Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ސަތުޔާޅީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 19, 2016 13 Mins Read
68 Comments

އަލިތައްކާން ހިފި ކަންފަތުގައި ފިރުމަމުން އަޒީމް ދިޔައީ އޭނާގެ މަންމަ އުޅޭ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރީ އޭނާގެ މަންމަ އެކަނި ނޫންކަން އަޒީމަށް އެނގުނެވެ. ” އާމިނަ ދެން ނިގޯވައި ހުއްޓަލަ… އާމިނައަށް މީން އެއްވެސް ކަމަށް އެނގޭކަމަށް ހަދާނެކަމަށް ނެއް… އެނައްކެޑުން އާމިނާސް ތެހިށީ ވެހާށް ކަވަރިވެފެއި… އަލިތައްކާނު ދޭތިން އެކައްތައް ހިފާށުމައު ބެނި… އެ ޖިންނިއަކީ ވަރަށް ބާރޮގަދަ ޖިންނިއަ… އެހެންވެ މާދުމެއި ރެއި މިކަންތައް ކެރާ އެދިމާ ކެރަނީއަސް… ހަނދޮ ފުރިހަމަވޭ ރެއިތަކާ ކަޅޮފޮއިރޭތަކަކީ މިކަންކަންކެރާ އެންމެ ރަނގަޅަ ރެއިތައް… ހާސްނިވެ… އަލިތައްކާނު މަސައްކައް ފެށުމުގެ ކުރިން އަފިރިންގެ ރައްކަލަށް ހަށި ރައްކާ ތައްޔާރޮ ކެރާހެއް…” (އާމިނަ ދެން ނުރޮއި ހުއްޓާލާ… އާމިނައަށް މިއިން އެއްވެސް ކަމެއް އެނގޭ ކަމަށް ހަދާނެކަމެއް ނެތް… އަނެއްކޮޅުން އާމިނަވެސް ތިހުރީ ވިހަން ގާތްވެފަ… އަލިތައްކާނު ދޭތިން އެކައްޗަށް ހިފާނަން ކަމަށް ބުނި.. އެ ޖިންނިއަކީ ވަރަށް ބާރުގަދަ ޖިންނިއެއް… އެހެންވެ މާދަމާ ރޭ މިކަންތައް ކުރަން އެދިމާ ކުރަނީވެސް… ހަނދު ފުރިހަމަ ވާ ރޭތަކުގަޔާ ކަޅުފޮއެ ރޭތަކަކީ މިކަންކަން ކުރަން އެންމެ ރަނގަޅު ރޭތައް… ހާސްނުވޭ… އަލިތައްކާނު މަސައްކަތް ފެށުމުގެ ކުރިން އަހަރެމެންގެ ރައްކަލަކަށް ހަށިރައްކާ ތައްޔާރު ކުރާނެ…) އާމިނަގެ ބުރަކަށީގައި ފިރުމަމުން އިބްޒީމާ ނަސޭހަތް ދެމުން ދިޔައެވެ. އާމިނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އާމިނަ ނޭފަތް ދަމާލިއެވެ.

ދޮރު ކައިރީ ފިލާ ހުރި އަޒީމަށް ސިހުމެއް ލިބުނީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިހިފައި އޭނަ ފަހަތް ބަލާލީ އެއީ އަލިތައްކާނު ކަމަށް ހީކޮށެވެ. “އަހަނ ރިޔާޒްއީ؟.. ހިނގައު ކޮޅޮނަށް ބޭރަށް…” (އަހަނ ރިޔާޒްތަ؟… ހިނގާ ކުޅެން ބޭރަށް….) އަޒީމާ ދާދި އެއް އުމުރެއްގެ ރިޔާޒް ފެނުމުން އަޒީމަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

“މިގެއް އާއްސެއި އަޒީމް ހޯދާތާ ކޮން ވޭލާށް… ހިނގައު ހޮކީ ކޮޅޮނަށް…” (މިގެއަށް އައިސް އަޒީމް ހޯދާތާ ކޮންއިރެއް… ހިނގާ ހޮކީ ކުޅެން…) އެ ދެކުދިން އެކީގައި ގޯތިތެރެއަށް ނުކުތެވެ.

—————————————————————————————————————

“އަޒީމް.. އަޒީމް… އޭ.. ކޮން ހިޔާލެއްގަ…” ނަވާފް ވާހަކަ ދެއްކުމުންވެސް އަޒީމްގެ ހިލަމެއް ނުވުމުން އޭނާގެ އަތުގައި ހިފާ ތަޅުވާލިއެވެ. ސިހިފައި އަޒީމް ބަލާލީ ނަވާފާ ދިމާއަށެވެ. ބުނާނެ ވަކި އެއްޗެއް އަޒީމްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

“އަޒީމް… މީ ގެންގުޅެން ހެޔޮ ވާވަރުގެ އެއްޗެއް ނޫން… މީ ފަންޑިތަ ސިހުރު ހަދާ ކަހަލަ ފޮތްތަކެއް… މިކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން… އަޒީމްގެ މަންމައަށް މި ފޮތްތައް ލިބުނީ ކިހިނެއް… އަދި ރިޔާޒް ބައްޕައަށް މި ފޮނުވާ ސަބަބަކީ ކޮބާ؟…” ނަވާފް ހުރީ ވަރަށް ހާސްވެފައެވެ. އަޒީމްގެ އާއިލާއަކީ މިފަދަ ކަންކަން ކުރާ ބައެއްކަން ނަވާފަށް ނޭނގި އޮތަސް މި ހުރިހާ ކަމެއް އެންމެ ގާތުން ފެނިފައިވަނީ ރިޔާޒަށެވެ. އެހެންކަމުން މިވާހަކަތައް ނަވާފަށް ތަފްސީލުކޮށް ކިޔައިދޭން އަޒީމް ބޭނުމެއް ނުވިއެވެ.

“ސީރިއަސްލީ.. މަށަކަށްވެސް ނޭނގެ… އެކަމު ދޭށޭ ބުނި އެއްޗެއް ހަވާލުކުރީމަ ނިމުނީނު… އަހަރެމެންނަށް މި ފެނުނު ކަމަށް ނުހެދިއްޔާ ރަނގަޅުވާނީ….” ކޮތަޅުތެރެއަށް ހުރިހާ ފޮތްތަކެއް އަޒީމް ލިއެވެ.

“ކޮންކަމެއް އިނގޭކަމަށް ނުހަދާ ވާހަކައެއްތަ ތިބުނީ؟… މަންޝާ ކޮބާތަ؟.. އަހަރެން ގުޅާ ގުޅާ މޮޔަ ވެއްޖެ، ފޯނަށް ޖަވާބެއް ދޭން ނޭނގެނީތަ؟.. އަޅެ މިސްޑް ކޯލް ފެނިގެން ގުޅާލާ ނަމަވެސް ކިހާ ރަނގަޅު… މެސެޖްވެސް ކޮށްފިން… އޭނަ އަނެއްކާ ރަނގަޅުތަ؟…” ތުއްތު ޒަފްރީން އުރައިގެން ކޮޓަރިން ނުކުތް ޒުހާ ވާހަކަ ދައްކަމުން އައިސް އަޒީމް ކުރިމަތީ ހުއްޓުނެވެ.

“އޯޝިޓް.. އަޅެ މަހަނދާން ނެތުނީ… މަންޝާ ކައިރީ އެވާހަކަ ބުނަން ހުރީ… ބަޓް ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނުވި… ކޮން އިރަކުތަ ފުރަނީ؟…” ނިތްކުރީގައި ފިރުމަމުން އަޒީމް ޖަވާބުދިނީ ނަވާފްމެން އާއިލާ މެލޭޝިޔާއަށް ބަދަލުވާ ވާހަކަ މަންޝާ ކައިރީ ބުނަން ހަނދާން ނެތުނީމައެވެ.

“މިރޭ ފުރަނީ…. އެހެންވެ އަހަރެން މިދަނީ އެގެއަށް ދާން…. ނަވާފް އަހަރެން އަންނާނަން.. ޒަފްރީން ގޮވައިގެން މިދަނީ…” ކޮނޑުގައި ދަބަސް އަޅުވާލަމުން މަންޝާމެން ގެއަށް ދާން ޒުހާ ހިނގައިގަތެވެ. “ކާރަކަށް ގުޅަންތަ؟… މިއޮއް އަވިދަގަ ގަޑީގަ ހިނގާފަ ދާނެކަމެއް ނެތް؟…” ނަވާފް ތެދުވެ ދޮރުކައިރިއަށް ދިޔައެވެ. “ޒުހާ ފޮނުވާލާފަ ގޭތެރެއަށް ނަވާފް ވަތްއިރު އަޒީމް ފޯނާ ކުޅެން އިންތަން ފެނުނެވެ. ނަވާފް އައިސް އަޒީމް ގާތުގައި އިށީންނަމުން ޓީވީ ހުޅުވާލިއެވެ.

“އަސްލު ވަރަށް މިސްވާނެ ދޯ… ދެން މާލެ އާދެވޭނީވެސް ލައްކަ ދުވަސް ފަހުން ދޯ.. ބަޓް ޔޫ ގާއިސް އާ ސޯ ލަކީ… ކިޔަވަން ލިބޭ މިކަހަލަ ފުރުސަތުތައް ގެއްލުވާލާކަށް ނުވާނެ… ނޫންތަ؟…” ނަވާފް ކޮނޑުގައި ޖަހާލަމުން އަޒީމް ވާހަކަ ދެއްކީ އޭނާގެ އެކުވެރިޔާއަށް ކިޔަވަން ދާން ލިބުނު ފުރުސަތަށް ތާއީދު ކުރަމުންނެވެ.

“ނަސީބެއް އެކޮޅުގަ ބޮޑުބޭބެމެން ފެމިލީ އުޅޭކަން.. އެހެން ނޫންނަމަ ކުދިވެރިންނާ ޒުހާ ބަހައްޓާފަ ދާން ޖެހޭނީ… ޒުހާމެން ނުގެންދެވޭނަމަ އަހަރެން މި ސްކޮލަރޝިޕް ދޫކޮށްލާނީ… ކުދިންނަށް އެންމެ އަޅާލުމާ ލޯބި ބޭނުންވާ ދުވަސްވަރެއްގަ ދުރުގަ ހުރުމަކީ ރަނގަޅުކަމެއް ނޫންދޯ…” ނަވާފް ވިސްނަން އިނދެ ބުނި ޖުމްލައިން އަޒީމް ގާތަށް އައީ ހިންޏެވެ.

“ކޮންމެ ހެން ތިހެން ނުކިޔާ… ޒުހާ ނެތީމަ ކެތް ނުވާނޭ ބުނޭ….” ނަވާފާ ދިމާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން އަޒީމް ހިފިއެވެ. ދެމީހުންނަށް އެއްފަހަރާ ހެވުނެވެ.

