ނޭނގޭހެ ހާދަ ލޯބިވޭ 15
“ވިދާ ކިހިނެއް ޔަމާން ދަންނަނީ؟ ކޮން އިރަކުން ފެށިގެން؟” ރާހިލް އަހާލިއެވެ.
ރާހިލް ކުއްލިއަކަށް ޔަމާންގެ ވާހަކަ އެހުމުން ވިދާދް ސިހުނެވެ.
“އެއީ… އެއީ މާ ކުރީގެ ވާހަކައެއް…” ވިދާދްއަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ.
ވިދާދް ދިން ޖަވާބުން ވިދާދްއާ ޔަމާންގެ މެދުގައި ކޮންމެވެސް ގުޅުމެއް ވާހެން ރާހިލްއަށް ހީވިއެވެ.
“އެހެން ވީމަ ވިދާގެވެސް ޕާސްޓްއެއް އެބަ އޮތެއްނު؟” ރާހިލް ބުނެލިއެވެ.
“އަހަރެންގެ ޕާސްޓްގަ އަހަރެންގެ ފިއުޗަރއަށް އެފެކްޓްވާ ކަމެއް ހިނގާފައެއް ނޯންނާނެ… އެހެން ނޫނަސް އެއީ އަހަންނާ ރާހިލް ދިމާ ވުމުގެވެސް މާ ކުރީގެ ކަމެއް، އެކަމަކުވެސް ރާހިލްގެ ހިތުގަ ޝައްކެއް އުފެދުނީތީ ބުނެފާނަން…
އަހަންނާ ޔަމާން ދިމާވީ ހަ އަހަރު ކުރިން، އަހަރެން މެލޭގަ ކިޔަވަން ހުއްޓާ. އަހަރުމެންގެ މެދުގަ އޮތް ކަމެއް ވިއްޔާ އޮތީ ކުޑަ ދުވަސްކޮޅަކަށް، ގާތްގަނޑަކަށް ހަމަސް… އޭނަ އަބަދުވެސް ލޯބިވީ އެހެން ކުއްޖެއް ދެކެ… އެހެންވެ އަހަރުމެން ވަކިވީ… އޭގެ ފަހުން އަދި ކިރިޔާ މި ދިމާވީ…” ވިދާދް މާޒީގެ ދުވަސްތައް ހަނދާން ކުރަމުން ކިޔާދިނެވެ.
“އަހަންނަށް ހީވަނީ ޔަމާން އެހުރިހާ ދުވަހު ލޯބިވީ ކާކު ދެކެ ކަން އަހަންނަށް އެނގޭ ހެން…” ރާހިލްވެސް ކުރީގެ ހަނދާންތަކަށް ގެއްލި ހުރެ ބުނެލިއެވެ.
“މީރާ… މީރާ ދޯ؟” ވިސްނާލަމުން ވިދާދްއަށް އަހާލެވުނެވެ.
“އާނ… އެ ދެމީހުން އުޅެނީ މެރީ ކުރަން ވެގެން” ވިދާދްއަށް ނޭނގި އޮތް ކަމެއް ރާހިލް ބުނެދިނެވެ.
“ކޮން އިރަކުން؟” ވިދާދްއަށް އަހާލެވުނެވެ.
“ކޮން އިރަކުން ކަމެއް ނޭނގެ، ވަރަށް އަވަހަށް ކަން އެނގެނީ” ވިދާދްއަށް ބަލާލަމުން ރާހިލް ޖަވާބު ދިނެވެ.
ވިދާދްއާ މެދު ކުރިން ނޭނގޭ ކަމެއް އެ ދުވަހު ރާހިލްއަށް އެނގުނެވެ. ވިދާދްއާ ޔަމާންއާ މެދު އޮތް ގުޅުން ކެނޑިފައި ވީ ނަމަވެސް ވިދާޑްގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި މިއަދުވެސް ޔަމާންގެ ނަން ވާކަން ރާހިލްއަށް ޔަގީންވެއެވެ.
ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ މީރާއާ ވިދާދްގެ ހަޔާތުގައިވެސް ޔަމާންއަށް އެހާ ޚާއްސަ މަގާމެއް ދެވެންވީ ކީއްވެ ހެއްޔެވެ؟ ޔަމާންއަކީ އެހާ ޚާއްސަ މީހަކީ ހެއްޔެވެ؟
އަމިއްލަ ވިސްނުން ދާން ފެށި މިސްރާބު ރާހިލްއަކަށް ކަމަކު ނުދިޔައެވެ. ދެ ފަރާތަށް ބޯ ހަލުވާލަމުން އެ ޚިޔާލުތައް ސިކުނޑިން ނެރެލަން ރާހިލް މަސައްކަތް ކުރިއެވެ.
