Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (26)

layaal Level 310 Stories100 Comments
August 30, 2016 8 Mins Read
55 Comments

“އައިފާ ޑިސްޗާޖު ކޮށްލިހައި އަވަހަކަށް މެރީ ކުރާނަން.. ބޭނުމެއްނޫން އެއްވެސް ޕާޓީއެއް ބާއްވާކަށް.. ދެޓްސް ނޮޓް އިމްޕޯޓަންޓް. މެރީ ކުރެވުނުހައި އަވަހަކަށް ލަންޑަންއަށް ދާނީ.. އެތަނުން އައިފާގެ އައި ސައިޓް ރަނގަޅު ވުމުން ނޫނީ ދެން އިރާދުކުރެއްވިއްޔާ އެނބުރިއެއް ނާންނާނަން… އައި ވިލް ޓޭކް ކެއާ އޮފް ޔޫ” ލޫތްގެ ބަސްތަކުން އައިފާގެ މަރުވެފައި އޮތް ހިތަށް ދިރުމެއް ލިބުނެވެ.

އައިފާ އުފަލުން ލޫތްގެ މޭތެރޭ ބޮނޑިވެގެން އިރު އޭނާ ހުރީ ކޮންމެ ގޮތަކަށް ކަންތައްވި ނަމަވެސް ލޫތް އޭނާ ކައިރީގައި ވާނެކަން އިނގުމުން ހިތްހަމަޖެހިފައެވެ. އެނޫން ކަމެއް އޭނާ ބޭނުމެއް ނޫނެވެ. ކޮޓަރީގެ ދޮރު ކުރިމަތީގައި ހުރި ލީނާއަށް ލޫތްގެ އެ ވާހަކަތަކާއި އެމީހުން ތިބިގޮތް ފެނުމުން ދެލޯ އަޅާލިއެވެ.

“އޯ ލޫތް.. ޔޫ ކާންޓް ލީވް ސޯ ސޫން މައި ޑިއާ.. އައި އެމް ބެކް.” ލީނާ އަމިއްލަ ނަފްސަށް މިހެން ބުނެލި އިރު ރަތް ކުލައިން ފަވާލެވިފައިވާ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ދޮރުގައި ޓަކި ޖަހާލި އަޑަށް އައިފާ ލޫތްއާއި ދުރަށް ޖެހިލިއެވެ. އެވަގުތު ލޫތްގެ ނަޒަރު ހުއްޓުނީ ދޮރު ކައިރީގައި ހުރި ލީނާއަށްށެވެ. ލީނާ މިއަދު އަންނާނެ ވާހަކަ ލޫތް ކައިރީގައި އޭނާ ވަނީ ކުރިން ބުނެފައެވެ. ލޫތް އެކަމާއި ދެކޮޅު ނުހެދީ ލީނާގެ އުޅުން މިހާރު ބަދަލުވެފައި ވީތީއެވެ. އެހެން ނޫނަސް އޭނާ އެއްވެސް މީހަކާއި ދޭތެރޭ ހިތްބުރަކަމެއް ބާއްވާކަށް ނޭދެއެވެ.

“ލީނާ..” ލޫތް މިހެން ބުނުމުން އައިފާގެ މޫނުމަތިން ފާޅުވީ ނުތަނަވަސް ކަމެވެ. މިވަގުތު އެތަނަށް ލީނާ އަންނަވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ނަމަވެސް އެއްޗެކޭ ނުބުނެ މަޑުން އިނީ ލޫތް އެނދުން ތެދުވި އިހުސާސް ވުމުންނެވެ. “ނުގަޑިއެއްގަތަ މި އާދެވުނީ..” ލީނާ ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ.

“ނޫނޭ.. އާދެ.” ލޫތް ލައިގެން ހުރި ގަމީހުގެ އަތްކުރި އުޅަބޮށްޓާއި ހަމައަށް އޮޅާލަމުން ބުނެލިއެވެ. ލީނާ ފަރި ހިނގުމެއްގައި އެތެރެއަށް ވަދެގެން އައިސް އައިފާ ކައިރީގައި މަޑުކޮށްލިއެވެ. ފާރާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން އައިފާގެ މޫނުމަތިން ފާޅުވަނީ ހިތާމައެވެ. ބޮލުގެ އެއްފަރާތުގައި ބޮޑު މަލަންގަނޑެއް އަޅާފައި ވީއިރު ދެން ހުރި ލަކުނުތައް ފެނި ލީނާ ގައިން ހީބިހި ނަގުވާލިއެވެ.

އައިފާގެ ހާލުފެނި ލީނާގެ ހިތަށް އަސަރު ކުރުމުގެ ބަދަލުގައި އެކަންވީ އެހިތަށް ލިބުނު ފިނި ކަމަކަށްށެވެ. “އައިފާ..” ލީނާ މޫނުމަތިން ހަމްދަރުދީ ފާޅު ކުރަމުން އައިފާއަށް ގޮވާލިއެވެ. އޭނާ އައިސް އެނދުގައި އިށީނދެ މަޑުމަޑުން އައިފާގެ ކޮނޑުގައި ހިފާލިއެވެ.

“މިއައީ އައިފާގެ ހާލު ބަލައިލަން.. އަދި މަޢާފަށް އެދެން. ކުރިން އައިފާއާއި ދިމާއަށް ކިޔުނު އެއްޗިއްސާއި މެދު ވަރަށް ދެރަވޭ.. އައި އެމް ސޮރީ.” ލީނާގެ އަޑުގައިވީ ހިތްހެޔޮ ކަން އިވި އައިފާ އަޑުއައި ދިމާއަށް ނަޒަރު ހުއްޓާލިއެވެ.

