Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔޫސް ވެފާ… ( 3 ވަނަ ބައި )

Loolu Level 110 Stories100 Comments
August 30, 2016 5 Mins Read
20 Comments

 

ޖުނޫމް ގެ ހިޔާލްތަކުގަ އަހަރެން އެހެން ރޯލަރޯލަ ހުއްޓާ ފަތިސް ނަމާދު ބަންގިވެސް ގޮވައިފިއެވެ.

އަހަރެން ފާހަނާއަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ނަމާދަށް އެރީމެވެ. ފަތިސް ނަމާދު ކޮށް ނިމުމުން އަހަންނަށް ދުއާ ކުރަން އިނދެވުނީ ރޮވިފައެވެ. މި ހިތްދަތި ދިރިއުޅުން ބަދަލްވެ ކަޅުކަން ވެރިވެފައިވާ މިހަޔާތަށް އަލިކަމެއް ވެރިވޭތޯ އަހަރެން އެކަލާނގެ ހަޒްރަތު ގަ ދުއާ ދެންނެވީމެވެ. އެ ހުރިހާކަމަކަށްފަހު ގަޑި ބަލައިލިއިރު ހުރީ ފަހެއް ޖަހާ ބޮޑުވެފައެވެ. ބޮލަށް ބަރުވެފަވާ ވަރުން އެނދުގަ އޮށޯވެލީ ނިދާލާށެވެ.

ދެން އަހަންނަށް ހޭލެވުނީ އަށެއް ޖަހަން އުޅެނިކޮށެވެ. މިހާރު މަންމަ ހުންނަނީ ރުޅިއައިސް އޭ ހިތަށް އަރާފައި އަހަރެންގެ ހިތް ރޫރޫ އަޅައިގަތެވެ. އަވަސް ކޮށް ފެންވަރާލައިގެން ގޭތެރެއަށް ނިކުތް އިރު އަހަރެން ގެ ދޮންތަ އިނީ މޭޒު ދޮށުގަ ސައިބޯށެވެ. ދޮންތަގެ ދަރިފުޅު އިޝީ ސޯފާގައި ކާޓޫން ބަލަންއިނެވެ. އަހަރެން ފެނުމުން ދޮންތަ ލޯ އަޅާލި ގޮތުން އަހަރެން ދެރަވިއެވެ.

“ކުޑީގެ ދޫނި ކާޓޫން ބަލަނީތަ..” އަހަރެން ގޮސް އިޝީ ގެ ބޮލުގަ ލޯބިން ފިރުމާލީމެވެ. އެއީ ވަރަށް ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. އިޝީ ދެކެ އަހަރެން ވަރަށް ލޯބިވަމެވެ. ނަމަވެސް އަހަރެންގެ ދެން ތިބޭ ދެ ދައްތަގެ ކުދިން ނަކީ ވަރަށް ސިޔާސަ ބައެކެވެ. ވަރަށް ބަސްނާހާ ބޮޑާހާކާލައިގެން ބައެއް ފަހަރު އުޅޭނެއެވެ.

“ހީރާ އެފިރިހެނަކާ ހިތާވިފަހުން މަންމައަށް އެހީވާކަށްވެސް ނުޖެހޭ ދޯ..ރީތި ގޮތަކަށް އުޅެން ދަސް ވެއްޖެ ދޯ..މަންމަ އެކަނިން މި ހުރިހާ ރޮއްޓެއްވެސް މިހިރީ ފިހެފަ..ތީ ކީއްކުރާ އަންހެނެއްތަ..” އެއިންގޮތަށް އިނދެ ރުންކުރު ފާޑަކަށް ދޮންތަ ބުނެލިއެވެ. އެންމެ ދުވަހަކު ސައި ހަދަން ނުހޭލެވުނީތީ އޭގެ ވަރުގަނޑު ބޭލީއެވެ. ދޮންތަ ކީ ހާ އެއްޗެއް އަޑު އަހަން އަނގައިން ނުބުނެ އަހަރެން އިނީ އެއްޗެކޭ ބުނެފިޔާ އަހަރެން ވަރުގެ ނުބައި މީހެއް މިދުނިޔޭގަ ނުހުންނަނެ ކަން އެނގޭތީއެވެ. ނަމަވެސް އަހަރެންނަށް ހުރެވުނީ ފެންކަޅިވެފައެވެ. ދޮންތަ ކައިރީގައި މަންމަ ވެސް ދުފާ ދަޅު ހިފައިގެން އިނެވެ. ރޭގަ އަހަރެން އުޅުނު ބުރަ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އެމަންމަ އަށެވެ. އަޅެ އެންމެ ފަހަރަކުވެސް އަހަރެންގެ ދިފާއުގަ ހަމްދަރުދީ ވެގެންވެސް އެއްޗެއް ބުނެލީއާ ވާނީކީއް ހެއްޔެވެ. އެހެން އިނދެ އިނދެފަ މަންމަ ގެއިން ނުކުމެގެންގޮސް މަސްކައްކާ ބަދިގެއަށް ވަދެއްޖެއެވެ.

