Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ..3

shooty
November 7, 2016
6 Mins Read
90 Views
34 Comments

ހިތް ބޭނުމޭ…3

“އަހަރެން ދަނީ. ނޫނީ މީރާން އަށް އަހަރެން މިކޮޓަރިއަށް އައި ކަން ބަސްޓް ވެދާނެ. އަހަރެން ނަށް އިންތިޒާރު ކުރާނެ ކަމަށް ހީކުރަން” ޒެއިން އެއްލޯ މަރައިލަމުން އެ ކޮޓަރިން ނުކުތް މަންޒަރު ބަލަން ހުރި އެލީން އަށް ހަމަހޭވެރިކަން ވުމުން ބޮލުގައި އަތް އަޅައިލަމުން އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ޒެއިން އެ ބުނި ބަސްތަކުގެ ސަބަބުން މި ހުރިހައި ދުވަހު އޭނާގެ ހިތުގައި ލެވިފައިވި ޒަހަމް ތައް ފަސޭހަވެގެން ދިޔަ ފަދައެވެ.

*******************

އެލީން ލޯ މަރައިލަމުން ހެވުނީ ޒެއިން ގެ ބަހުގެ ތެދު ކަން ފެނިފައެވެ. އޭނާ އަށް އިންތިޒާރު ކުރަން ބުނެފައި ޒެއިން އެ އައީ ތާ އެވެ. ހެއްދެވި ފަރާތަށް ޝުކުރު ދެންނެވުނު އަދަދެއް ވެސް އެލީން އަކަށް ނޭނގެ އެވެ. ކައިރީ އޮތް ބާލީހެއް ނަގާ އެލީން އޭގައި ބައްދާލިއެވެ.

“އީވާ ގާތު މަންމަ މި ބުނަނީ މަޑުން ހުރުމަށް ނޫނީ މަންމަ އަށް ޖެހިދާނެ ކަތި ފިޔަވަޅެއް އަޅަން” މާރިއާ ގެ އަޑުގައި ވި ނުރުހުން އީވާ އަށް ކިތަންމެެހައިވެސް ރަނގަޅަށް އިހްސާސް ވިއެވެ. ނަމަވެސް ޒެއިންގެ ދިރިއުޅުމުގެ ކަން ކަން ނިންމަން މަންމަ އަކަށް ވެސް ވަކި ހައްގެއް ނޯންނާނެ އޭ އީވާގެ ހިތަށް އަރަމުން ދިޔައެވެ.

“ޕްލީޒް މަންމާ. ޒެއިން ގާތު ނުވެސް ބުނެ ތިވަރުގެ ބޮޑު ކަމެއް ނިންމަން އުޅޭތީ އަޅުގަނޑު މި ބުނަނީ މަންމަ ގާތު ޒެއިން ގެ ހިޔާލެއް ތި ކަމުގަ ހޯދުން މުހިންމު ވާހަކަ. ޒެއިން ލޯބި ވާ އެހެން ކުއްޖެއް ހުރިއްޔާ އޯ. މަންމަ ބޭނުން ތަ ޒެއިން އޭނާގެ ލޯބި ނުލިބިގެން ހިތާމައިގަ އުޅެން؟” އީވާ ގެ އަޑުގައި ވަނީ އާދޭހެވެ. މަންމަ ކުރަން އެއުޅޭ ކަންތަކުން ނުކުމެގެން ދާނޭ ނަތީޖާ ރަނގަޅު ވާނެ އެކޭ އީވާގެ ހިތެއް ނުބުނެ އެވެ.

“ހުއްޓާލާ. އިތުރަށް ދެން އެއްމެ ބަހެއްވެސް ނުބުނާތި! އީވާ ވަކި ބޭނުން ތަ ބައްޕަ މަރުވަމުން ކުރި ވަޞިއްޔަތާ ދެކޮޅުހަދަން؟” މާރިއާ ރުޅި އައިސްގެން ތުރުތުރު އަޅަމުން ދިޔަ އިރު އެ ލޯވެސް ވަނީ ފެންކަޅިވެފައެވެ. ފިރިމީހާގެ ނަން ނުގަންނާން އޭނާ ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އީވާ އޭނާގެ ދުލުގައި ހިފައި ދަމަނީ ވިއްޔާއެވެ.

