Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

3 ވަނަބައި

Aishah
August 29, 2016
4 Mins Read
40 Views
6 Comments

 

އެވަގުތު ޝާލް އަހަރެންގެ އަތުގައި ހިފަހެއްޓިއެވެ. އޭނާގެ ޖީބުން ވަރަށް ލޯބިލޯބި އަނގޮޓިއެއް ނެގިއެވެ.އޭގައި ވަނީ އަހަރެންނަށް އެންމެ ރީތި ކުލަ ކަމުގައިވާ ރަތްކުލައިގެ އެހެއްޖަހާފައެވެ. ” ނަޔާ އަހަރެންގެ ހުރިހާ އުންމީދުތައް މިރޭ ފުނޑުފުނޑުވެއްޖެ. އެނގޭތަ މި އަނގޮޓިއަކީ އަހަރެން މީގެ އެއްއަހަރު ކުރިން މިދުވަހަށް ތައްޔާރުކޮށްފައި އޮތް އެއްޗެއް….. އަހަރެން ނިންމައިގެން ހުރީ ނަޔާގެ ކޯސް ނިމޭ ދުވަހު ނަޔާއަށް ޕްރޮޕޯސް ކުރަން…….އެހާވަރުން ޗުއްޓީނަގައިގެން އަހަރެން މާލެ މިއައީވެސް ……އަހަރެމެންގެ މިލޯބީގައި ހަޤީޤީ ކުލަޖައްސަން ބޭނުންވާތީ  އެކަމަކު…………” ޝާލް އަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އިތުރަށް ވާހަކަދައްކާނެ ހިތްވަރުނެތީއެވެ.” މިއީ އަހަރެންގެ ހަނދާނަކަށް…” މިހެން ބުނަމުން ޝާލް އަހަރެންގެ އިނގިލީގައި އެއަނގޮޓި އެޅުވިއެވެ. އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އަހަރެން  ގެއަށްދާން ހިނގައި ގަތީމެވެ. ދިހަވަރަކަށް ފިޔަވަޅު އެޅުމަށްފަހު ހިތައް ކެތްނުކުރެވިގެން އަހަރެން ފަސްއެނބުރި ބަލައިލީމެވެ. ޝާލްއާއި ދިމާލަށެވެ. އޭނާ އިނީ އަހަރެންނަށް ބަލާށެވެ. އަހަރެން އެއަށްފަހު ފަހަތަކަށް ނުބަލަމެވެ.ބާރުބާރަށް ހިނގާފައި އައިސް ގެއަށް ވަނީއެވެ.

ގެއަށް ވަނުމަށްފަހު ފުރަތަމަވެސް ފޯނު ޗާޖަށްޖެހީމެވެ. އެއާއި އެކު ފޯނު ހުލުވޭތޯ މަސައްކަތް ފެށީމެވެ. ދެ މިނެޓް ތެރޭގައި އަހަރެންނަށް އެކަން ކާމިޔާބު ވިއެވެ. ވަގުތުން އަހަރެން އިންމައަށް ގުޅީމެވެ. ނަސީބު ވަރަށް ރަނގަޅެވެ. ފުރަތަމަ ރިންގާއި އެކު އިންމަ ފޯނު ނެގިއެވެ.” އިންމަ…….. ޕްލީޒް ޝާލްގެ ހަބަރެއް ބަލައިލަބަލަ……… އޭނަ އަށް މިވަގުތު އިންމަ ވަރަށް މުހިންމުވާނެ. ޕްލީޒް އޭނައަށް ގުޅައިގެން އޭނަ ކައިރިއަށް ގޮސްދީބަލަ ޕްލީޒް ޕްލީޒް. އަހަރެން އިންމަ ކައިރިން މިނޫން ކަމެއްގައި ދުވަހަކުވެސް ނޭދޭނަން” އެއްނޭވާއިން އަހަރެން ހުރިހާ ވާހަކައެއް ކިޔާލީމެވެ. އޭރު އަހަރެންނަށް ރޮވިއްޖެއެވެ.” އޯކޭ އޯކޭ މިދަނީ މިދަނީ ނަޔާ ހަމަޖެހިބަލަ، އަހަރެން ފަހުން ގުޅާނަން” އިންމަ އަވަސް އަވަހަށް ބުންނެވެ،. އެއާއި އެކު ފޯނު ކަނޑާލިއެވެ.

