Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު 1

Rozy Level 210 Stories
September 29, 2016 10 Mins Read
21 Comments

 

ސިއްރު

މުސައްނިފާ : ރޯޒީ ޝަރީފް

29.09.2016

ނަސީބު ގެއަކީ އާންމު ގޮތެއްގާ ވަރަށް  ކާރޫބާރޫ ބޮޑު ގެއެކެވެ.  ކޮޅުކޮޅަށް ނޯކަރުން ހެލިފެލިވާ ތަނާ،ބައެއް އަންހެންވެރިން ފުނިފުންޏަށްޖެހިގެން ތިބެ ކޮންމެވެސް އޮލަވާހަކައެއް ދައްކާތަން ފެނެއެވެ. ހަމައެހެންމެ ފިރިހެންވެރިން ގޭތެރޭގެ ތަރުތީބު ބަދަލު ކުރާތީވެސް ފެނެއެވެ. ބައެއް އަންހެނުން ހެލިފެލިކަމާއެކު ކެއްކުމުގެ މަސައްކަތުގައި އުޅޭތަން ވެސްފެނެއެވެ.

ކޮންމެއަކަސް ނަސީބުގޭތެރޭ މިކަންތަށްގަޑު ފެނުމުން ކޮންމެވެސް ބޮޑުކަމެއް އެގޭތެރޭ ހިގަމުންދާ ކަންދެނެ ގަންނާކަށް މާއުދަނގުލެއް ނޫނެވެ. އާނއެކެވެ. ކަންތަށް ބޮޑުނުވާންވީ ކީއްވެތޯއެވެ. މިއަދަކީ އެގެޔަށް ދެއީދު ހަނދު ހަނދު އެއްފަހަރާ އައިސްގެން އުޅޭކަހަލަ ދުވަހެކެވެ. އާނއެކެވެ. އެގޭހުސްނާ އެއްމާބަޑު ދެބެއިން ވިހެއީއެވެ. ކަރީމް އާއި ހުސްނާ އިނދެގެން އުޅޭތާ ދިހަ އަހަރު ފަހުން އެދެމީހުންގެ ދެކެމުން  އައިހުވަފެން ސީދާވީއެވެ.

ކަރީމުއާއި ހުސްނާ ކައިވެނި ކުރިއިރު ކަރީމް އަކީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ.ކަރީމްގެ މިލްކީޔާތުގައި ވަނީ އަގުނުކުރެވޭ ފަދަ ގިނަ މުދާތަކެވެ. ކަރީމްގެ މައިންބަފައިން ނިޔާވީ ޝިގިއްލާ ރޯގާތެރޭ ގައެވެ. ހުސްނާ  ކަރީމްގެ ހަޔާތަށް އާއިރު ކަރީމް ހުރީ ކަރީމްގެ ހަޔާތުގެ ހުންގާނު ހަވާލު ކުރާނެ ރަގަޅު މާތް އަންހެނަކަށް ބޭނުން ވެފައެވެ.

ހުސްނާ އަކީ އާދައިގެ މެދުފަންތީގެ އާއިލާ އަކަށް އުފަންވި ސީދާ ސާދާ އަންހެން ކުއްޖެކެވެ. ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅުވެސް މެއެވެ. ރީތި އަންހެނެކެވެ. ބޭފުށުގެ ރީތިކަމާ އެއްވަރަށް ހުސްނާ އަކީ އަޙުލާގުވެސް ރަނގަޅު އަންހެނެކެވެ. ހުސްނާގެ ރަގަޅު އަޙުލާގުގެ ތައުރީފާއި މާތްކަމުގެ ވާހަކަ މުޅިހިސާބުގައި ދެކެވެމުން ދިޔައެވެ. ހުސްނާގެ ރަގަޅު ކަމާ މާތްކަމުގެ ވާހަކަ އަޑުއިވޭއިރަށް ކަރީމް އަވަސް ވީ ހުސްނާގެ ބައްޕަ ސަލީމުއާ ބައްދަލު ކުރުމަށެވެ. ލަދުވެތިކަމުން ފުރިފައިވާހާލު ކަރީމު ހުސްނާމެންގެޔަށް ދިޔައެވެ. އަސްލުގަ މިކަމަކީ ގޭގެ ބޮޑެތިމީހުން ކުރަންޖެހޭ ކަމެކެވެ. އެހެނަސް އޭނާގެ އެކަނިވެރިކަމުގެ ސަބަބުން މިފިޔަވަޅު އަޅަން އޭނާއަށް މަޖްބޫރުވީއެވެ.

“ސަލީމުބޭ އަޅުގަޑު މިއަދު މިގެޔަށް މިއައީ ސަލީމުބެގެ އަންހެން ދަރިފުޅު ހުސްނާގެ ކައިވެނިޔަށް އެދި ސަލީމުބެގެ އިއުތިރާޒެއް ނެތީޔާ.”

ކުއްވެރިޔަކު ފަދައިން އިސްދަށައް ޖަހާލަމުން ކަރީމް ހުސްނާގެ ބައްޕަގެ ފަރާތުން އެދުނެވެ.

ސަލީމު ހައިރާން ކަމާއެކު އޭނާގެ ކުރިމަތީ އިސްދަށައް ޖަހަލައިގެން ދެއަތް ދެއަތަށް އުގުޅާލަ އުގުޅާ ހުރި ކަރީމުގެ ބޮލުންފެށުގެން ފަޔަށް ބަލާލިއެވެ. ސަލީމު އަތުގެ އިށާރާތުން އިށީނުމަށް ކަރީމުއަށް ތަންދެއްކިއެވެ.

“ރުގިއްޔާ …. ރުގިއްޔާ ނިކަން އަވަހަށް މިފަރާތަށް އައިސްބަލަ..”

ތުރު ތުރުއަޅާ އަޑަކުން ސަލީމު އޭނާގެ އަނބި ރުގިއްޔާ އަށް ގޮވާލި އެވެ.

ރުގިއްޔާ ކުޑަކުއްޖަކު އުރައިގެން އައިސް ސަލީމުމެންގެ ކުރިމައްޗަށް ހުއްޓުނެވެ. އެކުޑަ ކުއްޖާ އޭރުވެސް ރޮމުން ގެންދިޔައެވެ. މާގިނައިން ރުއިމުގެ ސަބަބުން ކަންނޭގެއެވެ. އެކުޑަކުއްޖާގެ ނޭފަތުން ހުރީ އަރިދަފުސްފައިބާ މުޅި މޫނުގެ ސިފަ ބަދަލުވެފައެވެ. ކަރީމު އެކުޑަ ކުއްޖާ އާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ކިހިނެއްވީތަ މާބާރަށް ތިގޮވަނީ؟”

ހައިރާންކަމާ އެކު ކުރިމަތީ ހުރި ކަރީމްއާއި ދިމާލަށް ބަލާލަމުން ސަލީމު އާއި ދިމާލަށް ރުގިއްޔާ އެނބުރުނެވެ. ސަލީމު ކުރުގޮތަކަށް ކަރީމު އައިސް ހުރި ބޭނުން ރުގިއްޔާ އަށް ބުނެދިނެވެ. އުފާވުމުގެ ބަދަލުގައި ރުގިއްޔާ ގެ މޫނުން ފެނިގެން ދިޔައީ އުދާސްކަމާ ހާސްކަމެވެ.

ރުގިއްޔާ ގެ އިހްސާސްތަކުގެ ހަބަރު ނޭގިހުރި ސަލީމު ކަރީމު އާ ވާހަކަ ދައްކަމުން ދިޔައެވެ. ރުގިއްޔާ އެއޮތް ކާރީ ހުރިއިރުވެސް ސަލީމު އާ ކަރީމު ދައްކަމުން ދިޔަ އެއްވެސް ވާހަކަ އެއް އަޑެއް ނީވެއެވެ. އެންމެ ކުޑަމިނުން މަރިޔަންފުޅު އައިސް ރޮމުންގެންދިޔަ ކުޑަ ދަރިފުޅު ގެންދިޔަކަމެއްވެސް ރުގިއްޔާ އަކަށް ނޭގުނެވެ. އުރުގައި ކުޑަކުއްޖަކު އިންނަ އިރު އަތްހުންނަ ގޮތަށް ހަދައިގެން ރުގިއްޔާ ގެއްލިފައި ހުއްޓެވެ.

ކަރީމު ދިޔުމަށް ފަހު ސަލީމު ރުގިއްޔާ އާއިދިމާލަށް އެނބުރިލިއެވެ.