“ދެން އަދި އެއްޗެކޭ ބުނާއިރަށް ދެލޮލުން ފެންބާލުވަން ފަށާނެ މާ މޮޅު ކަމަކަށް ހަދާފަ..” އަހަރެން ކަރުނަ ފޮހެލި ތަން ފެނުމުން ދޮންތަ އަށް އަނގަ ނުބާނައެއް ނީނދެވުނެވެ.

އަހަރެން އަނގައިން ނުބުނެ ގޮސް ކޮފީތައްޓެއް ހަދާލައިގެން އެބޯލީ ރޮށި ކާ ހިތް ނެތުމުންނެވެ. ދެން އަހަރެން ނިކުތީ އެގޭދޮށް ކުނިކަހާށެވެ. މުޅި ގޭދޮށް ކުނިކަހާ ނިމުން އިރު ހުރީ ދިހައެއް ޖަހާފައެވެ. ދެން އޮތީ މެންދުރަށް ބަތްކައްކާ ރިހަ ކެއްކުމެވެ. އެހުރިހާ ކަމެއް ކުރަން އަހަރެން އެކަނިމާއެކަނި ބަދިގޭގަ އުޅުން އިރުވެސް އެއްވެސް މީހަކު އެހީވެލާކަށް ނައެވެ. އަހަރެންގެ ތިން ދައްތަވެސް އެވަގުތު އެމީހުންގެ ދަރިން ގޮވައިގެން ސިޓިންގ ރޫމްގަ ތިބީ ހިންދީ ފިލްމެއް ބަލާށެވެ. އޭގެން އެކަކު ނަމަވެސް އައިސް ފިޔާ އެއް އެއްޗެއް ނޮޅާލަ ދިން ނަމަވެސް އަހަންނަށް ގައިމު އެކަންވެސް ނުކޮށް ވީސްތާއެވެ. ނަމަވެސް އެހުރިހާ ކަމެއްވެސް ކުރީހަމަ އަހަރެންގެ މި ދެއަތުންނެވެ. އޭރު މަންމަ ވީ ސަހީމައްތަ އާއެކު ދަރުކަނޑަށް ވަލަށް ގޮހެވެ. މަންމަ ގޭގަ ހުރި ނަމަ ކިތަންމެ ރުޅިއައިސް ހުއްޓަސް މަންމައަށް ވާވަރަކުން އަހަންނަށް އެހީވެދޭނެއެވެ. އެކަމާ އަހަރެން އުފާކުރަމެވެ. ނަމަވެސް ހިތުގަ ޖެހެނީ މަންމަވެސް އަހަންނާ ރުޅި މޫނު ހަދާ އަނގައިން ނުބުނެ ހުންނާތީއެވެ.