“އިޓްސް އޯކޭ ލީނާ.. އަހަރެން ލީނާއަށް ނަފްރަތެއް ނުކުރަން.” އައިފާ ކުޑަކޮން ހީލަމުން ބުނެލިއެވެ. “މިކަހަލަ ކަމެއް އައިފާއަށް ދިމާވީތީ އަހަރެން ވަރަށް ހިތާމަ ކުރަން. ބަޓް ޑޯންޓް ވޮރީ.. އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ..” ލީނާ ވާހަކަ ދައްކަމުން ދިޔައިރު ދުރުގައި ލޫތް މަޑުމައިތިރި ކަމާއި އެކު މި މަންޒަރު ބަލަން ހުއްޓެވެ.

“ލޫތް ކަމަކު ބޭނުން ވަންޏާ ބުނާތި.. އޯކޭ ދޯ އަހަރެން އައިފާއަށް އެހީތެރިވެދޭން އައިސް ދިނަސް.. އިޓްސަ ދަ ލީސްޓް އައި ކުޑް ޑޫ.” ލީނާ މިހެން ބުނުމުން އައިފާ ވަގުތުން އެކަމާއި އިންކާރު ކުރިއެވެ. “ނޫން ލީނާ..” އައިފާ މިހެން ބުނި ނަމަވެސް ލީނާ އެކަން ޤަބޫލެއް ނުކުރިއެވެ.

“ޕްލީޒް. އަހަރެން ބޭނުން.. އަހަންނަށް ކުރެވުނު ކަންތަކާއި ލޫތްއަށް ދެވުނު ހިތާމައިގެ ބަދަލުގައި ބޭނުން މިކަމުގައި އެހީ ވެދޭން.. ނޫނޭކޭ ނުބުނާތި ލޫތް.” ލީނާ އާދޭހުގެ ރާގަކަށް މިހެން ބުނުމުން ލޫތްއަށް އެކަމުގައި ދެކޮޅު ހަދާކަށް ނުކެރުނެވެ. “އޯކޭ.. ދޯ އައިފާ. އަބަދު އައިފާ މަންމައަކަށް ވެސް މިތާކު ނުހުރެވޭނެ. ސޯ ލީނާ ދޭތެރެއަކުން އައިސް ލިއްޔާ ވަރަށް ފަސޭހަވާނެ.” ލޫތް ވިސްނީ އައިފާއަށް އެންމެ ރަނގަޅު ވާނެ ގޮތަކަށެވެ.

އައިފާ އެކަމާއި އެހައި ހިތްހަމަ ނުޖެހުނަސް ލޫތް ވެސް އެދައްކަނީ ރަނގަޅު ވާހަކައެއްކަން އޭނާ ޤަބޫލު ކުރިއެވެ. “މައްސަލައެއް ނެތް..” އައިފާ ހިނިތުން ވެލަމުން ބުނެލިއެވެ. “ތެންކްޔޫ.. ވަރަށް އުފާވެއްޖެ.. އައިފާ ކަމެއް ބޭނުން ވަންޏާ އަހަރެން ކައިރި ބުނޭ. އައި އެމް ހިއާ.. އެހެންވީމަ މާދަން ހެނދުނު އަހަރެން އަންނާނަން. ސޯ ޔުއާ މޯމް ކެން ރެސްޓް.” ލީނާ ހިތްހެޔޮ ކަމާއި އެކު މިހެން ބުނެފައި އައިފާގެ ކޮލުގައި ކުޑަކޮން ފިރުމާލިއެވެ. “ދަނީ ދެން.” ލީނާ މިހެން ބުނެފައި އެތަނުން ނިކުންނަށް ދިޔުމުން ލޫތް ވެސް އޭނާގެ ފަހަތުން ނިކުތެވެ.

****

“ތޭންކްސް ލީނާ. ބަޓް ޔޫ ޑޯންޓް ހެވް ޓު ޑޫ ދިސް..” ލޫތް މިހެން ބުނުމުން ލީނާ ހިނިތުން ވެލިއެވެ. “އައި ވޮޒް ޔުއާ ވައިފް ލޫތް. އައި ކެއާ އެބައުޓް ޔޫ.. އަހަރެން ބޭނުން ލޫތްއަށް އެހީވާން..” ލީނާ މިހެން ބުނެ ލޫތްގެ އަތުގައި ހިފާލިއެވެ.

އެވަގުތު އެތަނަށް ވައިން އާޒިމާއަށް މިމަންޒަރު ފެނި ފިޔަވަޅުތައް ހުއްޓުނެވެ. ލީނާ އެތަނަށް އަންނަވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެހެން ނޫނަސް ލީނާގެ ހަބަރެއް ނުވާތާ ކޮން ދުވަހެއް ހެއްޔެވެ. މިހާރު ކުއްލިއަކަށް ލޫތް ގައިގައި އައިސް އެތަތްވެ ގަތީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ.

ލީނާގެ ހިޔަނިވެސް ލޫތްގެ ހަޔާތަށް އެޅޭކަށް އޭނާ ނޭދެއެވެ. އެދެމީހުން ކުޑަކޮން ބައްދާލިއިރު ލޫތް ހިނިތުންވެފައި ހުރި މަންޒަރު ފެނުމުން އާޒިމާގެ ރުޅި ކެކިގަތެވެ. އިރުކޮޅެއްފަހުން ލީނާ ދާން ހިނގައި ގައިންތަނާ ދުރުގައި ހުރި އާޒިމާ ފެނި އޭނާ ހިންދިރުވާލިއެވެ.