“ވިދާ… މި ހުރިހާ ކަމެއް އެނގުމަށް ފަހުވެސް ވިދާ އަހަންނާ އިންނަން ބޭނުންތަ؟” ވިދާދްގެ ކުރިމަތީ ހުއްޓި ވިދާދްގެ ދެއަތް ތިލައިގައި ހިފާލަމުން ރާހިލް އަހާލިއެވެ.
ވިދާދް އެއްޗެއް ނުބުނެ އިރުކޮޅަކު ރާހިލްގެ މޫނަށް ބަލަން ހުއްޓެވެ. އެވަގުތުވެސް ވިދާދްގެ ހިތަށް ޔަމާންގެ ހަނދާނުން އުނދަގޫ ކޮށްލިއެވެ.
“ވެދާނެ އަހަންނަކީ މޮޔައެއް ކަމަށްވެސް… އެކަމަކުވެސް… އާނ، އަހަރެން އަދިވެސް ބޭނުން ރާހިލްއާ މެރީ ކުރަން. އެކަމަކު އަހަރެން ހިތަށް އަރާ އަހަރެން ބޭނުން ވާ ގޮތަށް ވުރެ މުހިންމީ ރާހިލް ބޭނުން ވާ ގޮތް ބެލުމޭ…
ރާހިލް ބުނެބަލަ… ރާހިލް ބޭނުންތަ އަހަންނާ މެރީ ކުރަން؟ އެއްވެސް އިރެއްގަ ބޭނުން ވިތަ؟” ރާހިލް ކުރި ސުވާލަށް ޖަވާބު ދީފައި ވިދާދްވެސް އަމިއްލަ ހިތުގައި ވި ސުވާލު ކޮށްލިއެވެ.
“އާނ ބޭނުން. މިފަހަރު އަހަރެން ކައިވެނި ފަސް ކުރާކަށް އެއްވެސް އެކްސްކިއުޒްއެއް ނުދައްކާނަން” ރާހިލް ބުންޏެވެ.
“އެހެން ވިއްޔާ ހިނގާ މިފަހަރު މިކަން ނިންމާލަން… އަހަރުމެން ސެޓް ކުރި ޑޭޓް އޯކޭ ވާނެއެއްނު ދޯ؟” ހިނިތުންވެލަމުން ވިދާދް ބުންޏެވެ.
ބޯ ޖަހާލާފައި ރާހިލް ވިދާދް ގައިގައި ބައްދާލިއެވެ.
“ވިދާ، އަހަންނަށް ކަމެއް ކޮށްދޭނަންތަ؟” އެހެން ހުރެ ރާހިލް އަހާލިއެވެ.
“ކޮން ކަމެއް؟” ވިދާދް ސުވާލު ކޮށްލިއެވެ.
“ވިދާ މަލާކް އެކްސެޕްޓް ކުރާނަންތަ؟” ވިދާދްގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަމުން ރާހިލް އެހިއެވެ.
“އެހާ ލޯބި ލޯބި ކުއްޖެއް ދެކެ ލޯބި ނުވާނީ ކާކު؟ އެހެން ނޫނަސް ރާހިލް ކުރި ކުށާ އެކީ ރާހިލް ބަލައިގަތް އިރު އަހަރެން ކީއްވެ އެ ކުއްޖާ ބަލައިނުގަންނަން ވީ؟ ރާހިލްއާ އެކީ ރާހިލްގެ ހުރިހާ ކަމެއް އަހަރެން އެކްސެޕްޓް ކުރާނަން…” ވިދާދް ބުނެލިއެވެ.
“ތޭންކްސް… މި ކޮޓަރިއަށް މިއަދު ވަން އިރު އަހަރެން ހީކުރީ މިތަނުން ވިދާ ނިކުމެގެން ދާނީ އަހަރެން ދެކެ ރުޅިއައިސް ހުރިހާ ގުޅުމެއް ކަނޑާލާފަ ކަމަށް…” ރާހިލް ބުންޏެވެ.
“ކުރިންވެސް އަހަރެން ލައިފް އިން ދުވަސްތަކެއް ބޭކާރު ކޮށްލައިފިން… އަނެއްކާ އަނެއް ދެ އަހަރު ބޭކާރު ކޮށްލަންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުފެނޭ، ރާހިލް މީރާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން، އެކަމަކު އެއީ އަހަންނާ ނެހޭ ކަމެއް ނޫން… އަހަރެން އެހިޔަސް އަސްލު ރާހިލް ކިޔާދޭކަށްވެސް ނުޖެހޭ، އަހަންނާ މެރީ ކުރަން ބޭނުން ނުވާނަމަ އެއްވެސް އެއްޗެއް ކިޔާ ނުދީ ރާހިލްއަށް މިއަދު އަހަންނާ ވަކި ވެވުނީސް… އެކަމަކު ރާހިލް އަހަންނާށް ހުރިހާ އެއްޗެއް ތެދަށް ކިޔާދީފަ އަދިވެސް މެރީ ކުރަން ބޭނުމޭ ބުނީމަ… އައި ތިންކް އައި ކެން ސްޓިލް ޓްރަސްޓް ޔޫ… ދޯ؟” ވިދާދް ބުންޏެވެ.
