Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (9 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 29, 2016 8 Mins Read
29 Comments

ނަޝްފާއަށް ކެތް ނުވެގެން އޭނާ އެންމެ ފަހުން އަލަމާރި ވަތްގަނޑުން އެގޭގައި ހެދުން ކަނޑަން ގެންގުޅޭ ބޮޑު ކަތުރު ނެގިއެވެ. އަދި ރުޅިއައިސް ހުރެ ލޯގަނޑު އަމިއްލަ ސޫރައަށް ބަލަން ހުއްޓެވެ. ކަނާއަތުގައި އޮތް ކަތުރު ވާއަތާ ކާއިރި ކުރަމުން ގެންދިއައިރު ހީވަނީ ދެންމެ ދެންމެ ހަރާލަފާނެ ހެއްނެވެ. މަޑުމަޑުން އޭނާ ކަތުރު އޮތް އަތް އަނެއް އަތާ ކައިރި ކުރަމުން ގެންދިއައިރު އޭނާ ދިއައީ ދެބުމަ ގޮށް ޖަހައިގެން ހުރެ މި މަންޒަރު ކުރިމަތީގައި ހުރި ލޯގަނޑުން ބަލަމުންނެވެ. އޭރުވެސް އޭނާގެ މޫނުމަތިން ހަލާކުވެފައިވާ ތަނުން ލޭތައް އަންނަމުން ދިއައެވެ.

“އާ!!!” ނަޝްފާ ކަރުގެ ބުޑުން ހަޅޭއްލަވައިގަނެފައި އޭނާގެ އަތުގައި އޮތް ކަތުރު ލޯގަނޑާ ދިމާއަށް ގައިގައި ހުރި ބާރެއް ލާފައި ހޫރާލިއެވެ. އެއާއެކު އެ ލޯގަނޑުން ބޮޑު ބައެއް ތަޅައިގެން ގޮސް ބިއްލޫރިތައް އޭނާގެ ފައިކައިރިއަށް ވެރިގެން ދިޔަ އަޑު މުޅި ތަނުގައި ހިފާލިއެވެ. އޭނާ ލޯގަނޑާ ދިމާއަށް ބަލާލިއެވެ. އޭރު އޭނާ ދިއައީ އަވަސް ނޭވާތަކެއް ލަމުންނެވެ. ތަޅައިގެން ނުގޮސް ހުރި ބައިން އޭނާގެ ސޫރަ ފެންނަމުން ދިއުމުން އޭނާ އިތުރަށް ރުޅި ގަދަވިއެވެ. ބިންމަތީގައި އޮތް ކަތުރު ނަގައި ލޯގަނޑުގެ ދެން ހުރި ބައިތައް ވެސް ތަޅާ ސުންނާފަތި ކުރަމުން ދިޔައިރު ހީވަނީ މޮޔައެެއް ހެނެވެ.

“ދުރަށްދޭ! ތި ހަޑި ސޫރަ ބަލާކަށް މަށެއް ނޫޅެން!” ނަޝްފާ އެ ލޯގަނޑު ހަލާކުކުރަމުން ހުރެ ކިޔަމުން ގެންދިއައެވެ. އޭނާގެ މަސައްކަތް ނިމުނު އިރު އެ ލޯގަނޑު ހުރި ތަންގަނޑު ވަނީ ހުހަށެވެ. އޭރު ވިސްނާނުލާ ލޯގަނޑާ ކައިރިއަށް ޖެހެވުމުގެ ސަބަބުން އޭނާގެ ފައިން ބިއްލޫރިތަކަށް އެރިފައިވެއެވެ. ފައިތިލައިގެ އެތަން މިތަނުން ލޭތައް އަންނަމުން ދިއައެވެ.

“ދަރިފޫ! ނަޝްފާ؟ ކޮންއަޑެއްތަ އެއިވުނީ؟ އެއްޗެއް ތެޅުނީތަ؟” ދޮރުގައި ޓަކިދެމުން އޭނާގެ މަންމަ ޞާބިރާ ގޮވާލި އަޑު އިވުމުން ނަޝްފާއަށް ތެޅިގަނެވުނެވެ. އަވަސް އަވަސްކޮށްލާފައި މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް މި ކުރެވުނު ކަންތައް ރޭކާލީ ދެނެވެ. އޭނާ އަވަސް އަރުވާލާފައި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ތުވާލިން ފުހެލައި ހަމަޖެހެލިއެވެ. އެއާއެކު އެތުވާލީގައި ލޭއުނގުޅިފައިވާ ތަން އޭނާއަށް ފެނުނެވެ. އެއީ މޫނުމަތިން ހަލާކުވިތަނުން އައި ލޭކަން އެނގުމުން އޭނާ މޫނުމަތިން އެ ލޭތައް ސާފުކޮށްލުމަށްފަހު ދޮރާ ދިމާއަށް ހިނގައިގަތީ ހަމަޖެހެން މަސައްކަތްކުރަމުންނެވެ. އޭނާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު އެ ހުދު މުށިތަކުގައި ލެއިން ތައްގަނޑު ޖެހެމުން ދިއައެވެ.

ނަޝްފާ ފޭކު ހިނިތުންވުމެއް ތުންފަތައް ވެރިކުރަމުން ދޮރު ހުޅުވާލިއެވެ. އޭރު ކުރިމަތީގައި ޞާބިރާ ހައިރާންކަމާއެކު އޭނާއާ ދިމާ ބަލަން ހުއްޓެވެ.

