Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެރިޔާގެ މާފް 3

Rozy
September 18, 2016
6 Mins Read
46 Views
9 Comments

“އަަހަރެންނަކީ ފަރަންޖީއެއްނޫން.. ދިވެހިން ލިޔުނު ނަމައެއްނު ކިޔަންވެސް އެނގޭނީ” އަހަރެން ރިޔާސްގެ އަތުން އަހަރެންގެ އަތް ނެއްޓުވީ ލަދުންނެވެ.

ނާޒިމް އަހަރެމެންނަށް ކޯކް އާއި ބިސްކޯދު ގެނެސް ދިނެވެ.

ރިޔާސް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެކަމަކު އަހަރެންނަށް އެއިން އެއްވެސް އެއްޗެއް ނޭނގުނެވެ. އަހަރެންގެ ސަމާލު ކަން ހުރީ މޫދާ ދިމާލަށެވެ. އަހަރެންނަށް އަޑުއިވެމުން ދިޔައީ ރާޅު ގޮނޑު ދޮށަށް ބީއްސާލާއިރު އިވެމުންދާ މިއުޒިކްގެ އަޑެވެ.

އެރޭ އަހަރެމެން ވަކިވިއިރު ދެން ބައްދަލު ކުރަން ވަޢުދެއް ނުވަމެވެ. ބައްދަލު ވާނެ ކަމެއްވެސް ނުމެއެނގެއެވެ.

ދުވަސްތައް ބަދަލުވަމުން ދެއެވެ. އަހަރެމެން އެކަކު އަނެކަކަށް ފެންނަނީ ނަމާދު ގަޑީގައެވެ. ހަމައެކަނި ރިޔާސް އަހަރެންގެ ގެކާރީ ހުންނަ ބޮޑު މިސްކިތަށް ނަމާދަށް އައިސް ގޮސް ވާތަނެވެ. ބައްދަލު ކުރަން އޭނަވެސް އިސްވެ ނޭދޭތީ އަހަރެންވެސް ގޮތުގާ ހުރީމެވެ. އެއްމަސް ވެގެން ދިޔައެވެ.

ސުކޫލް ޗުއްޓީ ލިބިއްޖެއެވެ. މާރަނގަޅު ނަތީޖާއެއްނުލިބުނަސް އަހަރެން ވެސް ކިރިޔާ އެއްކުލާހުން އަނެއްކުލަހަށް ބަދަލު ވާވަރަށް ފާސްވިއެވެ. އަހަރެންނާއެކު ދެން އުޅުނު މީހުންނަަށް އެވަރުވެސް ނުވިއެވެ. ފެއިލްވީއެވެ.

ނާޒިމް އަހަރެންގެ ގެޔަށް އައެވެ. ވަރަށް ބަނޑުހައިވެއްޖެއޭ ބުނީމާ އަހަރެން އޭނާއަށް ކާން ހެދީމެވެ. އޭނާ އަހަރެންނަށް ތަފާތު އިށާރާތް ކުރަމުން ދިޔައެވެ.މަންމަ މެންނަށް އަޑު ނީވޭ ގޮތަށް  ސިއްރުން ވާހަކަ ދައްކަން ފެށިއެވެ.

“ކޮބާ މިރޭ ބައްދަލު ކޮށްބަލާށޯ ރިޔާސް ބުނެފި”

” އެހެންތަ؟! އެއްމަސް ފަހުންތަ އޭނާ އަހަރެން މަތިން ހަނދާންވަނީ”

އަހަރެން މިހެން ދުލުން ބުނިއިރު އަހަރެންގެ ހިތުން ރިޔާސް އާއި ދިމާލަށް  ތަފާތު އެއްޗިހި ކިއަމުން ދިޔައީމެވެ. ކަލޭ ހީކުރަނީ ކަލޭ ބެނުން ހާއިރަކު އަހަރެންނާ ބައްދަލު ކުރެވޭނެ ކަމަށް ހެއްޔެވެ؟ ނުވެސް ދާނަމެވެ. ހިތާހިތުން އަހަރެން ބުނީމެވެ. އެކަމަކު ނާޒިމް އަކަށް އަޑެއް ނުއިއްވަމެވެ.