ރާހިލް އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ. އަދި ދެއަތުން ވިދާދްގެ މޫނުގައި ހިފާލަމުން ވިދާދްގެ ނިތްކުރީގައި ބޮސްދިނެވެ.
ގެޔަށް ވަދެ ޔަމާންއާ މީރާ އަތުގައި ހުރި ކޮތަޅުތައް ކާމޭޒުމަތީ ބެހެއްޓިއެވެ. އޭރު އަދި ޝިހާދްއާ ތާނިޔާ ގެޔަކަށް ނާދެއެވެ.
“އެއީ ޔަމާންގެ ފްރެންޑެއްތަ؟” ފިހާރައިގައި ޔަމާންއާ ވިދާދްއަށް ވީ ގޮތް ހިތަށް އެރުމުން މީރާ އަހާލިއެވެ.
“އާނ” ޔަމާން ދިނީ ކުރު ޖަވާބެކެވެ.
“ސްޕެޝަލް ފްރެންޑެއްތަ؟” މީރާ އަނެއްކާވެސް އަހާލިއެވެ.
“ކީއްވެ ތިހެން ތި އެހީ؟” މީރާއަށް ބަލާލަމުން ޔަމާންވެސް ކޮށްލީ ސުވާލެކެވެ.
“ދެމީހުންނަށް ވީ ގޮތުން ހިތަށް އެރީ ތިދެމީހުންގެ މެދުގަ ކޮންމެސް ކަމެއް އޮވެދާނެޔޭ… ރަނގަޅަށްތަ މި ހީވީ؟” ޔަމާންގެ މޫނަށް ބަލަން ހުރެ މީރާ އެހިއެވެ.
ޔަމާޏް ކޮތަޅުތައް އެއްފަރާތަށް ޖައްސާލާފައި މޭޒުމަތީ އިށީނެވެ.
“އެއީ މެލޭޝިޔާއިން ދިމާވި ކުއްޖެއް. އެއީ މީރާ މެރީ ކުރި ތަނާ… އޭރު އަހަރެން ހުރީ އެހެން މީހެއްގެ ހެލްޕް ވަރަށް ބޭނުން ވެފަ… އެދުވަސްކޮޅު އަހަންނަށް ހެލްޕް ވީ ވިދާ. އޭނަ ވަރަށް ރަނގަޅު. އަހަރެން މިހާ ވަރަށް މީރާ ދެކެ ލޯބި ނުވާ ނަމަ ފަހަރެއްގަ އޭރު އަހަރެން ވިދާއާ މެރީވެސް ކުރީސް ކަންނޭނގެ. ވިދާ ވަރަށް ބޭނުން ވި މެރީ ކުރަން، އެކަމަކު އަހަރެން… އައި އޯލްމޯސްޓް ޑިޑް އިޓް…” ވިދާދްއާ ވަކިވި ރޭ މަތިން ހަނދާން ވެފައި ޔަމާން ބުންޏެވެ.
ޔަމާންއަށް ހަނދާން ވަމުން ދިޔައީ ވިދާދްގެ ރަނގަޅު ކަމާ ކެތްތެރިކަމެވެ. އެހާ ވަރަށް ވިދާދް ޔަމާން ދެކެ ލޯބި ވީ އިރުވެސް ޔަމާންގެ ފަރާތުން ވިދާދް އެއްވެސް ބަދަލަކަށް ނޭދެއެވެ. ވިދާދް ޔަމާންއާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުނި ދުވަހު ފުރަތަމަ ފަހަރަށް ވިދާދް ޔަމާން ކުރިމަތީ ރުޔެވެ. އަދި ޔަމާންގެ ފަރާތުން ވިދާދް ބޭނުން ވި ޖަވާބު ނުލިބުނު ނަމަވެސް ވިދާދް އިސްކުރީ ޔަމާންގެ އުފަލެވެ.
އަހަންނާ ހެދި އޭނައަށް ކިހާ ބޮޑު ދެރައެއް އެ ލިބުނީ؟ ޔަމާން އޭނަޔާ މެރީ ކުރި ނަމަ…” މީރާއަށް ބުނެވުނެވެ.
“އަހަރެން ވިދާއާ އިން ނަމަވެސް ވަކި ކޮން އުފަލެއް އޭނައަށް ލިބޭނީ؟ ލޯބި ނުވަންޏާ އިނަސް ހަމަ އިތުރު ހިތްދަތި ކަމެއް އަހަންނަށް އޭނައަށް ދެވޭނީ…” ޔަމާން ބުންޏެވެ.