“ކީއްވީ މަންމާ؟” ނަޝްފާ އަހާލިއެވެ. “އެއީ ލޯގަނޑު ތަޅައިގެން ދިޔަ އަޑޭ…” ނަޝްފާ ހަމަޖެހިލަމުން އެހެން ބުނެލި ވަގުތު ޞާބިރާ އެ ކޮޓަރި ތެރެއަށް ވަނެވެ. ތަޅައިގެން ގޮސްފައިވާ ލޯގަނޑު ފެނުމުން އޭނާ ދެލޯ ހަނިކޮށްލަމުން އެދިމާ ބަލާލިއެެވެ.

“ކިިހިނެއްތަ އެއޮއް ބޮޑު ލޯގަނޑު އެއްކޮށް އެ ތަޅައިގެން ދިއައީ؟” ޞާބިރާ އެނބުރި ނަޝްފާއަށް ބަލާލަމުން އަހާލީ ޝައްކެއްގެ މަތީ ހުރެއެވެ.

“އަހަރެން އަލަމާރިން ނެގި ކަތުރު އަލަމާރިއަށް ލާންވެގެން އެއްލަނިކޮށް ލޯގަނޑުގައި  ޖެހި ތެޅުނީއޭ..” ނަޝްފާ ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. އެވަގުތު ޞާބިރާގެ ލޮލުގައި އަޅައިގަތީ އެ ހުދު ތަށިމުށިތަކުގައިވާ ނަޝްފާގެ ލޭގެ ފިޔަވަޅު ތަކެވެ. ޞާބިރާ އަވަސް އަވަހަށް ނަޝްފާގެ ފަޔާއި ދިމާއަށް ތިރިވެފައި ފައިތިލާގައި އަތް ޖައްސާލިއެވެ. އޭރުވެސް އޭނާގެ ފައިން ދިއައީ ހުއްޓުމެއް ނެތި ލޭ އަންނަމުންނެވެ.

“ނަޝްފާ… ތަދުނުވަނީތަ؟” ޞާބިރާ އެހެން ބުނެ ނަޝްފާގެ އަތުގައި ހިފައިގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ. އަދި ބާރުބާރަށް ހިނގާފައި ގޮސް އެކޮޓަރީ ފާހާނާއަށް ވަދެ ފެންބާލިދީއެއް ހިފައިގެން އައެވެ. އަދި ނަޝްފާގެ ފައި އެއަށް ލުމަށްފަހު ރީތިކޮށް ދޮވެ ސާފުކޮށްލިއެވެ. އަދި މޭޒުމަތީގައި އޮތް ފަޮތިގަނޑު ނަގައި ފައިގައި ރީތިކޮށް އައްސާލިއެވެ. މިހުރިހާ ކަމެެއް ވެގެން ދިއައިރުވެސް ނަޝްފާ އެއްވެސް ބަހެން ނުބުނެ އޭނާގެ މަންމަގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.

“ނަޝްފާ އަށް ނޭނގެނީތަ ބިއްލޫރިތަކަށް އެރޭ އިރުވެސް؟” ޞާބިރާ ކުޑަކޮށް ނުރުހުންވެފައި އެހެން ބުނެލީ ތަޅުންގަނޑުގައިވާ ބިއްލޫރިތަކާ ދިމާއަށް ހިނގައިގަންނަމުންނެވެ. އޭނާ އެ ބިއްލޫރިތައް ނަގައި ސާފުކުރުމަށްފަހު ނަޝްފާ ގާތު އަވަހަށް ނިދާށޭ ކިޔާފައި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

ޞާބިރާ ދިއުމާއެކު ނަޝްފާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. އަދި އެނދުމައްޗަށް ވެއްޓިގަތީ ދެއަތް ދަމާލަމުންނެވެ. އެހެން އޮވެ އޭނާ ދެލޯ މަރާލައި ރާހުލްގެ ހިޔާލުތަކާ ދުރުވެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެއީ ދުވަހަކުވެސް ވާނެކަމެއް ނޫންކަން އެ ސިކުނޑިއަށް ވިސްނެއެވެ.

***

ރާހުލް އައިސް ގެއަށް ވަތްއިރު އެގޯތި ތެރޭގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އަންޖޫދާ އާއި އާޔާ އާ ދެމީހުން އޮލަ ވާހަކައިގައި ތިއްބެވެ. ރާހުލް ވަނުމާއެކު ދެމީހުންވެސް އެދިމާ ބަލާލިއެވެ. އަންޖޫދާގެ މޫނުމަތީގައި އޭރު ވަނީ ނުލަފާ ހިނިތުންވުމެކެވެ. ރާހުލް ހިނގާފައި މިސްރާބު ޖެހީ އޭނާ އުޅޭ ތަނާ ދިމާއަށެވެ. އަންޖޫދާމެން ފަސްދީފައި އޭނާ ދަނިކޮށް އެ ހަރަކާތްތަކަށް ހުއްޓުން އެރީ އަންޖޫދާ އޭނާ އަށް ގޮވާލުމުންނެވެ.

