ވިދާދްއާ އެކީގައި ވަގުތު ހޭދަ ކުރަމުން ދިޔަ ނަމަވެސް މީރާގެ ހަނދާން ޔަމާންގެ ހިތުން ކުޑަކޮށްވެސް ފަނޑެއް ނުވެއެވެ. އެ ހަނދާނުން ޔަމާންގެ ހިތަށް ތަދުވާ ކޮންމެ ފަހަރަކު ޔަމާން ހޯދަނީ ވިދާދްގެ އެހީއެވެ. އެހެން އެއްވެސް ކަމެއް ހިތުގައި ނުވާނެ ވަރަށް ޔަމާން އެފަދަ ވަގުތުގައި ވިދާދްއާ ގާތްވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޔަމާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައެވެ. ވިދާދްގެ މުސްތަގުބަލާ މެދު ވިސްނާފައެވެ. ޔަމާންގެ ދިރިއުޅުމުގައި ފަހުން ވިދާދްއަށް ދޭންވީ މަގާމު އަދި ޔަމާންއަށްވެސް ޔަގީން ނުވާތީއެވެ.
އެކަހަލަ ކޮންމެ ދުވަހަކު ޔަމާން ވިދާދްއާ ދުރަށް ދިޔުމުން ވިދާދް ވާ ދެރައާއެކު ހިތާ ހިތުން ޝުކުރުވެސް ކުރެއެވެ. އަދި އެފަދަ ކޮންމެ ފަހަރަކުވެސް ކައިވެނީގެ ވާހަކަ ޔަމާންއާ ދައްކަން ބޭނުން ބޭނުންވެސް ވެއެވެ. ނަމަވެސް ވިދާދްއަށް ފަސް ޖެހެވެނީ ޔަމާން އެކަހަލަ ވާހަކައެއް ނުދައްކާތީއެވެ.
ފަސްމަސް ވަންދެން ޔަމާން އެކަހަލަ ވާހަކައެއް ބުނޭތޯ ވިދާދް މަޑު ކުރިއެވެ. ނަމަވެސް ޔަމާން އެކަހަލަ އެއްޗެއް ނުބުނެއެވެ. ޔަމާންގެ ހިތުގައި ވިދާދްއަށް ޓަކާ ޚާއްސަ މަގާމެއް ވާކަން ވިދާދްއަށް އެނގެއެވެ. ދުލުން ނުބުނި ނަމަވެސް ޔަމާން ވިދާދްއަށް އެދޭކަން ވިދާދްއަށް ވިސްނެއެވެ. ނަމަވެސް އެވަރުންވެސް ހިތުގެ ހާލު ޔަމާންއާ ހިއްސާ ކުރާކަށް ވިދާދްއަކަށް ނުކެރެއެވެ.
އެފަދަ ދުވަހެކެވެ. ރިޔާންއާ ޔަމާން ފޯނުން ވާހަކަ ދައްކަން ތިބެފައި ރިޔާން މީރާއާ ރާހިލްގެ ވާހަކަ ދައްކަން ފެށިއެވެ. އެންމެ ފަހުން ރިޔާން ގެޔަށް ދިޔަ ފަހަރު އެދެމީހުންނާ ދިމާވި ވާހަކައެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކައާ އެކުގައި ކުރާ ސަމާސާގެ ވާހަކައެވެ.
އެއްޗެއް ނުބުނެ ރިޔާންގެ ވާހަކަ އަޑު އަހަން އިން ޔަމާންގެ މެއަށް ތަދުވާން ފެށިއެވެ. އިރުކޮޅެއް ވަންދެން އަޑު އަހަން އިނދެފައި އެންމެ ފަހުން ކެތް ނުވެގެން ކުއްލިއަކަށް ކަމެއް ޖެހިއްޖެޔޭ ބުނަމުން ޔަމާން ފޯން ކަނޑާލިއެވެ.
ގޮނޑީގައި ބޯ ޖައްސާލައިގެން އިނދެ ޔަމާން ކަނާއަތް މުށްކަވާލާފައި ދެފަހަރަކު މޭގައި ޖަހާލިއެވެ. ލޯމަރާލުމާއެކު ސިފަވީ މީރާގެ ސޫރައެވެ. އެ ރީތި ހީލުމެވެ. އެއާއެކު ދެފަރާތަށް ބޯހަލުވާލާފައި ތެދުވި ގޮތަށް ޔަމާން ފޯން ނަގާ ވިދާދްއަށް ގުޅާލިއެވެ.
ވިދާދް ދޮރު ހުޅުވާލުމާއެކު ޔަމާން ވިދާދް ގައިގައި ބައްދައިގަތެވެ. ފައިން ޖަހާ ދޮރު ލައްޕާލާފައި ވިދާދް އުރާލި ގޮތަށް ޔަމާން ވިދާދްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. ނޭވަޔަކަށްވެސް ހުއްޓިނުލާ ޔަމާން ވިދާދްއާ އެކު ގޮސް އެނދުގައި އިށީނެވެ.