އެވަގުތު ތާނިޔާއާ ޝިހާދް ގެޔަށް އައުމުން ޔަމާން އެވާހަކަ ހުއްޓާލިއެވެ. ނަމަވެސް ޔަމާންގެ ހިތުގައި އެދުވަސްތަކުގެ ހަނދާން ވިއެވެ. އެހާ ދުވަސް ކުރިން ޔަމާންގެ ސަބަބުން ވިދާދްއަށް ލިބުނު ހިތްދަތިކަމަށްޓަކާ އަދިވެސް މާފަށް ނޭދެވޭތީ އެކަންވެސް ޔަމާންގެ ހިތުގައި ވިއެވެ.
މީރާ މަލާކްއަށް ކާން ދީފައި ނިންދަވަން ކޮޓަރިއަށް ވަނުމުން ޔަމާންވެސް ކޮޓަރިއަށް ވަދެ ލެޕްޓޮޕް ހުޅުވާލައިގެން އޮންލައިން ވެލިއެވެ. ޝަރަފްގެ ޚަބަރެއް ނުވާތާ ދެތިން ދުވަސް ވުމުން ފުރަތަމަ ޝަރަފް އޮންލައިންކޮށް އިންތޯ ބަލާލި އިރު ނެތުމުން ޔަމާން މެއިލް ޗެކްކޮށްލިއެވެ. ފުރަތަމަވެސް ޔަމާންއަށް ފާހަގަ ކުރެވުނީ ވިދާދް ފޮނުވާފައި އިން މެއިލްއެކެވެ.
ގުޅާލުމަށް އެދި ހަމައެކަނި ފޯން ނަމްބަރެއް ޖަހާފައި އިނުމުން ޔަމާން ވަގުތުން އެ ނަމްބަރަށް ގުޅާލިއެވެ.
“ވިދާ…؟” އެކޮޅުން ފޯން ނެގުމާއެކު ޔަމާން ގޮވާލިއެވެ.
“ޔަމާންތަ؟” ވިދާދްވެސް އަހާލިއެވެ.
“އާނ، ވިދާ… ކިހިނެއްތަ؟” ޔަމާން ލަސްލަހުން އަހާލިއެވެ.
“ރަނގަޅު… ހާދަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ…؟ ޔަމާން ކިހިނެއްތަ؟ އަޑު އެހިން މެރީ ކުރަން އުޅޭ ވާހަކަ… ތެދެއްތަ؟” ވިދާދް އަހާލިއެވެ.
“އަހަރެންވެސް ރަނގަޅު… ވިދާ، އަހަރެން ބޭނުން ވިދާއާ ވާހަކަ ދައްކާލަން… މީޓްކޮށްލެވިދާނެތަ؟” ޔަމާން ބުންޏެވެ.
“ކޮން އިރަކުން؟” ދެކޮޅު ހެދުމެއް ނެތި ވިދާދް އަހިއެވެ.
“ވިދާ ބުނެބަލަ ވިދާއަށް ފަސޭހަ ދުވަހެއް” ޔަމާން އެކަން ދޫކޮށްލީ ވިދާދްއަށް ފަސޭހަ ވާނެ ގޮތަކަށެވެ.
“ހިނގާ މިރޭ މީޓް ކޮށްލަން… ނައިން އެހާ އިރު ރަނގަޅު ވާނެތަ؟” ވިދާދް އެހިއެވެ.
“އާނ… ކޮންތާކަށް ދާންވީ؟” ޔަމާން އެއްބަސް ވެފައި އެހިއެވެ.
“ވިދާ ބޭނުން ތަނަކަށް ދާނީ… އަންނަން ވީނު މިގޭ ކައިރިއަށް ޓެކްސީއެއްގަ؟ ވިދާ ނައްޓާލާފަ ގުޅާލާ، އަހަރެން ފައިބާނަން އޭރުން” ޔަމާން އެދުނެވެ.
ޔަމާން އެދުނު ގޮތާ ވިދާދް އެއްބަސް ވިއެވެ.
ދެމީޙުންވެސް ފޯން ކަނޑާލާފައި ވިސްނާލީ ދއެކަކު އަނެކަކާ މެދުގައެވެ. ހަ އަހަރު ކުރިން އެދެމީހުންގެ މެދގައި ކަންތައް ވީ ގޮތާ މެދުގައެވެ.
އެއީ ވިދާދް ކިޔަވަން މެލޭޝިޔާއަށް ދިޔަ ތަނާއެވެ. ދެމީހުން ބައްދަލުވީ އާންމުކޮށް ދިވެހިން ކާން ގޮސް އުޅޭ ރެސްޓޯރެންޓަކުންނެވެ. އެތަނުން ދިމާވެ ދެމީހުންގެ މެދުގައި ރައްޓެހިކަން އުފެދުނެވެ. ނަމަވެސް ޔަމާން ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް ވިދާދްގެ ހިތް ވަނީ ޔަމާންއަށް ދެވިފައެވެ.
