނާންގެ ބުރަކަށީގައި ފިރުމާލިއެވެ.

“އާހް… އައްދޯ…. ނޫން ދޮނާ….. އާހް…” ކުއްލިއަކަށް ތެޅިގަންނަމުން އަފްނާން ގެނައި ހަރަކާތުން އޭނާގެ ބުރަކައްޓަށް ތަދުވާކަން އެނގިގެން މަންޝާ ބަލާލީ މުނީރާ ހޫރާލި ފިހިގަނޑަށެވެ. ޓައިލްސްމަތީ އޮތް ފިހިގަނޑުގެ ހޮޅިދަނޑި ވަނީ ހަތަރު ދިމާލަކުން ބިނދިފައެވެ. ދެލޯ ބޮޑުކޮށްލަމުން މަންޝާ އަފްނާނު ގާތު އޭނާގެ ބުރަކަށި ދައްކާލާށޭ ބުނެ އެ ކޮޓަރީގެ ދޮރު ތަޅުލިއެވެ.

*** *** *** *** ***

ތިން މަސްދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު ރިޔާޒް އޮފީހަށް ނުކުތް މީ ފުރަތަމަ ދުވަހެވެ. އޭނާ އޮފީހަށް ހާޒިރުވާނެ ދުވަހަކަށް ބަލަބަލާ، އޭނާގެ އެކުވެރިން ތިބީ ރިޔާޒަށް މަރުހަބާ ކިޔަން ވަރަށް ތައްޔާރުވެގެންނެވެ. އޮފީހަށް ރިޔާޒް އައިސް ވަނުމުން އެންމެން ރިޔާޒަށް މަރުހަބާ ކިއުމަށް އޮފީހުގައި ހެނދުނުގެ ސައެއް ބޭއްވިއެވެ.

ކޮފީތަށިން އެތިފޮދެއް ބޯލަމުން ރިޔާޒް އޮފީސް ތެރެއަށް ނަޒަރު ހިންގާލިއެވެ. އެންމެންވެސް ތިބީ ރިޔާޒް އޮފީހަށް އައުމުން އެކަމާ ވަރަށް އުފަލުންނެވެ. އޮފީހަށް އަލަށް ވައްދާފަ ތިބި އަންހެން މުވައްޒަފުންނަށް ރިޔާޒް ތައާރަފް ކޮށްދިނުމުގައި އިސްކޮށް އުޅުނީ އޭނާގެ ޕާޓްނަރ މުނާޒެވެ.

“ހެހެހެ… ކަލޭ އަދިވެސް ތިކަންތައް ހުއްޓާ ގޮތެއް ނުވިދޯ.. އޮފީހަށް އަލަށް ކުއްޖަކު އަންނައިރަށް ފްލާޓް ކުރާނެ…”  މަލާމާތުގެ ރާގަކަށް ރިޔާޒް އެހެން ބުނެލީ މުނާޒާ ދިމާކޮށްލާށެވެ. މޭޒު ދޮށުގައި ސައިބޯން ތިބި އެންމެން ކަހަލަ ގޮތަކަށް އެއްފަހަރާ ހޭން ފެށިއެވެ.

“ހާދަ ކަމެއް ނުވެޔޭދޯ.. ރިޔާޒް ކީއްވެ ސައި ނުބޮނީ.. މިހިރީ މަސްހުންޏާ ރޮއްޓާ.. ނިކަން ކާލަބަލަ…..” މެދު އުމުރުގެ ފިރިހެނެއް ކަމަށްވާ ރަޝާދު ވާހަކަ ދެއްކީ އަނގަޔަށް ރޮއްޓާ އެކީ މަސްހުނި ކޮޅެއް ލަމުންނެވެ.

“ނޫނޭ… ކޮފީއެއް އޯކޭވާނެ.. އަހަރެން މިއައީ ގެއިން ވަރަށް ގަދައަށް ސައި ބޮއިގެން… ވައިފްއާ އެކީ ސައިނުބޮއެ އައިސްފިއްޔާ އޭނާ ހުންނާނީ ނުކައި…” މީރާގެ ނަން ދުލަށް ގެންނަން ޖެހުމުން ރިޔާޒްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“އޭއި މަ އަޑުއެހިން ވާހަކައެއް.. އެއީ ތެދެއްތަ؟… އިޒް ޝީ އެކްސްޕެކްޓިންގް…” އޮފީހުގެ ރިސްޕްޝަންގަ އުޅޭ ޝާމާ އަހާލި ސުވާލުން އެންމެންގެ ސަމާލުކަން ހުއްޓުނީ ރިޔާޒްގެ މޫނަށެވެ.

“ހެހެހެ…އާން .. މީރާ ބަނޑުބޮޑު…” ރިޔާޒްގެ ޖަވާބާ އެކީ އޮފީހުގެ ހުރިހާ މުވައްޒަފުން ރިޔާޒަށް ހޫނު މަރުހަބާ ކިއެވެ. އަދި މިއަދު އޮފީސް ނިންމާފަ ކާންދޭން ޖެހޭނެކަމަށް އެމީހުން ބުންޏެވެ. އެހެންކަމުން ސައި ކޮޓަރިން ނުކުމެފަ ރިޔާޒް މީރާއަށް ގުޅާލީ މިއަދު ގެއަށް ދެވޭނީ ލަހުންކަމަށް ބުނާށެވެ.

“ހަލޯ… ހާދަ އަވަހަކަށް ތި މިސް ވީ.. އޮފީސް ކިހިނެއްތަ؟…” މީރާ ވާހަކަ ދެއްކި އިރު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައިކަން ރިޔާޒަށް އެނގުނެވެ.

“މީރާ…. ޝާމާއަށް އެނގިއްޖެ މީރާ ޕްރެގްކަން… މިހާރު މުޅި އޮފީހުގަ އޮތީ އެވާހަކަ… މީރާގެ އެފްބީ ސްޓޭޓަސްއެއް ފެނިގެން އޭނާއަށް އެނގުނީ… އެހެންވެ މިއަދު އޮފީސް އެންމެނަށް ކެއުމެއް ދޭން ޖެހޭތީ ތަންކޮޅެއް ލަހުން ގެއަށް ދެވޭނީ…” ރިޔާޒް އޭނާގެ އުޒުރު ހާމަ ކުރުމުން މީރާ ހިނިގަނޑެއް ޖަހާލިއެވެ.

“އެކަމަކު ޑޮކްޓަރަށް ދައްކަން ޖެހެނީ މިއަދު… އޯކޭ ވާނެ… އަހަރެން މަންމަ ނޫނީ ދޮންތައާ އެކީ ދާނީ… ނެކްސްޓް ޓައިމް ރިޔާ ދާން ވާނީ…” ޅަ ގޮތަކަށް މީރާ އެހެންބުނުމަށްފަހު ފޯނު ބޭއްވީ ރިޔާޒް މިވަގުތު ބިޒީ ވެއްޖެ ކަމަށް ބުނުމުންނެވެ.