*** *** *** *** *** ***

އޮފީހުގައި މަސައްކަތް ކުރަން އިން ނަމަވެސް ރިޔާޒްގެ ސިކުނޑީގައި މުޅިން އެނބުރެނީ މީރާގެ ހިޔާލެވެ. މެންދުރު ކާގަޑީގެ ކުރިން އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އިން ރިޔާޒަށް އެ މީޓިންގައި ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. މީޓިންގް ކުރިއަށް ދިޔައިރު ރިޔާޒްމެން ޑިޕާޓްމަންޓާ ހަވާލުވެގެން ހުރި މެނޭޖަރ ކުރި ސުވާލު ރިޔާޒަށް އަޑު ނީވޭކަހަލައެވެ. އަތުގައި އޮތް ގަލަން ތަޅުވާލަ ތަޅުވާލަ އޭނާ އިނީ މުޅިންއެހެން ދުނިޔެއެއް ގައެވެ.

މީޓިންގް ނިންމާލުމާއި އެކީ އެންމެން މީޓިންގް ރޫމުން ބޭރަށް ނުކުތުމަށް އަވަސްވިއެވެ. އެވަގުތު މެނޭޖަރ ރިޔާޒަށް ގޮވާލުމުން ރިޔާޒް މީޓިންގް ރޫމުގައި މަޑުކުރިއެވެ. ހުރިހާ މުވައްޒަފުން ނުކުތުމުން މެނޭޖަރ ކައިރީ ހުރި ގޮނޑީގައި ރިޔާޒް އިށީނުމަށް މެނޭޖަރ އަކްރަމް އެދުނެވެ.

“ރިޔާޒް.. ހާދަ ބޮޑު ފިކުރެއްގަ އުޅޭހެން ހީވެއޭ… އަންހެނުން މާ ބޮޑަށް ބަލީތަ؟…” އަކްރަމް ވާހަކަ ދެއްކީ ރިޔާޒްގެ ފަރާތުން ފަހަކަށް އައިސް ފެންނަމުންދާ ތަފާތު ކަންތައްތައް ފާހަގަވުމުންނެވެ. ރިޔާޒްގެ ކޮއްކޮ ނިޔާވިކަމާއި މަންމަ ބަލިވެގެން އުޅުނުކަން އަކްރަމަށް އިނގެއެވެ. އަދި ވަރަށް ފަހުން މީރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަންވެސް އޭނާއަށް އިނގޭތީ ރިޔާޒް އެއިން ކަމަކާ ހާސްވެފައި ހުރިކަމަށް އަކްރަމަށް ނަގައިގަނެވުނެވެ.

“އާދެ… އަންހެނުން އެހާ ރަނގަޅެއްނޫން… އަސްލު އަޅުގަނޑު ޗުއްޓީއެއް ބޭނުންވެފަ މިހުރީ.. އެކަމަކު ޗުއްޓީއެއް ނަގާކަށްވެސް ނުކެރޭނެ…” ރިޔާޒް އޭނާގެ ހާލަތު ބަޔާން ކުރަމުން އިސް ޖަހާލިއެވެ.

“ނޫނޭ ތިކަމާ ހާސްނުވޭ… ރިޔާޒަކީ ކިހާ ދުވަހެއް ވަންދެން މި ކުންފުންޏަށް ހިދުމަތް ކޮށްދިން މުވައްޒަފެއްކަން އަހަންނަށް އިނގޭ… ދިރިއުޅުމުގަ އެކި މީހުންނަށް ދިމާވާނީ އެކިކަހަލަ ކަންތައްތައް… ރިޔާޒަށް ލީވެއް ލިބޭނެ ގޮތެއް ހަމަޖައްސައި ދޭނަން… އަހަރެން އެޗް.އާރާ ވާހަކަ ދައްކާނަން… އަވަހަށް ލީވަށް އެދޭ ފޯރމް ފުރާލާ… އިތުރު ކަމެއް ބޭނުން ވިޔަސް ޑޯންޓް ހެސިޓޭޓް… ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ… ދެން އެންމެ ރަނގަޅު ދިޔަޔަސް….” ރިޔާޒަށް ދާން ހުއްދަ ލިބުމުން ގޮނޑިން ތެދުވެ އޭނާ މެނޭޖަރަށް ޝުކުރު އަދާ ކުރިއެވެ.

މީޓިންގް ރޫމުން ނުކުމެ އޭނާގެ ކެބިނަށް ދިޔައިރު މުނާޒް ހުރީ ރިޔާޒް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. “ހޭ.. ކިހިނެއްވީ؟… ހިނގާ ލަންޗަށް ދާން…” ރިޔާޒްގެ ކޮނޑުގައި ޖަހާލަމުން މުނާޒް ވާހަކަ ދެއްކިއެވެ.

“ނޯ ތޭންކްސް.. އަހަރެން ބޭނުމީ ގެއަށް ދާން.. ވައިފް ވަރަށް ބަލި… ޗުއްޓީއެއް ހަމަޖެއްސޭތޯ މިއުޅެނީ… ދެން ދަނީ އިނގޭ…” މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑި ނެގުމަށްފަހު ކެބިނުން ނުކުންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ.

“މީރާއަށް މަގޭ ސަލާމް…. އެހެންވެއްޖިއްޔާ އަހަރެން ރަޝާދާ އެކީގަ މިދަނީ…” ރިޔާޒްގެ ފަހަތުން ނުކުންނަމުން މުނާޒް މިސްރާބުޖެހީ ރަޝާދުގެ ކެބިނަށެވެ.

އޮފީހުން ނުކުމެ ނުކުމެ ހުރި ރިޔާޒްގެ ފޯނު ރިންގްވާން ފެށުމުން ފިޔަވަޅު މަޑުކޮށްލަމުން ފޯނުނަގާ ޑިސްޕްލޭއަށް ބަލާލިއެވެ. “ހަލޯ… ކެހެނަކަށްވީ؟…” (ހަލޯ ކިހިނެއް ވީ؟..) ރިޔާޒް މަޑު ފިޔަވަޅެއްގައި ސައިކަލް ޕާކްކޮށްފައިވާ ޒޯނާ ދިމާއަށް ހިނގައިގަތެވެ.

“ވަރަށް ބޮޑޮ ވާހަކައަށް ދައްކާށްވެފެއި ތެބޮށް… އަދި ރިޔާޒްގެ ބައްޕާއަށް ދޭއްވެފެއި އޮއް އެއްތަކަސް ތެބޮށް… ކެހެނަކަށް ހަދާށްވީ؟…” (ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބައޮތް… އަދި ރިޔާޒްގެ ބައްޕައަށް ދޭންވެފަ އޮތް އެއްޗެއްވެސް އެބައޮތް؟… ކިހިނެއް ހަދަންވީ؟..) އަޒީމްގެ އެދުން ހާމަ ކުރުމުން ރިޔާޒް އޭނާ މިދަނީ ގެއަށް ކަމަށް ބުނެ އަޒީމް ގާތު ގޭދަށަށް އައުމަށް އެދުނެވެ. ފޯނު ޖީބަށް ލުމަށްފަހު ރިޔާޒް ސައިކަލަށް އަރާ މިސްރާބު ޖެހީ މީރާ ކައިރިއަށް ދާށެވެ.

ސައިކަލުގައި ގެއާ ހަމައަށް އާދެވުނު އިރު އަޒީމް ހުރީ އެގޭ ދޮރުމަތީގައި މަޑުކޮށްގެންނެވެ. ސައިކަލުން ފައިބައިގެން ގެއާ ދިމާއަށް ރިޔާޒް ހިނގައިގަތް އިރު އަޒީމްގެ އަތުގައި އޮތް ކޮތަޅަށް ބަލާލެވުނެވެ. “މީ ކަންކާ ދިން އެއްތަށް؟..” (މީ ކާކު ދިން އެއްޗެއް؟…) އަޒީމް އަތުގައި އޮތް ކޮތަޅު ރިޔާޒާ ދިމާއަށް ދިއްކޮށްލުމުން ރިޔާޒް އަހާލިއެވެ.

“ތޭ މަންމާ ދިން އެއްތައް… އެކަމަކި ބެނީ މީހަކާ ދިން އެއްތަކައު… މަށް އެނގެއި ތޭ މަންމާ ދިން އެއްތެއް ކަން… އަފިރިން ކުދުވޭލެއި ބައްޕާމެން ކޮޓަރިއަށް ވެދެ މިފޮއްތައް ބަލާ ހަނދާން މަ ވެއި… އެދުވަހި ވީލެއް މަ ދުވަހަކިއަސް ހަނދާނުން ނިފިލާހެއް…. ޟިރާރުބެއާ ވާހަކަ ދައްކަފެލަ… މި ފޮއް ހޯދާފެހޭ އެވެރިން އެ ހިނގަނީ ވަރަށް ވަރޮގަދަ ކަމަށް ކެރާށްކަން މަށް އެނގެއި… ދެންއެބޭނީ… ވާހަކަ ދައްކާ މަޑޮކެރެވޭކަށް ނެއް… މަމިހިށީއަސް ވަރަށް ލަސްވެފެއި…” (ތީ މަންމަ ދިން އެއްޗެއް… އެކަމަކު ބުނީ މީހަކު ދިން އެއްޗެކޯ… އަހަންނަށް އިނގޭ ތީ މަންމަ ދިން އެއްޗެއްކަން… އަހަރެމެން ކުޑައިރު އަހަރެންގެ ބައްޕަމެން ކޮޓަރިއަށް ވަދެ މި ފޮތްތައް ބަލާ ހަނދާން އަހަރެން ވޭ… އެ ދުވަހު ވީ ކަންތައް އަހަރެން ދުވަހަކުވެސް ހަނދާނުން ނުފިލާނެ… ޟިރާރުބެއާ ވާހަކަ ދައްކަބަލަ… މި ފޮތް ހޯދާނަމަ އެމީހުން އެ އުޅެނީ ވަރަށް ވަރުގަދަ ކަމެއް ކުރަންކަން އަހަންނަށް އެނގޭ… ދެން ދަނީ ވާހަކަދައްކަން މަޑުކުރެވޭކަށްވެސް ނެތް… އަހަރެންނަށް ވަރަށް ލަސްވެސް އެބަވޭ…)

އަޒީމްގެ ވާހަކަ ނިންމާލަމުން އޭނާގެ އަތުގައި އަޅާފައިވާ ގަޑިއަށް ބަލާލިއެވެ. އަދި އޭޑީކޭއާ ދިމާއަށް އަޒީމް ހިނގައިގަތެވެ. އަޒީމް ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ރިޔާޒް ގެއަށް ވަންނަން ހިނގައިގަތެވެ. އަޒީމް ދެއްކި ވާހަކަތަކުން ރިޔާޒަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވެއްޖެއެވެ. އެކޮތަޅުގައި ވާ އެއްޗެއް ބެލުމުގެ ޝައުގުވެރިކަން ބޮޑުވި ނަމަވެސް ރިޔާޒް އެޕާޓްމަންޓަށް ވަދެ ފުރަތަމަވެސް މިސްރާބުޖެހީ މީރާ ކޮބާތޯ ބަލާށެވެ.

