Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔޫސް ވެފާ…( 2 ވަނަ ބައި )

Loolu Level 110 Stories100 Comments
August 29, 2016 8 Mins Read
33 Comments

ހިމަ ފޮދު ވާރޭ މިގޮތަށް ވެހެންޏާ އެ ރީތި ސޫރައިގެ ހަނދާންތަކާ އަހަރެން ވަކިވާނި ކިހިނެއް ހެއްޔެވެ. މަޑުމަޑުން ތެދުވެގެންގޮސް އަހަރެން ހުއްޓިލީ ކޮޓަރި ކުޑަދޮރު ކައިރިއަށެވެ. ކާޓޭން ކަހާލަމުން ބިއްލޫރި ދޮރުފަތުގަ އަތް ޖައްސާލީމެވެ. ބިއްލޫރި ގަނޑު ފިނިވެފަ ހުރި އިރު ދުރުން ހިމަ ފޮދުވާރޭގެ ތިކިތަށް ފެނުނީ ފުސް ވެފައިވާ ދެލޮލުން ފަނޑުގޮތަކަށެވެ. އޭރުވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ދެލޮލުން ކަރުނަތަށް އޮހޮރި އޮހޮރި ހުރީ ވާރޭގެ އެ ތިކިތަށް ފެނުމުން ވަކިނުވެވުނު ހަނދާންތަކެއް އާވާތީއެވެ.

ހިމަ ފޮދުވާރޭ ވެހޭ ކޮންމެ ވަގުތަކު އަހަރެން ޖުނޫމް މަތިން ހަނދާންވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހިމަ ފޮދު ވާރެއާ އަހަންނާ ޖުނޫމްގެ ލޮތްބާ ހާދަ ހާއްސަ ގުޅުމެއް އެބޯތެވެ. ޖުނޫމް މިހާރު ކޮބައިބާއެވެ. އަހަރެން މަތިން ހަނދާން ކުރާނެ ބާއެވެ. އެ ފަކީރާ އަނގައިން ނުބުނެ ވޭތާ މީ ދިހަވަނަ ދުވަހެވެ. އަހަރެންގެ ހިތަށް ހާދަ ތަދުވެއެވެ. ހާދަ ދެރަވެއެވެ. ހާދަ ހަނދާން ވެއެވެ. އެއީ އަހަރެން ހާދަ ލޯބިވާ އިންސާނެކެވެ. މި މަތިވެރި ލޯބި ފެށިގެން ދިޔަ ގޮތް ތިޔަ ކިޔުންތެރިންނާ ހިއްސާ ކޮށްލާނަމެވެ. އޭރު އަހަރެންގެ އުމުރުން އެންމެ ފަނަރަ އަހަރެވެ. އެއީ ފުރާވަރަށް އަރައިގެން އައި ދުވަސް ކޮޅެވެ. ތެދުތަދަށް ބުނަންޏާ އެ އުމުރުގަ ކުދިން ލޯބިވާން ފަށައެވެ. މީހުނަށް ހިތް ކިޔައެވެ. ބިޓުން ނަގައެވެ. ނަމަވެސް އޭރު އަހަރެންގެ ދިރި އުޅުމުގަ އެކަހަލަ އެއްވެސް ކަމެއް ނުވެއެވެ. އޭރުގެ ސަރުކާރުން ސުނާމީގަ ގެއްލުންވި މީހުނަށް ގެދޮރު އަޅާދީ އެހެން ރަށްތަކަށް މީހުން ބަދަލު ކުރަން ފެށުމުން އަހަރެމެންގެ އާއިލާވެސް ށަވިޔަނި އަތޮޅު ފުނަދޫއަށް ބަދަލުވިއެވެ. އޭރުން ފަށައިގެން އަހަރެމެން މި ދިރި އުޅެނީ ފުނަދޫގައެވެ.

އަހަންނަށް ޖުނޫމް ފުރަތަމަ ފެނުން ދުވަހަކީ ފުރަތަމަ ސްކޫލަށް ދިޔަ ދުވަހެވެ. ފުރަތަމަ ފެނިލުމާއެކު ހެން އާގަމަވެފަ އަހަރެންގެ ދެފައި ބިމުގަ ތަތްލީ އެ ސޫރައިގެ ފުރިހަމަ ކަމުންނެވެ. އެފަދަ ރީތި ދެވަނަ ފިރިހެން ކުއްޖެއް މި އުޑު ގެ ހިޔާ ދަށުގަ ނުވާނެކަން އަހަންނަށް ހަމަ ޔަގީނެވެ. މި ދިވެހި ރާއްޖޭގަ އެފަދަ ރީތި ފިރިހެން ކުއްޖެއް ހުރެދާނެކަމަށް ގަބޫލް ވެސް ނުކުރެވުނެވެ. އެއީ ފުރަތަމަ ފެނިލުމާއެކުވެސް އަހަރެން ދީވާނާ ކޮށްލި ސޫރައެވެ.

