ކަޅި ޖަހާނުލާ މީރާ ހުރީ އެ ފެންނަ މަޚްލޫގާ ދިމާއަށް ބަލާށެވެ. ދެން ފެނުނީ އެ އަަންހެން ކުއްޖާގެ ކުދި ބުޅި އިސްތަށިތައް ފޯލި ފޯއްޔަށް ވައިގެތެރޭ ވިހުރެން ފެށިތަނެވެ. އޭނާގެ އިސްތަށިގަނޑެކޭ ބޯވަ ފައިތަކެކޭ ތަފާތެއް ނެތެވެ. ގައިގެ ހަންގަނޑު ހުދުވެގެން ދިޔައެވެ. މުޅިގައިގަ ހުޅުނބު ފަޅަން ފެށިއެވެ. އޭނާގެ ދެލޯ ވަނީ ނޫކުލައިން ދިއްލިފައެވެ. މީރާ ހާސްވެ ދެލޯ ބޮޑުވީ އެ މަޚްލޫގު މީރާއާ ދިމާއަށް ކުރިއަށް ޖެހުމުންނެވެ. އޭރު އެ މަޚްލޫގު ހުރީ […]
“ތާނީ…” ޔަމާން ތާނިޔާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. މީރާއާ މެދު ޔަމާންގެ ހިތުގައިވި ހާސްކަން އެތައް ގުނައެއް އިތުރު ވެގެން ދިޔައެވެ. ނަމަވެސް މީރާއާ ބެހޭ ގޮތުން ސުވާލެއް ކުރަންވެސް ޔަމާން ޖެހިލުންވިއެވެ. “ތާނީ، ކުރިންވެސް މިހެން ވޭތަ؟ މީރާ ގެޔަށް ނައިސް ފޯން ނުނަގާ ހުރޭތަ؟” ޔަމާން އަވަސްއަވަހަށް އަހާލިއެވެ. ޖަވާބުގައި ތާނިޔާ ދެފަރާތަށް ބޯހަލުވާލިއެވެ. “މީރާގެ… މީރާގެ ހަޒްބަންޑް… އޭނައަކީ ކޮން ކަހަލަ މީހެއް؟ މިބުނީ… އަނިޔާ ކުރާ ކަހަލަ މީހެއްތަ އެއީ؟” […]
“މިރޭ ތީގެން އެއްވެސް މީހަކަށް ސަލާމަތެއް ނުވެވޭނެ.. އާސީންއަކަށްވެސް.. އަދި އައިރްގެ އެކުވެރި.. ރީހާންއަކަށްވެސް.. ރީހާންގެ ދުވަސް ދުއްވާލާފައި އަހަރެން ޖައިޝް، އާސީންގެ ދޮންބެގެ ދުވަސް ވެސް ދުއްވާލާނަން.. އަދި ރަށަށް ދިޔަ އާސީންގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮވެސް މަރާލާނަން.. އަހަރެންގެ ހިތުގައި ޖެއްސުން އެއީ އާސީންއަށް މިދުނިޔެމަތީގައި ކުރެވުނު އެންމެ ބޮޑު އެއް ކުށް.. އެކަން ހަނދާންކުރާތި” އެހެން ބުނެ ކުއްލިއަކަށް ބަންޝީލް ގެއްލުނެވެ. ނޫނެކެވެ. ގެއްލުނީކީ ނޫނެކެވެ. ދުންކޮޅަކަށް ބަދަލުވިއެވެ. މަޑުމަޑުން […]
އަރަޝް އަވަސްވެގަތީ ހަލީނާ ހައްޔަރުން ދޫކޮއްލާށެވެ. “ހަލީ އޯކޭ ދޯ ހަލީއަށް މަންޖެ ކިޔަސް” އަރަޝް ބުންޏެވެ. “މާދަމާ ބުނާނަން ޖަވާބު އިނގޭ” ހަލީނާ ދާން އަވަސްވެފައި ހުރިވަރުން ބުންޏެވެ. އަރަޝް ހަލީނާ ހައްޔަރުން ދޫވެއްޖެއެވެ. “މަންޖޭ ހަނދާންކޮށް މާދަން އަންނާތި!” އަރަޝް ހަލީނާ ގަސްތަކުގެ ތެރެއަށް ވަންނަން ދަނިކޮށް ގޮވާލިއެވެ. ހަލީނާ އެއްވެސް ޖަވާބެއް ނުދީ އެތަނުން ހިނގައްޖެއެވެ. “އަވަހަށް ނިދާކަމުގެ އެކްޓު ޖައްސަންވީ އެހެން ނޫނީ މަށަށް ބޮން އަޅައިލާނެ ނާހިދުމެން” އަރަޝް ހިތާހިތުން […]