ކޮޓަރިއަށް ވަތް އިރު މީރާ އޮތީ ނިދާފައެވެ. އެހެންކަމުން މީރާއަށް އުނދަގޫ ނުކޮށް ރިޔާޒް ބޭރަށް ނުކުތެވެ. ކާމޭޒުމަތި ހުރީ ހުސްކޮށްކަމުން މޭޒުމަތީ އެ ފޮތް ކޮތަޅު ބެހެއްޓުމަށްފަހު އޭގެން ފޮތެއް ނެގާ ހުޅުވާލިއެވެ. ގަނޑުތައް އުކަމުން ގޮސް ތަރިއެއްގެ ބައްޓަމަށް ކުރަހާފައިވާ އަކަ ފެނުމާއި އެކު ރިޔާޒް ހުއްޓުނެވެ. އެއީ ހަމަ އެފޮތެވެ. އަޒީމް ކުލަ ޖެއްސި ފޮތެވެ. އެދުވަސް ރިޔާޒް ރަނގަޅަށް ހަނދާން ހުއްޓެވެ.

————————————————————————–

“މީ ހައުދަހައި ފާޑަކި ފޮތަކޭ… އަޒީމް ބައްޕާއަށް އެއިންގޭފެހޭ ރިޑިއަރާހެއްނު…” (މީ ހާދަ ފާޑެއްގެ ފޮތެކޭ… އަޒީމް ބައްޕައަށް އެނގިއްޖިއްޔާ ރުޅިއަންނާނެއްނު…) ރިޔާޒް ހުރީ އަޒީމް ކުލަ ޖައްސާފަ އޮތް ގަނޑަށް ބަލާށެވެ.

“ޝްޝްޝް… ފޮއް ލައްޕަލަ… ހިނގައު ނިކުންނަން… ބައްޕާ އާފެހޭ ރިޑިއަރާހަ. ހިނގައު ކޮޓަރިއަށް އޭ..” (ޝްޝްޝް… ފޮތް ލައްޕާ… އާދޭ ނުކުންނަށް.. ބައްޕަ އައިއްސިއްޔާ ރުޅިއަންނާނެ… ހިނގާ ކޮޓަރިއަށް ދާން…) އަޒީމް ހުރީ ދޮރުކައިރީ ފާރައަށެވެ. މީހަކު އައުމުގެ ކުރިން އެދެކުދިން އެތަނުން ނުކުންނަށް ބޭނުންވިއެވެ. އެމީހުންގެ ޕްލޭން ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. ގޭތެރޭގައި އެތައް ބަޔަކު އުޅުނު އިރުވެސް އެއިން އެއްވެސް މީހަކަށް ނުފެނި އަޒީމާ ރިޔާޒް އެކޮޓަރިން ނުކުމެ އަޒީމްގެ ކޮޓަރިއަށް ދިޔައެވެ.

“މިގޮތަށް ކޮންމެ ދުވަހަކި މިގެއް ގިއޭ އެއްތެއްނާ ހައުދަހައި މަޖާވޭށިއޭ…” (މިގޮތަށް ކޮންމެ ދުވަހަކު މިގެއަށް އާދެވޭނަމަދޯ… ހާދަ މަޖާވާނޭ…) އެނދުގައި އޮށޯންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ.

“އަސްލަސް ވަރަށް މަޖާވޭހެއް… އޭ… ޝްޝްޝް… މީހަކާ ތެބޭ ކަންނޭނގެ… ނިދާ ކަމަށް ހަދަފެލަ…” (އަސްލުވެސް ވަރަށް މަޖަވާނެ… އޭ… ޝްޝްޝް…. މީހަކު އެބަ އާދޭ ކަންނޭނގޭ… ނިދާ ކަމަށް ހަދާ…) ދެކުދިން ވެސް ބިށްދޮށަށް އެނބުރުނެވެ. އެދެކެދިންނަށް ބިށްދޮށަށް އެނބުރި ހަމަޖެހުނު ވަގުތު އެ ކޮޓަރީގެ ދޮރު މީހަކު ހުޅުވާލިއެވެ. ދެލޯ ފިއްތާ ބާރުކޮށްގެން އަޒީމް ރިޔާޒް އޮތީ އަތަކަށް ގުޑިވެސް ނުލައެވެ. އެމީހުން ހޭލަ ތިބިކަން އެނގިއްޖެއްޔާ ޟިރާރާ އަލިތައްކާނު އިންތިހާއަށް ރުޅިއަންނާނެކަން އެނގެއެވެ. އަޒީމާ ރިޔާޒާ ތިބީ ހޭލާ ކަމުން ދޮރު ކައިރީ ތިބި މީހުން ދައްކަމުންދިޔަ ވާހަކަ ރަނގަޅަށްއިވުނެވެ.

“ކުދިވެރިން ނިދަފެއި ތިބީ..” (ކުދިވެރިން ނިދާފަ ތިބީ….) އަލިތައްކާން މިހެން ބުނުމާއެކީ ދެން ވާހަކަ ދެއްކީ ޟިރާރެވެ.

“މަ ހީކެޑެއި މިހެއިވޭލަވީކޯ އާމިނަ ވެހާހެއްކަމަށް… އަދިއަސް ރިހުމަކަށް ބަދަލަށް ނިއެއި… ފާތުމަ ބެނީ ދެންމާގިނަވޭލާ ނިވޭށިއައު… ކޮބާ އިބްޒީމާ؟..” (އަހަރެން ހީކުރީ މިހާއިރުވީރު އާމިނަ ވިހާނެކަމަށް… އަދިވެސް ރިހުމަކަށް ބަދަލެއް ނާދޭ… ފާތުމާ ބުނި ދެން މާ ގިނަ އިރެއް ނުވާނެޔޯ… ކޮބާތަ އިބްޒީމާ؟…) ޟިރާރުގެ ވާހަކަ މެދުކަނޑާލުމުން އަލިތައްކާނު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

“އިބްޒީމާ ދީ… އެއަސް ބަނޑޮރިހޭވަރުން އެ ހިނގަނީ…” (އިބްޒީމާދޯ.. އޭނަވެސް ބަނޑުގަ ރިއްސާތީ އެއުޅެނީ…) އަލިތައްކާނު އަތުގައި މިއަދު އެޅި ތަވީދުގައި އަތް ޖައްސާލަމުން ޟިރާރުމެން ތަވީދު އެޅިތޯ ޔަގީން ކޮށްލިއެވެ. އެއަށްފަހު ކޮޓަރި ތެރެއަށް ވަނެވެ. އަޒީމާ ރިޔާޒްގެ އުނަގަނޑުގައި ތަވީދު އައްސާފައި އޮތްތޯ އަލިތައްކާނު ބަލާލިއެވެ. ނިދާކަމަށް ހަދައިގެން ތިބި ދެކުދިން ގުޑިނުލާ އޮތެއް ކަމަކު އެމީހުން ތިބީ ވަރަށް ބިރުންނެވެ.

“ދެން ހިނގައު އުސްފަސްގަނޑާއި ދިމާލަށްއޭ… މިކޯ ކިޔެވެލި ކިޔަވާ ފަށާއްވީ.. ވަގުތު ފާއިތުނިވެނީސް މަސައްކައް ފެށިމެއި މިރެއި މިކަންތަކުން ސަލާމަށް ވެވޭނެއި… ފާތުމާއި އެކީ ތިމާގެބާކިން ގޭތެރޭ ތެބެ ވޭނޑޭނުން… އެނެއްކެޑުން ކަމަށް ދިމާވިއަސް ވަގުތުން ގިއޭހެއި ކަވަރިއެ ދީ މިތިބީ…އިބްޒީމާމެންނާއި އެކެހި ބެނާހެތި މިގަޑިއެ އެއްވެސް ބާކިޔަ ބޭރަށް ނިނުކުންނަހެތިޔައު…” (ދެން ހިނގާ އުސްފަސްގަނޑާ ދިމާއަށް… މިހާރު ކިއެވެލި ކިޔަވަން ފަށަންވީ… ވަގުތު ފާއިތުނުވަނީސް މަސައްކަތް ފެށުނީމަ މިރޭ މިކަންތަކުން ސަލާމަތް ވެވޭނީ… ފާތުމާއާ އެކީ ތިމާގެ ގިނަ ބަޔަކު ގޭތެރޭގަ އެބައުޅެއެއްނު… އަނެއްކޮޅުން ކަމެއް ދިމާވިޔަސް ވަގުތުން އެތަނަށް އާދެވޭހާ ކައިރީގަ ދޯ މިތިބީ… އިބްޒީމާމެން ކައިރީ ބުނާތި މިގަޑީގަ އެއްވެސް މީހަކު ބޭރަށް ނުނިކުންނައްޗޭ…) ޟިރާރު އެކޮޓަރިން ނުކުތެވެ. ޟިރާރުގެ ފަހަތުން ނުކުންނަމުން އަލިތައްކާނު އެކޮޓަރީގެ ދޮރު ލައްޕާލަމުން ފަހު ފަހަރަށް އަޒީމާ ދިމާއަށް ބަލާލިއެވެ.

ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. “އުސްފަސްގަނޑި ކޮންކަމަށް ކެރާއްބާ އެހިނގަނީ… މިރެއި ބޮޑޮކަމަށް ކެރާށް އެހިނގަނީ… މަ ބޭނުން އެތަން ބަލަލާއޭއް…” (އުސްފަސްގަނޑުގަ ކޮންކަމެއް ކުރަންބާ އެއުޅެނީ… މިރޭ ބޮޑުކަމެއް ކުރަން އެއުޅެނީ… އަހަރެން ބޭނުން އެތަން ބަލާލަން ދާން…) އަޒީމް ތެދުވެ ދޮރުން ތަންކޮޅެއް ހުޅުވާލަމުން ބޭރުބަލާލިއެވެ. އެކޮޓަރި ކައިރީ މީހަކު ނެތްކަން ޔަގީން ވުމުން އަޒީމް ބޭރަށް ނުކުންނަން މަސައްކަތް ކުރިއެވެ.

“އޭ އަޒީމް… މީހާކާ ފެނިގޭފެހޭ ކަޑަވޭހެއް… ނިކުންނަނެ ކަމަށް ނެއް…” (އޭ އަޒީމް.. މީހަކަށް ފެނިއްޖިއްޔާ ކަޑަވާނެ.. ނުކުންނާނެ ކަމެއް ނެތް…) އަޒީމްގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. ރިޔާޒް ހުރީ މީހަކަށް ފެނިދާނެތީ ބިރުންނެވެ.