އަހަރެންގެ އަމިއްލަ ނަފްސާ ބެހޭގޮތުން އެނގިފަ އޮތް އެއްޗެއް ބުނެލަ ދެން ހެއްޔެވެ. މީގެ ކުރިން އަހަންނަށް ފެނިފަވާ އެންމެ ރީތި ބަޔަކީ ކޮރިއަން ސީރީޒް ތަކުގަ އުޅޭ ދޮން ރީތި ފިރިހެން ކުދިންނެވެ. އެއީ އަހަންނަށް ވަރަށް ކަމުދާ ބަޔަކަށް ވިއެވެ. ވަކިން ހާއްސަކޮށް މަޝްހޫރު ކޮރިއަން ސީރީޒް އެއް ކަމަށްވާ ‘މައި ލަވް ފްރޮމް އެނަދާރ ސްޓާރ’ ގަ އުޅޭ ބަތަލް އަކީ އަހަރެންގެ ހުވަފެންތަކުގެ ރަސްގެފާނު ކަމަށް ވިއެވެ. ނަމަވެސް ޖުނޫމްގެ މި ރީތި ކަމުގެ ކުރިމަތީގައި ކޮރިއަން ސީރީޒް ތަކުގެ ބަތަލުންނަށްވެސް އަހަރެން ދޭނީ ހަމަ ސުމެކެވެ. ޖުނޫމްގެ ގާތުގަ އެމީހުންގެ ރީތިކަން ފަނޑުވާނެކަން ޔަގީނެވެ. އެ ރީތި ކަމުގަ އަހަރެން އާޝޯހް ވެފަ ހުއްޓާ އެހެން ހުރިހާ ކުދިންތަށް ސްކޫލަށް ވަދެ ނިމިއްޖެއެވެ. އޭރުވެސް އަހަރެން ހުރީ ގޭޓް ކައިރި ހުއްޓިލައިގެން ހުރި ޖުނޫމް އަށް ބަލާށެވެ. އެއީ ސްކޫލް ދަރިވަރެއް ނޫންކަން ޔަގީން ވީ ހެދުން އަޅާފަ ހުރި ގޮތުން ނެވެ. އޭނާ ހުރީ އަތް ދިގު ހުދު ޓީޝާޓަކާއި ކަޅު ކުލައިގެ ދިގު ސޯޓް ބުރިއެއް ލައިގެން ފޯނުގެ ސްކްރީނަށް ބަލާށެވެ. ކުއްލިއަކަށް އޭނާ އިސް އުފުލައިލާފައި އަހަންނަށް ބަލައިލިއެވެ. މާތް ކަލޯކޯއެވެ. ހަތަރު ކަޅި ބައްދަލު ވީއެވެ. އެ ފުން ދެލޮލުގެ ރީތިކަމާއެވެ. ރަން ރީތި މަޑުމުށި ކުލައިގެ އެ ކަޅި ފެނިފަ އަހަރެން ހޭނެތިގެން ނުވެއްޓުނީ ކިރިޔާއެވެ. ފިރިހެން ކުދިންގެވެސް އެހާ ރީތި ލޯ ހުރޭ ހެއްޔެވެ.

“ވާވް…އަލަށް ސްކޫލަށް އައި ކުއްޖެއްތަ…ކީއްވެފަ ތިހިރީ..ހުރިހާ ކުދިން ވަދެއްޖެއްނު..” އެ ފިރިހެންވަންތަ އަޑު ކަންފަތު ޖެހުމާއެކު އަހަރެންގެ ހޭ ބުއްދި ފިލާ ނުދިޔައީ ކިރިޔާއެވެ. އޭނާގެ ބައްޓަން ރީތި ތުންފަތުގައިވަނީ އަންހެން ކުދިން މޮޔަކުރުވާފަދަ ހިނިތުން ވުމެކެވެ. އަހަރެންނަކީ ނުދަންނަ ކުއްޖެއްވިޔަސް އެއަޑުގައި ކުޑަވެސް ބީރައްޓެހިކަމެއް ނެތެވެ. އަހަރެން ހިންދިރުވާލާފަ އަވަހަށް އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. ހިތަށް ވެފަ ހުރި ގޮތުން އަހަންނަށް ބުނަންވި އެއްޗެއްވެސް ނުވިސްނި ގެންނެވެ. އޭރުވެސް ޖުނޫމް ހިނިތުން ވެލާފައި ބަލަން ހުއްޓެވެ.

ފުނަދޫ ސްކޫލަށް އައި ފުރަތަމަ ދުވަސް ކަމުން އަހަރެން ކުރިއަށް ދިޔައީ ވަރަށް ބިރުން ހުރެއެވެ. ދާންވީ ކުލާހެއްވެސް ނޭނގިގެން ހިތު ހުރި ދިމާލަކަށް ކުރިއަށް ދިޔައީމެވެ. ވަކި ހިސާބަކަށް ގޮސް ފަސް އެނބުރި ބަލައިލި އިރު ގޭޓް ކައިރީގައި ޖުނޫމް ގެ އެއްވެސް ހިލަމެއް ނެތެވެ. އަހަރެންގެ ހިތުގަ އެވަގުތު އާދަޔާ ހިލާފަށް ރިއްސާލިއެވެ. ދެން ޖުނޫމް ފެނިދާނެ ބާއޭ ވެސް ހިތަށް އެރިއެވެ. އޭރު އެރީތި ހިތްދަމައިގަތް ޒުވާނައަށް ކިޔަނީ ޖުނޫމް ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ނަން އެނގުނު ގޮތަކީ އަދި މާފަހުގެ ކަމެކެވެ.