އަހަރެންވަނީ ފާހަނާއަށެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައި ފެންވަރާލާށެވެ. ފެންވަރާލުމުން އަހަރެންގެ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ތާޒާ ކަމެއް އިހުސާސްކުރެވުނެވެ. އެއަށްފަހު އަހަރެން ނަމާދުކޮށްލައިގެން އެނދުގައި އޮށޯވެލީމެވެ.އިންމަގެ ފޯނަށް އިންތިޒާރުކުރާ ހާލުގައެވެ. އޭރުވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޝާލް ދެއްކި ވާހަކަތަކެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފެށުމުން އަހަރެން ފޯނު ނެގީމެވެ. ގުޅީ އިންމައެވެ.” ހެލޯ… ހެލޯ  ނަޔާ ….. ޝާލް ސައިކަލެއްގައިޖެހި އެކްސިޑެންޓް ވެއްޖެ. އަހަރެން މިހިރީ އޭޑީކޭ ހޮސްޕިޓަލްގެ އެމެޖެންސީބައިގައި. އަވަހަށް އާދޭ މިކޮޅަށް……..” އިންމަ އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އަހަރެންގެ މެއަށް ހީވީ ހޫނުފެން އެއްޗެއް އޮށްސާލިހެންނެވެ. ދެފައިން ވަރުހުސްވާހެން ހީވެގެން އަހަރެން އަވަސް އަވަހަށް އެނދުގައި އިށީނީމެވެ. އަވަސްއަވަހަށް ފޯނުނަގާފައި ޓޭކްސީ ސެންޓަރަކަށް ގުޅާލީމެވެ. އަވަސް އަވަހަށް ކުޑަކޮށް ރީތިވެލައިގެން އަހަރެން ތިރިއަށް ފޭބީމެވެ. އޭރު ޓެކްސީ އޮތީ އަހަރެންގެ އިންތިޒާރުގައެވެ.

އަވަސްފިޔަވަޅުތަކެއްގައި އަހަރެން އޭޑީކޭ ހޮސްޕިޓަލްގެ އެމެޖެންސީ ބަޔަށް ވަނީމެވެ. ހިތާހިތުން ޝާލްއަށް ދެރަގޮތެއް ނުވުމަށް އެދި ދުއާކުރަމުންނެވެ. އަހަރެންނަށް އިންމަ ފެނުނެވެ. އަހަރެން ފެނުމާއި އެކު އަތުގެ އިޝާރާތުން ހަމަޖެހުމަށް އިންމަ ބުންޏެވެ. އަހަރެން ގޮސް ޝާލްއޮތް އެދުކައިރީ އިންމަ ގާތުގައި މަޑުކޮށްލީމެވެ. އަހަރެން ޝާލްއަށް ބަލައިލީމެވެ. އޭނާގެ ނިއްކުރި ވަނީ ބޮލުން ބަޔަކާއިއެކު ބެންޑޭޖް ކޮށްފައެވެ. ބެންޑޭޖްމަތިން ކުޑަކޮށް ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. ކަނާއަތުގެ އުޅަނބޮށިވެސް ވަނީ ބެންޑޭޖް ކޮށްފައެވެ. އޭރު އޭނާގެ ލޯވަނީ މެރިފައެވެ.

