އަހަރެމެން އެންމެންވެސް ތައްޔާރުވަމުން މިދަނީ އަންނަ މަހުގެ ފަނަރަވަނަދުވަހުގެ ރެއަށެވެ. ކޮންމެގޮތެއްވިޔަސް އެރޭ ކޮންމެވެސް އެއްގޮތަކަށް ނަތީޖާ ނެރެން އެބަޖެހެއެވެ.އެރޭގެ ކުރިން ނާދް ސަލާމަތް ނުކުރެވިއްޖެނަމަ، އެރޭ އެޖިންނިތައް ނާދްގެ ދުވަސް ދުއްވާލާނެއެވެ. “ހާދީބޭ.. ކިހިނެއްހަދައިގެން އަހަރެމެނަށް ބައްޕަ އާއި ނާދްސަލާމަތް ކުރެވޭނީ؟” މަޝްވަރާގެ ތެރެއިން އަހަރެން ސުވާލު ކޮށްލީމެވެ. “މިރޭމީ މިމަހުގެ އެންމެފަހު ރޭ. އެހެންވީމާ މިރޭ އިރުއޮއްސި ހައެއްޖަހާއިރު ކިޔެވެލި ކިޔަވަން ފަށަންވީ.އޭރުން ތިކަމާއިގެން ކުރިއަށް ދެވޭނީ.އިތުރަށް އެއްޗެއް ބުނަންވެސް އެނގޭނީ އޭރުން.އަހަރެމެނަށް އޮތީ […]
މަންމަގެ ރީތިކަން ގުދުރަތުން އޭނާޔަށް ވަނީ ހަދިޔާކުރައްވާފައެވެ.. ނުދަންނަ މީހަކަށް ސާރާޔަކީ ލޯފަންކުއްޖެއްކަމެއް ނުވެސްއެގޭނެއެވެ. ސޫރަޖަކީވެސް މިއަދު ސަތާރަ އަހަރުގެ ބޮޑު ފިރިހެން ކުއްޖެކެވެ. މިހާރު ކުޑައިރު ދާހެން މާބޮޑައް ސާރާ ކާރިޔަށް ދާކަށް ސޫރަޖް އަކަށް ނުކެރެއެވެ. އެކަމަކު މިއަދު ސޫރަޖް ސާރާޔާއެކު ހޮސްޕިޓަލަށް ދާނެއެވެ. ސާރާމެންވެސްއިންތިޒާރު ކުރަމުން އައީ މިދުހަށެވެ. ހުސްނާޔާ ކަރީމު ވެސް ތިބީ ހިމޭންވެފައެވެ. ޑޮކްޓަރުން ދިން އެއްވެސް ބޭހަކުން މިއަދާހަމަޔަކަށް ސާރާޔަށް ކުރި އަސަރެއް ނެތެވެ. މިއަދުމިއީ ޑޮކްޓަރ އޭނާގެ […]
” ދައްތާ. ކޮންތާކަށް ތިދަނީ؟ އަނެއްކާ ކިހިނެއްވީ؟ ދައްތާ.” ޖަލީލުއަށް ކުއްލިއަކަށް ހޭލެވުނީ މިފަދަ އަޑުތަކެއްގެ ސަބަބުންނެވެ. ނިދިވެސް ފިލައިގެން ގޮސް އަވަސް އަވަހަށް އެނދުން ތެދުވެ ބޭރަށް ހިނގައިގަތެވެ. އޭރު ފޮއްޓަށް އެއްޗެހި އަޅައިގެން ގޭގެ ދޮރުމަތީގަިއ ހުރި ނިއުމާ ފެނިފަިއ ޖަލީލުއަށް ހައިރާން ކަމާއިިއެކު ބަލަން ހުރެވުނީއެވެ. ކަިއރީގަިއ މުފީދާ ކޮންތާކަށް ދަނީހޭ އަހަމުން ދިޔައިރު ލިޔާގަތު ފެންނަން ނެތުމުން ވަޑާން ގެޔަށް ދިޔައީކަން ޖަލީލުއަށް ޔަގީން ވެއްޖެއެވެ. ” ކާފަ. ބަލާބަލަ. ދައްތަ […]
