ޖެހިގެން އައީ ބުރާސްފަތި، ދުވަސް ކަމުން ވިއާމާ އެނާގެ ރަށައް ދިޔައެވެ.ގެޔަށް ވަދެވުމާއެކު އޭނާ ދިޔައީ ސާހިލް ކައިރިޔަށެވެ. އޭރު ސާހިލް ކުޑަދޮރު ކާރީ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. “ސާހިލް. ސާހިލް އެތެރެޔަށް ވަންނަންތަ؟” ވިއާމާ ދޮރުކާރީ ހުއްޓިލާފަ ދޮރު ކުޑަކޮށް ހުޅުވާލަމުން އަހާލިއެވެ. “ވަދޭ. އެހެނަސް އެއްވެސް އެއްޗެއްގަ އަތްލައިގެން ނުވާނެ. ހަނދާން ކުރާތި. އަހަރެންގެ ލަވަފޮތް ހިފައިގެން ދިޔައީތީ ކަލެޔަށް އަދަބު ދޭން މަބޭނުން.. ކީއްވެ ނުބުނެ ވަގަށް މަގޭ ލަވަފޮތް ގެންދިޔައީ.” […]
“މަންމާ މަންމާ މަންމާ މަންމާ!!! މަންމާ!!!!!!!!!!!!” އަންހެންކުއްޖާ ދުވަމުން ދުވަމުން ސިޑިން ފައިބަމުން އަންނަ އަޑާއި އެކު ބަދިގޭގައި މަސައްކަތްކުރަން ހުރި ސަމީމާ ހާސްވެފައި ބަދިގޭ ދޮރުން ނިކުތީ ހަލުވިކަމާއި އެކުގައެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާ “މަންމާ” އޭ ގޮވާލާއިރު އަޑު ބާރުވެއެވެ. ހީވަނީ ބިރެއް ފެނުނުހެންނެވެ. އެ އަންހެންއްކުއްޖާ ދުވެފައި އައި އަޑާއި އެއްވަރަށް އެހެންމީހަކު ދުވާ އަޑެއް އިވުމުން ހިސާބަކަށް ސަމީމާއަށް ވީ ގޮތް އިނގުނެވެ. އެހެންކަމުން ސިޓިންގްރޫމްގައި ސިޑިއާއި ދިމާލަށް ހެވިފައި […]
ލޯބިވަން ޔާރާ އޭ 6 އީތަން ވަރަށް ފަރުވާ ތެރި ކަމާއި އެކު ސިލަވަލެބް ފުޅިން އެތިކޮޅެއް ނަގައިގެން މިޝެލް ގެ އަތުގައި ހާކަމުން ދިޔަ އިރު މިޝެލް އަށް އިހުސާސް ވަމުން ދިޔައީ ފޮނި ކަމެކެވެ. ” ގޮސް އިށީނދެގެން އިނދޭ! އަހަރެން އަމިއްލަ އަށް ކޮފީ ހަދާފާނަން.” އީތަން މިފަހަރު ވާހަކަ ދެއްކީ ތަންކޮޅެއް މައިތިރި ކޮށެވެ. މިޝެލް ބަސްއަހާ ކުޑަ ކުއްޖެއް ހެން އަވަހަށް ގޮސް މިޝެލް ގެ މޭޒު ކައިރީ ހުރި […]
ސާރާ ކޮޓަރިޔަށް ދިޔައެވެ. ލޯމަރާއިގެން ހިނގާފައެވެ. ހުރިހާ މީހުން އެމަންޒަރު ބަލަން ހެވިފަ ތިއްބެވެ. ކޮޓަރިއަށް ގޮސް ކަބަޑުގެ ތެރެއިން މަރިޔަން ފުޅުގެ ފޮޓޯ ނެގިއެވެ.އަދި ދެން ލޯހުޅުވިއެވެ. އަދިއެފޮޓޯ ޔާ މުހާތަބު ކޮށް ވާހަކަ ދައްކަން ފެށިއެވެ. “ބޮޑުދައިތާ. މިއަދު ބޮޑު ދައިތަ ހުރިނަމަ ކިހާ ރަގަޅު ވީސް” ސާރާ ފޮޓޯގައި ބޮސް ދީފާ މަރިޔަން ފުޅަށް ހެޔޮ ދުއާ ކުރިއެވެ. އެވަގުތު ސާރާ ޔަށް ހިވީ މަރިޔަން ފުޅު ކުރިމަތީ ހެވިފަ ހުރެ ސާރާގެ […]
ލޯބިވަން ޔާރާ އޭ 5 ގޭގެ ބެލްކަނީ ގައި ދަންވަރު 12 ޖެހި އިރު ވެސް މިޝެލް އިނީ ގަބު ވެފައެވެ. މާއިރާ ނިދުމުން މިޝެލް ސިއްރު ސިއްރުން ނުކުތީ ދާއިން ހޯދުމަށެވެ. ނަމަވެސް ދާއިން އަދިވެސް ގެއަށް ނާންނާތީ މިޝެލް އަށް ޖެހުނީ މަޑު ކުރާށެވެ. ރޮއި ރޮއި ދެލޯ ދުޅަ ވެފައިވާ އިރު އިސްތަށިގަނޑު ވަނީ ހޭވިފަ އެވެ. ދާއިން ގެ އަށް އައި އިރު ބެލްކަނީ ދިއްލައިފައި ހުރުމުން ގަޑި ބަލައިލަމުން ބެލްކަންޏަށް […]
