Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވެރިޔާގެ މާފް 2

Rozy
September 17, 2016
5 Mins Read
34 Views
10 Comments

“ފިޔާ… ފިޔާ ހާދައިރެކޭ  ފާހާނާގަ ކޮބާތަ ކަލޭ..” އަހަރެންގެ ލާނެއް އެކުވެރިން ކޮޅު އަހަރެން ހޯދަމުން ވަޅުގެ ފަރާތަށް އައީއެވެ. ހިނދުކޮޅަކަށް އަހަރެން ނުފެނުނަސް މިމީހުންނަށް ހީވާނީ އަޒާބެއް ލިބިގެން އުޅޭހެނެވެ. އެމީހުން ތަންތަނަށް ދާން ގެއިން ބޭރަށް ނެރެދެނީ އަހަރެންނެވެ. އެމީހުންގެ މަންމަ މެން އެމީހުން އަހަރެންނާ އެކު ވީޔާ މައްސަލައެއްނެތި  އިތުބާރު ކޮށްފަ ފޮނުވާނެއެވެ.

“ކިހިނެއްތަވީ؟… ވަޅުތެރޭގަ އިނދެގެން އަހަރެން ޖަވާބު ދިނީމެވެ.އަހަރެންގެ އަޑުއިވިގެން އެންމެން އަހަރެން ހޯދަމުން އެފަރާތަށް އައެވެ. ވަޅުތެރެއިން އަހަރެން ފެނުމުން އެންމެން ހައިރާންވެގެން ބަލަން ތިއްބެވެ. އެވަގުތު ސާއިރާއްތަ އައިސް އަހަރެން އަތުގަ ހިފާ ވަޅުން ނެގިއެވެ.

“އެކަމަކު ފިޔާޒާ.. އިއްޔެ ކަލޭ އިނީ ފުރާޅު މައްޗަށް އަރާ މިއަދު ތިއިނީ ވަޅަށް އެރި ކިހިނެއްވެގެންތަ ތިއުޅެނީ” ސާއިރާއްތަ ބުނެލިއެވެ.

“އޭނާ ޖިންނި އަވަލީ.. ޔަގީން…” މާމަ ގޯތި ތެރެޔަށް ވަންނަމުން ބުނެލިއެވެ.

“އެހެންނު ވާނީ އިއްޔެގަވެސް ކަށިކެޔޮ ފީނި ތެރެއަށް މީނަ ވަދެގެން އުޅެނިކޮށް ދޮން އައްޔަ އަށްވެސް ވަނީ ފެނިފަ. އޭނާ އެވާހަކަ ދެއްކި މަގޭ ކާރީ. ކިޔަވަނިކީނޫން” މާމަ އައިސް ދަރުބޮނޑި ބިންމައްޗށް އެއްލާލަމުން ބުނެލިއެވެ.

“ބުރާސްފަތި ދުވަހު ދަބަސް ގެނެސް ކޮނޑުން ބޭލި ގޮތަށް އޭތި އެއޮތީ އެނދުމަތީގަ، މާދަމާ މީ ސުކޫލަށް ދާދުވަސް ފޮތެއްގަ އަތްވެސް ލީތަނެއް މަނުދެކެން”  މަންމަވެސް މާމަ މެންނާ އެއްކޮޅަށް އަހަރެންނަށް ފައިލު ދޭން ފެށިއެވެ. އަހަރެން ކުށްވެރިޔަކު ފަދައިން އިސްދަށަށް ޖަހައިގެން އެކުވެރި ކުދިންނާއެކު މަޑުމަޑުން  ބޭރަށް ނިކުތީއެވެ. ދިފާޢުގަ ދެއްކޭނެ ވާހަކައެއް ނެތީމައެވެ.

“ކިހިނެއްތަވީ މާވަރަކަށް މަތި ހޯދަނީ” އަހަރެން އެކުވެރި ސޯދިގާމެންނާ ކުރިމަތިލީމެވެ.

