މާވަށިގަނޑު ވެއްޓި ތެޅުނު އަޑުން މުޅި މާހައުލު ގުގުމާގެން ދިޔައެވެ……………

ކޮފީ ޖަގު މޭޒުމަތީ ބެހެއްޓުމަށްފަހު ސިޓިންރޫމަށް ދުއްވާގަނެވުނުއިރު ފަހަތުން ނައީމްވެސް ބާރުބާރަށް އާދެއެވެ. މަޑުވިލްކުލައިގެ ބިއްލޫރިވާސް ތެޅި މުޅިތަނަށް ބިއްލޫރި ފެތުރިފައިވާއިރު މުޅިތަނުން ދަޅައަޅައެވެ. ކުލަކުލައިގެ ތާޒާ މަލުގެ ފިޔަތައް އެކިދިމަދިމާލުގައި ވިހުރިފައިވާއިރު، ސާއިރާމެން ދެމަފިރިންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

ހަމަހިމޭންކަމާއެކު ދެމީހުން ބަލަންހުރުމަށްފަހު ސިޓިންރޫމް ސާފުކުރުމާއިގެން ސާއިރާ އަވަސް ވެލިއެވެ. ސާފުކުރަން ހުރިއިރުވެސް ވިސްނެމުން ދިޔައީ ވާސްތެޅުނު ގޮތާއިމެދުއެވެ.

“އައްދެ ހާދަ ހެވިލާފަ!… ކާކުތަ ގުޅީ؟ އަނެއްކާ މަލަކާތަ؟  ސިޓިންރޫމް ސާފުކޮށް ނިމިގެން ކޮޓަރިއަށް ވަންއިރު ނައީމް ފޯނު ނިއްމާލި ގޮތުން ސުވާލް ކޮއްލިއިރު ސާއިރާގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނުނެވެ. ” އާކިން ރާއްޖެ އައީ…އެއާޕޯޓުން ގެއަށް މިއަންނަނީއޯ…. ހާދަދުވަހަކަށް ފަހުއޭ އެސޮރުމިފެންނަނީ….ކުޑަޗުއްޓީއެއް ލިބޭތީ މިކޮޅައް ޖައްސާލަނީ….ސާއިރާ އަހަރެން ބޭނުމެއްނޫން ޒެފަން އާ ނޫމާ ގެ ކަންތައް އާކިން އަށް އިނގޭކަށް…އޭރުން އާކިން ވަރަށް ދެރަވާނެ ޒެފަންއަށްޓަކާ…ނޫމާއާ ދޭތެރޭ ކަންތައް ކުރާނެގޮތެއްވެސް ނޭނގެ….” ދެމީހުން ވާހަކަ ދެއްކިއިރު ދެންމެ ހިނގި ހާދިސާ މަތިން އެކަކުވެސް ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ.

މަޑު ފެހިކުލައަކުން ރީތިގޮތަކަށް ޑިޒައިން ކޮއްފައިވާ ފަނަރަބުރީގެ ބޮޑު އިމާރަތައް އާކިން ބަލަހައްޓައިގެން ހުރިއިރު، ފޮށިހިފައިގެން ލިފަޓައް އަރަންތައްޔާރު ވަނީއެވެ. ތިރީބައިގަ އެއްމެ ފެންވަރުގެ ފިހާރައެއް ހުރިއިރު، ދެވަނަ ބައިގަވަނީ ރެސްޓޯރެންޓެކެވެ. ދެންހުރި ބައިގަ އޮފީސްހުރިއިރު، ޖެހިގެންހުރި ހަތަރު ބައިވަނީ ނާއިމްމެން ދެމަފިރިން ނަށާ ކުދިން ބޭނުން ކުރުމަށެވެ. ބާކީ ހުރި 8 ބައި ވަނީ އެއްމެ ފެންވަރުގަ ގެސްޓުރޫމް ހަދާ ކުއްޔައްދީފައެވެ. ބަލާލާ ކޮއްމެ މީހަކަށް ގޭގެ ސެކިއުރިޓީ ވަރުގަދަކަން ހާމަވެގެން ދާނެއެވެ.