އެހެން ދުވަސްތަކެކޭ އެއްގޮތަށް އެދުވަހުވެސް ޔަމާންގެ ހަރަކާތް ހުރި ގޮތުން ކޮންމެވެސް ސަބަބަކާ ހެދި އެ އަންހެން ކުއްޖާގެ ހަނދާނުން ޔަމާންގެ ހިތަށް ތަދުވެފައި ވާކަން ވިދާދް ދެނެގަތެވެ. އެއްވެސް ނުރުހުމެއް ނުދައްކާ ޔަމާން އެދުނު ކޮންމެ ކަމަކަށް ވިދާދް މަރުހަބާ ކިޔަމުން ދިޔައީ އެ ހަނދާނާ ދުރުވުމަށް ޔަމާންއަށް އެހީ ވުމަށެވެ.
މީރާގެ އެކި ޚިޔާލުތަކާ ރިޔާންގެ ވާހަކަތަކުން ހިތާ ސިކުނޑިއަށް އުނދަގޫ ވަމުން ދިޔައިރު ކުރެވެމުން މިދަނީ ކީއްކަމެއް ޔަމާންއަށް އިހުސާސް ނުވާ ކަހަލައެވެ. ވިދާދްވެސް ޔަމާން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ.
ނަމަވެސް އެކި ޚިޔާލުތަކަށް ގެއްލިފައިވި ޔަމާންގެ ސިކުނޑި ކުއްލިއަކަށް ފުން ނިންޖަކުން ހޭލެވުނެވެ. ޔަމާން ބޯހިއްލާލުމުން ވިދާދް ލޯ ހުޅުވާ ޔަމާންއަށް ބަލާލިއެވެ. އެއާއެކު ފުންމައިގެން ތެދުވެ ޔަމާޏް އެނދުގެ މަގަތުން އިށީނެވެ. ދެއަތުން މޫނު ފޮރުވާލަމުން ހިތާހިތުން ޝުކުރުކޮށްލީ ފަހުން ދެރަވެދާނެ ފަދަ ކަމެއް ކުރެވުމުގެ ކުރިން ހަމަވިސްނުން ވިސްނުނީތީއެވެ. ޔަމާންގެ ސަބަބުން ވިދާދްގެ ދިރިއުޅުން ހަލާކުނުވެ ސަލާމަތް ވީތީއެވެ.
މޫނުން އަތް ނަގާ ވަށައިގެން ބަލާލުމުން ކޮޓަރީގެ އެކި ހިސާބުގައި އުކާލެވިފައި ހުރި އެއްޗެހި ފެނުމުން އެހެން ފަހަރު ފަހަރާ، އެ ފަހަރު ތަފާތުވީ ކީއްވެގެން ބާއޭ ޔަމާން ހިތަށް އެރިއެވެ. އެ ފަހަރު ޔަމާންއަށް އަމިއްލަ ނަފްސަށް ބާރު ފޯރުވަން އެހާ އުނދަގޫ ވީ ކީއްވެ ބާއޭ ހިތަށް އެރިއެވެ.
ފަހަތަށް އެނބުރި ޔަމާން ވިދާދްއަށް ބަލާލިއެވެ. ބެޑްޝީޓް ގައިގައި އޮޅާލައިގެން ދެކަކޫ މެއާ ކައިރި ކޮށްގެން ޔަމާންއަށް ބަލަން ވިދާދް އިން އިރު އެ މޫނުން ހިތާމައިގެ އަސަރު ޔަމާންއަށް ފެނުނެވެ.
“ސޮރީ ވިދާ… ކީއްވެ ވިދާ އަހަރެން ނުހުއްޓުވީ؟” ޔަމާން މަޑުމަޑުން ބުންޏެވެ.
“އަހަރެން ބޭނުމެއް ނޫނޭ ހުއްޓުވާކަށް… ޔަމާންއަކަށް ނޭނގޭތަ؟ އަހަރެން އެއްފަހަރުވެސް ޔަމާން ހުއްޓުވިންތަ؟” ވިދާދްވެސް ވާހަކަ ދެއްކީ އެހާ މަޑުންނެވެ.
“އެކަމަކުވެސް… ސޮރީ…” އަނެއްކާވެސް ޔަމާން މާފަށް އެދުނެވެ.
“ޔަމާން… ހިނގާ މެރީ ކުރަން، އޭރުން މިހެންނެއް ނުވާނެ… ޔަމާން މާފަށް އެދޭކަށް ނުޖެހޭނެ، ހިނގާ މެރީ ކުރަން…” ވިދާދް ތެދުވެގެން އައިސް ޔަމާން ކައިރީ އިށީނދެ ޔަމާންގެ އަތުގައި ހިފާލަމުން އެންމެ ފަހުން ހިތުގައި އޮތް ވާހަކަ ބުންޏެވެ.
އެއްޗެއް ނުބުނެ ޔަމާން އިރުކޮޅަކު އިނެވެ.
“ވިދާ… އަހަންނަށް އެނގޭ ވިދާ އަހަރެން ދެކެ ލޯބި ވާކަން… އަހަންނާ މެރީ ކުރަން ބޭނުން ވާކަން. އެކަމަކު އަހަރެން… ވިދާއަށް އެނގެއެއްނު އަހަރެންގެ ހުރިހާ ވާހަކައެއް؟ އަހަންނަކަށް ނޭނގެ އަދި އަހަރެން… އަދި އަހަރެން މެރީ ކުރަން ބޭނުން ކަމެއްވެސް…” ޔަމާން ވާހަކަ ދެއްކީ ވިދާދްއާ ދިމާއަށް ނުބަލާ އިނދެއެވެ.