އެކަން ޔަމާންއަށް އެނގުނީ މީރާއާ ރާހިލްގެ ކައިވެނީގެ ކުރިންނެވެ. ދެން މީރާ ކައިރިއަށް ދެވޭ ފަހަރަކުން ހިތުގެ ހާލު މީރާއަށް އަންގަން ތައްޔާރު ވަމުން ދިޔަ ޔަމާންއަށް ވިދާދް ދެމުން ދިޔަ ސިގްނަލްތަކެއް ނަގައެއް ނުގަނެވުނެވެ. ދެމުން ދިޔަ އިޝާރާތްތައް ޔަމާންއަށް ފާހަގަ ނުކުރެވުމުން، ފަސްޖެހުނު ނަމަވެސް އެންމެ ފަހުން ޔަމާންއަށް ލޯބި ހުށައެޅި އިރު އެއްވެސް ގޮތަކަށް ޔަމާން ދެކޮޅު ހަދާނެ ކަމަށް ވިދާދްއަށް ހީކުރެވިފައެއް ނެތެވެ.
ނަމަވެސް އެރޭ ވިދާދްގެ ދުލުން ޔަމާން ދެކެ ލޯބި ވާކަން ފާޅުކުރުމާ އެކު ޔަމާން ދެކޮޅު ހެދިއެވެ. ޔަމާން އެހެން ކުއްޖެއް ދެކެ ލޯބިވާ ކަމަށް ބުނެ ވިދާދްގެ ހުށައެޅުމަށް އިންކާރު ކުރިއެވެ. ވިދާދްއާ މެދު އެފަދަ ގޮތަކަށް ޔަމާން ނުވިސްނާ ކަމަށް ބުންޏެވެ.
ދެރަވި ނަމަވެސް ވިދާދް ޔަމާން ދެއްކި ވާހަކަ ގަބޫލު ކުރިއެވެ. އަދި ވިދާދް އެ ދެއްކި ވާހަކައިގެ ސަބަބުން ދެމީހުންގެ މެދުގައި ވާ ރަޙުމަތްތެރިކަމަށް ބަދަލެއް ނުގެނައުމަށް އެދުނެވެ. ޔަމާން އެއްބަސްވިއެވެ.
އޭގެ ހަފްތާއެއް ފަހުން ވިދާދްއަށް ގުޅީ ޔަމާންއެވެ. ވީގޮތެއް ނުބުނެ އެރޭ، އެވަގުތު ޔަމާން ވިދާދްއާ ބައްލު ކުރަން ބޭނުން ކަމަށް ޔަމާން ބުންޏެވެ. ރޭގަނޑުގެ ލަސް ވަގުތެއް ކަމުން ވިދާދް ބޭރަށް ނިކުންނަން ފަސްޖެހުނެވެ. އަދި ޔަމާން ގާތު ވިދާދްގެ ގެޔަށް އައުމަށް ވިދާދް އެދުނެވެ.
ކޮޓަރި ދޮރުގައި ޓަކި ޖަހާލުމުން ވިދާދް ދޮރު ހުޅުވާލުމާއެކު ޔަމާން ވިދާދް ގައިގައި ބައްދައިގަތެވެ. އެއްޗެއް ނުބުނި ނަމަވެސް ޔަމާންއަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވެއްޖެ ކަން ވިދާދް ދެނެގަތެވެ.
ޔަމާންގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލާފައި ވިދާދް ޔަމާންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. ޔަމާން ކައިރީ އިށީނދެފައި ކިހިނެއް ވީތޯ ވިދާދް ސުވާލު ކުރިއެވެ. ޖަވާބެއް ނުދީ ޔަމާން އިސްޖަހައިގެން އިނެވެ. ދުރުގައި އިންނަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވެގެން ވިދާދް ކައިރިއަށް ޖެހިލާ ޔަމާންގެ މޫނުގައި ދެއަތުން ހިފާ ވިދާދްއާ ދިމާއަށް އަނބުރާލިއެވެ.
“ވީ ގޮތެއް ބުނީމައެއްނު ހެލްޕް ވެވޭނީވެސް… ބުނެބަލަ… ކިހިނެއް ވީ؟” ވިދާދް އަހާލިއެވެ.
ޔަމާން އެނދުގައި އޮށޯވެލާފައި ވިދާދްގެ އުނގުގައި ބޯއަޅާލިއެވެ. އަދި މީރާގެ ނަން ފިޔަވާ ހުރިހާ ވާހަކައެއް ކިޔާދިނެވެ. އޭގެ ކުރީ ރޭ މީރާގެ ކައިވެނި ކުރެވުނު ވާހަކަ ބުނެވުމާއެކު ޔަމާންގެ ލޮލުން ކަރުނަ އައެވެ. އެއްވެސް އެއްޗެއް ނުބުނެ ވިދާދް އަޑު އަހަން އިން އިރު ޔަމާންއަށް ޓަކާ ދެރަވެގެން ވިދާދްގެ ލޮލުންވެސް ކަރުނަ އައެވެ.
