Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (5 ވަނަ ބައި)

Liaa
November 11, 2016
8 Mins Read
70 Views
29 Comments

“މީހަކާ އިނދެގެންތަ އުޅެނީ؟” ނަޝްފާ އެ ކޮށްލި ސުވާލުން އަންޖޫދާއަށް ހިން ދިރުވާލެވުނެވެ. މީހަކާ އިނދެގެންނޭ އުޅެނީ ކިޔާފައި ދޮގެއް ހަދަންވެސް އޭނާގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. ނަމަވެސް އެއްވެސް ކަމެއް އަބަދަކު ސިއްރު ނުކުރެވޭނެކަން އެނގޭތީ އޭނާ ގަސްދުކުރީ ތެދުތެދަށް ހުރިހާ ވާހަކައެއް ބުނާށެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. އެއީ އޭނާ ރާހުލް އާ ދުރުވި ސަބަބެވެ. އެ ސަބަބު އެނގިއްޖެ ނަމަ ރާހުލް އަނެއްކާ އަލުން އޭނާ ކައިރިއަށް އައިސްދާނެކަމަށް އެ ހިތް ބުނަމުން ދިޔައީތީއެވެ. އެހެން ވެއްޖެނަމަ އޭނާއަށް އެވަދެވުނީ ރާހުލްއާ ނަޝްފާގެ ދޭތެރެއަށެވެ.

“ނޫން… ނަޝްފާ… އަހަރެން ބޭނުން  ނަޝްފާއަށް ހުރިހާ އެއްޗެއް ކިޔައިދޭން.. އެކަމަކު….” އަންޖޫދާ ނަޝްފާއަށް ބަލާލަމުން ބުނެލިއެވެ. އަންޖޫދާ ދައްކަން އެއުޅޭ ވާހަކަ ކަނުލާ އަޑުއެހުމަށް ނަޝްފާ އިނެވެ.

“ރިޝްކާ އަކީ ނަހަލާލަށް ލިބުނު ދަރިއެއް…. އެއީ ރާހުލްގެ ކުއްޖެއް… އެނގޭ މި ވާހަކަ އަޑު އަހަން ނަޝްފާއަށް އުނދަގޫވާނެކަން ވެސް… އެކަމަކުވެސް… މީ ހަގީގަތް…. ރާހުލްއަކަށް ނޭނގޭނެ އަހަރެންގެ ބަނޑުން އޭނާގެ ދަރިއެއް އުފަންވިކަމެއް… ރާހުލްއާ ވަކިވިއިރު އަހަންނަކަށް ވެސް ނޭނގޭ އަހަރެން ބަލިވެއިންކަމެއް…. އެނގުނުއިރު ރާހުލް ނަޝްފާއާ ކައިވެނިކުރަން ބަންގްލަދޭޝްއަށް ގޮސްވީ… ދެން… ދެން…” އެހާ ހިސާބަށް ބުނެވުނުތަނާ އަންޖޫދާއަށް ރޮވިއްޖެއެވެ. ނަޝްފާ އޭރު އިނީ އަންޖޫދާ އެ ދައްކާ ވާހަކަ އަޑުއަހަން އުނދަގޫވެފައެވެ. އެ ގަނޑުގައި އެހެން އޮތަސް އަންޖޫދާގެ ދުލުން ހަޤީޤަތް އިވުނީމަ އޭނާގެ ހިތަށް ހާދަ އަސަރެއް އެބަ ކުރެއެވެ.

“ރިޝްކާ ބޮޑުކުރީ އަހަރެން އެކަނި މާއެކަނި… ރިޝްކާގެ ހަޤީޤަތް ރާހުލްއަށްވެސް އަންގަން ބޭނުން… އެކަމަކު އަހަރެން ބޭނުމެއް ނޫން ތި ދެމީހުންގެ ދިރިއުޅުމަށް ވަންނާކަށެއް…” އިރުކޮޅެއް ފަހުން އަނެއްކާ ވެސް އަންޖޫދާ ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. ނަޝްފާ ހީވަނީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ހެނެވެ. ރާހުލް އަށް މިކަން އަންގަންވީބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ކުއްޖަކު ނެތުމުގެ ފަޅުކަން ރާހުލްއަށް އަބަދުވެސް އިހުސާސްވާކަން އޭނާއަށް އެނގެއެވެ. އޭނާއަކަށް ރާހުލްއަށް ކުއްޖަކު ހޯދައިދިނުމުގެ ކުޅަދާނަކަމެއް ނެތެވެ. ވުމާއެކު ރާހުލްގެ އަމިއްލަ ދަރިއެއް ދުނިޔޭގައި ހުރިއިރު އެކަން ރާހުލްއަށް ކޮންމެހެން އެނގެއްޖެހޭނެކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ.