“ރުގިއްޔާގެ ހިޔާލަކީ ކޮބާ؟”

ސަލީމު ތެދުވަމުން ރުގިއްޔާ ކުރެން އަހާލިއެވެ.

“އެކަމަކު އަޅުގަޑުމެންގެ ހައިސިއްޔަތަކީ ކޮބައިތޯ؟ ކަރީމު އަކީ މާލޭގެ މުއްސަދިންގެ ސަފުގެ އެންމެ ކުރީގަ ހިމެނޭ ބޭފުޅެއް އަޅުގަޑުމެނާ އަރާ އަރަފޯދިގެންވާނީ ކިހިނަކުންތޯ؟”

” ރުގިއްޔާ، ކަރީމު އަކީ މާތް ފިރިހެނެވެ. އަހަރުމެންގެ ހުސްނާ ޔަށް މިފަދަ ފުރުސަތެއް ދެންލިބޭނެ ހެނެއް ހިޔެއް ނުވޭ ނިކަން ރުގިއްޔާ ގޮސް އެމަންޖެ ކައިރިން އަހާލަބަލަ އެމަންޖެގެ ހިޔާލު ހުރިގޮތް”

ރުގިއްޔާ، ހިމޭންކަމާ އެކު ސަލީމުގެ ވިޔާސާމާނުތަށް ނަގާ ސަލީމުގެ އަތަށްދެމުން ކުރިޔަށް ހިގާގަތެވެ.

ސަލީމުމެން ކާންބޯން ކުރާމަސައްކަތަކީ ވިޔެއުމެވެ. ކުނާވިޔާގެން ރަނގަޅު އާމްދަނީއެއްވެސް ސަލީމުމެންނަށް ލިބެއެވެ.

ހުސްނާ ބޯކިބާ އެޅުމުގައި މަޝްއޫލުވެފަ އިނެވެ. ހިނދު ކޮޅެއްވަންދެން ރުގިއްޔާ ހިމޭން ކަމާއެކު އޭނާގެ ރީތި ދަރިފުޅަށް ބަލަން ހުއްޓވެ. އަދި މަޑުމަޑުން ގޮވާލިއެވެ.

“ހުސްނާ ދަރިފުޅާ..”

ހުސްނާގެ ކޮޑުގައި ހިފާ ރުގިއްޔާ އާއި ދިމާލަށް އަނބުރާލަމުން ނުހަނު ލޯތްބާ އެކު ރުގިއްޔާ ގޮވާލިއެވެ.

“މަންމާ ކީކޭތޯ؟”

ރުގިއްޔާއާއި ދިމާލަށް އެނބުރިލަމުން ހުސްނާ އިސްދަށައް ޖަހާލިއެވެ.

‘މިއަދު މަންމަޔައް އިހްސާސްވެއްޖެ މަންމަގެ ކުޑަދަރިފުޅު ބޮޑުވެއްޖެޔޭ..މަންމަ ދެރަވަނީ މަންމަގެ ހުރި ހަމައެކަނީ ދަރިފުޅު މަންމަ މެނާ ވަކިވާންޖެހިދާނެތީ…”

ހިނިތުންވެލަމުން ނުހަނު ލޯތްބާއެކު ރުގިއްޔާ ހުސްނާ ގެ މޫނުގައި ހިފާ މައްޗަށް ނެގިޔެވެ. “ހުސްނާ ހާސްކަމާއެކު ރެޅިގަތެވެ.

“މަންމާ އަޅުގަޑު….ކީއްތޯ ކުރީ..”

“އޭއި ކަލޭ ނުކުރަނީ ކޮންކަމެއް؟ ކިހާއިރެއްތަ އަލިފާންގަޑު އަންދައިގެން ތިބޯކިބާ ގަޑު ހިފައިގެން އަންނާށޭ ގޮވާތާ. ”

ރުޅިވެރިކަމާއެކު ކުދިކިޔަމުން އައި މަރީނާ ބޯކިބާ އަޅަން ހަދާފަ ހުރިފުއްގަޑު ހިފައިގެން ހިގައިގަތެވެ. މިކަމާ ރުގިއްޔާއާއި ހުސްނާ ބާރަށް ހޭންފެށިއެވެ.

މަރީނާ ފަހަތަށް އެނބުރިލާފަ ތުންއޫކޮއްލާފަ ބުމަޔަށް ގޮތެއް ހަދާލަމުން ހިގައިގަތެވެ.

“މިކަންވެސް ނުވީއްޔާ ކުއްވެރިވާނީ މަށޭ އެހެންވެ މަށައްޖެއްސުންކުރަނީވެސް މަގޭދަރި ރޯއަޑު މަށައް މިހާރުވެސް އެބައިވޭ” މަރީނާ ދޮރާހަމަޔަށްގޮސް ހުއްޓިލާފަ ބުނެލިއެވެ.

ހުސްނާ އޭނާގެ މަންމަގެ މޭގައި ބޯއަޅާލިއެވެ. ރުގިއްޔާ މަޑުމަޑުން ހުސްނާގެ ދިގުއިސްތަށިގަޑުގައި ފިރުމާލިއެވެ.

“މިގެއިން އެހެން ގެޔަކަށް ދާންވެއްޖެއްޔާ ދަރިފުޅު ދެރަވާނެ ހެއްޔެވެ؟”

މަޑުމަޑުން އަނެއްކާވެސް ހުސްނާގެ ގައިގާ ފިރުމާލަމުން ރުގިއްޔާ ބުނެލިއެވެ.

“މަންމަޔަށް މިހާރު އަޅުގަޑާ ހެދީ އުނދަގޫވެސްވީތޯ؟” ކުޑަކޮއް ޅަވެލަމުން ހުސްނާ އޭނާގެ މަންމަޔާ ދުރައްޖެހިލިޔެވެ.

“ދަރިފުޅާ އެވެ ދަރިފުޅުގެ ކައިވެންޏައް އެދި ނަސީބުގޭ ކަރީމު އައެވެ ދަރިފުޅު މިކަމާ ބުނަނީ ކީކޭހެއްޔެވެ.”

މަންމަގެ މިވާހަކައިން ހުސްނާ ގެ މޫނު ލަދުން ރަތްވިއެވެ.

“ދެންމަންމަ ވެސް ދައްކަވާ ވާހަކައެވެ.”

ހުސްނާ ދުވެފަގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުތަންޑު އެޅުމައްފަހު ދޮރުގައި ލެގިލަމުން ލޯމަރާލިއެވެ.

އެންމެފަހުން އޭނާ މިގެޔަށް އައީއެވެ. އަހަރެންނާ ދިމާލަށް ބުނިފަދައިންނެވެ. ކޮންމެ ދުވަހަކު ބަށި ކުޅެން ގޮސް ހުންނަ އިރުއޭނާ އަހަރެންނައް ފާރަލައެވެ. އަދި މަރީނާ އަތަށް ދީ މާވެސް ފޮނުވިއެވެ. އެންމެ ފަހުން މިއަދު ސަހަރާކައިރިން ދަނިކޮއް ދިމާވެފަ މިގެޔައް އަނާނެވާހަކަ ވެސްބުންޏެވެ.

ހިތާހިތާ ހުސްނާ ވިސްނާލިއެވެ

. “މާތްކަލާކޯ އެވެ. އޭނާ މިގެޔަށް އައިއިރު ބޭރުގަ ނުހުރެވުނުކަން ނަސީބެކެވެ.”

ހުސްނާ އަމިއްލަޔަށް ކިޔާލިއެވެ.އަދި ހިނިތުންވެލި އެވެ. ލަދުވެތިކަމުގެ މާތްރައްކުލަ ހުސްނާގެ މޫނުން ފާޅުވެ އެގެންހުއްޓެވެ. ހުސްނާ ކަރީމު އާވަރަށް ގަބޫލުވިއެވެ.

ހުސްނާޔާ ކަރީމްގެ ކައިވެނި ވެގެންދިޔައީ ހިސާބުގަނޑުގެ ބައެއް އަންހެންކުދިންނާ ފިރިހެން ކުދިންގެ ހިތުގައި ކޫރުންއެޅިގެން ދިޔަކަމަކަށެވެ.

ކަރީމް އަކީވެސް ގިނައަންހެން ކުދިންގެ ހިތުގެތެޅުމަށް އޮތީވެފައެވެ. އެހެނަސް ކަރީމުގެ ހިތުގައި އަބަދުވެސް ރަސްކަނަ ކުރަމުން އައީ ހުސްނާ އެވެ.  މަރިޔާދުގޭ ވަފާވެސް މިކައިވެނީގެ ސަބަބުން ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރަންޖެހުނެވެ.

ކައިވެންޏަށް ފަހު ހުސްނާ ބަދަލުވީ ކަރީމުގެ ގެޔަށެވެ.

މިއަދުކައިވެންޏަށް ދިހަ އަހަރަށްފަހު ހުސްނާ އާއި ކަރީމުއަށް އެއްމާބަޑު ދެކުދިންލިބި މިއަދު އެދެމަފިރިންގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ. އެދެމަފިރިންގެ އުފަލުގައި މުޅި ހިސާބުގަނޑުގެ އެންމެންވެސް އަމަލީގޮތުން ބައިވެރިވިއެވެ

ހުސްނާޔާ ކަރީމްގެ ދެކުދިން ސާރާ ޔާ މުރީދު ބޮޑުވަމުން އައީ ހުސްނާޔާ ކަރީމުގެ ފުރިހަމަ ތަރުބިއްޔަތު ގައެވެ. ހުސްނާ ޔަށް އަތްގާތް ކޮއްލަދިނުމަށްޓަކާ ހުސްނާގެ މައިފުށު ބޮޑުދައިތަ މަރޔިމްފުޅު އެގޭގައި އުޅެމުންދިޔައެވެ.

އެނަމާ ބޯޓް ފެތުމުގެ ހާދިސާގައި ހުސްނާގެ މައިންބަފައިންވަނީ ނިޔާވެފައެވެ.މަރިޔަމްފުޅު ކުރީގަ އުޅެމުން އައީ ހުސްނާގެ މަންމަ މެން ކާރީ އެގޭގައެވެ. އެހިތިހާދިސާއަށްފަހު މަރިޔަންފުޅު ނަސީބުގެއަށް ގެނައީ ހުސްނާއެވެ.

ސާރާޔަށް އުފެދުމުގައިވެސް އޭނާގެ މަންމަގެ ރީތިކަން ވަނީ ލިބިފައެވެއެހެނަސް ސާރާޔަކީ ލޯފަން ކުއްޖެކެވެ. ޑޮކްޓަރުން ބުނާގޮތުންވެއްޖެއްޔާ ސާރާގެ އުމުރުން ބާރަވަރަކަށްއްހަރުވާއިރު ލޮލުގެ ފެނުންވެސް އެކަށީގެންވެއެވެ. އެހެންނޫނީ ޖެހޭނީ އޮޕަރޭޝަންއެއް ކުރާށެވެ އެކަމަކު އެވެސް ސާރާގެ އުމުރުން ބާރައަހަރުފަހުންނެވެ.

މުރާދު އަކީ އިރާދަކުރެއްވީތީ ވަރަށް ސިއްހަތު ރަނގަޅު ކުއްޖެކެވެ. .ހުސްނާއޭނާގެ ރީތިދެކުދިންނަށް ބަލާލާފަހީލިއެވެ.ލޯއަނދިރިވިޔަސް ހުސްނާ ސާރާ އާއިމެދު ފަޙުރުވެރިވެއެވެ، މިހާރު އެދެކުދިންގެ އުމުރުންވެސް  6 އަހަރުވީއެވެ. އެއްދުވަހުގެ ހޫނު މެންދުރެކެވެ. މުރާދު ހަމަ މޫދަށް ދާން ރޮނީއެވެ. އެންމެފަހުން ގޮތްހުސްވެގެން މަރިޔަމްފުޅާ ހަވާލުކޮށް މުރާދު މޫދަށް ފޮނުވަން ހުސްނާ އެއްބަސްވިއެވެ.

“މަރިޔަމް ދައިތާއެވެ. ނިކަން މިސޮރު މޫދަށް ގެންގޮސްދީބަލާށެވެ އަބަދު އެހެން ކިޔަނީވިއްޔާއެވެ. އެކަމަކު ލަސްނުވެ އަންނާތި އިގޭއެވެ.”

ހުސްނާ މުރާދު ގޮވައިގެން މޫދަށް ދިއުމަށް ހުއްދަ ދިނުމުން މުރާދު އުފަލުން ވަރެއްނެތެވެ. ފުމެމުން ބޭރަށް   ނިކުތެވެ.

“ބައްޕީއެވެ މަންމަ އަޅުގަނޑު މޫދައް ދާން ހުއްދަދެއްވާފިޔެވެ.ބައްޕިޔަށް ގާކޮޅުގެނެސްދޭނަން އިގޭއެވެ.”

މުރާދު މެދުގޭތެރޭއިން ކަރީމުގެ ގައިގާ އޮޅުލައިގެން ހުރެނުހަނު ލޯތްބާއެކުބުނެލިއެވެ. ކަރީމުވެސް މުރާދު ނަގާ އުގުމަތީބޭންދިއެވެ.އަދިބުނެލިއެވެ.

“އެކަމަކު މާލަސްނުވާތިއިނގޭއެވެ. ކޮއްކޮ ނެތީޔާ ބައްޕިޔާ އެކު ކުޅޭނެ ކުއްޖެއްވެސް ނުހުންނާނެއެވެ.”

“ނޫން، ބައްޕިޔާ އެކު ކުޅޭނަން ސާރާ ދޯމަންމީ”

ހުސްނާގެ އަތުގައިހިފައިގެން މެދުގޭތެރެއައް ވަން ސާރާވެސް އޭނައުޅޭކަން އަންގާލިއެވެ މިކަމާ ހުސްނާޔާ ކަރީމު އެކަކު އަނެކަކަށް ބަލާލާފަ ހީލިއެވެ. ކަރީމު އަވަސްއަވަހަށް ސާރާނަގާ މެޔާލާފިއްތާލިއެވެ.

“ދޮގެއްނޫނެވެ މަގޭ ރާނީ މިހީރީނުދޯއަދި”

ކަރީމު ދެކުދިންނާލޯބިކުރިއެވެ.

“ކާންހަދައިފަ މިއައީ ހިންގަވާ”

ހުސްނާ ކުދިން ކަރީމުއާއި ދުރައްލަމުން ބުނެލިއެވެ. ކަރީމު ހުސްނާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ކާގެއާދިމާލައް ހިގާގަތެވެ.

“ހަސަދަ ވަނީދޯ. އަހަރެން ކުދިންނާ ލޯބިކޮށްލީމާ”

ކަރީމު ގުދުވެލާފަ ހުސްނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

ހުސްނާ ލަދިވެތިކަމާއެކު ނޫނެކޭ ބުނާގޮތަށް ބޯހޫރާލިއެވެ.

މުރާދު މޫދަށް ދެވުމުން ހީވީއެހެންފަދަ ކަމެއްހެނެވެ. މަރިޔަމްފުޅުވެސް އާޓިފިޝަލް ބީޗުން ރައްޓެހި ދެއަންހެނުންނާ ދިމާވެގެން  ވާހަކަ ދައްކަން އެތާހުންނަ ބެންޗުގައި އިށީނެވެ. އިރުކޮޅުކޮޅާ. މަރިޔަމްފުޅު މޫދާދިމާލަށް ވެސް ބަލާލައެވެ.

“މަރިޔަމްފުޅު މިހާރު ހާދަ ކަންޖޫސް ވެއްޖެޔޭ. ފިލްމެއް ބަލާލާކަށްވެސް ނުދޭ.ރޭގަވެސް ހާދަފޯރިއެއް ގޯޅިކަންމަތީ ހުއްޓޭ. މަރިޔަންފުޅާ އުޅޭ ފުޅިބޯންދޭން މިއަދަކު ސަލާމަތެއް ނުވާނެ ދޯ ހަރީރާ؟”

ޝާހިދާޔާ ހަރީރާ މަރިޔަމްފުޅާ ދިމާކުރަންފެށިއެވެ.

މަރިޔަމްފުޅު ވެސް އެމިހުންގެ ބަހަށް ހެއްލި ކާރީ ހުރި ކަޑަޔަކާ ދިމާލަށް މިސްރާބު ޖެހިއެވެ. އިރުގަޑެއްކޮއްލާފަ މަރިޔަމްފުޅު މެންކުރިން އިށީދެ ތިބިތަނައް އައެވެ.

މަރިޔަމްފުޅު މޫދާދިމާލަށް ބަލާލިއެވެ. މުރާދު ފެންނާކަށް ނެތެވެ މަރިޔަމްފުޅާ އޭނާގެ އެކުވެރިން ތެޅިގަތެވެ. ހޯސްލާފަ މަރިޔަމްފުޅު ގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. ހަރީރާ އަވަހަށް ގޮސް ސިފައިންގެޔަށް ހަބަރު ކުރިއެވެ.މަރިޔަމްފުޅު ބިރުވެރިކަމާ ހިތާމަވެރި ހާލު ގެއަށްގޮސް މިހަބަރު ގެއަށް ދިނެވެ. ގޭގަ ހީވީ ހިތާމައިގެ އާފާތެއް ކުރިމަތިވީހެނެވެ.