ހުރިހާ ވާހަކައެއް ވިދާދްއަށް ކިޔާދެވުމުން ބަރުވެފައިވާ ޔަމާންގެ ހިތާ ސިކުނޑިއަށް ލުއިވެގެން ދިޔައެވެ. ޔަމާން ހަމަޖެހެން ދެން ވިދާދް ޔަމާންގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އިނެވެ. އެހެން އޮވެ ޔަމާންއަށް ނިދުނު އިރުވެސް ވިދާދް އެގޮތަށް އިނެވެ. ހެނދުނު ޔަމާންއަށް ހޭލެވުނު އިރު، ހެޑްބޯޑްގައި ލެނގިލައިގެން އިން ވިދާދްއަށް އޮތީ ނިދިފައެވެ.
އޭގެ ފަހުން ހަފްތާއެއް ވީއިރު ކޮންމެ ރެއަކުވެސް ޔަމާން ވިދާދް ކައިރިއަށް ދެއެވެ. ކޮންމެ ރެއަކުވެސް އެގޭގައި ޔހަތަރު ވަރަކަށް ގަޑިއިރު ހޭދަ ކޮށްފައި ޔަމާން ގެޔަށް ދަނީ ބާރަ ޖަހާ ފަހުންނެވެ. އެދެމެދުގައި އެއްވެސް ކަމެއް ނުހިނގި ނަމަވެސް އެގުޅުން ބަދަލުވަމުން ދާކަން ދެމީހުންނަށްވެސް އިހުސާސް ކުރެވެއެވެ. ދެވަނަ ފަހަރަށް ދުލުން ނުބުނި ނަމަވެސް ވިދާދް ޔަމާން ދެކެ ލޯބި ވާވަރު ޔަމާންއަށް ފެންނަމުން ދިޔައެވެ. ޔަމާން އައުމުން ވިދާދް ޔަމާންއަށް އަޅާލާ، ޔަމާންގެ ކަންތައް ކޮށްދޭ ގޮތުން ޔަމާންއަށް އެކަން އިހުސާސްވަމުން ދިޔައެވެ. އެއާއެކު ޔަމާންގެ ހިތުގައިވެސް ވިދާދްއަށް ޚާއްސަ މަގާމެއް އުފެދެން ފެށިއެވެ.
ޔަމާން ވިދާދްމެން ގެޔަށް ދާން ފެށިތާ ދެވަނައަށް ވީ ބުރާސްފަތި ދުވަސް ވީ ޔަމާންގެ ހިތަށް އިތުރު ވޭނެއް ލިބުނު ދުވަހަކަށެވެ. މަންމަމެން ގެޔަށް މީރާ ދިޔުމުން ޔަމާންއަށް ރިޔާން ގުޅީ ޔަމާންގެ ހިތުގެ ހާލު ނޭނގި ހުރެއެވެ. ވީޑިއޯ ޗެޓް ކުރަމުން ދިޔައިރު ރިޔާން މީރާއާ ރާހިލްގެ ވާހަކަ ބުނެފައި ކުއްލިއަކަށް އެދެމީހުން އެކުގައި ތިއްބާ ޔަމާންއަށް ދައްކާލިއެވެ. އެމަންޒަރު ބަލަން އުނދަގޫ ވި ވަރުން ޔަމާން ވަގުތުން ލެޕްޓޮޕް ލައްޕާލިއެވެ.
އެރޭ ވިދާދްމެން ގެޔަށް ދިޔަ ގޮތަށް ޔަމާން ވިދާދްގެ އެނދުގައި އޮށޯވެ ނިތްކުރިމަތީ އަތްބާއްވާލައިގެން އޮތްގޮތަށް އޮތީއެވެ. ވިދާދް ސުވާލު ކުރުމުން ޔަމާން ޖަވާބެއް ނުދިނުމުން އެވަގުތަށް އަޅާނުލާ ވިދާދް ޔަމާންއަށް އުނދަގޫ ނުކޮށް ދުރަށް ދިޔައެވެ. ބާރަ ޖެހިއިރުވެސް ޔަމާން ނުތެދުވުމުން ވިދާދް ކޮޓަރިއަށް ވަދެ ބަލާލި އިރު ޔަމާންއަށް އޮތީ ނިދިފައެވެ. ގޮވަން އުޅެފައިވެސް ވިދާދްއަށް އެވަގުތު ޔަމާންއަށް އުނދަގޫ ކުރާކަށް ނުކެރުނެވެ. އެރޭ ޔަމާން އައީ ވަރަށް ދެރަވެގެން ކަން ވިދާދްއަށް އެނގެއެވެ. އެހެންވެ ވިދާދް ޔަމާންއަށް ނުގޮވާ ގޮސް ސިޓިންގްރޫމްގައި އޮށޯތެވެ.