“ވަޞިއްޔަތޭ؟ ކޮން ވަޞިއްޔަތެއް ތަ؟” އީވާ ހައިރާން ކަމާއި އެކު އަހައިލި އިރު މަންމަ އަށް ވެފައި އިން ގޮތް ފެނި އޭނާ ވެސް ހުރީ ދެރަވެފައެވެ. އަދިވެސް ބައްޕަގެ ވާހަކަ ދައްކަން މާރިއާ ނުކުޅެދޭކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އީވާ އަށެވެ.

“އާނ. ބައްޕަ ނިޔާވުމުގެ ކުރިން އެދުން ކަމެއް އެއީ ލިލިއަން އާއި ޒެއިންގެ ކައިވެނި ކުރުވުން. ޒެއިން އަށް ޖެހޭނީ އެކަން ކުރަން. ނޫނީ މަންމަ އާ ގުޅުން ކަނޑައިލަން” މާރިއާ އިށީނދެ އިން ސޯފާ އިން ތެދުވެގެން ލޯފުހެމުން ގޮސް އޮބައިލަންދެން ވެސް އީވާއަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭނާގެ ސަބަބުން މަންމަ ގެ ހިތުގައި ޖެހުން ކަން އިނގުމުން އީވާ ދެރަވިއެވެ. ބައްޕަ ކުރި ވަޞިއްޔަތަށް ޓަކައި މަންމަ ވަމުންދާ ވަރު ފެނިފައި އީވާ އަށް ވެސް މަންމަ އޭނާގެ ބައްޕަ ދެކެ ވަމުންދާ ލޯބި އިހުސާސްވިއެވެ.

މީރާންމެނާއި އެކު ބޭރުގައި އުޅެފައި ޒެއިން ގެއަށް އައި އިރު ހުރީ ރޭގަނޑު ވެފައެވެ. ގެއަށް އައިސް ވަނުމާއި އެކު ސިޓިންގް ރޫމް ސޯފާގައި ދުޢާ ފޮތެއް ހިފައިގެން އިން މާރިއާ ޒެއިން އަށް ގޮވައިލިއެވެ. ހިނިތުން ވެލަމުން ޒެއިން ގޮސް ލޯބިވާ މަންމަ ގާތު އިށީންނަމުން އެ އަތުގައި ހިފައިލިއެވެ.

“ދަރިފުޅު ކޮން ތާކަށް ގޮސްލާފަ ތަ ތި އައީ؟” މާރިއާ އަޅައިގެން އިން ނަމްބަރު އައިނު މޫނާއި ވަކި ކޮށްލަމުން އަހައިލިއެވެ.

“މީރާން ގާތަށް ގޮސްލާފަ މި އައީ. އެހާ ދުވަސް ފަހުން ފެނުނީމަ އަވަހަށް އަންނަ ހިތެއް ނުވި” ޒެއިން މާރިއާގެ މޫނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

“މަންމަ ބޭނުން ދަރިފުޅު ގާތު ވާހަކަ އެއް ދައްކައިލަން.” މާރިއާ ފުން ނޭވާއެއް ލަމުން ޒެއިން އަށް ބަލައިލިއެވެ.

“ކޮން ވާހަކައެއް ތޯ މަންމާ؟ އަޅުގަނޑު ގާތު މަންމަ އަށް ނުދެއްކޭނެ އެއްވެސް ވާހަކަ އެއް ނޯންނާނެ. މަންމަ އަށް އިނގެ އެއްނު މަންމަ ކޮންމެ ކަމަކު ބުންޏަސް އަޅުގަނޑު އެ ކަމެއް ކުރާނެ ކަން” ރަނގަޅު މޫޑެއްގައި އިނުމުން ޒެއިން ވާހަކަ ދެއްކީ ވަރަށް ހަމަޖެހިފައެވެ.