 

ދިހަވަރަކަށް މިނެޓް ފަހުން ނައީމްމެން ބައިގެ ސިޓިންރޫމްގެ ދޮރު ކުރިމަށްޗަށް އާކިން އެރުމާއެކު ދެފަރާތައް ކެހިގެންދިޔަ ބިއްލޫރި ދޮރުން އެތެރެއަށްވަނެވެ.

” އަހާ ހަމަ ދަރިފުޅުގެ އިންތިޒާރުގައޭ މިހުރީ…މިހާރު ހާދަ ސްމާޓް ވެއްޖޭ….އިސްތަށިގަނޑު ފަންކޮއްލާފަ، ދިގުކޮށްލީމަ ވަރަށް ގުޅޭ…..ދަރިފުޅުގެ އެޕާޓްމަންޓް ބަލާލާފަ މިއައީ…ދާންވީނު…” އާކިން ބޮލުގެ އިސްތަށިގަނޑު ހާވާލިއިރު ދެމަފިރިން ވަނީ ވަރަށް އުފާވެފައެވެ.

” މިފަހަރު ހުންނާނީ މަމްމަމެން ބައިގަ…..ދޮންބެ ދިޔަފަހުން ހަތަރު މަސްވަނީ….ދިޔަ ދުވަހު ގުޅާލި ގޮތައް ދިމާވެސް ނުވޭ….އަޅުގަނޑަށްވެސް ބިޒީކަމުން ފޯނުގަ އަތްލާނެ ވަގުތެއްވެސް ނުވޭ…އެހެންވެ ކޮންމެ ގޮތެއްހަދާފަވެސް މިފަހަރު މިކޮޅަށް މިއައީ……” އާކިން ގެ ވާހަކައިން މައިންބަފައިންނަށް ކުރާ އިޙްތިރާމް ފެނިގެން ދިޔައެވެ. ވަރުބަލި ވެފައި ހުރުމުން ކޮޓަރިއަށް ވަނުމުގެ ހުއްދަ އާއެކު ކޮޓަރި ޓައިލްމަތީ ފޮށިބެހެއްޓުމަށް ފަހު އެނދުމަށްޗަށް ބަނޑުން ވެއްޓިގަތެވެ.

ނޫ އާ ދޮންބެއާ މީ ކޮންކަމެއްބާ….ދޮންބެ ނުވެސްދައްކާ އެކަހަލަ ވާހަކައެއް……މަންމަމެންވެސް ނުބުނޭ އެކަހަލަ އެއްވެސް ވާހަކައެއް…އެހެންވެބާ މެލޭއަށް ދިޔަފަހުން ނޫ ވާހަކަ ނުދައްކަން ފެށީ…..އެއްގޮތަކަށް ނުވެސް ގުޅޭ….އެކަމު ނޫ ކޮންގޮތަކަށް ކަންތައްކުރީމަބާ ދޮންބެ ރާއްޖެތެރޭ ރަށަކަށް އެދިޔައީ…..އަދި މަންމަމެން ނޫއާ ވާހަކަދެއްކުން ހުއްޓާލީ….މާމަޔަށް އެނގޭނެ…މާމަ ކާރީ އަހާނީ މަންމަ މެންނޫޅޭ ގަޑިއަކު މާމާ ކޮޓަރިއަށް ވަދެ….އާކިން ވިސްނާވިސްނާ ސިކުނޑި ސުމަކަށް ދިޔައިރުވެސް އެއްވެސް އެއްޗެއް އޮޅުން ފިލާވަރެއް ނުވިއެވެ. އާއިލާތެރޭ އެކަހަލަ ބޮޑުކަމެއް ހިނގިއިރު އާކިންއަށް ނޭނގުމުން ވަރަށް ދެރަވިއެވެ. ނޫމާ އާ ބައްދަލު ކުރަން މާލެ އައިއިރު އަޑިނޭގޭ ފުންވަޅުގަނޑަކަށް ފުއްމާލެވުނު ކަހަލައެވެ.

ހަފްތާއެއް ވެގެން ދިޔައިރުވެސް މާމަ އާ ސުވާލު ކުރަން ނުކެރުނުތާ، ނޫމާ ހޯދަން ކުރި މަސައްކަތްވެސް ބޭކާރުވެގެން ދިޔައެވެ. މަންމަމެން ކިތަންމެ ލޯބިން ގާތްކޮށް އުޅޭއިރުވެސް، ނޫމާ އާ ބެހޭގޮތުން ސުވާލެއް ކޮއްފާނެތީ ޖެހިލުން ވާކަން މޫނުމަތިން ފެނިގެންދެއެވެ.

