
ކާމިޔާބު އަންހެނާ 12
ކާމިޔާބު އަންހެނާ 12
ކޮންމެ ގޮތެއްވިޔަސް ހީނާ އަސްލަމް މަތިންވެސް ހުންނާނީ ހަނދާންނެތިފައެވެ. މިވާހަކަ އުލްފަތު އަސްލަމް ކާރީ ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ބުންޏެވެ
ފޯނުން ކޮންމެ ދުވަހަކު އޭނާ ހީނާގެ ހާލު ބަލާ ހަދައެވެ.
އަސްލަމް އާއި އުލްފަތު އެކުގައި ހީނާއޮތް ކޮޓަރިއަށް ވަނެވެ. އުލްފަތު ހީނާއަށް އަސްލަމް ތަޢާރަފް ކޮށްދިނެވެ. އަސްލަމް އާއި ހީނާ ސަލާމް ކޮށްލިއެވެ.
“އަހަރުމެން އެކުގަ ވާނެ ވަރަށް ގިނަ މަސައްކަތް ކޮށްފަ ހީނާ ކުޑަކޮށް ހަނދާންވޭތަ؟” އަސްލަމް އަހާލިއެވެ ހީނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.
“އަހަރެން ހަދާންވާގޮތުން އަހަރެންނަށް ހީނާ އެންމެ ކުރިން ދިމާވީ ހީނާ އަށް ގާތްގަޑަކަށް 18 ވަރަކަށް އަހަރު ވާނީ އަދިވެސް ހީވަނީ ކުޑަކުއްޖެއްހެން” އަސްލަމްގެ މިވާހަކަޔަށް އުލްފަތު އާއި ހީނާ ހުނެވެ.
“ހީނާތީ ރާއްޖޭގަ އުފެދުނު ވަރަށް ހުނަރުވެރި ބަތޮލާއެއް އަހަރެން އަބަދުވެސް އުންމީދު ކުރާނަން ހީނާ އަށް އަވަސް މުސްތަގުބަލެއްގައި މާލެ ގޮސް ނުނިމި ހުރި ފިލްމުތަކުގެ ބައި ނިންމަދޭނެ ކަމަށް” އަސްލަމް ހީނާގެ އެނދުގެ ކާރީ ހުންނަ ގޮނޑީގައި އިށީނެވެ.
“އަސްލު ބުނެދީފާނަންތަ އަހަރެމެން ދިމާވިގޮތް.. އަހަރެން އެއްވެސް ވަރަކަށް ހަނދާނެއް ނެތް”
“ހީނާއާއި އަހަރެން ދިމާވީ ހީނާ ކޮންމެވެސް ދަތްއުނގުޅާ ބޭސް އިޝްތިހާރެއް ކުޅުނު ދުވަސްވަރު އެތަނުން އެދުވަހުންފެށިގެންވެސް އަހަރެން ހީނާގެ ރީތި ކަމަށް ތަޢުރީފް ކުރަން. އަދި ހީނާގެ ހުނަރު ވެގެންދިޔައީ ތިޔަ ރީތި ކަމަށް ގެނައި ފުރިހަމަ ކަމަކަށް އަހަރެންގެ ހުރިހާ ފިލްމަކަށް ހެން އެހިސާބުން ފެށިގެން ހީނާއަށް ވަގުފު ކުރިން ހީނާ ކޮށްލާ މަޖާ ކަންތަކުން އަހަރެމެން ސެޓް އެންމެން ތިބެނީ ހީހީ ބަލިވެފަ” މިހެން ބުނެފަ އެއިން ކަމެއް ހަނދާންވެގެން ކަންނޭގެއެެވެ އަސްލަމް ވަރަށް ބާރަށް ހުނެވެ. އުލްފަތުއާއި ހީނާވެސް ހިނިތުންވެލިއެވެ.
“އަހަރެންނަކީ ސެޓްގެ ބޮޑު ޖޯކަރަށް ހެދީތަ؟” ހީނާވެސް ހެމުން ބުންޏެވެ.
“ހީނާއަކީ ހުރިހާ އިރަކުވެސް ވަރަށް މަސައްކަތަށް ފަރުވާތެރި މީހެއް. އަމިއްލަވަންތަކަން ހުރި ކުއްޖެއް. ހީނާގެ ޓިކެޓެއްް ގަންނަންވެސް އަހަރެންނަށް އުނދަގުލެއްނުކުރޭ އަމިއްލަޔަށް ހުރިހާ ކަމެއް ކުރި.. ޔާސިރު އަކީ އޭރު ހީނާގެ ފިރިމީހާ އޭނާގެ ވަރަށް ގިނަ އެހީތަށް ސެޓަށާއި އަހަރެމެންނަށް ލިބިގެން ދިޔަ”
“މިހާރު ދިމާވި މީހުންގެ ތެރެއިން އަހަރެންގެ އެންމެ ކުޑައިރު ދިމާވި މީހަކަށް މިވީ އަސްލަމް.. ބުނެބަލަ އަހަރެންގެ މައިންބަފައިން ކޮބާ؟”
“ހީނާ ގެ މަންމަޔާ ބެހޭގޮތުން ނޭނގޭ. އެކަމަކު ހީނާ އަބަދުވެސް ހީނާގެ ބައްޕަގެ ވާހަކަ ދައްކާ. ހީވަނީ ހީނާގެ ބައްޕަޔަކީވެސް ބޯޓުދަތުރު ކުރަން ދިޔަ މީހެއް.. ހީނާ އުޅުނީ ވިލިނގިލީގަ އޭރު ވަރަށް ދަތިކޮށް އެންމެންވެސް އުޅުނީ ހީނާވެސް އުޅުނީ ކުޑަ ކުޑަ ދެކޮޓަރީގެ ގެއެއްގަ”
“މިހާރު އެގެ ކޮބާ؟” ހީނާ އަހާލިއެވެ.
“އަހަރެން ހަނދާންވާގޮތުން ބައްޕަ އެގެ ވިއްކާލާފަ މާލެގެ އެގެ ގަތީ، މިހާރު ހީނާ ތިޔައުޅެނީ އަމިއްލަ ފައިސާއިން ފަހުން ގަތް ގެއެއްގަ ،އެއީ ހީނާގެ ބައްޕަ ފަރާތު މީހުން ހީނާއަތުން ބައްޕަގެ ގެ އަތުލާފަ ވަނީ ހީނާ އެމައްސަލަ ކޯޓުގައި ނުއެއްޖައްސާ ހަމައެކަނި އެމީހުންނަށް މާފުކޮށްލީ”
“މަގޭ ބައްޕައަށް ކިޔަނީ ކޮންނަމެއްތަ؟”
“ބައްޕަ އަށް ކިޔަނީ ކަރީމް ބައްޕަ ބުނުއްވި ގޮތުން ހީނާ ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެ ވީގޮތެއް ނުމެއެނގޭ”
އަސްލަމް ބުނެލިއެވެ. އެމީހުން ވަރަށް ގިނަ އިރުތަކެއް ވަންދެން ވާހަކަ ދެއްކިއެވެ. މިހާރު ރަނގަޅު ވުމުންވެސް އެކްޓިންގެ ފީލްޑަށް ދާކަށް ހީނާ ބޭނުމެއް ނުވެއެވެ. އެންމެން ބޭނުންވަނީ ހީނާ ރަނގަޅުވާއިރަށް މާލެދިޔުމަށެވެ.