“ރާހުލް…” ލޯބި ގޮތަކަށް އަންޖޫދާ އޭނާގެ ނަމުން އެހެން ގޮވާލުމުން އޭނާގެ ހިތުގެ ތެޅުން ތަންކޮޅެއް ބާރުވިކަމުގެ އިހުސާސް ކުރެވިގެން ދިއައެވެ. އޭނާ އެނބުރި އަންޖޫދާ އާ ދިމާއަށް ބަލާލިއެވެ. އެ ރީތި ސޫރަ ފެނިފައި އެ ހިތުގެ ތެޅުން އިތުރަށް ބާރުވެގެން ދިއައެވެ. އެވަގުތު އަންޖޫދާ ޖޯލިން ތެދުވެގެން އައިސް އޭނާ އާ ދާދި ގާތުގައި ހުއްޓުނެވެ. އަދި އޭނާގެ ވަށައިގެން ފަރި ހިނގުމެއްގައި މަޑުމަޑުން ހިނގަމުން ގެންދިއައެވެ.

“ރާހުލް ކީއްވެތަ ނަޝްފާ އާ އެކު ތި އުޅެނީ؟” ރާހުލް ވަށާލަ އެގޮތަށް ހިނގަމުން އަންޖޫދާ އަހާލިއެވެ. އަދި އެ ގޮތަށް ދެ ބުރު އެޅުމަށްފަހު ރާހުލްގެ ކުރިމަތީގައި އޭނާ ހުއްޓުނެވެ.

“ނަޝްފާ ހަޑި ވައްތަރު ހުންނަނީނު؟ ނަޝްފާ ކަޅު ވައްތަރު ހުންނަނީނު؟” އަންޖޫދާ މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ބުނެލީ މަލާމާތްކުރާ ރާގެއްގައެވެ. ޖޯލީގައި އިން އާޔާ އެވަގުތު ތޫލި އަޑަކުން ހީގަތެވެ. ރާހުލްގެ އަތް އެވަގުތު މުއްކެވުނީ ބޭއިޚްތިޔާރުގައެވެ. ނަޝްފާ ކިތަންމެ ހަޑި ވިޔަސް އޭނާ އާ މެދު އަޅާލާ ހަދާ ހަަމައެކަނި މީހަކީ އެއީއެވެ. މި މީހުން ކިތަންމެ ރީއްޗަސްވެސް މިއީ އެއްވެސް ގޮތެއް ފޮތެއް ނެތް ބައެކޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ނަޝްފާ ވާނެ ދެރަ އޭނާގެ ހިތަށް އަންދާޒާ ކޮށްލެވުމުން ރާހުލްގެ ރުޅި އިތުރަށް ގަދަވިއެވެ. އަންޖޫދާއަށް އޭނާގެ ހިތް ކިތަންމެ އެދުނު ކަމުގައި ވިޔަސް މިޔަދު އޭނާ ބުނަން ބޭނުންވާ އެއްޗެހި އަންޖޫދާ އާ ދިމާއަށް ބުނާނެއެވެ. އޭނާގެ ހިތުގައި އޮތީ އަންޖޫދާ އާ ދިމާއަށް ރުޅިއައިސްގެން ހަޅޭއްލަވައިގަންނާށެވެ. ނަމަވެސް އޭނާއަށް އެހެން ހަދަން ނުކެރުނީ އެހެން ހަދައިފިނަމަ އާމިނާމެން އޭނާ ދެކެ ރުޅިއައިސްފާނެތީއެވެ. ވުމާއެކު އޭނާ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެެވެ.

“ކަލޭމެން ނަޝްފާ އާ ދިމާއަށް އެހެން ކިޔަނީމަ އޭމަ ދެރަވަނީ ދޯ… އޭނަ ވެސް ހިތް ހުންނަނީ… ހުރިހާ އެންމެން ރީތި ނުވަނީ… އޭނަ ރީތި ނޫން… އެކަމަކު އޭނަ އަންޖޫދާ އަށް ވުރެ ރަނގަޅު…” ރާހުލް މަޑުމަޑުން އެހެން ބުނެލި ނަމަވެސް އެއަޑުގައި ނުރުހުން އެކުލެވިފައި ވެއެވެ. “އަންޖޫދާ ބޭނުން އެއްޗެއް ކިޔަނީ… އެކަމަކު އަހަރެން ދަނީ ނަޝްފާ ކައިރީގަ… ނަޝްފާ އަަހަންނަށް ބޮޑު ރަނގަޅު ހުންނަނީ…” ރާހުލް އެހެން ބުނެލުމަށްފަހު އަންޖޫދާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ބާރުބާރަށް ހިނގާފައި ގޮސް އޭނާ އުޅޭ ތަނަށް ވަދެއްޖެއެވެ. އަންޖޫދާ އެވަގުތު ރުޅިއައީ ރާހުލް އޭނާ ދައްކާ ވާހަކަ އަޑު ނާހައި ދިއުމުންނެވެ. ރުޅިއައިސްގެން ގޮސް އޭނާއަށް ތިރީ ތުންފަތުގައި ދަތް އެޅުނުލެއް ބާރުކަމުން އަނގައިގައި ލޭ ރަހަ ވެސް ލިއެވެ. އޭނާ އަކީ ރާހުލްގެ ސާހިބު މީހާގެ ދަރި ވިއްޔާއެވެ. ރާހުލް ދައްކާ ވާހަކަ އަޑު އަހަންޖެހޭނީ އޭނާއެއް ނޫނެެވެ. އޭނާ ދައްކާ ވާހަަކަ އަޑުއަހަން ޖެހޭނީ ރާހުލްއެވެ.