“ނާޒިމް މެން އެބަތިބި އަނބު މަޖާ ހަދައިގެން ޕުލީސް ހިނގާ ދާން ކަލޭ ނުދަންޏާ މަންމަ މަށެއް ނުފޮނުވާނެ”  ސާދިގާ އެމީހުން އައި ބޭނުން ކިޔާދިނެވެ. އަހަރެން އެމީހުންނައެއްކޮށް ދިޔައީމެވެ. ނާޒިމް ފެންނަ އިރަށް އަހަރެން ގޮވާލީމެވެ.  ގޮވާލާ އިރަށް ހެވި ދިލިފަ ހުރެގެން އޭނާ އައިސް އަހަރެމެންނާ ހަމަ ކުރިއެވެ. އަހަރެން އޭނާގެ އަތުގައި ހިފައިގެން އެހެންކުދިންނަށް އަހަރެމެން ދައްކާ ވާހަކަ އަޑުނީވޭގޮތަށް އެއްފަރާތަކަށް ޖެހިލީމެވެ.

“ބުނަންތަ! ކަލޭ މިގެނައި އެތި ކިޔާކަށް މަށަަށް ނޭނގުނު. ގެނައި ތަނަކަށް ކަލޭ މިގެންދޭ.  އޭނަ ކާރި ބުނޭ މަށައް ސިޓީ ލިޔަންޏާ ދިވެހި ބަހުން ލިޔާށޭ. މަށަކީ އިނގިރޭސި އެއް ނޫނޭ. ފަރަންޖީން މިރަށް ދޫކޮށް ދިޔަފަހުން ވީދުވަހެއްވެސް ނޭނގޭ ކިހިނެއް އެނގޭނީ މީތި ކިޔަން. އަން މީތި ގެންދޭ'”

އަހަރެން އެހެން ބުނެފަ އެސިޓި ނާޒިމް އަތަށް ދިނީމެވެ. އަދި ގެއަށްދާން ހިގައިގަތީމެވެ.

ނާޒިމް ހުރީ ހާދާނެ ގޮތް ހުސްވެފައެވެ. އަހަރެންގެ އަތުގައި ހިފައިގެން އަހަރެން ހުއްޓުވިއެވެ.

“އޭ  ރިޔާސް ބުންޏޭ މިރޭ ބައްދަލު ކުރަންވާނެޔޯ،  ރިއްސު މެންގެ ވަލުން ބައްދަލު ކުރަންވާނެ އޯކޭ ތަ؟ އެތަނަކީ އެންމެ ލޯބިވެރިންނަށް އެކަށީގެންވާތަނޯ”

ނާޒިމު މިހެން ބުނުމުން އަހަރެން މަޑުޖެހިލަމުން އެނބުރިލީމެވެ.

“ވަލުން ނޭ. މިހާރުވެސް މާމަ ކިޔާ މަށާ ޖިންނި އަވަލީޔޯ. ވަރަށް ރަނގަޅު، ބައްދަލު ކުރާނަން އޯކޭޔޭ   ބުނޭ ލޯބިވެސް ވަނީ މަވިއްޔާ ދާނެއެއްނު އޯކޭޔޭ ބުނޭ”

އަހަރެން ގެޔަށް ދިޔައީ އެވެ. ގެޔަށް ގޮސް މަންމަ މެންނަށް ފެންނަ ގޮތަށް ފޮތްބޮނޑި ނަގައިގެން ބާރު ބާރަށް ފޮތުން ކިޔާ ފިލާވަޅު ހެދީމެވެ. އެކަމަކު މަގޭ ނަސީބު ދެރަކަމުން އެވަގުތު މަންމަ ވީ ބޭރަށް ގޮހެވެ. ދެންވެސް އަހަރެން ކިޔަވަން އިނީމެވެ. އަދި މަންމަ މެން ބޭރުން ގެޔަށް އައިސް ވަންތަން ފެނިގެން މަންމަ މެން ހިތްހަމަޖައްސަން ޤުރުއާން ބާރު ބާރަށް ކިޔެވީމެވެ. އަހަރެން ކިޔަވާ އަޑު ރިތިކަމުން މަންމަ މެން އައެވެ. އަދި އަޑުއަހަން ތިއްބެވެ. މިކަމުން އަހަރެން ފަހުރު ވެރި ވެލީމެވެ. އަހަރެން ކިޔަވާ ނިމޭއިރަށް މަންމަ ހިނިތުން ވެލަމުން އަހަރެން ކާރިޔަށް އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. މަންމަގެ ފިރުމުން މައިވަންތަ ކަމަށްވުރެ ކޮންމެވެސް ރިޝްވަތެކޭ އަހަރެންގެ ހިތަށް އެރިއެވެ.