ހުސްނާ ޔަށް މިލިބުނު ހަބަރު ބަރުދާސްތު ނުކުރެވުނެވެ. އަނބުރައިގަނެގެން ވެއްޓުނެވެ. ކަރީމުގެ ހާލުވެސް ވަކިދެރައެއް ނޫނެވެ. ބޮލުގައި ދެއައްއަޅައިގެން ދެކަކޫމަށްޗަށް ތިރިވެވުނެވެ. ގޭގައި އެވަގުތު އޭނާގެ ރަހްމަތްތެރި ހާލިދާގެ ދެމަފިރިން ތިބީ ހަމަ ނަސީބަކަށެވެ. ހާލިދާއަވަސް އަވަހަށް ވެއްޓިފައިވާ ހުސްނާގެ ކައިރިޔަށް ދިޔައެވެ.

“ނަސީމް އަވަހަށް ކަރީމު ގޮވައިގެން ހެދިގޮޑުދޮށައް ދޭބަލަ. އަހަރެން ހުސްނާ ގޮވައިގެން ހޮސްޕިޓަލަށް ދާނަން. ރުކްޝާނާ، މަރިޔަމްފުޅާ އަވަހަށް ހިގާދެންވެސް ހުސްނާ ހޮސްޕިޓަލަށް ގެންދެވޭތޯ. ޒައިނަބު ކަލޭ ސާރާ ކަނބުލޮ ކާރީ ގޭގަ މަޑުކުރޭ. އެއްވެސް ހަބަރެއް ވެއްޖިއްޔާ އަހަރެންނަށް ގުޅާތި.”

ހާލިދާ ފައްޗެއް ހެން އެންމެނައް މަސައްކަތް ހަވާލުކޮއްލިއެވެ.

އޭރުވާނުވާ ނޭގި އިން ސާރާ ރޮއިނަގައެވެ. ޒައިނަބު ސާރާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“ޒައިނަބުދައްތާއެވެ. މަންމަޔައްވީ ކީއްހެއްޔެވެ؟ މަންމި ކާރިޔަށް ކޮއްކޮ ގެންދެބަލާށެވެ.”

“ދަރިފުޅާއެވެ.އިހައްހިމޭންވާށެވެ. މަންމި ކާރިޔަށް ޒައިނަބުދައްތަ ކޮއްކޮ ގެންދާނަމެވެ”.

 

ޒައިނަބު ފިސްވެފައިވާ އަޑަކުންބުންޏެވެ. ޒައިނަބު މިހެންބުނުމުން ސާރާ ހިމޭނުން އިނެވެ.

ހާލިދާ ހުސްނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ނަސީމު ކަރީމު އާއެކު ހެދިގޮޑުދޮށައް ދިޔައެވެ.

ހެދިގޮޑުދޮށުގައި މީހުންތައްއޮތީ ތޮއްޖެހިބާރުވެފައެވެ. ބައެއްމީހުން ކަރީމުފެންނައިރައް ކާރިޔައްއައިސް ހިތާމަފާޅުކުރިއެވެ.

“ކަރީމުއެވެ. ހިއްވަރުކުރާށެވެ. މިއީވެސް އިމްތިހާނެކެވެ. ކެތްތެރިވާންޖެހޭނެއެވެ.”

ފަރުހާދު ކަރީމުގެ ކޮނޑުގައި އަތްބާއްވަލަމުން ބުނެލިއެވެ. ފެންކަޅިވެފައިވާ ކަރީމު ބޯޖަހާލިއެވެ. ތެދެކޭ ބުނާއުސޫލުންނެވެ.

“މިއޮތީފެނިއްޖެ. މާބާރަށް މޫދުގައި އޮތްމީހަކު ގޮވާލިއަޑަށް ހުރިހާއެންމެންގެ ސަމާލުކަން އެދިމާލަށް ދިޔައެވެ.

ހުދުއަސްރުމާގޭ ހަމީދު ކުޑަކުޑަ މުރާދުއަތްމައްޗަށް ނަގައިގެން އަންނަނީއެވެ.

“ނޭވާ އެބަލައިތަ؟” އެއްވެ ތިބިމީހުންގެ ތެރެއިން އެކަކު ގޮވާލިއެވެ.

“އާނ ކޮންމެވެސް ވަރަކަށް އެބަލަޔޭ” ހަމީދު ކަރީމުކާރިޔައް ޖެހިލަމުން ބުނެލިއެވެ.

“ދަރިފޅާ މަގޭ މުރާދު ލޯހުޅުވަބަލަ. ބައްޕި ދޫކޮއްފަ ނުދާތި.”

މުރާދުގެ ގައިގެ އެތައް މިތާ ބޮސްދެމުން ކަރީމު ރޮމުން ހަޅޭއްލަވަމުން ދިޔައެވެ. ނަސީމު އަވަސް އްވަހަށް ކަރީމު ހިފެހެއްޓިއެވެ. ކަރީމުބިރުގެންފަވާ ކުޑަކުއްޖެއް ފަދައިން ނަސީމުގެ ގައިގާ ބައްދައިގަތެވެ.

‘ނަސީނު….އެސޮރު އަހަރެން….ނާ ވާހަކަ..ނުދެއްކިޔޭ މާތްކަލާކޯ………”

“ކަރީމު ކެއްކުރޭ.. އެކަލާންގެމަތިން ހަނދާންކުރޭ އިރާދަ ފުޅުކުރެއްވީޔާ ހުރިހާކަމެއަވެސްދާނީ ރަނގަޅަށް. ހިނގާ އެސޮރު  ގޮވައިގެން ހޮސްޕިޓަލަށްދަމާ.

ހަމީދު އެސޮރުގޮވައިގެން ކާރަށް އަރާ ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ ފުރިހަމަ ސުޕީޑުގައެވެ

އެމީހުންނައް ހޮސްލިޓަލަށް ދެވުނުއިރު  ހޮސްޕިޓަލުގައިވެސް މީހުންތައް އޮތީފުރިބާރުވެފައެވެ. އެއީދިވެހިންގެ އާދައެވެ ކަމެއްވެއްޖިއްޔާ  ކަމާނުބެހޭ މީހުން އޮންނާނީ އެތަނެއްގާ ފުރިބާރުވެފައެވެ. ހާލިދާ ވެސްހުރީ ހުސްނާގޮވައިގެން ގޮސް ހޮސްޕިޓަލުގައެވެ.ޑޮކްޓަރުންގެ މިންނެއްމަސައްކަތުން ހުސްނާގެ ހާލު އައީ ރަނގަޅުވަމުންނެވެ. ކަރީމުމެނަށް އާދެވުނު އިރު ހުސްނާޔަށް އޮތީނިދިފައެވެ.

‘ހާލިދާއެވެ ހުސްނާގެ ހާލު ކިހިނެއްހެއްޔެވެ؟’

އެމެޖެންސީ ޑިޕާރޓްމަންޓުން ހާލިދާމެން ފެނިގެން ނަސީމު ސުވާލު ކުރިއެވެ.

“ހުސްނާ ކޮންމެވެސް ވަރަކަށް ރަގަޅެވެ. އެސޮރު ކިހިނެއް ހެއްޔެވެ.”

ހާލިދާވެސް ނަސީމު އާގާތަށް ޖެހިލަމުން މަޑުމަޑުން އަހާލިއެވެ.

“ޑޮކްޓަރުން އެބައުޅުއްވާ އެކަމާވެސް ކަރީމު އެބަހުރި ކާރީގަ މިހާރު މަވެސް މިދަނީ އެދިމާލަށް”

ޑޮކްޓަރުން ވަގުތުން މުރާދުއަށް ފަރުވާދޭންފެށިއެވެ.

މެންދުރަކާ ގާތްވެގެން އައިރު ހުސްނާޔަށް ތެދުވޭވަރުވެއްޖެއެވެ.

“ހާލިދާ އެވެ. މަގޭ ދަރިފުޅު ކޮބައިހެއްޔެވެ؟ އަހަރެން އެސޮރުކައިރިޔަށް ގެންދާށެވެ. ހާލިދާއެވެ”

ހުސްނާ މޫނުގަދެއަތް އަޅާފަ ބާރަށް ރޮއިގަތެވެ. މަންމަ އެއްގެ ހިތުގެ ހާލަތު ފެނިފާ އެވަގުތު އެތާތިބި އެންމެންގެ ލޮލުން ކަރުނަ ހިލުނެވެ.