އޭގެ ކުރިން ޔަމާން ބުނި އެއްވެސް ބަހަކުން، އަދި ޔަމާން ކުރި އެއްވެސް ކަމަކުން ދެރަ ނުވާ ވަރަށް އެ ވަގުތު ޔަމާން އެހެން ބުނުމުން ވިދާދް ދެރަވިއެވެ. އަދި ހަމަ އެހާ ވަރަށް ރުޅިވެސް އައެވެ.
“ޔަމާން އަހަންނާ އިންނާކަށް ބޭނުމެއް ނުވޭ، އަހަންނާ އެކީ އުޅޭކަށް ބޭނުމެއް ނުވޭ، ދެން ކޮން ކަމެއްތަ ޔަމާން ބޭނުން ވަނީ؟ ކީއްވެތަ ކޮންމެ ފަހަރަކު ޔަމާން މިހެން ހަދަނީ؟ ޔަމާން ބޭނުން ވާ ކޮންމެ ފަހަރަކު އައިސް އަހަންނާ އެކީ މިހެން އުޅެފަ… ކޮންމެ ފަހަރަކު ޔަމާންއަށް ހަމަ ވިސްނުން ވިސްނުނީމަ ދުރަށް ދިޔައިމަ ނިމުނީތަ؟ ޔަމާން އެއް ފަހަރުވެސް ހިތަކަށް ނާރާތަ އަހަރެން ހިތަށް އަރާނެ އެއްޗެއް؟ އަހަރެން ދެރަ ވާނެ ވަރެއް؟
އަހަންނަށް އެނގޭ ޔަމާން އަހަރެން ދެކެ ލޯބި ނުވާކަން، ޔަމާންގެ ހިތުގަ ވަނީ އެހެން ކުއްޖެއް ކަން، އެކަމަކު އަހަރުމެންގެ މެދުގަ މިއޮތް ގުޅުން… މީ އެއްވެސް އެއްޗެއް ނޫންތަ؟ އަހަންނަނީ ޔަމާން އެ އަންހެން ކުއްޖާ މަތިން ހަނދާން ވެފަ ހިތަށް ތަދުވީމަ އެ ތަދު ފިލުވަން ބޭނުން ކުރާ ބޭހެއްތަ؟
މިހުރިހާ ދުވަހު އަހަރެން ހުރީ ނުބުނަން… އެކަމަކު މިއަދު އަހަރެން މެރީ ކުރަން ހިނގާށޭ މިބުނީ އަބަދު މިހެން އުޅެން އަހަރެން ބޭނުން ނުވާތީ… ޔަމާން ބޭނުން ވަގުތެއްގަ ޔޫސް ކުރަން ހުންނަ ކުޅޭ އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީ…
އަހަރެން ހީކުރީ ޔަމާންގެ ހިތުގަ އަހަންނަށްވެސް ކޮންމެސް ޕްލޭސްއެއް ވާނެ ކަމަށް… މިހާ ދުވަސް ވަންދެން ޔަމާން އަހަންނާ އެކީ އުޅުނީ އަހަންނާ އެކީ ޔަމާންގެ ލައިފް ޝެއަރ ކުރަން ބޭނުން ވާތީ ކަމަށް… ޔަމާން އަހަންނާ މިހާ ކްލޯޒް ކޮށް އުޅެނީ މެރީ ކުރަން ބޭނުން ވާތީ ކަމަށް އަހަރެން ހީކުރީ… އެކަމަކު މިހާރު އަހަންނަށް އޮޅިއްޖެ… އަހަންނަކަށް ނޭނގުނު ޔަމާން ބޭނުން ވަނީ ކޮން ކަމެއް ކަމެއް…
ޔަމާން ބުނެބަލަ، އަހަރެންގެ ފަރާތުން ޔަމާން ބޭނުން ވަނީ ކޮން ކަމެއް؟ ރީތިކޮށް ބުނީމަ ދޯ އަހަންނަށް އެނގޭނީ؟ މެރީ ކުރަން ބޭނުން ނުވަންޏާ އެހެންވެސް ޔަމާން ބުނެބަލަ…”
ވިދާދް ވާހަކަ ދެއްކުން ހުއްޓާލުމުން ޔަމާން ވިދާދްއަށް ބަލާލިއެވެ. އިސްޖަހައިގެން ޔަމާން ކައިރީގައި އިން އެ އަންހެން ކުއްޖާ ފެނުމުން ޔަމާންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“އަހަރެން ވިސްނަމޭ ވިދާއާ ދޭތެރޭ، ވިދާގެ މިސްތަގުބަލާ މެދު އަހަރެން ވިސްނަމޭ… ވިދާގެ ދިރިއުޅުން އަހަންނާ ހެދި ހަލާކު ވާން ނޭދޭތީ އަހަރެން… ވިދާ ދެރަ ކުރާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއް ނޫން…” ޔަމާން ބުންޏެވެ.
“ދެން ބުނެބަލަ އެހެން ވިއްޔާ… އަހަރެން ކިހިނެއް ހަދަންވީ؟ ޔަމާން އަހަރެންގެ ފަރާތުން ބޭނުން ވަނީ ކޮން ކަމެއް؟ އަހަރެން ޔަމާންއަށް ކޮށްދޭންވީ ކޮންކަމެއް؟” ވިދާދް އެހިއެވެ.