“މަންމަ އަށް އިނގޭ ތިކަން. މަންމަ ދަރިފުޅަށް ވަރަށް އިތުބާރު ކުރަން. އެ ވާހަކަ އެކަމު ދައްކާނީ އެހެން ފަހަރަކުން. މިހާރު ހިނގާބަލަ ކާން ދާން. އިރުކޮޅަކުން އީވާމެން ވެސް ތިރިއަށް އަންނާނެ” މާރިއާ ދަރިފުޅުގެ ޖަވާބާއި މެދު ހިތްހަމަ ޖެހުނު ވަރުން ޒެއިން ގާތު އެވާހަކަ ދެއްކުން ފަސްކޮށްލަން ނިންމިއެވެ. ބަނޑުހައި ނުވިއެއްކަމަކު މަންމަ ގެ އެދުމަކަށް ދެކޮޅު ހަދަން ބޭނުން ނުވާތީ ޒެއިން މާރިއާ އާއި އެކު ޑައިނިންގް ރޫމާއި ދިމާލަށް ހިނގައިގަތެވެ.

“އެލީ ބުނީމަ ވެސް އަދި އަހަރެން ހިއެއް ނުކުރަން އެލީގެ ޕްރިންސް އެހާ ހޭންޑްސަމް ވާނެ ކަމަކަށް” އާނާ ގެއަށް ދެވުމާއި އެކު އެލީންގެ ކޮޓަރިއަށް ވަނީ އެލީން އާއި ދިމާ ކޮށްލާ ހިތުންނެވެ. އަންނައުނު ތަކެއް ފަތްޖަހަން އެލީން އިން އިރު އާނާގެ ޖުމްލައިން އެލީން ގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ.

“ޕްލީޒް ސިސް. އަހަރެން ވަރަށް ޓްރަސްޓް ކޮށްފަ އިނގޭ އެ ވާހަކަ ކިޔައިދިނީ. އަދި އަމުދުން ދޮންބެ އަށް އެކަން ނާންގާތި، ޕްރޮމިސް މީ!” އެލީން ސީރިއަސް ކަމާއި އެކު އާނާ އަށް ބުންޏެވެ.

“ދެން އެލީ. އަހަރެން މީރާން ދެކެ ކިތަންމެ ލޯބި ވިޔަސް އެލީ ނުބުނާށޭ ބުނާ ވާހަކައެއް ނުދައްކާނެ އެއްނު. އަސްލު ވެސް ޒެއިން ހާދަ ހޭންޑްސަމް އޭ. ހީވަނީ ހަމަ އެލީ އަށް ޓަކައި ހުރި މީހެއް ހެން، އެންޑް އެލީ، އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ” އާނާ ގެ މޫނުމަތީގައި ވަނީ ލާނެތްކަމެވެ.

“ސްޓޮޕްއިޓް އާނާ! ނޫނީ ދޮންބެ ގާތު ބުނަން ޖެހިދާނެ އެހެން ބޯއީ އެއް އާނާ އަށް ކަމު ގޮސްގެން އުޅޭ ވާހަކަ. ހޫމް ދެން  ކޮބާތަ ތިކިޔާ ސަޕްރައިޒް އަކީ” އެލީން މޫނަށް ގޮތެއް ހަދައިލަމުން އާނާ އާއި ދިމާލަށް ފަތްޖަހަ ޖަހާ އިން ހެދުން ގުޅަކޮށްފަ އެއްލަމުން އަހަލި އެވެ. އާނާ ބޭނުންވި ކަންތައް ކާމިޔާބު ވުމުން ހެމުން ހެމުން އެ ކޮޓަރިން އޭނާ ނުކުތީ ސަޕްރައިޒް އަކީ ކޮބައިކަން ބުނެވޭނީ މީރާން އަށް ކަމަށް ބުނަމުން އެލީން އަށް ދޫވެސް ނެރެލާފައެވެ. އާނާ ގެ މަޖާ މިޒާޖުގެ ސަބަބުން އެލީން އަށް އާނާ ވަރަށް ކަމުދެއެވެ. ދޮންބެގެ އަންހެނުންނަށް ވުރެ ގާތް ރަހުމަތްތެރި އެއް ގޮތަށް އާނާ އާއި ދޭތެރޭ އެލީން އަށް ދެކެވެއެވެ.