އެތެރެ ކޮޓަރި ތެރެއިން އޭރު އާމިނަ ރޯއަޑު ގޭތެރޭގައި ހިއްޕާލާފަ ހުއްޓެވެ. އަޒީމްގެ ސަމާލުކަން ދިޔައީ އެކޮޓަރިއާ ދިމާއަށެވެ. މިވަގުތު ހުރިހާ އެންމެން އުޅޭނީ އެތާ ކަން އެނގޭތީ އޭނާ އެކޮޓަރިއަށް ދާން އޮތް ޝައުގު ބޮޑުވިއެވެ. “އަޒީމް… ކޮންތާކަށް ތެއެނީ… ބެނިންދީ ކޮޓަރިއަށް ވެދެ ދެކުދިން ނިދާއްކެނައު…” (އަޒީމް… ކޮންތާކަށް ތިދަނީ.. ބުނިން ދޯ ކޮޓަރިއަށް ވަދެ ދެކުދިން ނިދާށޭ….)

އަޒީމްގެ ފަހަތުން އިވުނު އަޑަށް އަޒީމް ސިހުނެވެ. ފަހަތް ބަލާލިއިރު މިހުރީ އިބްޒީމާއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. އުނަގަނޑުގައި އަތް ވިއްދައިގެން ހުރި ގޮތުން އިބްޒީމާ އުޅެނީ ބަނޑުގައި ރިއްސާތީކަން އެނގެއެވެ. ބަދިގެ ފަރާތުން އައިސް ގޭތެރެއަށް ވަތް ފާތުމަ ހިފައިގެން ހުރި ތެލިން ދުންއަރައަރަ ހުއްޓެވެ. ފާތުމައަށް ތަން ދައްކަން އިބްޒީމާ އަޒީމްގެ އަތުގައި ހިފާ އެއްފަރާތަކަށް ޖެއްސިއެވެ.

ކައިރިންލާފަ ފާތުމަ ދިޔަ ވަގުތު އަޒީމް ބޯއަރިކޮށްލަމުން އެތެލީ ތެރެއަށް ބަލާލިއެވެ. އޭގައި ހުރީ ފެނެވެ. “މަންމާ އެއި ކެންކެރާ ހުނުފެނަށް..” (މަންމާ އެއީ ކީއްކުރާ ހޫނު ފެނެއްތަ؟…) އެއީ ކީއްކުރާ އެއްޗެއްތޯ ބަލަން އަޒީމް ބޭނުންވިއެވެ.

“ބޭކާރު ވާހަކަ ނިދައްކެއި އެބޭއް ކޮޓަރިއަށް…” (ބޭކާރު ވާހަކަ ނުދައްކާ ދޭ ކޮޓަރިއަށް…) ހަރުކަށި ރާގަކަށް އިބްޒީމާ އެހެން ބުނުމުން އަޒީމް އިސްޖަހައިގެންގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕާލި ވަގުތު އިބްޒީމާ ފާތުމައަށް ގޮވާލި އަޑު އިވުނެވެ. “ފާތުމާ އާއްސެލަ… އާ… މަ ބަނޑޮވަރަށް ރިހެއި…” (ފާތުމާ އާދެބަލަ… އާ… މަގޭ ބަނޑުގަ ވަރަށް ރިއްސާ….)

“ހިނގައި ކޮޓަރިއަށް ވެށިއޮންނަން… ތަންމަތި ތައްޔާރޮކޮށްފެއި އެހިށީ… އަވަހަށް ހިނގައު ދެންމާ ގިނަ ވޭލަށް ނިވޭހެ…. ބަޝީރާސް ބާއި… ފޫޅުމާމީހާ ބެނޑުވަގެން…” (ހިނގާ ކޮޓަރިއަށް އޮށޯންނަން… ތަންމަތި ތައްޔާރުކޮށްފަ އެހެރީ… އަވަހަށް ހިނގާ.. ދެންމާ ގިނައިރެއް ނުވާނެ…. ބަޝީރާވެސް އައިއްސި ފޫޅުމާ މިހާ ގޮވައިގެން) ދުވެފައި ފާތުމަ އައިސް އިބްޒީމާ ގޮވައިގެން އާމިނަ އޮތް ކޮޓަރިއަށް ގެންދިޔައެވެ. އޭރު އިބްޒީމާ ބަނޑަށް ތަދުވާތީ ރޮނީއެވެ.

ބޭރަށް ނުކުންނާނެ ގޮތަކާ ދޭތެރޭ ވިސްނަން އަޒީމާ ރިޔާޒް އެތައް އިރަކު އުޅުނެވެ. އެންމެ ފަހުން ކުޑަދޮރުން ފުންމާލައިގެން ދިޔުން އެއީ އެންމެ ބުއްދިވެރިގޮތްކަމަށް ނިންމާ ދެމީހުންވެސް ކުޑަދޮރު ކައިރިއަށް ލެފިގަތީ ކޮޓަރި ދޮރު އެތެރެއިން ތަޅުލާފައެވެ. ގޭ ބިށްދޮށުން ފޭބެނީ ބޯ ކެޔޮގަސްތައް އިންދާފައވާ ދިމާއަށެވެ. އެދިމާ އަނދިރިކަމުން އެތަން ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. ރިޔާޒް ކޮންމެވެސް ވަރަކަށް ފަސްޖެހުނެވެ. “އަޒީމް ހިނގައު ގެއު އެބޭ…” (އަޒީމް ހިނގާ ގެއަށްދާން…)

“ނުން… މިރެއި… އުސްފަސްގަނޑި އެވެރިން ކެރާ ކަމަށް ބަލަފެއި ގެއް އެބޭނީ…” (ނޫން… މިރޭ… އުސްފަސްގަނޑުގަ އެމީހުން ކުރާ ކަމެއް ބަލާފަ ގެއަށް ދާނީ…) އަޒީމް ކުރިއަށް ހިނގައިގަންނަމުން ރިޔާޒްގެ އަތުގަ ހިފިއެވެ.

“އަފިރިން ކޮޓަރިޔެ ނެއްކަން އެނގިގޭފެހޭ ވަރަށް ސަކަރާށެވޭހެ….” (އަހަރެމެން ކޮޓަރީގަ ނެތްކަން އެނގިއްޖިއްޔާ ވަރަށް ސަކަރާތްވާނެ…) ރިޔާޒް އަދިވެސް ހުރީ ދެ ހިޔާލެއްގައެވެ. ގަސްތަކުގެ ތެރެއިން ހިނގަމުން އައިސް ގޮނޑުދޮށާ ހަމައަށް އެކުދިންނަށް ނުކުމެވުނީ ވަރަށް ހާލުންނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ގަސްތަކުގެ ތެރޭގައި އެކުދިން ހިނގީ ވަރަށް ބަލައިގެންނެވެ. އަތިރިއަށް ނުކުމެވުމުން އަލިކަމެއް ފެންނާނެކަމަށް ހީކުރި ނަމަވެސް ގޮނޑުދޮށުންވެސް ފެންނަމުން ދިޔައީ ކަނު އަނދިރިކަމެވެ. އެހެންކަމުން ދެކުދިންނަށް އެއްފަހަރާ ބަލާލެވުނީ އުޑުމައްޗަށެވެ.

“ހަނދުކާފެއި އެހިށީ…” (ހަނދު ކާލާފާ އޭނީ….) ފުރިހަމަ ކޭތައެއް ހިފާފައިވާ ހަނދަށް އިޝާރާތް ކުރަމުން އަޒީމަށް ބުނެވުނެވެ.

“އެހެންވެކަން ނިއެނގި ބައްޕާ ބެނީ މިރެއި އެއްވެސް މީހަކާ ގެއިން ބޭރަށް ނިނުކުންނަހެތިއައު… ހިނގާ އަވަހަށް ގެއް އެބޭއް… ގިޔާމަށް ވަނީ ކަންނިއެނގެ…” (އެހެންވެކަންނޭނގެ ބައްޕަ ބުނީ މިރޭ އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުންނައްޗޭ.. ހިނގާ އަވަހަށް ގެއަށް ދާން.. ގިޔާމަތްވަނީ ކަންނޭނގެ…) ރިޔާޒް ހުރީ އިންތިހާއަށް ބިރުގެންފައެވެ. ދެކުދިން އެންމެ ފަހުން ނިންމީ ގެއަށް ދާށެވެ. ވަލުފަރާތުން ދާން ހިނގައިގަތް ވަގުތު އަޒީމްގެ އަތުގައި ހިފާ ރިޔާޒް ދަމައިގަތެވެ. “މަށް ލާހިކަށް ނޫން ތެހެން އޭކަށް… ތެހެންލާފެއި ގެއް ނިއޭށުން…” (މަށަކަށް ލާހިކެއްނޫން ތިހެން ދާކަށް… ތިހެންލާފަ ގެއަކަށް ނުދާނަން…) ރިޔާޒް ބިރުގެންފައިހުރުމުން އަޒީމް ބޭނުންވީ އަތިރިމަގުން އެއްގަމަށް ނުކުންނާށެވެ. ނަމަވެސް އެމީހުންގެ ފިޔަވަޅު ހުއްޓުމަކަށް އައީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު އެމީހުންގެ ކަންފަތުގައި ޖެހުނެވެ.

ރިޔާޒާ އަޒީމާ ދެކުދިން ބަލާލީ އެކަކު އަނެކަކުގެ މޫނަށެވެ. ބިރުން ހުރެ އެމީހުންނަށް އެއަޑު އައި ދިމާއަށް ބަލާލެވުނެވެ. އުސްފަސްގަނޑު ސަރަހައްދުގައި ޖިފްޓިގަނޑު ޖަހާފައިވާތަނުން ގަދަ އަލިކަމެއް އެމީހުންނަށް ފެނުނެވެ. އެމަންޒަރު ކައިރިން ބަލަން ބޭނުންވެފައިވާލެއް ބޮޑުކަމުން އަޒީމް އެދިމާއަށް ދުއްވައިގަތެވެ. އެވަގުތު ރިޔާޒަށް އެ ޖިފްޓިގަނޑުގެ މައްޗަށް ވެއްޓުނު އަލިފާން ގުޅަ ފެނުނެވެ. އެ އަލިފާން ގުޅަ ވެއްޓުމާއެކީ އެ ޖިފްޓީގައި އަލިފާން ރޯވިއެވެ. އެހިސާބުން ދެމީހުންގެ ފިޔަވަޅު މަޑުވިއެވެ. ދެމީހުންނަށް އެނބުރި ހަނދާ ދިމާއަށް ބަލާލެވުނެވެ. އޭރު ހަނދުހުރީ ކުރިން އެމީހުންނަށް ފެނުނު ހަނދު ހުރިގޮތަކަށް ނޫނެވެ. މިހާރު ފެންނަން ހުރީ ފުރިހަމަ ރީތި ހަނދެކެވެ.