އަހަރެންގެ ސުކޫލް ބަދަލުވުމާއެކުހެން އަހަންނަށް އަނެއްކާވެސް އެ ޖެހުނީ ގްރޭޑް އަށެއް ރިޕީޓް ކުރާށެވެ. ކުރިން އަހަރެން އުޅުނު ސްކޫލްގަވެސް އުޅުނީ ހަމަ ގްރޭޑް އަށެއް ގައެވެ. އަލުން ރިޕީޓް ވާން ޖެހުމުން އަހަރެން އިންތިހާއަށް ރުޅިއައެވެ. ކުރިއަށް ވުރެ ބޮޑަށްވެސް ކިޔެވުން މަތިން ފޫހިވިއެވެ. އެއް އިރެއްގާވެސް ސުކޫލަށް ގޮސް ކިޔަވަނީ އެކަމަށް އަހަރެން ޝައުގުވެރި ވާތީއެއް ނޫނެވެ. މަންމަ މެން ބުނާތީއެވެ. ކޮންމެ ގޮތެއްވިޔަސް އެއްޗަކުން ފާސް ނުވިޔަސް އޯލެވެލް ހަދަން އެބަ ޖެހެއެވެ. އެހެންކަމުން އަހަންނަށް އަބަދު ހުރެވެނީ ގްރޭޑް ދިހައަކަށް ދާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކޮންމެ އަކަސް އެދުވަހު ކްލާހުން އަހަންނާ ބައްދަލުވީ މާ އެކުވެރި ކުދިންތަކެއް ނޫނެވެ. އެވެރިން ވަރަށް ފޮންޏެވެ. ހާއްސަކޮށް އެއީ ބުލީ ކުރުމުގަ އެންމެ ކުރީގަ އުޅޭ ކުލާހެވެ. ފުނަދޫ އަކީ އެތަށް ރަށެއްގެ ބަޔަކު ހިޖުރަ ކޮށްފައިވާ ރަށަކަށް ވުމުން އެ ސްކޫލްގަވެސް އެކި ރަށްރަށުގެ ތަފާތު މިޒާޖުގެ ކުދިންތަށް އުޅެއެވެ. އެހެން ކަމުން އަހަންނަށް އެ ސުކޫލްގަ އެހާ ގިނަ ކުދިންތަކަކާ އެކީ ކިޔެވުން ވަރަށް ބޮޑު ގޮން ޖެހުމަކަށް ވިއެވެ. ކުދިން ކިޔާލާ ނުލަފާ އެއްޗެއްސުން ބައެއް ފަހަރު ވަރަށް ދެރަވެއެވެ. ހާއްސަކޮށް ބައެއް އަންހެން ކުދިން ތިބެނީ އަހަންނާ ގަދައަށް ޖައްސާލާފައެވެ. އެއީ އަހަންނަށް ލިބިފައިވާ ރީތި ސިފަތަކުން ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން އަހަރެން ހިނގާ ގޮތް ފެނުނަސް އެމީހުން އޭތި މީތި ގޮވައެވެ. އަހަރެން ހިނގާ އިރު މާ ބޮޑަށް ބުޑު ހަލުވަނީއޭ ގޮވައެވެ. ފިރިހެނުންނަށް ތުއި ދައްކަނީ އޭ ކިޔައެވެ. އެކަމަކު އަހަރެން އެވަރަކަށް އަޅައެއް ނުލަމެވެ. އެކަހަލަ ކިތަންމެ ކުދިންނަކާ އަދިވެސް ބައްދަލުވެދާނޭ ހިތަށް އެރިއެވެ. ސުކޫލަށް އާ ވުމައެކު އަހަންނަށް ރަނގަޅު ރައްޓެއްސެއްވެސް ނުލިބުނެވެ. އެކަމާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް ކެއްތެރިވީމެވެ. މަޑުމައިތިރިކޮށް އުޅުމަކީ އަހަރެންގެ މިޒާޖެވެ.

ސުކޫލަށް ދާތާ ހަފްތާއެއް ވެލި އިރަކަށް ސުކޫލްގެ ކަންކަމަށް އަހަރެން ހޭނިއްޖެއެވެ. ނަމަވެސް އަހަރެންގެ ހިތުގަ ނުފިލާ ރިހުމެއް ހަރުލާފައިވީ އެދުވަހު ގޭޓް ކައިރިން ފެނުނު ޒުވާނާ އެޔަށް ފަހު ލޯ މައްޗަށް ގެއްލިފަ ވީތީއެވެ. ކޮންމެ ދުވަހަކު އަހަރެން ސުކޫލަށް ދަނީ އެރީތި ޒުވާނާ ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އަހަރެން ހުރީ ދެކި ލާހިތުން ކެއްމަދުވެފައެވެ. މިހެން އުޅެނިކޮށް އެއްދުވަހު ކުލާސް ތަށް ނިންމާފައި ގެޔަށް ދާން ނިކުތް އިރު ފެނުނީ ވަރަށް ވެސް ހިތަށް ތަދުވި މަންޒަރެކެވެ. އެޒުވާނާ އޭނީ ސައިކަލްމަތީ ގޭޓް ކައިރީގައެވެ. އަހަރެން ދެރަވީ އޭނައާ ވާހަކަ ދައްކަން އަންހެން ކުއްޖެއް ހުރިތަން ފެނުމުންނެވެ. އެއީ ޝާނީއެވެ. ވަރަށް ފޮނި ނަމަވެސް ރީތި ކުއްޖެކެވެ. އެއީ އެޒުވާނާގެ ބިޓޭ ހިތަށް އެރުމާއެކު އަހަރެން ފެންކަޅި ވެއްޖެއެވެ. ވާނީ އެހެންތާއެވެ. އަހަރެން ހުރީ ފުރަތަމަ ނަޒަރުން އޭނާ ދެކެ ލޯބިވެގެންނެވެ.