‘ކީކޭ އެއްޗެކޭ ބުނިންތަ؟’ ނާޒިމް އަހަރެންގެ މޫނައް އަރާ ކުލަވަރަށް ބަލަން އިނދެފަ ސުވާލު ކުރިއެވެ. އެއީވެސް އަނެއްކަމެވެ. ހިތް ހަމަނުޖެހުނަސް އެކަން ފޮރުވުމުގެ ގާބިލް ކަމެއްވެސް އަހަރެންގެ ނެތެވެ.

“ހޫން ދާނަން މިބުނީނު ދާނަމޭ” އަހަރެންނަށް މިހެންވެސް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ނަސީބަކުން މަންމަ މެން އެކަކުވެސް އަޑު އިވޭ ހިސާބަކު ނެތެވެ.

ކައިނިންމާފަ  ބަލާ އަންނާނަމޭ ބުނެފަ ނާޒިމް ދިޔައީ އެވ.

“ނާޒިމް އައީ ކީއްކުރަން މިރޭވެސް ކޮންމެވެސް ފިޔާޒާ ތަނަކަށް ދާންވީދޯ؟”

މަންމަ ނާޒިމް ގެއިން ނިކުތްތަން ފެނިގެން އަހާލިއެެވެ.

އަނެއްކާވެސް އަހަރެން ސިންޑުރެއްލާ ބައި ކުޅެންވީ ދުވަހެކެވެ. ވާނީ ވެސް އެހެންނެވެ. މިރޭ އަހަރެން މިއުޅެނީި އަހަރެންގެ ލޯބިވެރިޔާ އާއި ބައްދަލު ކުރަން ދާށެވެ. އެކަމަކު އޭނާ އަހަރެންދެކެ ލޯބިވިޔަސް އުޅެނީ ހާދަ ދުރުންނެވެ. މިހާރު ގުރޭޑް 7 ވެސް ނިމުނީ އެވެ. އަހަރެން ބޭނުންވަނީ މެރީ ކުރާށެވެ. ކިޔަވުމަކީ ވަގުތު ގެއްލޭ ކަމެކެވެ. އޭނާ ހުރީ ވަޒީފާގަ އެވެ. އަހަރެންނަށް އޭނާ އާއި އެކު އެގޭގައި އުޅެވިދާނެއެވެ. އަހަރެން ވަޒީފާ އަކަށް ދާން ބޭނުމެއް ނޫނެވެ. ދެތިން ކުދިން ހޯދައިގެން ކިހާލޯބިން އުޅެވޭނެ ނޫން ހެއްޔެވެ. މިއީ އަހަރެންގެ ޙިޔާލެވެ. މިރޭ މިވާހަކަ އަހަރެން ރިޔާސް ކާރީ ދައްކާނަމެވެ. އަދި ހަމަ މިމަހު ކާވެނިވެސް ކުރާނަމެވެ. އަހަރެން އަމިއްލަ އަށް ހިނިތުންވެލީމެވެ. ލަދުވެތިކަން އަހަރެން މިވާހަކަ ދައްކަން ފުރުސަތު ދޭނެ ބާވައެވެ. ކޮންމެޔަކަސް އަހަރެން ކިތަންމެ ވާހަކަ ދެއްކިޔަސް އަހަރެންނަކީ އަންހެން ކުއްޖެކެވެ. އިސްވެ ކައިވެންޏަށް އެދެކަށް ނުކެރޭނެއެވެ. ކައިވެންޏަށް އެދެންވާނީ ރިޔާސް އެވެ.

“މި މަންޖެ މިހާރު ހާދަ ގެވެހިޔޭ. މަށަށް ހީވަނީ އިސާހިތަކު މީހަކު މިގޮއްޔެ ގެންގޮސްދާނެހެން މީހަކު.. ނޫނީ ރަނގަޅު އާއިލާ އަކުން މީހަކު ހޯދަންވީ ތޯއްޗެއް މީނަކާ ގުޅުވަން އުތަ ” ބޮދުދައިތަ ގެޔަށް ވަދެ މަޑުނުވެ އަހަރެންގެ ވާހަކަ ދައްކަން ފެށިއެވެ. ތިމާގެ ގޭގޭގެ ފިރިހެން ކުދިންނާ އަޅުވާ ކިޔަމުންނެވެ. އެކަކަށް ވުރެ އަނެކަކު ރަނގަޅޭ ބުނަމުންނެވެ.  އަހަރެން ލަދުން މަންމަގެ ފުރަގަހަށް ވަނީމެވެ.