“އަހަންނަކަށް ނޭނގެ ވިދާ… އައި ޑޯންޓް ނޯ…” ދެފަރާތަށް ބޯ ހަލުވާލަމުން ޔަމާން ބުންޏެވެ.
“އެ އަންހެން ކުއްޖާގެ ހަނދާނުން ޔަމާންގެ ހިތަށް ތަދުވާ ކޮންމެ ފަހަރަކު ޔަމާން އަހަރެން ކައިރިއަށް އައިސް ބަލަނީ ކޮންމެ ގޮތަކުން ވިޔަސް އެ ހަނދާނާ ދުރު ވެވޭތޯ، ޔަމާންގެ ހިތުގެ ރިހުން ލުއި ވޭތޯ… އެކަމުގަ އަހަރެން އަބަދުވެސް ޔަމާންއަށް އެހީ ވަން، އަދިވެސް ވާނަން، އަހަރެން އަބަދުވެސް ޔަމާންއަށް އެހީ ވާނަން…” ވިދާދް އެހެން ބުނުމުން ޔަމާންއަށް ވިދާދްއާ ދިމާއަށް ބަލާލެވުނެވެ.
އެއްފަހަރުވެސް ވިދާދް ކައިރީ ޔަމާން އެހެންނެއް ނުބުނެއެވެ. ނަމަވެސް ޔަމާންގެ ހިތް ވިދާދްއަށް ކިހާ ރަނގަޅަށް އެނގޭ ހެއްޔެވެ؟ ވިދާދް އެ ބުނީ ކިހާ ސީދަލަށް ހެއްޔެވެ؟
“ބަދަލުގަ އަހަރެން އެދެނީ އެންމެ ކަމެއް… ޔަމާން އަހަންނަށް ކޮށްދޭންވީ އެންމެ ކަމެއް… އަހަންނާ މެރީ ކުރޭ ޔަމާން… ޔަމާންގެ ހިތުން ތި ލޯބި އަހަންނަށް ފޮހެ ނުލެވިދާނެ، އެކަމަކު ތި ހަންދާންތަކުން ދުރުވާން އަހަންނަށް އެހީ ވެވިދާނެ” އަނެއްކާވެސް ޔަމާންގެ އަތުގައި ހިފާލަމުން ވިދާދް ބުންޏެވެ.
ޔަމާން ވިދާދްގެ މޫނަށް ބަލާލިއެވެ. ކަރުނައިން ލޯ ފުރިފައި ވީ އިރުވެސް ނުރޯން މަސައްކަތް ކުރަމުން ދިޔަ ވިދާދްގެ ލޮލުގައި ވި އާދޭސް ޔަމާންއަށް ސާފުކޮށް ފެނުނެވެ.
އެވަގުތު ވިދާދްގެ އެދުން ގަބޫލު ކުރަން ޔަމާން ކިތަންމެ ބޭނުން ވި ނަމަވެސް ހިތް އެކަމަށް ދެކޮޅު ހަދަމުން ދިޔައެވެ. ޔަމާން އެދުނު ކޮންމެ ވަގުތަކު ޔަމާންއާ އެކުގައިވި އެ އަންހެން ކުއްޖާއަށް ކުޑަ ނަމަވެސް އުފަލެއް ދިނުމަށް ބޭނުން ވި ނަމަވެސް ސިކުނޑި އެއްބަހެއް ނުވިއެވެ.
“ވިދާ… އަހަރެން…” ދެކޮޅު ހަދަން ބޭނުންވި ނަމަވެސް ޔަމާންއަށް އެހެން ބުނާނެ ގޮތެއް ނުވިސްނުނެވެ.
ވިދާދްއަށް ވިސްނުނެވެ. ވިދާދްއާ ކައިވެނި ކުރަން ޔަމާން ބޭނުމެއް ނޫނެވެ. ނަމަވެސް ޔަމާން އެއުޅެނީ އެހެން ބުނަން ނުކެރިގެންނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތެވެ. އިސް ޖަހާލަމުން ވިދާދް ޔަމާންގެ އަތުން ދޫކޮށްލާފައި ދެއަތުން މޫނު ފޮހެލިއެވެ.
“އެންމެ ރަނގަޅު… ޔަމާން ބޭނުން ގޮތެއް… ދެންވެސް ޔަމާންއަށް އަހަރެންގެ އެހީއެއް ބޭނުން ވެއްޖެއްޔާ، ޔަމާން އަހަރެން މަތިން ހަނދާން ވަންޏާ ގުޅާލާ… އަހަރެން އަބަދުވެސް ޔަމާންއަށް އެހީ ވާނަން…” އެ ވަރަށްވެސް ވިދާދްއަށް ބުނެވުނީ ވަރަށް ހިތްވަރު ކޮށްގެންނެވެ. ތެދުވުމާއެކު ވިދާދްއަށް ރޮވުނެވެ. ޔަމާން ބުނާނެ އެއްޗަކަށް އިންތިޒާރު ކުރުމެއް ނެތި ވިދާދް ރޮމުން ފާހާނާއަށް ވަނެވެ.