“ރާހުލްއަށް މިކަން އަންގަން އަަހަރެން ބޭނުން…” ނަޝްފާ ބުނެލިއެވެ. އެއާއެކު އަންޖޫދާ ނަޝްފާއަށް ބަލާލީ ހައިރާންކަމާއެކުގައެވެ.

“ރާހުލްއަށް އެއީ އޭނާގެ ދަރިއެއްކަން އެނގުމުގެ ހައްގު ލިބިގެންވޭ… އަހަންނަށް އެނގޭ އޭރު އަންޖޫދާ ރާހުލްއާ މެދު ކަންތައް ކުރި ގޮތް އަދިވެސް ރާހުލްގެ ހިތުން ނުފިލާކަން… އޭނާ އަންޖޫދާއަށް ދުވަހަކު މާފު ނުކުރިޔަސް އެކަމުގައި ރިޝްކާގެ އެއްވެސް ކުށެއް ނެތްކަން އޭނާ ގަބޫލުކުރާނެކަން އަހަންނަށް އެނގޭ… ރާހުލް އަހަންނާ އިނދެގެން އުޅުނަސް ރިޝްކާއަށް ބައްޕައެއްގެ ލޯބި ދެވިދާނެއްނު؟” ވިސްނާލުމަށްފަހު ނަޝްފާ ބުނެލިއެވެ. އަންޖޫދާ އަދިވެސް ހުރި ނަޝްފާ ދައްކާ ވާހަކަ ޤަބޫލުނުކުރެވިފައެވެ. އެހެން މީހެއްގެ ބަނޑުން ރާހުލްގެ ދަރިޔަކު އުފަންވެފައި ވުމުން ނަޝްފާ ރާހުލް ދެކެ އަންނަންވީ ރުޅިއެއް ނޫން ހެއްޔެވެ؟

“ނަޝްފާ ނާދޭތަ ރާހުލެ ދެކެ ރުޅިއެއް؟ އަހަރެން ދެކެ ރުޅިއެއް ނާދޭތަ؟” އަންޖޫދާ އަހާލިއެވެ. ނަޝްފާ އަންޖޫދާގެ މޫނަށް ބަލާލިއެވެ. އޭރުވެސް އަންޖޫދާގެ ދެލޮލުގައި ކަރުނައިގެ ތިކިތައް ވިދާތަން އޭނާއަށް ފެނުނެވެ. އެހެން މީހަކާއެކީ ރާހުލް އެފަދަ ގުޅުމެއް ހިންގާފައިވާކަން އެނގުމުން އޭނާ ގެ ހިތަށް ވެސް އަސަރު ކުރެއެވެ. ނަމަވެސް އެކަން ފޮރުވަމުން ނަޝްފާ ވާހަކަދެއްކިއެވެ.

“އެއީ ރާހުލް އަހަންނާ ކައިވެނި ކުރުމުގެ ކުރިން ހިނގާފައިވާ ކަމެއް… އަހަރެން ރުޅިއަންނަންވީ ކީއްވެ؟” ނަޝްފާ މަޑުމަޑުން ބުނެލިއެވެ. އަންޖޫދާ ދެރަވިއެވެ. ނަޝްފާ ރާހުލް ދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ އޭރު އޭނާއަށް ރާހުލް ދޫކޮށް ނުލެވުނު ނަމަ މިހާރު އޭނާ ވެސް އުޅޭނީ ރާހުލް އާ ރިޝްކާއާ އެކީ ކިހާ ލޯބިން ހެއްޔެވެ؟