ހީނާގެ ގޭގައި ވަރަށް ސަމާލުކަމެއް ދިން ކަމެއް އޮވެއެވެ އެއީ އޭނާގެ ބަގީޗާގެ ކަންތަކެވެ. އުލްފަތު ފަށަފަށައިގެން އެބަގީޗާގެ ވާހަކަ ހީނާ ކާރީ ދައްކަމުން ދިޔައެވެ.
“އަހަރެން ގެ ލަންކާ ގޭގައި ބަގީޗާއެއް ނެތްތަ؟” ހީނާ ސުވާލުގެ ބެލުމަކުން ބަލާލާފަ އަހާލިއެވެ.
“ހޫން ނޫނޭ ހީނާގެ ވަރަށް ސަޅި ބަގީޗާއެއް ލަންކާގަ ހުރި.. އަހަރެމެން ބައެއްޝޫޓިންވެސް އެތަނުގަ ނެގިން” އަސްލަމް ބުނެލިއެވެ.
“ކިހާދުވަހެއް ވަންދެން އަސްލަމް ލަންކާގަ މިފަހަރު ވާނެތޯ؟” އުލްފަތު އަހާލިއެވެ.
“ހަމަ އެންމެ ދުވަހެއް އަހަރެން މިތަނަށް އައީ އަހަރެންގެ މިދަރިފުޅު ދެކެލުމަށް އަހަރެން މިހާރު ތަންތަނުގައި އެކަނި އުޅެން ބިރުގަނޭ މުސްކުޅިވީމާ މަރުވާނެ އިރެއްވެސް ނުމެއެނގޭ ވީމާ މަރުވަންވެސް އަމިއްލަ ވަތަންގައި އުޅެން ބޭނުމީ” ހިނިތުންވެލާފަ އަސްލަމް ބުނެލިއެވެ.
“އަހަރެންދެކެން މިހާދުރަށް އަސްލަމް ބޭބެ އައުން އެއީ އަހަރެންނަށް ވަރަށް ބޮޑު ކަމެއް ހިތާމަޔަކީ އެއްްވެސް މީހެއްގެ އެއްވެސް ކަމެއް އަހަރެން ހަނދާން ނެތްކަން” ދެރަވެލާފަ ހީނާ ބުނެލިއެވެ.
“އަހަރެންނަށް ޔަގީން ހީނާ މާލެ ދާއިރަށް ހުރިހާ އެއްޗެއް ހަނދާންވާނެ. ” އަސްލަމް ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.
ހީނާގެ އިންޖެކްޝަން ޖަހާގަޑި ޖެހިގެން އަސްލަމް ހީނާ ކާރިން ދިޔުމުގެ ހުއްދަ ހޯދައިގެން ދިޔައީއެވެ. ހީނާ އިންޖެކްޝަންއަށް ފަހު ނިދާލީއެވެ.
އަސްލަމް އަކީ ކާކު ކަމާއި އަސްލަމް އާއި ހިނާއޮތީ ކިހާގާތްކަމެއްކަން ގިނަމީހުނަން އެނގެއެވެ. މީޑީޔާގަ ގިނަ މީހުން ހޮސްޕިޓަލުން އަސްލަމް ނިކުންނަ އިރަކަށް އިންތިޒާރު ކުރަން ތިބެފަ ހޮސްޕިޓަލްގެ ގޯތިތެރެއިން އަސްލަމް ހިފަހައްޓާ ހީނާ އާއި ބެހޭ ވާހަކަ ދައްކަން ފެށިއެވެ. އަސްލަމް ކުޑަގޮތަކަށް ހީނާގެ މިހާރުގެ ހާލަތު ނޫސްވެރިންނަށް ކިޔާލަދިނެވެ. އަދި މިހާރު ހީނާ ކޮންމެވެސް ވަރަކަށް އެއްޗިހި ހަނދާންވެއްޖެ ކަންވެސް އަސްލަމް ބުނެދިނެވެ. އެއީ ގަސްތުގަ އޭނާ ބުނިއެއްޗެކެވެ. ހީނާގެ ފޭނުން ހިންހަމަޖައްސާށެވެ.
އަސްލަމް އަށް ހޮޓަލަށް ދެވުނު އިރު ކޮއްފައިވާ އަސަރުން އަސްލަމް ވަނީ ވަރަށް ބަލިވެފައިވެއެވެ. މާލެއަށްވެސް އަސްލަމް އަށްދެވުނީ ފުލައިޓްގަ ޑޮކްޓަރަކާއެކުގައެވެ. ގެޔަށް ދެވުމާއެކު އޭނާ އުލްފަތުއަށް ގުޅާފަ ސަލާމަތުން ރަށަށް ދެވުނު ވާހަކައެންގިއެވެ.
ހީނާ ވަރަށް ގަދައަށް ރޯގާޖެހި މުޅިން ބޭސްތަށް ބަދަލު ކުރަން ޖެހި ޑޮކްޓަރުންގެ މިންނެތްމަސައްކަތާއެކު އަބަދުހެން ހީނާކާރީ ތިބެއެވެ. ހީނާ ރަނގަޅުވިއިރު އެރޯގާގެ އަސަރު އުލްފަތުއަށް ވަނީ ކޮށްފައެވެ. އުލްފަތުގެ ސަބަބުން އަނެއްކާ ހީނާއަށް އަސަރު ކޮށްފާނެތީ އުލްފަތު ހިލްޓަން ހޮޓަލްގައި މަޑުކުރިއެވެ. ހީނާ ކާރީ އަބަދުވެސް ނަރުހުން އައިސް ބަލަބަލާތިބެއެވެ. ހަމައެއާއެކު ޙާއްސަ ގޮތެއްގައި އުލްފަތުއަށް ހޮޓަލުގަ ބާއްވައިގެން ބޭސްކުރަމުން ދިޔައެވެ.
ހީނާ މިހާރު ކުޑަކޮށް ރަނގަޅު ވެއްޖެއެވެ. ހީނާ ކުޑަކޮށް އެނދުގައި އިށީދެލާފަ ޓީ. ވީ ޖައްސާލިއެވެ. އޭނާ ބުނެގެން ދިވެހި ޗެެނެލްލިބޭގޮތްވެސް ވަނީ ހަދާފައެވެ އޭނާ ދިވެހި ޗެނެލް އަޅުވާލިއެވެ. ފޮތްކިޔުން އަދިވެސް ހީނާއަށް އުނދަގުލެވެ. އަދި ފޮތް ލިޔުން އެއީ ވަރަށް ނާދިރު ކަމެކެވެ އަދިވެސް ފިލިޔާއި އަކުރު ބޮޑަށް ނޭނގޭތީ އެވެ.