” އިރާދަ ކުރެއްވީތީ އެހާބޮޑު އަނިޔާއެއް ޝާލްއަށް ލިބިފައެއްނެތް. ޑޮކްޓަރ ބުނުއްވީ ކަންބޮޑުވާން ޖެހޭވަރުގެ އެއްވެސް އަނިޔާއެއް ލިބިފައެއްނެތޭ. ވެއްޓުނުލެއް ބާރުކަމުން ނިތްކުރިމަތިން ދެ އިންޗިހާތަން ފަޅައިގެންގޮސް، އުޅަނބޮށި ކައިރިންވެސް ތިން އިންޗިއެއްހާތަން މަށައިގެން ގޮސްފަޔޯ ހުރީ….އިތުރު އަނިޔާއެއް ލިބިފައެއްނެތޯ…. ހަފްތާއެއްގެ ތެރޭގައި ރަނގަޅުވާނެޔޯ.ކުޑަކޮށް ހަށިގަނޑުގައި ވަރުދެރަވެފައިވާތީ އައިވީ ހުސްވުމުން ދޫކޮށްލާނެ ވާހަކަވެސް ބުނި، ” އިންމަ އަހަރެންނަށް ކިޔައި ދިނެވެ. އަހަރެން ﷲގެ ކިބަފުޅަށް ހިތާހިތުން ހަމްދު ކުރީމެވެ.

ޝާލްގެ އަތް މަޑުމަޑުން ހަރަކާތް ކުރަންފެށިއެވެ.” ނަޔާ……” ޝާލް ގެ ދުލުން އަހަރެންގެ ނަން ބޭރުވިއެވެ. އެހެންނަމަވެސް އޭރު އަދި އޭނާއަކަށް ނުހޭލެވެއެވެ. އަހަރެން ވަގުތުން އެތަނުން ނިކުތުމަށް ހިނގައިގަތީމެވެ. ޝާލްއަށް ހޭލެވޭއިރު އަހަރެން އެތަނުގައި ހުރެއްޖެނަމަ ޢަހަރެން މިކުރާ މަސައްކަތް ބޭކާރުވެދާނެތީއެވެ. ނަމަވެސް ނަސިބު ބުރަވީ ޝާލްގެ ކޮޅަށްށެވެ. ” ނަޔާ….. ކީއްވެގެންތަ ތިއުޅެނީ. ޝާލް ހޭލާއިރު މިތާގައި ހުންނަން ޖެހޭނީ ނަޔާއެއް ނޫންތަ؟ ” އިންމަ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް އަހަރެންނަކަށް ނުލިބުނެވެ. “ނަޔާ ” ޝާލް އަހަރެންނަށް ގޮވާލިއެވެ. އަދި ތެދުވަން މަސައްކަތްކުރިއެވެ. އަހަރެން އަވަސްއަވަހަށް ޝާލްގެ ކައިރިއަށް ޖެހިލީމެވެ. އަދި އޭނާތެދުވަން ފުރުސަތު ނުދީ އޮށޯތުމަށް އިށާރާތް ކުރީމެވެ. ޝާލްވެސް ކުޑަކުއްޖެއްފަދައިން އަހަރެންގެ ބަސްގަބޫލުކޮށްގެން އަހަރެންނާއި ދިމާލަށް ބަލަން އޮތެވެ. ޢޭރު އެދެލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަމުންދެއެވެ. އަހަރެންގެ ލޮލަށް ކަރުނަތައް ގިނަވަމުންދިއައެވެ. ޝާލް ރޯތަންފެނުމުން އަހަރެން ކެތްނުވެގެން އަހަރެންގެ އިނގިލިގައި އޭނާ އެޅުވި އަނގޮޓި ދައްކާލީމެވެ.އަބަދުވެސް އަހަރެން އޭނާއާއިއެކު ވާކަން ހާމަ ކޮށް ދިނުމަށްޓަކައެވެ.އެއާއިއެކު ޝާލްގެ ކަރުނަތައް ފުހެލަދިނީމެވެ. އަދި އޭނާއާއި ދިމާއަށް ހިނިތުންވެލީމެވެ. އެވަގުތު ޝާލް އަހަރެންގެ އަތުގައި ހިފާ އެ އަނގޮޓީގައި ބޮސްދިނެވެ.” އޭ! އޭ! ޑޮކްޓަރ އެނބަ ދުރުވޭ'” އިންމަ އަހަރެންގެ ކޮނޑުގައި މަޑުމަޑުން އަތްބާއްވާލަމުން ބުންޏެވެ. އަހަރެން ދުރައްޖެހިލީމެވެ. ޑޮކްޓަރަށްތަން ދެއްކުމުގެ ގޮތުންނެވެ. ޑޮކްޓަރ ޝާލްބެލުމަށް ފަހު ގެއަށް ދޫކޮށްލިއެވެ.