“އެލީ އަށް ގެނައި ޕިއްޒާ މިއޮތީ” ކާގޭގައި ހުރެފައި އާނާ ބާރަށް ގޮވައިލުމުން އެލީން މި ދަނީ އޭ ބުނެ އަލަމާރިއަށް ފަތް ޖަހާފައި ހުރި ހެދުން ތައް ލުމަށްފަހު ކޮޓަރިން ނުކުންނަން އަވަސްވެ ގަތީ ޕިއްޒާ އަކީ އެލީން އަށް ވަރަށް ކަމުދާ އެއްޗަކަށް ވާތީ އެވެ.

އެލީން ކާގެއަށް ދިޔަ އިރު މީރާން އާއި އާނާ ކާމޭޒު ކައިރީ އިށީނދެގެން ތިއްބެވެ. އެ ދެމީހުން ގެ ހަމަ ހިމޭން ކަން ފެނުމުން އެލީން ގާތަށް ކުޑަކޮށް ހިނި އަންނަ ގޮތްވިއެވެ. ސަބަބަކީ އާނާ އާއި މީރާން އެއްތަން ވެއްޖެއްޔާ އަބަދުވެސް ކުރިޔަށް ދާނީ ލޯބީގެ ކޯޅުންތައްކަން އެލީން އަށް އިނގޭތީއެވެ. އެ ދެމީހުނަށް ސަމާލު ކަމެއް ނުދީ އެލީން މޭޒުމަތީ އޮތް ޕިއްޒާ ފޮށި ހުޅުވާއިލަމުން އޭގެން ފޮއްޗެއްނަގައި އަނގައަށް ލަމުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. މީރާން މެންގެ ހަމަހިމޭންކަމުގެ ސަބަބުން އެލީން އަށް އުނދަގޫވީ އެލީން އިށީނުމުން ވެސް އެ ދެމީހުން ވާހަކަ ނުދައްކާ ތިބުމުންނެވެ.

“ދޮންބޭ ވަޓްސް ރޯންގް؟” އެންމެ ފަހުން އެލީން އަށް ކެތް ނުވެގެން އަހައިލިއެވެ.

“އެލީ ގާތު ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެއްޖެ.” ފުން ނޭވާ އެއް ލަމުން މީރާން އެލީންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

“ކިހިނެތްވީތަ އަނެއްކާ؟ ބޮޑު ކަމެއް ދިމާވީ ތަ؟” އެލީން ކާން އިން ޕިއްޒާ ފޮތި ފޮށިތެރޭ ބާއްވަމުން އަހައިލި އެވެ.

“އާނާ އާ ދޮންބެ އަށް މެލޭޝިޔާ އަށް ދާން ޗާންސް ލިބިއްޖެ” މީރާން އިއްވައިލިއެވެ.

“ތޭންކް ގޯޑް. އެލީ ހީކުރީ މީހަކަށް ދެރަ ކަމެއް ދިމާވީ ކަމަށް” އެލީން ފުން ނޭވާއެއް ދޫކޮށްލަމުން މޭގައި އަތް އަޅައިލިއެވެ. އެއީ އާ ކަމެއް ނޫނެވެ. މީރާން އަށް ވަރަށް ގިނައިން ވޯކްޝޮޕް ތަކަށް ޤައުމު ޤައުމަށް ދާން ފުރުސަތު ލިބެއެވެ.

“މިފަހަރު އެކަމު މީކީ އާދައިގެ ދަތުރެއް ނޫނޭ އެލީ.” މީރާން ކަންބޮޑުވެފައި އިން ސަބަބު ހާމަ ކޮށްލިއެވެ. އެލީން ހައިރާން ކަމާއި އެކު އާނާ އަށާއި މީރާން އަށް ބަލައިލިއެވެ.

“އެހެން ފަހަރު ފަހަރު ތިން ދުވަސް ހަތަރު ދުވަހަށް ދާން ލިބުނަސް މިބުރު ދެ މަސް ވަންދެން މަޑުކުރަން ޖެހޭ. އޮފީހުގެ ފަރާތުން ލިބުން ކޯހެއް މީ. އާދައިގެ ވޯކްޝޮޕެއް ނޫން.” މީރާން ގެ އަޑުގައި ވަނީ ނުތަނަވަސް ކަމެވެ. އެލީން އެހައި ގިނަ ދުވަހަށް އެކަނި ކޮށްލާފައި ދާން އޭނާގެ ހިތެއް ނޭދެއެވެ. ހަމަ އެހެން އާނާ ވެސް ޑޮކްޓަރަށް ދައްކާލަން ޖެހޭތީ އާނާ ވެސް ބަހައްޓާފައި ދެވޭކަށްވެސް ނެތެވެ.