“އެކަމަކު އަހަރެންގެ އެބޮތް ސުވާލެއް…” ވިސްނާލަމުން ނަޝްފާ ބުނެލިއެވެ. ” އަންޖޫދާ އޭރު ހަމަ ރާހުލް ދެކެ ލޯތްބެއް ނުވޭތަ؟ މުޅި ރަށުތެރޭ ރާހުލް ބަދުނާމްކޮށްލީ ހަމަ ރާހުލްއަށް އެހާ ނަފުރަތު ކުރާތީތަ؟” ނަޝްފާ އެެހެން އަހާލުމާއެކު އަންޖޫދާއަށް ހިންދިރުވާލެވުނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެ ހަޤީޤަތް ހާމަކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“އާނ.. އަހަރެން އެއްްވެސް އިރެއްގަ ރާހުލް ދެކެ ލޯތްބެއް ނުވޭ…. އެއީ އަހަރެން ރާހުލް މޮޔަ ހައްދަން ކުރި ކަމެއް… ރާހުލްއަށް ދެރަ ދެވުނުކަމުގެ ޝަޒާ އަހަންނަށް ވެސް ލިބުނު… ރަށް މެދަށް ބަނޑުބޮޑުވީމަ ރަށު މީހުން އަަހަންނާ ދިމާއަށް ކީ އެއްޗެހި އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުރި…” ދެއަތުން މޫނު ފުހެލަމުން އަންޖޫދާ ބުނެލިއެވެ. ހަޤީޤަތް ހާމަކޮށްގެން ނަޝްފާއާ ރާހުލްގެ ދޭތެރެއަށް ވަނުމަށްވުރެ މިގޮތް މާ ރަނގަޅުކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ.

އިރުކޮޅަކު އެތާ އިނުމަށްފަހު އަންޖޫދާ ދިއައީ މަސައްކަތަށް ދިއުމަށް ލަސްވާތީއެވެ. އޭނާ މަސައްކަތް ކުރަނީ މާލޭގެ ފަހާތަނެއްގައެވެ. ނަޝްފާ އަންޖޫދާގެ ނަންބަރު އަތުލީ ރާހުލްއާ އެވާހަކަ ދެއްކުމަށްފަހު ގުޅާނެކަމުގައި ބުނެފައެވެ. އަންޖޫދާ ދިއުމުން ނަޝްފާ އެ ބެންޗުގައި އެކަނި މާއެކަނި އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ރާހުލް ގާތު ރިޝްކާގެ ވާހަކަ ބުނާނެ ގޮތަކާމެދު އޭނާ ވިސްނަމުން ދިޔައެވެ.

** ** **

އާމިނާ ޓީވީ އަޅުވައިގެން އިނީ ފޫހިވާތީއެވެ. އެގެއަށް ކޭބަލް ޓީވީ ވެސް ނުލާ ހުރުމާއެކު ހަމައެކަނި ފެންނަނީ ޓީވީއެމް އެވެ. ސިޓިންގރޫމުގައި ހުރި ގޮނޑިއެއްގައި ދެއަތަަށް ހެލިލަ ހެލިލަ އިންދައި މީހަކު ދޮރުގައި ޓަކިދިން އަޑު އޭނާއަށް އިވުނެވެ. މިގަޑީގައި އަންނާނީ ވެސް ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. ރިޝްކާ ސްކޫލުގައި ވީއިރު އަންޖޫދާވެސް ވީ ވަޒީފާއަށް ގޮހެވެ.

ކަންނެތް ގޮތަކަށް ގޮނޑިން ތެދުވުމަށްފަހު އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ފުޅާ ހިނިތުންވުމަކާއެކު ހުރި ފިރިހެންމީހާ ފެނި އާމިނާއަށް ދެބުމަ ގޮށް ޖަހާލެވުނެވެ. އެއީ އޭނާ ދުވަހަކު ދުށް މީހެއްވެސް ނޫނެވެ.

“ކާކު ތީ؟” ނުރުހުމުގެ ރާގެއްގައި އާމިނާ އަހާލިއެވެ.