އެއްދުވަހަކު ލިޔާގަތުއާއި މުފީދާ ކުރުނބާ އަޅަން ދިއުމާއިއެކު ޖަލީލު ބޭރު ޖޯލިފަތީގައި އޮއްވައި މީހަކު އައިސް ސަލާމް ގޮވާލަމުން އިއްވަމުން ދިޔައެވެ. ” ޖަލީލުއަށް އައިސްފަ އޮތް ސިޓީއެއް.” ޖަލީލު ތެޅި ތެޅި އޮތް ހިތަކާއިއެކު އެމިހާ ދިން ސިޓީ ގަިއ ހިފައިލިއެވެ. ހަމަ ސިޓީގަިއ ހިފައިލުމާއިއެކު އެމީހާ ގެއިން ނިކުމެގެން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ޖަލީލު މަޑުމަޑުން ސިޓީ އުރަ ކަނޑައިލިއެވެ. ތެދެކެވެ. ސިޓީ އެޑްރެސް ކުރެވިފަިއ ވަނީ އޭނާއަށްށެވެ. ދެން ޖަލީލު […]
އެއަޑަށް އެންމެންނަށް ސިޑިއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ އަނގައިން މީރާގެ ނަން ބޭރުވެފައި އެންމެން އެ ދިމާއަށް ދުއްވައިގަތް އިރު ޔަމާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ފުރޮޅެމުން މީރާ ތިރިއަށް ވެއްޓުނު މަންޒަރު ޔަމާންއަށް ފެނުނީ ލަސްލަހުންނެވެ. ހުރި ފިޔަވަޅު މަތީ ގަނޑުވެފައި ޔަމާން ހުއްޓާ އެހެން މީހުން މީރާ ކައިރިއަށް ދިޔައެވެ. ކޯތާފަތް މަތިން ތެތްކަމެއް އިހުސާސް ކުރެވުމުން ޔަމާންއަށް ސިހިފައި މޫނުގައި އަތް ޖައްސާލެވުނެވެ. ލޮލުން އައި ކަރުނަ ފޮހެލާފައި ޔަމާން ގޮސް މީރާ […]
“ދަރިފުޅާ ޝީރީން… ޝީރީން..” ތަކުރާރުކޮށް ޝީޔާމާ ދިޔައީ ޝީރީންއަށް ގޮވަމުންނެވެ. “ކިހާ ދެރަކަމެއް… ބޮލުގަ ރިއްސާތީއޭ މިއޮތީ… އަޅެ އަހަރެން މިގޭގަ އެހެންޏާސް މަސައްކަތް ކުރަންތަ… ނުކުރަމެއްނު… ދެން ކޮންމެހެން އަހަރެން ގެންދަން ޖެހޭތަ ތިކުރާކަމެއް ކުރަން…” ޝީރީންގެ ބަސްމަގު ހުރި ގޮތުން ޝިޔާމާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް ޝީރީންއަށް އައި މިބަދަލުން ޝިޔާމާގެ ހިތް ކުދިކުދިވިއެވެ. “ދަރިފުޅާ ކިހިނެއްވީ… ކަމަކާ ހިތްހަމަ ނުޖެހިފަތަ” ޝީރީންގެ ފަރާތުން ދުވަހަކުވެސް ފެނިފައި ނުވާ ސިފައަކަށް ވުމުން […]
“ބޮޑުދައިތަ ނެތުމުގެ ހިތާމަ މިއަދު ސާރާ ކުރަމެވެ. އަހަރެން ގެ ކޮންމެ ބޮޑު ދުވަހެއްގައި ބޮޑުދައިތަ އަހަރެންނާއެކު ވިއެވެ. އެކަމަކު މިއަދު ތިހިރީ ހާދަ ދުރުގައެވެ. ބޮޑުދައިތަގެ އިގިލީގައި ހިފައިގެން އަހަރެން ހިގަން ދަސްކުރީމެވެ. އެކަމަކު ބޮޑުދައިތަ ތިދިޔައީ އަހަރެން އެކަނި ކޮއްލާފައެވެ. މިއަދުވެސް އަހަރެން ބޮޑުދައިތަޔަށް ބޭނުމެވެ. ބޮޑުދައިތަ ކައިރީވާހިނދު އަހަރެންނަށް އެއްވެސް ކަމެއް އުންޏެއްނޫނެވެ. މިއަދު ހުރިހާ އެއްޗެއް ލިބެން އުޅުނީމާ ވެސް އަހަރެން ނަށް އުނިކަން އިހްސާސް ކުރެވެއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގެ […]