Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 10

Ushaali
November 7, 2016
8 Mins Read
98 Views
24 Comments

ލޫކް އަކީ ހާދަ އަނިޔާވެރި އިންސާނެކޭ އަލްޔާ ހިތަށް އަރައެވެ. ޒަހަމަކީ ހުސްއެކަނި ބޭރުން ފުށުން ފެންނަން ހުންނަ އެއްޗެއް ނޫން ކަން މިހާރު އަލްޔާ އަށް ވިސްނެއެވެ. ހަށިގަނޑުގެ ބޭރު ފުށުން ލަކުނެއްހާ ހިސާބު ނެތްއިރުގައި ވެސް އަލްޔާގެ ހިތް ވަނީ ލޫކްގެ ލޯތްބަށްޓަކައި ފަޅިފަޅި ވެފައެވެ. އެކަން ލޫކް އަށް އެނގޭ އިރު ވެސް ފަރުވާއެއް ދޭން ނާންނަނީ ކީއްވެގެން ބާއެވެ؟

 

ގަޑިން ބާރަޖެހިއިރު މިޔާނާ ބަދިގެއަށް ދިޔައީ ޢަބްދުއްޝަކޫރު ކޮފީ ތައްޓަކަށް އެދުމުންނެވެ. ނަމަވެސް ބަދިގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު މޭޒު ކައިރީގައި ހިމޭނުން ފެން ބޯން އިން އަލްޔާ ފެނި މިޔާނާ ގަނޑުވިއެވެ. ފަންކާ ވެސް ނުޖަހާ އިންއިރު ބަދިގެއަށް މީހަކު ވަން ކަމުގެ އިހުސާސް ވެސް އަލްޔާ އަށް ނުވޭއެވެ. މިޔާނާ ވަރަށް ކަންބޮޑުވިއެވެ. އޭނާގެ ދަރިފުޅަށް ކިހިނެއްވީބާއޭ ހިތަށް އެރިއެވެ. ޝައިމް އާއި ދެބަސްވީ ކަމުގައި ހީކޮށް މިޔާނާ އަލްޔާ އާއި މެދު ރަހުމް އުފެދި އަލްޔާގެ ބޮލުގައި ފިރުމާލިއެވެ.

ސިހިފައި އަލްޔާ އަތުން ތުނބުގައި ޖަހާފައި ހުރި ފެންތަށި ބިންމައްޗަށް ވެއްޓުނެވެ.  “އަޅެ މަންމަތަ. ސިއްސައިގެންނޭ ދިޔައީ” އަލްޔާ އެއްޗެއް ބުނުމުގެ ކުރިން މިޔާނާ ޖެހިގެން ހުރި ގޮނޑި ދަމާލާފައި އިށީނެވެ.  “ޝައިމް ދިޔައީތަ”  މިޔާނާ އަލްޔާގެ ލޮލަށް ބަލާލަމުން އަހާލިއެވެ.

‘ހޫމް. ޝައިމްގެ ދޮންތަ ކުޑަ ދަރިފުޅު ގޮވައިގެން ގޭގައި އެކަނި އުޅޭތީ ކޮންމެރެއަކު ވެސް ބުނާނެ އަވަހަށް ގެއަށް ދާން ބޭނުމޭ”  އަލްޔާ ހީލަމުން ވާހަކަދެއްކިއަސް ލޯކައިރީގައި ހުރި ކަރުނައިގެ ނިޝާން މިޔާނާ އަކަށް ސިއްރެއް ނުވިއެވެ.  “ގުޑްނައިޓް މަންމާ”  މިޔާނާ އަލްޔާ އަށް ބަލަހައްޓައިގެން އިނުމުން އަލްޔާ އަށް އުނދަގުވިއެވެ. އަލްޔާގެ މޫނުމަތިން މިޔާނާ އެއްޗެއް ދެނެގަންނަން އުޅޭ ހެން ހީވުމުން  ބޭނުންވީ އެތަނުން އަވަހަށް ދާށެވެ. އެހިނދު މިޔާނާ އަލްޔާގެ އަތުގައި ހިފެހެއްޓިއެވެ.

“ދަރިފުޅާ ދޮގު ނަހަދާ ތެދަށް ވާހަކަދައްކައްޗެ. އަންހެންދަރިއެއްގެ އިހުސާސްތައް އެންމެ ބޮޑަށް އެނގޭނީ މަޔަކަށޭ ބުނާތީ އަހަން. އަދި އަންހެން ދަރިއެއްގެ އެންމެގާތް އެކުވެރިއަކަށް ވާންވާނީ ވެސް މަންމަ”  މިޔާނާ ބުނަން އުޅޭ އެއްޗެއް ނޭނގޭތީ އަލްޔާ ކަންބޮޑުވިއެވެ.  “ކިހިނެއްވީ މަންމާ”  ނޫންކަމަށް ހަދާ އަލްޔާ ސުވާލުކުރިއެވެ. އަދި ލޯކައިރިން ކުރިން ފެނުނު ކަރުނައިގެ އަސަރު ނެތް ކަން އެނގުމުން މިޔާނާ އަށް ވިސްނުނެވެ. މަންމަ އަށް ފެނިދާނެތީ އަވަހަށް ދެލޯ ސާފު ކޮށްލީއެވެ.