އަންޖޫދާ އެއައި ރުޅީގައި ބާރަކަށް އައިސް ޖޯލިފަތީގައި އިށީނެވެ. އަދި ދެބުމަ ގޮށް ޖަހައިގެން އިނީ އޭނާގެ ‘ޕްލޭން’ އާ އެއްގޮތަށް ކަންތައް ނުވުމުން އެކަމާ ރުޅިގަދަވެފައެވެ. އާޔާ ވެސް އެވަގުތު ހިމޭނުން އިނީ އަންޖޫދާ ރުޅިއައިސްފިނަމަ އެހެން މީހުންނަށް ކޮށްލާ ވަރު އޭނާއަށް އެނގޭތީއެވެ.

“މަ ކުރިމަތީގައި ހަ ބަސް ބުނެފަ އެދިއައީނު… ބޮޑު ބަންގާޅިގަނޑު…” އަންޖޫދާ ވާހަކަ ދެއްކީ ދަތްކުނޑި ވިކައިގެން ހުރެއެވެ. އާޔާ ވެސް ހޫ އެކޭ ބުނެ ބޯ ޖަހާލިއެވެ.

“ދެން ކިހިނެއް ހަދަން ތި ގަސްތު ކުރަނީ؟” އާޔާ އަންޖޫދާ ގާތު އަހާލިއެވެ.

“މަ ބޭނުމެއް ނޫން އެ ބަންގާޅި ނަޝްފާ އާ ހެދި އެހެން އުޅޭކަށް!އޭނާ އަށް ހީވަނީ ތޯއްޗެ އެ ނަޝްބަބުރަށް ވުރެ ރަނގަޅު މީހަކު ނެތޭ މިދުނިޔޭގަ..” އަންޖޫދާ ރުޅިއައިސްފައި ބުނެލިއެވެ.

“ދެން މަށަށް ފެންނަނީ އެ ދެމީހުން އުޅޭ ގޮތަކަށް އުޅެން ދޫކޮށްލަން..” އަންޖޫދާ ރުޅިއައިސްފައި ހުރި ވަރުން އާޔާ އެހެން ބުނެލިއެވެ.

“ނޫން! އެ ނަޝްފާ ގަނޑާ އެއްވެސް ފިރިހެނަކު އުޅެގެން ނުވާނެ…” އަަންޖޫދާ އަޑަށް ބާރުލާފައި ބުނެލިއެވެ.

“ދެން އަންޖޫ.. އެއީ ބަންގާޅިއެކޭ… ދެން އޯކޭ ވަނެ އެންމެ ނިކަމެތި ބަންގާޅިއެއް އޭނާ އާ ހެދި އުޅުނަސް..އަޅާނުލާބަ..” އާޔާ އަންޖޫދާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އަންޖޫދާ އިރުކޮޅެއް ވަންދެން އެހެން އިނެވެ. ހީވާގޮތުން އޭނާ ކޮންމެވެސް އެއްޗެއް ވިސްނަނީއެވެ. އިރުކޮޅެއް ފަހުން އެ  މޫނުމައްޗަށް ވެރިވި ނުލަފާ ހިނިތުންވުމުގެ ސަަބަބުން އާޔާއަށް ވެސް ކުޑަ ހައިރާންކަމެއް ލިބިގެން ދިއައެވެ.

“އަންޖޫ؟” އަޔާ އަންޖޫދާ އަށް ގޮވާލީ އަންޖޫދާ އަކީ ކޮންމެ ކަމެއްވެސް ކޮއްފާނެ މީހެއްކަން އެނގޭތީއެވެ.

“އައި ހޭވް ދަ ޕާރފެކްޓް ޕްލޭން…” އަންޖޫދާ އެއްމިޔަކުން ހީލަމުން އެހެން ބުނުމުން އާޔާ ފާޑަަކަށް އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އެ ޕްލޭން ވޯކް ނުކޮށްފިއްޔާ މަށަކަށް ރާޔަތު އަންޖޫދާ އެއް ނުކިޔާނެ…” އަންޖޫދާ އެހެން ބުނެލި ގޮތުން އާޔާގެ ހިތުގައިވެސް ކުޑަ ބިރުވެރިކަމެއް އުފެދިިގެން ދިއައެވެ.

***

އަނެއް ދުވަހު ހެނދުނު ރާހުލް ހޭލައިގެން  އެކި އެކި މަސައްކަތްތަކުގައި ޝާމިލްވެ އުޅެމުން ގެންދިއައެވެ. އާމިނާ އޭނާއަށް ސިޓިންގރޫމުގައި ހުރި ކުޑަދޮރުތަކުގެ ބިއްލޫރިތައް ފުހެން ޖެއްސުމުން އޭނާ ފެންފޮތިގަނޑެއް ހިފައިގެން ގޮސް އެތާހުރި ގޮނޑިއަކަށް އަރައި މަތީގައި ހުރި ބިއްލޫރިތައް ފަރުވާތެރިކަމާއެކު ފުހެމުން ގެންދިއައެވެ. ކޮޓަރިއެއްގެ ދޮރު ހުޅުވާލި އަޑަށް ރާހުލްއަށް ފަހަތް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ހިތް އެ ނިކުންނަނީ އަންޖޫދާ ކަމުގަައި ބުނަމުން ގެންދިއައެވެ. އެ ރީތި ސޫރަ ދެކިލަން އޭނާގެ ހިތް އެދި ގޮވަމުން ގެންދިއައެވެ.

ރާހުލްއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ނޫކުލައިގެ އަތް ކުރު ޓީޝާޓިކޮޅަކާއި ފައިގެ ފަލަމަސްގަނޑު އެއްކޮށް ނުފޮރުވޭ ކުރު ޓައިޓު ކޮޅުގައި ހުރި އަންޖޫދާ ފެނި ރާހުލް އަށް ހިން ދިރުވާލެވުނެވެ. އެ ރީތި ދޮން ފައި ހާމައަށް އޮތް އިރު އެ މުށިކުލައިގެ އިސްތަަށިގަނޑުގައި ހުޅިއެއް ޖަހާފައި އޮތުމުން އެ ދޮން ކަނދުރާ ހާމައަށް ފެންނަން ހުއްޓެވެ. އަންޖޫދާ ރާހުލް އާ ދިމާއަށް ބަލާލުމުން ރާހުލް އަވަސް އަވަހަށް އޭނާ ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިއައެވެ. އެހާ ކުރު ހެދުންކޮޅެއް ލައިގެން އުޅެން އަންޖޫދާ ލަދު ނުގަންނަނީ ބާއޭ ރާހުލްގެ ހިތަށް އެރިއެވެ.

ރާހުލް އޭނާއާ ދިމާއަށް ބަލާލިތަން ފެނިފައި އަންޖޫދާގެ މޫނަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ ފަރި ހިނގުމެއްގައި ބަދިގެއަށް ގޮސް ކިރުތައްޓެއް ހަދާލައިގެން އައިސް އިށީނީ ރާހުލް ހުއްޓިގެން ހުރި ހިސާބާ ދާދި ކައިރީގައި ހުރި ސޯފާގައެވެ. އަންޖޫދާ އެހާ ކުރު އެއްޗެއް ލައިގެން އިނުމުން ރާހުލް އަށް އެދިމާ ބެެލެމުން ދިއައީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އަންޖޫދާ އެހާ ކުރު އެއްޗެއް ލައިގެން އައިސް އެތާ އެއިނީ އޭނާއަށް ދެއްކެން ވެގެންނޭ ހީވާކަހަލައެވެ.

އަންޖޫދާ ސޯފާގައި އިށީންދެ އިނދެ ކުރިމަތީގައި ހުރި ކުޑަ މޭޒުމައްޗަށް ދެފައި ލައި ދަމާލިއެވެ. އަދި މަޑުމަޑުން އިނދެ ކިރުތަށި ތުނބުގައި ޖައްސާލިއެވެ. ރާހުލް އަށް އިރުއިރުކޮޅާ ވަށްކަޅިން އަންޖޫދާ އާ ދިމާއަށް ބަލާލެވެއެވެ. އޭނާގެ މަސައްކަތް ނިމުމުން އަވަސް ކޮށްލާފައި އެތަނުން ނިކުމެގެން ދިއައެވެ.

ރާހުލް ދިއުމުން އަންޖޫދާ އެއްމިޔަކުން ހީލިއެވެ. ހީވާކަހަލަ އެވެ. އޭނާގެ ރޭވުން ކާމިޔާބުވުމުގެ ކޮޅުމަތި ދައްކާލައިފިއެވެ. އޭނާ އަކީ އާންމު ގޮތެއްގައި ގޭތެރޭގައި އުޅޭއިރުވެސް އެހާ ކުރު އެއްޗެހި ލައި އުޅޭ ކުއްޖެއް ނޫނެވެ. ނަމަވެސް އޭނާ މިޔަދު އެހެން ހުރެގެން ސިޓިންގރޫމަށް އެއައީ ރާހުލްގެ ސަމާލުކަން ހޯދާށެވެ. އޭނާ ބޭނުންވަނީ ނަޝްފާއަށް ވުރެ ބޮޑަށް ރާހުލް އޭނާއާ ދިމާއަށް ލެނބޭށެވެ. ނަޝްފާއަށް އެއްވެސް އުފަލެއް ލިބެން އޭނާ ނޭދޭ ކަހަލައެވެ.

ހަވީރުގެ މަސައްކަތް ނިމުމުން ރާހުލް ދިއައީ ނަޝްފާ ކައިރިއަށެވެ. ރާހުލް ރީތިވެގެން ބޭރަށް ދާތަން ފެނުމުން އަންޖޫދާ އޭނާގެ ފަސްފަަހަތުން ކަހަލަ ގޮތަކަށް ދިއައީ ރާހުލް ދަނީ ނަޝްފާ ކައިރިއަށްތޯ ޔަޤީންކޮށްލުމަށެވެ. ރާހުލް ގޮސް ނަޝްފާމެންގެ ފިހާރައަށް ވަނުމުން އަންޖޫދާގެ ދެއަތް މުއްކެވުނެވެ. ރުޅިއައިސް އޭނާގެ ދެބުމަ ގޮށްޖެހިގެން ދިއައެވެ. ނަމަވެސް އެ ހަމަ އެ ހިނދު އޭނާ ދެތިން ނޭވައެއްލާ ހަމަޖެހެލިއެވެ. އޭނާގެ ރޭވުންގަނޑު ކާމިޔާބުވާނީ ކެތްތެރިވެގެން ކަމުގައި އޭނާއަށް ވިސްނުނެވެ. އެހެން ކަމުން އޭނާ ހިނގައިގަތީ އަނބުރާ ގެއަށް ދިއުމަށެވެ. އޭނާއަށް ނޭނގުނީ މާކުރިންވެސް ރާހުލްގެ ހިތުގައި އޭނާގެ ނަން ފަވާލެވިފައިވާ ކަމެވެ.