ކެއްކުމުގެ ހުރިހާ ކަމެއް ނިންމާލާފައި ފެންވަރައިގެން ނަމާދުކޮށްލައިގެން އަހަރެން ނިކުތީ ބޭރަށެވެ. އަތިރިއަށް ދާން އޮންނަ މަގު ކައިރީގައި ވަރަށް ބޮޑު ޖޯލި ފައްޗެއް އިނދެއެވެ. އެއީ ވަރަށް ފިނިވައި ޖެހޭ ހިތް ފަސޭހަ ތަނެކެވެ. އަހަރެން މަޑުމަޑުން ގޮސް ޖޯލީ ކައިރިއަށް ހުއްޓިލީމެވެ. އެހިސާބުގަ އެވަގުތު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެ ހިސާބުގަ އެތަށް ބައިވަރު ސިނގިރޭޓް ބުރި ތަކަކާއި އެނާޖީ ޑްރިންކް ހުސް ދަޅުތަށް އުކާފަ ހުއްޓެވެ. އެވަގުތު އަހަރެންގެ ހިތަށް ފުރަތަމަވެސް އައީ ޖުނޫމް ގެ ނަމެވެ. އެއީ އޭނާއާ އޭނާގެ ރައްޓެހިން ވަރަށް ގިނައިން އައިސް ވަގުތު ހޭދަ ކުރާ މާ ހައުލެކެވެ. މޮޔައަކު ފަދައިން އަހަންނަށް އެކި ކޮޅުކޮޅު ހޯދަން ފެށުނީ އެއްފަހަރު ނަމަވެސް ޖުނޫމް ފެނޭތޯއެވެ. މީ ޖުނޫމް މެން މިތަނަށް އުކާފައި ދިޔަ އެއްޗެއްސޭ އަހަރެންގެ ހިތް ބުންޏެވެ.

ފުން ނޭވާއެއް ލަމުން އަހަރެން ޖޯލީގަ އޮށޯވެލީމެވެ. އަހަރެންގެ ހިތަށް ވަނީ އެތަށް ގޮތަކުން އުނދަގޫވެފައެވެ. ޖުނޫމް ނުފެންނަހާ ހިނދަކު އަނގައިން ނުބުނެވޭހާ ހިނދަކު އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން ޔަގީނެވެ. ހިތަށް ލިބިފަވާ މާޔޫސް ކަމުން އަހަންނަށް އިނދެވުނީ ރޮއެގަންނަން ބޭނުންވެފައެވެ.ނަމަވެސް އަހަރެންގެ ސިކުނޑި ރޯކަށް އެއްބަހެއް ނުވެއެވެ. ސިކުނޑި އަންގަނީ ކެއްތެރިވެ ހިތްވަރު ގަދަ ކުރުމަށެވެ.

އެގޮތަށް އެތަށް އެތަށް އިރަކު ލޯ މަރާލައިގެން އެހެން އޮއްވާ އިވުނީ ސައިކަލެއްގެ ތަކެއްގެ އަޑެވެ. ސިހިފާ އަހަންނަށް ލޯ ހުޅުވާލެވުނީ ހިތަށް އެރި އެއްޗަކުން ނެވެ. އަހަންނަށް ފެނުނީ  ސައިކަލްގަ ޖުނޫމް ގެ އެކުވެރިއަކު އެ ތުނޑިއާ ދިމާލަށް އަންނަތަނެވެ. އަހަރެން އެއޮތް ގޮތަށް ބަލަން އޮތީމެވެ. ސައިކަލް ފަހަތުގަ އިން ޖުނޫމް ފެނުމާއެކު އަހަންނަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އަހަރެން ފެނުމުން ޖުނޫމް ގެ މޫނުމަތީންވެސް ފެނުނީ ހައިރާން ކަމެކެވެ. އެތަށް ދުވަހެއްގެ ލޮލުގެ ފެންބޮވައިގޮތުން އަހަރެންގެ ލޮލުގެ އެސްފިޔަތަށް ތެންމަމުން ދިޔައެވެ. އަހަންނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

ޖުނޫމް ސައިކަލުން ފުންމާލައިގެން އައިސް އަހަރެން ގާތަށް ހުއްޓިލިއެވެ. އޭނާ އާއެކު އައި އެކުވެރިޔާ ކޮންމެސް އެއްޗެކޭ ބުނެލާފައި ތުނޑީކޮޅަށް ފައިބައިގެން ހިނގައްޖެއެވެ.

“ހީރާ…ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ ” ޖުނޫމް އަހަރެންގެ ދެއަތުގަ ހިފަހައްޓަމުން ހަތަރުކަޅި ހަމަކޮށްލާފައި ވާހަކަ ދެއްކިއެވެ.