އެމީހުނަށް ނުބަލަންވެގެން އަހަރެން ދުރުފަރާތަށް މޫނު އަނބުރައިގެން ކުރިއަށް ދިޔައީމެވެ. ނަމަވެސް ނުބަލައެއް އަހަންނަކަށް ނުހުރެވުނެވެ. ލަސްލަހުން ބަލައިލެވުން އިރު އަހަރެން ދީވާނާ ކުރުވި ހިނިތުންވުމާއެކު ޖުނޫމް އޭނީ އަހަންނަށް ބަލާށެވެ. ކަރުނަތަށް ހިންދާލަމުން އަހަރެން ދުރުފަރާތަށް މޫނު އަނބުރާލީ ޝާނީ އޭނާގެ ސައިކަލް ފަހަތަށް އެރިތަން ފެނުމުންނެވެ. ވަރަށް ދެރަވެފަ އަހަރެން އެގަދައަވީގައި ގެއަށްދާން ހިނގައިގަތީމެވެ. ގެ ހުންނަނީ ސުކޫލާ ވަރަށް ދުރުގަ އަތިރިމައްޗާ ކައިރީގައެވެ. އެހެންކަމުން ގެއަށް ދެވުނީވެސް ވަރަށް ލަހުން ނެވެ. ސްކޫލަށް ދާން ބައިސްކަލެއް ނުހޯދާ މިރަށަކު ނޫޅެވޭނޭ ހިތަށް އެރިއެވެ.

ޖެހިގެން އައި ދުވަސް ވީ އަހަރެންގެ ހަޔާތަށް އައި ވަރަށް އުފާވެރި ދުވަހަކަށެވެ. ހުވަފެނަކުންވެސް ނުވެދާނެހެން ހީވި ކަމެއް އެދުވަހު ވިއެވެ. އެއީ އުޑުމަތި ކުޑަކޮށް ބަނަ ކޮށް އަވި ނިވާލާފަ އޮތް ދުވަހެކެވެ. ސްކޫލް ނިންމާލާފައި އަހަރެން ހިނގައިގަތީ ގެއަށެވެ. އަހަރެން އަބަދުވެސް ގެއަށް ގޮސް ހަދަނީ މީހުން މަދު ގޯޅިތަކުންނެވެ. ގެއާ ފުދޭވަރަކަށް ކައިރިވެފަ ހުއްޓާ އަހަންނަށް އިވުނީ ފަހަތުން ސައިކަލެއް އަންނަ އަޑެވެ. އަހަރެން އެކަމަށް ސަމާލް ކަން ނުދީ ކުރިއަށް ދިޔައީމެވެ. އަހަރެންގެ ހިތް ސިހިގެން ދިޔައީ ސައިކަލް އައިސް އަހަންނާ ނުހަނު ގާތަށް މަޑުކޮށްލުމުންނެވެ. ސައިކަލް މަތީގައި އޭނީ އެއްކަލަ ޒުވާނާއެވެ. އަހަންނަށް ހުއްޓިލެވުނީ ބޭ އިހްތިޔާރުގައެވެ.އޭނާ އިނީ އެއްމިޔަކަނުން ހީލައިގެންނެވެ. ވާތު ކޮލުގަ އިން ހިތް ދަމައިގަންނަ އަޑިކޮޅު ފެނުމުން އިތުރަށް އަހަރެންގެ ހިތް ތެޅިގަތެވެ. އެ ރީތި ދެލޯ އެވަނީ އަވި އައިނަކުން ފޮރުވާލާފައެވެ.

“ހައި….ހާދަ ބާރަކަށޭ ހިނގާފަ ތިދަނީ..” ލާނެތް ހީލުމަކައެކު އޭނާ ބުނެލިއެވެ. އަހަރެން އަނގައިން ނުބުނެ އެހުރިގޮތަށް ބަލަން ހުރީމެވެ.

“ވާހަކަ ނުދައްކާންތަ ތިހުރީ…އަހަންނަށް ކިޔަނީ ޖުނޫމް..ތީ ހާދަ ލޯބި ކުއްޖެކޭ..ނަން ބުނެދެވިދާނެތަ..ޕްލީޒް..”

ޓަސްލާފައި އަހަންނަށް އަހަރެންގެ ނަން ބުނެވުނީ ބޭއިހްތިޔާރުގައެވެ. އަހަންނަށް ވީގޮތް ފެނި ޖުނޫމް ވެސް ކުޑަކޮށް ހައިރާންވެލާފަ ހިނިތުންވެލިއެވެ. އޭނާއަށް އަހަރެންގެ ހިތުގެ ހާލު އެނގުނީ ތޯއްޗެކެވެ. އަހަންނަށް ހުރެވުނީ ރަކި ވެފައެވެ.

“ހީރާ…ތި ލޯބި ކުއްޖާއާ ގުޅޭ ކަހަލަ ލޯބި ނަމެއް ހަމަ…ފޯނު ނަމްބަރ ދެވިދާނެތަ..ބޭނުން ވާހަކަ ދައްކާލަން..”

އަހަރެން އަތުގަ އޭރު ފޯނެއް ނޯވެއެވެ. ބުނަންވި އެއްޗަކާމެދު ވިސްނާލާފައި ފޯނެއް ނޯންނަ ވާހަކަ އަހަރެން ބުނީމެވެ. އެވަގުތު ތުނިކޮށް ހިމަ ފޮދުވާރޭ ވެސް ވެހެން ފަށައިފިއެވެ. އޭނާ ވިސްނާލަން އިނދެފަ އަހަރެންގެ އަތް ތިލައިގަ އޭނަގެ ނަމްބަރު ލިޔެދިނެވެ. އަދި ގޭ ކޮންމެސް މީހެއްގެ ފޯނުން ހަބަރެއް ވެލުމަށް ބުނެލިއެވެ. އަހަންނަށް ބަސް ހުއްޓިފަ އަތަށް ބަލަން ކިތަންމެ އިރަކު ހުރެވުނެވެ. ގެއަށް އައިސް ވެސް އަތް ފެން ކޮޅެއްގަ ނުޖައްސާން އަހަރެން އުޅުނީ އެއަތުގަ ޖުނޫމް ބީހިލާފަ ދިއުމުންނެވެ. އެކަމު ފެން ނުޖައްސާ ވަކި އުޅޭނީ ކިހިނެއް ހެއްޔެވެ.