“މީ ރިޝްކާ ދާ ސްކޫލުގެ ޕްރިންސިޕަލް… ކުޑަ ވާހަކައެއް ދައްކާލަން ވެގެން…” ދޮރުމަތީގައި ހުރި މާހިން އެހެން ބުނުމާއެކު އާމިނާ ހާސްވިއެވެ. އަނެއްކާ އެ މީހާ އެއައީ އަންޖޫދާ ސްކޫލަށް ފީ ނުދައްކައިގެންބާއޭ އޭނާގެ ހިތަށް އެރިއެވެ. މާހިނަށް އެތެރެއަށް ވަންނަން ތަން ދައްކަމުން އާމިނާ އެއްފަރާތަކަށް ޖެހެލިއެވެ. އަދި މާހިން ގާތު އެތެރެއަށް ވަދެ އިށީނުމަށް އެދުނެވެ.

“ކިހިނެއްވީތޯ ތި ދުރުވީ؟ އަނެއްކާ ސްކޫލުގެ ފީ ނުދައްކާ އޮތީތޯ؟” މާހިން އިށީނުމާއެކު އާމިނާ ވެސް އެތާ ހުރި ގޮނޑިއެއްގައި އިށީންނަމުން އެހެން އަހާލީ ކަންބޮޑުވެފައި ހުރި ރާގެއްގައެވެ. އާމިނާގެ އެ ސުވާލުން މާހިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“ނޫނޭ… މިއައީ ރިޝްކާގެ މަންމަ އާ ބައްދަލުކޮށްލަން ވެގެން…” މާހިން އޭނާ އެގެއަށް އައި މަޤުސަދު ހާމަކޮށްލިއެވެ. މިޔަދުވެސް އަންޖޫދާ އެހާ އަވަސް އަރުވާލާފައި ދިއުމުން އޭނާއަށް އަންޖޫދާ އާ ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އެހެން ކަމުން އޭނާ ގަސްދުކުރީ ސީދާ ރިޝްކާގެ ފޯމުގައި އިން އެޑްރެހަށް އައުމަށެވެ.

“އަންޖޫދާ ވީ ވަޒީފާއަށް ގޮސް… އޭނަ ނާންނާނެ އެހާ އަވަހަކަށް..” އާމިނާ ބުނެލިއެވެ. މިމީހާ އަންޖޫދާ ހޯދަން ގެއަށް އެއައީ ކޮން ބޭނުމެއްގައި ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ގައިމު ސްކޫލުން ބައްދަލުކޮށްވެސްް ދައްކަން ހުރި ވާހަކައެއް ދެއްކޭނެއެއް ނޫން ހެއްޔެވެ؟

“އެހެންތޯ؟ ތީ އަންޖޫދާގެ މަންމަތޯ؟” މާހިން އެކޮށްލި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އާމިނާ ބޯ ޖަހާލިއެވެ.

“ވާހަކައެއް އަހާލަންތޯ… އެއްޗެކޭ ހީނުކުރައްޗޭ..” މާހިން އެހެން ބުނެލުމުން އާމިނާގެ ހިތުގައި ކުޑަވަރެއްގެ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ނަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން އޭނާ އެންމެ ރަނގަޅޭ ބުނެލިއެވެ.

“އަންޖޫދާގެ ފިރިމީހާ ކޮބައިތޯ؟” މާހިން އެހެން އަހާލުމާއެކު އާމިނާ ދެލޯ ހަނިކޮށްލިއެވެ. މީނަ އަންޖޫދާގެ ފިރިމީހާ ވީތަނެއް ހޯދަނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ މީނަ އަންޖޫދާއާ އިންނަން ބޭނުންވީ ހެއްޔެވެ؟ އާމިނާ ސިއްރު ސިއްރުން އޭނާ ލައިގެން ހުރި ގަމީހާ ފަޓުލޫނަށް ނަޒަރު ހިންގާލިއެވެ. ބަލާބެލުމަށް ވަރަށް މުއްސަނދި ވައްތަރު ޖަހައެވެ. މާލޭގައި ގެދޮރު ހުރި މީހަކު އަންޖޫދާ އާ އިނދެފިނަމަ އޭނާއަށް ވަރަށް ފައިދާ ވާނެއެވެ.

“އަންޖޫދާ މީހަކާ ނީނދެ… ރިޝްކާ އަކީ ނަހަލާލަށް ލިބުނު ކުއްޖެއް… ރިޝްކާގެ ބައްޕަ އަންޖޫދާއަށް ލަނޑުދީފައި ފިލީ… އޭގެ ފަހުން އެފަކީރު އުޅެނީ ވަރަށް ހާލުގަ… މީހުންގެ މަލާމާތް ވެސް އޭނާއަށް ވަރަށް ލިބުން…” ދެރަވާ ކަމަށް ހަދާފައި އާމިނާ ބުނެލިއެވެ. މާހިން އޭނާގެ ދަތްދޮޅީގައި އަތް ހާކާލީ އެއްޗެއް ވިސްނަމުންނެވެ.

“އަހަރެންނަށް އަންޖޫދާ ވަރަށް ކަމުދޭ… އަހަރެން އަންޖޫދާއާ ކައިވެނިކުރަން ބޭނުން..” މާހިން އެ ބުނި ޖުމްލައިގެ ސަބަބުން އާމިނާ އަމިއްލަ ނަފްސަށް ހީލިއެވެ. ނަމަވެސް މޫނުމަތިން ނުރުހުންވުމުގެ ގޮތް ދައްކަމުން އޭނާ ވާހަކަ ދެއްކިއެވެ.

“ތިހެން މީހަކު އައިސް އަންޖޫދާގެ ކައިވެންޏަށް އެދުނަސް އެކަން ވާނެތަ؟ އަހަރެމެން މިއުޅެނީ ވަރަށް ނިކަމެތި ހާލުގަ.. އަންޖޫދާގެ ބައްޕަ ނިޔާވިފަހުން ވަރަށް ދަތި… މާލޭގަ މިތަން ކުއްޔަށް ހިފައިގެން ވެސް މިއުޅެނީ ހާދަ ދައްޗެއްގައޭ..” އާމިނާ ބުނެލިއެވެ.

“ދައްތަ ހާސްނުވޭ.. މާލޭގައި އަހަރެންގެ އަމިއްލަ ގެ އެބަހުރި… އަންޖޫދާ އަހަންނާ ކައިވެނި ކޮށްފިނަމަ ތި އާއިލާއަށް ދަތިވާ އެއްވެސް ކަމެއް އޮތަކަ ނުދޭނަން.. އަހަރެން ޔަޤީންކަން ދެން…” މާހިން އެހެން ބުނެލުމުން އާމިނާގެ ހިތް އުފަލުން ނަށައިގަތެވެ. މި މާހިން އަކީ އަސްލުވެސް މާލޭގައި ގެ ދޮރު ހުރި، ރަނގަޅު އާމްދަނީއެއް ލިބޭ މީހެއްތާއޭ އޭނާގެ ހިތަށް އެރިއެވެ.

“އަހަރެން އަންޖޫދާ އާ ވާހަކަ ދައްކާފައި އެއްޗެއް ބުނަން އެނގޭނީ…” އާމިނާ އެހެން ބުނެލުމުން މާހިން ވެސް އެކަމާ އެއްބަސްވިއެވެ. އަދި އޭނާއަށް ގުޅޭނެ ނަމްބަރެއް އާމިނާއަށް ދިނުމަށްފަހު އެގެއިން ދިޔައެވެ. މާހިން ދިއުމާކު އާމިނާއަށް އަނގަމަތީގައި އަތް އަޅަމުން ހީގަނެވުނެވެ. ނަސީބު އައިސް އޭނާގެ އަތުގައި ހިފައިފި ކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

** ** **

މަސައްކަތް ނިންމާފައި އައިސް ރާހުލް ގެއަށް ވަތް އިރު ޞާބިރާ އާ ރިޔާ ސިޓިންގރޫމުގައި ޓީވީ ބަލަން އިނެވެ. ގޭތެރެއިން ނަޝްފާ ފެންނަން ނެތުމުން އޭނާ ކުޑަކޮށް ހައިރާންވެފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޓީވީ އިން އަންނަމުން ދިޔައީ ނަޝްފާ އެއެއް ބަލަން މަރުދީފައި ހުންނަ ޑްރާމާއެއް ވިއްޔާއެވެ.