ވިދާދް ދިޔަ ދިމާއަށް ބަލަން އިރުކޮޅަކު ޔަމާން އިނީ އަމިއްލަ ނަފްސު އިންތިހާއަށް ކުށްވެރި ކުރަމުން، ޔަމާންގެ ސަބަބުން ވިދާދްއަށް ލިބުނު ހިތާމައަށް ޓަކާ ހިތާހިތުން އަމިއްލަ ނަފްސަށް އެއްޗެހި ކިޔުމުގައެވެ.
އެހެން އިނދެފައި ތެދުވެ ބަރުވެފައިވާ ހިތަކާއެކީޔަމާން އެ ކޮޓަރި ތެރެ ތަރުތީބު ކޮށްލިއެވެ. ވިދާދްގެ ހެދުންތައް ނަގާ އެނދުމަތީ ބަހައްޓާފައި ޔަމާން އަނެއްކާވެސް އިށީނީ ވިދާދް ފާހާނާއިން ނިކުމޭތޯއެވެ.
ނަމަވެސް ގަޑިއެއްގެ އިރު ވާން ކައިރި ވީ އިރުވެސް ވިދާދް ނުނިކުތުމުން ޔަމާން އެކޮޓަރީގައި ހުރިހާ އިރަކު ވިދާދް ނުނިކުންނާނެކަން ޔަމާންއަށް ވިސްނުނެވެ. ޔަމާން ތެދުވެ ސައިޑްޓޭބަލް މަތީ އޮތް ވިދާދްގެ ނޯތް ފޮތް ހުޅުވާލިއެވެ. އިރުކޮޅަކު އެ ފޮތަށް ބަލަން ހުރެފައި “އައި އެމް ސޮރީ!” މިހެން ލިޔެލާފައި ފޮތް ބާއްވާފައި ޔަމާން ނިކުތެވެ.
ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުމުންވެސް ވިދާދް ނިކުތީ އަދި ފަސްވަރަކަށް މިނެޓް ފަހުންނެވެ. ކޮޓަރިތެރެއަށް ބަލާލުމުން ވިދާދްއަށް ނޯޓްފޮތް ފެނުނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ފޮތް ނަގާ އެ ބަސްކޮޅޫ ކިޔާލުމާއެކު ވިދާދް ރޮމުން އެނދުގައި އޮށޯތެވެ.
އެ ދުވަހުގެ ފަހުން ޔަމާން ވިދާދްއަކަށް ނުގުޅައެވެ. ޔަމާންގެ ފަރާތުން ވިދާދްއަށް ދެރައެއް ނޫނީ ނުލިބޭނެކަން އެނގޭތީއެވެ. ވިދާދްގެ އެދުން ޔަމާންއަށް ފުރިހަމަކޮށް ނުދެވޭނެތީއެވެ.
ޔަމާންގެ ކޯލަކަށް ކިތަންމެ އިންތިޒާރު ކުރެވުނު ނަމަވެސް، ޔަމާންއަށް ގުޅާލަން އެތައް ފަހަރަކު ފޯން ނެގުނު ނަމަވެސް އޭގެ ފަހުން ވިދާދްވެސް ޔަމާންއަކަށް ނުގުޅައެވެ. ވިދާދް ބޭނުން ވި ނަމަވެސް ޔަމާން ވިދާދްއާ ކައިވެނި ކުރަން ބޭނުން ނުވާނަމަ އެދެމެދުގައި އެއްވެސް ގުޅުމެއް ނެތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާދްވެސް ގަބޫލު ކުރިއެވެ.
ރާހިލް މީރާ ދޫކޮށްލާފައި މާލެ ދިޔައީ އޭގެ ހަފްތާއެއް ފަހުންނެވެ.
***
ނުވައެއް ޖެހިތަނާ ވިދާދް ގުޅި އިރު ޔަމާން ހުރީ ގޭ ދޮރުމަތީގައެވެ. ބޭރަށް ދާން އުޅޭ ވާހަކަ މީރާ ކައިރީ ބުނެލަން ދިޔައިރު މީރާ ފާހާނާގައި އުޅޭތީ ޔަމާން އައީ ތާނިޔާ ކައިރީ ބުނެފައެވެ.
ޔަމާން ކާރަށް އެރުމުން ވިދާދް އެދުނީ އަތިރިމަތީ މަގުން ކުރިއަށް ދިއުމަށެވެ. އެކަކުވެސް އެއްޗެއް ނުބުނެ ބޭރުން ފެންނަ މަންޒަރުތަކަށް ބަލަން ތިބެފައި ކާރު މަޑުކުރުމަށް ޔަމާން އެދުނީ މެރީބްރައުން ކައިރިއަށެވެ.
“ހިނގާ މިތާ މަޑުކޮށްލަން” ޔަމާން ފައިބާފައި ވިދާދްއަށް ބުންޏެވެ.
ވިދާދް ބޯ ޖަހާލުމުން ދެމީހުން އެކުގައި މޫދު ކައިރިން ހިނގަމުން ދިޔައީ އެދެމެދުގައި ފޫޓެއްހާ ދުރުމިން ބަހައްޓައިގެންނެވެ. އެ ހިސާބުން ގާޑިޔަލަކާ ހަމައަށް ދެވުމުން ޔަމާން ދެ ކުރުނބާ ގަނެގެން އެއް ކުރުނބާ ވިދާދްއަށް ދިނެވެ.