“މަންމާ އެވެ..”

ކުޑަކުއްޖެއްގެ އަޑުން ހުސްނާޔާ ހާލިދާ ސިހިފަ އެނބުރިލިއެވެ.

” ސޫރަޖް ދަރިފުޅާއެވެ. ދަރިފުޅު އައީ ކޮންއިރަކު ހެއްޔެވެ.؟”

ހާލިދާ އޭނާގެ ދަރިފުޅު ގެ ބޮލުގައި ފިރުމާލިއެވެ.

އުމުރުން ފަސްއަހަރުގެ ސޫރަޖް އަކީ ހާލިދާ އާއި ނަސީމުގެ ހަމައެކަނި ދަރިފުޅެވެ. ސޫރަޖް 5 އަހަރު ސާރާ މެނަށްވުރެ ބޮޑެވެ.

“މަންމާ އެވެ. އަޅުގަޑު އައީ އެކަނި ނޫނެވެ. ސާރާޔާވެސް އެކުގައެވެ. ބޭރުގަ އެބަހުއްޓެވެ.

‘އެހެން ހެއްޔެވެ. މަގޭ ސާރާކޮބައިހެއްޔެވެ. ހާލިދާއެވެ.އެމަންޖެ މަގޭ ކާރިޔަށް ގެނެސްދޭށެވެ.”

“ސޫރަޖް ދަރިފުޅާއެވެ. ގޮސް ހުސްނާ ކޮއްކޮ ގޮވައިގެން އަންނާށެވެ. ”

ހުއްދަ ލިބުނު ކަމެއް ނޭގެއެވެ. ބަނޑިއެއް ލައްވާލާފަ ސޫރަޖް ދުއްވައިގަތެވެ. އަދި ސާރާގެ އަތުގަހިފާލައިގެން ހާލިދާމެން ކައިރިޔަށް އައެވެ. އެމީހުންނާއެކު ޒައިނަބުއާއި މަރިޔަމްފުޅުވެސް އެތެރެއަށްވަނެވެ.

އެމެޖެނަސީ ޑިޕާރޓްމަންޓަކީ މާގިނަ މީހުންނައް ވަދެނުތިބެވޭ ޑިޕާރޓުމަންޓަކަށް ވާތީކަންނޭގެއެވެ. ނަރުހުން ކޮންމެވެސް ވަރަކަށް އެދިމާލަށް ބަލާލިއެވެ. އެހެނަސް ވަގުތުގެ ނާޒުކުކަމަށް ބަލާފަ ކަންނޭގެއެވެ. އެއްވެސް އެއްޗެކޭއެމީހުންނުބުނެއެވެ.

“މަގޭ ދަރިފުޅާ ސާރާއެވެ. މަންމަ ކައިރިޔަށް އަންނާށެވެ. މަންމަގައިގާ ބައްދާލަދޭށެވެ. މަންމަޔާ ދުރައްނުދާށެވެ. މަންމަ މޮޔަވެދާނެއެވެ.”

ހުސްނާ ރޮމުން ސާރާގައިގާ ބައްދަމުން ބޮސްދެމުން ދިޔައެވެ. ހަލިދާވެސް ފެންކަޅިވެ ބަސްހުއްޓިފައިހުއްޓެވެ. އެވަގުތު ނަސީމު ވެސް އެމީހުންކައިރިޔައް އައިސް ހާލިދާގެ ކޮނޑުގައި އަތްބާވާލިއެވެ

” ހާލިދާ އެވެ. ހުސްނާގޮވައިގެން ކުޑަކުދިންގެ ވޯޑަށް ދާށެވެ. އެސޮރު އަދިވެސް މުޅިއަކުން ހޭނާރައެވެ. މަމިދަނީ އެސޮރުގެ ބޭސް ނަގާށެވެ. ” ނަސީމު ދިއުމުން ހާލިދާ ހުސްނާމެންގޮވައިގެން ކުޑަކުދިންގެ ޕުރައިވެޓ ވޯޑަށް ދިޔައެވެ.

ހާލިދާ ޔަށްވެސްމުރާދު އޮތްގޮތްފެނުމުން މޫނުގައި އަތް އެޅުމަށްފަހު ބާރަކަށް ރޮއިގަނެވުނެވެ. މިއޮތްހާއިރު ހިއްވަރު ކުރި ހާލިދާއަށްވެސް އެސޮރު ފެނުމުން ބަޑިފަޅައިގެން ދިޔައީއެވެ. ހުސްނާ އަށްވީ އެހެންގޮތެކެވެ. މުރާދުގެ ގައިމައްޗަށް ވެއްޓިގަނެވުނީއެވެ.

“މަގޭ ދަރިފުޅާއެވެ… ލޯހޫޅުވާށެވެ.ޢާދޭސް ކުރަމެވެ. އިރާދަކުރެއްވީޔާ ދަރިފުޅަށް އެއްވެސް ގޮތެއްނުވާނެއެވެ.”

“އާނއެކެވެ ހުސްނާއެވެ. އަހަރެމެންގެ ދަރިފުޅަށް އެއްވެސް ދެރަގޮތެއް ނުވާނެއެވެ.”

ކަރީމުހުސްނާގެ ގައިގާ ހިފަހައްޓާލަމުން ބުނެލިއެވެ.

“ކަރީމުއެވެ. މިވީ ކީއްތޯއެވެ؟ ކުއްވެރިޔަކީ އަޅުގަޑެވެ، އަޅުގަޑަށް މާފު ކުރައްވާށެވެ” ރޮމުން ގިސްލަމުން ކަރީމުގެ ގައިގާ އޮޅޫލައިގެން ހުރެ ހުސްނާ ބުނަމުން ދިޔައެވެ.

” ހުސްނާއެވެ. ކެއްތެރި ވާށެވެ ﷲ ވެސް ވޮޑިގެންވަނީ ކެއްތެރީންނާއެކުގައެވެ.”

ކަރީމު ހުސްނާގެ ބޮލުގައި ފިރުމާލަމުން ނަސިހަތްދީ ހިއްވަރުދިނެވެ.

ފިރިމީހާގެ ލޯތްބާއަޅާލުމާއި އޯގާތެރި ބަސްތަކަކީވެސް ހިތާމަވެރި ވަގުތުތަކުގައި ކިހާބޮޑު ފަރުވާއެއްކަން މިއަދު ހުސްނާޔަށް އިހުސާސް ވިއެވެ. ކައިވޭނީގެ ފަހުން ދިމާވި ކޮންމެ ހާދިސާއެއްގައި ކަރީމު ހުރީ ހުސްނާޔާ އެކުގައެވެ. ދުވަހަކުވެސް ދެކޮޅުހަދާފަ ދެރައެއްނުކުރެއެވެ އަބަދުވެސް ހިތްވަރުދިނެވެ. ފުރަތަމަ ހާދިސާ އެނަމާބޯޓު ފެތުމުގެ ހާދިސާގައި މަންމަމެން ނިޔާވި ވަގުތުވެސް މިފަދައިން ކަރީމު ހުސްނާޔާ އެކުގާވިއެވެ. އަދި ދަރިޔަކުނެތި ހިތާމަ ކުރިއިރު އެތައް ހިއްވަރެއް ދިނެވެ ދަރިން ދެއްވަނީ ﷲ ކަން ހަނދާން ކޮއްދިނެވެ. ދެމަފިރިން އެކުގާ ނަމާދުކޮއް އެކަލާންގެ ހަޒުރަތަށް ދުއާ ކުރިއެވެ.އޭގެ ބަދަލުގަ މާތްﷲ އެމީހުންނަށް ދެކުދިން އެއްފަހަރާދެއްވިއެވެ. މިއަދުގެ މިހާދިސާވެސް ކަރީމު ހުސްނާ ޔަށް ހިތްވަރު ދެނީއެވެ. އޭނާގެ ހިތުގެ އުދާސްތައް ފޮރުވައިގެނެވެ.

ހުސްނާކުޑަކޮއް ހަމަޔަކަށް އެޅުނެވެ. އަދި މަޑުމަޑުން ގޮޑީގައި އީށީނެވެ.

” އަޅުގަޑަށް މާފު ކުރާށެވެ. މިހުރިހާ ކަމެއް މިވީ އަޅުގަނޑުގެ ސަބަބުންނެވެ.”

ހުސްނާގެ ފައިކާރީ އިށީދެ ފައިގާ އޮޅުލައިގަންނަމުން މަރިޔަމްފުޅު އާދޭސް ކުރިއެވެ.