” ދަރިފުޅާ. ގިނަ މީހުންގެ ލޯމައްޗަށް ނުފެންނާތި. ގިނަ ވާހަކަ އަޑު އިވޭނެެ. ގެއެއްގެ ތެރޭ ފޮރުވިފާ އިނަސް އަންހެން ކުއްޖާ ރަނގަޅީޔާ ރަނގަޅު ވާހަކަ އަޑުއިވޭނެ. ތިޔައީ ހަމަ ޖަވާހިރެެއް. އަންހެން ކުއްޖެއްގެ ގަހަނާއަކީ ރީތި ވުމެއްނޫން. ލަދުވެތި ކަމާ މަޑުމައިތިރި ކަން. މާބާރަށް ނުހޭތި. އެއީ އަންހެން ކުދިންނަށް ހަޑި ކަމެއް.” މަންމަ އަހަރެންނަށް ނަސީހަތް ދިނުމަށް ފަހު ބަދިގެ ފަރަތަށް ދިޔައެވެ. މިއީ އަބަދުވެސް މަންމަ އަހަރެންނަށް ދޭނަސީހަތެވެ. އަންހެން ކުދިންގެ ދެވަނަ ނަމަކީ ލަދުވެތި ކަމޭ އަބަދުވެސް މަންމަ ބުނެއެވެ. މިއީ ވަރަށް ބޮޑު ތެދެކެވެ. އަހަރެންގެ ތަރުބީއްޔަތު ވެފައިވަނީ ވަރަށް މާތް މީހެއްގެ ބެލުމުގެ ދަށުންނެވެ. އެހެންވީމާ އަހަރެންގެ އުޅުމާއި އަހަރެންގެ ކަންތަށް ވަނީ ވަރަށް ސީދާ ސާދާ ކޮންނެވެ.

ތެދެކެވެ. އަހަރެންގެގައިގަ މަންމަ އެބުނި ހުރިހާ ސިފައެއް އެބަހުއްޓެވެ. އަހަރެން ލަދުވެތިއެވެ. ދެއްކުންތެރި ކަމެއް އަހަރެންގެ ނެތެވެ. އަހަރެން ހިތްހެވެވެ. މަސައްކަތް ތެރިއެވެ. ގެވެހިއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ. އަހަރެންނަކީ އަހަރެންގެ މަންމަ ގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.  މަންމަ އާއި އެކު އަހަރެން ނަމާދު ކުރަމެވެ. ޤުރުއާން ޙަތިމް ކުރެވުނު އަދަދެއް ވެސް ނޭގުނެވެ. މިކަމާ އަހަރެން ވަރަށް ހިތް ހަމަ ޖެހެއެވެ. މަންމަ މެން އަހަރެންނާ މެދު ވަރަށް ފަޙުރު ވެރިވެއެވެ. ސުކޫލްގަވެސް ދީނީ އެއްޗިހި ކިޔުއްވިއިރު އެއްވަނަޔަށް ދިޔައީ އަހަރެންނެވެ. މިކަމުން ވެސް އެނގެނީ އަހަރެންގެ ހިތް އަލި ކަމެވެ…އެކަމަކު އިގިރޭސި މާއްދާތަކުން އަހަރެން އަބަދުވެސް ދަށެވެ.

ގޭތެރޭގެ ހުރިހާ މަސައްކަތެއް އަހަރެން ކޮށްލީމެވެ. ވަރުބަލިވުމެއް ނެތިއެވެ. މިރޭގެ އުފާވެރި ކަން ހިތަށް ތަސައްވަރު ކުރަމުންނެވެ.