ކުރިންބާ ހިފައިގެން ދެ މީހުން އިށީނީ ހިލަ ގޮނޑިއެއްގައެވެ. ކުރިނބާ ހުސްވި އިރުވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ޔަމާން ގާޑިޔާ ކައިރީ ކުރުންބާތައް ބަހައްޓާފައި މީރު ބިލެތްގަނޑެއް ގަނެގެން އައިސް ވިދާދްއަށް ދިއްކޮށްލީ އެއީ ވިދާދްއަށް މީރު އެއްޗެއް ކަން އެނގޭތީއެވެ.
“ވާހަކަ ނުދައްކާ މިހެން ތިބެންތަ މީޓް ކުރަން ބުނީ؟” ބިލެތްގަނޑުގައި ހިފާފައި ވިދާދް އެހިއެވެ.
“ނޫން… ވިދާ، އޭރު އަހަރެން ބޭނުން ވި ވަރަށް މާފަށް އެދެން… އައިމް ސޮރީ، އަހަރެން ވިދާއާ ދޭތެރޭ ކަންތައް ކުރީ ވަރަށް ގޯސްކޮށް. އޭރު އަހަރެންގެ ލައިފްއަށް ވިދާ ގެންނަން ބޭނުން ނުވާ އިރުވެސް އަހަރެން ވިދާ ޔޫޒް ކުރީ… އެހެންވެ އަހަރެން ފަހުން ނުގުޅީވެސް. އަހަންނަށް އެނގޭ އަހަރެންގެ ފަރާތުން އެކައްޗެއް ނުލިބުނަސް ވިދާ އަހަންނަށް އަބަދުވެސް ހެލްޕް ވާނެކަން… އެކަމަކު އެރޭ އަހަންނަށް ވިސްނުނީ ވިދާ ބޭނުންވާ އެއްވެސް އުފަލެއް އަހަންނަށް ވިދާއަކަށް ނުދެވޭނެކަން… އެގޮތަށް އަހަރުމެންގެ ގުޅުން ކިތަންމެ ދުވަހަކު އޮތް ނަމަވެސް އަހަންނަކަށް ހިއެއް ނުވޭ މެރީ ނުކޮށް ވިދާ ބޭނުންވާ އުފާ ވިދާއަށް ލިބޭނެ ހެންނެއް… އަހަރެންގެ ހިތް އެއްބަސް ނުވީ އެހެން ކުއްޖަކު އަހަރެންގެ ވައިފްއަށް ހަދަން… އެހެންވެ… އައިމް ސޮރީ!” މޫދަށް ބަލަން އިނދެ ވާހަކަ ދައްކާ ނިންމާފައި ޔަމާން ވިދާދްގެ މޫނަށް ބަލާލިއެވެ.
“އެއީ މީރާ ދޯ؟” ޔަމާންއާ ހަތަރު ކަޅި ހަމަކޮށްލަމުން ވިދާދް އަހާލިއެވެ.
ޔަމާން ބޯޖަހާލިއެވެ.
“ކީއްވެ މިހާ ދުވަސް ވަންދެން މެރީ ނުކޮށް ތި ތިބީ؟ އޭރު ޔަމާންއަށް ޗާންސް ލިބުނެއްނު މީރާއާ މެދު ޔަމާން ދެކޭ ގޮތް ބުނަން؟ ދެން ކީއްވެ ނުބުނެ އެހާ ލަސް ކުރީ؟” ވިދާދް އަހާލީ އިރުކޮޅެއް ފަހުންނެވެ.
“އެކަހަލަ ކަމަކަށް ފަހު އެވާހަކަ ބުނަން ނުކެރިގެން އަހަރެން ފަސް ކުރީ… ދެން އެނގުނީ މީރާ ޕްރެގް ކަން… އޭގެ ފަހުން އަހަރެން ބުނީމަ… މީރާ ރުޅި އައީ… އަހަންނަށް ބުނެވުނު ގޮތުން ކަންނޭނގެ. އޭގެ ފަހުން ވަރަށް ގިނަ ދުވަހު ދެމީހުން ތިބީ ވާހަކަ ނުދައްކާ… ފަހުން މަންމަ ބުނީ މީރާ ކައިރީ ރާހިލްއާ މީރާ ދިމާ ވުމުގެ މާ ކުރިންވެސް އަހަރެން މީރާ ދެކެ ލޯބި ވެޔޭ… އޭގެ ފަހުން މީރާ ގަބޫލު ކުރީ…
ދެން އޭގެ ފަހުން އަހަރެން ލަސް ކުރީ، އަހަރެން ބޭނުން ވީ މެރީ ކުރުމުގެ ކުރިން މީރާ ކިޔަވާ ނިންމަން، މިހާރު ދެން މެރީ ކުރަން ރެޑީ ވަނީ މި… ދުވަސްކޮޅަކުން މަންމަމެން މިކޮޅަށް އަންނާނެ، މަންމަމެން އައިހާ އަވަހަކަށް މެރީ ކުރަން ވީ” ޔަމާން ކިޔާދިނެވެ.
ވިދާދް އެއްޗެއް ނުބުނެ އިނެވެ.