މަންމަ ގެ ފޯނުން އަހަރެން ޖުނޫމްއަށް މެސެޖް ކުރީމެވެ. އެކަން އަހަރެން ކުރީ މަންމައަށް ސިއްރުންނެވެ. އެއީ ފިރިހެން ކުދިންނާ ރައްޓެހިވުމާ ފިރިހެން ކުދިންނާ ވާހަކަ ދެއްކުމަކީ މަންމަ ނުރުހޭ ކަމެއްކަން އަހަންނަށް އެނގޭތީއެވެ. ޖުނޫމް އާ ދެމީހުން އެރޭ މެސެޖްގެ ޒަރިއްޔާއިން ވަރަށް ވާހަކަ ދެއްކީމެވެ. ޝާނީ އާ ދެމެދު އޮންނަނީ ކޮން ގުޅުމެއްތޯ އަހަރެން އެހީމެވެ. ޖުނޫމް ބުނިގޮތުގަ އެއީ އޭނާގެ ކަޒިން އެކެވެ. ޖުނޫމް އާ ގާތް އެކުވެރިކަމެއް އުފެދި ވާހަކަ ދައްކާލުމުގެ ފުރުސަތު އެގޮތަށް ލިބުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. މަންމަ ފޯނު ހޯދުމުގެ ކުރިން ކުރި ހުރިހާ މެސެޖެއް އަހަރެން ފޯނުން ޑިލީޓް ވެސް ކުރީމެވެ.

އެގޮތަށް ދުވަސްތަށް ފާއިތުވަމުން ގޮސް ޖުނޫމް އަހަންނާ ރައްޓެހިވާން އަހައިފިއެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އުފަލާއެކު އަހަރެން އެކަން ބަލައިގަތީމެވެ. އެއަށްފަހު އަހަރެންގެ ދިރިއުޅުމަށް އާދަޔާ ހިލާފް އުފާވެރިކަމެއް އައެވެ. އަބަދުވެސް އަހަންނަށް ހީވަނީ ހުވަފެނީ ދުނިޔެއެއްގަ އުޅެވޭހެންނެވެ. ޖުނޫމް އާއެކު އަހަރެން ވަރަށް ސިއްރުވެރި ގޮތެއްގާ ލޯބީގެ ދުވަސްތަށް ގުނަމުން ދިޔައީމެވެ. ކުރިންވެސް ބުނިހެން އަހަރެންގެ އެއްވެސް ރައްޓެއްސެއް މިރަށަކު ނުހުރެއެވެ. އެހެންކަމުން މި ސިއްރު އެހެން މީހަކާ ހިއްސާ ކުރާކަށް ވެސް ނުޖެހުނެވެ.

މިގޮތުގަ ހައެއްކަ މަސް ފާއިތުވެ ދިޔަތަނާ އަހަރެން ވަރަށް ކުސް ތަޅައިގެން މަންމަ އަހަންނަށް ފޯނެއް ހޯދާދިނެވެ. އޭރު އަހަންނަށް ވަނީ ސޯޅަ އަހަރުވެފައެވެ.  އެދުވަހު އަހަރެން ވަރަށް އުފާވިއެވެ. މަންމަ މެނާ ސިއްރުން އަހަރެން ފޯނުން ޖުނޫމްއާ ވާހަކަ ދައްކަމެވެ. އޭރު އަހަރެންނަށް ވަނީ ވަކި ނުވެވޭ ވަރަށް ޖުނޫމް ދެކެ ލޯބިވެވިފައެވެ. ޖުނޫމްވެސް އަހަރެން ދެކެ ވަރަށް ލޯބިވާކަމަށް އަބަދު ބުނެއެވެ. އެގޮތުގަ ދެއަހަރު ފާއިތުވެގެން ގޮސް އަހަރެން އޯލެވެލް ހަދާވެސް ނިމިއްޖެއެވެ. ނަތީޖާ ލިބުން އިރު އަހަރެން ފާސްވީ އިސްލާމާއި ދިވެހިން އެކަންޏެވެ. އެކަމާ އަހަރެން ދެރައެއް ނުވަމެވެ. ކުރިންވެސް ބުނިހެން ކިޔެވުން ދެކެ އަހަރެން ވަރަށް ފޫހިވެއެވެ. އެކަމަކު އަހަރެންގެ ނަތީޖާ ދައްކަމުން މަންމަ ހުރީ ވަރަށް ރުޅިއައިސްފައެވެ. އޯލެވެލް ނިމުމުން އިތުރަށް ކިޔަވާކަށް އަހަރެން ގަސްތެއް ނުކުރީމެވެ. އެހެންކަމުން އެހިސާބުން އަހަރެން މަންމަ މެނާއެކު މަސް ކެއްކުމުގަ އެހީތެރިވެދޭން އުޅެން ފެށީމެވެ. އެއީ ކުރަން ކިތަންމެހާވެސް ބުރަ މަސައްކަތެކެވެ.

ކުރިންވެސް ބުނި ފަދައިން އަހަރެމެން ގެއާ އަތިރި އޮންނާނީ ޖެހިފައެވެ. ގެއާ ދިމާލުގަ ރީތި ދޮންވެލި ތުނޑިއެއް އޮވެއެވެ. ހަވީރު ގަޑީގައި އަހަރެން އެ ދޮންވެލި ތުނޑިއަށް ވަރަށް ގިނައިން ފިނިކޮށްލަން ދަމެވެ. އެހެން ދާ ދިއުމުގަ ބައެއް ފަހަރު އަހަންނާ ޖުނޫމްއާ ދިމާވެއެވެ.