އަދިވެސް އެންމެ ފަހުން އާޒިމާއާއި ދިމާވި ދުވަހު އޭނާ ކޮލުގައި ޖަހާލި އެތިފަހަރުތައް މަތިން ހަނދާންވެ ބޭއިޚްތިޔާރުގައި ކޮލުގައި އަތް ލެވުނެވެ. ހީވީ އެ ދިލަ ހޫނު އަނެއްކާ ވެސް އިހުސާސް ކުރެވުނު ހެންނެވެ. ނަމަވެސް އޭނާ ކުރިއަށް ހިނގައިގަތީ އޭނާ ކުރަން އައި ކަންތަން ނިންމުމަށް ހިތުލައިގެން ހުރެއެވެ. އާޒިމާ ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު ހީވީ ހަމަ ދެންމެ ދެންމެ ހަޅޭ ލަވައިގެން ފާނެހެންނެވެ.

“މަންމާ.” ލީނާ މިހެން ބުނުމުން އާޒިމާ ގާތަށް އިތުރަށް ރުޅިއައެވެ. “މަންމައޭ؟ ލީނާއަށް މިހާރު ތިހެން ކިޔުމުގެ ހައްޤެއް ނޯންނާނެ. ކީއްކުރަން އަހަރެންގެ ދަރިފުޅު ގައިގައި އައްޓަމަހެއް ހެން ތަތްވެގެން ތިހުރީ. ހަނދާން ނެތުނީތަ އަހަރެން ބުނި ވާހަކަ؟” އާޒިމާގެ އަޑުގައި ވީ ހަރުކަށިކަމެވެ. އެއްއަތުން އައިނު މައްޗަށް ޖައްސާލަމުން އޭނާ ލީނާއަށް ލޯ އަޅާލިއެވެ.

“މިއީ މަންމަ ހީކުރާ ކަހަލަ ކަމެއް ނޫން.. އަޅުގަނޑަށް މިހާރު ވިސްނިއްޖެ.. ކުރިން ކަންތައް ކުރެވުނު ގޮތާއިމެދު ލޫތް ކައިރިން މަޢާފަށް ވެސް އެދެފިން.. އައިފާގެ ހާލު ބަލައިލަން މިއައީ ވެސް. އިންސާނުންނަށް ކުށް ވެސް ކުރެވޭނެ.. މަންމަ ވެސް އަޅުގަނޑަށް މަޢާފް ކުރާނެ ކަމަށް އުއްމީދު ކުރަން.” ލީނާ ދެރަވެފައި ހުރެ ވާހަކަ ދެއްކިއިރު އެލޮލުން ނިރާލި ކަރުނަ ފެނި އާޒިމާ ރުޅި ފިނިވިއެވެ.

“އައިފާއަށް އެދިމާވީ ވަރަށް ދެރަގޮތެއް.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. ދަނީދެން.. ބައްޕައަށް ސަލާމް ބުނާތި.” ލީނާ މިހެން ބުނެފައި އެތަނުން ހިނގައިގެން އިރު އޭނާ ލޯ ފޮހެލަމުން ވިހަ ގޮތަކަށް ހީލިއެވެ. އޭރު އާޒިމާ ހުރީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ. ލީނާއަށް ކުއްލިއަކަށް އެހައި ބޮޑު ބަދަލެއް އައިސްދާނެ ކަމާއި މެދު އޭނާއަށް ޝައްކެވެ.

އިރުކޮޅަކު ވިސްނާލަން ހުރެފައި އޭނާ ގެއިން ގެނައި ސައިބޯ އެއްޗެހި ހިފައިގެން އައިފާ ކައިރިއަށް ދިއުމަށް ހިނގައިގަތެވެ. އައިފާގެ ހާލަތާއި މެދު އޭނާ މިހާރު ދެރަވެއެވެ. ލުތުފީގެ ވާހަކަތައް އަޑުއިވި އޭނާއަށް އައިފާއާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން މިހާރު ވަނީ ވިސްނިފައެވެ. އެފަކީރުގެ އޮތީ ކޮންކުށެއް ހެއްޔެވެ.

އާޒިމާ ކޮޓަރިއަށް ވައިން އިރު ލޫތް އައިފާއަށް ޖޫސް ޕެކެޓެއް ދެނީއެވެ. “ދަރިފުޅާ އައިފާ.. މަންމަ މިއައީ ދަރިފުޅަށް ސައިބޯ އެއްޗެހި ހިފައިގެން.” އާޒިމާ ހެވިފައި ހުރެ އެތެރެއަށް ވަނުމުން ލޫތް ސޯފާގައި އިށީނދެލިއެވެ. އާޒިމާގެ ވާހަކަ ހުރިގޮތުން ލޫތް އިނީ ހައިރާން ވެފައެވެ.

އެހެންނޫނީ މިއިން ދުވަހަކު އާޒިމާ އައިފާއަށް ދަރިފުޅާއޭ ކިޔައި ގޮވާލާފައެއް ނުވެއެވެ. “އައިފާ މަންމަ ބުނި އައިފާ ޕާން ބޯކިބާ ނިކަން މީރޯ. އެހެންވެ މިއައީ ޕާން ބޯކިބާ އަޅައިގެން.. އަޒުރާ އެދިޔައީ ދެންމެ ގެއަށް.. ބުނީ ލޫތް ހުރީމަ ގެއަށް ގޮސްލާފައި އަންނާނަމޯ.” ކޮތަޅުން ނެގި ތަށިތަކުގެ މަތި ނައްޓަމުން އާޒިމާ ވާހަކަދެއްކިއެވެ.

އޭރު އައިފާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާޒިމާ މިހައި ހިތްހެޔޮކޮން އޭނާއާއި ވާހަކަދެއްކި މިއީ ފުރަތަމަ ފަހަރެވެ. އާޒިމާ އައިސް އައިފާއަށް ޕާން ބޯކިބާ ކޮޅެއް ލެވުމުން ލޫތް އިނީ އުފަލުން ފޮޅިފައެވެ. “މީރުތަ؟” އާޒިމާ އަހާލިއެވެ. “ވަރަށް މީރު މަންމާ.” އައިފާ ހިނިތުންވެލަމުން ބުނެލިއެވެ.