*** *** *** *** *** ***

އަފްނާނުގެ ބުރަކަށީގައި ބޭސް އުނގުޅާ ދިން އިރުވެސް އަފްނާނުގެ ގިސްލުމާއި ރުއިން ނުހުއްޓެއެވެ. އަފްނާނުގެ ދޮން މޫނު ވަނީ ރަތްވެ ދުޅަވެފައެވެ. ބުރަކަށީގައި ހުރި ފިއްގަނޑު ތަކުގައި އަތް ޖައްސާލާ ކޮންމެ ފަހަރަކު އަފްނާނު ޗޫސް ދަމާލައެވެ. “އަފޫ… ދެން ނުރޮއި…” އަފްނާނުގެ ރުއިން ހުއްޓާތޯ މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ނަމަވެސް އިތުރަށް އަފްނާނަށް ހިތްވަރުދޭން ބުނާނެ އެއްޗެއް މަންޝާއަކަށް ނޭނގުނެވެ.

“ދޮނާ… ދޮނާ… މަންމަ އަފޫއަށް މާފް ކުރާނެތަ؟… އަފޫ ވަރަށް ދެރަވޭ… ލަދުވެސް ގަނޭ… އިނގޭ އެއީ ގޯސް ކަމެއްކަން… އެކަމު ދެން އެހެނެއް ނޫޅޭނަން….” ގިސްލެވޭތީ އަފްނާނު ވާހަކަ ދައްކަމުން ދިޔައީ ތަންތަންކޮޅަށް ހުއްޓަމުންނެވެ.

“އަފޫ… ދެންހިނގާ ސައިބޯން… ދޮނާއެބަ އަންނަން ކާން ހަދައިގެން… ކައިގެން ބޭސްކެއީމަ ދެން ތަދު ކުޑަވާނީ… އަފޫގެ ހެދުންތައް ފޮއްޓަށް އެޅީތަ.. ދޮނާ އެއްޗިހި ޕެކް ކޮށްދެންތަ؟… މިރޭ ފުރަންވާއިރަށް ރެޑީވާން…” މަންޝާ ދެއްކި ވާހަކައަށް އެއްބަސް ވުމުގެ ގޮތުން އަފްނާނު ބޯޖަހާލިއެވެ.

“ދެން ނުރޯތި… އެބަ އަންނަން ކާ އެއްޗެއް ހިފައިގެން…. ބޭސްތައް ހިކެން ދެން ނުތެދުވެ ތިހެން އޮވޭ…” މަންޝާ އެހެން ބުމުމަށްފަހު ކޮޓަރިން ނުކުތީ އަފްނާނަށް ކާން ހަދާށެވެ.

ކާ އެއްޗިހި ތަބަކަކަށް ލައިގެން އެކޮޓަރިއަށް ގެނައުމުން އަފްނާނު އެނދުގައި ކާން އިނެވެ. އެވަގުތު އަލަމާރި މަތީގައި އޮތް ހުސްފޮށި ނަގައިގެން އަފްނާނުގެ އަންނައުނުތައް ފޮށްޓައް އަޅާ ދަތުރަށް ތައްޔާރުވާން މަންޝާ އެހީތެރިވިއެވެ. ބަތް ސަމްސަލަކަށް ފަހު ސަމްސަލެއް އަފްނާނު ކަމުން ދިޔައީ ކާ ހިތަކުން ނޫނެވެ. މަންޝާގެ އެދުމަށެވެ.

ހުރިހާ އެއްޗެއް ފޮއްޓަށް އަޅާ ބަންދުކުރީ އަފްނާނުގެ އަތްދަބަހަށް ލާންޖެހޭ ސާމާނުތައް ވެސް ލައި ދިނުމަށްފަހުގައެވެ. ފޮށީގެ ޒިބުއަޅުވަން ގުދަށް އޮތް މަންޝާ ތެދުވެ ހިންދެމިލީ އަރިކަށީގައި ރިހުމެއް ހުރުމުންނެވެ. ތެދުވެ އުނަގަނޑުގައި އަތް ވިއްދާލި ވަގުތު މަންޝާގެ ބަނޑަށް ގޮތެއް ވާހެން ހީވުމުން އަފްނާނަށް ފުރަގަސްދިނީ އަފްނާނަށް ކަމެއް ފާހަގަ ވެދާނެތީއެވެ.

“އަން.. ދެން ނުކެވޭނެ…” އަފްނާނު އޭނަ ކާން އިން ބަތް ތަށި ތަބަކުތެރޭ ބެހެއްޓުމަށްފަހު ޕެނެޑޯލް ގުޅައެއް ފެންފޮދަކާ އެކީ ދިރުވާލިއެވެ.

ތަބަށް ހިފައިގެން އަވަހަށް އެކޮޓަރިން މަންޝާ ނުކުތީ އަފްނާނަށް ކަމެއް ފާހަގަ ވެދާނެތީއެވެ. ބަދިގެއަށް ދިއުމުގެ ބަދަލުގައި މަންޝާ ވަނީ އެ ކޮޓަރި ކުރިމައްޗަށް ވާގޮތަށް ހުރި އޭނާގެ ކޮޓަރިއަށެވެ. މަންޝާގެ ބަނޑު ކޮންމެވެސް ވަރަކަށް ފުއްޕާލިހެން ހީވުމުން ކޮޓަރި ދޮރު ލައްޕާ ތަޅުލިއެވެ. ކޮޓަރިތެރޭ ހުރި ގޮނޑިއެއްގެ މަތީ އަތުގައި ހުރި ތަބަށް ބެހެއްޓުމަށްފަހު ލޯގަނޑު ކުރިމަތީ ހުރެ އޭނާގެ ބަނޑަށް ބަލާލިއެވެ. ހަމަހުގެ ބަނޑެއްހާ މަންޝާގެ ބަނޑު ގަޔާދުރަށް ވަނީ ފުއްޕާފައެވެ.

މަޑުމަޑުން އޭނާގެ ބަނޑުގައި ފިރުމާލިއެވެ. އެވަގުތު މަންޝާގެ ނޭފަތުގައި ޖެހުނީ ބެރެބެދި މަލުގެ މީރުވަހެވެ. ރީތިވާ މޭޒުމަތީ އޮތް މާބޮނޑި ނަގާ އެމާތަކުން ވަސްބަލާލިއެވެ. އެމާ ތަކަކީ ވަރަށް ތާޒާ މާތަކެއް ކަމުން ދެންމެ އެކޮޓަރިއަށް ޒިބާން އައިސްފިކަން މަންޝާއަށް އެނގުނެވެ. އެހެނީ ބެރެބެދިމާ ގެނެސްދޭނީ މަންޝާގެ ޒިބާނެވެ. އިސާހިތަކު މަންޝާގެ ބަނޑަށް ލުއިވެ ބަނޑު ކުޑަވާން ފެށިއެވެ. އަރިކައްޓަށް އަރާފައިވާ ތަދު ކުޑަވަމުން ދިޔައެވެ.