ރާހުލްް ގޮސް ފިހާރައަށް ވަތް އިރު ނަޝްފާ އިނީ ފޮތެއްގައި ކޮންމެވެސް އެއްޗެއް ކުރަހާށެވެ. ރާހުލް ފެންނައިރަށް އޭނާ ފަނޑުު ގޮތަކަށް ހީލިއެވެ. އަދި ކުރަހަން އިން ފޮތް ލައްޕާލިއެވެ. ރާހުލް ގޮސް ނަޝްފާގެ ގާތުގައި އިށީން އިރަށް އޭނާގެ ލޮލުގައި އަޅައިގަތީ ބެންޑޭޖު ކޮށްފައިވާ ނަޝްފާގެ ދެފައިތިލައެވެ.

“ފައި ގައި ކިހިނެއްވީ؟” ރާހުލް ކަންބޮޑު ވެފައި އަހާލިއެވެ.

“އެއީ ބިއްލޫރިތަކަކަށް އެރުނީ..” ފަރުވާ ކުޑަ ގޮތަކަށް ނަޝްފާ ބުނެލިއެވެ.

“ނަޝްފާ ބަލައިގެން ނޫޅެނީ ދޯ..” ރާހުލް ހަރަން ބަނދެލަމުން އެހެން ބުނެލި ގޮތުން ނަޝްފާއަށް ހެވުނެވެ.

“ހިނގާބަ އަތިރިމައްޗަށް ދާން..” އިރުކޮޅެއް ފަހުން ނަޝްފާ ރާހުލް ގާތު ބުނެލިއެވެ. ރާހުލް ވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

އެއާއެކު ނަޝްފާ ތެދުވެގެން ގޮސް ފިހާރައިން ނިކުތީ އޭނާގެ މަންމަ ގާތު ފިހާރައިގައި އިންނަށް އަންނާށޭ ބުނަންވެގެންނެވެ. ފަޔަށް ލިބިފައިވާ ޒަހަމްތަކާއެކު އޭނާއަށް ހިނގެނީ ވެސް ކޮރެއް ޖަހަމުންނެވެ. ރާހުލްވެސް ނަޝްފާ އާ ދާދި ފަސްފަހަތުން ފިހާރައިން ނިކުތެވެ. އޭނާ ހުރީ ނަޝްފާއަށް އެގޮތަށް ހިނގޭތީ ނުލާހިކު ދެރަވެފައެވެ.

ޞާބިރާ ފިހާރައަށް އައުމުން ނަޝްފާ ރާހުލް އާ އެކީ އާދައިގެ މަތިން ދާ ދިމާއަށް ދިއައެވެ. އެތަނުގައި ހުރި ފިލާގަނޑެއްގައި ދެމީހުން އިށީންދެ ހަމަޖެހެލިއެވެ. ޖެހެމުން ދިޔަ ނަލަ ނަލަ ވައިރޯޅި ތަކުގެ ސަބަބުން ނަޝްފާގެ ބުރުގާ ވަޔާ ވިހުރެމުން ދިޔައިރު އެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އޭރުު އަތިރިމަތީގައި ކުޑަކުދިންތަކެއް ކުޅެން އުޅުނެވެ. އެ މަންޒަރުގެ ތެރެއަށް ގެއްލިފައި އޭނާއަށް އިރުކޮޅަކު އިނދެވުނެވެ.

“މޯލްޑިވްސް ގަ ބީޗް ވަރަށް ރީތި ދޯ..” އިރުކޮޅެއް ފަހުން ރާހުލް ބުނެލިއެވެ.

“ހޫމްމް.. އެކަމަކު މޯލްޑިވްސްގައި އުޅޭ މީހުން އުޅޭ ގޮތް ވަރަށް ހަޑި…” ނަޝްފާ ދުރު ބަލަހައްޓައިގެން ހުރެ ބުނެލީ އެއިން ފުން މާނައެއް ނަގަމުންނެވެ. ރާހުލް އޭނާ އާ ދިމާއަށް ފާޑަކަށް ބަލާލުމުން އޭނާ ހީގަތެވެ. ނަމަވެސް ރަނގަޅަށް ބަލާލާފިނަމަ އެ ދެލޮލުގައިވާ ރިހުން ކޮންމެ މީހަކަށް ވެސް ފާހަގަ ވާނެއެވެ.