ޓީވީ ހުޅުވާލިތަނުން ހީނާގެ ލަވައެއް އަންނަންފެށިއެވެ. ހީނާ ހިނިތުންވެލާފަ ލަވަ ބަލަން އިތުރަށް ވޮލިއުމް ވެސް ކުރިޔަށްވުރެ ގަދަ ކޮށްލާފަ ޖައްސާލިއެވެ. ޓީ. ވީގެ އަޑު ގަދަކަމުން މީހަކު ދޮރު ހުޅުވާލާފަ ވަން ކަމެއް ހީނާއަކަށް ނޭގުނެވެ. ކޮންމެވެސް މީހަކު ކާރީގަ ހުރިކަހަލަ އިޙްސާސެއްވެގެން ބެޑްލައިޓް ޖައްސާލުމަށްފަހު ހީނާ އެނބުރިލިއެވެ. ހީނާގެ ދާދި ކާރީ މީހަކު ކޮޅަށް ހުއްޓެވެ. ޒުވާން ފިރިހެންކުއްޖެކެވެ. ހީވާގޮތުން އޭނާއަށް ވާނީ 16 ވަރަކަށް އަހަރެވެ.
އޭނާ އަކީ އިސްކޮޅުން އެހާދިގު ކުއްޖެއް ނޫނެވެ. އޮލަޅި ކުލައެއްގެ ކުއްޖެކެވެ. އޭނާ ލައިގެން ހުރިހެދުން އެއީ ގަސްތުގަ އޭނާއަށްވުރެ ބޮޑު ހެދުމެއް ލާފަ ހުރިކަހަލައެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހިމޭނުން ހީނާ އާއި ދިމާލަށް ބަލަން ހުންނަނީއެވެ. ހީވާގަޮތުން އޭނާއަކީ ހީނާގެ ފޭން އެކެވެ. ނުވަތަ އޭނާ އޮޅިގެން އެތަނަށް ވަނީއެވެ.
“ކިހިނެއް ހަދަންވީ. ތިޔައީ އަހަރެންގެ ސަޕޯޓަރެއްތަ ނޫނީ އޮޅިގެން މިތަނަށް ވަދެވުނީތަ؟”
“ކަލޭތީ ވަރަށް މަޝްހޫރު ފިލްމުސުޓާރެއް” އޭނާ އަޅައަޅައިގެންނަ އިނގިރޭސިން ބުނެލިއެވެ. އެކަމުން އެނގެނީ އޭނާއަށް އިނގިރޭސިވެސް ނޭގޭކަމެއް
“ހޫން އަހަރެންނަކީ ފިލްމު ސުޓާރަކީން އެެކަމަކު ރާއްޖޭގެ..” ހީނާ ހިނިތުން ވެލިއެވެ.
“އަހަރެން ކަލޭ ހޯދާތާ ލައްކަ ދުވަސްވެއްޖެ” އޭނާ ރުޅިވެރިކަމާއެކު ހީނާއަށް ބަލަމުންދިޔައެވެ. އޭނާގެ މިބެލުމަށް ފުރަތަމަ ފަހަރަށް މިއީ ދަންނަ މީހެކޭ ހީނާއަށް ހީވިއެވެ. އާއެކެވެ އެއީ ބޮންހިގި ވަގުތު ކާރުން ފައިބައިގެން ދުވެފަ ދިޔަ މީހުންގެ ތެރެއިން ކުއްޖެކެވެ. ކުއްލިއަކަށް އެކުއްޖާ ފުރަގަހަށް އަތްބާނާފަ ބޮޑު ވަޅިއެވެ ނެގިއެވެ.
“ކަލޭ ތިޔަ އުޅެނީ ކީއްކުރަން.. ” ހީނާ އޭނާގެ ހޮސްޕިޓަލް ހެދުން ރަނގަޅު ކުރަމުން އެނދުންފޭބިއެވެ. ގަންފައިވާ ބިރެއްގެ ސަބަބުން ހީނާ ތުރު ތުރު އަޅައެވެ.
“ކަލެއަށް އަހަރެން އެނގެއެއްނު.. ނޫހުން މިއަދު އަހަރެން ދެކުނިން ކަލޭގެ ހަނދާން އައިވާހަކަ ލިޔެފަ އޮތްވާ.. އެހެންވެ ކަލޭ މަރުވާންޖެހޭނެ އޭރުން އަހަރެން ސަލާމަތްވާނީ”
“ނޫން އަހަރެން ކަލޭގެ މަތިން ހަދާނެއް ނެތް ތިޔަ ވަޅި ބާއްވާ.” ހީނާ ރޮމުން ދިޔައެވެ.
“ކަލޭތީ މޮޅު އެކްޓުރެސްއެއް.. ކަލެއަށް އެނގޭނެ ރޯންވެސް.. ރަންޑި އަންހެނާ” އޭނާ ވަރަށް ހަޑިކޮށް އިނގިރޭސިން ހީނާއާއި ދިމާލަށް އެއްޗިހިކިޔެވެ. އަދި ހީނާއާއި ދިމާލަށް ވަޅިހޫރަމުން އެނދުގެ އަނެއްފަރާތަށް ދިޔައެވެ. ހީނާވަގުތުން އެމެޖެސީ ބަޓަނަށް ބާރަށް ފިތާލިއެވެ. މުޅި ހޯލުގައި އެލާރމްގެ އަޑުން ގުގުމާލިއެވެ. ހީނާ އޭނާއާއި ދިމާލަށް ބާލީސް އެއްލިއެވެ. އަދި އެެއްފަރާތުގައި ހުރި ލަންޗު ޓުރޭވެސް ހޫރާލިއެވެ.
ޑޮކްޓަރާއި ނަރުހަކު ހަލުއި ހިނގުމެއްގައި އައިސް ހީނާގެ ކޮޓަރިއަށް ވަންއިރު އެމީހުން ފެނުނު މަންޒަރުން ހައިރާންވިއެވެ. މީހަކު ވަޅިޔަކުން މިޔޮއް ހީނާއަށް ހަމަލަދެނީއެވެ. ހީނާ ސަލާމަތްވުމަށް މަސައްކަތް ކުރަނީއެވެ. އެމީހުން ވަގުތުން އެކުއްޖާ ހިފެހެއްޓިއެވެ. އަދި ސެކިޔުރިޓީވެސް ވަގުތުން އެތަނަށް އައެވެ. ހީނާ ބޮލުން ފެށިގެން ފަޔަށް ތުރުތުރު އަޅައެވެ. އަދި ޑރ ކާރިޔަށް ގޮސް ހީނާ ޑރ ގައިގަ ހިފައިގެން ޑރ ފަހަތަށް ވަދެ ނިވާވިއެވެ.