“މަންމައަށް މަޢާފް ކުރޭ ދަރިފުޅާ.. ކުރިން އައިފާއާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. މަންމައަށް ހެޔޮ ތިއީ ކޮންމެ ރަށު ކުއްޖަކަސް. އެއީކީ މައްސަލެއް އެއްނޫން.. މީގެ ފަހުން ތިއީ ހަމަ މަންމަގެ ދަރިއެއް.” އައިފާގެ ބޮލުގައި ފިރުމާލަމުން އާޒިމާ ބުނެލިއެވެ. އޭރު އައިފާގެ ލޯ ފުސްވެ ކަރުނަތަށް ކޯތާފަތުގައި ބޮސްދެމުން ފޭބިއެވެ.

“އަހާ.. ނުރޯނެ އިނގޭ. ހިތްވަރު ކުރަންވާނެ. ދަރިފުޅުގެ ފެނުން އަދި ރަނގަޅު ވާނެ.” އާޒިމާ މިހެން ބުނެ އައިފާގެ ގައިގައި ބައްދާލިއެވެ. އޭރު މިމަންޒަރު ބަލަން އިން ލޫތްގެ ލޮލުން ވެސް ކަރުނަ ނިރާލިއެވެ.

****

އިރުއޮއްސެމުން ދިޔަވަގުތު ރަތްވިލާގެ ދަޅަތަކުން މުޅި އުޑުވަނީ އެއްކުލަ ކުރުވާފައެވެ. ދުރުން ފެންނައޮތް މާ ސިންގާ ކަނޑުން ބޯޓު ފަހަރާއި ލޯންޗުތައް ދަތުރު ކުރަމުން ދިޔަ ބޭރު މަގުގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވަމުން ދިޔައި ސައިކަލާއި ކާރުތައް ތޮއްޖެހެމުން ދިޔައެވެ. އޮއްސެމުން ދިޔަ އިރު ފެނުން ތޮޅެލި އިރު ޒުލޭހާ ގޭގެ ބެލްކަނީގައި މި މަންޒަރު ބަލަން އިނެވެ.

އެލުވާފައި ހުރި އުނދޯލީގައި ހެއްލަން އިން އިރު އެ މޫނުމަތިން ފާޅުވަނީ ހިތާމައެވެ. އެވަގުތު އެތަނަށް ނިކުއިން ލުތުފީއަށް މި މަންޒަރު ފެނި ޒުލޭހާ ކައިރިއަށް ދިއުމަށް ހިނގައިގަތެވެ. “ޒުލޭހާ..” ލުތުފީގެ އަޑަށް ޒުލޭހާ އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ހިނިތުންވެލިއެވެ. ލުތުފީ އައިސް އުނދޯލީގައި އިށީނދެލަމުން ވާހަކަދެއްކިއެވެ.

“ކީއްވެ ތި ރޮނީ؟ ކިތަންމެ ސިއްރުން ރުޔަސް އަހަންނަށް އިނގޭނެ.” ލުތުފީ މިހެން ބުނުމުން ޒުލޭހާ ދެލޯ މަރާލިއެވެ. “ޒޭން މަތިން ހަނދާންވަނީ.. އޭނަ ނެތީމަ ހާދަ ފަޅޭ މިގޭތެރެ.” ޒުލޭހާގެ ވާހަކަ އަޑު އިވި ލުތުފީ ވެސް ދެރަވިއެވެ.

“އިނގޭ ތިކަން. އެކަމަކު ޒޭންގެ ހާލަތު ރަނގަޅު ކުރަން ވެސް އެބަޖެހޭ.. އޭނާ ރަނގަޅު ވީމަ ގެންނާނިއްޔޭ.. އޭނާ އެގޮތަށް ކަންތައް ކުރީކީ ގަސްތަކު ނޫން.. ޑޮކްޓަރުން ބުނަނީ މެންޓަލީ ސްޓޭބަލް ނުވުމުން އޭނާއަށް ކުރެވޭ ކަންތައްވެސް ނޭނގުނީ ކަމަށް.” ލުތުފީ ވިސްނައިދިނެވެ.

“އޭނަ އެއްފަހަރު ވެސް އަހަރެން ކައިރިއަކު އެކަހަކަލަ ވާހަކައެއް ނުބުނޭ.. އެހެންނޫންނަމަ ތާ އަހަރެން ވެސް އޭނާއަށް ވިސްނައިދޭނީ.. އޭރުން އައިފާއަށް މިހެން ނުވީސް.” ޒުލޭހާގެ އަޑުގައިވީ ހިތާމައެވެ.

“ދެން ވީކަމެއް ނުވާކަމަކަށް ނުހެދޭނެ.. އެކަން އެގޮތަށް ވާން ވީމަ އެހެން އެވީ.. އައިފާ ވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ. މާތްﷲ އެ އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ. ދެރަނުވޭ.. ހިތާމަ ކުރުމަކުން ކަންކަން ހައްލެއް ނުވާނެ.” ލުތުފީ މިހެން ބުނުމުން ޒުލޭހާ އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ. ލުތުފީ ޒުލޭހާގެ ބޮލުގައި ފިރުމަމުން ދިޔައިރު މަޑުމަޑުން އެ އުނދޯލި ހެއްލަމުން ދިޔައެވެ. އޭރު ރަތް ވިލާތަށް އުޑުމަތިން ފޭދިގެން ގޮސް އިރުގެ އަލިކަން އޮއްސި ރޭގަނޑުގެ އަނދިރިކަން ވެރިވާން ފަށައިފިއެވެ.