‘ފިޔާޒާ ތަނަކަށް ދާން ހުއްދަ ހޯދަންވީދޯ؟”

“މަންމަގެ ވިސްނުން ހާދަ ރަނގަޅެެ. މިރޭ އަޅުގަނޑު ރިސާލާ މެންގެޔަށް ދާން ބޭނުން.”

“އާން. ހޫނ.. އެހެންވެއްޖެއްޔާ އެފަރާތުގަ ހުރި ހެދުންތަށް ދޮވެ ހިއްކަން އަޅަން ވާނެ އަދި ގޯތީގަ ކުނިކަހާލަން ވާނެ، އިގޭ ދިޔުމުގެ ކުރިން”

ކޮބާ މިއޮތީ ނޫންހެއްޔެވެ. މަންމަ އަހަރެންގެ ބޮލުގައި ފިރުމާފަ ހީލީ މިކަމުގައެވެ. އެހެންވިޔަސް އޯކޭއެވެ. އަހަރެންނަކީ އަންހެންކުއްޖެކެވެ. ކައިވެނީގެ ފަހުން އަހަރެން ދާނީ ފިރިމީހާ ހަދާދޭ ގެޔަށެވެ. އެގޭގަ އަހަރެން ޓައިލުސް ޖަހާލާނީއެވެ. ކުނިކަހަން ވެލިގަޑެއް ނުބާއްވާނަމެވެ. އަމިއްލަޔަށް އަހަރެން ހިނިތުން ވެލީމެވެ.

އަހަރެން ކުނިކަހަމުން ދަނިކޮށް މާމަ އަށް ފެނުނެވެ. ތުން އޫކޮށްލަމުން މާމަ ދިޔައީ އެވެ. މިހާރު އެނގިއްޖެއެވެ. މިމަސައްކަތަކީ،  މާމަ މަންމަ ޔާ ހަވާލު ކުރި ކަމެކެވެ. އެކަމަކު ފުރުސަތު ބަލާފަ މަންމަ ފައިދާ ނެގީ އެވެ. ދެން ކޮންމެ ގޮތެއް ވިޔަސް  މިކަންތަށް އަހަރެން ކުރަން ޖެހޭނެއެވެ. އަހަރެން އަމިއްލަޔަށް ހިނިތުން ވެލީމެވެ. ކުނިކަހާނިމިގެން ސާއިރާތަކާރިޔަށް ހެދުމެއް ހޯދަން އަހަރެން ދިޔައީމެވެ. އެކަމުގެ ފައިދާ ސާއިރާތަވެސް ނެގިއެވެ. އަހަރެންގެ އަތަށް ފިހިގަޑާ މޮޕް ދިނެވެ. މާނަޔަކީ އޭނާގެ ކޮޓަރި ކަހާ މޮޕް ކުރުމެވެ. ފާޑަކަށް ނިން އަރުވާފަ ކޮޓަރީ ދޮރު ލައްޕާފަ އޭނާ ދިޔައީއެވެ. އެވަގުތު އަހަރެންނައް ސިފަކުރެވުނީ އަހަރެންނަކީ ސިންޑުރެއްލާ ހެންނެވެ. ސިންޑުރެއްލާވެސް ޕެލެސް ގައި އޮތް ޕާޓީއަށް ދިޔުމަށްޓަކާ ތަފާތު ކަންތަށް ކުރަން ޖެހުނެވެ. އޭނާގެ ދޮންމަންމަޔާ ދެ ދައްތަ ބުނި ހުރިހާ ކަމެއް ކުރަން އޭނާޖެހުނެވެ. އެކަމަކު އޭނާޔަށް އެހީވާން އޭނާގެ ޕަރީ އައެވެ. ސިންޑުރެއްލާޔާ މަށާ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟ މަވެސް މިރޭ ބޭނުންވަނީ މައެންމެ ލޯބިވާ މީހާޔާ ބައްދަލު ކުރާން ދާށެވެ. ކެއްކޮށްލާނީ އެވެ. ގިނަދުވަސް ތަކެއް ނުވެ އޭނަ އަހަރެންނާ ކައިވެނި ކުރާނެއެވެ. އަދި ކާރެއްގަ އަހަރެން މިގެއިން ގެންދާނެއެވެ. އަހަރެންގެ ޕަރީއެއް އެހީވާކަށް ނުމެ އަންނާނެއެވެ. ހުރިހާ ކަމެއްކޮށްފަ ރީތިވެސް ވާން އެބަޖެހެއެވެ. ގަޑިވެސް ކާރި ވަނީއެވެ. އަހަރެންގެ ހިތްވެސް ތެޅޭވަރުން ހީވަނީ އެހެން ކަމެއް ހެންނެވެ.