މިހާރު އޭނާ ހުރިހާ އެއްޗެއް ހަނދާންވެއްޖެއެވެ. އޭނާ އިން ޓެކްސީ އެވެ. އޭގެ ކާރީ އޮތް ކާރުގައި ސަކަރާތް ޖަހަންތިބި ކުދިންނެވެ. އެތަަނުން އެކަކު ނިކުމެގެން ދުވެފަ ދިޔަ ގޮތެވެ. އަނެއް ކުދިންވެސް ކާރާއެކު މައްޗަށް އަރާގެން ދިޔަގޮތެވެ. އޭނާވެސް ވިއްސައިގެންގޮސް ޖެހުނު ގޮތެވެ. ކުރިމަތިން ފުނޑު ފުނޑުވެގެން ދިޔަ ތަފާތު ކާރުތަކެވެ. ހީނާ ހުރިހާ އެއްޗެއް ހަނދާންވިއެވެ.
އިތުރު އެހެން ދެ ޑރންވެސް އެކޮޓަރިއަށް އައެވެ. އެކުއްޖާ ގޮވައިގެން ދިޔައީ ސެކިޔުރިޓީ މީހާއެވެ. އަދި ސިފައިންނާ ހަވާލު ކުރީއެވެ.
“ހީނާ ކިހިނެއްތޯ މިހާރު” ޑރ ވަރަށް އަދަބު ވެރިކަމާއެކު އަހާލިއެވެ.
“އަޅުގަނޑަށް ހީވަނީ ރަނގަޅުހެން ދެންނޭނގޭ… އޭނާ ޔަކީ ބޮމުގެ ވަގުތު ފެނުނު ކުއްޖެއް.. ކާރުތެރެއިން ހެމުން ހެމުން އިތުރު ބަޔަކާ އެކު.. އެކަންތަށް ހަނދާންވެއްޖެ”
ހީނާ ވިސްނުމެއްގެ ތެރޭގައި ބުނެލިއެވެ.
“ދެންއިތުރު ކޮންކަމެއް ހީނާ ހަނދާންވަނީ” ޑރ ހީނާގެ އެނދާއި ކައިރި ވެލަމުން އަހާލިއެވެ.
“އެހެން ދެންނޭގެ ހަނދާން ހުރީ މުޅިއަކުން ކޮންކަމެއް ހެން ”
“ރާއްޖޭގަ ވާ ހީނާގެ އަމިއްލަ ގޭގެ މަތިން ހަނދާން އެބަހުރިތަ؟ ހާއްސަ ކޮށް ކޮން ކުލައެއްކަން ގޭގެ ފާރުގައި ލާފައިވާނީ”
ޑރ މިހެން އަހާލުމުން ހީނާ ބޯހޫރާލިއެވެ. ނޫނެކޭ ބުނާ ގޮތަށެވެ.
“ހީނާގެ ބަގީޗާ އަކީ ވަރަށް މަޝްހޫރު ތަނެއް ހީނާ ހަނދާން އެބަހުރިތަ އެތާނގެ މަތިން” ޑރ އަނެއްކާވެސް ސުވާލު ކޮށްލިއެވެ.
“ލައްބަ ބަގީޗާ ހަނދާން އެބަަހުރި ކަންނޭނގެ އެތާނގަ އަޅުގަނޑު އަމިއްލަޔަށް ހައްދާފައިވާ ރައްކުލައިގެ ފިނިފެންމާ ގަސްތައްވެސް ހުންނާނެ”
ހީނާ ވިސްނުމަކަށް ގެއްލިފަ އިނދެ ބުންޏެވެ.
“ބުލަޅެއް ގެންގުޅުނިންތަ؟” ޑރ އަހާލިއެވެ
“ލައްބަ އޭތި މަރުވީ މިދާކަށް ދުވަހު ” ހީނާ ބުނެލިްއެވެ.
“ބޮން ގޮވުމުގެ ކުރިން ހީނާ ކުރަމުން ދިޔައީ ކޮންކަމެއްކަން ހަނދާން އެބަ ހުރިތޯ” ޑރ އަހާލިއެވެ. ޑރ މަސައްކަތް ކުރަމުން ދިޔައީ ހީނާގެ ސިކުނޑީގައި ހުޅުވިފައިވާ ނާރުތަށް އެކްޓިވޭޓް ކުރުވާށެވެ.
“ނޫން…..” ހީނާ ބުނެލިއެވެ
“އަހަރެން ދިޔައީ އަހަރެންގެ ވިއްކާލި ގެ ހުރިތަން ބަލަން މިހާރު ހަނދާންވެއްޖެ” ކުއްލިއަކަށް ހީނާ ބުނެލިއެވެ.
“އެގެ ހުންނަނީ ކިހިނެއް ސިންގަލް ގެއެއްތަ ނޫނީ ދެބުރިޔަށް ހުރި ގެއެއްތަ؟” ޑރ އަދިވެސް ބޮޑަށް ހީނާ އާއި ސުވާލު ކުރަމުން ދިޔައެވެ.
“އެތަން ހުރީ ކިހިނެއް ކަމެއް އަޅުގަނޑު ހަނދާނެއް ނުވޭ” ވަރަށް ދެރަވެލާފަ ހީނާ ބުނެލިއެވެ. އެވަގުތު މަތީން ވެސް އެކޮޓަރިޔަށް އައެވެ. އަދި އެނދުގެ އަނެއް ފަރާތުގައި ހީނާ ކާރީ މަޑު ކޮށް ލިއެވެ.
ހީނާ މަތީން އާއި ދިމާލަށް ވަރަށް ފުންކޮށް ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ އައީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގުނެވެ. އޭނާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ގައިމުވެސް މަތީން ދެކެން އޭނާ ބޭނުމެއް ނޫން ކަހަލައެވެ.
“މިތާނގަ ހިނގީ ކޮންކަންތަށް ގަޑެއް؟ ” މަތީން ހަރުކަށި ކަމާއެކު އަހާލިއެވެ.
“މާފުކުރައްްވާ މިތާގެ ގާޑު މީހާ ލަންޗަށް ދިޔަވަގުތު އެކުއްޖާ މިތަނަށް ވަނީ” ޑރ މީހާ ދެރަވެލާފަ ބުނެލިއެވެ.
“އެކުއްޖާ ހީނާ އަށް ހަމަލަ ދިނީ ކީއްވެގެން ކަން އެގިއްޖެތޯ؟” މަތީން އަހާލިއެވެ.
“އެކުއްޖާ ފެނުނީ އާރޓިކަލް އަކުން ހީނާ ހުރިހާ ހަނދާނެއް އަތުވެއްޖެެއޭ އެހެންވެ އޭނާ އައީ ހީނާ މަރާލަން އެއީ އެބޮންގޮއްވި ހާދިސާގެ ކުއްޖެއް ހެން ހީވަނީ އެކަމަކު މިހާރު ޕޮލިހުން އޭނާ ހިފަހަޓައިފި އަދި ތަހުގީގް ކުރިޔަށް ދާނެ”
އެކުއްޖާ ހީނާ އަށް ހަމަލަ ދިނީ ކީއްވެގެން ކަން އެގިއްޖެތޯ؟” މަތީން އަހާލިއެވެ.