ޔަމާންއަށް ހޭލެވުނީ އަނެއް ދުވަހު ހެނދުނު އަށެއް ޖަހަން އުޅެނިކޮށެވެ. ތެދުވެ ދެއަތުން މޫނު ފޮހެލާފައި ޔަމާން ކޮޓަރިން ނިކުތް އިރު ވިދާދް ކޮފީތައްޓެއް ހިފައިގެން ކާމޭޒުކައިރީ އިނެވެ.
“ކީއްވެ ރޭގަ ނުގޮވީ؟” ޔަމާން އަހާލިއެވެ.
“ޔަމާންއަށް ނިދިފަ އޮތީމަ ނުގޮވީ. ފާހާނާއަށް ވަދެލަން ވީނު؟” ވިދާދް ބުންޏެވެ. އަދި ކޮޓަރިއަށް ވަދެ ޔަމާން އަތަށް ތުވާއްޔެއް ދިނެވެ.
ޔަމާން ފާހާނާއިން ނިކުތް އިރު ވިދާދް ހުރީ އެނދުމަތި ރީތި ކުރާށެވެ. ވިދާދް ޔަމާން އަތުން ތުވާލި އަތުލާފައި ސައިޑްޓޭބަލް މަތީ ހުރި ކޮފީތަށި ޔަމާން އަތަށް ދިނެވެ. ޔަމާން ކޮފީތަށި ހިފައިގެން އެނދުގައި އިށީނުމުން ވިދާދް ކޮޓަރި ތަރުތީބު ކުރަން ފެށިއެވެ.
ޔަމާން އެހެން އިނދެ ވިދާދްއަށް ބަލަމުން ދިޔަ އިރު ހަނދާނަށް އަންނަމުން ދިޔައީ ފާއިތުވި ދުވަސްތަކުގައި ވިދާދްގެ ފަރާތުން ޔަމާންއަށް ލިބުނު އެހީތެރިކަމެވެ. ވިދާދްގެ ލޯތްބަށް ޔަމާން އިންކާރު ކުރުމަށް ފަހު، އަދި ޔަމާން އެހެން ކުއްޖެއް ދެކެ ލޯބިވާކަން އެނގިހުރެވެސް ޔަމާން ވިދާދްއަށް އެދުނު ވަގުތު ވިދާޑް ވަނީ ޔަމާން ދެކެ ލޯބިވާކަން ސާބިތު ކޮށްދީފައެވެ. އެއީ ރަނގަޅު ރަޙުމަތްތެރިއެއް ކަން ޔަގީން ކޮށްދީފައެވެ.
ވީ އިރު ބަދަލެއްގެ ގޮތުން ވިދާދް އެދޭ ލޯބި ވިދާދްއަށް ދިނުމަށް ޔަމާންއަށް މަސައްކަތް ކުރެވިދާނެ ނޫން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް މިހާރު މީރާއަކީ އެހެން މީހެއްގެ ހައްގެކެވެ. މީރާއަށް އިންތިޒާރު ކުރުމަކީ ބޭކާރު ކަމެކެވެ. ވިދާދް ޔަމާން ދެކެ އެވާ ލޯބީގެ ބަދަލުގައި ޔަމާންގެ ފަރާތުން ވިދާދް އެދޭ ލޯބި ދިނުމަށް ޔަމާންއަށް މަސައްކަތް ކުރެވިދާނެއެވެ. އޭރުން މީރާ މަތިން ހަނދާން ނައްތާލަންވެސް ފަސޭހަ ވާނެއެވެ.
ހުސްތަށި ބަހައްޓާފައި ޔަމާން ތެދުވެގެން ގޮސް އަލަމާރި ކައިރީ ހުރި ވިދާދްގެ ފަހަތުގައި ހުއްޓި ވިދާދް ގައިގައި ހިފާ ޔަމާންއާ ދިމާއަށް އަނބުރާލުމާއެކު ވިދާދް ގައިގައި ބައްދާލިއެވެ.
“ތޭންކްސް ވިދާ… އަހަންނަށް އެނގޭ ހަމައެކަނި މިހެން ބުނެލިޔަކަސް ވިދާ އަހަންނަށް ތިދިން އެހީގެ ބަދަލެއް ނުދެވޭނެ ކަން… އަހަރެން ބޭނުން އޭގެ ބަދަލު ވިދާއަށް ދޭން، ވިދާ އަހަރެންގެ ފަރާތުން ތިއެދޭ ލޯބި ވިދާއަށް ދޭން އަހަރެން މަސައްކަތް ކުރާނަން… އައި ވިލް ޓްރައި…” ވިދާދްގެ މޫނުގައި ދެއަތުން ހިފާލަމުން ޔަމާން ބުންޏެވެ.