ކޮޓަރި މޮޕް ކޮށް ނިންމާލާފަ އަހަރެން ހިންދެމިލީމެވެ. އަހަރެންގެ ހިޔާލީ ދުނިޔެއިން އަހަރެންނަށް އާދެވުނީ އަހަރެންގެ ކުޑަ ބުޅާ އައިސް ފައިގަ ނިގޫ ކާއްތާ ރޯލީމައެވެ.

“އާދޭ ކަލޭ ބަނޑުފައިވީ ދޯ.” އަަހަރެން ކުޑަ ބުޅަލާ ވާހަކަ ދައްކަމުން ބުޅަލަށް ބަތް މޮޑެ ކާތަނުގަ ބަހައްޓަ ދިނީމެވެ. ބުޅާ އުފަލުން ވަރެއް ނެތެވެ. އަޑު ގޮއްވާލާފަ ކޭ ގޮތުން ހީވަނީ ވަރަށް ބަނޑު ހައިވެފަ އޮތް ހެނެވެ. ބުޅަލުގެ ބޮލުގައި ފިރުމާލާފަ އަހަރެންގެ މަސައްކަތަށް ރުޖޫޢަ ވީމެވެ.

ފެންވަރާ، ވަރުގެ ކޮޅަށް ނަލަ ހެދިލީމެވެ. ލޯގަޑު ކުރިމަށްޗަށް އަރާ ފަރި ހަރަކާތް ތަކެއް ކޮށްލީމެވެ. އެކަމަކު ވެސް އަހަރެން ރިއްޗެއް ނޫނެވެ. އިސްތަށިގަނޑު އިންތިހާޔަށް ދިގުކަން ފިޔަވާ އިތުރު އެއްވެސް ރިތި ކަމެއް އަހަރެންގެ ނެތެވެ. އަހަރެން ދޮނެއް ވެސް ނޫނެވެ. ރިޔާސް ނުލާހިކު ދޮނެވެ. ވީއިރު އޭނާ އަހަންނާ ގަބޫލްވެފަ ވަނީ ކޮންހެނެއްބާވައެވެ. އެހެންނޫނަސް އަދި އޭނާގެ ދުލުން އަހަރެންދެކެ ލޯބިވެޔޭ ނުބުނޭ ނޫން ހެއްޔެވެ. އަހަރެން އަމިއްލަ މޮޔަ ކަމުގެ މަށްޗައް ހީލީމެވެ.

ނާޒިމް ގަޑިޔަށް އަހަރެންބަލާއެއެވެ. އަހަރެން އެކަނި އެއްވެސް ތަނަކަށް ނުދަމެވެ. އަބަދުވެސް ދަނީ ނާޒިމް އާއި އެކުގައެވެ. އެއީ ގޭމީހުން އަހަރެންނަށް ލާފަ ހުންނަ ބޮޑީ ގާޑެވެ.

އަހަރެމެންނަށް ދެވުނު އިރު ރިޔާސް މޫދާދިމާލަށް ބަލަހައްޓައިގެން ވިސްނުމެއްގެ ތެރޭ ހުއްޓެވެ. ނާޒިމު އަހަރެން އޭނާކާރިޔަށް ކޮއްޕާލިއެވެ. ނަމަވެސް ނުޖެހި ސަލާމަތްވިއެވެ.