“މަރިޔަން ދައިތާއެވެ. ތެދުވާށެވެ. އޭގައި މަރިޔަން ދައިތަގެ ކުށެއް ނެތެވެ. އިންސާނުންނައް ކަންތައް މެދުވެރި ކުރައްވަނީ މާތްﷲ އެވެ. މުރާދުއަށް ހެޔޮ ދުއާ ކޮއްދޭށެވެ.”

ކުއްލިއަކަށް މުރާދު ކެއްސަން ފެށިއެވެ. ހުރިހާ އެންމެންގެ ސަމާލުކަން އެދިމާލަށް އެނބުރުނެވެ.

“ދަރިފުޅާއެވެ..މުރާދު އެވެ. މަންމަގެ ލޯބިވާ ދަރިފުޅާއެވެ….”

ހުސްނާ ކެއްތެރިކަން ކުޑަވެފަ ހުރެ މުރާދުގެ ގައިގާ އޮޅުލަމުން ދިޔައެވެ. ނަސީމު އެވަގުތު ޑޮކްޓަރު ގެނައެވެ.

” އިހަށް ހުރިޙާ ބޭފުޅުން ބޭރަށް ވަޑައިގަން ނަވާށެވެ.”

ޑޮކްޓަރ ކަރީމުއާއި ހުސްނާ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ހުރިހާ އެންމެން ބޭރަށް ނިކުތެވެ. ގާތްގަޑަކަށް ގަޑިޔެއް ހާއިރު ކޮއްފަ ޑޮކްޓަރ ހިނިތުންވެ ހުރެ ދޮރުހުޅުވިއެވެ. އެވަގުތު ބޭރުގަ ތިބިމީހުން ތިބީ ވާނުވާ ނޭގި ކޮޅުކޮޅަށް ހިގާލަ ހިގާލަ އެވެ. ހުސްނާ ހުރީ ހާލިދާގެ ގައިގާ ތައްވެގެންނެވެ.

“މަރުހަބާއެވެ. ތިހާލޯބިވާ ބައެއްގެ ދުއާ މާތްﷲ އިޖާބަ ކުރައްވައިފިޔެވެ. މިހާރު މުރާދު އާއި ބައްދަލު ކުރައްވާށެވެ.”

ހުރިހާއެންމެންގެ ލޯ އުފަލުން ވިދައިގަތެވެ. ހުސްނާ ދުވެފައި ގޮސް މުރާދު ބާއްވާފަ އޮތްކޮޓަރިއައް ވަނެވެ. އެހެން މީހުންވެސް ހުސްނާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.

ވަރުބަލިކަމާއެކު ލޯހުޅުވައިގެން އެހެނަސް ހެވިފައޮތް މުރާދު ފެނުމާއެކު ހުސްނާ ލޯތްބާއެކު ޝަކުވާ ކުރަން ފެށިއެވެ.

“ގޮސްގެން ނުވާނެއެވެ. މީގެފަހުން ދުވަހަކުވެސް މޫދަށް ގޮސްގެން ނުވާނެއެވެ. އަޑުއިވިއްޖެހެއްޔެވެ.”

މުރާދުގެ ގައިގާ ބައްދާލައިގެން އިށީދެ އިނދެނުހަނު ލޯތްބާއެކު ހުސްނާ މުރާދަށް ހަޅޭއްލިއެވެ.އެހަޅޭކުގައި މައެއްގެ ލޯބީގެ އަސަރު ވެއެވެ. އޯގާތެރިކަން ވެއެވެ.

ކަރީމު ވެސް މުރާދުގެ ބޮލުގައި ފިރުމާލިއެވެ. މުރާދު މަޑުމަޑުން ކަރީމު އާދިމާލަށް އެނބުރުނެވެ. އަދި އިޝާރާތުން ކަރީމު އޭނާގެ ކައިރިޔަށް ގެނައެވެ. އަދި ސިއްރު ސިއްރުން ކަރީމުގެ ކަންފަތް ކާރީ ބުންޏެވެ.

“ބައްޕީ އެވެ. އަދި ކޮއްކޮޔަށް މޫދައް ދެވޭނެ ދޯއެވެ.”

ހުރިހާ އެންމެން މިކަމާ ހޭންފެށިއެވެ ހުސްނާ ހާލިދާގެ ދެމަފިރިންނާ ދިމާލަށް ޝުކުރުވެރިކަމުގެ ނަޒަރަކުން ބަލާލިއެވެ.ހާލިދާވެސް ހިނިތުންވެލަމުން އައިސް މުރާދުއާ ކަރާކަރުޖައްސާ ސަލާމް ކުރިއެވެ.

މިއަދު އެއްހަފުތާވަންދެން ހޮސްޕިޓަލުގައި އޮތުމައްފަހު މުރާދު ގެއަށް ފޮނުވިއެވެ.

މިކަމާ އެންމެ ބޮޑަށް އުފާފާޅުކޮއްފަ އުޅެނީ ސާރާ އެވެ.

އަނެއްކާވެސް މުޅި ނަސީބުގެ ހީވަނީ އަލަތު ކައިވެންޏަކަށް ތައްޔާރުކޮއްފައިވާ ތަނެއްހެންނެވެ. މުޅުގޭތެރެ ފުރިފާވަނީ އުފާވެރިކަމުގެ ކުލަވަރުންނެވެ. ކަރީމު އޭނާގެ މަރުން ސަލާމަތްވި ދަރިފުޅައްޓަކާ ހަރަދުކޮއްލީ އެއްވެސް ބަލާލުމެއް ނެތިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. މުރާދުއާ ސާރާއަކީ އެދެމަފިރިންގެ ތިބިހަމަ އެކަނި ދެފުރާނައެވެ.

މަރިޔަމް ފުޅު ވެސް ހީވަނީ އުދުހެމުންދާ ދޫންޏެއް ހެންނެވެ. އެކިފަރާތް ފަރާތަށް ހެލިހެލިވާއިރު ޅަކުއްޖަކަށް ވުރެ މާޒުވާންހެން ވެސް ހީވެއެވެ.

އަނގަ ހަލުއިވެފައި މީހުންކާރީ ކަންތަކަށް އަމުރު ކުރާލެއް އަޑުހަރެވެ. މިކަމާ މަސައްކަތު ތިބި އަންހެން ވެރިންވެސް މަރިޔަމްފުޅަށް ހަޖޫ ކިޔަމުން ދިޔައެވެ.

“މަރިޔަމްފުޅާއެވެ. މިއުފާވެރި ވަގުތު ނިކަން މަރިޔަމްފުޅުގެ އަޑުން ލަވައެއް ކިޔާލަދީބަލާށެވެ. މަރިޔަމްފުޅަކީ ލަވަކިޔާ މީހެއްކަން ހާލިދާ އޮތީ އަހަރެމެން ކާރީ ބުނެފައެވެ.”

ރިޒާނާ އެންމެންގެ ތެރެއަށް ނިކުމެ ހުރެ މަރިޔަމްފުޅުގެ ބޮޑުސިއްރުގެ ވާހަކަ ގޮވާލިއެވެ. ދެނަކާ ދެނެއް ނެތެވެ. ހުރިހާ އަންހެންވެރިން ހީވީމަރިޔަމްފުޅުގެ ބޮލަށް އަރައިގަތް ހެނެވެ.

“ނާ. ހަމަތެދެއް ހެއްޔެވެ. ފުޅާއެވެ. މިއަދު ބުޅާމިއޮތީ ގޯނިންބޭރުވެފައެވެ. ދެނެއް ސަލާމަތެއް ނުވާނެއެވެ”.

”ފުޅާއެވެ. މިއަދު ފުޅު ލަވައެއް ނުކީއްޔާމު ދުވަހަކު ފުޅަކަށް ލަވައެއް ނުކިޔޭނެއެވެ.”

ނާހިދާވެސް މަރިޔަމްފުޅާ ދިމާކޮއްލިއެވެ.

“ފުޅު ލަވަކިޔާނެ ހަމަ އެންމެ ގޮތެއް މަށައްއެނގެއެވެ. ނިކަން ކާސިމްބެ މިތަނައް ގެނެސްބަލާށެވެ. އަމުދަކުން ނުބުންޏަސް ފުޅު ލަވަކިޔަން ފަށާނެއެވެ ފުޅު ތެލިދޮންނަން އަތިރިޔައް ދާއިރު  ކާސިމްބެ ފުޅާބައްދަލުކުރާކަން މަށައް އެގެއެވެ. ލޮލުންވެސް ދެކެފީމެވެ.”