“ރާހުލް ކުރީ ދުވަހު ބުނީމެއްނު ކުއްްޖެއް ދެކެ ލޯބިވަމޭ ދޯ؟” ނަޝްފާ އެހެން ބުނުމުން ރާހުލް ބޯ ޖަހާލިއެވެ. “އެއީ ކާކުތަ؟” ނަޝްފާ ހަމަޖެހެން މަސައްކަތްކުރަމުން އަހާލި ނަމަވެސް އެއަޑު އައި ގޮތުން ވެސް އޭނާ އެ ހުރީ ނުތަނަވަސް ވެފައިކަން ރާހުލް އަށް ނަގައިގަނެވުނެވެ. ނަމަވެސް ނަޝްފާ ނުތަނަވަސް ވާންވީ ވެސް ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ނަޝްފާ އޭނާ ދެކެ…ލޯބި ވަނީ ހެއްޔެވެ؟ ރާހުލް އަށް ބައެެއް ފަހަރު ނަޝްފާގެ ދެލޮލުން އެ ފެންނަނީ ލޯބި ހެންވެސް ހީވެއެވެ. ނަމަވެސް އޭނާއަށް އެކަން ޔަޤީން ނުވަނީ ނަޝްފާގެ އަނގައިން އެވާހަކަ ނުބުނާތީއެވެ. ނަޝްފާ އޭނާ ދެކެ ލޯބި ވެދާނެ ކަމަކަށް އޭނާގެ ހިތެއް އެއްބަހެއް ނުވެއެވެ. ނަޝްފާ ގާތު އޭނާ ލޯބިވަނީ އަންޖޫދާ ދެކެ އޭ ބުނަންވީ ބާވައެވެ؟ ނަމަވެސް ނަޝްފާ އޭނާ ދެކެ ލޯބިވާ ނަަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭރުން ނަޝްފާ ހާދަހާ ދެރައެއް ވާނެއެވެ. އޭނާ ދުވަހަކުވެސް ނަޝްފާއަށް ދެރައެއް ދޭން ނޭދޭއިރު އެހެން ކަންތައްވެއްޖެ ނަމަ އޭނާއަށް ނޭނގި ނަމަވެސް ނަޝްފާގެ ހިތަށް ވަރަށް ބޮޑު އަނިޔާއެއް ދެވޭނެއެވެ.

“ރާހުލް؟” ރާހުލް އެއްޗެކޭ ނުބުނެ އިނުމުން ނަޝްފާ ގޮވާލިއެވެ. އެއަޑުގައި މަޑު ތުރުތުރު އެޅުމެއް އުފެދިފައިވެއެވެ. އޭނާގެ ހިތުގެ އަޑިން އެދެވެމުން ދިއައީ ރާހުލް އެ ލޯބިވާ މީހަކީ އޭނާ ކަމުގައި ވުމަށެވެ. ނަމަވެސް އެއީ ނުވާނެ ކަމެއް ކަމުގައި އޭނާގެ ސިކުނޑި ޤަބޫލުކުރެއެވެ.

“ރާހުލް… ބުނެބަލަ…” ނަޝްފާ އަނެއްކާވެސް އަހާލީ ރާހުލް އެއްޗެކޭ ނުބުނެ ދުރު ބަލަހައްޓައިގެން އިނުމުންނެވެ. އަނެއްކާ އޭނާ އެެހެން އެހުމުން ރާހުލް ހިތްހަމަނުޖެހުނީ ބާވައެވެ؟

“ނަޝްފާ… އަހަރެން…” ރާހުލް ބުނަން އުޅެފައިވެސް ފަސްޖެހުނެވެ. ނަޝްފާ އޭނާ ދެކެ ލޯބިވާހެން އޭނާއަށް ހިވަނީއެވެ. ނަޝްފާއަށް ދެރަގޮތެއް ހަދަން އޭނާ ބޭނުންނުވަނީއެވެ. ނަމަވެސް ނަޝްފާގެ އެ ސުވާލަށް ޖަވާބު ނުދީ ހުރެވޭކަށްވެސް ނެތެވެ. އޭނާ ނަޝްފާ ދެކެ ލޯބި ނުވި ނަމަވެސް ނަޝްފާއަށް ވުރެ ރަނގަޅު ރަހުމަތްތެރިޔަކު އޭނާއަށް ދެން ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ. އޭނާ ދޭ ޖަވާބެއްގެ ސަބަބުން ނަޝްފާ ގެ ހިތުގައި ޖެހިއްޖެ ނަމަ އޭނާ އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފެއް ނުކުރާނެއެވެ.

“ރާހުލް.. ނުބުނާނަންތަ އަހަރެން ގާތު؟” ނަޝްފާ ހަމަޖެހިލާ ގޮތް ދައްކާލަމުން އެހެން ބުނި ނަމަވެސް އޭނާގެ ކޮންމެ ހަރަކާތެއް ރާހުލް ފަސޭހަކަމާއެކު ދެނެގަތެވެ.

“ނަޝްފާ ގަބޫލުކުރަނީތަ އަހަރެން ބުނާ އެއްޗެއް؟” ރާހުލް ސީދާ ނަޝްފާގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. ނަޝްފާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ ދުރު ބަލާލަމުންނެވެ. ރާހުލް އާ ހަތަރު ކަޅި ހަމަކުރަން އޭނާއަށް ކެތް ނުވީއެވެ.