“އަހަރެން މިއަދު ހުރިހާ ނަމާދަކަށް ދިޔައީ ތިގޭ މަގުން، ފިޔާޒާ ފެނޭތޯ ހޯދާވެސް ލިން. ކީއްވެ މިއަދު ބޭރުގަ ނެތީ އެހެންދުވަހު ހުންނަމެއްނު ދޮރާށި ކާރީ”

އަހަރެންނާ ވީ ފަރާތަށް ނުވެސް އެނބުރި އޭނާ ބުނެލިއެވެ. އަހަރެން މިޔޮއް އަނގަ ގަދަ މީހާ ރިޔާސް ކުރިމަށްޗަށް އައުމުން މިވަނީ ކީންހެއްޔެވެ؟ ވަހަކައެއް ނުދެއްކެއެވެ. ގާބުރިއެއް ހެން ހުރެވެނީ މާބޮޑަށް ލަދުންނެވެ. ނާޒިމް އަހަރެންނަށް އޭނާ ކާރިޔަށް ދިޔުމަށް އިށާރާތް ކުރިއެވެ. އަހަރެން ބިރުން ކަހަލަ ގޮތަކަށް ބޯހޫރާލީމެވެ. ނާޒިމް މޫނު ކުނިކޮށްލާފަ ރިޔާސް ކާރިޔަށް ޖެހިލިއެވެ.

މުޅި ތަން އޮތީ ވަރަށް އަނދިރި ކޮށެވެ. ކިރިޔާވެސް އަލިކަމެއް އަންނަނީ މިލަ ހަނދުވަރުންނެވެ. އެމީހުންނާ ތަންކޮޅެއް ދުރުގަ ހުރެވުނީމާ އަހަރެން ބިރުގަތެވެ.

“ކޮބާ ރިޔާ އަހަރެން ގޮސްލަނީ” ނާޒިމު ދިޔުމުގެ ހުއްދަ އަކަށް އެދުނެވެ.

“ނޫނޭ ނުދެވޭނެ މަޑުކުރޭ!”

ރިޔާސް ނާޒިމް ދިޔަކަ ނުދިނެވެ.އަހަރެމެން  ދެމީހުން އެކަނި ތިބެ ބަޔަކަށް ފެނިއްޖެއްޔާ ބަދުނާމު ވާނެ، ތީ އޭނާ ޖެހިލުން ވީއެވެ.

އަހަރެން ވަރަށް  ޕުރައިވެޓް ކޮށް ރިޔާސް އާއި ވާހަކަ ދައްކަން ބޭނުމެވެ، ނަމަވެސް އެއްވެސް ލަފުޒެއް މަގޭ ދުލުން ނުނިކުތެވެ. ދެއްކި ހާވާހަކައެއްދެއްކީ ނާޒިމް އާއި ރިޔާސެވެ. އަހަރެން އިނީ މުދަށް ގައުކާށެވެ. އެދެމީހުންގެ ޓޮޕިކަކީ ރިޔާސް ފުރަން އުޅޭ ވާހަކައެވެ. މިސްރަށް ކިޔަވާން ދާން އުޅޭ ވާހަކައެވެ. އަހަރެން ކޮޅަށް ތެދުވީމެވެ.ކާރީގަ ހުރި ރުކަކުން ފައިބާފަވާ ފަނަކާ ކުޅެ ކުޅެ މޫދަށް ބަލަން އަހަރެން ހުރީމެވެ. އޭރު އަހަރެންގެ ފުރަގަހުގާ ރިޔާސް ހުރިއިރު އަހަރެންގެ ދިގު އިސްތަށިގަނޑު އޭނާގެ ގައިގާ ބޮސް ދެމުން ދިޔައެވެ. ހީވަނީ އެއިސްތަށިތަށް ވެސް އޭނާގެ ލޯތްބަަށް އެދި ސަލާމްޖަހާހެންނެވެ. އަހަރެން ވަރަަށް ފޫހިވެފައި ހުރީމެވެ. ނާޒިމް ތަންކޮޅެއް ދުރަށް ދިޔައެވެ. އަހަރެންނާ ރިޔާސް އެކަނި ކޮށް ވަގުތު ކޮޅެއް ދޭށެވެ. އެހެނަސް އަހަރެމެންނަށް ފެންނަ ހިސާބަށެވެ. ކޮންމެވެސް ވަރަކަށް އަހަރެމެން ދައްކާ ވާހަކަވެސް އަޑު އިވޭނެ ތޯއްޗެކެވެ.