“އެތަނުން މީހުންތައް އެއޮއް ނުކުންނެއި… ބައްޕާމެންނަށް ފެނިގޭފެހޭ އަފިރިން މަރާހެ…” (އެތަނުން މީހުންތައް އެއޮއް ނުކުތީ.. ބައްޕަމެންނަށް ފެނިއްޖެއްޔާ އަހަރެމެން މަރާނެ…) ރިޔާޒް އަތުގައި ހިފާ ދަމަމުން އަޒީމް އެތަނުން ދާން ދުއްވައިގަތެވެ. ދެމީހުންނަށް ގެއަށް އާދެވުނު އިރު މާ ނޭވާ ލެވެނީއެވެ. ކުޑަދޮރުން އެތެރެއަށް ވަދެ ކުޑަދޮރު ލެއްޕުމަށްފަހު އެދެމީހުން އެނދުގައި އޮށޯތެވެ. އޭރުވެސް މޭގަނޑު ބަންބަންލާފައި ޖެހެއެވެ. މުޅިތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. އެއީ ޒިމްނާއާ ރޫހީ އުފަންވި ރެއެވެ. ހަމަ އެހެންމެ ޖިފްޓީގައި އަލިފާން ރޯވުމުގެ ހާދިޘާގައި އަލިތައްކާނު މި ދުނިޔެ ދޫކުރި ރޭވެސް މެއެވެ.

—————————————————————–

“ރިޔާޒް… ކާ ހަދާށްވިއްޔާ….” (ރިޔާޒް ކާން ހަދަންވީތަ؟…) އާމިނަގެ އަޑު ކަންފަތުގައި ޖެހުމުން ރިޔާޒް އެ ފޮތް ލައްޕާލިއެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ރިޔާޒް ހިނގައިގަތީ ފާޚާނާއަށް ވަންނާށެވެ. ރިޔާޒް އެފޮތަށް ގެއްލި ބަލަން ހުރިގޮތް އާމިނައަށް ފެނުނެވެ. ރިޔާޒް ގޮސް ކޮޓަރިއަށް ވަނުމުން އާމިނަ މޭޒާ ގާތްވެލިއެވެ. މޭޒުމަތީ ހުރިފޮތްތައް ފެނި އާމިނަގެ ހިތް އަވަސްވިއެވެ.

*** *** *** *** *** ***

“މަންޝާ… މަންޝާ….” ދޮރުގައި ތަޅާ ތަޅާ ޒުހާ ހުރީ ވަރުބަލިވެފައެވެ. މަންޝާގެ ހިލަމެއް ނުވުމުން އޭނާ އެނބުރި ގެއަށް ދާން ސިޑިން ފައިބަން ހިނގައިގަތެވެ. އެވަގުތަކީ އެގޭ މައިދޮރާށިން އެތެރެއަށް އަޒީމް ވަތް ވަގުތެވެ. “އަހާ… ހާދަ އަވަހަކަށް ތި ދަނީ….” ޒުހާ ފެނުމުން އަޒީމް ވާހަކަ ދެއްކިއެވެ.

“މަންޝާ ދޮރެއް ނުހުޅުވި…. ދޮރު ވެއްޓޭ ވަރަށް ޓަކި ޖަހައިފިން…. އަނެއްކާ ނިދާފަ ކަންނޭނގެ…” ޒުހާ ސިޑިމަތީ މަޑުކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ. “އެހެންތަ… އެކަމަކު އަހަރެން ގެއިން ނުކުތް އިރު ހޭލާ އުޅުނީ… ވެދާނެ ވީ ފާޚާނާގަ ކަމަށްވެސް…ހިނގާ މައްޗަށް….” އަޒީމް ސިޑިން އަރަމުން ޒުހާ ގާތު މައްޗަށް އައުމަށް އެދުނެވެ.

ތަޅުދަނޑިޖަހާ ދޮރުގެ ތަޅު ހުޅުވާލަމުން އަޒީމް ދޮރުތަންމިނަށް ހުޅުވާލިއެވެ. ދުވި ވަހުން ޒުހާ ނޭފަތުގައި އަތްއަޅާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. “ރެހި ތެލުލީތަ؟… ދޮރުތައް ލައްޕާފަ ހުރީމަ މުޅި ގޭތެރޭގަ ވަސް ހިއްޕާލާފަ މިހިރީ… އަޒީމް މި ކުޑަދޮރުތައްވެސް ހުޅުވާލަބަލަ…” ޒުހާ ގެ ކުޑަދަރިފުޅަށް އޭރު ހޭލެވިއްޖެއެވެ. ދެލޯ ބޮޑު ކޮށްލަމުން އެމަންޖެ ވަށައިގެން ބަލާލިއެވެ.

އަޒީމް ކުޑަދޮރުތައް ހުޅުވާލުމަށްފަހު ކޮޓަ ރިތެރެއަށް ވަނެވެ. މުޅި ކޮޓަރިވަނީ އެއްކޮށް އަނދިރިކޮށްފައެވެ. އެނދުގައި އޭރު މަންޝާ އޮށޯވެގެން އޮތެވެ. ބޮލާ އެކީ ރަޖާ އަޅާއިގެން މަންޝާ އޮތް ގޮތް ފެނުމުން އަޒީމް މަންޝާއަށް ގޮވާލިއެވެ. “މަން… އެބަހުރި ޒުހާ އައިސް.. ހިނގާބަލަ ބޭރަށް.. ކުޑަމީހާވެސް ގޮވައިގެން އައިސް ހުރީ… ޒުހާމެން އެއުޅެނީ މެލޭއަށް ފުރަން.. ދެން ނޭނގެ ކޮން ދުވަހަކުން ކަމެއް ދިމާވާނީކީވެސް.. އާދެބަލަ…”

“ނޫން އަޒީމް..އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ.. ޕްލީސް.. އަހަރެންނަށް ނުތެދުވެވޭނެ… އަހަރެން ބާއްވާލަދީ…” މަންޝާގެ އަޑުން ފާޅުވަމުން ދިޔައީ ބަލިކަމެވެ. އެހެންކަމުން އަޒީމް ޒުހާއަށް ގޮވާލިއެވެ. ބޭރުގައި ހުރި ސޯފާގައި ދަބަސް ބަހައްޓާފަ ކޮޓަރިއަށް ވަންނަން ޒުހާ ހިނގައިގަތެވެ.

ކޮޓަރި ދޮރާހަމައަށް އަރަމުން ޒުހާ ވާހަކަ ދެއްކިއެވެ. “މަންޝާ… އަހަރެންނަށް ކުރިން ދުވަހު ދެވުނީ ހަދިޔާ ދަޅުތައް ވެސް ބަހައްޓާފަދޯ… އަނެއްކޮޅުން މި އުޅެނީ ފުރަން..މަންޝާ ފޯނަށް ގުޅިއަސް ފޯނު ނަގާނަމަތާދޯ…” ޒުހާ ވާހަކަ ދައްކަމުން އައިސް ކޮޓަރިތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކީ ތުއްތު ޒަފްރީން ބާރުބާރަށް ރޯން ފެށިއެވެ. ހީވަނީ އެ ތުއްތު ހަށިގަނޑަށް އަނިޔާއެއްވީ ހެއްނެވެ.

“އެމަންޖެއަށް ކިހިނެއްވީ؟…” ޒުހާ ގާތަށް އަޒީމް ގާތްވެލިއެވެ.

“ނޭނގެ.. ހަމަ އެހެންހުރެފަ…ކުއްލިއަކަށް.. ހޫންހުން ހޫންހުން… ހުއްޓާލަ… ނާނަނާނަ…” ޒަފްރީން މަސަލަސް ކުރަމުން ޒުހާ ސިޓިންގް ރޫމަށް ނުކުތީ މަންޝާއަށް އުނދަގޫ ވެދާނެތީއެވެ. އަޒީމްވެސް ޒުހާއާ އެކީ ބޭރަށް ނުކުތެވެ.

“މަންޝާ އެއޮތީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީއޯ… ކިހިނެއްތަ ވީ ހާދަވަރަކަށް އެރޮވެނީ…” ޒަފްރީނާ ގާތްވެލަމުން އަޒީމް ވާހަކަ ދެއްކިއެވެ.

“ނޭނގެ… ބަނޑުހައި ވީ ކަންނޭނގެ… އަޅެ ހުއްޓާވެސް ނުލި… މަންޝާވެސް ބަލިދޯ.. ދެން އަހަރެން ގެއަށް ދާނީ… އެކަމަކު ފުރުމުގެ ކުރިން މަންޝާއަށް ގުޅާނަން… އަޒީމް… މި ގޭގަ ހުންނާނެ ހަދިޔާ ކޮތަޅެއް އެ ހިފައިގެން އާދެބަލަ… އަހަރެން މި ނުކުންނަނީ ބޭރަށް ޓެކްސީއެއް ހޯދަން…” ކުޑަ ދަރިފުޅު ލާފަ އޮތް ފޮތިގަނޑު ރީތި ކޮށްލަމުން ޒުހާ ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އެވަގުތު އަޒީމަށް އެ ހަދިޔާ ދަޅުތައް އަޅާފަހުރި ކޮތަޅު ފެނުނެވެ. ޒުހާއާ އެކީ އަޒީމް ތިރިއަށް ފޭބީ ޒުހާއަށް ޓެކްސީއެއް ހޯދައިދޭށާ އެކީގައެވެ.

އެމީހުން ގެއިން ނުކުތުމުން މަންޝާ ގައިމަތީ އަޅާފަ އޮތް ފޮތިގަނޑު ނެގިއެވެ. އޭރު މަންޝާ އޮތީ ދާހިއްލާ ފޯވެފައެވެ. ގައިގެ ހަންގަނޑު ހިރުވިނަމަވެސް ނުކަހާ ހުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ކަނދުރާ މަތިން ވަރަށް ބޮޑަށް ހިރުވާތީ މަންޝާ އެދިމާ އަތުން ކަހާލިއެވެ. ޒުހާ އެގެއިން ނުކުތުމުން މަންޝާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކަށް ލުޔެއް ލިބުނެވެ.

ޒުހާ ގެއަށް ފޮނުވާލުމަށްފަހު އަޒީމް ގެއަށް އައިސް ވަނެވެ. އޭރު މަންޝާ ހުރީ ބަދިގޭގައި ކާން ހަދާށެވެ. މަންޝާ ތެދުވެ ހުރިތަން ފެނުމުން އަޒީމް ހައިރާންވިއެވެ. މަންޝާ ކާން ހަދަން މޭޒުކައިރީ ހުރި އިރު އޭނާ ދިޔައީ ރާގަކަށް ލަވައެއް ކިޔަމުންނެވެ.

“ފިނިފިނި ރެއަކައު، ފިނިފިނި ރެއަކައު، ތުރުތުރު މަމި އެޑަނީ،

ތެރިވެތިރާނީ ގެހުނުން މަމިރެއި ހީފަލުވެއި ދޭކެން…..”