“އެކުއްޖާ ފެނުނީ އާރޓިކަލް އަކުން ހީނާ ހުރިހާ ހަނދާނެއް އަތުވެއްޖެެއޭ އެހެންވެ އޭނާ އައީ ހީނާ މަރާލަން އެއީ އެބޮންގޮއްވި ހާދިސާއާއި ގުޅުމެއް ހުރި ކުއްޖެއް ހެން ހީވަނީ މިހާރު ޕޮލިހުން އޭނާ ހިފަހަޓައިފި އަދި ތަހުގީގް ކުރިޔަށް ދާނެ”
މަތީން ހީނާގެ އެނދު ކާރީ ހުރި ގޮނޑީގައި އިށީނެވެ. އަދި ހީނާގެ އަތްތިލަ ނަގައިގެން ވަރަށް ލޯބިން ހިފެހެއްޓިއެވެ.
“އަހަރެން ޕުލޭން ކޮށްފަ އޮތީ މިއަދު މިތަނަށް އަންނަން.. އަހަރެން ދާން ވީތަ؟ ަަަހީނާ އެހާ ހިތް ހަމަޖެހުނު ހެނެއް ހީނުވާތީ އެހެންވެ ”
ހީނާ ނޫނެކޭ ބުނާގޮތަށް ބޯ ހޫރާލިއެވެ.
ސީދާ މަތީން ގެ ލޮލަށް ބަލަހައްޓައިގެން އިނދެ ހީނާ ވާހަކަ ދެއްކިއެވެ. ހީވަނީ އޭނާގެ ލޮލުން އެއްޗިހިތަކެއް ދެނެގަންނަން މަސައްކަތް ކުރަނީ ހެންނެވެ. ގައިމުވެސް މިލޮލަކީ އޭނާ ޒަމާނެއްގައި ވަރަށް ލޯބި ކުރި ލޮލެކެވެ. އެކަމަކު އެކަމުގެ ވަނީ ކޮން ހަގީގަތެއް ކަމެއް އޭނާއަށް ނޭގުނެވެ. އެދެމީހުންގެ ދޭތެރޭގައި މިހާރު ގުޅުން އޮތީ ކިހިނެއް ވެފަ ކަން އެއްގޮތަކަށް ވެސް އޭނާގެ ހަނދާނަށް ނާދެއެވެ. ހަމަ ގައިމުވެސް ރިހުމެއް ވާކަން އޭނާއަށް އިހްސާސް ވިއެވެ. އަދިވެސް އޭނާގެ ހިތުގައި ބިރުވެރި ކަމެއް އުފެދިފައިވަނީ ދެންމެ ހިނގާދިޔަ ހާދިސާއެވެ. އެވަގުތުކޮޅު މީމީހާގެ އެހީއާއި މަދަދު ލހީނާ ވަރަށް ގަބޫލް ވިއެވެ. މަތީން ނޫސް ހިފައިގެން ދުވަހުގެ ނޫސް ކިޔަންފެށިއެވެ. ހީނާ މަތީންގެ މޫނަށް ބަލަން އިނެވެ.
“ކޮބާ ހީނާ ކޮފީޔާ މެދު ޙިޔާލަކީ ކޮބާ؟ސިއްރުން އަހަރެންނަށް ބަލަން އިނދެ ވަރަށް ހިޔާލު ކޮށްފިމެއްނު”
” އޯކޭ” ހީނާ ބޭނުމޭ ބުނާގޮތަށް ބޯ ޖަހާލިއެވެ
އެތާގައި މޭޒް މަތީ ތަރުމޯޒަކާއި ހޫނު ފެން ހަދާލެވޭގޮތަށް އިނެވެ. ސައިފަތުގެ ތަފާތު ވައްތަރުވެސް ހުއްޓެވެ. އެއީ އުލްފަތު އެނާޔަށް ބަހައްޓާފައި ހުރި އެއްޗިހިއެވެެ.
މަތީން ވަރަށް ފާޑު ވެރިކަމާއެކު ކޮފީ ތަށި ހަދާލަމުން އެތަށި ހީނާ އަށް ދިއްކޮއްލިއެވެެ އަދި ގޮނޑީގައި ކުރިންވެސް އިންގޮތަށް ނޫސް ހިފައިގެން އިށީނެވެ.
“ޝުކުރިއްޔާ” ހީނާ ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ.
އެކޮޓަރީގައި ތިބީ މަތީން އާއި ހީނާ އެކަނި އެވެ. ނަރުސް ކުއްޖާއަށް މަތީން އަކީ ކާކުކަން އެނގޭތީ އެކޮޓަރީގެ ބޭރުގައި ހުއްޓެވެ. ހަމަ ގައިމުވެސް ހީނާ މިވަގުތު ވަނީ ހީނާގެ ވަރަށް ގާތް މީހަކާ އެކުކަން ނަރުސް ކުއްޖާ ދެނެގަތެވެ. ނަރުސް ކުއްޖާ އެދެމީހުންގެ ވާހަކަ ދައްކާއިރު ކާރީގަ ހުރުމުން އެމީހުންނަށް އުނދަގޫ ވެދާނެ ކަމަށް ބަލާފަ އެކޮޓަރިއަށް ނުވަދެ ބޭރުގައި ހުއްޓެވެ.
“އަހަރެންވެސް ކޮފިއެއްބޮންތަ؟” ހީނާ ހިނިތުންވެލަމުން އާނއެކޭ ބުނާގޮތަށް ބޯޖަހާލިއެވެ. މަތީން އޭނާގެ ކޮފީތަށި ހަދައިގެން އަނެއްކާވެސް އައިސް ގޮނޑީގައި އިށީނދެ ނޫސް ކިޔަން ފެށިއެވެ. އެވަގުތު ހީނާ ކުއްލިއަކަށް ހިޔާލަކަށް ގެއްލުނެވެ.
އޭނާގެ ހަދާނަށް އަންނަމުން ދިޔައީ ހަމަ މިގޮތަށް އެމީހުން ކޮފީ ބުއި ދުވަހެވެ.
“އަހަރެން ވަރަށް ބޮޑަށް ހީނާ މަތިން ހަނދާން ކުރަން.. އަހަރެންނަށް އެނގޭ އެއީ ބޭކާރު ކަމެއް ކަން އެހެނަސް ހީނާ އާއި މެދު ވަރަށް ހަނދާންވެގެން ވިސްނޭ”
މަތީން ބުނެލިއެވެ.
“އަހަރެންވެސް ވަރަށް ހަނދާން ކުރިން މަތީން އެކަމަކު އަހަރެން ހަނދާނެއް ނެތް އެއީ ކީއްވެގެންކަން މިހާރު” ހީނާވެސް ބުނެލިއެވެ.