ބެރެބެދި މާބޮނޑީގެ ތެރެއިން ވެއްޓުނު ގަނޑުކޮޅު ނަގަމުން މާބޮނޑި އަނބުރާ ރީތިވާ މޭޒުމަތީ ބޭއްވިއެވެ. އޭރު އެ މޭޒުމަތީގައި ރަތްކުލައިގެ ޕާރުސަލް ކަރުދާހަކުން ޕެކްކޮށްފައިވާ ޕާރުސަލެއް އޮތެވެ. ގަނޑުކޮޅުގައިވާ ލިޔުންކޮޅު މަންޝާ ކިޔާލިއެވެ. “މަން… މި ހެދުން ލައިގެން ހަވީރު ފަހެއް ޖަހާއިރަށް ބެރެބެދި ގަސްކައިރިއަށް އާދޭ… އިންތިޒާރުގަ ޒިބާން…”

އެނދުމަތީގައި އޮތް މަންޝާގެ ފޯނު ނަގާ ގަޑިއަށް ބަލާލީ ތައްޔާރުވާން ވަގުތުއޮތްތޯ ބަލާށެވެ. އޭރު ގަޑިން ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. އެހެންކަމުން ފުރަތަމަ މަންޝާ ދިޔައީ އަފްނާނަށް ކާން ހަދައިގެން ގެނައި ތަބަށް ބަދިގެއަށް ލާށެވެ. ބަދިގޭ ކާމޭޒުމަތީ ތަބަށް ބެހެއްޓުމަށްފަހު ތަށީގައި ހުރި ބަތްތައް ކުނިކޮތަޅަށް އަޅާ، ސިންކުތެރެއަށް އެތަށިތައް ލިއެވެ. ބަދިގެއިން ނުކުންނަން ހިނގައިގަތް ވަގުތު އަނބު ގަސްދޮށުގައި ހުރި ޖޯލީގައި އޮށޯވެގެން އޮތް މަދީހާ މަންޝާއަށް ގޮވާލިއެވެ.

މަދީހާ އެގޮވަނީ ކީއްވެގެންކަން މަންޝާއަށް އެނގުނެވެ. ޖެހިގެން ހުރި ހުސް ޖޯލީގައި މަންޝާވެސް އިށީނެވެ. “އަފްނާން ކިހިނެއް؟… ދެންމެ މުނީރާ އެ މަންޖެ ގައިގަ ތެޅީތަ؟… ނަސީބެއް އަމާ ގޭގަ ނެތްކަން… ބޭރަށް އަފްނާނު ރޯ އަޑު ރީއްޗަށް އިވޭ… މުނީރާވެސް ކީއްކުރާކަށްތަ އަފްނާނު ގައިގަ ތެޅީކީ؟…” ދެބުމަ ގޮށްޖަހައިގެން އޮވެ މަދީހާ ވާހަކަދެއްކި އިރު ރާގުގަނޑު ހުރިގޮތުން މަންމަ ހުރީ ނުރުހިފައިކަން މަންޝާއަށް އެނގުނެވެ.

“މަންމާ… ކަމުގެ ހަގީގަތް އެނގުނީމަ މުނީރާއްތައަށްވެސް އެހެންވެދާނެ… ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަގީގަތެއްނޫން… މުނީރާއްތައަށްވެސް މިވަގުތު ބޭނުންވާނީ މަންމަގެ އަޅާލުން… ހަސަންބެ މާލެ ނުދާނެހެން ހީވަނީ… އެހެންވެއްޖިއްޔާ މުނީރާއްތަ އެކަނި ގޭގަ ހުރުމަކީ ރަނގަޅުކަމެއް ހެން މަންމައަށް ހީވޭތަ؟..” މަންޝާ އެދެއްކި ވާހަކަތަކުން މަދީހާގެ ސިކުނޑިއަށް ބާރުކޮށްލައިފިއެވެ.

“މަންޝާ ތިބުނަނީ އެއީ އަފްނާނުވެސް… ތިބުނަނީ.. އެދެބަފައިން… ނުވާނެ އެހެނެއް…” ފުންމައިގެން މަދީހާ ޖޯލިން ތެދުވީ އޭނާއަށް މަންޝާ އެބުނަން އުޅޭ އެއްޗެއް ދޭހަ ވުމުންނެވެ.

“އެހެންވެޔޭ މިބުނަނީ މަންމަ މުނީރާއްތަ އާ ވާހަކަ ދައްކަން ދާށޭ… މި ވަގުތު މުނީރާއްތައަށް އެންމެ ބޮޑަށް ބޭނުންވާނީ މަންމަގެ އަޅާލުމާއި އޯގާތެރިކަމެއް ނޫންތަ؟…” މަދީހާ ހުރީ ފެންކަޅިވެފައެވެ. މުނީރާ ގާތަށް ދާން މަދީހާ ހިތަށް އެރީ ދެނެވެ. އަވަހަށް ގޭތެރެއަށް ވަނުމަށް އޭނާގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

ގޭތެރެއަށް ވަންނަން މަދީހާ ހިނގައިގަތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް މަންޝާ ދޫކޮށްލީ މުނީރާއްތައަށްވެސް އަޅާލުން ލިބޭނެކަން އޭނާއަށް އެނގޭތީއެވެ. ޖޯލީގައި އިރުކޮޅަކު އޮތުމަށްފަހު ކައްޓެއް ޖެހިހެން މަންޝާ އެތަނުން ތެދުވިއެވެ. ޒިބާނާ ބައްދަލުކުރަން ދާންޖެހޭކަން ހަނދާންވުމުން މަންޝާ އަވަސްވެގަތީ ކޮޓަރިއަށް ވަދެ ފެންވަރައިގެން ރީތިވާށެވެ.

ފެންވަރައިގެން ނުކުމެ ރީތިވާ މޭޒުމަތީ އޮތް ރަތްކުލައިގެ ޕާރުސަލް ކަނޑާލީ އިސްތަށިގަނޑު ހިއްކާލަން ބޮލުގައި ތުވާލި އޮޅާލަމުންނެވެ. އެއީ ހުދުކުލައިގެ ދިގު ހެދުމެކެވެ. މޭމަތީގައި ވަނީ ރަތްކުލައިގެ އެސްތަކެއް ހަރުކޮށްފައެވެ. މޭދަށުން ހުދުކުލައިގެ ރިބަން ފަށެއް ގެންގޮސް ފަހަތަށް ބަންދެއްހެން އައްސާލާ ގޮތަށް އިން ހެދުމެކެވެ. ބަނޑު މައްޗަށް ވަނީ ކުދި ރޫތަކެއް ޖައްސާފައިކަމުން އެހެދުން މަންޝާގެ ބަނޑުން ތިރިއަށް ހުންނާނީ ވަރަށް ދޫކޮށެވެ.