ވަރުގެ ކޮޅަށް ނަލަހެދިލީމެވެ. މިއަދު އަހަރެންލީ ޕާކިސްތާނު ހެދުމެކެވެ. އެއީ މަންމަ އެންމެ ފަހު އީދުގަ އަހަރެންނަށް ގަނެދިން ހެދުމެކެވެ. މަޑު ފިޔާތޮށި ކުލައިގެ ދޯޕައްޓާއެކެވެ. އެއާ ގުޅޭ މަޑު ފިޔާތޮށި ހެދުމެކެވެ. ހެދުމުގައި ވަރަށް ބޮޑެތި  ފިނިފެންމާ ޑިޒައިނެއް ހުއްޓެވެ. ދޯޕައްޓާ މޭމަތީ  އަޅާލުމަށްފަހު އިސްތަށިގަޑުން ހުޅިއެއްޖަހާލީމެވެ.  މޫނުބަލާ ލޯގަނޑު ކާރިޔަށް އަހަރެން ޖެހިލީމެވެ. ޙުދު އަހަރެންނަށް ވެސް އަހަރެން ނޭނގުނެވެ. ކޮންމެވެސް ގޮތެއް ހުރިހެން ހީވެއެވެ. އަހަރެން ލޯގަޑުން ފެންނަން ހުރި އަހަރެންނާ ދިމާލަށް އަހަރެން ހީލީމެވެ. ކިތަންމެ ކަޅަސް އަހަރެން މިރޭ ވަރަށް ރީތި ކަން އަހަރެންނަށްވެސް އެނގުނެވެ.

ނާޒިމު ގަޑިޔަށް އަހަރެންބަލާއެވެ. އަދި ހުއްޓުން އަރާފަ އަހަރެންނާ ދިމާލަށް ބަލަމުން ދިޔައެެވެ.

“މާތްކަލާކޯ ފިޔާ މިރޭ ކޮންމެވެސް މީހަކު ގަތުލުކުރަންތަ ތިދަނީ” ލާނެއްކަމާ އެކު ނާޒިމު ބުނެލިއެވެ. އަހަރެން ލަދުން އިސްދަށަށް ޖަހާލީމެވެ. އަދި މަޑު ފިޔަވަޅުގަ ނާޒިމް އާއި އެކު ހިނގައިގަތީމެވެ.

ރިޔާސް ހަމަ ކުރީދުވަހު ބައްދަލު ކުރިތަނުގައި ހުއްޓެވެ. ހަމަ މޫދާދިމާލަށް އެނބުރިއެވެ. އަހަރެމެންގެ ހިލަން ވުމާއެކު އޭނާ އެނބުރިލިއެވެ. ހަނދުވަރުގެ ފަނޑު އަލިގެތެރެއިން ޖަޒުބާތީި ގޮތަކަށް އަހަރެންނަށް ބަލަމުން ދިޔައެވެ.ކުރީ ރޭ އޭނާ އަހަރެންނާ ދިމާލަށް މިވަރަށްވެސް  ރިޔާސް ބަލާނުލައެވެ.

“ފިޔާޒާ ހާދަ ރީއްޗޭެ…. ” އަހަރެންގެ އަތުގާ ހިފަމުން ރިޔާސް ބުނެލިއެވެ. އަހަރެން ލަދުން މޫނުގައި އަތް އެޅީމެވެ. ރިޔާސް އެނބުރި ނާޒިމް އާއި ދިމާލަށް ބަލާލިއެވެ.

“އޭއި ކަލެދެން މިތަން ބަލަން ހުންނަން ވީކީ ނޫން އެކޮޅަށް އެނބުރި މީހަކު އާދޭތޯ ބަލަން ހުރޭ” ހިނިތުން ވެލަމުން ރިޔާސް އަހަރެމެންގެ ފާރަވެރިޔާ އެއްފަރާތަކަށް ފޮނުވާލިއެވެ. ރިޔާސް ހުރީ އުފާވެރި މޫޑް އެއްގައެވެ.

“މިއޮތީ އަހަރެން ފިޔާޒާއަށް ގެނައި ހަދިޔާއެއް” ފޮތެއް އަހަރެންގެ އަތަށް ދިއްކޮށްލަމުން ރިޔާސް ބުނެލިއެވެ. އަހަރެން ލަދުވެތި އަޑަކުން “ޝުކުރިއްޔާ” އޭ ބުނެލީމެވެ.

“ފިޔާޒާ…..އަހަރެން ހިތަށް…..”