އިންތިޒާރު 48 “އަހަރެން އެބެއް އެދުމެއް، ޒާ މިކަމަށް އެއްބަސް ވެއްޖިއްޔާ އަހަންނަށް ވަރަށް ރަނގަޅު” ކޮޓަރިއަށް ވަދެފައި ރާއިން ބުނެލިއެވެ. “އަހަރެން ކުރިންވެސް ބުނިންދޯ އަހަރެން ވަޒީފާއަށްދާން ބޭނުމޭ، ރާއިން އޭރުބުނީ އޯކޭއޭ، ދެން މިހާރު ނުބުނާތި ނުދާށޭ” ޒާޔާގެ ވާހަކަ ހުންނާނީ އެގޮތަށްކަން މާކުރިންވެސް ރާއިންއަށް އެނގެއެވެ. އެހެންވެ އެއާވިއްދާފައި އެއްވެސް އެއްޗެއް ނުބުނަން ނިންމައި އޭނަ ބޭނުންވާގޮތް ހާމަ ކުރިއެވެ. “ޒާ ސުކޫލަށް ގެންގޮސްދޭންށާ ބަލާ އަހަރެން ދާނަން، ނޫނީ މަންމަމެންނަށް ޝައްކުވާނެ، […]
އެއީ ބަލައިލަން ކިތަންމެހާވެސް ރީތި މަންޒަރެވެ. އިރު އޮއްސެމުން ދާ ވަގުތު ދުނިޔެ މައްޗަށް ވެރިވެފަ މިހުންނަނީ ކޮންފަދަ ޖާދުވީ ކުލަތަކެއް ހެއްޔެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. މިމަންޒަރު ބަލާ ފޫހިވާނީ ކޮން އިންސާނެއް ހެއްޔެވެ. ރަތާ އޮރެންޖާ ރީދުލާ ނޫކުލަ އަހަންނަށް އެންމެ ކަމުދާ ކުލަތަކަށްވީވެސް މިހިތްގައިމު މަންޒަރުގެ ސަބަބުންނެވެ. އެރީތި ރަތްކުލައިން ސާފު ނޫއުޑު މި ވަނީ ހުޅުދާން ވެފައެވެ. ކަނޑުގެ ސަތަހައަށް އިރުގެ ހިމޭން ދޯދިތަށް އެޅިފަވާއިރު ރަތް އޮރެންޖް ޖަވާހިރު ކޮޅުތަކެއް […]
އޭނާ ހަަމަ އެ މަސައްކަތްކުރަނީ ޝިޔާމެންނަށްޓަކައި ނޫން ހެއްޔެވެ؟ މިކޮޅަށް އައިސް އޭނާ ޝިޔާމެންނާ ގުޅާލި އެންމެ ފުރަތަަމަ ދުވަހު ވެސް އޭނާގެ ހިތް ރޮއްވާލާފިއެވެ. އޭރުވެސް އެއްކަލަ ކުދިންތައް ދިއައީ ރާހުލް އަށް ބަލަބަލާފައި މަލާމާތްކުރަމުންނެވެ. އޭނާގެ ހިތަށް އަރަމުންދިއައެވެ. ހުސް އެއްކަހަލަ ބައެކެވެ. އޭނާގެ އެއްވެސް އިހުސާސެއް ދެނެނުގަނެވޭ ބައެކެވެ. އެވަގުތު އޭނާގެ ދެލޯ ފެންކަޅިވެގެން ދިއައީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. ޝިޔާ ވާހަކަ ދައްކަ ދައްކައި ހުއްޓާ އޭނާ ފޯނު ކަނޑާލިއެވެ. […]
ގެއާއި ހަމާލަށް އައުމަށްފަހު އިޒާން އާޝާގެ އަތުން ދޫކޮށްލިއެވެ. އަދި އެތެރެއަށް ވަންނަން އާޝާއަށް ތަންދެއްކިއެވެ. އާޝާ ހިނިތުންވެލުމަށްފަހު އެތެރެއަށްވަނެވެ. ސިޓިންގް ރޫމްގައި އިން ސަނީމްއާއި ސާޒްއަށް އެމީހުން ވަތް ތަން ފެނުނެވެ. އާޝާ ސިއްރު ސިއްރުން ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވަނެވެ. ސާޒްއާއި ސަނީމް އެދެމީހުންނާއި ދިމާލަށް ބަލައިލިއެވެ. އިޒާން އެމީހުންނަށް ހިނިތުންވެލުމަށްފަހު މައްޗަށް އަރަން ދިޔައެވެ. ނަމަވެސް އާޝާ ވަނީ ބަދިގެއަށެވެ. ފެންތަށްޓަށް ފެން އަޅާލާ ފެން ބޯލާފައި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ކުރިމަތީ […]