ހެދުން ލުމަށްފަހު އިސްތަށިގަނޑުގައި ފުނާ އަޅާ، އޮމާން ކޮށްލިއެވެ. ބޮލުގެ އެއް އަރިން އިސްތަށިގަނޑު ފަޅާލުމަށްފަހު ނިއްކުރި މައްޗަށް ކުދި އިސްތަށިކޮޅުތަކެއް ވައްޓާލިއެވެ. ތުންފަތް އޫކޮށްލަމުން ރަތްކުލައިގެ ލިޕްސްޓިކެއް ތުނބުގައި ޖައްސާލީ ހެދުމާ ގުޅުވާފައެވެ. އަލަމާރި ކައިރީ ހުރި ހުދު ކުލައިގެ ބޫޓަށް މަންޝާ އެރީ އެ ހެދުމުގެ ދިގު ފަސްބައި ބިމުގައި ކޭއްތުނަ ނުދޭށެވެ. ލޮލުގައި އަނދުން އަޅާ ކުލަ ގަދަކޮށްލުމަށްފަހު އެސްފިޔަތައް އަވަސް މިނެއްގައި ތަޅުވާލަމުން ލޯގަނޑަށް ބަލާލީ އިތުރު ފުރިހަމަ ކަމެއް ގެންނަން ހަދާނެ ގޮތަކާ ދޭތެރޭ ވިސްނާށެވެ.

މޭޒުމަތީ އޮތް ބެރެބެދި މާބޮނޑިން މަލެއް ވަކިކޮށްލުމަށްފަހު ޓިސް ދައްޗެއްގެ އެހީގައި ބޮލުގެ އެއްފަރާތަށް ހަރުކޮށްލިއެވެ. ލޯގަނޑު ކުރިމަތީ ހުރެ ދެފަރާތަށް އެނބުރެމުން ފަރިބަލާލުމަށްފަހު ކޮޓަރިން ނުކުތީ އޭރު ގަޑިން ހައެއް ޖަހަން ފަނަރަ މިނެޓަށް ވެފައި ހުރީމައެވެ.

ނަސީބު ރަނގަޅުކަމުން ގޯތިތެރޭގައި އެއްވެސް މީހަކު ނެތް ވަގުތެކެވެ. ގެއިން ނުކުންނަށް މަންޝާއަށް ފަސޭހަވިއެވެ. މީހަކު ކޮށްފާނެ ސުވާލަކާ ދޭތެރޭ ވިސްނާކަށް ނުޖެހުނެވެ. މިކަމުން މަންޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މަޑު ހިނގުމެއްގައި މަންޝާ ދިޔައީ ފުއްޓަރާ ދިމާއަށެވެ. މަގެއްގެ މަތިންވެސް މީހަކު ފެންނަން ނެތުމުން ޖެހިލުންވެ މަންޝާ ބިރުގަންނާކަށް ނުޖެހުނެވެ. މަންޝާއަށް ނޭނގޭ ކަމަކީ އެހެދުމުގައި ހުރިއިރު އިންސާނުންގެ ލޯތަކަށް މަންޝާ ފޮރުވިފައިވާ ކަމެވެ. އަދި އެހެން އިންސާނުންވެސް މަންޝާއަށް މިވަގުތު ނުފެންނާނެކަމެވެ.

ބެރެބެދިމަލުން ފުރާ އެ ގަސް ވަނީ ރަތްވެފައެވެ. އެ ގަސްދަށަށްވެސް ވަނީ ބެރެބެދި މާތަށް ފައިބާފައެވެ. ހީވަނީ މުޅިން އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. އިރު އޮއްސުމާ ގާތްވަމުން އައި ވަގުތަކަށް ވެފައި އެމަންޒަރު ވަރަށް ވެސް ރީއްޗެވެ. ޒިބާން ފެނޭތޯ ވަށައިގެން މަންޝާ ބަލާލިއެވެ. އަތިރި މައްޗަށް ނުކުމެވެން ހުރި ފަރާތުން އުދަރެހުގައި ކުރެހިފައިވާ ވިއްސާރަ ދުނީގެ ފުރިހަމަ ރީތި ކުލަތައް މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެ ހަތްކުލަ ގަދައަށް ފާޅުވާ ގޮތަށް މަންޝާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.

ނޭނގޭ ބާރަކުން މަންޝާއަށް އެދިމާއަށް ދެވުނެވެ. ރާޅުޖަހާ ހިސާބަށް ނުކުތް އިރު މަންޝާގެ ލޮލުގައި އަޅައިގަތީ ދޮންވެލިގަނޑުމަތީ އުޑުފައިން އިށީނދެގެން އިން ޒިބާނެވެ. ލައިގެން ހުރި ބޫޓުގެ ކަށި ދޮންވެލިގަނޑަށް ގެނބޭތީ އެތާ ހިނގާކަށް އެހާ ފަސޭހައެއް ނުވިއެވެ. އެހެންކަމުން ބޫޓުބާލައިގެން އެއް އަތުން ހެދުން އުފުލާލަމުން ކުރިއަށް ހިނގައިގަތް އިރު މަންޝާ ހީވަނީ ހިޔާލީ ވާހަކަތަކުގައި ބުނާ ކަހަލަ ޕްރިންސަސްއެއް ހެންނެވެ.

އެހެން ދުވަސްތަކާ މިއަދު ޒިބާން ވަރަށް ތަފާތެވެ. އާންމު ގޮތެއްގައި އަނދިރި ކުލައިގެ ހެދުން އެޅުމަށް ލޯބިކުރާ ޒިބާން ލާފައި ހުރީ މަޑު އަޅިކުލައިގެ ތުނި ގަމީހެކެވެ. އޭރު ޒިބާންގެ ކަނދުރާއާ ހަމައަށް އަރާ އިސްތަށިގަނޑު ވަޔާއެކީ ވިހުރިލަ ވިހުރިލަ އޮތެވެ. އިރުއޮއްސެމުން ދިޔަވަގުތުގައި އިރުގެ ދޯދިން ޒިބާންގެ އިސްތަށިގަނޑަށް އެޅިފައިވާ އަވިން އެ އިސްތަށިގަނޑުގެ އެކި ދިމަދިމާލުން ފާޅުވަމުންދާ ރަތްކުލަ ވަރަށް ފުރިހަމައަށް ހާމަވާން ހުއްޓެވެ.

