Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރަށް ތިޔަނަމުގައި………..

maahil
August 9, 2016
2 Mins Read
40 Views
15 Comments

އެކަނި މާ އެކަނި ރަށުގެ މީހުން އާންމުކޮށް ދިރިނުއުޅޭ ހިސާބެއްގައި ހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯލިތަކުން އުނދޯޔެއްގައި ހަލީނާ އެބައޮތެވެ. އޭނާގެ މާޒީގައި ދިމާވި ހިތާމަވެރިކަންތައްތައް ހަނދާން ކުރާށެވެ. ހަލީނާ އަށް މިކަންތައް ދިމާވިތާ މިހާރު ބައިއަހަރު ވެއްޖެއެވެ. ހަލީނާ މިހެން އޮންނާކަށް ޖެހިލުމެއް އަދި ބިރެއްވެސް ނުގަނެވެ. މެންދަމުންއަލިވެ ދޭއްޖަހައިފިއެވެ. އަދިވެސް ހަލީނާ އޮތް އުނދޯލީގައި އޭނާ އެބައޮތެވެ.

މީގެ ދޮޅުއަހަރެއްހާދުވަސް ކުރިއެވެ. ދުވަސްކޮޅަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަދިހައެވެ. ރަށުތެރެ ވަރަށްބާރަށް ޒީނަތްތެރިކުރަމުން އެބަދެއެވެ. ގޯތިތެރެއަށް އަކިރިލުމާއި, ފާރުތަކުގައި ކުލަލުމާއި, އީދު ކުޅިވަރުތަކަށް ވާންޖެހޭހުރިހާ ތައްޔާރީތައްވެ ނިމިއްޖެއެވެ. ޢީދުނަމާދުގެ ޖަމާޢަތައް ރަށުގެކުދިބޮޑު އެންމެން އައިސްފިއެވެ. ޢީދުހުތުބާއަށް ފަހު އަންހެންވެރިން އަވަސްވެގަތީ ޢީދު ސައިހެދުމުގައެވެ. ތަށިތައްޓަށް ޖޫހާއި ފަނި އަޅައި ޖޯޑުޖޯޑަށް ހޫނުކަޅުސައި އެޅުމެވެ. ސައި މޭޒުމަތީގައި ހުރި ތަށިތައް ހުސްވާ ވަރަކަށް އެތަށިތައް ފުރަމުން އެ ދަނީ ހޫނު ތާޒާ ހެދިކަލުންނެވެ.

“އީދުގެ ކުޅިވަރުތައް ފަށާނީ ފެންކުޅިންނެވެ. ” އަރަޝް އޭނާގެ އަޑުގެ ނެތްބާރަށް ހަޅޭއްފަޅޭއްޖަހައި ގަތެވެ. “ހަލީ . އޭއި ހަލީ ހިނގާބަލަ އެޔޮއް ފެންކުޅި ނުކުޅެވިގެންއުޅޭ ބިޓުންނަށް ނިކަން ކުޅިދައްކާލަން!! ” ޢަރުޝި ހަލީނާ ގައިގަ ވިކާލުމަށް ފަހު ބުންޏެވެ. ” އެއްކަލަ ވިކާ ބަދަވި. ޢަރުޝިއަށް މީހެއް ގައިގަ ނުވިކާލާ ވާހަކައެއްވެސް ބުނެވޭކަށް ނޯވޭ ދޯ؟ . ހޫން… ކޮބައިތަ ތިކިޔާ ގުރޫޕް؟ . އެތިބީތަ ފާތުމަދައިތަ ގޭދޮށުގަ؟” ހަލީނާ އޭނާގެ ރަހުމަތްތެރިޔާ ސިނާ ގާތުބުންޏެވެ. ސިނާ އަދި ހަލީނާ ވެގެން އެއުމުރުގެ އަންހެންކުދިން ކޮޅަކާއެކު ފާތުމަދައިތަގޭ ދޮށުން ދާން ހިނގައްޖެއެވެ. “އޭއި ހަލީ އެހެރީ ފެންކުޅި ނުކުޅެވިގެން އުޅުނު ސޮރު. ހިނގާ އެސޮރަށް ބޮންފަޅިއެއް ޖަހަމާ.” ހަލީނާމެންމާއެކު ދިޔަކުދިން ތަކުގެ ތެރެއިން ކުއްޖަކު ހަލީނާގެ ކަންފަތް ދޮށުގައި ބުންޏެވެ.

ހަލީނާމެނާ އެކު ދިޔަ ކުދިންކޮޅު ފާތުމަދައިތަގެއާ ކައިރި ނުވަނީސް އެ ފެންކުޅި ނުކުޅެވިގެން އުޅޭ ސޮރު ހަލީނާއަށް ފެނުގެ ހަމަލަ ދިނުންވީ އޭނާ އާއި އެކު ދިޔަ ކުދިންނަށް ވެސް ހައިރާން ކުރަނިވި ކަމެކެވެ. “ސޮރާ ހަނދާންކުރާތި އިނގޭ! ތިޔަ ކުލަޖެހުނީ ހަމަ ކުލަ ޖިންނި އަކާ!” ހަލީނާ އަރަޝް ހާސްކޮށްލުމުގެ ނިޔަތުގައި ބުނެލިއެވެ. “އައްދެ މައަޑުއެހި ގޮތުގައި ތީވަރަށް ލަދު ރަކި ކުއްޖެއް.” އަރަޝް ހަލީނާއާއި މަޖާކޮށް ލުމުގެ ނިޔަތުގައި ބުންޏެވެ.