“މި ކައިވެންޏާމެދު ދަރިފުޅު ހިތްހަމަޖެހޭތަ”  މިޔާނާ ކޮށްލި ސުވާލުން އަލްޔާ ތެޅިގަތެވެ.  ނަމަވެސް އަވަހަށް މީހާ ހަމައަކަށް އެޅިލާ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. “އޮފްކޯޒް މަންމާ… މިކައިވެނި މިކުރަނީ އަޅުގަނޑު ވެސް ބޭނުންވެގެން. އަޅުގަނޑުގެ ރުހުމުގައި. ދެން ކީއްވެ އުފާ ނުވާންވީ”  އަލްޔާ ތެދު ހާމަކުރިއެވެ.

މިޔާނާގެ މޫނު ދެފަރާތުގައި ހިފާލައިގެން ހުރި އަލްޔާ މަންމަގެ މޫނަށް ބަލާލާފައި ހީލިއެވެ.  “މަންމަ އަށް ޝައްކުވަނީތަ”  ވަރަށް ލޯބިން އަލްޔާ އަހާލިއެވެ.  “ޝައިމް ދެކެ ދަރިފުޅު ލޯބިވަންތަ”  ވަގުތުން އަލްޔާ ޖެހި ބުދެއްހެން ގާވިއެވެ. މިޔާނާ އެކަހަލަ ސުވާލެއް ކޮށްފާނެކަމަކަށް އަލްޔާ ހިއެއް ނުކުރެއެވެ. ކޮންމެގޮތެއް ވިޔަސް މިޔާނާ އަށް ދޮގެއް ހަދާކަށް އަލްޔާ ނުވިސްނިއެވެ.

“މަންމާ! އަޅުގަނޑު ލޯބިވިން. އަޅުގަނޑު ލޯބިވެއްޖައިން. އެކަމަކު ފަހަރެއްގައި އެއީ ޝައިމް ނޫން ކަމުގައި ވެދާނެ”  ހިޔާލީ ދުނިޔެއެއްގައި އިނދެ ވާހަކަދެއްކި އަލްޔާ އަށް މިޔާނާ ބަލާލީ ދެލޯ ބޮޑުކޮށްލާފައެވެ. ބޮޑުވެފައި ހުރި އަންހެން ދަރިފުޅު ލޯބީގައި ހިތި ތަޖުރިބާ އެއް ކުރާކަށް އެއްގޮތަކަށް ވެސް މިޔާނާ އެއް ނޭދޭއެވެ.  “ދަރިފުޅާ! އެއީ ކޮންކުއްޖެއް؟ މިރަށު ކުއްޖެއްތަ؟”  މިޔާނާ ސުވާލުކުރީ އަލްޔާ ގޮނޑީގައި ބައިންދާފައެވެ.  “ނޫން. އެއީ ލާމު އަތޮޅަށް ނިސްބަތްވާ ކުއްޖެއް. މަންމާ! މަންމަ އަޅުގަނޑު ކައިރީގައި އެހީތީ ތެދަށް މިބުނީ. އަޅުގަނޑު ހުރީ މިވާހަކަތައް ދުވަހަކު ވެސް އިތުރު މީހަކަށް ކިޔާ ނުދޭން. އެއީ އެކުއްޖާ އާއި އަޅުގަނޑާއި އެއްވެސް ގުޅުމެއް ނެތީމަ. ލޯބިވީ ހަމައެކަނި އަޅުގަނޑު. އެއްފަރާތުން ވެވޭ ލޯތްބަކުން ދިރިއުޅުން ކުރިއަށް ނުދާނޭ މަންމަ އެއްނު ބުނީ ވެސް”  އަލްޔާ ވާހަކަ ދައްކަމުން ދިޔައިރު އެދަރިފުޅުގެ ވާހަކަތައް އަޑު އަހަން ފަރުވާތެރިވެ މިޔާނާ އިނެވެ.

“މިހާރު ޝައިމް އާއި އިންނަން ތައްޔާރުވީ އިރު ތީ ވެސް އެއްފަރާތުން ވެވޭ ލޯތްބެއްނުން ދަރިފުޅާ. ޝާއިމް އެއްނު ލޯބިވަނީ. ދަރިފުޅު ލޯބި ނުވަންޏާ ވަކި ތިދިރިއުޅުން ބާއްޖަވެރިވާނެތަ”  މިޔާނާ ވިސްނުންތެރި ކަމާއެކު ކޮށްލި ސުވާލުން އަލްޔާ ހީލިއެވެ. ކުރިން ވެސް މިޔާނާ މިސުވާލު ކުރާނެކަން އަލްޔާ އަށް އެނގޭ ކަހަލައެވެ.  “އާ މަންމާ. އަދި އަޅުގަނޑު ލޯތްބެއް ނުވޭ ޝައިމް ދެކެ. އެކަމަކު ކައިވެނީގެ ފަހުން އަޅުގަނޑު މަސައްކަތްކުރާނަން ލޯބިވެވޭތޯ. އަޅުން ކުރާނީ މަސައްކަތް. ނޫންތަ މަންމާ”  އަލްޔާ މިޔާނާގެ އަތުގައި ހިފާލިއެވެ.  “މަންމަގެ ދަރިފުޅަށް ހާދަ ވިސްނެޔޭ”  މިޔާނާ ހީލަމުން އަލްޔާގެ މޫނުގައި ފިރުމާލިއެވެ.