 

މަންޝާ ކިޔަމުން ދިޔަ ލަވައަކީ ޒޭބާއާ އަޒީމާ އެކުގައި ހުރިރެއެއްގައި ޒޭބާވެސް ކީ ލަވައެކެވެ. މަންޝާއަކީ އެހާ ލަވަކިޔާ މީހެއްނޫނެވެ. އެހެންކަމުން އަޒީމަށް އެކަންވީ ހައިރާން ވާކަހަލަ ކަމަށެވެ. މަންޝާއާ ގާތްވަމުން އައިސް އޭނާގެ ފަހަތުގައި ހުއްޓިގެން ހުރި އަޒީމްގެ ލޮލުގަ އަޅައިގަތީ މަންޝާގެ އިސްތަށިގަނޑެވެ. މަންޝާގެ އިސްތަށިގަނޑަކީ ފަން އިސްތަށިގަނޑެކެވެ. ނަމަވެސް އެ އިސްތަށިގަނޑުގައި ހުރީ ކުދި ބުޅިކަމެކެވެ. އަޒީމްގެ ގައިން ހީބިހި ނެގިއެވެ. ކުއްލިއަކަށް ޒޭބާމަތިން ހަނދާންވާ ގޮތްވިއެވެ.

ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާ ހުރީ މަންޝާއަށް ގޮވާލަންވެސް ނުކެރިފައެވެ. ހާވާލާފައިވާ އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް މަންޝާގެ ކުރިމައްޗަށް އިސްތަށިގަނޑު ވައްޓާލިއެވެ. އޭރުވެސް އެލަވައިގެ ރާގުގަނޑު އަޅުވާލައިގެންހުރެ މަންޝާ ދިޔައީ ހޫންހޫން ލައްވަމުންނެވެ. އަޒީމަށް ފެނުނު މަންޒަރުން ދެ ފިޔަވަޅު ފަހަތަށް އެޅުނެވެ. މަންޝާގެ ކަނދުރާމަތިން އަޒީމަށް ބޮޑު ލަކުނެއް ފެނުނެވެ.

“ޒެ.. ޒޭބާ…” އަޒީމަށް އެހެން ބުނެވުނީ ބޭ އިޚްތިޔާރުގައެވެ.

މަންޝާ އަޒީމާ ކުރިމަތިލާން އެނބުރުނެވެ. އެއީ ޒޭބާއެއް ނޫނެވެ. އެއީ މަންޝާކަން އަޒީމަށް ޔަގީން ވިއެވެ. “މަންޝާ ކަރަށް ކިހިނެއްވީ؟… ހާދަ ރަތްވެފަ މިހުރީ…” ކަރުދަށުގައި އަޒީމަށް ލަފެއްހެން ފެނުނުތަން ހުރީ ރަތްކޮށެވެ. މަންޝާއާ ގާތްވެލަމުން އަޒީމް ވާހަކަ ދެއްކިއެވެ.

“އާން އެއީ ދެންމެ އެތަން ކަހާލާފަ… އާދޭ ކާން… ވަރަށް ބަނޑުހައި ވެފަ ދޯ ތިހުރީ…” އަޒީމް އިށީންނަން ގޮނޑި ދަމާލަމުން މަންޝާ ވާހަކަ ދެއްކިއެވެ.

“މިހާރު ބޮލުގަ ނުރިއްސާތަ؟.. މަންޝާވެސް އާދޭ ކާން…” ގޮނޑީގައި އިށީންނަމުން މޭޒުމަތީ ހުރިތަށިތަކަށް ބަލާލަމުން އަޒީމް ވާހަކަ ދެއްކިއެވެ.

“ބޮލުގަ ރިއްސާ… އަހަރެން ދެންމެ ކައިފިން… އަޒީމް ކައިގެން އާދޭ އެތެރެއަށް…” މަންޝާ މިހެން ބުނެ ކޮޓަރި ތެރެއަށް ދާން ހިނގައިގަތެވެ.

ކައި ނިމިގެން އަޒީމް ފެން ބޮއިގެން އައިސްއަލަމާރިއަށް ފެންފުޅިލާން އަލަމާރި ހުޅުވާލިއެވެ. ކާން މޭޒުމައްޗަށް ނަގާފަ ހުރި ރެހި މަދުކަމުން އަޒީމް ބަދިގެތެރެއަށް ބަލާލިއެވެ. އައިސްއަލަމާރި ގަނޑުކުރާ ބައި ހުޅުވާލިއިރު އޭނަ އަލަމާރިތެރޭ ބެހެއްޓި ރެހި ކޮތަޅު ނެތުމުން ހިތުގައި ސުވާލެއް އުފެދުނެވެ. ޑަސްބިން ހުޅުވާލީ އަނެއްކާ މަންޝާ އެ ރެހި ކޮތަޅު ޑަސްބިނަށް ލީތޯ ޔަގީން ކުރާށެވެ. ޑަސްބިންގަ ނެތުމުން އަޒީމް ކޮޓަރިއަށް ވަނީ މަންޝާއާ އެވާހަކަ ދައްކާށެވެ.

“އައިސްއަލަމާރިގަ އިން ރެހި ކޮތަޅު ކޮބާ؟…” އަޒީމް ލައިގެން ހުރި ގަމީސް ބާލާފަ ހެދުން އަޅުވާ ތަނުގައި ގަމީސް އަޅުވާލަމުން މަންޝާއާ ވާހަކަދެއްކިއެވެ.

“ރެހި މަދުހެން ހީވީމަ އެބައިވެސް ނެގީ.. އަހަރެން އެބައި ކާލީ.. ލޮނުމިރުސް ނުލާ ހުންނައިރު އަހަންނަށް ވަރަށް މީރު… އަޒީމަށް ބެހެއްޓި ރެހިކޮޅު މަދުވީތަ… އަހަންނަށް ރެހިވަރަށް މީރު…” އެނދުގައި އޮވެ މަންޝާ ވާހަކަ ދެއްކީ އަޒީމާ ދިމާއަށް އަތުން ހަނާ އަޅަމުން އޭނަ ކައިރިއަށް އައުމަށް އިޝާރާތްކުރަމުންނެވެ. އަޒީމް އައިސް މަންޝާގެ މަގަތުގައި އޮށޯތެވެ. މަންޝާއޮތީ އަޒީމަށް ފުރަގަސްދީގެންނެވެ. ފަހަތުން މަންޝާގެ ހަށިގަނޑު ވަށާލަމުން މަންޝާގެ ބަނޑުގައި އަޒީމް ފިރުމާލިއެވެ. “ކޮން އިރަކު ޑޮކްޓަރަށް ދައްކަނީ؟… ރަށުން އައިފަހުން އަދި ޑޮކްޓަރަކަށް ނުދައްކަމެއްނު….”

“އާން.. އެކޮޅުން އެއްމަސް ދުވަހު ބޭސް ދީފަހުރީ… ދެން ދައްކަން ޖެހޭ ދުވަހު ދާން ޖެހޭނީ ޓެސްޓުތަކެއް ހަދައިގެން…. ސޯ މަސްދުވަސް ވާން ކައިރިވީމަނުން އެކަމާ އުޅޭނީ.. ދެން ހިނގާ ނިދަން… އިރުއޮއްސޭ އިރަށް ހޭލަންވެސް ޖެހެއެއްނު…” މަންޝާގެ ބަނޑުމަތީގައި ބާއްވާލާފަ އޮތް އަޒީމްގެ އަތުގައި ފިރުމާލަމުން މަންޝާ ވާހަކަ ދެއްކިއެވެ.

*** *** *** *** *** ***

ރުޅިއައިސް ރަތްވެފައި ހުރި ޒިބާނަށް ގޭގެ ދޮރާ ދިމާއަށް ބަލާލެވުނީ ސަކޭރާ ގެއަށް ވަތްތަން ފެނުމުންނެވެ. “ކޮބާ ބައްޕާ… މިކޯއެއޮއް އިރިފުހެނީ… ތިންވަނަ ދުވަސް ހަމަވީ… މަ މިނިވަން ކެރާ އޭކަށް ނިވެއި..” (ކޮބާތަ ބައްޕަ؟.. މިހާރު އެއޮއް އިރުއޮއްސުނީ… ތިންވަނަ ދުވަސް ހަމަވީ… އަހަރެން މިނިވަން ކޮށްދޭން އަންނާކަށް ނުވޭތަ؟…) ޒިބާންގެ އަޑުގައި ރުޅިވެރިކަމެއް އެކުލެވިފައިވާކަން ސަކޭރާއަށް އެނގެއެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ ޒިބާން ހަމައަކަށް އަޅުވާށެވެ.

“ޒިބާން…. ހަމަޖެހިފެލަ… ބައްޕާ އޭހެއް… ދެން މާގިނަވޭލާ ނިވެ މަންޝާއެކަހަށް ގިއޭހެއް..” (ޒިބާން.. ހަމަޖެހިބަލަ.. ބައްޕަ އަންނާނެ… ދެން މާ ގިނަ އިރެއް ނުވެ މަންޝާ ކައިރިއަށް ދެވޭނެ…) ސަކޭރާގެ ވާހަކަތަކުން ޒިބާންގާތަށް އައި ރުޅި ގަދަވިއެވެ. އޭނާގެ ހުދު އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮށްޕާލަމުން ވާހަކަ ދެއްކިއެވެ.

“މަކަށް ނިއެނގެ… އަދި ކިހެއިވޭލާ ވޭހެ… މަށް ކެތަށް ނިވޭހެއް… މަންޝާށް ވޭ ކޮންމެ އުނދަގުލަށް މަށް ތެބެ އިހުސާސްވެއި.. ބޮޑޮދައިތާ ގޮއްސެލަ ބައްޕާ ހޯދާ… މި ތަޒްކިޔާދެކެ މަވަަރަށް ފޫހިވެއި…” (މަށަކަށް ނޭނގެ… އަދި ކިހާ އިރެއް ވާނެތަ؟.. އަހަންނަކަށް ކެތެއް ނުކުރެވޭނެ… މަންޝާއަށް ވާ ކޮންމެ އުނދަގުލެއް އަހަންނަށް އެބަ އިހްސާސްވޭ… ބޮޑު ދައިތަ ދޭބަލަ ބައްޕަ ބަލާ… މި ތަޒްކިޔާ ދެކެ އަހަރެންވަރަށް ފޫހިވޭ…) ޒިބާން އެ ރުޅިގަނޑުގައި ހުރެ ވާހަކަ ދައްކަމުން ދިޔަ ވަގުތު އެގެއަށް ތަޒްކިޔާ ވަނުމުން ޒިބާން ތަޒަކިޔާއާ ދިމާއަށް ބަލާލި އަނގުރުއަލިފާން ބުރަމުން ދިޔަ ރަތް ލޮލުންނެވެ.