“ވިދާ، އަހަންނަށް މާފު ކުރީތަ؟” ވިދާދް އެއްޗެއް ނުބުނެ އިނުމުން ޔަމާން އެހިއެވެ.
“މާފު ކުރަން ޖެހޭ ވަރުގެ ކަމެއް ވިތަ؟ އަހަންނަކަށް ހިއެއް ނުވޭ. އެވާހަކަތައް ދެން ދޫކޮށްލާ. ޔަމާން، އަހަރެންވެސް މެރީ ކުރަން މިއުޅެނީ” ވިދާދް ބުންޏެވެ.
“ރާހިލްއާ؟” ދުރު ބަލާލަމުން ޔަމާން ސުވާލު ކޮށްލިއެވެ.
ވިދާދް ބޯ ޖަހާލިއެވެ.
“ވިދާ…” ވިދާދްއާ ދިމާއަށް އެނބުރެމުން ޔަމާން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ފަސް ޖެހެވުނީ ޔަމާން ބުނާ އެއްޗަކުން ވިދާދް ހިތަށް އަރާނީ ކީކޭކަން ނޭނގޭތީއެވެ.
“ކީކޭ؟” ވިދާދްވެސް ޔަމާންއަށް ބަލާލިއެވެ.
“ވިދާގެ ޕަރޒަނަލް ކަމަކާ ބެހޭކަން ނޫން… އެކަމަކު ރާހިލް… ރާހިލްއާ މީރާގެ ޕާސްޓް އެނގޭތަ ވިދާއަށް؟ ރާހިލް މީރާއަށް ހެދި ގޮތް އެނގޭތަ ވިދާއަށް؟” ޔަމާން އަހާލިއެވެ.
“ކުރިއަކުން ނޭނގޭ، އޭު ޔަމާންމެންނާ ދިމާ ވެގެން… ގެޔަށް ގޮސް ރާހިލް ކިޔާދިނީ. އަހަރެންވެސް ހިއެއް ނުކުރަން ރާހިލް އެގޮތަށް ކަންތައް ކޮށްފާނެ ކަމަކަށް… އަހަރުމެން ދިމާވެގެން މިވީ ދެ އަހަރު ތެރޭ ރާހިލްގެ ފަރާތުން އަހަންނަހަށް ނުރުހެވޭ އެއްވެސް ކަމެއް ނުފެނޭ” ވިދާދް ބުންޏެވެ.
“އެހުރިހާ ކަމަކަށް ފަހުވެސް ވިދާ އޭނަޔާ މެރީ ކުރާނަންތަ؟ ވިދާގެ ނަޒަރުގަ ރާހިލް ގޯހެއް ނޫންތަ؟” ޔަމާންއަށް އަހާލެވުނެވެ.
“އަސްލު ގޯސް… އަހަރެން އެކަމާ ވިސްނީމަ ހިތަށް އަރާ އެއީ އަހަރެން ނަމަ ދުވަހަކުވެސް ރާހިލްއަށް މާފެއް ނުކުރާނަމޭ، އެކަމަކު… އަހަންނަކީ މީރާއެއް ނޫން، އަހަންނަކަށް ނޫން އެހުރިހާ ކަމެއް ދިމާވީ، ޔަމާން ގަބޫލެއް ނުކުރާނެ… އެކަމަކު އޭރު ކަންތައް ކުރެވުނު ގޮތުން ރާހިލް ވަރަށް ދެރަވޭ… އަމްދުން މަލާކްއާ ހެދި… ސޯ… އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދީފަ ރާހިލް އެހީ މިހާރުވެސް އަހަރެން ރާހިލްއާ އިންނަން ބޭނުން ހޭ… ނޫނެކޭ ބުނަންވީ ސަބަބެއް އަހަރެންގެ ހިތަކަށް ނާދޭ. އެހެންވެ އާއެކޭ ބުނީ” ވިސްނާލަމުން ވިދާދް ބުންޏެވެ.
“ވިދާ ރާހިލް ދެކެ ލޯބި ވަންޏާ، ޓްރަސްޓް ކުރެވެންޏާ އެ ނިމުނީ” ވިދާދްގެ ނިންމުމާ މެދު ހިތްހަމަ ނުޖެހުނު ނަމަވެސް ޔަމާން ބުންޏެވެ.
“ނޫން. އަހަރެން ލޯބި ވިޔަކަސް ނުނިމޭނެ. އެކަން ޔަމާންއަށް އެނގޭނެ. އެހެން ނޫނަސް ކޮންމެސް ދުވަހަކުން އަހަރެންވެސް މީހަކާ އިންނަން ޖެހޭނެ. ރާހިލްގެ ޕާސްޓްގަ އޭނައަށް ހެދިފަ އޮތް ގޯހެއްގެ ސަބަބުން އަހަރެންގެ ލައިފްގެ ދެ އަހަރު ބޭކާރު ކޮށްލުމުގެ ބޭނުމެއް ނެތެއްނު؟
އަހަންނަށް ރާހިލް ޕަރފެކްޓެއް ނޫން، އަދި އެ ޕަރފެކްޓް މީހެއް ދެންވެސް ނުފެންނާނެ ކިތަންމެ ވަރަކަށް ހޯދިޔަސް، ކިތަންމެ ދުވަހަކު މަޑު ކުރިޔަސް… އެހެން ވީމަ ނޯ ޕޮއިންޓް އިން ވެއިޓިންގް… ނޫންތަ؟” ވިދާދް ޔަމާންއަށް ބަލާލަމުން އަހާލީ ޔަމާންގެ ޚިޔާލަކަށް އަހާލި ހެންނެވެ.