****

އާދުވަހަކަށް ދުނިޔެ މަރުހަބާ ކީއިރު އައިފާ އިނީ އޭނާގެ އެނދުގައި ޓޯސްޓެއް ކާށެވެ. ކައިރީގައި ޖޫސް ތައްޓެއް ހުރި އިރު އޭނާ ވަރަށް ބަލައިގެން ޖޫސްތަށި ނެގޭތޯ މަސައްކަތް ކުރިއެވެ. އޭރު ލީނާ ކައިރީގައި އޭނައާއި ވާހަކަދައްކަން އިނެވެ. “ބަލައިގެން އިނގޭ..” އައިފާ ޖޫސްތަށި ނެގުމުން ލީނާ ބުނެލިއެވެ.

“އައިފާގެ މަންމަ އޯކޭތަ އަހަރެން އަޔަސް؟” ލީނާ އަހާލިއެވެ. ޖަވާބުގައި އައިފާ ބޯޖަހާލިއެވެ. ދެމީހުން އެކި ވާހަކަދައްކަމުން އައިފާ ލޫތްގެ ވާހަކަ އަހާލިއެވެ. ލީނާއާއި ލޫތް ދިމާވިގޮތުގެ ވާހަކަ އަހާލުމުން ލީނާ އުފަލުން އިނދެ އެވާހަކަ ކިޔައިދިނެވެ. ލީނާ ހަމަ ގަސްތުގައި ލޫތް ލޯބިން ކޮންދިން ކަންތައްތަކުގެ ވާހަކަ ކިޔައިދީނީ އައިފާ ހިތަށް ތަދު ކޮށްލުމުގެ ބޭނުމުގައެވެ.

އެހެން ނޫނަސް އައިފާ އަމިއްލައަށް އެކަހަލަ ވާހަކައެއް އެހުމުން ލީނާއަށް އޭނާގެ މަޤްސަދު ހާސިލް ކުރަން ފަސޭހަވިއެވެ. ލީނާގެ ވާހަކަތައް އަޑުއަހަން އިން އައިފާގެ ހިތަށް އަސަރު ކުރި ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ. ލީނާ އެދެމީހުން އިނދެގެން އުޅުނު އިރު ވީ ކަންތަކުގެ ވާހަކަ ކިޔައި ދިން އިރު އައިފާއަށް އެގޮތަށް ލޫތްއަށް ކަންތައް ކޮށްދެވިދާނެ ކަމާއިމެދު ޝައްކެވެ.

ލޮލަށް ނުފެންނަމަ ކައްކާނީ ކިހިނެތް ބާއޭ އޭނާ ހިތަށް އެރިއެވެ. އެކަނި އަމިއްލަ ކަންތައް ކުރަން އަދި އުނދަގޫ ވާއިރު ލޫތްގެ އަންބަކަށް ވެހުރެ އޭނާއަށް ހިދުމަތް ކޮށްދޭނީ ކިހިނަކުން ބާއޭ އައިފާ ވިސްނިއެވެ. އޭނާ އެކަމާއި ވިސްނި ވަރަކަށް ޖެހިލުންވިއެވެ. ލީނާއަށް އޭނާގެ ވާހަކަތަކުގެ އަސަރު އައިފާއަށް ކުރާކަން އެ މޫނުމަތިން ފާޅު ވުމުން ހިނިތުންވެލިއެވެ.

އެވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު ލޫތް އެތެރެއަށް ވަދެގެން އައެވެ. ލޫތް ބަހެއް ނުބުނި ނަމަވެސް އޭނާގެ އަރްމާނީ ސެންޓު ވަސް ނޭފަތުގައި ޖެހުމުން އެއައީ ލޫތްކަން އައިފާއަށް ޔަޤީންވިއެވެ. “ހޭއި.” ލޫތް އައިސް އައިފާ ކައިރީގައި މަޑު ކޮށްލަމުން ބުނެލިއެވެ. އޮފީހަށް ދާން ތައްޔާރު ވެގެން ހުރިއިރު ތުނބުޅި ވަނީ ޓްރިމް ކޮށްލެވިފައެވެ. އިސްތަށިކޮޅު ރީތިކޮށް ކޮށާލެވިފައި ވާއިރު އަޅައިގެން ހުރި ޓައީ އިން އޭނާ ފުރިހަމަ ކުރުވައެވެ.

“ކިހިނެތް މިއަދު؟” އައިފާ އަތުގައި ހިފާލަމުން ލޫތް ބުނެލިއެވެ. “އޯކޭ..” އައިފާ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “ޑޮކްޓަރ ބުނީ މިރޭ ބޮލުގައި އޮތް ބޭސްގަނޑު ނަގާނެ ކަމަށް. އޭރުން ދެތިން ދުވަހެއް ތެރޭގައި ޑިސްޗާޖް ކޮށްލެވޭނެ.” ލޫތް ހެވިފައި އިނދެ ބުނެލިއެވެ. އޭނާ ހުރީ އައިފާ ގޮވައިގެން ބޭސްފަރުވާއަށް ނުފުރި ލަސްވެފައެވެ.

“އެހެންތަ.. ދެޓްސް ގުޑް.” ކައިރީގައި ހުރި ހުސް ތަށިތައް ނަގަމުން ލީނާ ބުނެލިއެވެ. ލީނާ ދުރަށް ޖެހިލަމުން ލޫތްމެންނަށް އޭނާ ނަޒަރު ހުއްޓާލިއެވެ. އައިފާ ތުންފަތް ކައިރީގައި ޓޯސްޓުގެ ކުނޑި ހުރުމުން ލޫތް އިނގިލިން އެތަން ފޮހެލަ ދިނެވެ. އަދި ނިކަން ލޯބިން އެ ކޮލުގައި ހިފާލަމުން ސިއްރުން ވާހަކައެއް ބުނެލިއެވެ.