އަހަންނަށް އޭރުވެސް ރޮވެމުން ދިޔަވަރުން ވާހަކަ ދައްކަން ދަތިވިއެވެ. ޖުނޫމްއަށް އެކަން ފާހަގަ ކުރެވުނީ ކަންނޭގެއެވެ. އޭނާ ވަރަށް ލޯބިން އަހަރެން ގެނެސް އޭނާގެ ތަނަވަސް މޭމަތީގައި އަހަރެން ލައްކޮށްލިއެވެ. އެވަގުތު އަހަންނަށް އިހުސާސް ކުރެވުނީ އެތަށް ގަރުނަކަށް ފަހު އަހަރެންގެ ހިތަށް ދިރުން ލިބުން ހެނެވެ. ނަމަވެސް ދެވަނަ ސިކުންތުގަ އަހަންނަށް ޖުނޫމް ގެ ޓީޝާޓުން ދުވި ސިނގިރޭޓް ވަހުން ބޯ އަނބުރާ މޭ ނުބައި ކުރާ ގޮތް ވިއެވެ. ވަގުތުން އަހަރެން ޖުނޫމް އާ ދުރަށް ޖެހިލީ އެވަހަށް ކެއް ނުވެގެންނެވެ.

“ކިހިނެއްވީ..” ޖުނޫމްގެ ދެލޮލުގަ ވަނީ ހައިރާން ކަމެވެ.

“ސިނގިރޭޓް….”

“އޯ….ކަމޯން ހީރާ..އެއީ އެވަރު ކަމެއްތަ..މިތާ ޖައްސާލަބަލަ..ތި ވެގެން އުޅޭ ގޮތެއް ކިޔާދީބަލަ..” ޖުނޫމް އަހަރެންގެ ދެއަތުގަ ހިފާ ޖޯލީގަ ބޭދިއެވެ. އަދި ކައިރީގައި އޭނަވެސް އިށީނެވެ.

އަހަރެން ކަންތަށް ވީ ހުރިހާ ގޮތެއް ޖުނޫމްއަށް ކިޔާދީނީމެވެ. ނަމަވެސް ޖުނޫމްގެ މޫނުމަތީން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އޭނާ އިނީ ފިސާރި ހަމަޖެހިލާފައެވެ. އަހަރެން ޖުނޫމްއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. އޭރުވެސް އަހަރެންގެ ލޮލުގެ ތެރޭގައި ކަރުނަތަށް ވިދަވިދާ ހުއްޓެވެ. އިރުކޮޅަކު ބަލަން އިނދެފަ ޖުނޫމް އަހަރެންގެ މޫނާ ގާތްވެލިއެވެ. އަދި އަހަރެންގެ ލޮލުން ވެއްޓުނު ކަރުނަތިކި އޯގާތެރި ކަމާއެކު ފޮހެލަދިނެވެ. އެވަގުތު އެތަނަށް ޖުނޫމް އާއެކު އައި ރައްޓެހި ކުއްޖާ އައިސް މަޑުކޮށްލިއެވެ. އަހަރެން އޭނާގެ މޫނަށް ބަލައިލީމެވެ. އެ ޒުވާނާ އަހަރެންނަށް ބަލައިލި ގޮތުން އަހަރެން އެހާ ހިތްހަމަ އެއް ނުޖެހުނެވެ. އޭނަގެ ތުންފަތް މަތީގައި ވަނީ ވަރަށް އެހެންކަހަލަ ހިނިތުންވުމެކެވެ. ކަޅުވެފައިވާ އެ ދެތުންފަތުން އަބަދު ސިނގިރޭޓް ދަމާކަން އަހަންނަށް އެނގުނެވެ. ނުވިތާކަށް ދެލޮލުގަ ކުލަ ގަދަކޮށް އަޅާލާފައި ހުރި ކަޅު އަނދުނުން އޭނާގެ ސިފަ އިތުރަށް މުޑުދާރު ކަމަށް ދައްކައެވެ. ފުސް ބުރާފައިވާ އެ ބުޅި އިސްތަށިގަނޑުގައި މިއިން ދުވަހަކު ޝޭމްޕޫ ކޮޅެއް ލައިގެން ބޯ ދޮވެލި ހެނެއް ހިއެއް ނުވެއެވެ. ވީ ފޫހިންއަހަރެން އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ.

ނިންމާފަ ގުޅާށޭ ޖުނޫމް ގާތުގައި ބުނެލާފައި ބާރު ސްޕީޑް ގައި ސައިކަލް ދުއްވާލަފައި އޭނާ ގޮސް ލޯމަތިން ގެއްލިއްޖެއެވެ.