ބައެއް ކަންތައްތަށް ހީނާ ހަނދާނަށް އަންނަމުން ދިޔައެވެ. އެކަމަކު މަތީން އާއި ބެހޭ މާގިނަ ކަންތަކެއް ހަނދާނަކަށް ނާދެއެވެ. ހަމަ އެކަނި އޭނާގެ ނަން ހަދާން ހުއްޓެވެ. އަދި އޭނާގެ ލޯ ހަނދާން ހުއްޓެވެ. އެލޮލަކީ ހީނާ ގައިމުވެސް ލޯބިވި އެއްޗެއްކަން ގައިމެވެ. އެހެންވެގެންތާއެވެ އެހާ އެކަންތަށް އޭނާ ހަނދާންވާނީ. އެކަމަކު އޭނާއާއި އެކު ދިރިއުޅުނު ކަމާއި އުޅުނީ ކިހިނެއް ކޮންތާކު ކަން ހަނދާނަކަށް ނާދެއެވެ.
“ހީނާ ހަނދާންވޭތަ އަހަރުމެން ބައްދަލުވިގޮތް؟” މަތީން އަހާލިއެވެ. ހީނާ ނޫނެކޭ ބުނާގޮތަށް ބޯހަލުވާލިއެވެ. ހީނާ ހުސްވި ކޮފޯތަށި މޭޒުމަތީ ބަހައްޓާފަ އަނެއްކާ އޮށޯވެލިއެވެ. މަތީން ހީނާގެ ކާރީ އިށީދެލިއެވެ. ހީނާ މިކަމާ ދެކޮޅެއްނަހަދައެވެ. އެކަމަކު ހިތްހަމަޖެހުނުކަން ގައިމެވެ. އަމުދަކުން ދެންމެ ދިމާވި ކަންތަކާ ހެދި ހީނާ އެކަނި ހުންނަންވެސް ދެން ޖެހިލުންވާނެއެވެ. މަތީން ހުރުން ވާނީ ރައްކަލަކަށެވެެ.
“އަހަރުމެންދިމާވީ ފިލްމެއްގެ ކަންތަކުގަ ހީނާ އުޅެނިކޮށް ލޮކޭޝަން އިން..ދެން އިއްތިފާގުން ދިމާވި ގޮތުން އެ ފިލްމަކީ އަހަރެން ސުޕޮންސަރ ދިން ފިލްމެއް ކަމުން ފިލްމުގެ ފުރަތަމަ ދުވަހު ލިބުނު ރަސްމީ ދަޢުވަތަކަށް އަހަރެން އޮލިންޕަހަށް ދިޔުމުން ދިމާވެ ދެމީހުން ސަލާން ކޮށްފަ ވާހަކަ ދައްކާފަ ރައްޓިހިވީ ހީނާ ރިތިކމުން އަހަރެންވެސް ބޭނުންވީ ހީނާޔާ ރައްޓިހިވެ މިގުޅުން ކުރިޔަށް ގެންދަން. އަސްލު އެދުވަހު އަހަރެން އުޅުނީ އެފަންކުޝަނަށް އެހެންމީހަކު ފޮނުވަން އެކަމަކު ދާންޖެހުނީ އަމިއްލަޔަށް އޭގެ ފަހުން ހީނާގެ ގިނަ ފިލްމުތަކުގެ ސުޕޮންސަރ އަހަރެން ދިނިން މިއީ އަހަރެމެން ދިމާވިގޮތް”
ހީނާ ވެސް ހިނިތުންވެލިއެވެ.
“ދެން އެހެންފަހަރެއްގަ އަހަރެންނަށް ހީނާއާއި ދިމާވަނީ ލޮކޭޝަން އަކުން އެދުވަހު ހީނާ އުޅުނީ ރާއްޖޭގެ ސަގާފީ ހެދުން ލައިގެން އެކްޓިންގަ އެކަމަކު އަހަރެން އައިތަން ފެނިގެން ޝޮޓް ނަގަން ހުރެފަ އައިމާ ޑައިރެކްޓަރ ރުޅިގަދަވެގެން ހީނާ ފަހަތުން ދުވަމުން އައި.. މިއީ މަޖާ ދުވަހެއް” ހީނާވެސް ހިނިތުންވެލިއެވެ. އެދުވަހުގެ ހަނދާން ކޮންމެވެސް ވަރަކަށް އޭނާ ވީކަންނޭގެއެވެ.
“ދެން މުޅިދުވަހު ވާރޭވެހި އެއްގޮތަކަށްވެސް ޝޫޓިން ނުކުރެވުނު.. އަހަރެމެން ވަރަށް އުފާވި އެކުގައި ވަގުތު ތަކެއް ލިބުނީމާ..ދެން އަހަރެމެން ދިއައީ ބީޗްގަ ހިނގާލަން އެވަގުތަކީ އެހާ މީހުން ގިނަވަގުތެއް ނޫން ކަމުން އަހަރެމެން ތިބީ ވަރަށް އުފަލުން.. އެެހެންނުނީ މިއުޅޭ ޕަޕަރާޒީންނާ ހެދި ނޭވާ ލެވޭކަށް ނޯވޭ” މިވާހަކަ ބުނެފަ މަތީން ހީނާ އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އަދި ހީނާ އާއި ކާރިޔަށް ޖެހިލަމުން ހީނާގެ އަތުގައި ހިފާފަ އަތަށް ބޮސް ދިނެވެ.
“އަހަރެމެން ހާދަ ގިނައިރު އެކުގައި ވާހަކަ ދައްކަންތިބެމޭ ޙާއްސަކޮށް ލޮކޭޝަން ތަކުގައި ލިބޭ ހުރިހާވަގުތެއްހެން އަހަރެމެން ދެމީހުން ވާހަކަ ދައްކަން ލޮކޭޝަންގައި އޮންނަ ވޭނުގައި ނޫނީ އަހަރެންގެ ކާރުގައި ތިބެން ބައެއްފަހަރު މުޅި ރޭގަނޑު ހޭލާ ވާހަކަ ދައްކަން އަހަރެމެން ތިބެން މިއީ އަހަރެން ވަރަށް އުފާވާކަމެއް އަދި ހީނާގެ ފަރާތުން އިންތިހާޔަށް އަހަރެންނަށް ލޯބި ލިބުނު އެދުވަސްތަކެއް އަހަރެން ހަނދާންނުނެތޭނެ” މަތީން ގެލޮލުން ކަރުނަ ފާއްދާލާފަ ހުއްޓެވެ. ހީނާއަށް ނޭގުނީ އެއީ އުފާވެރި ކަމުގެ ކަރުނަ ކަމެއް ނޫނީ ހިތާމައިގެ ކަރުނަކަމެވެ.