ޝާލްއާއިއެކު ގެއަށް ދިޔައީ އަހަރެންނާއި އިންމައެވެ. އިންމަދިޔައީ އޭނާގެ ސައިކަލްގައެވެ. އެހެންކަމުން ޝާލް އާއިއެކު ޓެކްސީގައި ދާންޖެހުނީ އަހަރެންނަށްށެވެ. ޓެކްސީއަށް އެރީއްސުރެ ޝާލް އަހަރެންގެ އަތުން ދުލެއްނުކުރެއެވެ. އޭނާ ދުވަހަކުވެސް އަހަރެންނާއި ވަކިވާން ބޭނުންނުވާ ކަހަލައެވެ.ޓެކްސީ ޝާލްމެންގެ ގޭދޮރުމައްޗަށް މަޑުކުރިއިރު އިންމަ ހުރި ގޭ ދޮރުމަތީގައެވެ. ޓެކްސީގެ ދޮރު ހުލުވައިދިނީ އިންމައެވެ. އަހަރެން ފޭބުމަށްފަހު އަހަރެންގެ އެހީތެރިކަމައިއެކު ޝާލް ފޭބިއެވެ.

އަހަރެމެން ތިންމީހުން އެކުގައި ގެއަށް ވަނީމެވެ. އޭރު ޝާލްގެ ދައްތަ އިނީ ސިޓިންރޫމްގައެވެ. ޓީވީ ބަލާށެވެ. ” ޝާލް ކިހިނެއްވެފަ ތިހިރީ” އަހަރެމެން ފެނުމާއިއެކު ޝާލްގެ ދައްތަ ޝާލްގެ ގާތަށް އައިސް ހާސްވެފައި ހުރެ ސުވާލު ކުރިއެވެ. ” މަޖީދީމަގު ހުރަސްކުރަނިކޮށް އައި ސައިކަލެއްގައި ޖެހުނީ. ހާސްވެ ކަންބޮޑުވާވަރުގެ އެއްވެސް އަނިޔާއެއް ނުލިބޭ” ޖަވާބު ދިނީ އިންމައެވެ.އޭރު އަހަރެމެން ސޯފާގައި އިށީންނަނީއެވެ    ” ނަސީބެއްނު. ކީއްވެ ދައްތައަށް ގުޅާނުލީ.  ދެންވެސް އަވަހަށް ދޭ ކޮޓަރިއަށް އަރާމުކޮށްލަން. އެހެންވެ ދައްތަ އަބަދުވެސް ބުނަނީ މަގުމަތީގައި އުޅޭއިރު ބަލައިގެން އުޅޭށޭ. ޝާލްއަށް ކަމެއްވެއްޖެއްޔާ ޝާލްގެ މަންމަ ދުނިޔެއިންވެސް މޮޔަވެދާނެއެއްނު. ފޯނު ކޮބާ؟ ޝާލްގެމަންމަ ބުނެގެން ޝަރުމީލާ މިހާރު ދިހަވަރަކަށް ފަހަރު ގުޅައިފި. ހަވީރުއްސުރެ ނުގުޅާތީ މަންމަ ހަމަ ރޮނިއްޔޯ ޝާލްއަށް ކޮންމެވެސް ކަމެއްވެއްޖެއޭ ކިޔާފަ. އަހަރެން ބުނިން އައީމަ ބުނާނަމޭ ގުޅާށޭ އެއްވެސް ކަމެއް ނުވެއޭ” ދައްތަ ޝާލްއަށް އޮޅުންފިލުވައިދިނެވެ.އަހަރެން ޝާލްއަށް ބަލައިލީމެވެ. ޝާލް މަޑުމަޑުން އިސްދަށަށް ޖަހާލިއެވެ.” އިންމަ، މިއީ ކޮންކުއްޖެއްތަ؟ ކޮންމެވެސްތާކުން ފެނުނު ހަނދާނެއްވޭ” އަހަރެންނަށް ބަލާލަމުން ދައްތަ އިންމަގާތުގައި އެހިއެވެ. “އެއީ އަހަރެންގެ………..”ޝާލް ޖަވާބު ދިނުމަށްޓަކައި އަނގަހުޅުވިއެވެ. ” ރައްޓެއްސެއް” ޝާލްގެ ޖުމްލަ ފުރިހަމަކުރުމުގެ ކުރިން ގަޔަށްބާރުލާފައި އަވަސްއަވަހަށް އަހަރެން ބުނީމެވެ.ޝާލް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެން އިސްޖަހާލީމެވެ.