“ދެން އަހަރެންނާ ދިމާލަށް ފިޔާޒާ ނުކިޔަ ބަލަ ވަރަށް ފޫހި  އެހާ ދިގުކޮށް ނަން ކީމަ..’

“ދެން ކިޔަންވީ ކީ ކޭތަ؟ ” އަހަރެންގެ އަތުގަ ހިފަހައްޓައިގެން ހުރެފަ އޭނާ ދޫކޮށްލިއެވެ. މިދޫކޮށްލުން ހީވީި މާނަވީ ދޫކޮށްލުމެއް ހެންނެވެ.

“މަގޭ ރައްޓިހިން މަށަށް  ކިޔަނީ ފިޔާ …..”

“ތީ މަގޭ ރައްޓެއްސެއްތަ؟” ރިޔާސް އަހަރެންނާ ސުވަލު ކުރި ރާގުން ވެސް އިންތިހަޔަށް ދުރުގޮތެއް އިހްސާސް ވިއެވެ، ނަމަވެސް އަހަރެން ހިމޭނުން ހުރީމެވެ. ނުބައި އެއްޗެއް ބުނެވިދާނެތީއެވެ.

ޢާންމު ކޮށް އަހަރެންނަށް މުޅިން ބުނެވެނީ ނުގުޅޭ އެހެންނޫނީ ބުނަން ނުވާ އެއްޗިހިއެވެ.

“ފިޔާޒާ … ސުކޫލް ނިންމާނީ ކިހާހިސާބަކަށް ކިޔަވާފަތަ؟ މިފަހަރުވެސް ވަރަށް ދަށުންދޯ ފާސްވީ ނާޒިމް ބުނި އަހަރެން ވަރަށް ހިތް ހަމަ ނުޖެހުނު”

ރިޔާސްގެ މިޖުމްލަ އިން އަހަރެން ވަރަށް ހައިރާންވެ ލަދުގަތެވެ. އަހަރެންނަށް ހީވީ އޭނާ އަހަރެން ކާރީ ކައިވެނި ކުރަން  އެހި ހެނެވެ.

ނާޒިމްވެސް އަހަރެމެންގެ ވާހަކަ އަޑު އިވޭހިސާބުގަ ހުއްޓެވެ.

“އައްޗި މަ ނޫޅެން މާމައްޗަށް ކިޔަވަކަށް މާދަން ވެސް ރިޔާ ބޭނުމީޔާ އަަހަރެން މެރީ ކުރާނަން”

އަހަރެން މިހެން ބުނެލުމާ އެކު ރުޅިވެރި ކަމުގެ ބެލުމަކުން ރިޔާސް އަހަރެންނާ ދިމާލަށް ބަލަމުން ދިޔައެވެ. އެލޮލުން އެވަގުތު ރުޅިވެރިކަމުގެ އަސަރު ފެންނަން ހުއްޓެވެ. ހަމަ ވަގުތުން އަހަރެން ހުރި ފަރާތަށް ރިޔާސް ފުރަގަސް ދިނެވެ. ކޮން ބާރެއް ކަމެއް ނޭނގުނެވެ. އަހަރެން ރިޔާސްގެ ކުރިމަށްޗައް އެރީމެވެ.

“ފިޔާޒާ.. އަހަރެމެންގެ މިގުޅުމުގެ ވާހަކަ އިތުރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ. އަހަރެންގެ ގޭ މީހުން އަހަރެން ކައިވެނި ކުރަން ބޭނުންވާނީ ވަރަށް ކިޔަވައިގެން ހުރި މޮޅު ކުއްޖެއް. މީ މަވެސް އެދޭގޮތް. ތައުލީމީ ކުއްޖަކާ ނޫނީ މަށެއް ނުއެއް އިންނާނަން އެހެން ނޫނަސް މިރަށު ކުދިން ގުރޭޑް 7 ނިމޭއިރަށް ތި ތިބެނީ މީހުނާ ހިތާވެފަ… އިންނަން ތައްޔާރަށް . އަހަރެންގެ ހިތަށް އަރާ މި ކުދިންނަށް ކިޔެވުމުގެ މޮޅުކަން ކިޔާ ދެވެނެ ނަމައޭ..”

