އެފިނިމެންދަން 24
ތެޅިތެޅި އޮތްހިތަކާއެކު އިޝާން ކާކޮޓަރިއަށް ވަނެވެ. އެތެރެއަށް ވަނުމާއެކީ އޭނާގެ ފިޔަވަޅުތައް ގަނޑުވީ ކާމޭޒުކައިރީގައި އިން ނީލާ ފެނުމުންނެވެ. ނީލާއާ އަނިލްއާއި ކާފައާއި މާމަގެ އިތުރުން ނީލާގެ މަންމައާއި ބައްޕަވެސް ތިއްބެވެ. މަންމަހުރީ އޭނާގެ ލޯބި ލޯބިދަރިފުޅު އިއާން އުރާލައިގެންނެވެ. އޭނާގެ ދަރިފުޅު މިހާރު އަދި ކުރިއަށްވުރެވެސް އޭނާއާ ވައްތަރެވެ. އަދި އެހާމެ ލޯތްބެވެ. ކުއްލިއަކަށް ނީލާމެން ފެނުމުން ހައިރާންވެގެން ވިސްނަންވީ އެއްޗެއްވެސް ނޭނގިފައި އިޝާންއަށް ހުރެވުނެވެ.
” އިޝާން ދަރިފުޅާ…އަވަހަށް އާދޭ” އިޝާން ފެނުމާއެކު ކާފައުފަލުން ގޮވާލިއެވެ. ރިމޯޓް ކޮންޓްރޯލް އިން މަސައްކަތްކުރާ ރޮބޮޓެއް ފަދައިން ހިނގާފައި އިޝާން ކާފަގެ ގާތަށްދިޔައެވެ.
” ހޭއި ބުރޯ…ކިހިނެއްތަ؟…” އިޝާން ކާފަކައިރީ އިށީނުމާއެކު ކާފަގެ އަނެއްފަރާތުގައި އިން އަނިލް ބޯއަރިކޮށްލަމުން އަހާލިއެވެ. ނީލާވެސް ވައްކަޅިން އިޝާންއަށް ބަލަންއިނެވެ.
“ރަނގަޅު” އަނިލްގެ މޫނަށް ބަލާލަމުން އިޝާން ކުރު ޖަވާބެއްދިނެވެ. އަނިލްގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަމުން އަނިލް އުޅެނީ ވަރަށް އުފަލުންކަން އެވަގުތުވެސް އިޝާންއަށް އެނގުނެވެ. ނީލާގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވެއެވެ. ކުއްލިއަކަށް އެމީހުން ފެނުމުން ހައިރާންވީ ވަރުން އިޝާން އަދިވެސް އެކިމީހުންގެ މޫނަށް ވަކިވަކީން ބަލަމުންދިޔައެވެ. އެމީހުން އައީ ކޮންއިރަކުބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
އިޝާން އަނގައިންވެސް ނުބުނެ އިންދައި އެކިމީހުން އެކި އެކި ސުވާލު ކުރަށް ފެށުމުން އިޝާންވެސް ހަމަޖެހޭގޮތް ދައްކަމުން އެމީހުންގެ ސުވާލުތަކަށް ޖަވާބުދޭން ފެށިއެވެ. އިޝާން އެވަރަށް ހައިރާންވެފައި އިން އިރުވެސް ދެންތިބިމީހުންނަށް މާބޮޑުކަމަކަށްނުވިއެވެ. އެކިމީހުން އެކިއެކި ވާހަކައިގައި ތިބެގެން ކަމުންދިޔައެވެ. އިޝާން ވިސްނަމުން ދިޔައީ މިއަދު ހެނދުނު ބައްޕަ ދެއްކި ވާހަކައާމެދުގައެވެ. ބައްޕައެބުނާ އަންހެން ކުއްޖާއާއި އެއާއިލާ ކޮބައިބާއެވެ؟ އެމީހުން މިއަދު ނާންނަނީބާއެވެ. ބައްޕަ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ އެއިނީ ކީއްވެބާއެވެ. އަނެއްކާ ބައްޕަ އެދެއްކީ ނީލާގެ ވާހަކަ ހެއްޔެވެ؟ ނޫނެކެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ނީލާއަކީ އަނިލްގެ އަނބިމީހާއެވެ. އެދެމީހުން އިނދެގެން އުޅޭކަން ބައްޕައަށްވެސް އެނގޭނެއެވެ. އެހެންނޫނަސް ނީލާއާ އޭނައާ އޮތް ގުޅުމެއް ބައްޕައަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ ދެން ބައްޕަ އެދެއްކީ ކާކުގެ ވާހަކައެއް ހެއްޔެވެ؟ އިޝާން ވިސްނާ ވިސްނާވެސް އެސުވާލުގެ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އިޝާން ސިއްރު ސިއްރުން ނީލާއަށް ބަލާލިވަގުތު ނީލާ ހިނިތުންވެލިއެވެ. ނީލާ ހީލިގޮތުން އޭނާގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އެކިއެކި ޚިޔާލުގައި އިނދެގެން އިޝާން ކައިނިންމިއެވެ.
ކައިނިމިގެން ހުރިހާ ބޮޑެތިމީހުންދިޔައީ ސިޓިންރޫމަށެވެ. އިޝިކާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަހްސަންއާއި އަހުނަފް ދިޔައީ އިޝާންގެ ކޮޓަރިއަށެވެ. އިޝާންވެސް އެމީހުންގެ ފަހަތުން ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.
” ދަރިފުޅާ އިޝާން….އާދެބަލަ މިކޮޅަށް” އިމާދު ގޮވާލުމާއެކު އިޝާން ކިޔަމަންތެރިކަމާއެކު ބައްޕަގެ ގާތަށް ދިޔައެވެ. ޖެހިލުންވެފައިހުރެ އިޝާން ހުސްކޮށްހުރި ސޯފާގައި އިށީނެވެ. އަނިލްއާ ނީލާވެސް ބައްޕަމެންނާ އެކު ސިޓިންރޫމުގައި ތިއްބެވެ. އިޝާން އައިސް އިށީނުމާއެކު ނީލާ ތެދުވެގެން ގޮސް އިޝިކާގެ ކޮޓަރިއަށް ވަނެވެ.
” ދަރިފުޅާ ބައްޕަ މިއަދު ހެނދުނު ދެއްކި ވާހަކަ ހަނދާން އެބަހުރިތަ؟….އެވާހަކަ ދައްކަން ބައްޕަ މިއުޅެނީ..” އިޝާން އިށީނުމުން އިމާދު ވާހަކަ ދައްކަން ފެށިއެވެ. އެއާއެކު އިޝާންގެ ހިތްތެޅިގެން ދިޔައެވެ.
” ބައްޕަ ބުނީމެއްނު ދަރިފުޅުގެ ކައިވެނި ކުރާ ވާހަކަ…..ކޮބާ ބައްޕަ ދެއްކި ކުއްޖާ ދަރިފުޅަށް ކަމުދިޔަތަ؟” އިމާދު ކޮށްލި ސުވާލުން ހައިރާންވެފައި އިޝާންއަށް ބަލަން އިނދެވުނީއެވެ.
” ނޭނގުނުދޯ…..ބައްޕަ މިދައްކަނީ ނީލާގެ ވާހަކަ…..ދަރިފުޅަށް ނީލާކަމުދެ އެއްނުދޯ” އިމާދު ބުނެލި ޖުމްލައިން ސިހުނުވަރުން އިޝާން ސޯފާއިން ނުވެއްޓުނީވެސް ކިރިޔާއެވެ. އެވަގުތު އިޝާންއަށް ބަލާލެވުނީ އަނިލްގެ މޫނަށެވެ.
” ކިހިނެއްވީ؟ ނީލާ ކަމުނުދަނީތަ؟ ” އިޝާން ބަލާލިގޮތުން މަޖާވެފައި އަނިލް އަހާލިއެވެ. އިޝާން އިނީ ބަސްހުސްވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނިލްއާ ބައްޕައާވެގެން މިކުރަނީ ކޮންކަހަލަ ސަމާސާއެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
” އެކަމް ބައްޕާ އަނިލް އާ ނީލާ..” އިޝާން ހިތްވަރުކޮށްފައި އެއްޗެއް ބުނަން އުޅުނެވެ.
” ނޫން ޝާން….މަށާ ނީލާއާ ދެމެދުގަ އެއްވެސް ގުޅުމެއް މިހާރަކު ނެތް…އެކުވެރިކަން ފިޔަވާ…މިހާރު މިނިވަނެއްގެ ގޮތުގަ ނީލާހުންނަތާވެސް ތިންމަސް ވެއްޖެ…” އަނިލް ހަމަޖެހިލާފައި ޖަވާބުދިނެވެ.
” އެކަމް އަނިލް…” އިޝާން އަނެއްކާ ވާހަކަ ދައްކަން ފެށިއެވެ.
” އެކަމަކު މިކަމަކު ނުކިޔާ ބުނެބަލަ…..ދަރިފުޅު ނީލާދެކެ ލޯބިވޭތަ؟…” އިޝާންގެ ވާހަކަ މެދު ކަނޑާލަމުން އިމާދު އަހާލިއެވެ. އިޝާންއަށް ދޭނެ ޖަވާބެއް ނޭނގުނުނެވެ. އަނިލްގެ ފަރާތުން ބައްޕައަށް ހަގީގަތް އެނގުނީކަން އިޝާންއަށް ޔަގީންވިއެވެ. އިޝާންއަށް އަނެއްކާވެސް ބަލާލެވުނީ އަނިލްގެ މޫނަށެވެ. އަނިލް ހެޔޮވަރު ވަރަކަށް ހެވިފައިއިނެވެ.
” ދަރިފުޅުގެ ދުލުން ނުބުންޏަސް ބައްޕައަށް އެނގޭ ދަރިފުޅު ނީލާދެކެ ލޯބިވާކަށް….އެކަމުގެ ހެކިދައްކަންތަ؟….ބަލާބަލަ މިއަށްވުރެ ބޮޑުހެއްކެއް ލިބިދާނެތަ؟….ބަލާލިކޮންމެ މީހަކަށްވެސް އެނގޭނެ މީހަމަ ދަރިފުޅުގެ ކުލަކޮޕީއެއްކަން ” އިމްޝާގެ އަތުގައި އިން އިއާން އުރާލަމުން ލާނެއް ގޮތަކަށް ހިނިއައިސްފައި އިމާދު ބުންޏެވެ. ބައްޕަ އެބުނި އެއްޗެއް ވިސްނުމުން އިޝާންއަށް ދެލޯބޮޑުކޮށްލެވުނެވެ. އޭނާގެ އެބޮޑު ސިއްރުވެސް ބައްޕައަށް އެނގުނީ ހެއްޔެވެ؟ އޭނާ މުޅިދުނިޔެއަށް ސިއްރުކުރި ކަންތައް އެންމެންގެ ކުރިމަތީ ހާމަވެގެން ދިއުމުން ގަތްލަދުން ހަލާލުވާ ވަރު ވެއްޖެއެވެ. ވަށައިގެންތިބި އެންމެންގެ މޫނަށް ބަލާލެވުނީވެސް ބޭއިޚުތިޔާރުގައެވެ. އެންމެންގެ މޫނުތަކުގައިވި ވި ރަކި ހިނިތުންވުން ތަކުން އެމީހުނަށްވެސް އެހަޤީޤަތް އެނގިފައިވާކަން ދޭހަވިއެވެ. ދެން އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތާގައި މަޑުކުރާކަށް އިޝާންއަކަށް ނުކެރުނެވެ. ގަތްލަދުން އެދޮން މޫނަށް މަޑުފިޔާތޮށި ކުލައެއް ވެރިވެގެން ދިޔައެވެ. މިހާވަރަކަށް ދުވަހަކުވެސް އޭނާ ލަދެއްނުގަނެއެވެ.
” ބައްޕާ…އަހަރެން އެބައަންނަން..” ތިރީތުންފަތުގައި ދައިގަންނަމުން އިޝާން އަވަސް އަވަހަށް ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އިޝާންއަށް ވީގޮތްފެނިފައި އެންމެންގެ ގާތަށްވެސް ހިނިއައެވެ. އަނިލް ހެމުން ހެމުން ތެދުވެގެން ގޮސް އިޝާންގެ ކޮޓަރިއަށް ވަނެވެ. އިޝާން ދެލޯމަރައިގެން އެނދުގައި އޮތެވެ. އިޝާން ވިސްނަމުންދިޔައީ ބައްޕައަށް ހަޤީޤަތް އެނގުމުން އެކަމާމެދުގައެވެ. އަނިލް ބައްޕައަށް އެހަޤީޤަތްވެސް ކިޔާދިނީ ހެއްޔެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ބައްޕަވެސް އެންމެގެ ކުރިމަތީ އެވާހަކަ ބުނަންވީ ކީއްކުރަން ހެއްޔެވެ؟ ބައްޕަ ހަމަ ގަސްތުގައި އޭނަ ލަދުގަންނުވާލީއެވެ. އިޝާންއަށް ބޭއިޚުތިޔާރުގައި މޫނުގައި ބާލީސްއެޅުނެވެ. އަހްނަފްއާއި އަހްސަންއާ ދެމީހުން މާބޮޑު ސަމާލުކަމެއް ނުދީ ގޭމްކުޅެން ތިއްބެވެ.
” ހޭ ގައިޒްސް….އަހަރެންނަށާއި އިޝާންއަށް ވަގުތުކޮޅެއްދީފަ ބޭރަށް ނުކުމެވިދާނެތަ؟” ފޯރީގައި ކުޅެންތިބި އަހުސަންމެންނަށް ބަލާލާފައި އަނިލް ބުންޏެވެ. އަހުސަންއާއި އަހްނަފް ކުޑަކޮށް ހައިރާންވެފައި އަނިލްއަށާއި އިޝާންއަށް ބަލާލިއެވެ.
” އޯކޭ..ޓޭކް ޔުއަރ ޓައިމް” އަހުސަން ކޮޓަރިން ނުކުންނަމުން ބުންޏެވެ.
” ހޭއި…ތިހާ ހާސްނުވެބަލަ….އަހަރެން ކުރިންވެސް ބުނީމެއްނު އެއްވެސްކަމެއް އަބަދަކު ސިއްރެއް ނުވާނެ….” އެނދުގައި އިށީންނަމުން އަނިލް ވާހަކަދެއްކިއެވެ.
” އެކަމް އަނިލް….އެހުރިހާ ވާހަކައެއް ބައްޕަގާތުބުނީތަ؟….މާމައާއި ކާފަވެސް ހިތަށް އަރާނީ ކީކޭ….ބޮޑުދައިތައާއި މަންމައާއި ނީލްގެ މަންމަވެސް ކިހިނެއްތަ އަހަރެންނާމެދު ދެކޭނީ….އޯހް ގޯޑް…އަހަރެން ކިހިނެއް ދެން އެމީހުނާ ކުރިމަތިލާނީ…..އަހަރެން އެކަން ސިއްރުކޮށްގެން ހުރެ މެލޭއަށް ދިޔައީވެސް އެހެންމީހުނަށް އެކަން އަންގަން ބޭނުން ނުވާތީ….އަހަރެންނާ ނީލްއާ މެދު ގުޅުމެއް ހިނގީ މާކުރިން….އިއްތިފާޤުން ދަރިޔަކު ލިބުނަސް ނީލްއާ އަހަރެންނާ މިހާރު އެއްވެސް ގުޅުމެއް ނެތް…..ނީލްއަށް އެންމެ އެކަށީގެން ވަނީ އަނިލް…..އަހަރެންނަށް އެނގޭ އަނިލް ނީލްދެކެ ކިހާ ލޯބިވާކަން….ދެން ކީއްވެ ތިގޮތަށް ތިކަންތައްކުރީ…..ނީލްވެސް ކިހާލަދުގަންނާނެ….” އިޝާން އިނީ ކަންބޮޑުވެގެން ހަދާނެގޮތް ހުސްވެފައެވެ.
” އިޝާން ރިލެކްސް…..އިޝާން ހީކުރީ އަހަރެން ނުބުނެހުރީމަ އިޝާންގެ އެސިއްރު ދުވަހަކުވެސް ފަޅާނާރާނެ ކަމަށްތަ؟…..އިޝާން މެލޭއަށް ދިޔައީމަ އަހަރެން ވަރަށް ގިނަގޮތްގޮތަށް ވިސްނިން…އިޝާން އަމިއްލައަށް ގޮތެއް ނިންމާފަ ދިޔަޔަސް އެގޮތަށް އެކަންވާކަށް ނެތް…އިޝާންގެ ހަނދާނުގަ ނީލާގެ ލޮލުން އޮހުނު ކަރުނަތައް ދުށްމީހަކީ އަހަރެން….އިޝާންގެ ލޯތްބަށް އެދި އެހިތް ގޮވާ ގޮވުން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ….ތިދެމީހުން އެކަކު އަނެކަކުދެކެ އެހާލޯބިވާއިރު އަހަރެން ކިހިނެއް ތިދެމެދަށް ވަންނާނީ….ތިދެމީހުންގެ ހަޤީޤަތް ނައީޝް އަހަރެންނަށް ކިޔައިދިނީއްސުރެ އަހަރެންނަށް ހަމަނިދި ނުނިދޭ….އަހަރެންނަށް އެނގޭ އިޝާން ނީލާ ދޫކޮށްލީ އަހަރެންގެ އިހުސާންތެރިކަމުގެ ބަދަލުދޭންކަން….އެކަމަކު އިޝާން އެންމެ ފަހަރަކުވެސް ނީލާއާމެދު ވިސްނާލީންތަ؟…އެކުޑަ ކުޑަ ދަރިފުޅާމެދު ވިސްނާލިންތަ؟…ކިތަންމެ ސިއްރުކުރަން އުޅުނަސް އެ ހާމަކަށްބޮޑު ހަޤީޤަތް ކިހިނެއް ސިއްރުކުރާނީ…ވަރަށް ވިސްނުމަށްފަހު ވަޒީފާއިން ކެނޑިގެން އަހަރެންވެސް ނީލާ ގޮވައިގެން މާލެބަދަލުވީ… އަދި އަހަރެން ވިސްނާފަ އޮތްގޮތަށް ނީލާވަރިކުރީ….ނީލާމިހާރު އެއުޅެނީ އޭނަގެ މަންމަމެންނާއެކު ހުޅުމާލޭގަ…. ވަރިކުރުމުގެ ކުރިން ނީލާގެ މައިންބަފައިންނަށް ހަޤީޤަތް ކިޔައިދޭން މަޖުބޫރުވީ، ނީލާގެ ކުށެއްނެތި ވަރިކޮށްފިއްޔާ އެމީހުންގެ ހިތް އަހަރެންނާމެދު ނުބައިވެދާނެތީ…..ހަޤީޤަތް އެނގުމުންވެސް އެމީހުން އިޝާންދެކެ ރުޅިއެއްނާދޭ…..އަހަރެން މާލެއައިސް މިގެޔަށް އައީ ބައްޕައާއި މަންމަގެ އެދުމުގެމަތިން….އަހަރެން އެއްވެސް ވާހަކައެއް ބުނުމުގެ ކުރިން އިޝާންގެ ބައްޕަ ސުވާލުކުރީ އިއާންއާ ބެހޭގޮތުން….ބުނީ އިއާން ހީވަނީ ހަމަ އިޝާން ހެންނޭ….ދެން އަހަންނަށް މަޖުބޫރުވީ ހަޤީޤަތް ކިޔާދޭން…..ހުރިހާކަމެއް އެނގުމުން ބައްޕަ، މާމައާއި ކާފަވެސް މިކޮޅަށް ގެނެސް އެމީހުނަށްވެސް ހަޤީޤަތް އެންގީ….ބޮޑުދައިތައާއި މަންމައަށްވެސް އެންގީ ބައްޕަ…..ހުރިހާ އެންމެނަށް ހަޤީޤަތް އެނގުމުންވެސް އެނގޭކަމަށް ނުހަދާތިބީ އިޝާން އަންނަންދެން….އިޝާންއަށް ސަޕްރައިޒްދޭންވެގެން…..އެމީހުން އެންމެން ރާވައިގެން މިއަދު އެގޮތަށް ކަންތައްކުރީ….ނީލާއަށްވެސް އެނގޭ އެހުރިހާ ކަމެއް” އަނިލް ވަރަށް ސާފުކޮށް ކަންތައްވީގޮތް އޮޅުންފިލުވައިދިނެވެ.
” އެކަމު….އަނިލްވެސް ވަޒީފާ ދޫކޮށްފަ އެއްކޮށް އައީތަ…ދެން އަނިލް ތިއުޅެނީ ކޮންތާކު…؟” އިޝާން ހައިރާންވެފައި ސުވާލުކޮށްލިއެވެ.
” ހެހެހެ…އަހަރެން މިއުޅެނީ ހަމަ މިގޭގަ….ކުރިން އިޝާންގެ މާމަ އުޅުނުބައިގަ….ތިންދުވަސްވާންދެން އިޝާންއާ ފިލައިގެން މިއުޅުނީ….އެކަމު މާމަމެން، ރަށަށް ގޮސްލާފަ މިއަދު އެއައީ….އެހެންވެ އެމީހުން ނުފެނުނީ….ރަށުގަހުރި ގެވެސް ކުށްޔަށްދިން ވާހަކަ ކާފަބުނި…” އަނިލް ހިނިތުންވެފައި ހުރިހާ ވާހަކައެއް ކިޔައިދިންއިރު އިޝާން ހައިރާންވެގެން އަނިލްގެ މޫނަށް ބަލަންއިނީ އަނިލްގެ ކެތްތެރިކަމުންނެވެ.
” އެކަމް އަނިލް ހަމަ ނީލް ވަރިކުރީތަ؟….އަހަރެންނަށްޓަކާ އަނިލްގެ ލޯބި ޤުރުބާންކުރީތަ؟” އިޝާން ދެރަވެފައި އަހާލިއެވެ.
” އިޝާން ހީކުރީ އިޝާންއަށް އެކަނިކަމަށްތަ އެހެންމީހުންނަށްޓަކާ ކަންތައްތައް ޤުރުބާންކުރަން އެނގޭނީ….މީހުންދެކެ ލޯބިވާން އެނގޭނީ….އަހަރެންވެސް އިޝާންދެކެ ލޯބިވެޔޭ.. އެހެންވެ އެލޯތްބަށްޓަކާ ނީލާ ދޫކޮށްލީ…އެކުޑަކުޑަ އިއާންގެ ހައްޤުޤަ އެކުއްޖާގެ މަންމައާއި ބައްޕަ ގުޅުވަން ނިންމީ…..އަހަރެންމީ ތިހީކުރާހާ އަމިއްލަ އެދުން ބޮޑުމީހެއްނޫނޭ….އަހަރެންނަށް އަހަރެން ބޭނުންވި ހުރިހާ އެއްޗެއް ލިބިއްޖެ….އަހަރެންނަށް ފުރިހަމަ އާއިލާއެއް ލިބިއްޖެ….މަންމަގެ އިތުރުން ނުލާހިކު ރަނގަޅު ބައްޕައަކާ އެހާމެ ހިތްވަރުގަދަ ކޮއްކޮއެއް ލިބިއްޖެ….ނީލާފަދަ ރަނގަޅު އެކުވެރިޔަކު ލިބިއްޖެ….ދެން ކޮންކަމެއް އަހަރެން ބޭނުންވާނީ….އަހަރެންނަށް މިވަރުން ފުދޭ….އިޝާން ތިއުޅޭހެން އަހަރެންނާމެދު ކަންބޮޑުވެގެން ބައްޕައާއި ކާފައާ މާމަވެސް އުޅުނު….އަހަރެން ހާދަވަރަކުންނޭ އެމީހުނަށް ވިސްނާދިނީ….އަހަރެންބުނިން ނީލާއާ ކައިވެނިކުރީ ލޯތްބަކުން ނޫނޭ….ނީލާއަށްޓަކާ އެކަންކޮށްދިނީ މަޖުބޫރުވެގެންނޭ…..އަހަރެމެން ދެމީހުންގެ މެދުގަ އެއްވެސް ގުޅުމެއް ނެތްކަންވެސް ސާބިތުކޮށްދިނިން…. ” އިޝާން އަތުގައި ހިފާލަމުން އަނިލް އިޝާންއަށް ވިސްނަދިނެވެ. އިޝާން އަނިލްގެ ގައިގާ ބައްދާލިއެވެ.
” ތޭންކްސް ބުރޯ….މިއަދު އަހަރެންނަށް އިހުސާސް ވެއްޖެ ހަމަހަޤީޤަތުގަވެސް އަހަރެންނަށް ލޯބިވާ ބޭބެއަކު ލިބިއްޖެކަން….އެކަމަކު ބުނަން….ތިހާ ހިސާބަށް ތިކަން ގޮސްފަ ނެތްނަމަ މިއަދުވެސް އަހަރެން ނީލްއާ ގުޅޭކަށް ނުވިސްނާނަން….ހަމަ އަސްލުވެސް ނީލްއާ ނުލާ ހެޕީ ލައިފެއް އަނިލްއަށް އުޅެވިދާނެތަ؟” އިޝާން އަދިވެސް ހުރީ އަނިލްއާމެދު ކަންބޮޑުވެފައެވެ.
” ހޫމް…ނީލާގެ ލޯބި ނުލިބުނަސް އެންމެ ފުރަތަމަ އޭނާގެ ފިރިޔަކަށް ވުމުގެ ޝަރަފު ލިބިއްޖެ އެއްނު….އެވަރުވެސް ދެން އޯކޭއެއްނު…..އަހަރެންވެސް މިއުޅެނީ ވަރަށް އަވަހަށް ޕީއެޗްޑީއަށް ކިޔަވަން މެލޭއަށްދާން….ސޯނޯވޮރީސް….އައި އެމް ވެރީހެޕީ ނައު…އައި އެމް ރިއަލީ ހެޕީ” އަނިލް އިޝާންއާ ދުރައްޖެހިލަމުން އިޝާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. އަނިލް އެހާ ހަމަޖެހިފައި ހުރުމުން އިޝާން އަނިލްގެ މޫނަށް ބަލަން އިނީ ގަބޫލު ނުކުރެވިފައެވެ.
” އޭތް ދެން އާދޭ ބޭރަށް…..ބައްޕަ ދައްކަން ފެށިވާހަކަ ނުވެސް ނިމެނީހެއްނު ތިއައީ..” އަނިލް ކޮޓަރިން ނުކުތުމަށް ހިނގައިގަންނަމުން އިޝާންއަށް ބުންޏެވެ.
” ނޫން….މަށަކަށް ލާހިކެއްނޫން….ނީލްގެ މަންމައާ ބައްޕަވެސް އެބަތިއްބެއްނު….އާހް! އިޓްސް ސޯ އެމްބެރަސިން…..އައި އެމް ސޯ އަންލަކީ….ހަޔާތުގަ ހަމަ އެންމެ މިސްޓޭކެއް ހެދުނީވެސް….އެކަންވެސް އެފަޅާއެރީ…..ވައި؟ ވައި؟ ވައި.؟..” އިޝާން ދެއަތުން އޭނާގެ އިސްތަށިގަނޑުގައި ހިފާލަމުން ދެލޯމަރާލިއެވެ.
” އެއީ އަންލަކީ އެއްނޫނޭ….އެއީ ހަމަ ލަކީކަމުން ވީކަމެކޭ ހީކޮށްލާ…..ކޮންމެ މިސްޓޭކެއްގެ ރިޒާލްޓް ގޯހެއް ނުވާނެ…..ބަލާބަލަ އިޝާންއަށް ހެދުނު މިސްޓޭކްގެ ރިޒާލްޓް ކިހާލޯބި…..ދެން އެކަމާ ކުރިމަތިލާ ބުރޯ…ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު” އަނިލް ހީލަމުން އިޝާންއާ ދިމާކޮށްލިއެވެ. އަނިލްގެ އެސަމާސާ މިޒާޖުގެ ސަބަބުން ރަނގަޅަށްވެސް އިޝާން ހައިރާން ވެއްޖެއެވެ. މީގެ ހަމަސްކުރިން ފެނުނު އަނިލްއާއި މިހާރު މިފެންނަ އަނިލް ވަރަށްވެސް ތަފާތެވެ. އިންސާނުންގެ މިޒާޖަކީވެސް ހާލަތާއެކު ބަދަލުވާ އެއްޗެއްތާއެވެ.
އެދުވަހުގެ ބާކީއޮތް ވަގުތު ތަކުގައި އިޝާން އުޅުނީ ބައްޕަމެންނާ ފިލައިގެންނެވެ. ރޭގަނޑުގެ ކެއުމާ ޖެހެންދެން އޭނާ އުޅުނީ އެފަދަ ގޮތަކަށެވެ. އެންމެފަހުން ކެއުމުގެ ވަގުތު ޖެހުމުން ނުކާންކަމުގައި ބުނެ ބަހަނާ ދެއްކޭތޯވެސް އުޅުނެވެ. ނަމަވެސް ބައްޕަގެ އަމުރާ ޚިލާފްވާން ނުކެރިގެން އަނެއްކާވެސް ކާންނުކުތެވެ. އިޝާން ހީކުރިގޮތާއި ޚިލާފަށް ކާމޭޒުދޮށުގައި އެވަގުތުތިބީ މަންމައާ ބައްޕައާއި އަނިލް އަދި ނީލާއެވެ. ނީލާ ހުޅުމާލެއަށް ނުދަނީތާއޭ އިޝާންގެ ހިތަށްއެރިއެވެ. ކިތަންމެ ލަދުގަތަސް ބައްޕަގެ ކުރިމައްޗަށް ނުގޮސް އޭނާއަށް އުޅެވޭކަށް ނެތެވެ.
” ދަރިފުޅާ….ބައްޕަ ނޫޅެމޭ އަނެއްކާވެސް އެވާހަކަ ދައްކާކަށް….ބައްޕަ މިގޮވީ ހަމައެކަނި ކާން….އެކަމަކު ކައިނިމިގެން އިޝާންއާ ނީލާއާ ދެކުދީން ބައްޕަގެ ކޮޓަރިއަށް އައިސްދޭތި…” އިޝާން އައިސް އިށީނުމުން އިމާދު ވާހަކަ ދެއްކިއެވެ. އިޝާން ބޮލުގެ އިޝާރާތުން އާއެކޭ ބުނެ ކެއުމާއިގެން ކުރިޔަށް ދިޔައެވެ. ކަމުން ދިޔައިރު ސިއްރު ސިއްރު ނީލާއާއި އިޝާން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. ލޮލުން މެސެޖު ބަދަލުކުރަމުން ސިއްރު ސިއްރުން އެކަކު އަނެކަކަށް ހިނިތުންވަމުން ދިޔައިރު އަނިލްއިނީ އެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ. އެކަމުގެ ސަބަބުން އަނިލްގެ ހިތަށް ތަދުވެސްވިއެވެ.
ކައިނިމުމުން އިޝާން ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އިޝިކާގެ ކޮޓަރިން އިއާންގެ އަޑުއިވުމުން ބޭއިޚުތިޔާރުގައި އެދިމާއަށް ދެވުނެވެ. އިޝިކާ އެނދުމަތީގައި އިއާން ގޮވައިގެން ކުޅެން އިނެވެ. އިޝާން ހިނިތުންވެލަމުން ގޮސް އެނދުގައި އިށީނެވެ.
” ދޫނީ…ދޫނީ އާދެބަ ބައްޕިގާތަށް….” އިއާން އަށް އަތްދިއްކޮށްލަމުން އިޝާން ލޯބިން ގޮވާލިއެވެ. އިއާން ބީރައްޓެހި ނަޒަރަކުން އިޝާންއަށް ބަލަން އިންއިރު، އިޝިކާއިނީ “ބައްޕީ”އޭ ބުނުމުން ހައިރާންވެފައެވެ.
” ކީއްވެ ދޮންބެ ބައްޕީއޭ ތިބުނީ…މީ ނީލާ ދައްތަގެ ދަރިއެއްނު..” އިޝިކާ ވަރަށް ވިސްނަން އިނދެފަ އަހާލިއެވެ.
” ދޮންބެ މިއުޅެނީ ނީލްދައްތައާ މެރީކުރާށޭ….އެހެންވީމަ އިއާންބޭބީގެ ބައްޕައަކަށްނު ވާނީ….ދޮންބެގެ މޮމް އިޝީގެ މޮމްއަށްވީގޮތަށް….އެހެއްނު!” އިޝާން ވަރަށް ސާދާކޮށް އިޝިކާއަށް ވިސްނައިދިނެވެ. އިޝިކާ ވަގުތުން އިޝާންގެ ވާހަކަ ގަބޫލުކުރިއެވެ. އަދި އެހާމެ އުފާވެސްވިއެވެ.
އިޝާންއާއި ނީލާ އިމާދުގެ ކޮޓަރިއަށް ދިއުމުން އިމާދު ވިސްނުންތެރިކަމާއެކު ވާހަކަ ދައްކަށް ފެށިއެވެ. އެދެމީހުންގެ ކައިވެނީގެ ވާހަކައެވެ. ދެމީހުން ލަދުން ބަހެއް ނުބުނެ ގިނައިރުތަކެއް ވާންދެން ތިއްބެވެ. ނަމަވެސް އިމާދު ވަރަށް ލޯތްބާއިއެކު ވާހަކަ ދެއްކުމުން އެންމެފަހުން އިޝާން އޭނާގެ ހިތުގެ ހާލަތު ފުރަތަމަ ފަހަރަށް ބައްޕަގެ ކުރިމަތީގައި ހާމަކުރިއެވެ. ކުރިންސުރެވެސް ނީލާދެކެ ލޯބިވާކަމަށް އިއުތިރާފުވިއެވެ. އަމިއްލަ ލޯބި އަމިއްލަ އަތުން ޤުރުބާންކުރިގޮތް އަޑުއަހާފައި، ދަރިފުޅުގެ ކެތްތެރިކަމާހުރެ މިފަހަރުވެސް އިމާދު ހައިރާންވާން ޖެހުނެވެ. އާޚިރުގައި އެ ކެތްތެރިކަމުގެ ފޮނި މޭވާވެސް އިޝާންއަށް ވަރަށް ރަނގަޅަށް ލިބިއްޖެއެވެ. ލޯބިވާ މަންމަ ލިބުނު ފަދައިން ލޯބިވެރިޔާއާއި ދަރިފުޅުވެސް ލިބުނީއެވެ.
އިޝާންއާއި ނީލާގެ ކައިވެނި އިއުލާން ކުރެވުމުން ހިތަށްލިބުނު ނުތަނަވަސްކަން ފިލުވާލުމަށްޓަކައި އަނިލް ސައިކަލުގައި މާލެތެރޭގައި ދުއްވާލަން ދިޔައެވެ. ބޮޑުތަކުރުފާނު މަގުން ގޮސް ސުނާމީ ބިނާކައިރިއަށް މަޑުކޮށްލިއެވެ. މަގުގެ އެއްކައިރީގައި ސައިކަލު ޕާކް ކުރުމަށްފަހު ގޮސް މަގުގެ އަނެއްފަރާތު ފާރުބުރިމަތީގައި އިށީނދެ މޫދަށް ނަޒަރު ހުއްޓާލިއެވެ. ޖޯޑު ޖޯޑަށް ބައިބަޔަށް ކޮޅު ކޮޅަށް މީހުން ހިނގަމުން ދެއެވެ. ވަގުތުތައް ހިނގަމުން ދިޔަވަރަކަށް ލޯބިވެރިންގެ ޖޯޑުތައް އިތުރުވަމުން ދިޔައެވެ. އެކަމުންވެސް އަނިލްގެ ހިތަށް ލިބުނީ އިތުރު އުނދަގޫތަކެކެވެ. އެންމެފަހުން އެތާއިނުމަށް އުނދަގޫވުމުން ގެޔަށްދިއުމަށްޓަކައި އަނިލް ތެދުވިއެވެ. ސައިކަލު ކައިރިއަށް ދިއުމަށްޓަކައި މަގުހުރަސްކޮށްލި ވަގުތު ކުއްލިއަކަށް އައިކާރެއް ބުރެކި ނުޖެއްސިގެން ގޮސް އަނިލްގެ ގައިގާޖެހިއްޖެއެވެ. އަނިލް ވިއްސައިގެން ގޮސް ޖެހުނީ ކައިރީގައިހުރި ފާރުބުޑަށެވެ. ފާރުގައި ބޯޖެހުނުލެއްބާރުކަމުން ވަގުތުން ބޮލަށް އެނބުރުންވެސް އަރައިފިއެވެ. ކާރުދުއްވަން އިން އަންހެންކުއްޖާ ނުކުމެ ބިރުން ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ދެންވީގޮތެއް އަނިލްއަކަށް ނޭނގުނެވެ.
އަނިލް ހޭއެރިއިރު އޮތީ އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އަވަސްފަރުވާދޭބައިގައެވެ. ޑޮކްޓަކާއި ނަރުހެއް އޭނާގެ ވަށައިގެން ހަރަކާތްތެރިވަމުން ދިޔައެވެ. ބޮލުގައި ބެންޑޭޖްކޮށްފައިވާއިރު ކަނާތުފައިގެ ކަށިމަތިން ފެށިގެން ތިރިޔަށްވަނީ ޕްލާސްޓަރު އަޅާފައެވެ. އަނިލް ހައިރާންވެފައި ވަށައިގެން ހޯދާލިއިރު އެނދުކައިރީގައި ދޮންކޮށް ލޫޅާފަތިކޮށްހުރި ޒުވާން އަންހެން ކުއްޖަކާއި ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާ ފިރިހެނަކު ހުއްޓެވެ. އަންހެން ކުއްޖާއަށްހުރީ ރޮވިފައެވެ. އަނިލް ހޭއެރުމުން ޑޮކްޓަރ ވަރަށް ރަނގަޅަށް އަނިލްގެ ލޮލާއި ތަންތަން ބެލިއެވެ.
” ކޮބާ ކިހިނެއް މިހާރު؟…” ކައިރީގައިހުރި ފިރިހެންމީހާ އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ.
” ބޮލަށް ވަރަށްތަދުވޭ….ކިހިނެއްތަ އަސްލުވީ؟” އަނިލް އަދިވެސް ހަމައަކަށް ނޭޅެއެވެ.
” އަސްލުވީގޮތަކީ އަޅުގަނޑު ކާރު ދުއްވަން ދަސްކުރަން ގޮސް އުޅެނިކޮށް ތިބޭފުޅާއަށް އަޅުގަނޑުގެ ކާރުގެ ކުރިމައްޗަށް އެރުނީ……އަޅުގަނޑަށް ބިރުންގޮސް ބުރޭކް ނުޖެއްސުނީ….ދެން ތިބޭފުޅާ ގައިގަ ޖެހިފަ ތިބޭފުޅާ ވިއްސައިގެން ދިޔައީ….އަޅުގަނޑު ގަސްތުގަ ކުރިކަމެއްނޫން އެއީކީ…ދޯބައްޕާ” އަންހެން ކުއްޖާ ވަރަށް ދެރަވެފައި ކަންތައްވީގޮތް ކިޔާދިނެވެ.
” ތެދެއް….އަޅުގަނޑުގެ ދަރިފުޅުގޮވައިގެން ކާރުގަ ދިޔައީ އަޅުގަނޑު…..ދެން ތިބޭފުޅާ ހޭއަރަންދެން މިތިބީ ތިބޭފުޅާގެ އާއިލާމީހުންނަށް ނުގުޅިފަ…..” އެމީހާވެސް ދެރަވެލާފައި އަންހެން ކުއްޖާގެ ވާހަކައަށް ތާއީދުކުރިއެވެ.
“ކޮބާތޯ އަޅުގަނޑުގެ ފޯން….” އަނިލް ހައިރާންވެފައި ސުވާލުކޮށްލިއެވެ.
” މިއޮތީ” އަންހެން ކުއްޖާ އަވަސް އަވަހަށް އަނިލްގެ ފޯނުދިއްކޮށްލިއެވެ. އަނިލް ފޯނުބަލާލިއިރު ކާފައާއި އިޝާންވެސް އެތައް ފަހަރަކު ގުޅާފަ އޮތެވެ. ގަޑިބަލާލިއިރު މިހާރު މެންދަމު ބާރަޖަހާ ބޮޑު ވެއްޖެއެވެ. އަނިލް ނެތިގެން އެމީހުން ކަންބޮޑުވެގެން އުޅެނީކަން ޔަގީނެވެ. އަނިލް އިޝާންއަށް ގުޅާލުމަށްފަހު ކަންތައްވީގޮތް ކިޔާދިނެވެ. އިޝާން އަވަސް އަވަހަށް ކާފަގާތުވެސް ނުބުނެ ހޮސްޕިޓަލަށް ދިޔައެވެ. އަދި ކާފައަށް ގުޅާފައި އަނިލްއާ ދެމީހުން ކުޑައިރުކޮޅެއްފަހުން ގެޔަށްދާނެކަމަށްބުނެ ކާފަމެން ނިދުމަށް އެދުނެވެ.
” ސުބުޙާނަﷲ އަނިލް!..ކިހިނެއްތަ ހަދައިގެން ތިއުޅެނީ…..ފައިވެސް ބިނދުނީތަ؟” އިޝާން ހަލުވިކަމާއެކު އަވަސްފަރުވާދޭ ކޮޓަރިއަށްވަދެ އަނިލްގެ ގާތަށް ހުއްޓެމުން އެއްފަހަރާ ހުރިހާ ސުވާލެއްކޮށްލިއެވެ. ކައިރީގައިހުރި އަންހެން ކުއްޖާ ކަންބޮޑުވެފައި އިޝާންއަށްވެސް ވީގޮތް ކިޔައިދިނެވެ.
” ކޮބާ ސައިކް؟” އަނިލް ދިޔައީ ސައިކަލުގައިކަން އެނގުމުން އިޝާން އަހާލިއެވެ.
” ސައިކްވީ އެތާ….ދޭބަލަ ސައިކް ހިފައިގެން އަންނަން….ކިހިނެއްތަ މިރޭ ހަތަރުދަމު މިތާ އޮންނާނީ….މަބޭނުމީ ގެޔަށްދާން…” އަނިލް އޮތީ ހޮސްޕިޓަލްގައި އެވަގުތުކޮޅު އޮންނަން ޖެހުމުންވެސް ފޫހިވެފައެވެ. ހަޤީޤަތުގައި އަނިލް ހޭނެތިފައިވެސް ބައިގަޑިއިރު އެތާއޮވެއްޖެއެވެ. އެހެންކަމުން އޭނަވަނީ ބަނޑުހައިވެސް ވެފައެވެ. އަނިލް ޝަކުވާކުރަން ފެށުމުން އިޝާން ޑަކްޓަރާ ވާހަކަދެއްކުމަށްފަހު އަނިލް ގޮވައިގެން ގެޔަށްދާން ނިންމިއެވެ.
” ޑޮކްޓަރ ކިހިނެއްތޯ ޕޭޝެންޓްގެ ހާލު..އަޅުގަނޑުމީ އޭނާގެ ކޮއްކޮ އިޝާން” އިޝާން ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.
” އިރާދަކުރެއްވީތީ…ބޮލަކަށްނެތް ބޮޑުގެއްލުމެއްވެފައެއް…ފާރުގައިޖެހުނުގޮތަކުން ފަޅައިގެން ގޮސް، ހޭވެސް ނެތުނީކަމަށް ލަފާކުރެވެނީ……ފައިގެ ކަށިގަނޑުގާ ރެދެއްލާފަހުރީމަ ޕްލާސްޓަރ އެޅީ…އިތުރުގެއްލުމެއް ލިބިފައެއް ނެތް” ޑޮކްޓަރ އޮޅުންފިލުވައި ދެއްވިއެވެ.
” ހައި….ތީ އަނިލް އެންޑް އިޝާން ދޯ….މީ ނީލް…”
“ނީލް؟؟؟” އިޝާންއަށާއި އަނިލްއަށް އެކުއެކީގައި އެހެންބުނެވުމާއެކު އަންހެންކުއްޖާ ހައިރާންވެފައި ބުނަން އުޅުނު ޖުމްލަވެސް މެދުކަނޑާލިއެވެ.
” އާނ…ނީލް…އަސްލުކިޔަނީ ނީލަމް….ފުރެންޑްސް ކިޔަނީ ނީލް…” އަންހެން ކުއްޖާ ޖެހިލުންވެފައި ބުންޏެވެ. އިޝާންއާއި އަނިލް އެކަކު އަނެކަކަށް ބަލާލާފައި ހެވުނެވެ. އެދެމީހުންގެ ހަރަކާތްހުރިގޮތުން ނީލަމްހުރީ ފާޑަކަށް ރަކިވެފައެވެ.
” އަޅުގަނޑު މިހުރީ ވަރަށްދެރަވެފަ އަނިލްއާމެދު ކަންތައްވީގޮތުން….ވަރަށްބޮޑަށް ސޮރީ އަޅުގަނޑުގެ ސަބަބުން ތިހާބޮޑު އަނިޔާއެއްވީމަ….ކަށިގަނޑަށް ގެއްލުންވެފަހުރީމަ ދުވަސްކޮޅެއްނަގާނެ ރަނގަޅުވާން…..ރަނގަޅަށް އަރާމުކޮށްގެން ގަޑިންގަޑިއަށް ބޭސްކާންވާނެ…..އޭރުން އަވަހަށް ރަނގަޅުވާނީ….ބައްޕަ ވެއްޖެ ކާއެއްޗެއް ބަލާގޮސް….ކައިގެންދާން މަޑުކޮށްލަންވީނު..” ނީލަމް އާދޭހާއެކު އެދުމުން އިޝާންއާއި އަނިލްވެސް މަޑުކުރިއެވެ. ހޮސްޕިޓަލްގައި ހޭދަވި ކުޑަވަގުތުކޮޅުގައިވެސް ނީލަމް އަނިލްއާ ތަފާތު ވާހަކަތައް ދެއްކިއެވެ. ކަމެއް ޖެހިއްޖެނަމަ ގުޅާށޭބުނެ ފޯނު ނަމްބަރުވެސް ދިނެވެ. އަދި އަނިލްގެ ފޯނުނަމްބަރާއި އެޑްރެސްވެސް ހޯދިއެވެ. ނީލަމްގެ ވާހަކަތަކުން އެނގުނުގޮތުގައި އެއީ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. ދެންހުންނަނީ ނީލަމްގެ ބޭބެ ނާއިލްއެވެ. ނީލަމްގެ ބައްޕަވެސް ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ. އިޝާންއާއި އަނިލްއަށް ހޮސްޕިޓަލުން ގެޔަށްދެވުނީ މެންދަމުން އަލިވެ ދެއެއްވެސް ޖެހިފަހުންނެވެ.
އަނެއްދުވަހުގެ ހެނދުނު ވުމާއެކު އަނިލް އެކްސިޑެންޓްވީ ޚަބަރުލިބުމާއެކު ހީވީ ގެޔަށް ޒަލްޒަލާއެއް އައިހެންނެވެ. ހުރިހާ އެންމެން ކަންބޮޑުވެގެން އިރުއިރުކޮޅާ އަނިލްގެ ގާތަށް ދެއެވެ. އަނިލް ކަމެއްބޭނުން ވެދާނެތީ ފަހަރަކުމީހަކު އައިސް ބޭނުންވަނީ ކޮންކަމެއްތޯ އަހައެވެ. އިޝާންވެސް ގިނަވަގުތު ހޭދަކުރަނީ އަނިލްގެ ގާތުގައެވެ. އަނިލްވެސް ހުރީ އެންމެން އުޅޭގޮތުން ހައިރާންވެފައެވެ. ހަވީރުވި ފަހުން ނީލަމްއާއި އޭނާގެ ބައްޕ ނިހާންވެސް އަނިލްގެ ހާލުދެކިލަން އައެވެ. އިއްތިފާޤުން ނީލަމްވީ އިމާދުގެ ވަރަށްގާތް ރަހުމަތްތެރިއެއްގެ ދަރިއަކަށެވެ. އިމާދުއަށް ނިހާންއާ މިދިމާވީ ވަރަށް ދުވަސްފަހުންނެވެ. އެހެންކަމުން ދެމީހުންގެ މެދުގައި ވަރަށްގިނަ ވާހަކަ ދެކެވުނެވެ. އަދި ދިރިއުޅުމުގެ އެކި އެކި ކަންކަން ހިއްސާކުރެވުނެވެ.
” ހަޤީޤަތުގަ މިހާރު އަހަރެން މިއުޅެނީ އުފާވެރި ދިރިއުޅުމެއް….ކުރިން އަހަރެންނަށް ނުވިސްނުނީ…” އިމްޝާއާ މެދު ކަންތައް ކުރެވުނު ގޮތް ހަނދާންވެފައި އިމާދު އަދިވެސް ދެރަވެއެވެ.
” އަހަރެން ވަރަށް އުފާވެއްޖެ މިހާ ދުވަހަށްފަހުވެސް އިމާދުއަށް ވިސްނުނީތީ…..އިމާދުގެ ނަސީބުތީ އިމްޝާއަށް މާޒީ ހަނދާން ނުވާކަން…އެހެންނޫންނަމަ މިހާއުފާވެރި ދިރިއުޅުމެއް އިމާދަކަށް ނުލިބުނީސް…” ތަންކޮޅެއް ދުރުގައި އިއާން ގޮވައިގެން އިން އިމްޝާއަށް ބަލާލަމުން ނިހާން ބުންޏެވެ. އިމާދުވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
ނީލަމް ގަޔާވެގެން އަނިލްއާ ވާހަކަ ދައްކަން އިންއިރު ހީވަނީ އެއީ އެތައް ޒަމާނަކުއްސުރެ ދެކެފަރިތަ ރައްޓެހިން ހެންނެވެ. ނީލަމް އޭނާއާ ބެހޭގޮތުން އަނިލްއާ އެތައް ވާހަކަތަކެއް ހިއްސާކުރިއެވެ. ނީލަމްގެ ފަރާތުން އެނގުނުގޮތުގައި ޕްރައިމަރީއިންސުރެ ނީލަމް ކިޔަވަމުން ދިޔައީ މެލޭޝިއާގައެވެ. އަދި މިހާރު އޭނާ ޔުނިވާރސިޓީގައި މަތީތައުލީމު ހާސިލް ކުރަމުންދަނީ މެޑިސިންގެ ރޮގުންނެވެ. މިދުވަސްކޮޅު މާލެއައިސް އުޅެނީ ޗުއްޓީއަށެވެ. ނީލަމް އެތައްއިރެއް ވާންދެން އަނިލްގެ ގާތުގައި ވާހަކަދައްކަން އިނުމަށްފަހު، ނީލަމް ދިޔުމާއެކު އިޝާން އެތަނަށް އައެވެ.
” އޯހ ހޯ..ބްރޯ…..ކުއްޖަކު ބްރޯއަށް ހިތްކިޔައިފި…..ލަވް އެޓް ފަސްޓް ސައިޓްހެން ހީވަނީ….ބަލާބަލަ މިއޮއް ސަޅި މާބޮނޑިއެއްވެސް…ރެޑް ރޯސަސް….ހޫމް….” ނީލަމް ގެނައި ރަތްފިނިފެން މަލުގެ ގުލްދަސްތާ ނަގައި ވަސްބަލާލަމުން އިޝާން އަނިލްއާ ދިމާކޮށްލިއެވެ.
” ކަމޯން ޝާން….ބަލިމީހެއްގެ ހާލުބަލާލަން އަންނައިރު ގުލްދަސްތާ ގެނައުން އެއީ ހަމަ ނޯމަލް ކަމެއްނު….ޑޯންޓް ޓޭކްއިޓް ރޯންގް…..” އަނިލް ވަރަށް ސީރިއަސް ކަމާއެކު ބުނެލިގޮތުން އިޝާންގެ ގާތަށް ހިނިއައެވެ.
” އޯކޭ..އޯކޭ…ލެޓްސް ސީ ދޯ…ބަލިމީހަކަށްވުންވެސް ގޯހެއްނޫނޭ….މުސްތަޤުބަލްގަ ޑޮކްޓަރަށްނު ވާންވެސް އުޅެނީ…ޕޭޝެންޓަކަށްވެގެން އެންޖޯއިކޮށްބަލަ…ބްރޯ” އިޝާން އެއްލޯ މަރާލަމުން އަނެއްކާވެސް އަނިލްއާ ދިމާކޮށްލިއެވެ. އަނިލް ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވާލީ އިޝާންގެ ލާނެއްކަމުންނެވެ.
އޭގެފަހުން އަނިލްގެ ހާލުބަލަން ނީލަމް އައުން އާދައަކަށް ވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް ނީލަމް އަނިލްއާ އެތައް ވާހަކައެއް ދައްކައެވެ. ނީލާއާ ޚިލާފަށް ނީލަމް އަކީ ނުލާހިކު ދޫހެލޭ ކުއްޖެކެވެ. ގިނަފަހަރަށް އަނިލްއަށް ޖެހެނީ ނީލަމް ދައްކާ ވާހަކަ އަޑުއަހަން އިންނާށެވެ. ނީލަމްއަށް ދުވަހަކުވެސް ވާހަކަ ހުސްވާނެބާއޭ އަނިލްގެ ހިތަށް އަރާ ވަރުވެސް ވެއެވެ. އެހާވެސް ނީލަމް ވާހަކަ ގިނައެވެ. ދުވާލު ގިނަ ވަގުތު އަނިލްގާތު ހޭދަކުރުމަށްފަހު ރޭގަނޑު ނިދުމުގެކުރިން ފޯނުކޮށްގެން ނުވަތު މެސެޖްކޮށްގެން ވެސް އަނިލްގެ ހާލުބަލައެވެ. މިހާރު އަނިލްއަށްވެސް ނޭނގިނަމަވެސް އެމެސެޖްތަކަށް އިންތިޒާރުކުރެވެން ފެށުނެވެ. އަދި މަދުމަދުން އަނިލް އަމިއްލައަށްވެސް ނީލަމްއަށް މެސެޖްކޮށްލައެވެ. ނީލަމް ކިތަންމެ ގިނަ ވާހަކައެއ ދެއްކިޔަސް އަނިލް ފޫއްސެއްވެސް ނުވެއެވެ. މަޑުމަޑުން އަނިލްއަށް ނީލަމްއާ ގަޔާވެވެން ފެށުނެވެ.
އަނިލްގެ ފައިމުޅީން ރަނގަޅުވީ ފަނަރަ ވަރަކަށް ދުވަސްފަހުންނެވެ. މިވީ މަދުދުވަސްކޮޅުގެ ތެރޭގައި ނީލަމްއާއި އަނިލްގެ މެދުގައިވެސް ވަނީ ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. ދުވާލުގެ ވަގުތުގައި ނީލަމްއަށް އިންތިޒާރު ކުރެވޭއިރު، ރޭގަނޑު ނީލަމްގެ މެސެޖް ކިޔާނުލާ ނިދޭކަމަކަށް ނުވެއެވެ. ނީލަމްގެ ހުންނަ އެކުވެރި މިޒާޖުގެ ސަބަބުން އާއިލާގެ އެންމެނާވެސް ނުލާހިކު އަވަހަށް ރަހުމަތްތެރި ވެއްޖެއެވެ. އަނިލްއަށްވެސް އެންމެކަމުދިޔައީ ނީލަމްގެ ހިތްހެޔޮކަމާއި ރަހުމަތްތެރިމަކެވެ. ނީލަމްއަށް އަނިލްކަމުދިޔައީ އަނިލްގެ މަޑުމައިތިރިކަމުންނެވެ. ދެމީހުންގެ މިޒާޖު އުޑާބިމާހައި ތަފާތު ނަމަވެސް ދެމީހުންނަށްވެސް ދެމީހުން ނުހަނު ކަމުދިޔައެވެ. އިމާދުއަށްވެސް ނީލަމް އަކީ ވަރަށް ކަމުދާ ކުއްޖަކަށް ވިއެވެ. އަނިލްއާ ނީލަމް ގުޅުވުމުގެ ހުވަފެން އިމާދު ދެކެންފެށިއެވެ.
ފެންނަ މަންޒަރުތަކުން އިޝާންވެސް ހުންނަނީ ނުހަނު އުފާވެފައެވެ. އަނިލްގެ އެކަނިވެރި ހަޔާތް ބާއްޖަވެރިކޮށްދޭނެ ރަނގަޅުބައިވެރިޔަކު ލިބުނީތިއެވެ. ގޭތެރޭގައި މިހާރުއޮތީ އުފާވެރިކަމުގެ މާހައުލެއް ޤާއިމްވެފައެވެ. އިޝާންއާއި ނީލާގެ ކައިވެންޏަށް ތައްޔާރުވުމަށް އަވަދިނެތި އެންމެން އުޅެއެވެ. މާބޮޑު ޕާޓިއެއް ބާއްވާކަން އިޝާން ބޭނުމެއްނޫނެވެ. އެހެން ނަމަވެސް އިމާދުގެ އެދުމުގެމަތީން ކުޑަވަރެއްގެ ޕާޓީއެއް ބާއްވަން ހަމަޖެހުނެވެ. އިޝާންގެ ކައިވެނިކުރެވޭ ތާރީޚް ކަނޑައެޅުމާއެކީ އިޝާން އޭނާގެ ހުރިހާ ރަހުމަތްތެރީންނަށް އެންގިއެވެ. ޒިހާންއާއި ނައީޝް ހައިރާން ނުވީނަމަވެސް އަމާން އާއި ޝިހާންއަށް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއެންމެންވެސް އަންނާނެ ކަމުގައި ބުންޏެވެ. އަހުސަންގެ ފަރާތުން އަރޫނާއަށްވެސް އިޝާން ކައިވެނިކުރަން އުޅޭ ޚަބަރުލިބުނެވެ. އިޝާން ކައިވެނިކުރަން އުޅެނީ ނީލާއާކަން އެނގުމުންވެސް އަރޫނާ ހައިރާނެއްނުވިއެވެ. މާކުރިއްސުރެވެސް އިޝާންގެ ހިތްދެވިފައިވަނީ ނީލާއަށްކަން އޭނާއަށް އެނގެއެވެ. ހިތަށް އަސަރު ކުރިނަމަވެސް އިޝާންއަށްޓަކައި އޭނައުފާކުރިއެވެ.
3671 Comments
Comments are closed.
good morning everyone….last part mirey insha allah…enjoy reading…shine ge ebaoiy suvaaleh…shine ge kon story thikudhin dhen kiyan beynumee….i mean..moyahiyy magey hey noonee shelyn hey….tell me please
Moya hii mageyy Plx plx plx e story upkohdhybala Shine
Moyahiyy magey
ދެވާހަކަވެސް ވަރަށް ބޭނުން… އަދި އެއިން އެއްވެސް ވާހަކައެއް ކިޔާލުމުގެ ނަސީބެއް ނުލިބޭ… އެހެންވެ
Shinege story “boss” evaahaka nuliyantha….handhaan vey fashaafa huttali kan…
Alhe shelyn… Plx shine plx ??
Mornin.. v reethi mi part vx.. ☺?
Wooow..haadha reehcheyyy
V reethi
Mibaives
Hadha inthizareh kurevihjjey
?
Thanks shine. V nice
Gud mornin shine …..v v rythi mi bai vx vaahaka kuriyah dhaagoii v v rythi
Den othee last part. Haadha kuray mi vaahaka. Vara kiyaa hithun hutaa vaahaka mi o nimunee dho. Akmuves vaahaka hama habays
dhen othee moyahiyy magey noonee sheleen…kiyuntherin bodah beynunvaa vaahakaeh genes dheynee
Den othee kon vaahaka e baa. Nan bunela bala. Liyaa vaahaka e ge
kurey buneema ajaaibu vejje shine….mi vaahaka mi up kuranee 3 noonee 4 episode ehkohlaigen…ehaa dhigukoh….ehen veema vaahaka heevaane dho kuruhen….400 pages ge story eh mi….
e dhogu kureh noon shine .. varah habeys mi part ves ????
Yayyyyyyy emme fahun neel libuniyyo shan ah. Salhi igey. Hama habeys. Kiyuntherin beynunvaa gothah mivany mihaaru.
Wow salhi mi story….moyahih magey dhen kiyaalan beynumy?…nd thank u shine…..shine ge stories hama obi.keep it up..☺☺
v reethi…v furihama..
Moyahiyy magey..
Shine moya hie magey genesdheeba dhen pls,… mi story vx vvvv reeethi as usual.. luv ur stories..
ވަރަށް ވަރަށް ރީތި… އެކަމު އަސްލު ސާންޑީ ބޭނުންވީ އަނިލްއަށް ނީލާ ލިބެން
V reethi
No way sandy. Eyrun happy eh nuvaane.
Moyahiymagey ebain navyge phn ga☺ navy beynumy sheleen kiyaalan. . Mibaives vvv habeys????
Email kollabala
Alhe haadha reethi reethi storry e k ekm nimeny dw shine ge story eh kuyaalan neynnun
Moya hiyy..alhe up kohllaba mi story nimuneema hee wany v v reethi waane shine story eh viyya hadieh nuwaane jan yageen…
Wooowwww!!! Koba hama aishu guess kuri gothah evy. Den neel ishan anil neelam ge wedding ekkon beyvveema salhivaane
shine ge story eh viyyaa hama ok kiyaa hithun kiyaaleveyne
V rethi
Two story ves nukiyan baynun dhevaahakaves
Ok kohme vaahakaeh up kuriyas hama ehvaruge reethi 2 vaahaka moya hiy magey or sheleen
Moya hiy magey plss
Mi vaahakves minimenee dhw! Haadha dheraey Esfiyaiga up kuri ehme reethi 3 vaahakain 2 vaahak nimunee eiy Dheevaanee aai Lee min hi dhen Edinimendhan ves minimenee vvvv dberavehje.
Shine pls nukan dhigu storh eh uo kohdheebala hithah araa have ndhee drama series thahhen shine ge vaahaka thahves dhifuvaane namey.. shine ge hurihaa vaahakehves kiyaalan beynun ashi mikiyunee ehme fahun up kuri 3 stories
Miya hiy magey beynumy kiyalan
Dhevaahaka ves kiyaalan beynun…furathama moya hiyy magey up kohdheee…vaahaka vvv reethi…ma sha allah…shine ah liyuntheri kamugai kaamiyaabu dhehvaashi….aameen
❤❤❤❤❤
Yayyyyy….vrh best ingey shine…dhe vaahaka ves up kohdhen vynu shine…if possible…thygen ehves vaahakaeh nukiyan alhuhandeh ??
Vvvvvv reythi
Alhe moya hiyy magey shine plxxxxxxxx plx plxxxxxxxxxxxxxx
Shelyn engey shine…plx plx plx..namun ves hyvany vvvvv reethi vaanehen..?? And mi story vvvvvvv reeeeethi
Ingey*
17ge fahun shainge BOSS kiyaalan libeyne kamah uhmeedhukuran…… Shine ur the best writer in this town…. keep going… gd luck
ooowwwwwwwmyyygooddd…finally.. 😀 emme beynunvigoi hama…shine…ma sha allah.. ur talent is just wooaahh…<3 <3 <3 <3 vvvvv reethi mi story..since m new, kurin liyun vaahaka thakeh neynge..ekam emmen kiyaathi v kiyaa hihvehjje mihaaaaru..good luck..hope to see u publish ur stories one day so that i can add it to my book collection <3
woow..? Nice.. masha allah… waiting 4 next part.. plx up soon.
woow. masha allah nice ?
mirey v avahah up kohdhehcey ngry shine… ? vvv nice. masha allah. miss u and love you.. waiting…
23 vana baeh netheh nu… V nice story
Shelyn v reethi mi part vx
Shelyn vahaka genesdhyba plxxx shine
Ey shaz innaane thireega hama edguvahuge baiga ?????
V habeys story eh mee dhn good luck writter
Shine.. You are the best writer.. Hama huvaa.. Varah talented.. Shelyn genesdhyba please..
kon Iraku up koh dheny
shine.. kba storyyyy…kei madhu veyba…magey neelaa ah ishaan libeythan balaahiy vany…
Shine aslu vaahaka kure noone maakiyaa hithu thibaa nimuneema ey kuray mi buni
Deevaana vaahaka 56 episode genes deefa mi vaahaka 25 v ma heevanee kuruhen
Aslu Esfiya Ah up kuraa hurihaa story eh ves kiyan hurihaa story ves v Reethi e kamak ves mihaa reethi story eh Adhi Esfiya a kun nukiyan v salhi engey
Saabahy hassana mi varuge vaahaka e nei
Tonight last part genes deynamey buni adives up eh nuve plxxxxxxxz avahah up kohdybaaaaaaaaaaa vvvvvvvvvvvvvvvvvvv reethi mi story ????????
kobaatha last part kehmadhuvefa mihury kiyaahithun avahah up kohba plxxxx
Shineeeeee mirey up kohdheynamey buneema adhives nunidhifa meenee vaahaka kiyaahithun avas kohdheeeba ?????
Koba vaahaka
Shine kobaatha vaahska
Moya hiy magey beynumee first kiyaalan
Omg its amazing…shine kba story?? Maadhan class ves ebain hendhunu but vaahaka upveytho mi iny..plxx up kohhba…btw my first comment on esfiya?
moy hiyy mgey
woww.. vaahaka haadha reecehhy
Sheleen plzzz… moya hiy magey e vaahakaiga vaa githeh handhaaneh vea neh mihaaru.. fesheema handhaan vaany
Dis story is very nice and interesting…i have been reading this everynight at my bed time before sleep.. i realy enjoy it…keep it up shine…ur simplyvthe best writer..looking foreward to read shelin