*************

ނޫކުލައިގެ މަޑު އަލިކަމަކުން މުޅިކޮޓަރިތެރެ ވިދާލާފައި ވާއިރު، އޭސީގެ ފިނިކަމުން ހަށިގަނޑު ރޫރޫ އަޅާގެން ދެއެވެ. އުނދަގޫ ގޮތަކަށް ލޯހުޅުވާލުމާއެކު ޒެފަން ފުއްމާގެން ތެދުވިއެވެ. އަވަސްއަވަހަށް ތައްޔާރު ވެލައިގެން ކާގެއަށް ވަނީ ޒޯޔާ އަތުން ކޮފީއެއް ބޯލުމަށެވެ. މިހަތަރު މަސްތެރޭ ދެމީހުންގެ ގުޅުން ރަނގަޅުވިޔަސް، އަދިވެސް ދެމީހުންގެ ޕާރސަނަލް ކަނަތައް އެކަކު އަނެކަކަށް ހިއްސާކޮއްފަކާ ނެތެވެ. ޒޯރާ ރުޅިއަރުވާލެވުމުން ޒެފަން ހިތަށް ހަމަޖެހުން ލިބޭއިރު، ދެމީހުންގެ ހިތުގައިވެސް ތަފާތު ވިންދެއް ޖަހާއިރު އެކަކު އަނެކަކަށް އެނގިދާނެތީ ޖެހިލުންވެއެވެ.

” މޯރނިންގ….ބިއުޓިފުލް…..ކޮފީބޯހިތުން މިއައީ….އައްދެ މިއަދު މާއަވަސް އަރުވާލާގެން ތިއުޅެނިއްޔޯ……ވަޓްސް ގޮއިން އޮން؟….” ކޮފީ ބޮމުން ދިޔައިރު ޒޯރާގެ ރީތިކަމަށް ހިތާހިތުން ތައުރީފް ކުރެވެމުން ދިޔައެވެ. ޒޯރާ އާ ދޭތެރޭ މިހާވަރަށް ވިސްނެނީ ކީއްވެބާ؟…..ކާރީގައި އުޅެން ބޭނުން ވާއިރު، ޒޯރާ ނުފެނުނަސް ހިތްހަމައެއް ނުޖެހޭ….އަނެއްކާ ޒޯރާ ދެކެ ލޯބިވެވުނީބާ…..އެކަމަކު މި ލޯބި ކުއްޖާ ފިރިހެނުންނަށް ހާދަ ނަފްރަތް ކުރެއޭ…..އެކަހަލަ ވާހަކައެއް ބުނާއިރަށް ބޮލަށް އަރާގަންނާނީ ކަންނޭގެ……އެކަމަކުވެސް އެހެންމީހެއްގެ ހައްގަކަށް ނުވެވޭނެ….ޒެފަން އެކިގޮތްގޮތައް ވިސްނަމުން ދިޔައިރު ޒޯރާ އަށް ލޯބި ހުށަހަޅާނެ ގޮތެއް ވިސްނަމުން ދިޔައެވެ.

” ހޫމް…މިއަދު މިއުޅެނީ ކޯހައް އެޕްލައި ކުރަންވެގެން….އެހެންވެ އަވަސް ކޮއްލަނީމި…ލާސްޓް އިޔާގަ މެނޭޖްމަންޓް ޑިޕްލޮމާ ނިމްނީ…އެހެންވެ މާސްޓަޑިގްރީ ފަށަންވެގެން ސެޕްޓެމްބަރގަ ކޯސް ފަށާނެ….. ޒޯރާ ވާހަކަ ދެއްކިއިރު ހުރީ ނިކަން ހަމަޖެހިފައެވެ. ޒެފަން ކައިރީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެއް އަލަށް ހިއްސާކުރެވުނަސް، ޒެފަން އާދުރަށް ދާންޖެހޭތީ ހިތްނުތަނަވަސް ވާހެން ހީވެއެވެ. އަބަދުވެސް ޒެފަން އާ ވަހަކަ ދައްކާ ހިއްވެއެވެ. މިހާރަކަށް އައިސް ޒެފަން އާ ދެތެރޭ ވިސްނެނީ ކީއްވެބާ؟ ޒެފަން ކާރީގަ ނެތިއްޔާ ދެރަވާއިރު،ގެއަށް ގޮސްއުޅޭއިރުވެސް ޒެފަން އަށް ގުޅާލެވެއެވެ.  އަނެއްކާ މެރީކޮއްގެން އުޅޭ މީހެއްގެ ފިރިއެއްބާ، ނޫނީ ކުއްޖަކާ ރައްޓެހި ވެގެންބާ އުޅެނީ….ޒޯރާގެ ވިސްނުން މިހިސާބަށް ދިއުމުން ޒެފަން އާ ދިމާލަށް ބަލާލުމަށް ފަހު ހިނިތުންވެލިއެވެ.