މަންޝާ ކުރިއަށް ފިޔަވަޅު އަޅާލިއެވެ. ހިމުން ދޮންވެލިގަނޑުގައި މަންޝާގެ ފިޔަަޅުތައް ފާހަގަވާން ހުއްޓެވެ. ކުރިއަށް ގޮސް ޒިބާން ކައިރިއަށް ހުއްޓުނެވެ. އޭރު މަންޝާގެ ފައިތިލައިގައި ރާޅު ބީއްސާލިއެވެ. ޒިބާން ކުރަމުންދިޔަ މަސައްކަތް މަންޗާއަށް ފެނުނނީ ދެނެވެ. އެހިސާބުގައި ބޮޑު ކަނދު ފައްޗެއް ތައްޔާރުކޮށްފައި އޮތެވެ. ޒިބާންގެ އަތުގައި ހުރި ރަތް ބެރެބެދި މާތަށް އެ ކަނދުފަތި މައްޗަށް އެއްވެސް ތަރުތީބެއްނެތި އުކާލިއެވެ. މަންޝާއާ ދިމާއަށް ޒިބާންގެ އަތް ދިއްކޮށްލަމުން އަންނާށޭ ބުނެލީ ވަރަށް ލޯބިންނެވެ. ލަދުރަކި ހިނިތުންވުމަކާއި އެކީ އެ ކަނދުފައްޗަށް އަރާ އޭގެމެދުގައި މަންޝާ އިށީނީ ހެދުމުގެ ދިގު ފަސްބައި ފަތުރާލަމުންނެވެ.

ޒިބާންގެ އަތުގެ އިޝާރާތަށް އެ ކަނދުފަތި މޫދުގެ ތެރެއަށް ކެހިގެން ދިޔައީ މަޑުމަޑުން އެއްވެސް ލޮޅުމަކާ ނުލައެވެ. މޫދުގެ ލޮނުގަނޑުމަތިން ކަނދުފަތި ދާން ފެށުމުން މަންޝާ ހީކުރީ އޭނާ ލައިގެންހުރި ހެދުން ތެމޭނެ ކަމަށެވެ. ނަމަވެސް އެކަނދުފަތި މަތީގައި ވަނީ ބޯ ބިއްލޫރިގަނޑެއް ބާއްވާފައެވެ. މާތަށް ހުރީ ބިއްލޫރިގަނޑު މައްޗަށް އަޅާފައެވެ. އުދަރެސްމަތިން ފާޅުވަމުން ދިޔަ އޮރެންޖް ކުލައިގެ ދަޅަ އެބިއްލޫރިގަނޑަށް އެޅިފައިވާ އިރު އެމަންޒަރު ވަރަށްވެސް ޗާލެވެ. ސާފު ރީތި މޫދާ ދިމާއަށް މަންޗާ ގުދުވެލިއެވެ. މަންޝާއަށް އޭނާގެ އަމިއްލަ ސޫރަ ފެނުނެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްއަރިއަކަށް ޖައްސާލަމުން އިސްތަށިގަނޑުގައި އަތް ހާކާލިއެވެ.

ދުރުދުރުން ފެންނަމުން ދިޔަ އިރު އޮއްސޭ މަންޒަރަށް މަންޝާ ބަލާލީ އުފަލުން ފޮޅިފައި ހުރެއެވެ. ކާށިދޫގައި އުޅެ ބޮޑުވި މަންޝާއަށް މިފަދަ ރީތި މަންޒަރެއް ކާށިދޫއިން އަދި ނުފެނެއެވެ. ހީވަނީ ޕަރީންގެ ދުނިޔެއަކަށް ދެވިގެން އުޅޭ ހެންނެވެ. މަންޝާގެ ކޮނޑުގައި މީހަކު ހިފާލުމުން ސިހިފައި ފަސްއެނބުރި މަންޝާ ބަލާލިއެވެ. ޒިބާން އޭރު ހުރީ މަންޝާގެ ގާތުގައި އިށީނދެގެންނެވެ.

“ޒިބާން… ދިސް އިޒް އެމޭޒިންގް…. އަހަރެން ދުވަހަކުވެސް މިދުވަސް ހަނދާނެއް ނުނެތޭނެ….” މަލެއްހެން ފޮޅިފައި އިން މަންޝާ ވާހަކަ ދެއްކިއިރު އޭނާގެ ނުފެންނާކަށް ދަތެއް ނެތެވެ.

ޒިބާންގެ އަތް މަންޝާއާ ދިމާލަށް ދިއްކޮށްލުމުން މަންޝާ އެއަތަށް ބަލާލިއެވެ. އޭރު ޒިބާންގެ އަތުގައިވަނީ ޝާހީ ގޮތަކަށް ކުރެހުންތަކެއް އަޅާފައިވާ ވަރަށް ރީތި ލޯ ތައްޓެކެވެ. މަންޝާ އެތަށީގައި ހިފާ އެތެރެ ބަލާލިއެވެ. އެއީ ހުސް ތައްޓެކެވެ. ޒަމާންވީ ރަސްރަސްކަލުން ފެންބޯން ގެންގުޅޭ ކަހަލަ ތައްޓެކެވެ. ކަނދުފަތީގެ އެއް ފަރާތުގައި އިން ކުރައެއް ފާޑުގެ އެއްޗެއް ޒިބާން ނެގިއެވެ. އެކުރައިން މަޑު ރަތްކުލައަކަށް ހުރި ދިޔާ އެއްޗެއް އެތަށިތެރެއަށް ޒިބާން އަޅާލިއެވެ.

“މީ ކޯއްޗެއް؟…” ސުވާލުގެ ނަޒަރަކުން ޒިބާނާ ދިމާއަށް މަންޝާ ބަލާލިއެވެ.

ޒިބާންގެ ޝަހާދަތް އިނގިލި މަންޝާގެ ތުންފަތުގައި ޖައްސާލަމުން ވާހަކަ ނުދައްކަން ޒިބާން އެދުނެވެ. އަދި މަންޝާ އަތުގައިވާ އެ ތަށީގައި ހިފުމަށްފަހު މަންޝާގެ ތުބުގައި ޖައްސަމުން އެ ބޯލާށޭ ޒިބާން ބުނެލީ ހިނިތުންވަމުންނެވެ. ފުރަތަމަ އެތިފޮދެއް ރަހަބަލާލިއެވެ. އެ ބުއިމަކީ ވަރަށް މީރު ފޮނި ރަހައެއްލާ ފިނި ބުއިމެކެވެ. އެ ވަގުތު މަންޝާގެ އަރުތެރެވަނީ ހިކިފައެވެ. ނަމަވެސް އެ ބުއިމަށްފަހު ކަރުހިއްކުން މުޅިން ފިލައިފި ކަހަލައެވެ.