“އަހަރެން ހީކުރީ ލޯބި ވާތީ ކަމަށް ރާހިލްއާ އިންނަން ތިއުޅެނީ. އެދުވަސްކޮޅު މަތިންނާ އަހަރެން މަތިންވެސް ހަނދާން ނެތުނީ ކަމަށް…” ވިދާދް ބުނި އެއްޗެއް ޔަމާންއަށް ވިސްނުނެވެ.
“ހަނދާން ނެތޭނެތަ ޔަމާން؟ ބުނެއެއްނު ޓްރޫ ލަވް ދުވަހަކުވެސް ހިތަކުން ނުފިލާނޭ؟ އެހެން ނޫން ނަމަ ފަހަރެއްގަ އެ ދުވަސްކޮޅަށް ފަހު ޔަމާން މީރާ މަތިން ހަނދާން ނެތުނީސް ކަންނޭނގެއެއްނު؟ އަދި މިހާ ދުވަސް ފަހުން އަހަންނަށް ރާހިލް ދެކެ ލޯބި ވެވުނީސް ކަންނޭނގެއެއްނު؟” ވިދާދް ބުނެލިއެވެ.
ޔަމާން އެއްޗެއް ނުބުނެ ވިދާދް އެބުނި އެއްޗަކާ މެދު ވިސްނަން އިނެވެ.
“އޭރު މީރާ ރާހިލް ދެކެ ވަރަށް ލޯބިވި… ވިދާ ތިބުނި ހެން ވަންޏާ މީރާ އަދިވެސް ރާހިލް ދެކެ ލޯބި ވާނެތަ؟” ހިތަށް އެރި ޚިޔާލު ޔަމާން ވިދާދްއާ ހިއްސާ ކުރިއެވެ.
ނުނިމޭ
3920 Comments
Comments are closed.
Sabeeha
September 18, 2016 at 2:50 pmv salhi..?
Marsha
September 18, 2016 at 2:53 pmސަލާމް ހުރިހާ ކުދިން… ބައެއް ކުދިންނަށް ވާހަކަ ކަމުނުދަނީ ޕާސްޓް އަންނާތީ، އެކަމަކު މި ވާހަކައިގެ ބައެއް މުހިންމު ކަންތައް ހިނގާފަ ހުންނާނެ ކުރިން، އެކަންތައް ނޭނގެންޏާ ވާނުވާ މުޅީން ސާފެއް ނުވާނެ.. އެހެން ވީމާ އެބައި ނުގެނެސް ވާހަކަ ނިންމައެއް ނުލެވޭނެ… މާޝާ މަސައްކަތް ކުރާނަން ވީހާވެސް ކުރުކޮށް ޕާސްޓްގެ ބައިތައް ގެނެވޭތޯ… ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް … ކޮމެންޓް ކޮށްލާފަ އަންގާލައްޗޭ… 17 ވަނަ ބައި އަންގާރަ ދުވަހުން އިންޝާﷲ
Ainth
September 18, 2016 at 3:24 pmAslu v salhi vaahaka … ekamu adhives heevaney v kuruhan ….. Thank u
fathun
September 18, 2016 at 3:28 pmvvvvvv.reethi
Haw
September 18, 2016 at 3:46 pmVvvvv salhi
sharu sharu
September 18, 2016 at 4:05 pmvaahaka varah reethi. vaahakaige past eguneema dhow vaanuvaa igaynee. varah salhi vaahaka kuriyah dhaagoiy.
Someone
September 18, 2016 at 4:23 pm❤❤❤ varah rythiii
Khajja
September 18, 2016 at 4:38 pmWow v reethi n yes komme kujjegeves past eh onnaane ekan engigen vaanuvaa rangalhah engeyny keep it up
lai
September 18, 2016 at 4:39 pmVv reethi
Dhyna
September 18, 2016 at 5:46 pmNice keep it up okkkkkkkkk
Madhy
September 18, 2016 at 5:52 pmWow v v v salhi ❤❤
Register
September 18, 2016 at 6:14 pmnice
Shafy
September 18, 2016 at 6:47 pmVery intresting… Waitn 4 next part… Luv u all.. ???
Faathee
September 18, 2016 at 10:15 pmV v v reethi vaahaka. V furihama. Past genaathi aslu e furihama vanee. Waiting for next part
Aisha
September 18, 2016 at 11:34 pmV v reethi keep it up ☺?
ken?
September 19, 2016 at 12:06 amin my view yamaan must get his love..raahil duxnt deserve meera’s forgiveness even though she forgives him..n yeah past is really important in this story..i guess so far this one duxnt hav any villain..iznt it?
hope u ll end up it nicely ☺
ny
September 19, 2016 at 8:43 amV v reethi
vishaa
September 19, 2016 at 9:23 amnice..
Saashaa
September 19, 2016 at 9:36 amalhe v reethi
rash
September 20, 2016 at 4:20 pmTuesday it is sweety. Konirakun baa upvaanee?