އަޒުރާ ނިޔާވި ޚަބަރު ލީނާއަށް ދިނީ ލޫތް އަމިއްލައަށްށެވެ. ލީނާ ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އައިސް އައިފާއާއި އެކީ އުޅޭ އިރު އެކަން އޭނާއަށް އިނގެން ވާނެކަމަށް ލޫތް ޤަބޫލު ކުރިއެވެ. “އައި އެމް ސޯ ސޮރީ..” ލީނާ މިހެން ބުނެ ލޫތްގެ ބުރަކަށީގައި ފިރުމާލިއެވެ. ކޮޓަރިން ނިކުއިން ލައިޝާއަށް މި މަންޒަރު ފެނުމުނެ ދެއަތް މުށްކެވުނެވެ. “ލީނާ!!” ލައިޝާގެ އަޑަށް ބާރު ލާފައި ބުނެލިއެވެ. ލޫތްގެ ބުރަކަށީގައި އޮތް އަތް ދުރަށްލަމުން ލީނާ […]
“މަންޝާއަކީ ޟިރާރުގެ ކުއްޖެއް… އަހަރެން ކައިވެންޏެއް ނުކުރަން…” އެހިސާބުން މަދީހާ ބަޑި ފަޅައިގެން ދިޔައެވެ. ޟިރާރަށް އެ އިވުނު ޖުމްލައިން މަދީހާގެ އަތުގައި ހިފާފައިވާ އަތް ދޫކޮށްލެވުނެވެ. މަދީހާ އަވަސް ފިޔަވަޅުތަކެއްގައި އަވަސްފަރުވާދޭ ކޮޓަރިއަށް ވަންނަން ފިޔަވަޅު އަޅާލިއެވެ. މަދީހާ ހުއްޓުންއެރީ އަވަސްފަރުވާދޭ ކޮޓަރި ކުރިމަތީ ހުރި އާމިނަ ފެނުމުންނެވެ. ޟިރާރާ މަދީހާގެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އާމިނައަށް އަޑުއިވުނެވެ. ޟިރާރު އެނބުރެމުން މަދީހާއަށް ގޮވާލިއެވެ. ނަމަވެސް އިތުރު ބަހެއް ނުބުނެވި ހުއްޓުން އެރީ މަދީހާގެ […]
މީރާ ރޮމުން އެކަންތައް ވީ ގޮތް ހަނދާން ކުރަން ފެށިއެވެ. ޔަމާންވެސް އެ ހަނދާން ވުމުން ލޮލުން ކަރުނަ އައެވެ. މީރާއެކޭ އެއްގޮތަށް ޔަމާންވެސް ހަނދާން ކުރަމުން ދިޔައެވެ. މީރާ ބަނޑުބޮޑުކަން އެނގުނު ދުވަހުން ފެށިގެން އެ ހުރިހާ ކަމެއް ހިނގި ގޮތް ދެމީހުންނަށްވެސް ކުރިމަތިން ފެންނަމުން ދާކަހަލައެވެ. ******* ބަލިވެ އިންކަން އެނގުނު ފަހުން މީރާ ސިއްޙަތަށް ބަލަން ފެށިއެވެ. ކާހިތް ނުވި ނަމަވެސް ކޮންމެ ފަހަރަކުވެސް ކެވޭތޯ ބަލައެވެ. ބޭކާރު ޚިޔާލުތައް ނުކޮށް ރާހިލްއާ […]