ޝާލް އާއިއެކުގައި އަހަރެންނާއި އިންމަ ވެސް ކޮޓަރިއަށްވަނީމެވެ. ޝާލްގެ ނިދާއެނދުގެ ހެޑްބޯޑުމަތީގައި އަހަރެންގެ ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ. އެއީ އަހަރެމެންގެ ދެމީހުންގެ ގުޅުމުގައި ލޯބީގެ ކުލަ ޖެހުނު ފުރަތަމަރޭ އަހަރެންގެ ހަނދާނަކަށް ޝާލްއަށް އަހަރެންދިން ފޮޓޯއެކެވެ. ޝާލް އަބަދުވެސް އެފޮޓޯ ގެންގުޅެނީ ފަސޭހައިން އޭނާއަށް ފެންނާނެ ގޮތަކަށެވެ. އަހަރެންނަށް އިތުރު އެއްޗެއް ވިސްނުނެވެ. ދައްތަ އަހަރެންނާއި ދިމާއަށް ކޮންމެވެސްތަނަކުން ފެނުނު ހަނދާނެއް ވެއޭ ބުނުމުގެ ސަބަބަކީ އެއީއެވެ.އާނ އެކެވެ. ދައްތަ އެކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އެފޮޓޯ ދައްތައަށް ފެންނާނެއެވެ. އަހަރެން ބޭނުންވީ އަވަހަށް އެތަނުން ނިކުންނާށެވެ. ސަބަބަކީ އަހަރެމެންގެ ގުޅުން އިތުރަށް ކުރިޔަށް ގެންދެވެންނެތް އިރު އާއިލާގެ މީހުންނަށް ފެނި ތައާރަފްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ” ޝާލް އަހަރެންދެން ދަނީ އިނގޭ.” ޝާލްގެ ގާތަށް ޖެހިލަމުން އަހަރެންބުނީމެވެ. އޭރު އޭނާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ކައިރީގައި އިންމަ އިށީންދެލައިގެން އިނެވެ. އެވަގުތު ޝާލް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އޭނާ ދޫކޮށްލާފައި ނުދާށޭ ބުނާކަހަލަ ގޮތަކަށް އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ.” ޝާލް މިހާރު އެއޮތްގެން އެގާރަ ޖަހަނީ މިހާރު މާބޮޑަށް ވެސްލަސްވެއްޖެ.” އަހަރެން އާދޭސްކުރާ ހާލުގައި ބުނީމެވެ. “އިންމަ ……. ނަޔާ ރައްކާތެރިކަމާއިއެކު ގެއަށް ގެންގޮސްދީބަލަ. ޕްލީޒް” ޝާލް އިންމަ ކައިރީގައި އެދުނެވެ. އިންމަ ބޯޖަހާލިއެވެ. ” ދެން އަރާމުކޮށްލާ…. އަހަރެމެން ދަނީ ހެނދުނުން އަންނާނަން” އިންމަ ޝާލްއާއި ދިމާލަށް ބުންޏެވެ. “ގަޑިން ގަޑިއަށް ބޭސްކާން ހަނދާން ކުރާތި. ނިދުމުގެ ކުރިން މަންމައަށް ގުޅާތި. ދެން އަރާމުކޮށްލާ” އަހަރެން ކޮޓަރިން ނިކުތުމެ ކުރިން ޝާލްގެ އަތުގައި ފިރުމާލަމުން ބުނީމެވެ.

