Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ…4

shooty Level 310 Stories100 Comments
November 8, 2016 6 Mins Read
55 Comments

ހިތް ބޭނުމޭ..4

ބޭނުން ނުވިޔަސް ލިލީ ޖެހޭނީ އެކަން ކުރަން. ނޫނީ ކަންތައްކުރާނޭ ގޮތް ގޮތް މަންމަ މެނަށްވެސް އިނގޭ” ލިލިއަން އަށް އިންޒާރެއް ދެމުން ޖަބީންވެސް ޑައިނިންގް ރޫމުން ނުކުތީ ހިތްހަމަނުޖެހިފައި ހުރެއެވެ.ރުޅި އައިސް ރަތް ވެފައި ލިލިއަން އަށް އޭނާގެ ކުރިމަތީ ހުރި ތަށިތައް ބުރުވައިލެވުނެވެ. ރުޅި ގަދަ ވެފައި ހުރި ވަރުން ލިލިއަންގެ ލޮލުގައި ކަރުނަތައް ވިދަވިދާ ހުއްޓެވެ.

ދެ ދުވަސް ތެރޭ މީރާން އާއި އާނާ މެލޭޝިއާ އަށް ފުރައިފިއެވެ. އެލީން ތައްޔާރު ވެލައިގެން ހުރީ ޒެއިން އޭނާ ބަލާ އިރުކޮޅަކުން އަންނާނެ ވާހަކަ ބުނުމުން ނެވެ. އެ ހިތް އަވަސް ވެފައި ވަނީ އޮބި ނީންނަ ވަރަށެވެ. އެލީން ކުޑަ ފޮށްޓަކަށް އޭނާގެ އެއްޗިހި އަޅާފައި ހުއްޓެވެ. ސޯފާގައި އިށީނދެލައިގެން އިން އިރު ފޯނުން އިރު އިރު ކޮޅުން ގަޑި ބަލައިލެވެނީ ކެތްތެރިކަމެއްނެތިއެވެ. އިރުކޮޅަކުން ބެލް ޖެހި އަޑު އިވުމުން އެލީން ހިތް އުފަލުން ނަށައިގަތެވެ. ފުންމައުގެން ތެދުވަމުން ގޮސް ދޮރު ހުޅުވައިލި އިރު ކުރިމަތީ ހުރި ޒުވާން އަންހެން ކުއްޖާ ފެނި އެލީން މާޔޫސް ވި ނަމަވެސް ހިނިތުންވެލިއެވެ.

“ތީ ތަ އެލީން އަކީ؟” އެ އަންހެން ކުއްޖާގެ އަޑުގައި ބީރައްޓެހި ގޮތެއް ނެތެވެ. ފެންނަފެނުމަށް ވެސް ސާދާ ވެފައި ހިތްހެވެ.

“ޔެސް، ތީ ކޮން ކުއްޖެއް؟” އެލީން ބޮޑަށް ދޮރު ހުޅުވައިލަމުން އަހައިލިއެވެ.

“މި އައީ ޒެން ފޮނުވައިގެން. އައި އެމް އީވާ. ޒެންގެ ދައްތަ” އީވާ ސަލާމަށް އަތް ދިއްކޮށްލުމުން އެލީން އަވަސް އަވަހަށް އިޖާބަ ދިނެވެ. ޒެއިން ގެ ދައްތަ އާއި ދިމާވުމުން އެލީން އުފާވި ނަމަ ވެސް ޒެއިން އައިތޯ ހޯދައިލެވުނެވެ. އެލީންގެ އެ ހަރަކާތް ފެނިފައި އީވާ އަށް ހިނިތުންވެލެވުނެވެ.

“އަސްލު މަންމަ އަށް އޮޅުވައިލަންވެގެން އަހަރެން މި އައީ ޒެންގެ އެދުމަކަށް. އެހެން ހުއްޓަސް ޒެން ވަރަށް މަންމަ ވެފަ ހުންނާނީ” އީވާ މާޖާ ރާގެއްގައި ވާހަކަ ދެއްކިއެވެ.

“މަންމަ އަށް އެލީން ތީ އަހަރެންގެ ފްރެންޑެއްގެ ކޮއްކޮ ކަމަށް އިންޓްރޮޑިއުސް ކޮށްދޭނީ، އޯކޭ ދޯ؟” އީވާ ކުޑަކޮށް ގުދުވެލަމުން އެލީން ގެ މޫނަށް ބަލައިލިއެވެ. އަވަސް އަވަހަށް ބޯ ޖަހައިލަމުން އެލީން ސޯފާ ކައިރީ އިން ފޮށި ހިފައިގެން އީވާ އާއި އެކު ނުކުތެވެ. ޑްރައިވަރު ސީޓުގައި އީވާ އިށީނުމުން އެލީން އަށް ބަލަން އިނދެވުނީ އެވެ.

“އޯހް، ދެން އެލީ އަކަސް ތިވަރަށް ބަލަންޏާ ލަދުގަންނާނެ ދޯ” އީވާ ފާޑަކަށް ހީގަތުމުން އެލީން ރަކިވިއެވެ.

“ހެހެ. އިޓްސް އޯކޭ. އަހަރެން އަތުގަ ލައިސެންސް އޮންނާނެ.” އީވާ ކާރު ދުއްވައިލަމުން އެލީން އަށް ބުންޏެވެ.

ހެންވޭރު ރޯޒްޕާކް ގެ ފުޅާ ގޭޓް ތެރެއިން ކާރު ވައިން އިރު އެލީން އަށް އާޝޯހު ވެފައި ބަލަން އިނދެވުނީ އެވެ. ޒެއިން މެންގެ އާއިލީ ވިޔަފާރި އެއް އޮންނަކަން އެލީން އަށް އިނގުނަސް މިހާ މުއްސަނދި ވާނޭ ކަމަކަށް އެލީން ހިއެއް ނުކުރެއެވެ. ކާރުން ފައިބަން ނުކެރިފައި އެލީން އިނުމުން ވެސް އީވާ ފެށީ ހޭށެވެ.

“އެލީ އިޓްސް އޯކޭ އޭ. މަންމަ މިވަގުތު ނޫޅެ ގެއަކުވެސް. އެހެން ނޫނަސް މިގެއަކު ނޫޅޭނެ މާ ބައިވަރު މީހުނެއް” އީވާ އޯގާތެރިކަމާއިއެކު އެލީން އާ ވާހަކަ ދެއްކީ އެ މައުސޫމް އަންހެން ކުއްޖާ އާއި މެދު ހަމްދަރުދީ ވެފައި އިނދެއެވެ. އެލީން އެހެން އިންނަންފެށުމުން އީވާ ކާރުން ފޭބުމަށް ފަހު ދޮރު ހުޅުވައިދިނެވެ. އިރުކޮޅަކު ވިސްނަން އިނދެލާފައި އެލީން ކާރުން ފޭބިއެވެ. ގަސްތަކަށް ފެންދޭން ހުރި މީހަކަށް ގޮވާލާފައި އެލީންގެ ފޮށި އެތެރެއަށް ވައްދައިދިނުމަށް ބުނަމުން އެލީންގެ އަތުގައި ހިފައިގެން އީވާ މިސްރާބު ޖެހީ ގޭތެރެ އަށް ވަންނާށެވެ.

އެލީން ގޮވައިގެން އީވާ ޒެއިންގެ ބަޔަށް ދިޔުމަށްފަހު ދޮރުގައި ޓަކި ދިނެވެ. އިރުކޮޅެއް ނުވެ އެ ދޮރު ހުޅުވައިލީ އެލީން ދެކެން ބޭނުން ވެފައި ހުރި އިންސާނާއެވެ.

އެލީން މެނަށް އެތެރެ އަށް ވަންނަން ބުނަމުން ޒެއިން ދޮރު ލައްޕައިލިއެވެ.

“ސޯ ޒެން، މިހިރީ ޒެންގެ އަމާނާތް އިނގޭ. ފިފްތް ފްލޯ ގަ އެލީން އަށް ރެޑީ ކުރި ރޫމް ހުންނާނީ” އީވާ އެލީން ގެ ބުރަކަށީގައި ފިރުމައިލަމުން އެ ކޮޓަރިން ނުކުތީ އެބަ އަންނަން ކަމަށް ބުނަމުންނެވެ. އީވާ ނުކުތުމާއި އެކު އެލީން ގެ ހިތް އަވަސް ވަމުން ދިޔައެވެ. އެލީން ގެ ކުރިމަތީ ޒެއިން ހަށަން ބަނދެލައިގެން ހުރީ ކަޅި ޖަހައި ނުލައި އެލީން އަށް ބަލާށެވެ. އެތުންފަތްމަތީ މައުނަވީ ހިނިތުން ވުމެއް ވިއެވެ.

“އައި މިސްޑް ޔޫ” ޒެއިންގެ ޖުމްލައިން އެލީން އަށް ކުއްލިއަކަށް އިސް އުފުލައިލަމުން ބަލައިލެވުނެވެ.

“ކީ..ކީ..ކޭ؟” އެލީން އަށް އަހައިލެވުނީ ހައިރާން ވެފައި ހުރެއެވެ.

“އަހަރެން އެއް ފަހަރު ބުނާ ޖުމްލަ ރިޕީޓެއް ނުކުރަން” ޒެއިން އެލީން އާއި ގާތަށް ޖެހެމުން ބުންޏެވެ.

އެލީން އަށް ފަހަތަށް ޖެހެވުނީ އިހްތިޔާރުން ބޭރުގައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެލީން ފާރުގައި ޖެހުމުން ޒެއިން އޭނާގެ ދެއަތް ފާރުގައި ވިއްދައިލީ އެލީން އަށް ފަސޭހައިން ސަލާމަތް ނުވެވޭނެ ހެނެވެ. ނުރައްކާތެރި ދަރަޖަ އަކަށް ޒެއިންގެ މޫނު އެލީންގެ މޫނާއި ގާތުގައި ހުރުމުގެ ސަބަބުން އެޅެމުން ދިޔަ ހޫނު ނޭވާ އިން އެލީން އަށް ލޯމަރައި ލެވުނެވެ. ޒެއިން އަށް އެ އޮމާން މޫނަށް ކަލިޖަހައި ނުލައި ބަލަން ހުރެވުނީ އެވެ. އެފަދަ ތަފާތު ރީތިކަމެއް ޒެއިން އަށް ނުފެންނަފަދައެވެ. އިރުކޮޅަކު އެހެން ހުރެފައި ޒެއިން އެލީން އެ އަތުތެތޭ ހައްޔަރު ކޮށްލިއެވެ.

“އައި މިސްޑް ޔޫ ސޯ މަޗް. އެލީން މަތިން ހަނދާން ނުކުރާ ދުވަހެއް ނުދޭ. އަހަރެން ބިރުގަނޭ އެލީން އެހެން މީހެއްދެކެ ލޯބިވެދާނެތީ.” ޒެއިން އޭނާ އެތައް ދުވަހަކަށް ފަހު އެލީން ފެނުމުން ދައްކަން ބޭނުން ވެފައި ހުރި ހުރިހައި ވާހަކަ އެއް ބަންޑުން ކުރަމުން ދިޔައެވެ.

ނަމަވެސް ޒެއިން އަށް ހުރަސް އެޅިގެން ދިޔައީ އީވާ އައިސް ދޮރު ހުޅުވައިލުމުން ނެވެ. އެ އަތުތެރޭގައި ހުރި އެލީން ދުރުކޮށްލެވުނީ ވެސް ކުއްލިއަކަށެވެ. އެ މަންޒަރު އީވާ އަށް ފެނުނު ނަމަވެސް އިނގޭ ކަމަކަށް ނަހަދާ ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ.

“އެލީ. ލެޓްސް ގޯ. މަންމަ އައިއްސި. އިންޓްރޮޑިއުސް ކޮށްދޭން ޖެހޭނެ އެއްނު” އެލީން އަވަސް އަވަހަށް އީވާ އާއި އެކު ނުކުމެގެން ދިޔަ މަންޒަރު ބަލަން ޒެއިން ހުރީ ފާޑަކަށެވެ. އެންމެ ނުބައި ވަގުތު އީވާ އައުމުން ޒެއިން ގެ މޫޑު ސަކަރާތް ވިއެވެ.

އެލީން ގޮވައިގެން އީވާ ގޮސް މާރިއާއަށް ތައާރަފު ކޮށްދިނީ އެއީ އީވާގެ ރައްޓެއްސެއްގެ ކޮއްކޮ ކަމަށް ބުނެފައެވެ. ފާޑަކަށް ހުރެފައި ވެސް މާރިއާ ސަލާމް ކޮށްލަމުން އެލީން ގެ ހާލު އަހުވާލު އަހައިލިއެވެ. މާރިއާގެ އަޑުގައި އީވާގެ އަޑުގައި ހުންނަފަދަ ރައްޓެހި ގޮތެއް ނެތުމުން އެލީން ކުޑަކޮށް ހާސް ވި ނަމަވެސް އޭނާ މަސައްކަތްކުރީ އެ  ހާސްކަން ނުދައްކާ ވޭތޯ އެވެ. ޒެއިން ގެ މަންމަ އަށް ވުމުން މާރިއާ ވެސް އެލީން އަށް ހާއްސަ ވެގެން ދިޔައެވެ.

ލިލިއަން ކޮޓަރީގައި އޮތީ މަންމަމެން ދެކެ ރުޅި އައިސްގެން އުޅޭތީ ނުކުންނަން ވެސް ބޭނުން ނުވެފައެވެ. އެނދުމަތީ އޮށޯވެލައިގެން އޮތް އިރު ކައިރީގައި އޮތް ފޯން ރިންގް ވާން ފެށުމުން ލިލިއަށް އޭގެ ސްކްރީނަށް ބަލައިލިއެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިއުމާއި އެކު ފޯން ނަގައި ވާހަކަތަކެއް ދެއްކި ކަމެއް ނޭނގެއެވެ. ފުންމައިގެން އެނދުން ތެދުވެ ކަކުލާއި ހަމަ އަށް އަންނަ ވަރުގެ ރަތް ‘ސްލީވް’ ހެދުމެއް ލިއެވެ. ތުންފަތުގައި މަޑު ކުލައެއް ޖައްސައިލަމުން ކޮޓަރިން ނުކުންނަން ދޮރު ހުޅުވައިލެވުނީ ޖަބީން ގެ ކުރިމައްޗަށެވެ. މޫނު ހަދައިލަމުން ލިލިއަން އިސްޖަހައިލިއެވެ.

“ދަރިފުޅު ގާތު ކިތަށް ދުވަހު މަންމަ ބުނަން ތިހައި ކުރު ހެދުން ނުލާށޭ” ހިތްމަނުޖެހިފައި ޖަބީން ވާހަކަ ދެއްކިއެވެ.

“އަޅުގަނޑު ކުރާ އެއް ކަމެއް ވެސް މަންމަމެނަކަށް ރަނގަޅެއް ނުވާނެ. ކުރު ހެދުން ލީމަ ކަމު ނުދިޔަސް އަޅުގަނޑު ލާ ހިތްވާ އެއްޗިސް ލައިގެން އުޅޭނީ” ލިލިއަން ގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

“ތީ ހަމަ މަންމަގެ ލިލީ ތަ؟” ޖަބީން ދެރަވެފައި އަހައިލިއެވެ.

“ހަމަ ގައިމުވެސް މީ ތި މަންމަގެ ދަރިއެއް. އެކަމު މަންމަމެން ބޭނުން ހައި ގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެ” ލިލިއަން ގެ ޖުމްލަ އާއި އެކު އެ ކޯތާފަތަށް އަރައިގެން ދިޔައީ ޖަބީން ގެ އަތުގެ ހޫނު އެތިފަހަރެކެވެ.

“މަގޭ ކުރިމަތީ މާ ލަދު ކުޑަ ވެގެން އުޅޭނެކަމެއް ނެތް އިނގޭ. ލިލިއަން އަށް ޖެހޭނީ އަހަރުމެން ބުނާ ގޮތް ހަދަން. ނޫނީ އަހަރުމެން ހޯދައިދީފައި ހުރި ހުރިހައި އެއްޗެއް އަތުލާނަން” ޖަބީން ދިއުމުން ލިލިއަން އަށް އޭނާގެ ކޮލުގައި ފިރުމައިލެވުނެވެ. މަންމަ އޭނާގެ ގަޔަށް އަތްލުމުން ލިލިއަން ކިތަންމެހައިވެސް ދެރަވިއެވެ. ނަމަވެސް ދަތްކުނޑިވިކައިލަމުން ގެއިން ނުކުންނަން ހިނގައިގަތެވެ. އަމިއްލަ ކާރުގަ ދިއުމުގެ ބަދަލުގައި ލިލިއަން ބޭރަށް ނުކުމެ ޓެކްސީ އެއް ހުއްޓުވަމުން އެއަށް އެރިއެވެ. ދާންވީ ތަން ބުނަމުން ލިލިއަން ސީޓުގައި ހަމަޖެހިލަމުން ފޯން ނަގައި މީހަކަށް ގުޅައިލިއެވެ.

ގަލޮޅު ހިސާބުގަނޑުގައި ހުރި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި ހުންނަ ގެއެއް ކަރިއަށް ޓެކްސީ ހުއްޓުމުން ލިލިއަން ޑްރައިވަރަށް އަގު ދެމުން ފޭބި އެވެ. އެކި ދިމަ ދިމާލަށް ބަލައިލުމަށް ފަހުގައި ލިލިއަން އެގެއަށް ވަންނަން ހުންނަ ހިމަ ގޯޅިގަނޑުން އެތެރެ އަށް ވަނެވެ. ސިޑިން އަރައިގެން ގޮސް ތިންވަނަ ބުރީގެ ކޮޓަރީގައި ޓަކި ދިނުމާއި އެކު ދޮރު ހުޅުވައިލީ ލިލިއަން މަންމަމެން ދެކެ އައިސްފައި ހުރި ރުޅިގަނޑު ފިލުވާލަ ދެވޭނެ މީހާ އެވެ. ތަނެއް ދޮރެއް ނުބަލައި ކުރިމަތީ ހުރި ފިރިހެން މީހާގެ ގަމީހުގެ ގިރުވާނުގައި ހިފަމުން ލިލިއަން އޭނާ އާއި ދިމާލަށް ދަމައިގަތެވެ. ފައިގެ އެހީގައި ދޮރު ލައްޕަމުން ލިލިއަން އުޅެގަތް ގޮތުން އެ ފިރިހެން މީހާ ގާތަށް ނުލަފާ ހިންޏެއް އައިސްފައި ހުއްޓެވެ. އެ މީހާ އެ ބާރު ގަދަ އަތުން ލިލިއަން ދުރުކޮށްލަމުން އެމޫނަށް ފުންކޮށް ބަލައިލިއެވެ.

“އައި ނީޑް ޔޫ ރައިޓް ނައު” ލިލިއަން ގޮތްދޫ ނުކުރާ ފަދަ ގޮތަކަށް ބުންޏެވެ.

“ހެހެހެ. އައި އެމް ސޮރީ ލަވް. އެކަމު ތިހާ އަޕްސެޓް ވެފަ ހުރި ސަބަބު ބުނެދީފާނަންތަ؟” ލިލިއަން އެ މޫނަށް ފާޑަކަށް ބަލަން ހުރެފައި އިސްޖަހައިލިއެވެ.

“ތިހެން އަހާ އިރު ވެސް އެޒިލް އަށް އިނގޭނެ ކީއްވެކަން.” އެޒިލް ލިލިއަން ގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން އެ ތުންފަތުގައި ބޮސްދެމުން އެ އަތްދަނޑި މައްޗަށް އުފުލައިލީ ލުއި ފަތެއްހެނެވެ. އެ ކޮޓަރީގައި ހުރި ކުޑަ އެނދުމައްޗަށް ލިލިއަން ދޫކޮށްލުމާއި އެކު ލައިގެންހުރި ހެދުން ގަޔާއި ވަކިކޮށްލަމުން ޓައިލްސްތައް މައްޗަށް އެއްލައިލިއެވެ. ލިލިއަން އެޒިލް އޭނާއާއި ދިމާލަށް ދަމައިގަންނަމުން ގަމީހުގެ ގޮށްތައް ނައްޓަމުން ދިޔައީ ފަރިތަ ކަމާއި އެކީ އެވެ. އެ ފިރިހެން ވަންތަ ކަސްރަތީ ހަށިގަނޑު ފާޅު ވެގެން ދިއުމާއި އެކު ދެމީހުން އުޅެގަތީ ކަރުހިއްކުން ފިލުވޭތޯ އެވެ.

އެތައް އިރަކު އެގޮތުގައި އުޅުމުގެ ސަބަބުން ދެމީހުން ވެސް ތިބީ ވަރުބަލި ވެފައެވެ. އެޒިލްގެ މޭގައި ބޯ އަޅާލައިގެން އޮވެ އެ މޭގައި މަޑުމަޑުން ފިރުމައިލަ ފިރުމައިލާ ލިލިއަން އޮތެވެ. ދެމީހުންގެ ހިމޭން ކަމުގެ ސަބަބުން އުފެދިފައިވާ ހަމަހިމޭން ކަން ފޫ ދުއްވައިލީ އެޒިލްގެ ފޯނު ރިންގުވާން ފެށުމުން ނެވެ. ލިލިއަން ދުރަށް ޖެހިލުމުން އެޒިލް ތެދުވެ އެތާ އިން ކުޑަ މޭޒެއްމަތީ އޮތް ފޯނު ނެގިއެވެ.

“ކީއްކުރަން ތި ގުޅަނީ…ތިމާ މީހާގެ ސިއްރު ބޭޒާރު ވީމަ މާ ލޯބިވާ ކަމަށް ހެދިގެން އުޅޭނެ ކަމެއް ނެތް… އިރުކޮޅަކުން ގެއަށް ދާނަން… އޭރުންވެސް ތި ދައްކަން އުޅޭ ވާހަކަ ދެއްކިދާނެ” އެޒިލް ފޯނު ކަނޑަައިލަމުން އެނބުރުނު އިރު ލިލިއަން ހިނިތުންވެލައިގެން ހުއްޓެވެ.

“ވައިފް ދޯ އެއީ” ލިލިއަން ސުވާލު ކޮށްލުމާއި އެކު އެޒިލް ބޯ ޖަހައިލިއެވެ.

“އައި ލަވް ޔޫ ޒިލް” އެޒިލް މަޑުމަޑުން ހުންނަން ފެށުމުން ލިލިއަން އެޒިލް އާއި ގާތް ވެލަމުން އެ ބިޔަ ހަށިގަނޑުގައި ބައްދައިލިއެވެ.

“އަދިވެސް ވައިފް ދެކެ ދޯ ލޯބި ވަނީ؟” އެޒިލްގެ ހިމޭން ކަމުން ޖަވާބު ލިބިގަންނަމުން ލިލިއަން ސުވާލު ކޮށްލިއެވެ.

“ލިލީ…” އެޒިލް އަށް ގޮވައިލެވުނެވެ.

“އައި ނޯ ދެޓް. އަހަރެން އަސްލު ޒެއިން އާ މެރީ ކުރަންވީ ކަންނޭނގެ. މިހާރު އަހަރަކާ ގާތް ވަނީ. އެކަމު މި ނޫން ގޮތަކަށް އެޒިލް އަހަރެން ނަށް ބަލައިވެސް ނުލާ. އަހަރެން ބިރު ނުގަންނާތީ އެއް ނޫން މިހެން އުޅެނީކީ. ހަގީގަތުގަ އައި އެމް  އެޑިކްޓެޑް. މިކަމަށް ވެސް. އެޒިލް އަށް ވެސްޯ” އެޒިލް އާއި ދުރު ވެލަމުން ލިލިއަން ބުނެލިއެވެ. އެެ އަޑުގައި ރިހުމެއް ވިއެވެ.

“ލިލީ ޕްލީޒް. އަހަރެން ނަށް އަދި ވަގުތު ކޮޅެއް ދީ. އަހަރެން ވަރަށް އަވަހަށް މިލީނާ ޑިވޯސް ކުރާނަން.” އެޒިލް ގެ އަޑުގައި ވަނީ އާދޭހެވެ. ލިލިއަން ދެކެ އޭނާ މިހާރު ލޯބި ވެއެވެ. ނަމަވެސް އެކަން ހާމަ ކުރަން އަދި ރަނގަޅު ވަގުތު ނުޖެހޭތީ އެޒިލް އެއްޗެކޭ ނުބުނެ ހުންނަނީ އެވެ.

“އޮކޭ. ޓޭކް ޔުއަ ޓައިމް. އަހަރެން ދެން ދަނީ. ވައިފް ހުންނާނެ މިހާރު އިންތިޒާރުގަ” ޓައިލްތައްމަތީ އުކާލެވިފައި ހުރި އަންނައުނު ތައް ލަމުން ލިލިއަން އެހެން ބުނެލީ ޖެއްސުމުގެ ރާގެއްގައެވެ. އެޒިލް ހިމޭނުން ހުރުމުން އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ލިލިއަން ނުކުމެގެން ދިޔައީ ބާރު ބާރަށް ދޮރު ވެސް ޖަހާފައެވެ.

ނުނިދިފައި އޮތް އެލީން ސިހިގެން ދިޔައީ ފޯނަށް މެސެޖެއް އައުމުން ނެވެ.

“ނުނިދަންޏާ ޓެރެސް އަށް އާދެބަލަ. ޒެއިން.” އެ މެސެޖު ކިޔާލެވުމާއި އެކު އެލީން ގެ ތުންފަތަށް އުފާވެރި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ގަޑި ބަލައިލި އިރު ބާރަ ޖަހަނީ އެވެ. ލައިގެން ހުރި ތުނި ނިދާ ހެދުން މަތިން ދިގު ޖެކެޓެއް ލައިގެން އެލީން ކޮޓަރިން ނުކުތެވެ.

ރެއިލިން ގައި ހިފައްޓާލައިގެން ހުރި ޒެއިން އަށް ފަހަތުގައި މީހަކު ހުރި ކަމުގެ އިހުސާސް ވުމުން އެނބުރި ބަލައިލި އިރު ލަދު ރަކި ގޮތަކަށް ހިނިތުން ވެލައިގެން އެލީން ހުއްޓެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

އެފިނިމެންދަން 24

Next

އައިޝާ 7

Next
November 8, 2016

އައިޝާ 7

Previews
November 8, 2016

އެފިނިމެންދަން 24

55 Comments!

  1. thinker says:
    November 8, 2016 at 12:41 pm

    Boy eh kamah meehun hykurrthy dhw name thi jehi…???

  2. shooty says:
    November 8, 2016 at 12:42 pm

    Hope you guys will like this part… Please leave a comment and tell me how you feel about this episode.. I love you all for the lovely comments snd like ????????

    1. shooty says:
      November 8, 2016 at 3:31 pm

      And yes. Maadhan story up kohdheven methyma miadhuge konmex vagutheh gai 5th episode up kohlaanan insha allah ?

  3. killer says:
    November 8, 2016 at 12:45 pm

    Shooty zain aa alyn mivaahaka nimey iru nugulhuvaifiyya…i will find you n kill you…….

    1. shooty says:
      November 8, 2016 at 12:46 pm

      Hehehe..

  4. killer says:
    November 8, 2016 at 12:48 pm

    Heheh ehnoon…remember my words…..

    1. protection says:
      November 8, 2016 at 1:02 pm

      Hehehe… You will never find her…

  5. Partner in crime. says:
    November 8, 2016 at 12:50 pm

    I’m with you killer.

  6. crime minister says:
    November 8, 2016 at 12:53 pm

    Ebunaahen lilly is so devil….aly gulhuvaani zain aaa ehennooni killer ah order dheynan shooty raheenu kuran

  7. Thoo says:
    November 8, 2016 at 12:57 pm

    Me 2

  8. criminal court says:
    November 8, 2016 at 1:01 pm

    Ms perfect writer shooty be ready to come court if you dnt obey killer..story super….,,<3

  9. rifftyy says:
    November 8, 2016 at 1:01 pm

    Vvvv nice

  10. police head says:
    November 8, 2016 at 1:08 pm

    Next ep hama mihaaru up.kurey ehen noony police jip mi fonuvani…shooty plx mirey up kohba next ep

  11. aishath says:
    November 8, 2016 at 1:23 pm

    ?wow

  12. Axee says:
    November 8, 2016 at 1:23 pm

    Hehe shooty girl eh vymadho mimyhun birudhahkany??hehe….xein and elyn ae bathol n batholaa dho so edhemyhun yagynunves nimenvaairah shooty gulhuvadheyne.hehe…mi part ves v salhi??.kyp it up

  13. Mari says:
    November 8, 2016 at 1:43 pm

    Vvvv reethi

  14. Sheeby says:
    November 8, 2016 at 1:53 pm

    Haadha salhi eyyyy…????? i love it ????????????

  15. NAAZ says:
    November 8, 2016 at 1:53 pm

    Haadha majaa comment thakeh..hihihi.
    shoot story vvvvvvvvvvvvvvvvvvvvvvvvvvv
    reethi..next part ge inthizaaruga mihure

  16. aloony says:
    November 8, 2016 at 1:53 pm

    Awwwwwwn so nice ❤❤❤

  17. Inee says:
    November 8, 2016 at 2:11 pm

    Varah furihama

  18. KILLER JOKE says:
    November 8, 2016 at 2:11 pm

    mrs.shooty
    varah reethi ekam lily kee beykr meehe o GET HER OT

  19. ully says:
    November 8, 2016 at 2:44 pm

    Wow… Varah salhi…???

  20. Lili says:
    November 8, 2016 at 2:46 pm

    I think zein and lili gulhuvyma ma salhi vaane hen.. Furathana part feshunu gothunvx heevany zein and lili hen gulheynii… Lili ge crush eh dhw kudairuge

    1. shooty says:
      November 8, 2016 at 4:26 pm

      Nooney.. Dhe family friend v ma dhe kudhin hama ekani dhanna kan.. Ellie & zain had a crush ?

  21. ishaaa says:
    November 8, 2016 at 2:52 pm

    Hehe shuhaa tha?? Kihinei tha haalu?? Mi story v nice ngey. Mi prt adhi nukiyan ekm.. i hope u’ll knw me. Frm ur island

    1. shooty says:
      November 8, 2016 at 3:01 pm

      I am gud ? ingijje kanneynge thy kaaku kan ?

  22. Dhondooni. says:
    November 8, 2016 at 3:15 pm

    Woww..v nice?❤

  23. bunny says:
    November 8, 2016 at 3:20 pm

    kylie jenner

  24. mixi says:
    November 8, 2016 at 3:20 pm

    V sahli.waiting for next part

  25. Mau says:
    November 8, 2016 at 3:21 pm

    Shooty mibai vvvvvv reethi. ?? Killer shooty marai laifihya mikahala loabi vaahaka genes dheynee kaaku??????

  26. leen says:
    November 8, 2016 at 3:28 pm

    just woww i love this story shooty keep it up… nd love comments tooo hehe :p

  27. inspector killer says:
    November 8, 2016 at 4:04 pm

    wowow nice storyyy

  28. gang leader says:
    November 8, 2016 at 4:34 pm

    shooty ah inxaaru dhenya mikolhun gangu fonuvaanan ingey..shooty mi stroy vvv reethi <3

  29. mndf commander says:
    November 8, 2016 at 4:45 pm

    Ehves varah shooty haasvaane kamehney alhugandumen lashkareh eba fonuvan shooty men geyge security balahahtan….btw story habeyzzzz

    1. Senior inspector of MNDF says:
      November 8, 2016 at 5:39 pm

      Yes mikolhun thikamaa alhugandu havaaluvan

    2. Senior inspector of MNDF says:
      November 8, 2016 at 5:40 pm

      Mikolhun alhugandu thikamaa eba havaaluvan

  30. xenn says:
    November 8, 2016 at 5:55 pm

    Comments thah kiyaafa heeeheee halaaaku…story hama habeys

  31. chum chum girl says:
    November 8, 2016 at 7:41 pm

    mithaa haadha majaa comment liyaa kudhin ulheyey dho shooty!

  32. chum chum girl says:
    November 8, 2016 at 7:42 pm

    aslu keyboard skaraai v ma dhenme story ah comment nukurevunee. story hama habeysssssssssssss. love u shooty

  33. shooty says:
    November 8, 2016 at 9:11 pm

    Mirey ves maadhan ves story up eh nuvaane guys.. V bodah sorry ingey… But tomorrow I have to go male and tonight I am so busy.. But miss va part aai eku up kohllaana ingey friday ga. Insha allah.. I am so sorry ?

  34. Appy says:
    November 8, 2016 at 9:22 pm

    Luv ly story …..

  35. bunny says:
    November 8, 2016 at 9:34 pm

    shooty kon rashekey?

    1. shooty says:
      November 8, 2016 at 9:38 pm

      K.dhiffushi

  36. me says:
    November 8, 2016 at 10:10 pm

    woww dear its awesome……

  37. naan says:
    November 8, 2016 at 10:19 pm

    V reethi mi vaahaka kuri ah gendhaa goih

  38. Axu says:
    November 8, 2016 at 10:55 pm

    Sali… 🙂

  39. maalhu says:
    November 9, 2016 at 1:27 am

    mashaa allah shooty your story rockzz and varah loabi name eh shuhaa akee hehe

  40. maalhu says:
    November 9, 2016 at 1:27 am

    maashaa allah shooty your story rockzz and varah loabi name eh shuhaa akee hehe

  41. Khajja says:
    November 9, 2016 at 3:17 am

    Masha allah v v v loabi mi stry v wait kurevey mi stry ah keep it up

  42. ?♡¿ says:
    November 9, 2016 at 2:37 pm

    Shuhaa… i know u… i’m also from the same island as u… i never knew shooty aky shuhaa kameh.. but anyways i really love ur stories… keep it up dear.. we are with u…

  43. GORGEOUS says:
    November 9, 2016 at 5:18 pm

    Wow… shooty miadhu story hadha lasvany Kyve?

  44. GORGEOUS says:
    November 9, 2016 at 5:22 pm

    Oh I just read ur msg about going to male.. Itx ok.. Have a great time

  45. cindrella says:
    November 9, 2016 at 7:29 pm

    Hey ishaa ves story kiyanta hope u know me .I know u ????

  46. cindrella says:
    November 9, 2016 at 7:32 pm

    Kobaata next part shooty ur finished now ?????????????????????????

  47. Anonymous says:
    November 10, 2016 at 11:25 am

    I thought shooty is a boy , anyway vv nice ?

Comments are closed.

Next Episodeހިތް ބޭނުމޭ…5←


All Right Reserved!