އެތަށީގައި ތުންޖަހާ އެއް ނޭވާއިން އެތަށީގައި ހުރި އެއްޗެހި އެކީ ބޮއި ހުސްކޮށްލިއެވެ. މަންޝާ ދިއްކޮށްލި ހުސްތަށި ނަގާ ދުރުގައި ބަހައްޓަމުން މަންޝާ ގާތު އޭނާގެ އުނގުގައި ބޯ އަޅާލަން ޒިބާން އެދުނެވެ. ބޮލަށް ބަރުވެފައި ހުރުމުން ވަރަށް ފަސޭހައިން ޒިބާންގެ އުނގުގައި މަންޝާ އޮށޯތީ އިތުރު ޝަކުވާއަކާ ނުލައެވެ. ޒިބާންގެ އިނގިލިތަކުން މަންޝާގެ އިސްތަށިގަނޑަ ކުޅެލިއެވެ. އަދި ގުދުވަމުން މަންޝާގެ ތުންފަތަށް ބޮސްދިނެވެ. އެވަގުތު މަންޝާގެ ދެލޮލަށް ބަރުވަމުން ދިޔައެވެ.

މޫދުގެ ލޮނުގަނޑުގައި ބީހިލާފައި އަންނަ ތެތް ފިނި ވައިރޯޅިން ލިބެމުން ދިޔަ ފިނިކަމުގެ ތެރެއަށް މަންޝާ ގެނބެމުންދިޔައެވެ. މަންޝާގެ ދިގު ހެދުމުގެ ފަސްބައިން އެއްބައި ވަނީ މޫދުގެ ލޮނުގަނޑު ތެރޭގައެވެ. ޒިބާންގެ އަތުގެ އިނގިލަތައް މަންޝާގެ އަތު ތެރެއަށް މަހާލިއެވެ. އަދި މަޑުމަޑުން މަންޝާގެ ބަނޑުގައި އަނެއް އަތުން ފިރުމާލީއެވެ.

ކަނދުފަތި އޭރު ދަތުރު ކުރަމުން ދިޔައީ ރަށާ ތަންކޮޅެއް ދުރަށެވެ. މޫދުގައި އޮމާން ތަރަފާއްޔެއް އަޅާފައިވާ ކަހަލައެވެ. އެހާވެސް މަޑު ދުވަހެކެވެ. މަންޝާގެ ބަނޑުގައިވާ ދަރިފުޅު ތޮޅެލިކަން އިހްސާސްވުމުން ޒިބާންގެ މޫނަށް މަންޝާ ބަލާލިއެވެ. ޒިބާން އިނީ މަންޝާގެ ބަނޑުމަތީގައި އަތް ބާއްވައިގެން ކަމުން އެ ކުއްޖާގެ ތޮޅުމުގެ އިހްސާސް ޒިބާނަށް ކުރާނެކަން އިނގެއެވެ. ބަނޑަށް ވާން ވެއްޖެކަމުގެ އިހްސާސް ކުރުމުން މަންޝާ ބަނޑާ ދިމާއަށް ބަލާލިއެވެ. އޭރު މަންޝާގެ ބަނޑުވަނީ ފުއްޕާފައެވެ. ލައިގެން ހުރި ހެދުމަކީ ބަނޑުމަތިން ރޫ ޖައްސާފައިވާ ހެދުމެއްކަމުން މަންޝާއަށް އެހެދުން ބާރުވެ އުނދަގޫވާގޮތެއް ނުވެއެވެ. މަންޝާވެސް ބަނޑުގެ އެއްފަރާތުގައި ފިރުމާލިއެވެ.

*** *** *** *** *** ***

އޭޑީކޭ ހޮސްޕިޓަލުގެ ބޭސްނަގާ ކައުންޓަރުން ނަންބަރެއް ނަގައިގެން މީރާއާ އޭނާގެ މަންމަ ޞަފޫރާ އެތަނުން ގޮނޑިއެއްގައި އިށީނެވެ. ނަންބަރު ޖެހޭނެ ވަގުތެއްގެ އިންތިޒާރުގައި އިން މީރާގެ ފޯނަށް އެވަގުތު އައި ކޯލު ނަގަން ފޯނަށް ބަލާލިއެވެ. އެއީ ރިޔާޒް ކަމުން މީރާ ފޯނު ނެގީ ހިނިތުން ވަމުންނެވެ.

“ހެއި…. މިހާރު މީނީ ބޭސް ނަގަން އައިސް… ޑޮކްޓަރ ބުނީ ސްކޭނުން ދައްކާ ގޮތުން ބޭބީ އިނީ ވަރަށް ތިރީގަޔޯ.. ސޯ ވީހާވެސް ބެޑް ރެސްޓް ކުރާށޯ… ދެން ބޭސްތަކެއް ދިން… ދެން ދައްކަން އަންނަންވީ ނެކްސްޓް މަންތުގަޔޯ…. ރިޔާ… ކޮބާ ކޮންއިރަކުން ގެއަށް އަންނަނީ…” މީރާ ވާހަކަ ދައްކަދައްކަ އިންދާ އެމީހުންގެ ނަންބަރު ކައުންޓަރަށް އަރުވާލިއެވެ. މީރ  ފޯނެއްގައި އިނުމުން އެ ކައުންޓަރު ދޮށަށް ޞަފޫރާ ލެފިގަތެވެ.

“މިތިބީ އޮފީސް އެންމެން ގޮވައިގެން ދޮންމަނިކުގަ… ނިމުނީމަ ދާނަން… މީރާ ކޯއްޗެއް ބޭނުމީ…” ރިޔާޒް އޭނާ ހުރިތަން ހާމަ ކޮށްލިއެވެ.

“އޯހް… މްމްމް… ސީފުޑް ރައިސް އެއް….” ކާން އެންމެ ބޭނުންވާ އެތި ވަރަށް ހަނދާން ކޮށްލުމަށްފަހު މީރާ ބުނެލިއެވެ.

“އޯކެ ބާއި… މިއަދު ވަރަށް މިސްވޭ… ސީޔޫ ސޫން…” ރިޔާޒް އެހެންބުނެ ފޯނު ކަނޑާލި އިރު ފަހަތުން ގިނަ ބަޔަކު ވާހަކަ ދައްކާ ހީ ސަމާސާ ކުރާ އަޑު މީރާއަށް އިވުނެވެ. ތެދެކެވެ އެތައް ދުވަހަކަށް ފަހު ރިޔާޒް އޮފީހަށް ދިއުމުން މީރާވެސް އެހުރީ ރިޔާޒް ދެކިލާ ހިތުންނެވެ. ރިޔާޒް ގެއަށް އަންނަން ވާ އިރަށް ފެންވަރައިގެން ނަލަހެދިލައިގެން ހުންނަން މީރާ ބޭނުންވިއެވެ.