“ޖުމް…ކޮންކަހަލަ އެކުވެރިންނެއްތަ ތިގެންގުޅެނީ…ހީވަނީ ޕާޓޭން ހެން….އެކަހަލަ މީހުނާއެކީ އުޅޭތީ މީހުންނަށް ހީވާނީ ޖުމްވެސް އެހާ ގޯސްވާނޭ..އެހެންވެ އޭ މޮމްވެސް އެހާ އެ ރުޅި އަންނަނީ…ޖުމް ނުލާހިކު ރީތި…އެކަހަލަ ފެންނުވަރާ ހަޑިކޮށް އުޅޭ މީހުންނާ ޖުމް ނުވެސް ގުޅޭ..” އަހަރެން ޖުނޫމް ގެ އޮފް އަރާ ފަން އިސްތަށިގަނޑުގަ ހިނިތުންވެފަ އިނދެ އަތްކާއްތާލީމެވެ. އަހަރެން ބޭނުންވީ ޖުނޫމައަށް ވިސްނާދޭށެވެ. އަހަރެން ދެއްކި ވާހަކަތަށް އަޑުއަހަން އިނދެފަ ޖުނޫމް ޖަހާލީ ވަރަށް ބޮޑު ހިނިގަނޑެކެވެ.

ފާޑަކަށް ހިނިއައިސްފަ ދުރު ބަލަން ކިތަންމެ އިރަކު އިނދެފަ ޖުނޫމް އަހަންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ މަޑު މުށި ކުލައިގެ ދެލޮލުގަ ބޮސް ދޭން އެވަގުތު އަހަރެން ކިތަންމެހާވެސް ބޭނުންވިއެވެ.

“ހީރާ..އަހަރެން ދެކެ އަސްލުވެސް ވަރަށް ލޯބިވޭތަ..” ޖުނޫމް އަހާލިއެވެ.

މިވީހާ ދުވަހު އަހަންނާ އެކީ އުޅުން އިރުވެސް ޖުނޫމްއަށް އަހަރެން ވާ ލޯބި ނޭނގެނީބާއެވެ.

“ޝައްކު ވަނީތަ…އަހަރެން މިވާ ލޯބި ބުނެދޭނެ ގޮތެއްވެސް އަހަންނަކަށް ނޭނގެ..” އެއިންގޮތަށް އިނދެ ޖުނޫމް ގެ އަތުގަ ހިފާލަމުން އަހަރެން ބުނެލީމެވެ.

“އެހެންވިއްޔާ…މިރޭ ދަންވަރު ދޭއް ޖަހާ އިރު އަހަރެން ދާނަން..ހީރާ ގެ ކޮޓަރި ކުޑަ ދޮރު ކައިރިއަށް..އޯކޭތަ..ނުނިދާ ހުންނައްޗޭ..ފޯނު ނެތީމަ ވާހަކަ ނުދެއްކޭތީ އަހަރެން ވަރަށް މިސްވޭ.. އެހެންވެ ބޭނުން ބައްދަލު ކުރަން..”

ޖުނޫމް އެދުނު ކަންތަކުން އަހަރެންގެ ހިތަށް ނުތަނަވަސް ކަން ވެރިވިއެވެ. ރައްޓެހިވެގެން މިވީހާ ދުވަހުވެސް އެގޮތަށް ގަޑި ކިޔައިގެން އަހަރެމެން ބައްދަލެއް ނުކުރަމެވެ. ދަންވަރު ގަޑީގައި އެގޮތަށް ބައްދަލު ކުރުމުން ވާނީ ކިހިނެއް ބާއެވެ. މީހަކަށް ފެނިދާނެތީ އަހަރެން ވަރަށް ބިރުގަނެއެވެ. “އެކަމް ޖުމް..ދަންވަރުގަޑީ……”

“އެއްވެސް އެކަމަކު މިކަމަކު އެއް ނޯންނާނެ…ހީރާ ބޭނުމެއް ނޫންތަ އަހަންނާ ވާހަކަ ދައްކާކަށް..އެހެންވީމަ ހީރާ ލޮތްބެއް ނުވޭދޯ..” އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް ޖުނޫމް ވާހަކަ ފެށިއެވެ. ޖުނޫމް ބުނި އެތިން އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން ޖުނޫމްގެ އަތުގަ ހިފާލަމުން ވަރަށް ލޯބިވާކަމަށް ބުނީމެވެ.