ޒިބާންގެ ރުޅިވެރި މޫނު ފެނި ތަޒްކިޔާ ދޮރު ކައިރީ މަޑުކޮށްލިއެވެ. “ތަޒްކިޔާ ދޮގަށް ނިހެދާހެއް.. ޒިބާން އަދޮ ބިމަށް ފޭބިމެއި އެކަން ކަށަވަރޮވޭހެ… ތަޒްކިޔާ ދެއްކި ވާހަކަ އަވަ ގަބޫލުކެރަން….” (ތަޒްކިޔާ ދޮގެއް ނުހަދާނެ… ޒިބާން މިއަދު ބިމަށް ފޭބީމަ އެކަން ކަށަވަރުވާނެ.. ތަޒްކިޔާ ދެއްކި ވާހަކަ ގަބޫލުކުރަން…) ތަޒްކިޔާގެ މިލާފައިވާ މޫނު ފެނުމުން ތަޒްކިޔާ ދިފާއުކޮށް ސަކޭރާ ވާހަކަ ދެއްކިއެވެ.

“ތޭ ހީވޭހީވުމަށް… ބަލަ ތަޒްކިޔާ މާއި އެޑަގެނެގެން ހިނގާކޯ އެއަ ބޭނުންވޭށީ މަ އެހެން މީހަކާ ގުޅޭ… އޭ ތަޒްކީ ކޮޅަނަ މޮޅޮ ޑްރާމާށް… އެކަލަކިދީ މަންޝާ ދޫކޮށްފެއި މަ ތަޒްކިޔާއި އިންނަނެއި… ހަހަހަ… ސަތޭކަ ޕަސެންޓް ޔަގީންކަން މިދެނީ… މަންޝާ މަކަށް ބޭވަފާތެރިއެއް ނިވޭހެ…” (ތީ ހިވާ ހީވުމެއް… ބަލަ ތަޒްކިޔާ އަހަންނާ އަޅާއިގަނެގެން އުޅޭއިރު އޭނާ ބޭނުންވާނެތަ އަހަރެން އެހެން މީހަކާ ގުޅެން.. އެއީ ތަޒްކީ ކުޅުނު މޮޅު ޑްރާމާއެއް.. އޭރުންދޯ އަހަރެން މަންޝާ ދޫކޮށްފަ ތަޒްކީއާ ކައިވެނި ކުރާނީ… ހަހަހަ… ސަތޭކަ ޕަސެންޓް ޔަގީންކަން މިދެނީ މަންޝާ އަހަންނަށް ބޭވަފާތެރި ނުވާނެ…) ޒިބާން އޭނާގެ މޭމަތީ ޖަހާލަމުން އެހެންބުނެލީ ސާބިތުކަމާ އެކީގައެވެ.

“ތެހެއި ޔަގީންކަން އޮއްފެހޭ މަދައްކާ ވާހަކަސް ކަނޮލާއި އަޑޮއަހަފެލަ… ތަޒްކިޔާ އެބެނީ ތެދަށްފެހޭ ޒިބާން ކާއިވެނި ކެރާށް ޖެހޭނެއި ތަޒްކިޔާއި… މަށް ތަޒްކިޔާއަޚި ކިހެއިވަރެއްގެ ކޫދަކާކަން އެއިނގެން މިހެން މި ބެނަނީ… ޒިބާނަށް ތެ މަންޝާއި އެނގެނެތާން މާގިނަދުވަހަށް ވީކީ ނޫން… އެވަރުން މީހުންގެ ގޮށް ކޭއް އެނގޭށީ…” (ތިހާ ޔަގީންކަން އޮވެއްޖެއްޔާ މަދައްކާ ވާހަކަވެސް ކަނުލާ އަޑުއަހާ… ތަޒްކިޔާ އެބުނީ ތެދުކަމަށް ވެއްޖެއްޔާ… ޒިބާން ކައިވެނި ކުރަން ޖެހޭނީ ތަޒްކިޔާއާ… އަހަރެންނަށް ތަޒްކިޔާއަކީ ކިހާވަރެއްގެ ކުއްޖެއްކަން އެނގިގެން މިހެން މިބުނަނީ… ޒިބާނަށް ތި މަންޝާއެއް އެނގުނުތާ މާގިނަ ދުވަހެއް ވީކީ ނޫން.. އެވަރުން މީހުންގެ ގޮތް ކިޔަން އެނގޭތަ…)

ދޮރު ކުރިމަތިން އިވުނު އަޑަށް އެންމެން ދޮރާ ދިމާއަށް ބަލާލިއެވެ. ދޮރު މަތީ ހުދު ފޭއްޔެއްގައި ހުރި ސައިބްރޯތުގެ ލޮލުންވެސް ފާޅުވަމުން ދިޔައީ ރުޅިވެރިކަމެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ލޯބިވެރިޔާގެ މާފް 4

Next

ލޯބިވެރިޔާގެ މާފް 5

Next
September 19, 2016

ލޯބިވެރިޔާގެ މާފް 5

Previews
September 19, 2016

ލޯބިވެރިޔާގެ މާފް 4

68 Comments!

  1. ?Jaz? says:
    September 19, 2016 at 9:58 pm

    First. ?

  2. Nabee naji says:
    September 19, 2016 at 10:05 pm

    vaahaka nice but addu bahun liyefa hunnaathy varah udhagoo kiyan ..

    1. ?Jaz? says:
      September 19, 2016 at 10:15 pm

      There are translations in the brackets you know. ?

    2. Nabee Naji says:
      September 19, 2016 at 10:24 pm

      Kiyamun Kiyamun gos skip kuran jeheythy undhagoo vaahaka mi buny. Mashah ves ingey brackets ga translation hurikan.

    3. ?Jaz? says:
      September 20, 2016 at 12:20 am

      Okay. ?✌?️

  3. ?Jaz? says:
    September 19, 2016 at 10:14 pm

    Shaz. Emme interesting vaan feshi thankolhah thi nimmaaly. ?
    Ekamuves varah best mi episode ves. Thanks. ?

  4. Anaa says:
    September 19, 2016 at 10:21 pm

    Mi part varah dhigu dho? Thats great! Enme furathama part ga huri kahala biruveri kan nethyma kada ee. Hope next part would be scary.

  5. maasha says:
    September 19, 2016 at 10:33 pm

    Nt bad. Avahah ninmaalaba.

    1. bad boy ? says:
      September 19, 2016 at 10:36 pm

      why avas… haadha kehmadhey

  6. bad boy ? says:
    September 19, 2016 at 10:35 pm

    wow…. its really nice ingey… waiti g for thursday… zibaan mansha kairiyah dhaa bai kiyaa hiyvanee… btw vaahaka nimey iru thazkee n ziban mary kuraagothab nuhadhahchey…. ???

    1. Reader says:
      September 20, 2016 at 12:39 am

      Mansha ah azeem.. zeeban ah thazkee.. insi akah insi eh.. jinni akah jinni eh.. eyrah maa ragalhennu.. enme nulafa zeyba nahthaalaafa..

    2. maasha says:
      September 20, 2016 at 8:19 pm

      V foohi mihaaru vaahaka. Owkay…

    3. snm says:
      September 21, 2016 at 12:20 pm

      ohhhhhhhhh now bad boy not nice it kay……..

  7. rose says:
    September 19, 2016 at 10:44 pm

    kuree reyge part ge nimey thankolhu vr dhigukoh iny liyefa..new part vr kuru

  8. same says:
    September 19, 2016 at 10:51 pm

    varah fakkaa. miadhu bai kureh noon kiyeem ingey. kadekey neiy buneveykah. story habeys

  9. Thu says:
    September 19, 2016 at 11:11 pm

    addu bahun liyathi vaahaka dhigukamah heevani..tharujamaves genesdheyn jehe vihya…

  10. mary says:
    September 19, 2016 at 11:37 pm

    Nice story keep it up

  11. Same says:
    September 19, 2016 at 11:37 pm

    V nice.

  12. Haasaru says:
    September 19, 2016 at 11:43 pm

    The most awaited story
    Hate the addu parts , cause its more in hulhudhu even if im adduan its quite difficult

  13. bella❤ says:
    September 19, 2016 at 11:44 pm

    wwwoooowwww!!!!.molheyy dho.. alhe dhnn saibroth ziban fonuvabala.. eyo mansha ge dhuvas dhany

  14. Khajja says:
    September 20, 2016 at 12:18 am

    Vvv rythi alhe zibaan ah dhevenvaa irah zeybaa manshaa ah kamennukuriyyaa nasyb

  15. Afnaan says:
    September 20, 2016 at 12:36 am

    I miss hassanbe… ?

  16. Madhy says:
    September 20, 2016 at 12:46 am

    Story hama v v v tough ???

  17. eleena says:
    September 20, 2016 at 1:15 am

    Wow vrhh nice mii part.. I lyk it.. Kyp it up???

  18. lai ? says:
    September 20, 2016 at 1:17 am

    Wow!! Very nice ? Zibaan ?

  19. ZaanaA says:
    September 20, 2016 at 3:32 am

    What the hell, demafirienge demedah vadefa adhi mi zibaan gadu eba kiyaehnu mansha thimanayah bevafaatheri nuvaneyei, bala husband ah unfaithful vi mihakah den kaakah faithful veveni, i just hate this mansha and ziban, ehves kahala hero nor heroine quality eh neh, miga ulhunu hasanbege character ves mimihunah vure aslu rangalhu, i hope mi ziban aa zeebaa andaalaigen ves mansha aa azim gulguvaane kamah…. i like how you present shaaz but vaahakaeh viyaa lead character ge konmeves varehge otareh hunan jehene dhoa, readers admire the leads, ekm miga main lead varah sakaraah, den ziban ah support kuraakudin, just think ehaa ragalhu miheh nama demafiriehge demedah vade unethical relation eh hingaanekamah… mi comment aa medhu like nuvaa kudin ves ulhene, but as a matter of fact. This is the truth!

    1. champaa says:
      September 20, 2016 at 11:35 am

      Thi hama hus thedhu

  20. Sabeeha says:
    September 20, 2016 at 6:14 am

    v salhi..?

    1. Roohy says:
      September 20, 2016 at 9:26 am

      Sabeehaaaa..ma vex kaley mennaa vaahaka dhahkaa hiyy vey mashaa vex frnd vaan v nu..u n sheyn vaahaka dhahkaathann varahh ginainn feney..ma vex beynun frnd vaan kaley yaa sheyn yaa dhemeehunnaa.ok tha?☺

    2. Sabeeha says:
      September 20, 2016 at 11:37 am

      ok..mithanuneh noon dhen me talk kuraani fb in.. magey name fesheyni A in..e ah frnd request eh fonuvaa..ma name innani same koh

    3. Roohy says:
      September 20, 2016 at 1:22 pm

      Sabee ha..mihenn tha iny..noony bunabala konnkahala pic ehh innaany laafa.