“ދެން މިހާރު ކޮބާ އެސޮރު. މަންމަ މިބުނީ ދަރިފުޅު ކުރިން ބުނި ކުއްޖާ”  މިޔާނާ އޮޅުންފިލުވަން ބޭނުންވީ ލޫކްގެ ވާހަކައެވެ. “ތި ވާހަކަ ނުދައްކާ މަންމާ.. އަޅުގަނޑަށް އޮޅުވާލީ އޭނާ. އޭނާއަށްޓަކައި އަޅުގަނޑަށް ހޭދަކޮށްލެވުނީ ބޭކާރު ދުވަސްތަކެއް. އެއީ މީހެއްގެ ފިރިއެއް މިހާރު. އަޅުގަނޑު ހީކުރިން އޭނަ ވެސް ލޯބިވީ ކަމަށް. އެކަމަކު…” އަލްޔާ އަށް ރޮވި އަޑު ބެދުނެވެ.

މިޔާނާ އިންތިހާ އަށް ދެރަވިއެވެ. އަލްޔާގެ ބަހުންނާއި އަމަލުން ކިތަންމެހާ ވެސް ރީއްޗަށް މިރޭ ލޫކް ދެކެ ލޯބިވާވަރު މަންމަގެ ކުރިމަތީގައި ހާމަކޮށްފިއެވެ. މިޔާނާ އަލްޔާގެ ބޮލުގައި ފިރުމާލިއެވެ.  “މަންމާ ޝައިމް ވަރަށް ރަނގަޅު. އަޅުގަނޑުމެން ކައިވެނީގެ ފަހުން ހަނީމޫނަށް ދަނީ މިއަތޮޅުގައި މުޅިން އަލަށް ހުޅުވި ރިސޯރޓަށް. ޝައިމް ބޭނުންވީ ރާއްޖޭން ބޭރަށްދާން. އެކަމަކު އަޅުގަނޑު ނުވޭ އެހާ ބޭކާރު ހަރަދުތަކެއް ކުރާހިތެއް”  މިހާރު އަލްޔާ ވާހަކަދައްކާ ގޮތުން ދެންމެގައި ރޮއެ މީހެކޭ ވެސް ނުބުނާނއެވެ. މިޔާނާ ހިތާއި ހިތުން އަލްޔާ އަށް ސާބަސް ދިނެވެ. އެހިތުގައިވާ އަލަށް އުފެދިފައިވާ ލޯބި ނާކާމިޔާބުވީތީ ހިތް މަރުވަމުން ދާއިރު ވެސް މޫނު މައްޗަށް ހިނިތުންވުމެއް ގެނުވާ އެލޯބި އޮށްބާލަން އެކުރާ މަސައްކަތަށް މިޔާނާ ސާބަސް ދިނެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް ރޯދަމަހުގެ ފަހު ފަނަރައަށް އެޅުނީއެވެ. މަގުމަތިން ޝައިމް އާއި އެއްވަރަށް ހިނގަމުން އަލްޔާ އެދަނީ މިއަދު ޝެނާ ރޯދަވީއްލުމަކަށް އަލްޔާ އަށް ދައުވަތު ދީފައިވާތީއެވެ. މީ ޝެނާ އާއި އަލްޔާ ބައްދަލުވާނެ އެންމެ ފުރަތަމަ ދުވަހެވެ. ޝައިމްގެ ގެއަކީ އެރަށުގައި ހުރި އެންމެ ފޯރާ ގެއަށް ވިޔަސް މީގެ ކުރިން އަލްޔާ އެގެއަށް ވަދެފައި ނުވެއެވެ.

ގެއަށް ވަދެވުމާއެކު އެގެއަށް އަލްޔާ އަށް ކަމަކު ނުދިޔައީ މާބޮޑު ވެފައި ބަލާލި ކޮންމެ ދިމާލަކުން ޝައިމްގެ ފެންވަރު ފެންނަން ހުރުމުންނެވެެ. ޝައިމް އާއި ބަލާފައި އަލްޔާ އަކީ ބިންމަތީގައިވާ ހިންޏެކޭ ހިތަށް އެރިއެވެ. ނަމަވެސް ދުވަސްކޮޅަކުން އެގޭގައި ރަނިކަން ކުރާނީ އަލްޔާ ކަން އެނގުމުން ހިތަށް އުނދަގޫވިއެވެ. ސިޓިންގްރޫމުގައި އިން ޝެނާ އަލްޔާ ފެނުމުން ހީލިއެވެ. މޫނުގައި ފިރުމާލިއެވެ. ޝެނާ އަތުގައި އޮތް ކުޑަ ދަރިފުޅު އަލްޔާ އުރާލިއެވެ. ފުށްކޮޅެއް ކަހަލަ ކޮލުގައި އަލްޔާގެ ތުންފަތް ޖައްސާލިއެވެ. އެވަގުތުކޮޅު ވެސް ޝައިމް ހިތަށް އެތައް އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

“ދޮންތަ ވަރަށް އުފާވޭ ޝައިމްކޮއްކޮގެ ހަޔާތަށް އަލްޔާ ކަހަލަ ކުއްޖަކު އަންނަން އުޅޭތީ. ލައި ވާނެ މަދުމަދުން މިގެއަށް އައިސްލަން. އޭރުން ދޮންތަ ވަރަށް އުފާވާނެ”  ރޯދަވީއްލުމަށް އިންސާފު ކުރަމުން ދިޔައިރު ޝެނާ ހުއްޓާނުލާ ވާހަކަދެއްކިޔަސް އަލްޔާ އަށް ފުރަތަމަ ދުވަސް ވުމުން އެހާ ގިނައިން ވާހަކަދައްކާކަށް ނުކެރުނެވެ. އެއާއި ހިލާފަށް ޝެނާގެ ދަރިފުޅު އަލްޔާ މާގިނައިން ގޮވައިގެން އުޅުމުން އެހިތުގައި ކުޑަކުދިންނަށް އޮތް ލޯބި ހާމަވެގެން ދިޔައެވެ. ޝައިމް ދުރުދުރުން އަލްޔާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ޒާން އާއި ޒައިނީގެ ހަގީގަތް އެނގުމުން ވެސް އަލްޔާ ހަމަ އެފަދައިން ކަންތައްކުރާނެބާއޭ ޝައިމްގެ ހިތަށް އަރަމުން ދިޔައެވެ.