” އަހަރެން އެގަޑިއަށް އަންނާނަން..އުއްމީދުކުރަން ހީރާ ހޭލާ އަހަރެންގެ އިންތިޒާރުގައި ހުންނާނެ ކަމަށް..” ޖުނޫމް ދުރު ފަރާތަށް މޫނު އަނބުރައިގެން އިނދެ ބުނެލިއެވެ.

” އައުޗް..” ހަޅޭއް ލަވައިގަންނަމުން ޖުނޫމް ފުންމައިގެން ޖޯލީން ތެދުވިއެވެ. ކޮންމެސް މީހަކު ބޮޑު އުނބަކުން ޖުނޫމް ގެ ބާމަތީގައި ޖެހީއެވެ. އެ އުނބު އޭރު ފައިކައިރިއަށް ވެއްޓިފަ އޮތެވެ. އަހަރެންވެސް އަވަހަށް ތެދުވެ ފަހަތް ހޯދާލީ އެ މީހަކު ފެނޭތޯއެވެ. ފަހަތުގަ ފުދޭވަރަކަށް ދުރުގަ ކުރެނދި ގަސްތަށް ކައިރީ ރުޅި އައިސް ރަތްވެފަ ހުރި މަންމަ ފެނުމުން އަހަންނަށް އަނގަމަތީގަ އަތް އަޅާލެވުނެވެ. ބިރު ގަތް ވަރުން އަހަރެންގެ ހިތުގެ ހިނގުން އެތަށް ގުނައެއް އަވަސް ވިއެވެ. ބާރުބާރަށް ހިނގާފައި މަންމަ އަހަރެމެންނާ ދިމާލަށް އަންނަތަން ފެނުމުން އަހަންނަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

” މިހިރަ ހަޔާތް ނެތް ރާބޯ ހަންޑިޔާ…ކަލެއަށް މަގޭ ދަރިފުޅު ނޫން ކުއްޖެއް ނުފެނުނީތަ..މީގެ ފަހުން މަގޭ ދަރިފުޅާ ވައިވެސް އެޅިގެން ނުވާނެ..ކަލޭ ކަހަލަ ރާބޯ ކަސްބީ އަންހެނެއް ކަލޭ އިންނަން ހޯދާ..މަގޭ ދަރި ފަސާދަ ކުރާދަ ކަމެއް ނެތް..” މަންމަ އައިސް އަހަރެންގެ އަތުގެ ކުޑަ ހުޅުގަ ހިފާ ނާރުތަށް ބުރިބުރި ވާހާ ބާރަށް ފިއްތާލަމުން ޖުނޫމްއާ ދިމާލަށް އެތިވަރު ގޮވައިގަތެވެ. ޖުނޫމް ގެ ދެއަތް މުއްކެވުނު ތަން އެވަގުތު އަހަރެން ދުށީމެވެ. ޖުނޫމް މަންމައާ ދިމާލަށް ބަލައިލީ އަލިފާނުގެ ނަޒަރަކުންނެވެ. އަހަރެން ހުރީ ވާނެގޮތެއް ނޭނގި ބިރުން ވިރިވިރިއެވެ.

މަންމަ އަހަރެންގެ އަތުގަ ހިފާ ދަމާފަ ކަހަލަ ގޮތަކަށް ގެއާ ދިމާލަށް ގެންދަން ފެށިއެވެ. އޭރު އަހަންނަށް އަޑު ގާނެތްތަނަށް ރޮވެން ފަށައިފިއެވެ. އަހަރެންގެ ދުވަސް މިދިޔައީ އެވެ.

“އެ ހަންޑިޔާ ވާހަކަ ނުދައްކަށޭ ބުނީމަވެސް ހީރާ އަކަށް އަޑެއް ނީވުން ދޯ..ކީކޭ ހިތަށް އަރައިގެންތަ ތިތެޅެނީ…” މަންމަ ދަތް ކުޑި ވިކަވިކާފަ އަހަންނާ ދިމާލަށް މަގުން ދަމުންވެސް އެއްޗެހި ކިއެވެ. ރޮވިފާ ހުރެ އަހަރެން ފަހަތް ބަލައިލިއިރު ޖުނޫމް ހަމަ އެފިޔަވަޅު މަތީގައި ބަލަން ހުއްޓެވެ.