    4. Sabeeha says:
      September 20, 2016 at 1:43 pm

      innany full black dress eh laafa pink rose headband eh alhaafa dhen smile eh dhyfa..mihaar ingihjje

    5. Sabeeha says:
      September 20, 2016 at 1:46 pm

      karun mathi innaany..burugaa alhaagen black kula

    6. Roohy says:
      September 20, 2016 at 2:24 pm

      Dhn cover photo ahh iny kuda kuhjeh ge pic eh dhw

    7. Sabeeha says:
      September 20, 2016 at 2:41 pm

      noon..ok dhen eheviyaa mihen jahaa……
      Aminath sabeeha

    8. Sabeeha says:
      September 20, 2016 at 2:45 pm

      you innani keekey tha? eyrun nehnu accept kuran ingeyny me ah

    9. roohy says:
      September 20, 2016 at 2:53 pm

      Aishath roohaa innaany

    10. Sabeeha says:
      September 20, 2016 at 2:55 pm

      ok ?

    11. sheyn says:
      September 20, 2016 at 2:57 pm

      Hei saby i saw u ge pic ehh fb inn..varahhlowbi ingey☺profile pic ah iny hama ekani photo ehh laafa dhw dhenneh ehn photo eh..black shwl ehh alhaafa iny..dhnn red lipstick..hehe dhnn Varahh hudhu teeth eh..varah lowbi ingey..hiehh nukurann thy thihaa reethi kuhjjeh kamakahh ves hehe..ma vs fonuvaanan frnd request ehh ingey..magey name ga innaany maax maaxin jahaafa

    12. Sabeeha says:
      September 20, 2016 at 3:14 pm

      sheyn vs aiytha me hykury rulhi v kamah..hehe

    13. sheyn says:
      September 20, 2016 at 3:23 pm

      Keehvve rulhi annan v..hehe ingey tha mi ulheny saby yahh frnd request ehh fonuvann nukerigenn..thigey meehunn ves fahareh gaa rulhi aiss dhaanethy ve..okay vaane tha e meehunn

    14. Sabeeha says:
      September 20, 2016 at 3:44 pm

      hmm..mom men v cool vaane..hehe

    15. Sheyn says:
      September 20, 2016 at 5:36 pm

      Hei saby..pls number dheeba.ehnnnoonas my nimifa oy part ehnnu dhw..so pls..mihaaru mi part ehh nubalaane maa gina meehunneh..dhnn dheyn v nu..dhnn ithuru meehaku gulhaafiyyaa block ves kohhleveyneinnu dhw..

    16. Sabeeha says:
      September 20, 2016 at 6:34 pm

      thi kan ingey mashah..but adhivs frnd request eh nufonuvameh nu..n me akah nufeny thi id eh n kihineh kameh hunnany vs neyge..first frnd request eh fonuvaa fb in num dheani ok!

    17. biirubolu vaxeeru says:
      September 21, 2016 at 11:27 am

      thii konkahala baeh….nudhnna myhnnaa vaahaka dhehkumaky moyain kuraane kameh…bodu moya thakeh

    18. Sheyn says:
      September 21, 2016 at 6:10 pm

      Ali maaxin innaane jahaafa

  21. nanna says:
    September 20, 2016 at 6:34 am

    Afnaan ge bai koba?

  22. Mz says:
    September 20, 2016 at 8:17 am

    Varah shalhi story

  23. ދިރާސާ says:
    September 20, 2016 at 11:09 am

    މިވާހަކައިގެ ތަރިންނަކަށް މިހާރު އެއްވެސް ކަމެއްނެއް މިހާރު ހުރިހާބާރެއް މިއޮތީ ޖިންނީންނަށް އެހެންވާތީ އެހާކަމަކުނުދޭ ވާހަކައިގެ ބަޠަލުއާއި ބަޠަލާއަށް ޖިންނިން ބޭނުންގޮތެއް ހަދަނީ މިހާރުއެމީހުންނަކީ އެއްވެސް ބައެނޫން އެހެންވީމާ އެހާކަމަކުނުދޭ

  24. ޢަލީ says:
    September 20, 2016 at 11:18 am

    ސަތުޔާޅީހެއްނޫން (ސަތާޅީސް)ވަނަބައި ދިރާސާ ބުނިހެން ވާހަކައިގެ ބަޠަލުން ޖިންނިންގެ ބާރުގެދަށުގައި އަބަދުވެސް އެގޮތް ކަމަކުނުދޭ

  25. pussy says:
    September 20, 2016 at 1:23 pm

    rafaa v miss……..

  26. demha says:
    September 20, 2016 at 1:24 pm

    rafaa v miss…….

  27. ނަޝާ says:
    September 20, 2016 at 2:08 pm

    sifavee “hukuruvileyrey” ge rishmee “raw fish” kaathan. Eyna ves hama ehen rajaa alhaigen foruvigen ovey. konmefaharku bunaane kaigenney hunanee. Mee haadha biruveri vaahaka ekey ekam OK dhen.

  28. Confused says:
    September 20, 2016 at 3:35 pm

    Mee biruveri vaahaka ekey kiyaathy hini annany. Enme furathama episodes kudakoh biruveri. Dhen hama biruveri kamuge asareh ves neiy. Jinni characters thakeh ulheythy kanneinge dho biruveri vaahaka ekey kiyany?

  29. yoosey says:
    September 20, 2016 at 3:49 pm

    vaahakaige eki husaabuthkun biruveri kan fenunu… dhen mulhi story biruveri nuvaane kan ingunu vaahakaige ishqee bai boduveema… dhen. mulhi story birueri nukureveyne… mi dhivehinnah kamudhaa eggothehves noannaane… this story akee mihaaru esfiyaiga emme hitu evvaahaka…

  30. fareela says:
    September 20, 2016 at 3:52 pm

    as being an actoress i wud like to play the role of zeyba. i thing the feature really suits me… hehehe… i love this story… mansha bai kulhen emme rangalhu vaanee rishmeeee….

    1. Sama says:
      September 24, 2016 at 6:26 am

      As being a nurse in IGMH I would like to play the part of a nurse. I think that part really suits me as I am a real nurse in IGMH.

      -Nurse Sama-

  31. shaa says:
    September 20, 2016 at 6:04 pm

    rythi ingey. ekam haadha kurey.
    i mean addu bahun liyefa huri ehchessaa emme furathama e oiy 3 paragraph kandaaleema.

  32. azeem says:
    September 20, 2016 at 7:29 pm

    BEST STORY EVER
    MEE V FAKKAA STORYEH
    CURIOUSLY WAITING FOR THURSDAY
    AND UR PREVIOUS STORY KANDUFEN VAAHAKAVES HABRES
    SIFAKURUNTHAH HAMA OBINOVEY
    KOMME MANZAREH KIYAMUN DHAAIRU FENEY
    UR TOO GOOD WITH THIS
    GOOD LUCK
    ULL BE A STAR ONEDAY.

  33. ken? says:
    September 20, 2016 at 10:02 pm

    feeling curious dn v foohi zeybaa gandu…i wosh somehw zibaan ah ingeyne nama…i dnt wnt him to marry thazkiya??

  34. ޢަލީ says:
    September 21, 2016 at 10:57 am

    މީގައުޅެނީ މުއުމިން ޖިންނިއޯ އެކަމު މީހުންގެ އަނބިން އަދި ފިރިން ކައިރިއަށް ގޮސް ބޭނުން ކަމެއްކުރަނީ ވަރަށް ހެއްވާ!!!!!!!!!

  35. maaishahil says:
    September 21, 2016 at 3:51 pm

    Raajje aky 100% muslim gaumeko.. ekam ziney nukuraa meehaku madhu dho. jinnin vejjeya hissu kendifatha hunnan jeheny?

    1. Mutha/ S.Hithadhoo says:
      September 21, 2016 at 5:34 pm

      mulhi world population ziney kurias huthutukan bondu faafaeh vaani hama faahayakah, ehenvima faafathah justify kohdeyn nulhuniyaa rangalhuvaani, dhen hisu hutei kiyaafa hithu huri gothah ulheikah novey, kaiveni kurun onani konemeves kamakaa laigen dhoa…

    2. shammoon says:
      September 21, 2016 at 9:50 pm

      saabahey muthaa. do u read this story. what do u think abt this story. as being a writer miyah comment kuri iru storyah commenteh nukuraathee ekama suvaaluufedhuneema mi ahaaaleeee

  36. shammoon says:
    September 21, 2016 at 3:58 pm

    alhe zeybaa aky thibunaahaa reethi manje gandeh vejjeyaa mashah dheynveenun. mihaaru huvafenunves fennnan fashaifi…..

  37. Amaanee says:
    September 21, 2016 at 5:36 pm

    ??Vaahaka vara reethi.Reethiyyaa reethi vaahaka hadiyyaa hadi vaahaka adhi ehen vaahaka liyuntheriehge vaahakain copy koffa vaanama evaahakaves bunan thibeynee kiyuntherin.Mi site ga liyaa liyuntherieh kamavva rosy shareef ge vaahakaehgai binmaa ibraahim ge vaahakakun copy koffa egotha liefaavey.ekamaabeheygothun kiyuntherin comment kurumun copy nukuramey kihaafa dhogu hedhee.copy kureemey buninama alhe fahe udu bola vetteneetha.adhi ekamaabeheygothun liyefavaa hurihaa comments tha eynaa vaanee delete kollaafa.vaahaka hadi ey jahaafa comment kuriyas comments delete kuranee.fas alhaa foruvias dhogeh hedhiyya enuvaane thedhaka.dhivehin copy ves kurey.ekamaku copy koffaves dhogu hadhaathee massala akee.nukuramey kiyaafa engifenigen dhoguhadheema varah kada.adhi ehen namega comment koffa eyna mi bunanee binmaaves copy kurey noonhey.fahun eynaa e comment ves delete kuree.aharemen mibunee copy koffa saafuko engi hure nukuramey kiyaafa dhoguhadheema ekan kadavaahaka. Thimaa akee kithamme molhu meehakavias thedhuverikan nethiyyaa emeehakee evves meehenoon.Mi site ga vaahaka liyaa liyuntherin adhi liyefavaa liyuntheringe thereinves rosy shareef kahala dhoguhadhaa thimaage amilla nubaisifa gaboolnukuraa meehaku adhi mihaathanah nudheken. Ehen bayaku thimaage mistake eh dhakkaifinama gaboolnukurey.ekamaku eynaa ehen nan namuga mi site ge dhen thibi vaahakaliyuntheringe vaahakathaka jessun ko faadukiyas varihama.doppler ey kiyaafa adhi ehenihen goigothunves binaakuranivi faadukiyumuge badhaluga jessun kurumakee hama ekani eynaa dhekey gothugai eyna ah ekani kureveyne kankan.Mi site ge kiyuntherin mikahala dhoguhadhaa amilla kui gaboolnukuraa liyuntheringe kibain salaamaikuravvaashi ameen.

  38. fanny says:
    September 21, 2016 at 5:42 pm

    thankolheh avahah episodes thah up kuran vejje ennu. i’m sooo keh madhu!
    story hama habeys shaz! keep it up!!

  39. welwisher says:
    September 22, 2016 at 10:31 am

    koba miadhu ge episode

Comments are closed.

Next Episodeމަންޝާ (އަށާޅީސްވަނަ ބައި)←


All Right Reserved!