” އަސްލުތަ….ދެތިން އަހަރުން ދޯ މާސްޓަރ ނިމޭނީ….” ޒޯރާ ކޯސް ހަދަނީ މާލޭން ކަމުން ކުޑަ ހިތްހަމަ ޖެހުމެއް ލިބުނުއިރު، ތިން މަސް ފަހުން ވަޒީފާ މާލެއަށް ބަދަލުކުރަން ނިންމިއެވެ. މާލެ ދިއުމުގެ ކުރިން ޒޯރާދެކެ ލޯބިވާ ވާހަކަ ބުނަން ނިންމާގެން އަވަހަށް ޑިއުޓީއަށް ދާން ނުކުތެވެ.

ގޮނޑީގަ ޖައްސާލުމާއެކު ޒޯރާ އާމެދު ވިސްނަން ފެށުނެވެ. ޒޯރާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންބާ… އަނެއްކާ މަންމަ ޒޯރާ މަންމަ ގަބޫލް ވާނެބާ …..އެއްދުވަހަކު ދެއްކި ވާހަކައެއްގެ ތެރޭގައި ޒޯރާ މަންމަ ބުނާ ކޮންމެ ކަމެއް ކަމެއް ކުރާނެ ޒޯރާ ކުރާނެކަމަށް >>>>>>> ބުނި….ހިތުގެ މައްސަލައެއް ހުންނާތީ  މަންމަ ދެރަވާ އެއްވެސް ކަމެއް ނުކުރާނެކަމަށް ޒޯރާވެސް ބުނި….

ރޭގަނޑުގެ ކަނުއަނދިރިކަން މުޅި ޖައްވުތެރެ ވަށާލާފައި ވާއިރު، ކުއްލިއަކަށް ވިއްސާރަ އޮއްސައި ގަތެވެ. އިސާހިތަކު ޖެހި ގުގުރިއަކާއިއެކު މުޅިގެއިން ކަރަންޓް ކެނޑުނެވެ..ޒޯރާ ސިހިގެން ދިޔައީ ބާރުގަދަ ދެއަތުން އޭނާގެ ހަށިގަނޑުގައި ހިފައި ގަތުމުންނެވެ. ލިބުނު ސިހުމާއިއެކު އެމީހެއްގެ މޫނު ސިފަވޭތޯ ވަރަށް އުނދަގުލުން ފަހަތައް އެނބުރި ބަލާލުމާއެކު ގައިން ހީބިހި ނެގިކަހަލައެވެ. ޒޯރާއަށް ސިފަވީ ޒެފަންގެ ސޫރައެވެ. އިޙްތިޔާރަކާނުލާ އިތުރަށް ބޮނޑިވެލެވުނެވެ.

ވާރޭގެ ފެންތިކިތަކުން ސަލާމަށްވުމަށް އަވަސްއަވަހަށް ދުވަމުން ގެއަށް ވަދެ ބޮކިތައް ދިއްލާލުމާއެކު ޒެފަން ސިހުނީ ފެނުނު މަންޒަރަކުންނެވެ….

ނުނިމޭ……

6

4 Comments

  1. aik

    September 29, 2016 at 1:38 pm

    vv reethi..?

  2. Mari

    September 29, 2016 at 1:44 pm

    Grt job..varah habeyss

  3. Hassu

    September 29, 2016 at 1:44 pm

    Just loved it❤❤

  4. Saadha Abdhulatheef

    September 30, 2016 at 10:11 pm

    Very intresting

Comments are closed.