“ހިނގާ ގެއަށް ދާން.. އިރުކޮޅަކުން ބަންގިގޮވާނެ… އެންމެ ބޭހެއް ފިޔަވާ ހުރިހާ އެއްޗެއްލިބުނު…” ބޭސްތައް ނަގައިގެން އައިސް މީރާ ކައިރިއަށް ހުއްޓެމުން ޞަފޫރާ ވާހަކަ ދެއްކީ ޑޮކްޓަރު ލިޔެދިން ބޭސް ސިޓީއަށް ބަލަމުންނެވެ.

“އޯކޭވާނެ މަންމާ… ރިޔާޒް އައީމަ އޭނަ ލައްވާ ތި ބޭސް ނަގަން ފޮނުވާނީ.. ހިނގާ ގެއަށް ދާން.. ވަރަށް ބޮޑަށް ހީސްލަވާ…” އޭޑީކޭއިން ނުކުންނަމުން މީރާ އެހެން ބުނެލީ ބަނޑުގައި ފިރުމާލަމުންނެވެ. ސިންދިތާއާ އަރާ ހަމަވުމާއި އެކީ ޞަފޫރާގެ ހިނގުން މަޑުކޮށްލިއެވެ. މީރާ ވާހަކަ ދައްކަމުން ކުރިއަށްގޮސް މަންމަގެ ޚަބަރެއް ނުވުމުން ފަސް އެނބުރި ބަލާލިއެވެ.

“އާދޭ މަންމާ… ކިހިނެއްވީ… ޔަގީނޭ މިތަނަށް ވަންނަންވެގެންދޯ…” ސިންދިތާ ތެރޭ ހުރި ފޮތިތަކާ ދިމާއަށް ބަލަންހުރި ޞަފޫރާ ފެނުމުން މީރާ ވާހަކަދެއްކިއެވެ.

“ދަރިފުޅާ ހިނގާބަލަ އެތެރެއަށް ވަންނަން… އޭނީ ހާދަ ރީތި ފޮތިގަނޑެކޭ….” ޞަފޫރާ އެދުނެވެ.

“ނޫން… މަންމަ ވަދޭ… އަހަރެން މިދަނީ މައްޗަށް… ވަރަށް ބޮޑަށް ހީސްލަވާ އެބަ.. ކެތެއް ނުކުރެވޭނެ…” ޞަފޫރާގެ އަތުގައި އޮތް ފައިލް ހިފައިގެން މީރާ އެގެއަށް ވަތްއިރު ޞަފޫރާ ވަނީ ސިންދިތާ ފިހާރައަށެވެ.

ލިފްޓު ކައިރިއަށް ގޮސް ސްވިޗަށް ފިތައިގެން ހުރެ ހުރެވެސް ލިފްޓް ތިރިއަށް އަންނަ ގޮތެއް ނުވިއެވެ. އެހެންކަމުން މީރާ ގަސްތުކުރީ ސިޑިން މައްޗަށް އަރާށެވެ. މާ ގިނަ އިރު ތިރީގައި ކެތްނުކުރެވޭނެ ކަން އިނގޭތީއެވެ. ސިޑިން މައްޗަށް އަރަމުން ދިޔައިރު ވަރުބަލިވެގެން ދެ ދިމާލަކުން މީރާ މަޑުޖެހުނެވެ. އެ ގަޑީގެ ގޮތުން ސިޑިމަތި ކޮންމެވެސް ވަރަކަށް އަނދިރިއެވެ. ކޮންމެ ސިޑިއަކާ ހަމައިން މީރާ ދިޔައީ ބޮކި ދިއްލަމުންނެވެ.

ހަތަރުވަނަ ބުރި ކައިރީ ހުރި ސްވިޗް މީރާ ޖައްސާލިއިރު މީރާއަށް މައި ނޭވާ ލެވެނީއެވެ. ނަމަވެސް މީރާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ. ދެ ހަރުފަތެއް މައްޗަށް އެރުނު ތަނާ ކުއްލިއަކަށް ސިޑީގެ ލައިޓް ކަނިކަނި ބުރާ ނިވި ދިއްލެން ފެށިއެވެ. އެކަމުން މީރާއަށް ސިހުމެއް ލިބުނެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ސިޑިން މައްޗަށް އަރަން ފިޔަވަޅު އަވަސްކޮށްލިއެވެ. އިސްއޮބައިގެން ހުރެ ފަސްވަނަ ބުރިއަށް އެރުމަށްފަހު ދަބަސްތެރެއަށް އަތް ކޮށްޕާލީ އެޕާޓްމަންޓްގެ ތަޅުދަނޑި ނަގާށެވެ.

ކުއްލިއަކަށް މީހަކު ފެނުމުން ސިހިފައި މީރާ ކުރިއަށް ބަލާލިއެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރި އަންހެން ކުއްޖެކެވެ. އޭނާ ހުރީ މީރާއަށް ފުރަގަސްދީގެންނެވެ. މީރާ ހީކުރީ އެއީ އެގޭ ދޮރު ތަޅުލާފަ ހުރުމުން އެތެރެއަށް ނުވަދެވިފައި ހުރި ކުއްޖެއް ކަމަށެވެ. ފަހަރުގައި ރިޔާޒްމެން ރަށު ކުއްޖަކަށްވެސް ވެދާނެއެވެ.

އަތުގައި ތަޅުދަނޑި ޖެހުމާއެކީ ހިނިތުންވެލަމުން މީރާ ވާހަކަދެއްކީ އެ ގޮތްނޭނގޭ އަންހެން ކުއްޖާއަށް މުޚާތަބު ކުރަމުންނެވެ. “ހެއި… ކީއްކުރާ ކުއްޖެއް؟… ކާކު ހޯދަނީ…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އާވާރާކަން…. (ދެވަނަބައި)

Next

ދައްތަ

Next
August 11, 2016

ދައްތަ

Previews
August 10, 2016

އާވާރާކަން…. (ދެވަނަބައި)

48 Comments!

  1. sabeeha says:
    August 10, 2016 at 8:41 pm

    v nice…

    1. Shax Lyn says:
      August 10, 2016 at 9:02 pm

      thanks… 🙂

  2. aik says:
    August 10, 2016 at 8:54 pm

    Vvv nice…

    1. Shax Lyn says:
      August 10, 2016 at 9:03 pm

      thanks u …:)

  3. bella says:
    August 10, 2016 at 9:02 pm

    mansha and ziban loabi kannn dhoww… meeraa alhe manje keekurantha nudhanna meehunnaa vaahaka dhakany… hassanbe ge ladhu kuda kann dhow.. curiouse to know wot will happn nexttt…. ❤

    1. Shax Lyn says:
      August 10, 2016 at 9:04 pm

      Thanks bellaa <3

  4. iffa pink says:
    August 10, 2016 at 9:06 pm

    Oh no.. I think that was zeybaa.. plx dont do anything bad on her.. Weiting for next episode.. ????