އަހަރެމެން ހާދަ ގިނައިރު އެކުގައި ވާހަކަ ދައްކަން ތިބެމޭ ޙާއްސަކޮށް ލޮކޭޝަން ތަކުގައި ލިބޭ ހުރިހާވަގުތެއްހެން އަހަރެމެން ދެމީހުން ވާހަކަ ދައްކަން ލޮކޭޝަންގައި އޮންނަ ވޭނުގައި ނޫނީ އަހަރެންގެ ކާރުގައި ތިބެން ބައެއްފަހަރު މުޅި ރޭގަނޑު ހޭލާ ވާހަކަ ދައްކަން އަހަރެމެން ތިބެން މިއީ އަހަރެން ވަރަށް އުފާވާކަމެއް އަދި ހީނާގެ ފަރާތުން އިންތިހާޔަށް އަހަރެންނަށް ލޯބި ލިބުނު އެދުވަސްތަކެއް އަހަރެން ހަނދާންނުނެތޭނެ” މަތީން ގެލޮލުން ކަރުނަ ފާއްދާލާފަ ހުއްޓެވެ. ހީނާއަށް ނޭގުނީ އެއީ އުފާވެރި ކަމުގެ ކަރުނަ ކަމެއް ނޫނީ ހިތާމައިގެ ކަރުނަކަމެވެ
މަތީން އިތުރަށް ހީނާކާރީގައި ފާއިތުވެދިޔަ ވާހަކަތައް ދައްކަމުންދިޔައެވެ. ހީނާވެސް ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހަންއިނެވެ.
“ހީނާ އަހަރެންނަށް ކިޔާދިން ވާހަކަތަކުތެރޭ އެންމެ އަހަރެން ހަނދާން ހުންނަ ވާހަކަޔަކީ ހީނާގެ ފިރިމީހާ އެހެން އަންހެނަކާ އެކު ހީނާ ދޫކޮށްފައި ދިޔަ ވާހަކަ އެއީ ހީނާއަށް ވުރެ މާ ޒުވާންކުއްޖެެއް ކަމަށް ވަނީ ހީވަނީ އެއީ ރަޝިއާ ކުއްޖެއްހެން އޭނާ ބަލިވެއިނީ ކައިވެނި ނުކޮށް ހީނާގެ ފިރިމީހާޔާއެކު އުޅެމުންދަނިކޮށް އެކަންތައް އެޅުނީ ހީނާގެ ފިރިމީހާގެ ބޮލުގައި. ހީވާގޮތުން އޭނާޔާއެކު ހީނާގެ ފިރިމީހާ ދިޔައީ މިސަބަބަށްޓަކައި”
މަތީން މިދެއްކިވާހަކަޔަކީ ކޮންމެވެސް ވަރަކަށް ޔާސިރު އަލިއަޅުވާފައިވާ ވާހަކަތަކެވެ ދެމިހަކު އެކައްޗެއް ކިޔަންޏާ މިއިން ކޮންމެވެސް ހަގީގަތެއްވާނެއެވެ. ހީނާ ވިސްނާލިއެވެ. މިހިސާބަށް ވާހަކަ ދިޔާމާ މަތީންގެ މަތިން ހީނާ ހަނދާންވާން ފަށައިފިއެވެ. ހީނާ އެދުވަސްކޮޅު ހީނާ މަތީންދެކެ ލޯބިވީކަން ގައިމެވެ. އެމީހުން ބައްދަލުވި ހުރިހާގޮތުގެ ވާހަކަ އެއް ވަރަށް ތަފްސީލުކޮށް ހީނާއަށް ކިޔާދިނެވެ.
“އަހަރެންނާ ރައްޓިހިވެގެން އުޅުނުއިރު މަތީން ހުރީ މީހަކާ އިނދެގެންތަ؟” ހީނާ އަހާލިއެވެ.
“އަހަރެން ހުރީ މީހަކާ އިނދެގެން އެކަމަކު އަހަރެންނަކީ އެކަނިވެރިއެެއް..އަހަރެމެންގެ ކުދިން ބޮޑުވުމާއެކު އަހަރެންގެ އަނބިމީހާ ވަކިން އުޅެންފެށި. ޒަމާންތަކެއް ވަންދެން އަހަރެންނާ އަހަރެންގެ އަނބިމީހާއަކީ ނުދަންނަ ދެއެކުވެރިން ހަމައެކަނި އޮންނަ ގުޅުމަކީ ކުދިން ތިބިކަން އަހަރެމެން ވަކިވިތާ 10 އަހަރު ފަހުން ހީނާ އަހަރެންގެ ހަޔާތަށް އައީވެސް. އެކަމަކު އަހަރުންމެން އެއްކޮށް ވަކިވީ ހީނާ އަހަރެންގެ ހަޔާތަށް އައޭ ކިޔާފައި މީޑީޔާގައި ވަރަށް ހޫނުކޮށް ވާހަކަ ދެކެވުނު.. އަހަރެންވެސް އޭރު ހުރި މަގާމުގެ ގޮތުންނާ ހީނާގެ މަގާމުގެ ގޮތުން ގިނަ މީހުންނަށް އަހަރުމެން އެނގޭ. ވަރިވާން އޭނާ ކަނޑައެޅިގެން ދެކޮޅު ހެދި ނަތީޖާއަކަށްވީ އަހަރެން އެނބުރި އޭނާގެ ގެޔަށް ދިޔުން ކުދިންވެސް ތިބިތަންވީމާ ދުވަސްގަނޑެއްކޮށްފައި އަހަރެން ހީނާއާއި އެކު ލަންކާގައި ގެއެއް ގަނެގެންގެން ތާނިޔާ އާއި ޒުންނޫން އާއި ހީނާޔާ އެކު ބަދަލުވީ. މިކަންތައްވީ މީޑީޔާގައި ބޮޑު ކަމަކަށް. އަހަރެން ވަރަށް ލޯބިވޭ ހީނާގެ ދެކުދިންދެކެ އެއީ ވަރަށް ރަނގަޅަށް ތަރުބިއްޔަތު ލިބިފައިވާ ދެކުދިން.. ހީވާގޮތުން އެކުދިންވެސް އަހަރެންދެކެ ވަރަށް ލޯބިވޭ”
މަތީން ސޯފާގައި ލެނގިލިއެވެ. ހީނާ މަތީންއަށް ބަލަހަށްޓައިގެން އިނދެ ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެން އެބަ ހަނދާންވޭ އަހަރެމެން ބޯޓު ދުއްވަން ދިޔަ ހަނދާންތަކެއް.”
“އާން ތީ ހަމަ ރަނގަޅު ހަނދާނެއް އަހަރެމެން ކުދިން ގޮވައިގެން ވަރަކަށް ބޯޓު ދުއްވަން ސަފާރިއަށް ދަން ހީނާއަށާއި ކުދިންނަށް ލޯބި ދިނުމަކީ އަހަރެންގެ ޑިޔުޓީއެއްކަހަލަ. ލޯބިން އަހަރެން ހުރިހާ ކަމެއް ކުރީ”
އަހަރެން އެބަ ހަނދާންވޭ އަހަރެމެން ބޯޓު ދުއްވަން ދިޔަ ހަނދާންތަކެއް.”
“އަހަރެންނަށް ހީވަނީ އެދުވަސްތަކުގައި އަހަރެން ވަރަށް އުފަލުން ހުރިހެން.” ހީނާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.