ހަރީރާ މިހެން ބުނާއިރަށް ނާހިދާ ކުރިޔަށް ޖެހިލާފަ ފުޅުގެ އަތުގައި ހިފާ އެންމެންގެ މެދަށް ނެރުނެވެ.

“މައަޑުއެހީމެވެ. ފުޅާއެވެ. ކުރީރޭ މަށާ މަގޭފިރިމީހާ ދަރުބާރުގޭ ކާރީ ފިނިކޮއްލަން އިށީދެ ތިއްބާވެސް ފުޅު މީހަކައަށް ލަވަކިޔާދޭ އަޑުމައެހީމެވެ ހޫނ އެއީކާސިންބެ ތާއެވެ”

ނާހިދާގެ މިވާހަކައިން ހުރިހާއެންމެން ބާރަށް ހޭންފެށިއެވެ.މާއަޑުގަދަވެގެން ކަންނޭގެއެވެ. ހުސްނާވެސް ވެގެން އުޅޭގޮތެއްބަލާލަން ބޭރަށް ނިކުތެވެ.

“އާދޭސްކުރަމެވެ. މަދޫކޮއްލާފަ މިތިބަ ޒުވާނުން ގައިގަ ކަލޭމެން ހިފާބަލާށެވެ. އެތިބީ ޝިމްލާޔާ ސާދާ ވެސް. ޝިފާޔާ އައިންތުވެސް ފަރީދާ އާއި ރިޒާނާވެސް ނިކަން ދޭބަލަ އެކުދިން ކާރިޔަށް. ކިހާވަރުގަދަ ކަމެއް ކަލޭމެނާހެދި.”

ރުޅި ވެރި ކަމާއެކު މަރިޔަމްފުޅު މީހުންނާ ދިމާލަށް ހަޅޭއްލަމުން ގޭތެރެޔަށް ވަދެގެން ދިޔައެވެ.

ކާސިމް ބެ އެވަގުތު ނަސީބުގެއަށްއައެވެ. ކާސިމްބެ ގެއަށް އައުމާއެކު ޒުވާން އަންހެންކުދިންގެ ފައުޖެއް ކާސިމްބެގެވަށާލިއެވެ.

“ކާސިމްބޭ އެވެ. މިވަގުތު ކާސިމްބެގެ ހިތުގައި ހިގާޝުއޫރު ނިކަން އަޅުގަޑުމެންނައް އިއްވާލަދީބަލާށެވެ. ކާސިމްބެ އެންމެ ލޯބިވަނީ ކާކުދެކެހެއްޔެވެ؟”

ނާހިދާ ކާސިމްބެ އާ ދިމާކޮއްލިއެވެ.

“ނާހިދާ އެވެ. ކާސިމްބެ ޅަދުވަހުއްސުރެ މިއަދާހަމަޔަށް ވެސް ލޯބިވީ އެންމެ މީހެއްދެކެ އެންމެ ފަހަރަކުއެވެ. އެހެނަސް ކާސިމްބެގެ ބައްޕަގެ އެދުމުގެ މަތިން އެހެންމީހަކާ ކައިވެނިކޮށް އެމީހާޔަށް ވަފާތެރިވީމެވެ. އަދި ފަސް ކުދިން ލިބި މިހާރު މިހިރީ އަނބި ނިޔާވެ ހުވަފައްވެފައެވެ. މިހާރު ވެސް ބޭނުން ވަނީ އެންމެ ފުރަތަމަ ދުވަހުވީ ލޯތްބެވެ. އެމީހާއެވެ. ކާސިމްބެގެ ކުރިމަތީ އޭނާ ހުރެއެވެ އެހެނަސް………’

ކާސިމްބެ ގޭތެރޭހުރި މަރިޔަމް ފުޅާ ދިމާލަށް ބަލާލަމުން އިސްދަށައްޖަހާލިއެވެ.

“ކާސިމްބެ ދޮގު ނުލާބުނެބަލާށެވެ. ކާސިމްބެގެ ފުރަތަމަ ލޯބިވެރިޔަކީ މިގޭ މަރިޔަމްފުޅެއް ނޫންހެއްޔެވެ؟”

ރިޒާނާ ކުރިޔަށް ޖެހިލާފަ ކާސިމްބެ ގެ ކުރިމައްޗަށް އަރާއަހާލައިފިއެވެ.

“މަރިޔަމްފުޅާއެވެ. މަށާއިންނަން ކެރިދާނެހެއްޔެވެ”

ކާސިމްބެ އެވަގުތު އެތާކައިރިންލާފަ ދިޔަ މަރިޔަމްފުޅު އަތުގައިހިފާލަމުން ގާތައްދަމާލާފަ އަހާލިއެވެ. ކާސިމްބެގެ މި ކަންތަކުގެ ސަބަބުން މަރިޔަމްފުޅު ލަދުން އޮޅެންފެށިއެވެ.

ކާސިމްބެއާ މަރިޔަމްފުޅުގެ ކަންތަކާހެދި ހުރީހާ އެންމެން ހޭންފެށިއެވެ.

ހިތުގާވީ ކަލާގެނަމެވެ.

ލޮލުގައިވީ ކަލާގެ ނޫރެވެ.

ހިތްހަމަޖެހުމަކީ ކަލާޔާއެކުގައިވުމެވެ.

ދިރިއުޅުމުގައި ވަނީ ކަލާގެ ހަނދާންތަކެވެ.

ސާފުލޯބި ދޭނުހޭ؟ މިހިތަށް ފިނިކަމެއް ދޭނުހޭ؟

ޒުވާނަކީމެއް ނޫނޭ މުސްކުޅިޔަކީމޭ.

އެހެނަސް ހިތްމަގޭ ޒުވާނޭ ކަލާޔައްޓަކާ

ހަނދުވަރުގެ ރިހިއައްޔަވުރެ ކަލާގެ މޫނު އަލިގަދައެވެ.

ހިތުގެ ހަމަޖެހުމަކީ ހަމަ ކަލާއެވެ.

އަތުގައި މަގޭ ހިފާލަދޭށެވެ

ބޭނުންޖެހިފައިވާ ނިކަމެތިޔަކީމެވެ….

ކާސިމްބެގެ ލަވައިން ހުރިހާ އެންމެން އައްތިލަބަޑި ޖަހަންފެށިއެވެ. މަރިޔަމްފުޅު މޫނުގައި އަތްއަޅާފަ ދުވެގޮސް ގޭތެރެއަށްވަނެވެ.

ހުސްނާވެސް ހިނިތުންވެލަމުން އެތެރެއަށްވަންނަން ހިގާގަތެވެ އެވަގުތު އޭނާގެ ފަޔައްކުއްލިބުރޭކެއް ޖެހުނުހެން ހުއްޓެވިޖެއެވެ. އޭނާގެ ލޯބިވާ ދަރިފުޅު ސާރާ އެއްކަނެއްގައި ހިމޭންކަމާއެކު  މަރިޔަމްފުޅުމެންގެ މަޖާވާހަކަ އަޑުއަހާފަ ހިނިތުންވެގެން އިންތަން ފެނިފައެވެ. އާއްމުގޮތެއްގާ ސާރާ އަކީ ވަރަށް އެކަނިވެރިކޮއް އުޅޭ ކުއްޖެކެވެ.

ސާރާ އެވެ. ދަރިފުޅު މާމަޑުން ތިއިނީ ކީއްވެފާހެއްޔެވެ؟”

ހުސްނާ ސާރާ އިށީދެ އިންގޮޑީގެ އެއްކޮޅުގައި އިށީދެ ސާރާގެ ބޮލުގައި ފިރުމާލިއެވެ.

“މަންމާ.. ނިކަން ސާރާޔަށް މިފެންނަ މަންޒަރު ސިފަކޮއްދީބަލަ..މަންމަ ލައިގެން ތިއިނީކޮންކުލައެއްގެ ހެދުމެއްތަ؟”

ސާރާގެ ރިހުން އެކުލެވިފައިވާ މިވާހަކަ އަޑުއިވުމުން ހުސްނާގެ ލޯފެންކަޅިވިއެވެ.

ކުޑައިރުވެސް އަބަދުވެސް އޭނާ ޝަކުވާ ކުރެއެވެ. އެއްބައިފަހަރަށް އޭނާ ހިމޭންވެއެވެ.

“މަގޭ ދަރިފުޅާ އެވެ. ﷲ މަންމަގެ ލޮލުގެ ނޫރު ދަރިފުޅަށް ދެއްވާށިއެވެ. މަންމަ ލައިގެން މިހިރީ މަޑުފިޔާތޮށި ކުލައިގެ ހެދުމެކެވެ.”