“އަޅޭ…ޖުމް ކޮންދުވަހަކުންތަ މީތި ދެން ނައްޓުވާލާނީ..” ޖުނޫމް ގެ ކަންފަތުގަ މުދި ހަރުކޮށްގެން އުޅޭތީ އަހަންނަށް ވަރަށް އުނދަގޫ ވެއެވެ. އެއީ ޕާޓޭ އިން ކުރާ ކަމަކަށް ވާތީއެވެ. އަހަރެން ބުނެ ބުނެވެސް ޖުނޫމް އެ ނަގާ ހިޔާލެއް ނުކުރިއެވެ. ޖުނޫމް ބުނީ އެއީ ރީއްޗަކަށް ކޮށްފަ އިން ކަމެއް ކަމަށެވެ.

އެހެން ހުރެހުރެފަ ޖުނޫމް އޭނާގެ ޖީބުން ސިގިރޭޓެއް ނަގާ ރޯކޮށްލިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ސިނގިރޭޓް ބޯ މީހުން ދެކެ އަހަރެން ވަރަށް ފޫހިވެއެވެ. އެހެންވިޔަސް ޖުނޫމް ދެކެ ރުޅި އާދެވޭނީ ކިހިނެއް ހެއްޔެވެ. ސިނގިރޭޓް ބުއިން ހުއްޓާލުމަށް އެދި އަހަރެން ވަރަށް ނަސޭހަތް ދިނީމެވެ. ޖުނޫމް ގެ ޖަވާބަކީ ވަރަށް އަވަހަށް އެކަން ހުއްޓާނެ ކަމެވެ.

އެގޮތުގަ އަހަރެމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ ތުނޑިއަށް އެ ނިކުތީ ސަހީމައްތައެވެ. އަހަރެންގެ ބޮލުގަ ނުލަފާ ގޮތަކަށް ރިއްސާލީ ސަހީމައްތަ ބަލަން ހުރި ގޮތް ފެނިފައެވެ. އަހަރެމެންގެ ލޯބީގެ ގުޅުން އިތުރަށް ދެން މަންމަ މެނަށް ސިއްރު ވެފަ އޮވެދާނެހެން އަހަންނަށް ހީނުވީއެވެ. ސަހީމައްތަ އަކީ ފިސާރި އަނގަ ގަޑެކެވެ.

އަހަރެން އަވަހަށް އިތުރަށް މަޑުކުރަން ނުހަދާ ގެއަށް ދާން ހިނގައިގަތީމެވެ. އަހަރެން ގޮސް މަގުން އޮބާލި އިރުވެސް ސަހީމައްތަ ބަލަން ހުރިކަން އެނގުނެވެ. ދެން ވާނެ ގޮތެއް ނޭނގިފަ ނޭނގޭ ބިރުވެރިކަމެއްގާ އަހަރެންގެ ހިތް ތެޅެމުންދިޔައެވެ.

އަހަރެން ހީކުރި ގޮތަށް އޭގެ އަނެއްދުވަހު މަންމަގެ ރުޅި ގަނޑާ ކުރިމަތިވެއްޖެއެވެ. އަހަރެން ހުރީ ބިރުން އަވަދިވެފައެވެ. ސަހީމައްތަ ދެކެ އެހާ ރުޅިވެސް އާދެވުނެވެ.

“ހީރާ ކީކޭ ހިތަށް އަރައިގެންތަ އެ ޖުނޫމް އާ ހިތާވެގެން ތިއުޅެނީ..އެއަށް ވުރެ ރަނގަޅު މީހަކު ހަމަ ރައްޓެހިވާންވެސް ނުލިބުނީ ދޯ..ބަލަ އެއީ ރާބޯ ޕާޓޭ އެއް ކަމެއް ނޭނގޭތަ..މީގެ ފަހުން އޭނައާ ވާހަކަ ދައްކައިގެން ނުވާނެ..އޮތީޔާ އޮތް ގުޅުމެއް ކަނޑާލާ..” މަންމަ އަހަންނާ ދިމާއަށް ރުޅިއައިސް ރަތްވެފަ އެއްޗެހި ގޮވިއެވެ.

ވީދެރައިން އަހަންނަށް ރޮވިއްޖެއެވެ. އެހާ ފަސޭހައިން މަންމަ ބުންޏަސް އަހަރެން ޖުނޫމް އާ ވަކިވާނީ ކިހިނެއް ހެއްޔެވެ. އަހަރެން ލޯބިވާވަރެއް މަންމައަކަށް އިހުސާސް ނުކުރެވޭނެއެވެ. އަދި އެންމެ ދެރަވީ ޖުނޫމް އަކީ ރާބޯ މީހެކޭ ބުނެ ދޮގު އިލްޒާމެއް އެޅުވީމައެވެ. މަންމައަށް އެވަނީ އޮޅިފަކަން ޔަގީނެވެ. މަންމައަށް އެކިޔައިދިން މީހަކު އެހެރީ ކުޓުވާލާފައެވެ. ނޫނޭ ވާ މީ ދޭތެރެ ޖައްސާ މީހުންވެސް ގިނަ ދުނިޔެއެކެވެ.

އެދުވަހު ހަތަރުދަމު ވީ ދެރައިން އަހަރެން އޮތީ ކޮޓަރީގައެވެ. ހިތަށް ލިބުނު ހިތާމައިން ކާ ހިތް ފިލާ ރަނގަޅަށް ކެވޭގޮތެއްވެސް ނުވިއެވެ. އެކަމާ އަދި މަންމަ ވަކިން ރުޅިއެވެ. ވަރަށް އެއްޗެހި ކިޔާ އަހަރެންގެ ހިތަށް ތަދު ކޮށްލިއެވެ. މަންމައަކީ ފެށުމުގައިވެސް ރުޅިގަދަ މިޒާޖެއް ހުންނަ މީހެކެވެ.