ލޫތްގެ އަމަލުތަށް ފެނި ލީނާ ދެމުބަ ގޮށްޖެހުނެވެ. އޭނާ ކައްސާލައިގެން ވެއްޓެނީ ކަމަށް ހަދައި ހަޅޭ ލަވައި ގަންނަމުން ތިރިވިއެވެ. އެއަޑަށް ލޫތް ސިހިފައި ފަސް އެނބުރުނު އިރު ލީނާ ވެއްޓޭން ދަނީއެވެ. އޭނާ ދުމެއްޖަހާފައި ގޮސް ލީނާގެ އުނަގަނޑުގައި ހިފައި ހިފެއްޓުމުން ލީނާ ވަގުތުން އޭނާގެ ފައިގެ ކަކުލުގައި އަތް އެޅިއެވެ.

“އައުޗް..” ލީނާ ދެލޯ މަރައިގެން ހުރެ ބުނެލިއެވެ. “ތަދުވިތަ؟ ކިހިނެތް ތިހެދީ..” ލީނާ ގެންގޮސް ސޯފާގައި ބައިންދަމުން ލޫތް ވާހަކަދެއްކިއެވެ. “ކިހިނެތްވީ؟” އައިފާ އިނީ ވާނުވައި ނޭގިފައެވެ. “ކައްސާލީ.. ނަސީބެއް ލޫތް ހިފެއްޓިކަން. ކިރިޔާ ނުވެއްޓުނީ..” ލީނާ މިހެން ބުނުމުން އައިފާ ހިތްހަމަ ނުޖެހުނެވެ.

ލޫތް ގޮސް ލީނާ ހިފެއްޓިކަން އިނގުމުން އޭނާ ނުތަނަވަސް ވިއެވެ. “ކޮންތާކަށް ތަދުވީ؟” ލޫތް އިނީ ހާސްވެފައެވެ. “ކަކޫ.. ކަބަޑުގައި ވަރަށް ބާރަށް ޖެހުނީ..” ލީނާ ދެބުމަ ކައިރި ކޮށްގެން އިނދެ ބުނެލިއެވެ. ލޫތް ވަގުތުން ލީނާގެ ކަކުލުގައި ކުޑަކޮން މޮޑެލިއެވެ. އޭނާ އެހެން ކަންތައް ކުރީ ހިތުގައި އެހެން އެއްވެސް އެދުމެއް އޮވެގެންނެއް ނޫނެވެ. ލީނާއަށް އެހެން ވުމުން ލޫތްއަށް ބޭއިޚްތިޔާރުގައި އެކަން ކޮންދެވުނީއެވެ.

“މިތަންތަ؟ އޯކޭ؟” ލޫތްގެ ވާހަކައިން އައިފާއަށް އޭނާ އެކުރާ ކަމެއް ނަގައިގަނެވުނެވެ. “ތަން ކޮޅެއް ތިރި.. އާހ.. އަކުނިވަޔަށް ދަމަނީ ކަންނޭގެ. ވަރަށް ތަދުވޭ ލޫތް.” ކުއްލިއަކަށް ލީނާ ތެޅި ގަތުމުން ލޫތް އޭނާގެ ފައިގައި ދަށްފުށުގައި ބާރަށް އަތް ހާކާލިއެވެ. “އޯކޭ.. އޯކޭ މިހާރު. ތޭންކްސް.” ލީނާ މިހެން ބުނުމުން އައިފާގެ ހިތަށް ތަދުވިއެވެ.

ލޫތް އަދިވެސް ލީނާއަށް އަޅާލާ މިންވަރު އިހުސާސް ވުމުން އައިފާ ހިތަށް އަސަރު ކުރިއެވެ. “ދެން ވެސް ބަލައިގެން އުޅޭތި..” ލޫތް މިހެން ބުނެ ތެދުވެ އަތުކުރި ގަޑިއަށް ބަލާލިއެވެ. “ދަނީ އިނގޭ ބޭބް. އޮފީސް ނިމުނީމަ އަންނާނަން.” އައިފާ އަތުގައި ހިފާލަމުން މިހެން ބުނެފައި ލޫތް އެތަނުން ދިޔައެވެ.

އޭރު ލީނާގެ ނަޒަރު ހުރީ އައިފާއަށް ހުއްޓިފައެވެ. އެ މޫނުމަތިން ނުތަނަސް ކަމާއި ހިތާމަ ފާޅުވުމުން ލީނާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. “ލޫތް ނުހިފޭއްޓި ނަމަ ދެންމެ ރަނގަޅަށް ވެސް އަނިޔާއެއް ވީސް.. ހެހެހެ.” ލީނާ ހަމަޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. “އޯކޭތަ؟” އައިފާ ފާރަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. އޭނާގެ ހިތަށް އެތަށް އިހުސާސެއް އަރައި ފައިބަމުން ދިޔަ ނަމަވެސް އެކަންތައް ލީނާއަށް އޭނާ ފޮރުވިއެވެ.

****

ދަންވަރުގެ ހިމޭން ކަންމަތީގައި ނިދިފައި އޮތް އައިފާ އޮތީ ކުރުގެޅިގެންނެވެ. އޭސީގެ ފިނިކަމުން ރަޖާގަނޑުން މުޅި މިހާ ފޮރުވިފައި ވީއިރު ގައިގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލަމުން އައިފާ އެކިކޮޅު ކޮޅަށް ނަޒަރު ހިންގަމުން ދިޔައެވެ. ވެރިވެފައިވާ އަނދިރި ކަމުގެ ތެރެއިން ކުއްލިއަކަށް ފަނޑު އައްޔެއް ފާޅުވުމުން އައިފާއަށް ނޭވާ ހިފައްޓާލެވުނެވެ.