މަންމަ އަހަރެން ދަމާފާ ކަހަލަ ގޮތަކަށް ގެންގޮސް ގޭ ދޮރާށިން އެތެރެ ވުމާއެކު އަހަރެންގެ ދައްތަމެނަށް އަޑުގާނެތް ތަނަށް ގޮވަން ފެށިއެވެ.

“ބަލާބަލަ މިހިރަ ގޮތެއް ނެތް ދަރިއެއް..” މަންމަ ގައި ހުރި ބާރަކާއެކު އަހަރެން ސިޓިންގ ރޫމް ތެރެއަށް ހޫރާލިއެވެ. އަހަރެން ވިއްސައިގެން ގޮސް ޖެހުނީ ސޯފާގައި އިން އަހަރެންގެ ކޮންމެސް އެއްދައްތައެއްގެ ފައި ބުޑަށެވެ. އޭރު އަހަންނަށް ރޮވެމުންގޮސް ގިސްލެވިއްޖެއެވެ. އަހަރެންގެ ލޮލުންނާ ނޭފަތުން ފައިބަމުން ދިޔަ ފެންތަށް ޓައިލްސް ތަކު މަތީގައި ތިކި ޖެހިއްޖެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

އެލޯބި 4 ވަނަބައި

Next

އެލޯބި 5 ވަނަބައި

Next
August 30, 2016

އެލޯބި 5 ވަނަބައި

Previews
August 29, 2016

އެލޯބި 4 ވަނަބައި

20 Comments!

  1. reesham says:
    August 30, 2016 at 9:48 am

    hi all..miothy third part….hope kuran kamudhaane kamahh

  2. Abhy says:
    August 30, 2016 at 10:01 am

    Varah rethi mi bai ves.. dhen kon dhuvahakun aneh bai ganes dheynee.? Jum heeraa ah landeh dhevuna nudhehchey… pls.. ehen vejje nama e fKeeruge haaleh nethehnnu?

  3. NAAZ says:
    August 30, 2016 at 10:01 am

    wow……v reethi knirakun next part

  4. reesham says:
    August 30, 2016 at 10:02 am

    thankss abhyy and naaz..nxt part tmrw igeyy

  5. Meesha says:
    August 30, 2016 at 10:02 am

    Haadha nulafaa mom akaa sis ei dho.
    ?? And junoom he real sifa buneladhy. Anyways story perfect. ❤❤❤❤❤❤❤❤

    1. reesham says:
      August 30, 2016 at 10:05 am

      thankss meeshaa…adhi egeyne jum ge goi

  6. Ddd says:
    August 30, 2016 at 10:03 am

    Me first

  7. Sabeeha says:
    August 30, 2016 at 10:14 am

    vv reethi..??

  8. Mexxo says:
    August 30, 2016 at 11:20 am

    v v v reethi

  9. Shaa says:
    August 30, 2016 at 12:00 pm

    Vvvvvvvvvv reethi vahaaka … v kiyaahithun indaa nimuny
    .

  10. Aisha says:
    August 30, 2016 at 1:45 pm

    Wow v v reethi mi part ves. Junoom ah fahun visneyny kanneyge. He he v salhi. OK waiting for next part.

    1. reesham says:
      August 30, 2016 at 4:38 pm

      thankss aishaa…junoom ah vaagotheh egeyne adhi fahun.

  11. zoooo says:
    August 30, 2016 at 2:08 pm

    V v v v v v nice

  12. faathi says:
    August 30, 2016 at 2:35 pm

    Thanks reesham. Vaahaka hama habeys

  13. Appy says:
    August 30, 2016 at 3:09 pm

    V rythi vaahaka eh meee

    1. reesham says:
      August 30, 2016 at 4:39 pm

      oh thankss appy zoo n faathi

  14. Princess says:
    August 30, 2016 at 6:38 pm

    Konme parteh vx nimeny kiyaa hithun huhta…..<3 <3 perfact story…..?? next part long kohla dhehche

  15. mimmi says:
    August 30, 2016 at 7:43 pm

    v reethi

  16. reesham says:
    August 31, 2016 at 8:53 am

    thankss all

  17. Aishath says:
    September 2, 2016 at 11:44 am

    Nice ❤

Comments are closed.

Next Episodeމާޔޫސް ވެފާ…. ( 4 ވަނަ ބައި )←


All Right Reserved!