“ޔޫ ޑޯންޓް ހޭވް ޓު…” ވިދާދް ބުންޏެވެ.
“އައި ވޯންޓް ޓު” ޔަމާން ބުންޏެވެ. އަދި ވިދާދްގެ މޫނާ ކައިރި ވެލަމުން ވިދާދްގެ ތުންފަތުގައި ބޮސްދިނެވެ.
ވިދާދްއަށް ހީވީ ދެކުނު ހުވަފެން ހަގީގަތަކަށް ވީ ހެންނެވެ. އުފަލުން ވިދާދް ދެއަތުން ޔަމާން ގައިގައި ބައްދާލަމުން ޔަމާންއާ ބައިވެރިވިއެވެ.
އޭގެ ފަހުން ޔަމާންއަށް ލިބޭ ހުރިހާ ހުސް ވަގުތެއް ހޭދަ ކުރަނީ ވިދާދްއާ އެކުގައެވެ. ރޭގަނޑުގެވެސް ގިނަ ވަގުތު ހޭދަ ކުރަނީ ދެމީހުން އެކީގައެވެ. ވިދާދްއާ ޔަމާންގެ ގުޅުމުގެ ވާހަކަ އެނގެނީ ޝަރަފްއަށް އެކަންޏެވެ. ގޭ އެއްވެސް މީހެއް ކައިރީ، އަދި އަމްދުން ތާނިޔާ ކައިރީ ޔަމާން ވިދާދްގެ ނަންވެސް ނުބުނެއެވެ. އަދި އެފަދަ ވާހަކައެއް ގޭމީހުން ކައިރީ ބުނަން ޔަމާން ބޭނުން ނުވަނީއެވެ.
ވިދާދްއާ އެކީގައި ވަގުތު ހޭދަ ކުރަމުން ދިޔަ ނަމަވެސް މީރާގެ ހަނދާން ޔަމާންގެ ހިތުން ކުޑަކޮށްވެސް ފަނޑެއް ނުވެއެވެ. އެ ހަނދާނުން ޔަމާންގެ ހިތަށް ތަދުވާ ކޮންމެ ފަހަރަކު ޔަމާން ހޯދަނީ ވިދާދްގެ އެހީއެވެ. އެހެން އެއްވެސް ކަމެއް ހިތުގައި ނުވާނެ ވަރަށް ޔަމާން އެފަދަ ވަގުތުގައި ވިދާދްއާ ގާތްވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޔަމާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައެވެ. ވިދާދްގެ މުސްތަގުބަލާ މެދު ވިސްނާފައެވެ. ޔަމާންގެ ދިރިއުޅުމުގައި ފަހުން ވިދާދްއަށް ދޭންވީ މަގާމު އަދި ޔަމާންއަށްވެސް ޔަގީން ނުވާތީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.








v salhi…?
ސަލާމް ހުރިހާ ކުދިން… ބުނި ދުވަހަށް ވާހަކަ ނުގެނެސްދެވުނީ މާޝާގެ ސްޓުޕިޑް މިސްޓޭކްއަކާ ހެދި… އެކަމު ދެން ނޯމަލްކޮށް ގެނެސް ދޭނަން… ސަންޑޭ ޓިއުސްޑެ އަދި ތަރސްޑޭގަ… 16ވަނަ ބައި މާދަމާ ގެނެސްދޭނަން… … މާޝާ ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް…
Ooohh.. Mi part vx bvvvvv lobi… ??
Thankx you marsha?
Vrh salhi. Rahil and meera gulhenee. . E dhemeehun gulhuvai dhee
marsha ge vaahaka thakaa balaafa mi vaahaka vrh foohi.. vrh beykaaru vaahaka gina.. knme meeheh ge past eba aadhey.. very disappointed.. i was hoping for some difference..
vara nice story a mi story ge episode taka vara intizaaru kure vey
v v salhi
Vvvv reethi….
Pls Rahil and meera guluvachsy…..
baby vas hurima….
Vvvvvvvvv reethi..
vara salhi….waiting for next paart..:-)
Vvv nice keep it up waiting 4 the nxt prt
V inthixaaru kurevey mi vaahakayah. Meera n Raahil vidhaa n yamaan gulhuvaba eyrun kanneyge rangalhu vaani. Malaa vx dad beynun vaane dhw. Plx marsh
meera ah raahil libun assu haggeh noon.. yamaan really loved her dhw.. so yamaan and meera gulheny.. thanks Marsha .. varah salhi mi episode ves ☺
raahil ah meera libun haggeh noon *
Write v salhi story eh
V salhi story eh. Shaa your write
Story is amazing ❤❤
Hey aaf past vx laan vaaneinu. Ehn nuny nice nuvaanehn hyvany…. Marsha plxxx miyahvurevx dhogu khlahcey next part…. Waiting….
*Dhigu kohlahcey
Vara reethi ???