އެވަގުތު ހާލިދާ ސޫރަޖްގެ އަތުގައި ހިފައިގެން ހުސްނާމެންގެ ދެމައިން ކާރިޔަައް އައެވެ.

” ސޫރަޖް އެވެ. ނިކަން ސާރާކޮއްކޮ އަށް މިފެންނަ ކަންތައް ސިފަކޮއްދީބަލާށެވެ.”

ހުސްނާ ސޫރަޖުގެ ކާރީ މިހެން ބުނަމުން އޭނާގެ އަމިއްލަ ލޯ ފޮހެލިއެވެ. ސޫރަޖް ސާރާގެ އަތުގާ ހިފައިގެން މަޑުމަޑުން ހިގައިގަތެވެ.ބަގީޗާއާއިދިމާލަށެވެ.

އެދުވަސްފަހުން ސާރާޔާ އެކު ކުޅެން ކޮންމެދުވަހަކު ސޫރަޖް ނަސީބުގެއަށް އާދެއެވެ. އަދި ތަފާތު އެތައް އެއްޗެއް ސާރާ ޔަށް ކިޔާދެއެވެ.ކުލަތަކާބެހޭގޮތުންނެވެ.ވައިރޯޅިސިފަކޮއްދީފައެވެ. ގަސްތަކާމާމެލާމެލި ސިފަކޮއްދީފައެވެ.ރޭގަނޑާ ދުވާސިފަކޮއްދީފައެވެ. ދޫނިތަކުގެ ވައްތަރުކިޔާދީ ހަދައެވެ. ބައެއްފަހަރު ސާރާ ބިރުގަންނަވާވެސް ހަދައެވެ. މިކަމުން ސޫރަޖްއުފާ ލިބިގަނެއެވެ. ސާރާގެ ތަންތަން ބަލަނީ ސޫރަޖްގެ ލޮލުންނެެވެ. ސޫރަޖް ގެއަށް ދާން އުޅޭ ކޮންމެފަހަރަކު ސާރާ ރޮއެހަދައެވެ. އަވަހަށް އަންނާނެކަމަށް ބުނުމުން ހިތާދެކޮޅަށް އެއްބަސް ވެއެވެ.

ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ.

މިއަދު ސާރާޔަކީ ބާރަ އަހަރުގެ ރީތި ކުޑަ އަންހެން ކުއްޖެކެވެ. އުމުރުން ބާރަ އަހަރަސް ބަލާބެލުމައް ހީވާނީ ފަނަރަ ސޯޅަ އަހަރުގެ އަންހެންކުއްޖެއްހެނެވެ. ސާރާޔަކީ ރީތިކަމުގެ ވެސް މިސާލެއްނެއްފަދައަންހެން ކުއްޖެކެވެ އެނާގެ މަންމަގެ ރީތިކަން ގުދުރަތުން އޭނާޔަށް ވަނީ ހަދިޔާކުރައްވާފައެވެ.. ނުދަންނަ މީހަކަށް ސާރާޔަކީ ލޯފަންކުއްޖެއްކަމެއް ނުވެސްއެގޭނެއެވެ.

ސޫރަޖަކީވެސް މިއަދު ސަތާރަ އަހަރުގެ ބޮޑު ފިރިހެން ކުއްޖެކެވެ. މިހާރު ކުޑައިރު ދާހެން މާބޮޑައް ސާރާ ކާރިޔަށް ދާކަށް ސޫރަޖް އަކަށް ނުކެރެއެވެ. އެކަމަކު މިއަދު ސޫރަޖް ސާރާޔާއެކު ހޮސްޕިޓަލަށް ދާނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ހިނިތުންވުމުން 4

Next

ނޭނގޭހެ ހާދަ ލޯބިވޭ 21

Next
September 29, 2016

ނޭނގޭހެ ހާދަ ލޯބިވޭ 21

Previews
September 29, 2016

ހިނިތުންވުމުން 4

21 Comments!

  1. dhyna says:
    September 29, 2016 at 3:40 pm

    Hello me first dhw

  2. dhyna says:
    September 29, 2016 at 3:44 pm

    Reethi beautiful nice pretty gorgeous excellent good better is that enough ????

    1. ?tree? says:
      September 29, 2016 at 4:32 pm

      Awesome ves add kohla… hehe?

  3. aik says:
    September 29, 2016 at 3:49 pm

    vv reethi..??

  4. Yeah says:
    September 29, 2016 at 4:53 pm

    Sooraj loa dhen saaraa ah dheynii…dhen muraadh aa myraa marry kuraani…mi vaahaka kyn

  5. naju says:
    September 29, 2016 at 4:53 pm

    vvvvv reethi

  6. Shaa says:
    September 29, 2016 at 5:08 pm

    Vvvv reethi…..

  7. Shuha says:
    September 29, 2016 at 6:05 pm

    Kihaa bodu bala eh my dhn..rozy shareef mees meehunnge storii thakah copy kurany yey..kae ladheh nuganey tha?

    1. Yeah says:
      September 29, 2016 at 7:21 pm

      Ey bala moya aaa ma ky roxy liyefa ohva ey mivaahaka…mi roxy ge vaahaka akey..Dhen vx thaneh dhoreh nubala vaahaka nudhahka hunnan dhas kohdhey shey amo gaath buney..v salaam moya shuha

    2. raffu says:
      September 29, 2016 at 7:33 pm

      aha you guys dhww

  8. Rozy says:
    September 29, 2016 at 8:28 pm

    Yes this is my first story and this was published in diffrent two papers in Maldives…many people request for this story i add this in esfiya..?

  9. ninaa says:
    September 30, 2016 at 6:27 am

    Rozy ge vaahaka thakuga thankolheh bodah hindhi film style hunanee . Dhen v meehun gina hama nan thakeh bunyas neygeyne dho huri gulhun buneema dho ingeynee. Hope mi comment postive koh nagaane kamah

  10. Maash says:
    September 30, 2016 at 10:58 pm

    Varah reethi ekam surajge umurun 5aharu adhi saramennahvure 5aharu bodu kamugavaanama saramennah adhivaany 1aharu do kudhakoh konfiux.

  11. Badunaseeb jawaad says:
    October 1, 2016 at 8:55 pm

    Vvvvv asarugada

  12. Kippy says:
    October 3, 2016 at 12:54 pm

    Vara reethi story e. Even I read this before …its her story. So shuha u just keep quiet its better 4 u. Comment kurumuge kurin ehen story tha kiyaa bala , mihuna bala ey nugovaa. Aharumena ves thi na bala aka vege mihaaru..boduvare dho dhen manje ,rosy sis aei jasaaliaigen thiuleni .. hama bunelani roala roala hunaasey shuha…

  13. Nubunaanan says:
    October 6, 2016 at 1:08 pm

    Rozy your story sucks… please stop writing stories

  14. Nubunaanan says:
    October 6, 2016 at 1:16 pm

    mi vahaka kiyuneema bolah thuraa vejjey huvaa liyan dhas kohbala furathama.. hama nujehey sentence hunany,, rozy isthiufaaa… rashu thereyn ehen kamkaaa ulhey…

  15. xeee says:
    October 11, 2016 at 6:52 pm

    Excuse me Mr or miss or what Eva nubunaanan…. Mind ur own business… Meeky kaleyaa beheykameh Mooney… Agalavayeh nun maa molhu meeheh heevany… Just go to hell… N vaahaka reethyma kaleymen j vany…. F**k u guys who commented negative to this story.. Lol

  16. xeee says:
    October 11, 2016 at 6:52 pm

    Excuse me Mr or miss or what Eva nubunaanan…. Mind ur own business… Meeky kaleyaa beheykameh nooney… Agalavayeh nun maa molhu meeheh heevany… Just go to hell… N vaahaka reethyma kaleymen j vany…. F**k u guys who commented negative to this story.. Lol

  17. Nubunaanan says:
    October 12, 2016 at 1:43 pm

    Lol… xeee kon fuppumeh fuppakah… comment kohfa inaany story writter ah thi balhakah noon, dhen kaleyah kon dhuppaneh???? meeheh comment kuraa irah eyah thibeheynee??????? lol miyaky meehaku j vaa varuge vahaka ehtha??? kithameh race eriyas hadi vahaka hadi vaaney.. anga nugalhaa balhaaa… you go to hell..

  18. someone says:
    October 13, 2016 at 10:37 am

    Meege characters dhakkaafa hunna vaahaka keevve eve sheve in ninmanee?

Comments are closed.

Next Episodeސިއްރު 2←


All Right Reserved!