“އަހަރުމެން ދެމީހުންވެސް ވަރަށް އުފަލުން ތިބީ އަހަރެން ވަރަށް އުފާވެއްޖެ ހީނާ ތިޔަ ހަދާންވީތީ ”
“ކީއްވެގެން ސަރުކާރުން ވަޒީފާ ދޫކޮށްލަންޖެހުނީ؟” ހީނާ އަހާލިއެވެ.
“ޕޮލިޓިކުސް އަކީ އެކަހަލަ އެއްޗެއް ގިނަ ފަހަރަށް ލިބޭ ޓާސްކެއް ނޫން އަދާކުރަންޖެހޭ ވަޒީފާ އަކީ ގިނަވަގުތު ހިތްހަމަ ނުހެޖޭ ގިނަ ކަންތައްތަކެއް ކުރަން މަޖުބޫރު ވެގެންދޭ”
“އަހަރެން އެބަ ހަނދާންވޭ އަހަރެމެން ބައެއް ޢީދު ތަކުގައިވެސް އެެކުގައި އުޅުނު ހަނދާން އަނެއްކާ މިއީ ރަނގަޅު ހަނދާނެއްބާ؟” ހީނާ މަތީން އާއި ދިމާލަށް ވަރަށް ފުންކޮށް ބަލާލަމުން އަހާލިއެވެ.
“ތީ ރަނގަޅު ވާހަކައެއް އަހަރެމެން ކުދިންނާއެކު ވަރަށް ގިނަ އީދު އެކުގައި ހޭދަކުރެވުނު މިކަމާ މަގޭ އަނބި މީހާޔާ މަށާ ވަރަށް މައްސަލަ ޖެހުނު އޭރު އަހަރެން ކައިވެނި ކޮށްގެން އުޅޭތާ 29 އަހަރު އެކަމަކު އޭނާގެ ހުންނަ މައްސަލަޔަކާ ހެދި އަހަރެންނަށް އޭނާދެކެ ލޯބިނުވެވުނު އެކަމަކު އަހަރެން ހީނާދެކެ އިންތިހާއަށް ލޯބި ވާކަން އޭނާއަށް އެނގިގެން ވަރަށް ބޮޑު މައްސަލަޔަށްވި އެހެނަސް އެންމެ ފަހު ވަގުތު އޭނާވެސް ހާލަތާ އެއްބަސްވި.. އަހަރެން ބޭނުންވީ އެއަހަރު ސަރުކާރު ވަޒީފާ ދޫކޮށް އަމިއްލަ ކަމެއް ފަށަން ހީނާގެ އެހީ އެކަމުގައި އަހަރެންނަށް ލިބުނު” މަތީން ނޫސް ނަގަމުން ބުނެލިއެވެ.
“އެއީ އަސްލު ބޭނުންކަމެއް ނޫންކަންނޭގެ ފެށިގެން ދިޔައީ ސަރުކާރުގައި ހުރިގޮތަށް ހުރިނަމަ މާރަނގަޅުވިސް” ހީނާ އެނދުގައި ހަމަޖެހިލަމުން ބުނެލިއެވެ.
“ސަރުކާރުގެ ބައެއްފިއްތުންތަކާހެދި އަހަރެންނަށް އޮތީ މިނިސްޓަރ ކަމުން ވަކިނުވެ އެދުވަސްކޮޅު ވަރަށް ހިތާމަވެރި ހާދިސާއެއްހިނގި” މަތީން ބުނެލިއެވެ
“އަހަރެން ހަނދާން އެބަހުރި އެއީ މަތީން ދަރިފުޅު ނިޔާވުން އެހެންނޫންތޯ؟” ހީނާ އެނދުގައި އިށީނދެ ހަމަޖެހިލަމުން ބުނެލިއެވެ.
“ހޫން.. އެމަންޖެއަށް އޭރު ވާނީ 19 އަހަރު ސުކޫލް ކޭންޕެއްގައި އުޅެނިކޮށް ދިމާވި ހާދިސާއެއްގެ ސަބަބުން ނިޔާވީ..އެވެސް އަހަރެންގެ އަނބިމީހާގެ ކުށް ކަމަށް އަހަރެން ގަބޫލް ކުރަނީ އެކަނި އެމަންޖެ ކޭމްޕަށް އޭނާ ފޮނުވީތީ އަހަރެން ރުޅިއައިސްގެން ވަގުތުން އޭނާ ވަރިކުރަން ބޭނުންވި އެހެނަސް އޭނާ އެދުނީ 6 މަސްދުވަހުގެ މުހުލަތެއް ވަރިނުކޮށް ދިނުމަށް އެކަމަކު އަހަރެން އުޅެމުންދިޔައީ ހީނާޔާއެކު.. ސަރުކާރުގެ ވަޒީފާ ވެސް މިއަންނަ އަހަރު ކެނޑޭނީ އޭ ކިޔާފަ ކޮންމެ އަހަރަކު ޑިލޭވަމުން ދިޔައީ”
މަތީން ބުނެލިއެވެ
“ހޫން ތީ ރަނގަޅުވާހަކައެއް..ކޮންމެ ފަހަރަކުމަތީން ބުނަމުން ދިޔައީ އޭނާ ވަރި ކުރާނެ ކަމަށް އަދި އަހަރެންނާ ކައިވެނި ކުރާނެ ކަަމަށް.. އެކަމަކު އަބަދުވެސް އެކޮޅަށް މަތީން ލެނބުނު ކޮންމެވެސް ކަންތައް ގަނޑެއް އޮތް..އަހަރެން ހަމަ އެކަނި މީ ވެއިޓިން ލިސްޓުގައި ހުރި މީހަކީ. އެމީހާ ވަރިކޮށްފައި އަހަރެން ތިޔަ ހަޔާތުގެ ބައިވެރިއަކަށް ހަދާނޭ ކަމަށް ވެއިޓިން ކުރިން ހަމަސް ދުވަސް ފަހުން އޭނާ ވަރިކުރާނަމޭ ސަރުކާރުން އޭގެ ފަހުން ކެނޑޭނަމޭ ބުނެ ހަދާތާ ދެއަހަރު ވެގެންދިޔަ.. އަހަރެން ބަލިވެ އިން ދެން އަހަރެން މަތީން އަށް އާދޭސް ކުރިން އޭނާ ވަރިކޮށްފައި އަހަރެންނާ ކައިވެނިކުރަން މުޅިދުނިޔެއަށް އަހަރެން ފަސީހަތްވަމުންދިޔަ މުޅި މީޑީޔާގައި އަހަރެންނޭ ކިޔާގެން ހުތުރު ވާހަކަ އަރަމުން ދިޔަ މީހެއްގެ ފިރިއެއް ޖަހައިގަނެގެން ކައިވެނި ނުކޮށް އެކުގައި އުޅޭ ވާހަކަ އަހަރެން ހަނދާނެއް ނެތް އެކުއްޖާއަށް ވީގޮތެއް”
ނުނިމޭ
2 Comments!
Comments are closed.
Next part plz
wow v nice mi partvess next part avass kohladhehchey ?????