 

މެންދުރު ފަހުގެ ވަގުތެވެ. ފެންވަރައިގެން ބޮލުގައި ތުވާލި އޮޅާލައިގެން ނިކުތް އަލްޔާ ސިހުނީ ފޯނު ރިންގުވާ އަޑަށެވެ. ބަލާލިއިރު ސަޖޫލްގެ ނަން އަރާ އޮތުމުން ހީލާފައި އެނދުގައި އިށީނެވެ.  “ލައި! ޖައްސާލަބާ މިގެއަށް. އެންމެން ގޮވައިގެން އަންނައްޗެ. މިއަދު މިގެއިން ރޯދަވީއްލާ ގޮތަށް”  ސަޖޫލް އެކޮޅުން ބުންޏެވެ.

“ހިއެއް ނުވޭ މިއަދު އެންމެން ދާނެހެނެއް. ސަޖޫޫ ތަންކޮޅެއް ކުރިން ތިގޮތަށް ހަމަޖެއްސި ނަމަ. އެކަމު މަ އެބަ ދަން. މަންމަ ބުނި ތިގެއިން ކުރުނބާ ކޮޅެއް ގެންނަން. ކިހިނެއްވީ އަސްލު ތިގުޅީ”  ފޯން ސްޕީކަރަށް ލާފައި އެނދުގައި ބާއްވަމުން ތެދުވެ ބޮލުގައި އޮޅާލާފައި އޮތް ތުވާލި ނައްޓުވާލާ ހަރުގައި އެޅުވިއެވެ. “މަންމަގެ ބައެއް ހެދުންތައް ދޫވެގެން އެކަމާއި މަންމަގެ ދެފައި އެއްތަނެއްގައި ހަރުނުލާތީ. މަންމަ ބުނީ ތިމަންނަގެ އަލްޔާ ދިން ޑައިޓެއް ޖެއްސި ފަހުންނޭ މިހާވަރަށް ލުއި ވީ. އަދި ބުންޏޭ ދުވަސްކޮޅަކުން މަށާ ބަތޫލް އާއި އެއްކޮށް މަގުމަތިން ހިނގާފައި ދާއިރު ހީވާނީ ތިން ބެއިން ދާހެންނޯ. ހީހީހީ….”  ސަޖޫލް މަޖާވެލާފައި ދެއްކި ވާހަކަތަކުން އަލްޔާ ކައިރިއަށް ވެސް ހިނި އައެވެ.

ސަޖޫލްގެ ފޯނު ކުރުކޮށްލުމަށްފަހު އަލްޔާ ފޯނު ހިފައިގެން ކޮޓަރިން ނިކުންނަނިކޮށް ވައިބަރ މެސެޖް ތަކެއް އަންނަން ފެށުމުން އެކަމަށް ސަމާލުކަން ދިނެވެ. ސިޓިންގްރޫމް ސޯފާގައި ޖައްސާލަމުން މެސެޖްތައް ހުޅުވާލިއިރު އެއީ އެންމެފަހުން އެރަށުގައި ކުޅުނު ފުޓްބޯޅަ މެޗު ކުރިއަށް ދިޔަ ވަގުތު ނަގާފައިވާ ފޮޓޯ ތަކެކެވެ. އެފޮޓޯތައް އަލްޔާ އަށް ފޮނުވީ ސަޖޫލެވެ. އެހުރިހާ ފޮޓޯ ތަކުން ވެސް އަލްޔާގެ ސަމާލުކަން ދަމައިގަތީ އެންމެ ފޮޓޯއެކެވެ. ދަނޑުމތީގައި ހުރެ އަލްޔާ އަށް ލޫކް ދޫކޮށްލި ކިސް ހިތަށް ފެނުމުން ލޮލުން ކަރުނަ ނީރާލިއެވެ. އެއީ ހަމަ އެވަގުތު ކޮޅެވެ. ގޯލް ޖެހުމަށްފަހު އަލްޔާ ބަލާލި ވަގުތު ލޫކް ވަޔާއި ހަވާލުކޮށް އަލްޔާ އަށް ރައްދު ކުރި ލޯތްބެވެ. އެއީ އަލްޔާ ދުވަހަކު ވެސް ހިތުން ފިލާނޭ ވަގުތު ކޮޅެއް ނޫނެވެ. ދުވަސްތަކަށް ފަހު ވަރަށް ބޮޑަށް ލޫކް މަތިން ހަނދާންވާން ފެށުމުން އަލްޔާ އަށް ކޮންޓްރޯލްއެއް ނުކުރެވުނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ހިތް ފުރެންދެން ރޯލިއެވެ.