އިންމަ ސައިކަލް ހިފައިގެން އައުމުން އަހަރެން ފަހަތައް އެރީމެވެ. ޝާލްމެންގެ ގޭ ހުންނަނީ މާފަންނުގައެވެ. އަހަރެމެންގެ ގޭ ހުންނަނީ ހެންވޭރުގައެވެ. އިންމަ މިސްރާބު ޖެހީ ބޮޑުތަކުރުފާނު މަގަށެވެ.ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އިންމަ ބާރަށް ދުއްވާފައި ގޮސް މަޑުކުރީ ޓީޖެޓީ އާއި ދިމާއަށް ވަކިން ހަދާފައިވާ ބުރުކައިރީގައެވެ.  އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. “ކީއްވެ މިތަނަށް ތި މަޑުކުރީ” އަހަރެން އިންމައާއި ސުވާލު ކުރީމެވެ. ” އޯކަމޯން ނަޔާ……… ނަޔާއަށް ހަމަރަނގަޅަށް އެނގޭނެ ކީއްވެގެންކަން އަހަރެން މިތަނަށް މި މަޑުކުރީ.އެނގޭ ނަޔާއަށް ވަރަށް ލަސްވެއްޖެކަންވެސް…………. އެކަމަކު އަހަރެންގެ އެއްމެ ސުވާލަކަށް ތަފްސީލު ކޮށް ޖަވާބުދީ” އިންމަ އަހަރެންނާއި ދިމާއަށް ބުންޏެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގެއެވެ. އަހަރެން ބޯޖަހާލިމެވެ. އެއްބަސްވުމުގެ ގޮތުންނެވެ. އިތުރުގޮތެއް ނެތީމައެވެ.

ނުނިމޭ

 

 

 

 

0
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aishah

Other Articles

Previous

އެދުނީމޭ ލޯތްބާއި އުފާ 12

Next

މާޔޫސް ވެފާ…( 2 ވަނަ ބައި )

Next
August 29, 2016

މާޔޫސް ވެފާ…( 2 ވަނަ ބައި )

Previews
August 28, 2016

އެދުނީމޭ ލޯތްބާއި އުފާ 12

6 Comments

  1. aik says:
    August 29, 2016 at 3:51 am

    After so many days… But story is very nice.??

  2. Sabeeha says:
    August 29, 2016 at 5:15 am

    reethi..??

  3. munyy says:
    August 29, 2016 at 7:14 am

    Haadha dhuvahehh kohfa ey thi up kureveniii… thihenn up kuryma fahunn kyy bae hadhaan nuhureyyyy… up kuranya baraabarahh up kuranvynj… mahaku ehfaharu up kuranya kiyuntherinñn kiyaa hihhh nuvaane

  4. Shaa says:
    August 29, 2016 at 7:50 am

    Story vvvvvv reethi… avahah upkohla deythi

  5. hasee says:
    August 29, 2016 at 10:45 am

    adhe! haadha avahakah

  6. nicky says:
    August 29, 2016 at 8:10 pm

    woww…..nyc stry…

Comments are closed.

All Right Reserved!