ދެލޯ ދެތިން ފަހަރަކު މަރާލުމަށްފަހު ހުޅުވުމުން އެފަނޑުއަލީގެ ތެރެއިން ސޯފާގައި އިން ލޫތް އޭނާއަށް ފެނުނެވެ. ނިދިފައި އިންއިރު އެ މަންޒަރު އައިފާއަށް ސާފުކޮށް ފެނުނެވެ. އޭނާ ލޫތްއަށް ގޮވާލަށް އަނގަ ހުޅުވާލި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އެވަގުތު ހުޅުވިފައި ހުރި ދޮރުން މީހެއްގެ އަނދިރި ސޫރަ ފާޅުވިއެވެ.

ލަސްފިޔަވަޅު ތަކެއްގައި އެ ސޫރަ އެނދާއި ދިމާއަށް އަންނަމުން ދިޔައެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރި މި އަނދިރި ސޫރަ ކައިރިވި ވަރަކަށް އައިފާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ތެދުވަން މަސައްކަތް ކުރި ނަމަވެސް އަތެއް ފައެއް ގުޑުވައެއް ނުލެވުނެވެ. އޭރު ވެސް ސޯފާގައި ނިދިފައި އިން ލޫތްއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ.

ނިއްކުރީގައި އޮށްދާހިއްލަމުން ދިޔައިރު އައިފާ ތެދުވަން އެތަށް މަސައްކަތެއް ކުރަމުން ދިޔައެވެ. ކުއްލިއަކަށް ކުރިމަތީގައި ހުރި ސޫރަ ބޮޑު ބާލިހެއް ނަގައި އޭނާގެ މޫނަށް އަމާޒު ކޮށްލިއެވެ. އައިފާ ބިރުން ތެޅެފޮޅެން މަސައްކަތް ކުރި ނަމަވެސް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. އޭނާގެ ލޮލުން ފޭބި ކަރުނަ ބާލީހަށް ފޭދުނު އިރު ބިރުން މުޅި މިހާ ރޫރޫ އަޅައެވެ.

އެ ބޮޑު ބާލިސް ގެނެސް އައިފާގެ މޫނުގައި އަޅައި ފިއްތާލުމާއި އެކީ އޭނާ ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. އެތެރެ ހަށީގައި ނޭވާ ބެދި ހީވީ ފުއްޕާމޭ ފަޅައިގެން ހިނގައިދާނެ ހެންނެވެ. މުޅި މޫނު ބާލީހުން ފޮރުވިފައި ވީއިރު އެތެރެހަށި ބާރުވަމުން ދިޔަ އިހުސާސެއް އޭނާއަށް ވިއެވެ. ދެލޯ ރަތްވެ އަތް މުށްކެވުނު އިރު ބާލިސް ދުރުކޮށްލަން ވެސް އެއަތް ހަރާތެއް ނުކުރިއެވެ. ކަރުތެރެ އެއްކޮން ހިކި ހިންދިރުވައި ނުލެވުނެ އިރު ކަރުގެ ނާރުތަށް ވަނީ ނޭވާ ތާށިވުމުން ފުއްޕާފައެވެ. އައިފާއަށް ހީވީ އޭނާގެ އެންމެ ފަހުވަގުތު އައިސް ޖެހުނީ ހެންނެވެ. ސިކުނޑިއަށް ލޭ ދައުރުވުން ހުއްޓުނު އިރު މޭ ފަޅައިގެން ދިޔަ ކަހަލަ އިހުސާސެއް އޭނާއަށް ވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 10

Next

އެދުނީމޭ ލޯތްބާއި އުފާ… ފަހު ބައި

Next
August 30, 2016

އެދުނީމޭ ލޯތްބާއި އުފާ… ފަހު ބައި

Previews
August 30, 2016

ނޭނގޭހެ ހާދަ ލޯބިވޭ 10

55 Comments!

  1. layaal says:
    August 30, 2016 at 2:25 pm

    hi readers. so i’m back after a long delay. sorry and thanks for waiting so patiently. let me know how its is. I missed you all so much. next part on Thursday in sha allah.

    1. Aimsithu says:
      August 30, 2016 at 8:18 pm

      Mis u too laya

      Komme dhuvahhe nimeny mi vaahaka ah inthixaaruga..
      But story is awesome

  2. Ary says:
    August 30, 2016 at 2:28 pm

    me first!! missed you layaa dhoonii. hiy thalhuvaalafa as usual thi ninmaali. vv obi. missed you SO much ❤️

    1. layaal says:
      August 30, 2016 at 3:10 pm

      thanks ?

  3. Faathun says:
    August 30, 2016 at 2:36 pm

    I’m speechless! sifakurun hama on point igey. the zulhey and lutufi scene was perfect. e manzaru hama sifavey. ehaa ves furihama kon genes dheefa huri. this is why your so popular on this site. this is why your our favorite and one of the beat authors i have read so far. Laara menna dhookura vare neh. layaa ge vaahaka kiyaa hiyvanee ves sifakurun furihama kamun. Masha allah. keep going. loved every bit of it. and missed you igeyyyy..❤️❤️❤️

    1. layaal says:
      August 30, 2016 at 3:10 pm

      Thank you so much dear. ?

  4. Y@/^€€ says:
    August 30, 2016 at 2:40 pm

    Wow vvvv nice.

    1. layaal says:
      August 30, 2016 at 3:11 pm

      thanks

  5. Sabeeha says:
    August 30, 2016 at 2:42 pm

    vv reethi..??

    1. layaal says:
      August 30, 2016 at 3:11 pm

      thanks

  6. Sana says:
    August 30, 2016 at 2:44 pm

    V salhi

  7. Sana says:
    August 30, 2016 at 2:45 pm

    Kihineh tha mihaar layaa??

    1. layaal says:
      August 30, 2016 at 3:11 pm

      I’m better now.

  8. zoooo says:
    August 30, 2016 at 2:58 pm

    V v v v vnice

    1. layaal says:
      August 30, 2016 at 3:11 pm

      thanks ?