“އިޓްސް އޯކޭ ދޮންބޭ. ދޮންބެ އަށް ކުރިއެރުން ލިބެންޏާ އަހަރެން ވެސް ވަރަށް އުފާވާނެ. އަހަރެންނާ ދޭތެރޭ ނުވިސްނަބަލަ، އައި ވިލް ސަވައިވް” އެލީން ހިނިތުން ވެލަމުން މީރާން އާއި އާނާ އަށް ބަލައިލިއެވެ.

“އެލީ އަށް ހީވޭތަ ދޮންބެ އެލީ އެކަނި ބަހައްޓާފަ ދާނެއޭ. އެގޮތަށް ދާން ވެއްޖެއްޔާމު ދޮންބެ އެއް ނުދާނަން. އެކަމު ދޮންބެ ޒެން އާ ވަހަކަ ދައްކައިފިން” ޒެއިންގެ ނަން އިވުމުން އެލީންގެ މެއަށް ފިނި ވެގެން ދިޔައެވެ. އެލީން ވައްކަޅިން އާނާ އަށް ބަލައިލި އިރު އެ މޫނު މަތީ ވަނީ ލާނެއް ހިނިތުންވުމެކެވެ.

“އެ ޓޫ މަންތްސް ވަންދެން އެލީ ހުންނާނީ ޒެންގެ ބެލުމުގެ ދަށުގަ އެ ގޭގަ.” މީރާންގެ ޖުމްލައިން އެލީން ދަތްދޮޅީގައި އަޅުވާލައިގެން އިން އަތް ވެސް ނެއްޓިގެންދިޔައެވެ. އެލީން އަށް ވީގޮތް ފެނި އާނާ އަކަށް ހިނިގަނޑު ކޮންޓްރޯލެއް ނުވިއެވެ. ބާރަށް ހީގަތީ މީރާންގެ ކޮނޑުގައިވެސް ފުދޭވަރަކަށް ބާރަށް ޖަހައިލަމުންނެވެ. މީރާން އާނާ އާއި ދިމާލަށް ފާޑަކަށް ބަލައިލުަމުން އާނާ ހިނިގަނޑު މަތަކޮށްލަމުން ‘ސޮރީ’ އޭ ބުނެލިއެވެ.

“ދޮންބެ އެލީ ފޫހިވެދާނެތީ ދޮންބެ އަންނަންދެން ޒެން ގެ ޕީ.އޭ އަކަށް އެލީ ބަހައްޓަދޭން އެދުނީމަ ޒެން ވެސް ވަރަށް އެގޮތާ ރުހޭ. ސޯ؟ އެލީ ހިތް ހަމަ ނުޖެހޭ ކަމެއް އޮތިއްޔާ ދޮންބެ ގާތު ބުނޭ. އެލީ ބޭނުން ނުވަންޏާ ދޮންބެ އިތުރު ގޮތެއް ހަމަ ޖައްސަފާނަން” މީރާން އެލީން އަށް ހިނިތުންވެލިއެވެ.

“ދޮންބެ ބޭނުން ގޮތެއް. އެލީ އަށް އޯކޭ. އެކަމު ޒެއިން އަށް އުނދަގުލެއް ނުވާނެތަ؟” އެލީން ގެ ހިތް އުފަލުން ނަށަމުން ދިޔަ ނަމަވެސް މީރާން އަށް އެއްވެސް ޝައްކެއް ވާން ނޭދޭތީ އަހައިލިއެވެ.