“ފިޔާޒާ ބުރުގާ އަޅަން ވީނު” ރިޔާސް އޭނާގެ ގައިގާ ޖެހުނު އަހަރެންގެ އިސްތަށިތަށް އެއްފަރާތް ކުރަމުން އަހަރެންގެ ކުރިމައްޗަށް އަރާ ބުނެލިއެވެ.

“އައްޗި މަށެއް ނާޅާނަން” ފުރަތަމަ ފަހަރަށް އަހަރެން އެއްޗެކޭ ބުނީމެވެ. އެކަމަކު މިބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން އަހަރެންނަށް އިހްސާސް ވީ މަފަހުންނެވެ. އެއީ އަބަދުވެސް ވާގޮތެވެ. ވާނީވެސް އެހެންނެވެ. އަހަރެންނަކީ ސާފު ބިއްލޫރި ކޮޅެއް ކަހަލަ ކުއްޖެކެވެ. މަކަރު ހެދުމާ ދޮގު ބުނުމަކީ މީއަހަރެން ކުރާކަމެއް ނޫނެވެ. އަހަރެންނަކަށް ނުވެސް އެނގޭނެއެވެ.އަދި ލޯބީގެ ވާހަކަ ދައްކަންވެސް އަހަރެންނަކަށް ނޭގޭނެއެވެ. ކިޔަވާ ވާހަކަ ދައްކަންވެސް އަހަރެންނަކަށް ނޭނގެނެއެވެ.

“ކީއްވެ އަހަރެންގެ ސިޓީ އަނބުރާ އަހަރެންނަށް ފޮނުވީ؟” ރިޔާސް އަހަރެންގެ އަތުގައި ހިފަމުން ބުނެލިއެވެ.

“އަަހަރެންނަކީ ފަރަންޖީއެއްނޫން.. ދިވެހިން ލިޔުނު ނަމައެއްނު ކިޔަންވެސް އެނގޭނީ” އަހަރެން ރިޔާސްގެ އަތުން އަހަރެންގެ އަތް ނެއްޓުވީ ލަދުންނެވެ.

ނާޒިމް އަހަރެމެންނަށް ކޯކް އާއި ބިސްކޯދު ގެނެސް ދިނެވެ.

ނުނިމޭ

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 15

Next

ނޭނގޭހެ ހާދަ ލޯބިވޭ 16

Next
September 18, 2016

ނޭނގޭހެ ހާދަ ލޯބިވޭ 16

Previews
September 17, 2016

ނޭނގޭހެ ހާދަ ލޯބިވޭ 15

10 Comments

  1. Sabeeha says:
    September 17, 2016 at 10:09 pm

    v salhi…?

  2. Rozy says:
    September 17, 2016 at 10:15 pm

    Thank you Sabeeha.. I have a relative also same name don’t know if it is same person 🙂 in that case once again Thank you Thitha..

    1. Sabeeha says:
      September 17, 2016 at 10:27 pm

      mee rozy ge relative eh noon 🙂

  3. Khajja says:
    September 17, 2016 at 10:40 pm

    Salhi ekam haadha kurey??

    1. Rozy says:
      September 17, 2016 at 10:56 pm

      next time dhigu kuranan insha Allah

  4. Shaa says:
    September 17, 2016 at 10:46 pm

    Wooow mi bai vvvvvv reethi …. next bai kn irakun up kurany

  5. Madhy says:
    September 17, 2016 at 11:07 pm

    Wowwe story v v v salhi ???

  6. sallu says:
    September 17, 2016 at 11:29 pm

    Vaahaka varah reethi…miee hageegee vaahaka eh tha??

  7. Rozy says:
    September 17, 2016 at 11:36 pm

    Thank you all the girls. your support and love makes me write more stories. Hope I will get love from all of you always like this 🙂

  8. Kippy says:
    September 18, 2016 at 4:56 pm

    Actually this is a beautiful story… riha u can read it once again .. the story is really touching..I love this story rozy

Comments are closed.

All Right Reserved!