  9. sam says:
    August 30, 2016 at 3:02 pm

    vv reethi

  10. chwyt says:
    August 30, 2016 at 3:13 pm

    awww Layaa is back 🙂 the story !! its amazing as always .. cant just wait for the next episode.. loves to the maxx layaa.. its WONDERFUL <3 <3 <3 :* :*

    1. layaal says:
      August 30, 2016 at 3:46 pm

      Thanks dearv?

  11. Mexxo says:
    August 30, 2016 at 3:28 pm

    v v v reethi

  12. shaina says:
    August 30, 2016 at 3:30 pm

    hi layaa thanxs come back dhw.. love u dear missed u .. v v reethi ifa n looth dhurun nukurahcheh plx

    1. layaal says:
      August 30, 2016 at 3:46 pm

      thanks ?

  13. ninaa says:
    August 30, 2016 at 3:31 pm

    oh after a long time .story v v v reethi . waiting for the next part

  14. Saajidh says:
    August 30, 2016 at 3:53 pm

    WOW… v v salhi… kobaa ma bunymehnu Leenaa islaahu veeheneh hiyeh nuveyey… next part ah eba v inthizaaru kurevey…

    1. layaal says:
      August 30, 2016 at 4:09 pm

      Thanks ?

  15. Naju? says:
    August 30, 2016 at 4:16 pm

    Nooo. Dont dont do that to aifa..
    You are back dhw.. story is awesome..
    Waiting for the next part.. ??☺?

    1. layaal says:
      August 30, 2016 at 5:00 pm

      Thank you ?

  16. ken? says:
    August 30, 2016 at 4:22 pm

    i guess dats juz a dream of aifa…btw happy to c dat u r back…☺

  17. Appy says:
    August 30, 2016 at 4:50 pm

    Welcome back. …….Miadhu siss gaathu ky dheynan hithaa jaanaa adhi vx naadhe ey adhi vx layaal rangalhu nuvany baa ey ..hehe anehka layaal ah adu ivunytha appy men dhehki vaahaka miadhu thi up kury ….btw story v rythi ingey ..gud luck

    1. layaal says:
      August 30, 2016 at 5:00 pm

      hehe. Thanks Appy ?

  18. sheen says:
    August 30, 2016 at 5:47 pm

    Yeyyy..Layaa is back..U r the best
    Storyy hama superb..But plx dont do that to aifaaa..Waiting waiting..Next part avahah upkohdhehche ingey

    1. layaal says:
      August 30, 2016 at 8:02 pm

      thanks ?

  19. Look says:
    August 30, 2016 at 7:11 pm

    Kuramey Magey inthizaaru
    Bele Ey feneythoa Esfiyaan
    Kiyaalaa hithey Vanee dheynan hithaa jaanaa
    Hithaa Jaanaaves dhevihjey
    layaalge mivaahakayah

    1. Marsh says:
      August 30, 2016 at 7:36 pm

      Wow … V reethi lhemeh….

    2. layaal says:
      August 30, 2016 at 8:02 pm

      hehe. thats so sweet. thanks ?

    3. Look says:
      August 31, 2016 at 9:18 am

      layaal
      Look ah TANKQ bunebae

    4. Look says:
      August 31, 2016 at 9:30 am

      Kiyaa dheynamey heyo hithun
      Shukuraa thahaanee
      Wow kiyaalamun vedhumaa salaamey.
      Adhaa kuraanee shukurey
      Kiyaala dhulun shukurey
      Wow kiyaalamun shukurey
      Look ge hithun -Marsh- ah shukurey

    5. layaal says:
      August 31, 2016 at 4:10 pm

      Thanks again?

  20. Faathee says:
    August 30, 2016 at 8:35 pm

    Yayyy finally layaal is back.. kurin ves up kuramun aa gotha dhw up kuraani. Saturday Sunday Tuesday Thursday right? Waiting for next episode

    1. layaal says:
      August 31, 2016 at 4:10 pm

      yes dear ?

  21. Thukko says:
    August 30, 2016 at 9:34 pm

    Finally layaa is back n story is awesome

  22. Shaam says:
    August 30, 2016 at 10:15 pm

    V foohive. Meoh Gina dhuvas kohffa genasdhin iruses ehaa nice eh noon

    1. layaa's love says:
      August 31, 2016 at 10:17 am

      pis pis pis. alhe dhn shukuru kohbala. ehen noonas mivarakah vaahaka eh reethi kureveynee. this is the best story so far. keep up the good work layaa babe. haters gonna hate :*

    2. layaal says:
      August 31, 2016 at 4:11 pm

      thanks dear. ?

  23. Anu says:
    August 30, 2016 at 11:34 pm

    Mi story mee emme kiyaa hiyvaa story. 🙂

    1. layaal says:
      August 31, 2016 at 4:11 pm

      thanks

  24. koo says:
    August 30, 2016 at 11:50 pm

    Thanx finally v salhi waiting for next

  25. nuzu says:
    August 31, 2016 at 12:06 am

    vvv salhi. sifakurun hama vvvvvvvvvv furihama. welcome back layaa. ?

    1. layaal says:
      August 31, 2016 at 4:11 pm

      thanks you ?

  26. bad boyy says:
    August 31, 2016 at 10:25 am

    nice of it

  27. Metal0-1 says:
    August 31, 2016 at 12:28 pm

    Best story i have ever read

    1. layaal says:
      August 31, 2016 at 4:12 pm

      thanks ?

  28. Angel says:
    August 31, 2016 at 11:15 pm

    Mee layaa ge first story tha?

  29. Nash says:
    September 1, 2016 at 12:01 pm

    kn iraku thoa dhen oiy part genes dheny? btw ur story is awsome.! v v salhi.! <3

  30. aisha says:
    September 1, 2016 at 12:57 pm

    kobaatha story

  31. thagy says:
    September 1, 2016 at 2:36 pm

    koba story

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (27)←


All Right Reserved!