ރިޔާސް ގެ ކޮންމެ ޖުމްލަ އެއް ތީރެއް ހެން އަހަރެންގެ މޭގަނޑު ފޫ އަޅަމުން ދިޔައެވެ. ރިޔާސް އަހަރެން މިރޭޭ މިތަނަށް ގެނައީ މަލާމަތް ކުރަން ނޫނީ ލަދުގަންނަވަން ބާވައެވެ. އަހަރެންނަށް ޖަޒުބާތީ ވެވުނެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ. އަހަރެންގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ރިޔާސް ވާހަކަ ދައްކަމުން ދިޔައެވެ.

“ފިޔާޒާ ވެސް ދުވަސްކޮޅަކުން ފެންނާނީ.. މީހަކާ އިންތަންދޯ ހަނދާންކޮށް މަށައް ދައުވަތު ކާޑު ފޮނުވާތި. ފިޔާޒާ ކަހަލަ ނުކިޔަވާ ހުރި ކުއްޖަކާ މަށައް ގުޅުމެއް ނުބޭއްވޭނެ. މައިންނާނީ ކިޔަވައިގެން ހުރި މޮޅު ކުއްޖަކާ.. ފިޔާޒާވެސް ފެންނާނީ ކޮންމެވެސް މަސްވެރިޔަކާ އިންތަން. އޭރަށްތާ ގޭގަ މަސައްކަތުގަ ހުރެވޭނީ މަވެސް ކައިވެނި ހަފްލާއަށް އަންނާނަން…ނަސީބެއްނު ފިޔާޒާ އާއި އެކު އެހެންވާހަކަ އެއް…ސޮރީ އަހަރެން ލޯތްބެއް ނުވޭ ފިޔާޒާ ދެކެ”

އަހަރެން ދެކަންފަތުގަ އަތް އެޅީމމެވެ. ފައިދަށުން ބިންގަޑު ދެމިގެން ދިޔަފަދަ އަސަރެއް އަހަރެންނަށް ކުރިއެވެ. އެހެން ގޮތަކަށް ބުނާނަމަ އަހަރެންގެ އަމިއްލަ ލޯބީގެ ގަނޑުވަރު އަހަރެންގެ ކުރިމަތީ ފުނޑު ފުޑު ވެގެން ދިޔައީއެވެ. ތަފަތަކީ އެއިން އެއްވެސް އަޑެއް ނުކިޔާ ދިޔަކަމެވެ. އަހަރެން މޫނު ނާޒިމް އާއި ވީ ފަރާތަށް އަނބުރާލީމެވެ. ހުރިގޮތަށް ހުރެފައެވެ. އޭނާގެ ލޮލުން ނާ ބޮލުން ނުރޯށޭ ބުނާ ކަހަލަ އިޝާރާތެއް އޭނަ ކުރަމުން ދިޔައެވެ. ވީއިރު ދެންމެ ރިޔާސް އަހަރެންނާ ދިމާލަށް ދެއްކި ހުރިހާ ވާހަކައެއް ނާޒިމް އަށް އަޑު އިވުނީއެވެ. އަހަރެން ވަރަށް ލަދުގަތެވެ. ހޯސްލާފަ އަހަރެންގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. އެވަގުތު ރިޔާސް އަހަރެންގެ ނަމުން ގޮވިއެވެ. އަހަރެން އެނބުރި ބަލާވެސް ނުލާ ދުއްވައިގަތީމެވެ. ފަޅު ހިސާބުތަކުން އެކަނި ދުވަމުން ދުވަމުން ދިޔައީމެވެ. ރޮމުން ކަރުނަ ފޮހެމުން ނެވެ. ބޮޑު ގަހެއްގަ ލައިގަތުމަށް ފަހު އަހަރެން ހޭވެރިކަން ވިއެވެ. ވަށައިގެން ހޯދާލެވުނެވެ. ސުބުހާނަﷲ އެވެ. އަހަރެންނަށް މިހިރީ އަންނަން ނުޖެހޭ ހިސާބަށް އާދެވިފައެވެ. އެއްވެސް މީހަކު ފަހަތުން އައިތޯ ހޯދާލެވުނެވެ. ނަމަވެސް އެކަކުވެސް  ނާދެއެވެ.ރިޔާސް ނައިތާ ނާޒިމް ވެސް ނައީއެވެ. އެވަގުތު އަހަރެންނަށް މިދުވެވުނީ އަވާމެންދުރެއްގެ ފަހަތުން ކަން އެނގުނެވެ. އަދި އިހުނަށްވުރެ ބޮޑަށް ރޮވުނެވެ. ދުލަށް އައިހާ ހެޔޮ އެއްޗިހިކިޔަމުން އަހަރެން އައިކޮޅަށް ދުއްވައިގަތީމެވެ. ގެޔަށް އައިސް ވަދެވުނު ކަމެއްނެގުނެވެ. އަހަރެން ހެލެވުނުއިރުު އޮތީ ހޮސްޕިޓަލުގައެވެ. އައިވީ ގުޅާފައެވެ. މަންމަ ބުނީ ނިދިފަ އޮންނަތާ ދެދުވަސް ވެއްޖެ ކަމަށެވެ. އަސްލުގަ އަހަރެންނަށް ވީގޮތެއް އަހަރެން ވެސް ހަނދާންނެއް ނެތެވެ. އަހަރެން ހޮސްޕިޓަލުން ގެއަށް އައީމެވެ. އެއްވެސް އެކުވެރިޔަކު ގޮވާލާކަށް ނާދެއެވެ. އެމީހުން ވީތަނެއް އަހަރެންނަ ނޭނގެއެވެ. ނާޒިމްވެސް ނާދެއެވެ. ސޯދިގާމެން ރިސާލާމެންވެސް ނާދެއެވެ. މުޅި ކާއިނާތު އަހަރެންނާ ރުޅިހެދީޔޭ އަހަރެންގެ ހިތަށް އެރިއެވެ. ޤައިމުވެސް ރިޔާސްގެ ހަދާން އަހަރެން އެބަހުއްޓެވެ. އެ ވިހަ ބަސްތަކެވެ. އަހަރެންގެ ހިތް އޭނާ ފަޅި ކޮށްލި ގޮތެވެ. ހަދާން ނައްތާލާނީ ކިހިނަކުން ބާވައެވެ. އަނެއްކާވެސް އަހަރެންގެ ލޮލުން ހޯސްލާފަ ކަރުނަ ފައިބަމުންދިއެވެ.