    1. Shax Lyn says:
      August 10, 2016 at 9:30 pm

      oowww… lets see what happens on next episode… thanks for reading

  5. Shuhy says:
    August 10, 2016 at 9:12 pm

    Alhey e family akaa vs mi jinni dhurwh nuvi ey dhww… dhn mansha fahathun miulhenee kon jinni eh baa… vaahakah varra salhi…

    1. Shax Lyn says:
      August 10, 2016 at 9:39 pm

      Thank u Shuhy…. ull know more kuriyah huri episode thakun…

  6. Pink says:
    August 10, 2016 at 9:18 pm

    Zeyba aee dhw me anehkaa.. goi neygey kuhjaa…

    1. Shax Lyn says:
      August 10, 2016 at 9:40 pm

      keep waiting for the next episde…thanks a lot for the support

  7. miny says:
    August 10, 2016 at 9:22 pm

    Varah salhi. Waiting for next episode

    1. Shax Lyn says:
      August 10, 2016 at 9:41 pm

      🙂 thanks dear

  8. Shax ly says:
    August 10, 2016 at 9:22 pm

    I think zeba and ziban are brother and sis ,……but story is nice

    1. Shax Lyn says:
      August 10, 2016 at 9:42 pm

      thanks,,, <3

  9. Twinkle says:
    August 10, 2016 at 9:23 pm

    Nyc.. thankx for uploading so soon 🙂

    1. Shax Lyn says:
      August 10, 2016 at 9:43 pm

      Thanks Twinkle… 🙂

  10. Rain says:
    August 10, 2016 at 9:38 pm

    Mi part ves V reethi

    1. Shax Lyn says:
      August 10, 2016 at 9:43 pm

      🙂 🙂 <3 thanks

  11. Reen says:
    August 10, 2016 at 9:51 pm

    Wow v salhi mi vaahka

  12. Lai says:
    August 10, 2016 at 10:05 pm

    Salhi mi part ves next part avahah up kohdhechey

  13. Sweet says:
    August 10, 2016 at 10:07 pm

    Rv reethi.sahx alhe zibaan a dhera e nudhehche.

  14. Muneera says:
    August 10, 2016 at 10:14 pm

    Mansha n ziban??? meera ah dhera gothe nahadhahchay e zeyba g kantha dhw… Hassanu ge goiy kudakan…ma hama antharees vejje.. Naseebe ithuru anhen dharieh vx nei kan.. Noon nama e dhari vx rolaa kaalaaka fas nujeheyne..! Shax vaahaka hama best.. Keep duing well…. Next part up kurahchay avaha…????????

  15. Shehenaz Sai says:
    August 10, 2016 at 10:20 pm

    Aishath Phayaxa

  16. ajjahila says:
    August 10, 2016 at 10:37 pm

    Shaxlyn…..haadha slow ey dhww…btw mi part ves varah salhi

    1. bad boy ? says:
      August 10, 2016 at 10:52 pm

      slowthA…. edhdhuvas kurin upkuree 35.. now 36 so laheh noon dhw.. n mibai nulaahiku dhigu.. thanks shaaz

  17. bad boy ? says:
    August 10, 2016 at 10:54 pm

    wow wow wow wow…. what a scene… muneerA thalhaaligoiy hama sifavi… n mansha n zibaan ge romantic scene ves… meerA run for ur life…. this story is superbb… i love u… for bringing this episode dhigudhigukoh n so avahah… thank u

  18. sana says:
    August 10, 2016 at 10:58 pm

    When is next part? Cant wait so long… the story is awsom.. but plx dnt do any bad to meeraa..

  19. Anonymous says:
    August 10, 2016 at 11:18 pm

    ????

  20. sampii says:
    August 10, 2016 at 11:47 pm

    Varah rythi… ✌???

  21. ken? says:
    August 10, 2016 at 11:53 pm

    masha allah ❤ shax u r v talented woman…keep going…n wish u gdluck

  22. Shaushan says:
    August 11, 2016 at 1:59 am

    Kudhin kudhinge hunna romantic kamaaeve.. <3 <3 <3 Zibaan you're so sweet…. Thank u shax for writing such a lovely story…… Maasha Allah you're very talented…. 🙂

  23. shimaaa says:
    August 11, 2016 at 8:06 am

    Konme ves warakah liumugai mistakes eba huri. ..misalakah zibaan hury mansha gathu gai isheedhegen… eyge badhalu gai zibaan Inee mansha gathu gai iisheedhegen e ragalhu goi dho… 🙂

  24. Zish says:
    August 11, 2016 at 9:09 am

    alhe zibaan haadha rom ey dho… ahannah libeyne nama ….. <3

    1. Zibaan says:
      August 12, 2016 at 10:16 am

      Mansha nulibunu nama dhaany Zish kairiah.??

  25. Siha says:
    August 11, 2016 at 10:55 am

    Shax ur a great writer. I love to read this story. Ziban n mansha ge romantic scene v habeys…..

  26. mishk says:
    August 11, 2016 at 10:59 am

    mansha ge bappa akee miulhey riyaz ge bappa dhw…ehevyma v ehen kahala kanthah gandeh miulheny…
    mmmm….visnany visnany

  27. maasha says:
    August 11, 2016 at 11:03 pm

    Woww…? zibaan kahala boyfrnd eh libeyni nama dhw.. Heheh… Shax v reethi mi part vx. Again jinni eh dhw.. Up the next part as soon as possible..?

  28. Suzan says:
    August 12, 2016 at 12:39 am

    Anhenun innaany…firihenunnah eh bas beynumeh nukuraane..am i right shaax?
    Story varah salhi

  29. Twinkle says:
    August 14, 2016 at 8:59 pm

    Haada laheyy mifaharu.. 🙁

  30. Michael says:
    August 14, 2016 at 9:57 pm

    Koba inthizaaruga

  31. zara says:
    August 14, 2016 at 10:08 pm

    Shax shax avas avas avas avaha upupupupup.. Haada lahey dho.. Curiosity ?

  32. Michael says:
    August 14, 2016 at 11:04 pm

    Koba haada las vanee ??

  33. fanny says:
    August 15, 2016 at 12:32 am

    wow! vvvv reethi. plx plx plxxxxxx up koh dheeba v v v avahah. i am a big fan & this is the only story i read mihaa samaalukan dheegen! shaaaaaaaaax! plx hurry up! v v v avahah upupupupuuuuup!:-/

  34. Mira says:
    August 15, 2016 at 5:49 am

    alhe kn irakntha upload kollanyy??
    haadha varakah check kurameyy upload veha inthw,,,

  35. muix says:
    August 24, 2016 at 12:02 pm

    hiiiiiibadboy

  36. muix says:
    August 24, 2016 at 12:04 pm

    it is not girl bad boy
    nice story

Comments are closed.

Next Episodeމަންޝާ (ސަތުތިރީސްވަނަ ބައި)←


All Right Reserved!