“ދޮންބެ ބުނާ އެއް ކަމެއް ވެސް ޒެން އަކަށް އުނދަގުލެއް ނުވާނެ. ދޮންބެ ކަންބޮޑުވީ އެލީ އޯކޭ ނުވެދާނެތީ. އެކަމު މިހާރު ވަރަށް ހަމަ ޖެހިއްޖެ. ޒެން އަށް ދޮންބެ ވަރަށް އިތުބާރު ކުރަން” މީރާން އުފަލުން ކައިރީ އިން އާނާގެ ކޮނޑަށް އަތް ވައްޓައިލަމުން ހިނިތުވެލިއެވެ. އިރުކޮޅަކު އެތާ އިނދެފައި މީރާން ކޮޓަރިއަށް ދިއުމުން އާނާ ފާޑަކަށް ހީގަނެގެން ހުރެ ގޮސް އެލީންގެ ކޮނޑުގައި އެލިގަތެވެ.

“ކޮބާ އަހަރެން ބުނި ސަޕްރައިޒް ކަމުދޭތަ؟” އާނާގެ އަޑުގައި ވަނީ ލާނެއްކަމެވެ. ރުޅިއަންނަ ކަމަށް ހަދާއިލަމުން އެލީން ދެބުމަ ގޮށް  ޖަހައިގެން އިނދެ އާނާ ގެ މޫނަށް ބަލައިލިއެވެ. އެގޮތަށް އިރުކޮޅަކު އިނދެފައި އޭނާ ހީގަންނަމުން އާނާގެ ގައިގައި ބައްދައިގަންނަމުން ވާހަކަ ދެއްކިއެވެ.

“އައި އެމް ސޯ ސޯ ހެޕީ އޭން.” އެލީން ގެ އުފާވެރިކަން ފެނިފައި އާނާ ވެސް ވަރަށް އުފާވިއެވެ.

“އެކަމު އެލީ ޖެހޭނެ އަހަރެން ރާއްޖެ އަންނަން ވާއިރަށް ޒެން ކާމިޔާބު ކުރަން! ދިސް އިޒް ޔުއަރ ޗާންސް” އާނާ ސީރިއަސް ވެލާފައި ބުންޏެވެ.

“ދެން އޭން ވެސް ދޯ. އެކަމު ބުނަންތަ. އައި ވިލް ޓްރައި މައި ބެސްޓް އިނގޭ” އެލީން ދަތްތައް ފެންނަ ވަރަށް ހިނިތުން ވެލައިގެން ހުރެ އާނާ އަށް ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ އިރު ލިލިއަން އޭނާގެ އެންމެ ފަހުގެ އައިފޯނާ ކުޅެލަ ކުޅެލާ އިނެވެ. އެތުންފަތަށް ދޭތެރެއަކުން ހިނިތުންވުމެއް ވެރިވެގެންދެއެވެ.

“ދަރިފުޅު އެހަށް ފޯން ބާއްވާލަންވީނު. ބައްޕަ ބޭނުން ވާހަކައެއް ދައްކަން” ޒަހީން ލިލިއަން އާއި ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. ކިތަންވެ ބޭނުން ނުވިޔަސް ޒަހީން ބުނުމުން ލިލިއަން އޭނާގެ ފޯނު ބިއްލޫރި މޭޒުމަތީ ބާއްވާލަމުން ޒަހީން އަށް ސަމާލުކަން ދިނެވެ.

“ދަރިފުޅުގެ ކައިވެނި ބައްޕަ ހަމަ ޖައްސައިފިން” ޒަހީންގެ ޖުމްލައިން ކާން އިން އޫ ލިލިއަން އަށް ތަށިތެރެ އަށް ދޫކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. ބުުނާނެ އެއްޗެއް ނޭނގިފައި ލިލިއަން އަށް އިނދެވުނީ ޝޮކެއްޖެހިފައެވެ.

“ދަރިފުޅަށްވެސް އިނގެއެއްނު މަރިއާ އާންޓީގެ ދަރިފުޅު ޒެއިން” ލިލިއަން ގެ ފަރާތުން ބަހެއް ނީވުމުން ޖަބީން ވާހަކަ ދެއްކިއެވެ.

“އެކަމު..” ލިލިއަން އަށް ބުނެވުނީ އެހައި ހިސާބަށެވެ. ޒަހީން ލިލިއަން ބުނަން އުޅުން ޖުމްލަ އަށް ހުރަސް އެޅިއެވެ.