“އައްޗީޑި މަ މައިތިރި . ހުހް މިރަށުގަވެސް ނުހުންނާނެ މަ ވަރުގެ ކެރިގެން އުޅޭ އަންހެނެއް. ކަލޭމެން ކުދިންނަށް އަދި މިރަށު ކުދިންނެއް ނޭންގޭނެ . އޮހޮހޯ މި ސޮރު ހިތުން މަ ދެން މީ މައިތިރިޔެކޯ! ” ހަލީނާ ވަރަށް ރުޅި ގޮތަކަށް އަރަޝް އާއި ދިމާއަށް ބުންޏެވެ. “އައްދެ މަންޖެ ރުޅި ދުރުވީތަ؟ ހާދަ ލަވްލީ އޭ މަންޖެ ރުޅިއައިމަ. އެކަމު މަ ގާތުގަ މަންޖެ ތީ މައިތިރި ކުއްޖެކޭ ނުބުނެ އެކަކުވެސް. ހަމަ ޖެއްސުންކޮށް ލުމުގެ ނިޔަތުގަ ބުނެލީ. ފުރަތަވެސް ފެނުނީމަ އެނގައްޖެ ތީ ‘ހިޓުލަރެއް’ ކަން. ” އަނެއްކާވެސް ހަލީނާގެ ރުޅި ގަދަކޮށް ލެވޭތޯ އަރަޝް ބުންޏެވެ.

“އޭއި އަރަޝް މިރަށަށް އަރާ ދުވަހެއް ނުވަނީސް ބިޓެއްނެގީ؟ ދެން ކީކޭ ބުނާނީ ދޯ. މި ރޯމިޔޯ ގޮވައިގެން ވީޔަ ތަންތަނަށް ދާން ވެސް ވާނީ. ” ނާހިދު އޭނާގެ މަންމަމެން ގޭގަ ތިބި ރައްޓެހިން ބަލާ އައި އިރު އަރަޝް ގޭ ދޮރޮށި މަތީގަަ ހުރެގެން ހަލީނާއާއި ވާހަކަދައްކަން ހުރުމުން ބުންޏެވެ.

 

ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

maahil

Hi Im Maahil

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 1

Next

ދޭނަން ހިތާ ޖާނާ (25)

Next
August 9, 2016

ދޭނަން ހިތާ ޖާނާ (25)

Previews
August 9, 2016

ނޭނގޭހެ ހާދަ ލޯބިވޭ 1

15 Comments

  1. sabeeha says:
    August 9, 2016 at 5:06 pm

    v nice story…:-)

  2. meesha says:
    August 9, 2016 at 6:04 pm

    nice

  3. yaalaa says:
    August 9, 2016 at 6:06 pm

    Haadha kure

  4. Marsh says:
    August 9, 2016 at 6:12 pm

    Vvv cute…. i love it…….

  5. lihaam says:
    August 9, 2016 at 7:37 pm

    ސުކުރިއްޔާ
    ކުރު ދޯ
    ދެވަނަ ބައި ދިގުކޮށް ހުކުރު ދުވަހު ޕޯސްޓު ކުރާނަން

    1. Hawwa says:
      August 11, 2016 at 8:20 am

      varah ummeedh kurevey hukur dhuvahu up kuravvaane kamah..but say In Sha Allah.. ???

    2. Hawwa says:
      August 11, 2016 at 8:23 am

      Varah kiaahithun mi ulhenee ehenve…

  6. dhatha says:
    August 9, 2016 at 11:07 pm

    Mi vaahakaa ge hunaruverikan vara kuda bass tha athuraa lun adhi rangalhe noon nuvikaa laa mibass benun kurevi dhaane vikaa nulaa hedhikalun neve mibass vess mi noon gotha ka benun kolinama reethi vaane

    1. reader says:
      August 10, 2016 at 12:08 pm

      Dhatha, plxx put “flustop” in the end of each sentence.. Dhn it will b easy to read….” plx dnt take this Negative”….

  7. Hooo says:
    August 10, 2016 at 12:00 am

    Salhi.

  8. shi says:
    August 10, 2016 at 8:12 am

    kamaku nudhey…varah kada thi story…

  9. lynumm says:
    August 10, 2016 at 12:00 pm

    Eiy dhogeh, hama v habeyss.. nd I really luv type of stories.. waiting 4 nxt partt…

  10. athi says:
    August 10, 2016 at 12:46 pm

    “Hedhi kalunneve” inyma odd gotheh hunnany.. ” hedhikaa inneve” jahaalyma kanneyge ragalhuvaani

  11. ??lipstick? says:
    August 10, 2016 at 3:12 pm

    Mivaahaka vvvvvvv reethi…keeep it up…..avahah up kuraane kamah unmeeedhu kurn….????????????????????

  12. mariYam says:
    August 10, 2016 at 4:47 pm

    emme dhahiwaa warah waahaka thi genaee…thihen nuhadhaa

Comments are closed.

All Right Reserved!