އަހަރެންގެ މަންމަ ދޭރެތެ ދޭތެރެއިން އަހަރެން ކޮބާތޯ ހޯދާލައެވެ.

އެއްމަސް ދުވަސް ވެއްޖެއެވެ. އަހަރެން އެއްގޮތަކަށްވެސް ގޭގެ ދޮރާހަމަޔަށް ވެސް ނުދަމެވެ. ރަށުގެގިނަ މީހުން ހީކުރީވެސް އަހަރެން ބޮޑު ޗުއްޓިގަ މާލެ ދިޔައީ ކަމަށެވެ.

މަންމަ އަހަރެންގެ އާ ޔުނިފޯމް އާއި އާފޮތްތަށް ހިފައިގެން އައެވެ. އަސްލު އަހަރެންގެ ހިމޭން ކަން ގެއިން ބޭރަށް ނުގޮސް ގޭގަ އުޅުން ވެގެންދިޔައީ މަންމަ މެން އެންމެ އެދޭކަމަކަށެވެ. މަންމަ އާއި ބޮޑުދައިތަ  ފޮތްތަށް ގެނެސް އަހަރެންގެ އަތަށް ދިނުމާއެކު ފޮތްތަކުގެ މަތިގަ އޮތް ފޮތެއްގެ ސަބަބުން އަހަރެން ގަނޑުވިއެވެ. ބޯ އަނބުރާގޮތްވިއެވެ. އަދި  ފޮތްތަކާއެކު  އަހަރެން ވެއްޓެން ދިޔައެވެ.. މަންމަވެސް ފޮތްތަށް ބަހައްޓާލުމަށް ފަހު އަހަރެންގެ ގައިގާ ހިހެއްޓިއެވެ. ނަސީބަކުން މިފަހަރު އަހަރެން ނުވެއްޓި ސަލާމަތް ވިއެވެ.

“މީނާ ގައިގަ މާވަރުދެރައީ ސާއިރާ ދެބަލަ ލުނބޯ ފަނި ތަށިގެންނަން” މަންމަ ބުނެލިއެވެ.