“ބައްޕަ ބޭނުން ވަނީ ދަރިފުޅު ވަރަށް ހަރުދަނާ މީހަކާ އެކީ ހަޔާތް ބިނާ ކުރަން. މިހާރު ތި އުޅޭ އުޅުން ބައްޕަ އަކަށް ކަމަކު ނުދޭ. ލިލީ އަށް ވަރަށް މިނިވަން ކަމާއި އެކީ އުޅެވިއްޖެ އެއްނު. ދެން މީ ބައްޕަމެންގެ އެދުން ފުރިހަމަ ކޮށްދޭންވީ ވަގުތު” ޒަހީންގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ. ލިލިއަން ޖަބީން އަށް ބަލައިލީ މަންމަގެ ފަރާތުން އޭނާގެ ދިފާއުގައި ވާހަކަ ދައްކާ އަޑު އަހައިލަން ބޭނުން ވެފައި އިނދެއެެވެ. ނަމަވެސް ޖަބީން އިސްޖަހައިލުމުން ލިލިއަން އަށް ޖަވާބު ލިބިގެންދިޔައެވެ.

“ބައްޕާ އަޅުގަނޑަށް އަދި އެންމެ ވިހި އަހަރު. އެހައި އަވަހަށް މެރީ ކޮށްގެން އަޅުގަނޑުގެ ލައިފް ސްޕޮއިލް ވާކަށް ބޭނުމެއް ނޫން” ލިލިއަން އަށް ހިމޭނަކުން ނީނދެވުނެވެ.

“ކައިވެންޏަކީ ލައިފް ސްޕޮއިލް ވުމެއް ނޫން. މިހާރު ތި ދަނީ ލިލިއަންގެ ލައިފް ސްޕޮއިލް ވަމުން. އެތަން ބަލަން ހުންނާކަށް އަހަރެން ބޭނުމެއް ނޫން. ލިލިއަން އަށް ޖެހޭނީ މި ކައިވެނި ކުރަން” ޒަހީން ހަރުކަށި ކަމާއި އެކު ވާހަކަ ދެއްކުމަށްފަހު ނުކުމެގެން ދިޔައީ ލިލިއަން އަށް ބަލައިވެސް ނުލައެވެ.

“ދަރިފުޅު ކީއްވެތަ ބައްޕަ އާ އެގޮތަށް ވާހަކަ ދެއްކީ؟” ޖަބީން ހިތްހަމަ ނުޖެހިފައި އަހައިލިއެވެ.

“އަޅުގަނޑު ބޭނުމެއް ނޫން އެ ފިރިހެނާއާ މެރީ ކުރާކަށް. އެހައި އަވަހަށް މީހެއްގެ ޕަޕީ އަކަށް ވާކަށް އަޅުގަނޑު ބޭނުމެއް ނޫން.” ލިލިއަންް ދެބުމަ ގޮށްޖަހައިލަމުން ޖަބީން އާ ވާހަކަ ދެއްކީ ބާރަށެވެ.

ބޭނުން ނުވިޔަސް ލިލީ ޖެހޭނީ އެކަން ކުރަން. ނޫނީ ކަންތައްކުރާނޭ ގޮތް ގޮތް މަންމަ މެނަށްވެސް އިނގޭ” ލިލިއަން އަށް އިންޒާރެއް ދެމުން ޖަބީންވެސް ޑައިނިންގް ރޫމުން ނުކުތީ ހިތްހަމަނުޖެހިފައި ހުރެއެވެ.

ނުނިމޭ

47
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shooty

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ކާމިޔާބު އަންހެނާ 12

Next

ދަންވަރު ޑިއުޓީ

Next
November 7, 2016

ދަންވަރު ޑިއުޓީ

Previews
November 6, 2016

ކާމިޔާބު އަންހެނާ 12

34 Comments

  1. shooty says:
    November 7, 2016 at 11:01 am

    Hey guys ? here is 3rd episode of this story…Please feel free to leave a comment and tell me how you feel about this part… Avaduves bunaahen your comments are my energy ? heheh.. I love you all and thanks for appreciating our work ????

  2. Miky says:
    November 7, 2016 at 11:06 am

    Vv nice next part kkoniraku up vaany waiting 4 next part

  3. Aphakko says:
    November 7, 2016 at 11:07 am

    Wowwww it’s awesome love it

  4. cindrella says:
    November 7, 2016 at 11:07 am

    Wow soooo nice when next part ????????

  5. koo says:
    November 7, 2016 at 11:12 am

    Reethi

  6. curious says:
    November 7, 2016 at 11:26 am

    Shooty hw old r u? N you’re a boy right?

    1. shooty says:
      November 7, 2016 at 12:32 pm

      I am 19 and I am a female ?

  7. Axee says:
    November 7, 2016 at 11:33 am

    Wow v v salhi mi part ves…ekm marry nukuruvahchey lily r xein..

  8. lol says:
    November 7, 2016 at 11:37 am

    v v reethi.. waiting for next episode 🙂

  9. imagination says:
    November 7, 2016 at 11:38 am

    vvvvvvvvvvvvvvvvvvvvvvvvvvv reethi <3

  10. Azu says:
    November 7, 2016 at 11:41 am

    Vvv reethi vaahaka….??

  11. Nash says:
    November 7, 2016 at 11:42 am

    Reethi

  12. Fan girl says:
    November 7, 2016 at 11:46 am

    ????

  13. Oaney❤❤ says:
    November 7, 2016 at 11:50 am

    Woah varh varh rythi ???❤

  14. alf says:
    November 7, 2016 at 12:15 pm

    V v salhi,

  15. kayashandy says:
    November 7, 2016 at 12:24 pm

    heekuran mee v thafaathu vaahaka akah vaane kamah…? nice work shooty…☺?

  16. lilian says:
    November 7, 2016 at 12:38 pm

    daaaaad… mi dhen kn zamaaneh family force kuraa meehakah marry kuran.. adhi vx 70s visnun… tsk tsk..
    and hurihaa story ehgga vx vaanee ehn.. kn dhuvahakun baa different concept ehgge story eh fennnaanee…

  17. Shahittey says:
    November 7, 2016 at 1:00 pm

    Masha allah v v v furihama. Hyvany kuri ah huri baithah ves v v v furihama vaane hen.

  18. Azuna says:
    November 7, 2016 at 1:03 pm

    V reethi

  19. bunny says:
    November 7, 2016 at 1:38 pm

    kaakah baa dhw zein libeyny. Interesting

  20. Inee says:
    November 7, 2016 at 1:39 pm

    Varah furihama

  21. Nlm says:
    November 7, 2016 at 2:57 pm

    Lilian ah libunyma salhi vaane

  22. shelly says:
    November 7, 2016 at 3:08 pm

    ely ah libenvaany loabivaa dhemehun dhw lilian heevany varah stuckup girl eh hennn ely is innocent

  23. Navya says:
    November 7, 2016 at 3:57 pm

    V reethi mi partves ❤❤

  24. Mari says:
    November 7, 2016 at 4:33 pm

    Vvvv nice…

  25. Depika says:
    November 7, 2016 at 7:30 pm

    Shooty loabikan v reeethi mi partves

  26. Appy says:
    November 7, 2016 at 8:24 pm

    V v rythi mi bai vx ..

  27. Ellie says:
    November 7, 2016 at 10:09 pm

    Another wonderful part as usual. btw, my name is also elyn, so i feel like I’m reading about me ?❤

    1. shooty says:
      November 7, 2016 at 11:32 pm

      Thats great ? I just loved the name elyn ?

  28. me says:
    November 8, 2016 at 1:10 am

    shooty, the story is awesome maasha allah…..

  29. Shaai says:
    November 8, 2016 at 2:18 am

    Wondafull story so beauitfullll. I think ithat story is v emosanl story i love it keep it up

  30. Dhondooni. says:
    November 8, 2016 at 2:18 pm

    Woww..v v reethi mi partvx❤❤❤

  31. ully says:
    November 8, 2016 at 2:34 pm

    Wow… amazing…. love this part too..??

  32. Anjee says:
    November 8, 2016 at 3:03 pm

    Story is very interesting….can anyone tell me the meaning of elyn if u knew….I loved tht name……

Comments are closed.

All Right Reserved!