“ވާ ތިހިރީ ހިތާވެގެން މޮޔަ ވެފައެއްނު..ލަސް ވެއްޖެ ފިރިހެނަކު ނުވެގެން ދުއްވައިގަންނަން..ނުކައި އޮންނަން ޖެހޭނެ..އެހާ މާތް ފިރިހެނެއް ދެކެ ވިޔަ ލޯބިވެގެން ތިއުޅެނީ..” އަހަރެން އެނދުގަ އޮށޯވެލައިގެން އޮއްވާ މަންމަ އައިސް އެތިވަރު ގޮވައިގަތެވެ. މަންމަ އިތުރަށް ރުޅި އަރުވާކަށް އަހަންނަކަށް ނުކެރުނެވެ. ކަރުނަ ފޮހެމުން އަހަރެން ދިޔައީ ކާށެވެ. ބަތް ކާން އިންއިރުވެސް އަހަރެންގެ ދެލޮލުގަ ފެންތަށް ހުރީ ގިނަވެފައެވެ. ބަތްކޮޅު ދިރުވާލާ އިރު ހީވަނީ ގާގަޑެއް އެތެރެ ވާހެނެވެ.

މަންމަގެ ރުޅިވެރިކަން އަހަންނާ މެދު ފެށިގެން ދިޔައީ އެހިސާބުން ނެވެ. އަހަރެން ޖުނޫމް އާ ރައްޓެހިވެގެން އުޅޭކަން އެނގުނު ދުވަހުން ފެށިގެން މަންމަމެން އަހަންނަށް ނަފްރަތު ކުރެއެވެ. މަންމަމެނަށް ކަމުދާ ގޮތަކަށް އަހަންނަށް ކަމެއް ކޮށްދެވޭ ކަމަކަށްވެސް ދެނެއް ނުވިއެވެ. ނުވިތާކަށް އަހަރެންގެ އެއްބަނޑު ދައްތަމެންވެސް އެވަރަށް އެއްޗެހިކިޔަން ފެށިއެވެ. މިހާރު މިގޭގަ އަހަންނާ ހިތްހެޔޮ ކޮށް އަނގައިން ބުނެލާނެ މީހަކު ނުވެއެވެ. ޖުނޫމް ދެކެ ލޯބިވުމަކީ ހަމަ އެހާ ބޮޑު ކުށަކީ ހެއްޔެވެ.  މިކަމާ އަހަރެން ވަރަށް ދެރަވެއެވެ. ޖުނޫމް ދެކެ ލޯބިވާ ފަދައިން އަހަރެންގެ އާއިލާ ދެކެވެސް އަހަރެން އިންތިހާއަށް ލޯބިވަމެވެ. އެމީހުން އެގޮތަށް ކަންތަށް ކުރާތީ އަހަރެން ވަރަށް ހިތުގަ ޖެހެއެވެ. އެކަނި ވެރިކަމާ ހިތްދަތިކަން އަބަދުވެސް އިހްސާސް ކުރެވެއެވެ. ހިތުގެ އުދާސް ތަށް ހިއްސާ ކޮށްލާނެ އެކުވެރިއެއްވެސް މި ބޮޑު ދުނިޔެއިން އަހަންނަކަށް ނުލިބުނެވެ.

އެންމެ ބޮޑަށް ހިތުގަ ޖެހުނީ އަހަރެންގެ ފޯނު މަންމަ މެން އަތުލުމުންނެވެ. އެހިސާބުން ޖުނޫމް އާ ވާހަކަ ދެއްކޭނެ ހުރިހާ ދޮރެއް ބަންދުވީ އެވެ. އެދުވަހު ހިތުގަ ޖެހިގެން އަހަރެން ވަރަށް ރުއީމެވެ. އެންމެ ދުވަހެއްވެސް ޖުނޫމްއާ އަނގައިން ނުބުނެ ހޭދަކޮށްލުން އަހަންނަށް ވީ ވަރަށް ބޮޑު އަޒާބަކަށެވެ. ޖުނޫމްއާ ވާހަކަ ނުދެއްކޭތާ މީ ދިހަވަނަ ދުވަހެވެ. ވީ އިރު އަހަރެން އަޅެ ދެރައެއް ނުވާނެ ހެއްޔެވެ.

މިރޭވެސް މި ހިމަފޮދު ވާރޭގެ ތިކިތަށް ފެނުމުން އަހަރެން މިހިރީ ޖުނޫމް މަތިން އިންތިހާއަށް ހަނދާންވެ ހިތުގަ ޖެހިފައެވެ. އަހަންނާ ޖުނޫމްގެ ލޯބި ފެށިގެން ދިޔައީވެސް މިގޮތަށް ހިމަފޮދު ވާރޭ ވެހުނު ދުވަހެއްގައެވެ. މި ފާއިތުވެ ދިޔަ ދިހަ ދުވަސް ތަށް ތެރޭގައި ޖުނޫމް އާ އަނގައިން ނުބުނެވުނު ތާނގާ ޖުނޫމްގެ ސޫރަވެސް އަހަންނަކަށް ނުފެނުނެވެ. ޖުނޫމް އަކީ އެހެން އަވަށެއްގަ ދިރިއުޅޭ ޒުވާނަކަށް ވުމުން އަހަންނަކަށް އެހިސާބަކަށް ނުދެވޭނެއެވެ. އެހެންވިޔަސް ޖުނޫމް އެހެންޏާ މިހިސާބަށް ވަރަށް ގިނައިން ސައިކަލްގަ އާދެއެވެ. ޖުނޫމްއަށް އެވީގޮތެއް އަހަންނަކަށް ނޭނގެއެވެ. އަހަންނާ ނުގުޅިގެން އޭނަ އުޅޭނެކަން ޔަގީނެވެ.