ބޮޑުދައިތަ އަހަރެންނަށް ލުބޯ ހުތު ފަނިތަށްތެއް ގެނެސް ދިނެވެ. އެކަމަކު ބޮޑުދައިތަގެ މޫނު މަތިން އުފާވެރިކަމެއްނެތެެވެ. އަހަރެންނާ ވާހަކަވެސް ނުދެއްކިއެވެ.  ބޮޑުދައިތަ ބޭރަށް ނިކުތުމާއެކު މަންމަ ފަހަތުން ނިކުތެވެ.

“ސާއިރާ. ކަލޭ ތިގޮތަށް އަނގައިންވެސް ނުބުނެ އައުމުން އެމަންޖެ ދެރަވާނެ ނޫން؟”

“ދައްތާ. ކަލޭ އޭނަ މާކުޑަ ކޮއްގެން ނުގެން ގުޅެބަލަ. އޭނާ އަވަހަށް މީހަކާ ދެވާ.. އެހެންނޫނީ އޭނާ އަހަރެމެންގެ އާއިލާ ބަދުނާމު ކުރާނެެ. މިހާރު ހުންނާނީ ކިޔެވިފަ އަދިވެސް ތިޔަ ފޮތްތަށް ގަނެ ޔުނިފޯމް ހަދަނީ ތިޔައީ ބޭކާރު ކަމެއް އޭނާއަކަށް ނުކިޔެވޭނެ”

“ސާއިރާ . ކަލޭގެ ދޫ ހިމޭނުން ބާއްވާ.އެމަންޖެ އަކީ އަދި ކުޑަ ކުއްޖެއް. ކުރީދުވަހު އެމަންޖެއަށް ދިމާވީ ކޮންކަމެއް ކަމެއް އަހަރެމެން ނަށް ނޭގޭ އެނގޭހައިވެސް އެއްޗަކީ ހިތަށް ދަތިވާ ކޮންމެވެސް ކަމެއްވީކަން. އެކަމަކު އެމަންޖެއަކީ ހިތްވަރުގަދަ ހިތްއަލި ކުއްޖެއް.. ކިތަންމެ މައްޗަށް ކިޔަވަން ބޭނުމަސް ކިޔަވަން ހުރިހާ ދުވަހަކު އަހަރެން ހަރަދު ކުރާނަން އެހީވާނަން އިރާދަ ކުރެއްވީޔާ”

“ދައްތާ އަހަރެންނަށް މާފް ކުރޭ ހިގާ އެމަންޖެ ގޮވައިގެން މާލެދާން ފަހަރެއްގަ މާހައުލު ބަދަލުވީމާ ރަނގަޅުވެސް ވާނެ

ނުނިމޭ

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ހިތާ ފުރާނައިގެ ދިރުމޭ

Next

ލޯބިވެރިޔާގެ މާފް 4

Next
September 19, 2016

ލޯބިވެރިޔާގެ މާފް 4

Previews
September 18, 2016

ހިތާ ފުރާނައިގެ ދިރުމޭ

9 Comments

  1. Aziy says:
    September 18, 2016 at 10:17 pm

    Oh v salhi..

  2. Sabeeha says:
    September 18, 2016 at 10:20 pm

    v salhi…?

  3. Me says:
    September 18, 2016 at 10:41 pm

    Mibai ves v salhi. Bt kudhi kudhi mistaks ebahuri dhn faharakun rangalhu kohlahchey. Kn iraku next part??

  4. Nodie says:
    September 18, 2016 at 10:43 pm

    Varah obi fili…ekm adhi nukiyan

  5. Kadheedha says:
    September 18, 2016 at 10:54 pm

    Very nice weiting for fourth episode

  6. ARA says:
    September 18, 2016 at 11:40 pm

    V habeys waitin 4 next part

  7. Madhy says:
    September 19, 2016 at 1:26 am

    Wow v nice mi part ves. ???

  8. Kippy says:
    September 19, 2016 at 9:51 am

    Very nice story rozy . I love this story and waiting 4 next part.

  9. Shaa says:
    September 19, 2016 at 2:03 pm

    Vvvvvvvv reethi

Comments are closed.

All Right Reserved!