ސިއްރު މުސައްނިފާ : ރޯޒީ ޝަރީފް 29.09.2016 ނަސީބު ގެއަކީ އާންމު ގޮތެއްގާ ވަރަށް ކާރޫބާރޫ ބޮޑު ގެއެކެވެ. ކޮޅުކޮޅަށް ނޯކަރުން ހެލިފެލިވާ ތަނާ،ބައެއް އަންހެންވެރިން ފުނިފުންޏަށްޖެހިގެން ތިބެ ކޮންމެވެސް އޮލަވާހަކައެއް ދައްކާތަން ފެނެއެވެ. ހަމައެހެންމެ ފިރިހެންވެރިން ގޭތެރޭގެ ތަރުތީބު ބަދަލު ކުރާތީވެސް ފެނެއެވެ. ބައެއް އަންހެނުން ހެލިފެލިކަމާއެކު ކެއްކުމުގެ މަސައްކަތުގައި އުޅޭތަން ވެސްފެނެއެވެ. ކޮންމެއަކަސް ނަސީބުގޭތެރޭ މިކަންތަށްގަޑު ފެނުމުން ކޮންމެވެސް ބޮޑުކަމެއް އެގޭތެރޭ ހިގަމުންދާ ކަންދެނެ ގަންނާކަށް މާއުދަނގުލެއް ނޫނެވެ. އާނއެކެވެ. ކަންތަށް ބޮޑުނުވާންވީ […]
މުޅި މީހާ ވަނީ ހިތްއަވަސް ވެފައެވެ. މިއޮތް ފިނީގައިވެސް އެތެރެ ހަށިން އާވި ނަގާކަހަލައެވެ. ލޮލަށް ފެންނަ މަންޒަރު ގަބޫލް ކުރަން ދަތިވެފާ ހުރިކަހަލައެވެ……………… ފިރެހެނެއްގެ އަތުތެރެއަށް ވަދެ ޒޯރާ ހުރިއިރު، އެ ފިރެހެނާގެ މޫނެއްނުފެނެއެވެ. ޒެފަން ކުރިހުރިހާ އުއްމީދެއް ފެނަށް ވީއެވެ. އެދެމެދުގައިވި ގާތްކަން ފެނި ޒެފަންގެ އަތްމުއްކެވުނެވެ. ކުރިމަތިން ޒެފަން ފެނުމާއެކު ޒޯރާ ތެޅިގަންފައި އެ ނުދަންނަ ޒުވާނާގެ އަތުތެރެއިން ނުކުތެވެ. ހަމަ އެސިކުންތުގައި އެޒުވާނާ ފަހަތައް އެބުރި، ޒެފަން ފެނުމާއެކު ގޮސް ޒެފަން […]
މާވަށިގަނޑު ވެއްޓި ތެޅުނު އަޑުން މުޅި މާހައުލު ގުގުމާގެން ދިޔައެވެ…………… ކޮފީ ޖަގު މޭޒުމަތީ ބެހެއްޓުމަށްފަހު ސިޓިންރޫމަށް ދުއްވާގަނެވުނުއިރު ފަހަތުން ނައީމްވެސް ބާރުބާރަށް އާދެއެވެ. މަޑުވިލްކުލައިގެ ބިއްލޫރިވާސް ތެޅި މުޅިތަނަށް ބިއްލޫރި ފެތުރިފައިވާއިރު މުޅިތަނުން ދަޅައަޅައެވެ. ކުލަކުލައިގެ ތާޒާ މަލުގެ ފިޔަތައް އެކިދިމަދިމާލުގައި ވިހުރިފައިވާއިރު، ސާއިރާމެން ދެމަފިރިންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ހަމަހިމޭންކަމާއެކު ދެމީހުން ބަލަންހުރުމަށްފަހު ސިޓިންރޫމް ސާފުކުރުމާއިގެން ސާއިރާ އަވަސް ވެލިއެވެ. ސާފުކުރަން ހުރިއިރުވެސް ވިސްނެމުން ދިޔައީ ވާސްތެޅުނު ގޮތާއިމެދުއެވެ. “އައްދެ ހާދަ ހެވިލާފަ!… ކާކުތަ […]