ޖުނޫމް ގެ ހިޔާލްތަކުގަ އަހަރެން އެހެން ރޯލަރޯލަ ހުއްޓާ ފަތިސް ނަމާދު ބަންގިވެސް ގޮވައިފިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

3 ވަނަބައި

Next

މަންޝާ (އެކާޅީސްވަނަ ބައި)

Next
August 29, 2016

މަންޝާ (އެކާޅީސްވަނަ ބައި)

Previews
August 29, 2016

3 ވަނަބައި

33 Comments!

  1. Meesh says:
    August 29, 2016 at 12:10 pm

    Nicee

    1. reesham says:
      August 29, 2016 at 12:12 pm

      meeesh…mihaa avahah kiyaalythr

  2. reesham says:
    August 29, 2016 at 12:11 pm

    iyye up khdheynameyy bunefa up nukurevunyma v v sorry igeyy … mikolhu ga internet mahsala thakeh jehigen miulhenyy..nw vx v haalun mi up khlyy..hope mibai kamudhaane kamah..

  3. Noo says:
    August 29, 2016 at 12:42 pm

    V rythi mi part ves

    1. reesham says:
      August 29, 2016 at 12:56 pm

      thankss noo

  4. faathi says:
    August 29, 2016 at 12:53 pm

    V v nice plz next part avas kolachy

    1. reesham says:
      August 29, 2016 at 12:56 pm

      ya..thankss faathyy.. internet ge mahsala nethyya tmrw up khdheynan iraadhukurehviyyaa

  5. Shaaz says:
    August 29, 2016 at 12:57 pm

    Nyc..mee hiyaalee vaahakaehtha

  6. reesham says:
    August 29, 2016 at 1:00 pm

    thankss shaaz..yes mee hiyaalyy vaahakae..bt mi haadhisaa thakakyy v gina kudhinnah dhimaavefa huredhaane kankan..so hagyygathehkamah hyvedhaane.. bt mee reesham ge amilla hiyaalah liyefa oiy storyy eh..

  7. zoooo says:
    August 29, 2016 at 1:13 pm

    Nice

  8. rose says:
    August 29, 2016 at 1:19 pm

    vr salhi….

  9. Aaf says:
    August 29, 2016 at 1:30 pm

    Wow vv nice asluvs kiyaalhan vvv faseyha vaahakayeh eng basthah nethyma migotha dhivehin vaakalhiyaairu lhiyaany v thafaathu nice story eh

    1. reesham says:
      August 29, 2016 at 1:35 pm

      thanks for the lovelyy comment aaf

  10. Nern.. says:
    August 29, 2016 at 1:52 pm

    Salhi.. Anehkaa Aaf eng kiyan ra’ngalhah neygeneethre. Eng words thah ves huhnan jeheyne dhw.. Knmeves varakah.. Cox dhivehinves vaahaka dhahkkairu ginain use kurany eng ehnu .. Am i right..??? ?

  11. Mexxo says:
    August 29, 2016 at 2:04 pm

    kiyaa milevuny 4426 ge scriptuhei hyvany……
    ehaaves hama reethi, I luv it…………..
    ummmmmah…………….’

    1. reesham says:
      August 29, 2016 at 3:19 pm

      oh thankss mexxo

  12. saaraa says:
    August 29, 2016 at 2:07 pm

    manjey..firihin golayaj junoon kiyaafa anhen golayah rasily kee nama

    1. reesham says:
      August 29, 2016 at 3:20 pm

      hehe…hmm..ragalhu hiyaalehthyy saaraa

  13. Appy says:
    August 29, 2016 at 2:18 pm

    V rythi mi bai vx..jonoom e ee goas myheh tha????

    1. reesham says:
      August 29, 2016 at 3:20 pm

      thankss appy..lets see dhw..junoon akyy konkahala meehehkan adhi egeyne

  14. Sabeeha says:
    August 29, 2016 at 2:54 pm

    vv reethi..??

  15. cham says:
    August 29, 2016 at 4:01 pm

    V nice story……. Waiting for next part…..

  16. Maain says:
    August 29, 2016 at 6:39 pm

    Love it ❤❤

  17. Aisha says:
    August 29, 2016 at 7:14 pm

    V v v reethi mi baives.

  18. Aphy says:
    August 29, 2016 at 8:14 pm

    Salhi….

  19. rose says:
    August 29, 2016 at 8:16 pm

    i thought bodah family ge thereyga huri thafaathu kurunkamah bodah annaany… loabeege ge vaahaka naannaanekamah

    1. reesham says:
      August 29, 2016 at 8:25 pm

      rose…adhi kuriah huri part thakuga ebaivx annaane..mi storyyga familyy ge ekahala kankanvx himeneyne

  20. Sheera says:
    August 29, 2016 at 8:23 pm

    Reesham thy funadhoo kujjeh tho? Anyways nice story.. Looking forward for other episodes

    1. reesham says:
      August 29, 2016 at 8:26 pm

      thankss sheera..reesham mee foakaidhoo kujjeh.. bt reesham funadhoo ahvx dhiyain..erashun fenunu kanthahthakah balaafa mi storyy mi liyanyy

  21. Sheera says:
    August 29, 2016 at 9:08 pm

    Haadha hyvey hageegy story

  22. Aisha says:
    August 30, 2016 at 12:29 am

    Alhe kon irakuntha up kollany. V kiyaa hithunney mihury.

  23. reesham says:
    August 30, 2016 at 9:49 am

    thankss all

    1. Sheera says:
      August 30, 2016 at 3:18 pm

      wc

Comments are closed.

Next Episodeމާޔޫސް ވެފާ… ( 3 ވަނަ ބައި )←


All Right Reserved!