 

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކު ވަމުން ގޮސް އަލްޔާ ރަންކިޔަން އޮތް ދުވަސް ޖެހުނީއެވެ. އަލްޔާ ހިތްތެޅެމުން ދިޔައީ މުޅިން އާއިހުސާސެއް ކުރެވޭތީއެވެ. މައިންބަފައިންނާއި ވަކިވެ ދިރިއުޅުމުގެ މުޅިން އާބާބެއް ފަށަންޖެހޭ ދުވަސް އޮތީ ބޯމަތީގައެވެ. ދިރިއުޅުމަކީ އިމްތިހާނެއް ކަން އަލްޔާ އަށް ވެސް އެނގޭއެވެ. ނަމަވެސް މިފަހަރު ކުރިމަތިލާން ޖެހޭ އިމްތިހާނުން އަލްޔާ ފާސްވެދާނެ ހެއްޔެވެ؟

އޮއޭސިސް ގޭގައި މެންދުރަށް ވަރަށް ގަދައަށް ކައްކާލާފައިވަނީ މިއަދު އެއާއިލާގެ މަދުވެފައިވާ ހުރިހާ މެންބަރުން އެއްތަންވާތީއެވެ. ރާއްޖޭން ބޭރުގައި ހުންނަ އަލްޔާގެ މާމައާއި ބޮޑުދައިތައިންނާއި އެމީހުންގެ ދަރިން އަންނާތީ އަލްޔާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަލްޔާގެ ރަންކިޔުމުގެ ހަފްލާ އަށާއި އަދި މެހެމާނުންނަށް މަރުހަބާ ކިޔުމަށްޓަކައި ޝަރީފާއާއި ސަޖޫލް ވެސް އޮއޭސިސް ގައި ހަރަކާތެރިވާ ދުވަހެކެވެ.

ފޮށިތައް ހިފައިގެން އެތެެރެއަށް ވަން ޢަބްދުއްޝަކޫރާއި ޖުނާލް ފެނި އެތެރޭގައި ތިބި ހުރިހާ މީހުން ބޭރަށް ޖަމާވިއެވެ. ފަހަތުން ވަން ގުރޫޕް ފެނި އަލްޔާ ހުރީ ވާނުވާ ނޭނގިފައެވެ. ފޮޓޯއިން އެންމެން ފެނިފައި ވިޔަސް އަސްލަށް ފެނުމުން އޮޅިއްޖެއެވެ. އަލްޔާ ފެނުމާއެކު ރަތީބާގެ ލޮލުން ކަރުނަ ނީރާލިއެވެ. އަލްޔާ އަށް މާމަ ވަކި ކުރަން އެނގުމުން ކައިރިއަށް ޖެހިލިއެވެ. ރޫޖެހިފައިވާ ދޮން ހަންގަނޑާއި ލާފައި ހުރި ހައުސްކޯޓުން ރަތީބާގެ ހައިބަތު ހާމަވެއެވެ. ޝީރީން އާއި މުނާ ބުރުގާ އަޅާފައި ހުއްޓެއްކަމަކު ޔަޒާ އާއި އިކާ ހުރީ އެންމެ ޒަމާނީ ގޮތަށެވެ. ކާވިން ޖުނާލް އާއި ދާދި އެއްވަރެއްގައި ހުރިއިރު ޔަޒާ އާއި އިކާ މޫނުމަތިން ވެސް ޖަހަނީ ހިތްހެޔޮ ވައްތަރެވެ.

“ދަރިފުޅާ އާދެބަލަ މާމަ ކައިރިއަށް”  އަލްޔާ އަށް ދެއަތް ދިއްކޮށްލަމުން ރަތީބާ ބުންޏެވެ. ނުކެރިފައި ހުރެވެސް އަލްޔާ ރަތީބާގެ އަތު ތެރެއަށް ވަނެވެ. ރަތީބާ އަލްޔާގެ ބުރަކަށީގައި ފިރުމަމުން ނިތްކުރިއަށް ދޮނެއް ވެސް ދިނެވެ.  “ދަރިފުޅަކީ މިއާއިލާގެ އެންމެ ބޮޑު ކުއްޖާ. މިތިބީ ދަރިފުޅުގެ ތިއްތަ އަދި ކުޑާ” މުނާ އާއި ޝީރީން ދައްކަމުން ރަތީބާ އަލްޔާ އަށް އޮޅުންފިލުވާ ދިނެވެ.

“މީ ކާވިން. ދެން މީ އިކާ. މީ ތިއްތަމުނާގެ ދެކުދިން. ޔަޒާ މީ ދަރިފުޅުގެ ކުޑާގެ”  ރަތީބާ ހުރިހާ ކުދިން ތަޢާރަފް ކޮށްދިނުމުން އަލްޔާ ހީލިއެވެ. ޝީރީން އާއި މުނާ ވެސް އަލްޔާގެ ގައިގާ ބައްދާލިއެވެ. އެންމެ ކުޑަކޮށް ހުރި އިކާގެ ކޮލުގައި އަލްޔާ ލޯބިން ހިފާލިއެވެ. އިކާ ވެސް އަލްޔާގެ ކޮލުގައި ހަމައެގޮތަށް ހިފާލުމުން އެންމެންނަށް ހެވުނެވެ. ޝަރީފާ އާއި ސަޖޫލް ފެނުމުން ވެސް ރަތީބާ އަށް ރޮވުނެވެ. ޝަރީފާ އަށް ވެސް ރަތީބާ ވަނީ ހިތުން ދަރިއެއްގެ ދަރަޖަ ދީފައެވެ. ޔަޒާ އާއި އިކާ އަލްޔާ އާއި ސަޖޫލް އާ ރަހްމަތްތެރިވާން ހިނދުކޮޅެއް ވެސް ނުނެގިއެވެ. އޮއޭސިސް ގޭގައި ހަތަރު ކޮޓަރި ހުރުމުން ރަތީބާ އާއި ޝީރީން އަދި މުނާ އަށް އެއްކޮޓަރި ދިނެވެ. އަދި ޔަޒާ އާއި އިކާ އަދި އަލްޔާ އަށް ހަމަޖެހުނީ އަލްޔާގެ ކޮޓަރިއެވެ. ޖުނާލް އާއި ކާވިން އެއްކޮޓަރިއެވެ. ޝީރީންގެ ފިރިމީހާ އާއި މުނާގެ ފިރިމީހާ އެދަތުރުގައި ބައިވެރިނުވުމުން އެކަމާއި މިޔާނާ މައްސަލަ ޖެއްސިއެވެ.

 

އުފާވެރި ވަގުތު ކޮޅަކަށްފަހު އަލްޔާގެ ރަން ކިޔުމުގެ ހަފްލާ ނިމިގެން ދިޔައީ ވަރަށް އަމާން އޮމާންކަމާއި އެކުގައެވެ. ޝައިމްގެ އަންބަކަށް ވުމަށް އަލްޔާ އަށް ދެން އޮތީ އެންމެ ހަތް ދުވަހެވެ. ހަފްލާ ނިމިގެން ދިޔައިރު އާއިލާ ހުރިހާ މެމްބަރުންނާއި ޝައިމް ވެސް ގުޅިގެން ދިޔައެވެ. ޢަބްދުއްޝަކޫރާއި މިޔާނާ ފަދައިން ޝައިމް ވެގެން ދިޔައީ ރަތީބާ އަށް ވެސް ވަރަށް ކަމުދާ މީހަކަށެވެ. ކައިރީގައި ބައިންދައިގެން އަލްޔާ އަށް ދިރިއުޅުމާއި ބެހޭ ގޮތުން އެތައް ނަޞޭޙަތެއް ރަތީބާ ދިނެވެ.

ބީޗް ކެފޭގައި އިރުއޮށްސުނު ވަގުތު ސަޖޫލް އިނީ ފޯނާއި ކުޅޭށެވެ. އިރިއިރުކޮޅަކާއި ދޮރާއި ދިމާލަށް ބަލާލައެވެ. އަނެއްކާ ވެސް ގަޑި ބަލާލުމަށްފަހު ފުން ނޭވައެއް ލަނީ މީހަކަށް އިންތިޒާރުކުރާ ފަދައިންނެވެ. ސަޖޫލް މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ބައްދަލުކުރަން ދައުވަތު ދިން ފަރާތް ސަޖޫލް ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސާލިއެވެ. ސަޖޫލް މޫނުމައްޗަށް ވެރިވިި ކުލަވަރުން އެފަރާތަކީ ސަޖޫލް މާ ހިތްހަމަޖެހޭ ފަރާތެއް ނޫންކަން އެނގެއެވެ.

“ކީއްކުރަން އަހަރެން މިތަނަށް ގެނައީ. ބުނަން ބޭނުންވާ އެއްޗެއް ބުނޭ. މަށަކަށް ޓައިމެއްް ނެތް….ވަން ސެކް…. ލައި އާއި ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންނަމަ ބުނާނީ އަހަރެން އަޑު އަހާކަށް ބޭނުމެއް ނޫނޭ. އަދި ލައި އާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް އޮޅުންފިލުވަދޭކަށް ނެތިމޭ”  ސަޖޫލް ގެ ބަސްތަކުން ލޫކް ޖެހިލުން ވިޔަސް ދައްކަން ބޭނުން ވާހަކަތައް ދެއްކުމަށްޓަކައި އަތުކުރި އޮޅާލިއެވެ. “ލިސެން ސަޖޫލް. ލައި ވާހަކަ ނުދައްކަން ބުންޏަސް މިތަނަށް މަ މިއައީ ލައި އާއި ގުޅޭ ކަމަކު” ލޫކް ވާހަކަދައްކަން ފެށުމުން ސަޖޫލް ދުރަށް ބަލަހައްޓައިގެން އިނެވެ.

“ބުނަން މިއުޅެނީ އަހަރެން ލައި ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވެޔޭ. އަހަރެން ލައި ބޭނުމޭ”  ހިތްވަރާއެކު ލޫކް ބުންޏެވެ. “އެހެންތަ؟ އަދި ކިރިޔާތަ އެކަން އިހުސާސްވީ ތި.  ލޫކް އޭނަޔަށް ދިނީ ބޮޮޑު ކެއްސެއް. ލައި މިހާރު ނޫޅޭ މާ ލޫކް ވެގެނެއް. ލޫކް ވެސް ދިރިއުޅުމާއިގެން ކުރިއަށް ދާން ނިންމި ގޮތަށް ލައި ވެސް މިހާރު ހުރީ ގޮތުގައި”  ސަޖޫލް އަޑުގައި ހަރުކަށިކަމެއް ވިޔަސް ވާހަކަދެއްކުމުގައި އެކަން ނުދައްކާވޭތޯ ބެލިއެވެ. ކައިރީގައި ހުރި މޭޒުތަކުގައި ތިބި މީހުންގެ ސަމާލުކަމަށް ސަޖޫލް އަންނަން ބޭނުންނުވާތިއެވެ.  “ހެހެހެ… އެނގޭ ލައި ވަރަށް ބޮޑަށް ލޯބިވާކަން. ލައި އަށް އެހާ ފަސޭހައެއް ނުވާނެ މޫވްއޮން ކުރާކަށް”  ލުއިލުއިކޮށް ހީލަމުން ލޫކް ބުންޏެވެ.  “ހާދަ ހެއްވައޭ. ކީއްވެ ލައި އަށް ނުވާންވީ. ހީކުރަނީތަ އަންހެނުންނަކީ ބަލިކަށި ބައެކޭ. ފިރިހެނުން ހަދާނެ ގޮތެއް ހަދަން ތިބޭ ބައެކޭ. އެހެނެއްނޫން. ލޫކް ތިހެން ވާހަކަތިދައްކަނީ ހަގީގަތް ނޭނގޭތީ. އަސްލަށް ވެސް މާދަމާ ރޭ ލައިގެ…”  ސަޖޫލް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ލޫކް އެވެ.

“މަޑުކޮށްބަލަ. މަށަށް އެނގޭ ކުށް ކުރެވުނީ މަށަށްކަން. އެއީ އަހަރެން ލޯބިނުވާތީއެއް ނޫން. އަހަރެންގެ ލޯބީގެ ހަނދާނުގައި ލައި ކަސްތޮޅު އެޅުވިގެންދާކަށް ބޭނުމެއް ނޫން. އެހެންވެ ލައި ހިތްރޮށްވާލަން ޖެހުނީ. އެނގޭތަ ލައި ރޯތަން ފެނުނީމަ މަގޭ ހިތަށް ކުރި އަސަރު. ދެނެވޮޑިގެންވާ ބާރުގަދަ ފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް ނޭނގޭނެ. އެދުވަހު އެގޮތަށް ލައިގެ ލޯތްބަށް އަހަރެން ފުރަގަސް ދިން އިރު މިދުވަސް ދެކެން ޖެހިދާނެކަމަކަށް ހީކުރެވިފައެއް ނުވޭ. އަހަރެން ހީކުރީ މިކްހާ އާއި އެކު މަރު ދުވަހަށް އުޅެވޭނެ ކަމަށް” ލޫކް ގެ ދެލޯ ފެންކަޅި ވިއެވެ.

“ސަޖޫލް! ލައިގެ ލޯތްބަށް އަހަރެން ފުރަގަސްދިނީ މަންމަ އާއި ބައްޕައަށްޓަކައި. މި ކައިވެންޏަކީ މަށަށް ވެސް އަދި މިކްހާ އަށް ވެސް ފާޑަކަށް މަޖުބޫރުވެގެން ކުރެވުނު ކައިވެންޏެއް. ކައިވެންޏަށް ދެމަސް ދުވަސް ވީ އިރު އަންބަކާއި ފިރިއެއްގެ މެދުގައި އޮންނަން ޖެހޭ ގުޅުމެއް އަހަރެމެން ދެމީހުންގެ މެދުގައެއް ނެތް. މިކްހާ އެއީ ރަނގަޅު ކުއްޖެއް. އަހަރެންގެ ފަރާތުން މިކްހާ މިނިވަން ވެގެން ދިޔައިރު ވެސް އެއީ އިއްފަތްތެރި ކުއްޖެއް. އަހަރެން ކުޑަ އޮފެއް ނަގައިގެން މިއައީ އަހަރެންގެ ލައި ކައިރިއަށް. ދުވަހަކު ވެސް ލައިގެ ހިތްރޮށްވާނުލާނަން. އަހަރެންގެ ފަރާތުން ލިބުނު ހުރިހާ ހިތާމަތަކެއް އެއްފަހަރާ ހަނދާންނެތޭ ވަރަށް ލޯބިދޭނަން. ލައި ދެކިލާހިތުން ވެސް މަށަށް ކެތްވަނީއެއް ނޫން” ލޫކް ވާހަކަދައްކަމުން ދިޔައިރު ލޫކްގެ ލޮލަށް ބަލަހައްޓައިގެން އިން ސަޖޫލް އަށް އެބަހުގެ ހުރި ތެދުވެރިކަން ނަގައިގަނެވުނެވެ.

ލޫކްގެ ހިތުގައި އަލްޔާއަށްޓަކައި ވަނީ ތެދުވެރިލޯބި ކަން އެދެލޮލުން ވެއްޓުނު ކަރުނަތިކި ހެކިދެއެވެ. ލޫކް ކައިރީގައި އެއްޗެއް ބުނަން ސަޖޫލް ފަސްޖެހުނެވެ. ތެދުހާމަކޮށްފިއްޔާ އަލްޔާ ފަދައިން މިފަހަރު ލޫކްގެ ހިތް ފަޅައިގެންދާނެއެވެ. ތެދު ނުބުނެ ފަސް ކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ.  “ސަޖޫލް! ޕްލީޒް މަށާ ލައި އާއި މީޓްކޮށްދީބަލަ”  ވިސްނުމެއްގައި އިން ސަޖޫލް ސިހުނީ އަނެއްކާ ވެސް ލޫކްގެ އަޑުންނެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ހާދަ އުނަދގޫ ވަގުތު ކޮޅެކެވެ.  “ލޫކް! މިހާރު މާ ލަސްވެއްޖެ. ކުރިން ވެސް ބުނީމެއްނު. ލައި ގެ ވެޑިންގް މާދަމާ ރޭ. ޝައިމް އާއި. ލޫކްގެ ލޯތްބަށްޓަކައި އޭނަ މިރަށުން ދިޔައީ ޝައިމްގެ ލޯތްބަށް ފުރަގަސް ދީފައި”  ސަޖޫލްގެ ވާހަކަތަކުން ލޫކް ގެ ކަންފަތްބުޑުގައި ހީވީ ބޮމެއް ގޮށްވާލިހެންނެވެ. އެވަގުތު ލޫކް ގެ ދެކަންފަތް ބީރުވާނެ ނަމައޭ ހިތަށް އެރިއެވެ. ބޮލުގައި މީހަކު ދަނގަޑުބުރިއަކުން ޖެހިނަމަވެސް މިހާވަުގެ ސިހުމެއް ނުލިބޭނެކަން ކަށަވަރެވެ. ދެލޯފުރިގެން އައީ ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވޭތުވެދިޔަ ވަގުތުކޮޅަކީ ހުވަފެނަކަށް ވުމަށް އެދެވެން ފެށުނެވެ. ދެފައިން ވާގިދޫވެ ކޮޅަށް ހުރި ލޫކް ވެއްޓިގަތީ ކުރިން އިށީނދެގެން އިން ގޮނޑިއަށެވެ.

64
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

ދަންވަރު ޑިއުޓީ

Next

އެ ހުވަފެން (1 ވަނަ ބައި)

Next
November 7, 2016

އެ ހުވަފެން (1 ވަނަ ބައި)

Previews
November 7, 2016

ދަންވަރު ޑިއުޓީ

24 Comments

  1. Ushaali says:
    November 7, 2016 at 1:42 pm

    koba huriha kudinqves rangalhu vaane kamah heekuran. miothy 10 vana part. mi part ves huriha kudhinnah kamudhaane kamah heekuran. alya ge family mi baiga ulhunas aammu gothegga emyhun mi story ga noolheyne. ehen v ma evves kuhjjeh olhuvaa nulahche. huriha kudhinnah ves ufaaveri dhuvahakah edhen. lurvv yu huriha kudhin 🙂 🙂 🙂

  2. Meeee says:
    November 7, 2016 at 1:43 pm

    Me 1 dhw

  3. fathun says:
    November 7, 2016 at 1:55 pm

    alhey please luke and alya gulhuvaa. alya ah hageegai egunyma innane dho. shaim ge hageegai maa hithi

  4. maalhu says:
    November 7, 2016 at 1:56 pm

    awnn this story rockzz

  5. arsy says:
    November 7, 2016 at 1:57 pm

    salhi mi part ves

  6. zafreen says:
    November 7, 2016 at 2:20 pm

    Luke ah thihen nahadhaa…. shaim ge hageegaith alya ah kiyaadhy… plx… luke n alya gulhuvahche.. n varah dhigukoh next part genesdhehche.. varah keh madhuvefa mi hunnany

  7. Anonymous says:
    November 7, 2016 at 2:26 pm

    Alhe ushaali lai ge kaiveni nukuruvaathi e shaim aa. Noonas eyna e ulheny ohluvaa laigen nun dhw.. Team LAI n LOOK

  8. Navya says:
    November 7, 2016 at 2:40 pm

    Vvv reethi mibaives….waiting waiting

  9. Shahina says:
    November 7, 2016 at 3:13 pm

    Masha allah mibaivas v reethi luku n alyaa gulhuvahchay when next part waiting.

  10. axoo says:
    November 7, 2016 at 3:38 pm

    Ummmmmmmm alheyyyy alya ah avhah hageegai angaba… vvvv rythi.. v kiya hih vefa hutta nimuny e… wow… waiting.. vvv rythi…

  11. nikyy says:
    November 7, 2016 at 4:06 pm

    Reethi varan mi part ves…love it

  12. Dhondhooni says:
    November 7, 2016 at 4:23 pm

    v v reethi mi partves..<3<3 waiting waiting

  13. Ninni says:
    November 7, 2016 at 5:00 pm

    Whaaat…
    Look n laii gulhuvabrr

  14. Shanna says:
    November 7, 2016 at 5:43 pm

    wow! V salhi… Looking forward to upcoming parts… Keep uo the good work dear… When is the next part?

  15. Mari says:
    November 7, 2016 at 6:30 pm

    Varah reethi mi part ves…

  16. ކުލްސުމް says:
    November 7, 2016 at 7:36 pm

    V dhera vehjje. Louk&lai gulhuva dheebala

  17. Inee says:
    November 7, 2016 at 7:59 pm

    Varah reethi

  18. Appy says:
    November 7, 2016 at 8:41 pm

    Waiting waiting …

  19. Alaa says:
    November 7, 2016 at 8:48 pm

    Wow wow v habeys
    Next part knirakun genesdheynee
    Avahan gens dhehchey

  20. Thaany says:
    November 7, 2016 at 9:39 pm

    Awww haadha reehchey waiting …awahah kiyaa hiyy wany

  21. me says:
    November 8, 2016 at 1:00 am

    masha allah v rythi mi baives.

  22. Khajja says:
    November 8, 2016 at 1:06 am

    Masha allah v rythi look n alyaa gulhuvabala pls shaimge hageegaiy wedinge kurin alyaa ah angabala n ethanah look ahves aadheveygoiy hadhaidhybala pls look dheranukoh bala pls n waitin waitin nxt part

  23. Ushaali says:
    November 8, 2016 at 8:28 am

    thankyou ol for da lovely comments….. next part madhama genesdheynan 🙂 🙂 🙂 inshaallah

  24. Axee says:
    November 9, 2016 at 8:54 am

    Alhe mihaaru esfiya ah vadhevun adhadhehves neyge mivaahaka next part intho….ushaaaleeeeeeeee pleeeeeeeeeeeeease up kohdhyba dhen….cant wait…..pls??

Comments are closed.

All Right Reserved!