“އައި ލަވް ޔޫ ނަޝްފާ…” ރާހުލް އެހެން ބުނެލުމުން ނަޝްފާ ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލަމުން ރާހުލް އާ ދިމާއަށް ބަލާލިއެވެ. އޭރު ރާހުލް ވެސް ހުރީ އޭނާ އާ ދިމާ ބަލަހައްޓައިގެންނެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މަންޝާ (އެކާޅީސްވަނަ ބައި)

Next

އެލޯބި 4 ވަނަބައި

Next
August 29, 2016

އެލޯބި 4 ވަނަބައި

Previews
August 29, 2016

މަންޝާ (އެކާޅީސްވަނަ ބައި)

29 Comments!

  1. Liaa says:
    August 29, 2016 at 4:45 pm

    Hii evryone… Heekuran mi bai ves kamudhaane kamah 🙂
    Hurihaa kudhin ge comment thakah maruhabaa 🙂

    1. faroo says:
      August 29, 2016 at 10:00 pm

      vvv reethi

  2. Shiyaa says:
    August 29, 2016 at 4:56 pm

    V v reethi,…

  3. aik says:
    August 29, 2016 at 5:01 pm

    vv reethi..??

  4. Aaf says:
    August 29, 2016 at 5:03 pm

    Wow nice

  5. Sabeeha says:
    August 29, 2016 at 6:40 pm

    vv reethi..??

    1. Liaa says:
      August 29, 2016 at 8:44 pm

      Thankyw Shiyaa aik Aaf and Sabeeha 🙂

  6. xenn says:
    August 29, 2016 at 6:45 pm

    Kihineh a v?….

  7. nicky says:
    August 29, 2016 at 7:22 pm

    dhn fahun a hedhy dhogu kan nguneema nashfaa kihaa dhera vaane?anyways stry hama Habeys……………………………………………………………………..

    1. Liaa says:
      August 29, 2016 at 8:44 pm

      Dhw nicky… lets see dhw wat heppans 🙂
      Thankyw

  8. Abhy says:
    August 29, 2016 at 7:24 pm

    Varah reethi mibai ves… kon iraku aneh bai genes dheyny… anjoodhaa e ulheny bondi eh boahithun.. balan thibhchey ey adhi raahul fahathun dhuvaathan… hehehe.. varah hama habeyyyys….

    1. Liaa says:
      August 29, 2016 at 8:45 pm

      Thankyw Abhy 🙂 nxt part hama veehaaves avahah gennaanan:)

  9. Sheyn says:
    August 29, 2016 at 7:57 pm

    Vvvvvvv reethi?

  10. Anonymous says:
    August 29, 2016 at 8:14 pm

    Varah reethie.
    Well done liaaaaa

    1. Liaa says:
      August 29, 2016 at 8:46 pm

      ThanQ sheyn and anonymous 🙂

  11. flower says:
    August 29, 2016 at 8:18 pm

    ?dhenanjoodhaa ulhey vahtharu….lol…. nashfaa ah raahul libuniyyaa i ah rangalhiii. Anjooo e ulheniii raahul dheke lobivaathy eh noon viyyaa… stry is just awesm?????????????

    1. Liaa says:
      August 29, 2016 at 8:47 pm

      Dhw flower… hehe…. 🙂
      Thankyw …..

  12. Appy says:
    August 29, 2016 at 8:26 pm

    Nashfa ah hageegaii ingunyma adhi maa dhera vaanehnu ……..rahuL nashfa dhera vedhaanethy thihen bunefa nasfa ah hageegaii ingunyma bodu dhera vanynu. .n rahul maldives hurihaa myhun goas nuthibeny. …hehe …liaa kn dhuvahakun dhn in part

    1. Liaa says:
      August 29, 2016 at 8:47 pm

      hehe 🙂
      Veehaaves avahah up kuraanan Appy 🙂

  13. girrrrrllll ;) says:
    August 29, 2016 at 9:34 pm

    anjoodha ves dhw…anhen kudhinnah ladh…hahahah..ekam aslu i think eyna ves loabi vaani hen raahul dheke.. raahul is so cute meega…hehee..story nice.. <3

    1. Liaa says:
      August 29, 2016 at 9:46 pm

      Thankyw 🙂

  14. ken? says:
    August 30, 2016 at 1:12 am

    i guess anjoodhaage nuhaggu loabihen mee…fahun eyna Rahul ah real koh fall vaanee..aslu bodah reethivaane 2 meehun kure ekakahves Rahul nulibuniyyaa…

    1. ? says:
      August 31, 2016 at 12:58 pm

      Thats the point?I also think like that

  15. deedee? says:
    August 30, 2016 at 12:57 pm

    ?????????????? nice stryyyy

  16. Abhy says:
    September 1, 2016 at 11:12 pm

    Pls. Next part up kohdheeba.. pls.. varah kiyaa hithun miulheny..

  17. Hi says:
    September 2, 2016 at 11:30 pm

    Koba aneh part?

  18. none says:
    September 3, 2016 at 8:51 am

    ?where is the next part? Plxxxxxxx upload kohdhyba avahah.. !!

  19. non-e says:
    September 3, 2016 at 10:51 am

    Heyonuvaane avahah up kohdhyba nxt part.. Hih dandan vaa hisaabun ninmaalaafa haadha lahey up kuraaleh.. Hospital ga admit Koffa oiy iruvx mibeleny mivaahaka up veythoa.. Plxxxxxxx liaa, avas upload beynun….

  20. Liaa says:
    September 3, 2016 at 12:31 pm

    Sorry guys… Wifi massala eh dhimaa vegen las vee… 🙁
    Thankyw all fr the lovely comments 🙂

Comments are closed.

Next Episodeނުހައްޤު ލޯބި (10 ވަަނަ ބައި)←


All Right Reserved!