ކޮޓަރީ އެނދުމަތީގައި ޝަހާދަތް އިނގިލި އަނގައަށް ލައިގެން ނަޝްފާ އިން ގޮތުން އޭނާ ހާސްވެފައި ވާވަރު ހާމަވެއެވެ. ރާހުލްއަށް އެ ޚަބަރު ދިނުމުން ރާހުލްއަށް ވާނެ ގޮތަކާ މެދު އޭނާއަށް ވިސްނެނީއެވެ.

ކޮޓަރި ހުޅުވާލާފައި ރާހުލް ވަނުމާއެކު ނަޝްފާ މަސައްކަތް ކުރީ އެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯއެވެ. ނަމަވެސް ނަޝްފާގެ މޫނުގައިވި ނުތަނަވަސްކަން ރާހުލްއަށް ވަގުތުން ދެނެގަނެވުނެވެ. ފެންވަރާ ހަދާލައިގެން ރާހުލް ފާހާނާއިން ނިކުތް އިރު ވެސް ނަޝްފާ ހަމަ އެއިން ގޮތަށް އިނެވެ.

“ނަޝް.. ކީއްވެތަ ތި އިންނަނީ؟ އަހަންނަށް ކަމެއް ސިއްރު ކުރަނީ ދޯ..” ނަޝްފާ ގާތުގައި އިށީންނަމުން ރާހުލް އަހާލިއެވެ. އެއާއެކު ނަޝްފާ ރާހުލްގެ ދެލޮލަށް ބަލާލިއެެވެ. އެދެލޮލުން އޭނާ ރާހުލްއާ އެތަށް ޝަކުވާއެއް ކުރަމުން ގެންދިއައެވެ. އަންޖޫދާ އާ އެކު ރާހުލް އެފަދަ ގުޅުމެއް ހިންގާފައިވީއިރު އެކަން އޭނާއަށް އެނގެންޖެހޭނެކަމުގައި އޭނާ ޤަބޫލުކުރިއެވެ.

“ރާހުލް… އަހަރެން ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހާ..” ނަޝްފާ ވާހަކަ ދައްކަން ފެށި ގޮތުންވެސް ރާހުލް ކުޑަކޮށް ބިރުގަންނަ ގޮތް ވިއެވެ. އަނެއްކާ ނަޝްފާ ކިޔަން މިއުޅެނީ ކީކޭ ބާއޭ އޭނާގެ ހިތަށް އެރިއެވެ.

“އިއްޔެ ދިމާވިއެއްނު ރިޝްކާ ކިޔާ ކުއްޖަކާ… ރާހުލް… އެ.. އެ ކުއްޖާގެ މަންމަ އަކީ އަންޖޫދާ..” ނަޝްފާ އެހެން ބުނުމުން އޭނާ ހީކުރިގޮތާ ޚިލާފަށް ރާހުލްގެ މޫނުމަތިން ހައިރާންކަމުގެ އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ.

“ތިކަން އެނގޭ..” ދުރު ބަލާލަމުން ރާހުލް ބުނެލިއެވެ. އަދި ފެރީ ޓާމިނަލުން އަންޖޫދާއާ ރިޝްކާ ފެނުނު ގޮތުގެ ވާހަކަ ކިޔައިދިނެވެ.

“އެކަމަކު ރާހުލް… އެއީ ރާހުލްގެ ދަރިއެކޭ…” ނަޝްފާ އެހެން ބުނުމުން ރާހުލް ދެލޯ ހަނިކޮށްލަމުން ނަޝްފާއަށް ބަލާލިއެވެ.

“ކީކޭ؟ ތި ބުނި އެއްޗެއް ސާފެއް ނުވި…” ނަޝްފާ ބުނި ވާހަކަ އަޑު އިވުނު ނަމަވެސް އޭނާ ބޭނުންވީ އަދިވެސް އެއްފަހަރު ނަޝްފާ ބުނި އެއްޗެއް ޔަޤީންކުރާށެވެ. އޭރު އެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެމުން ގެންދިއައެވެ.

“ރިޝްކާ އެއީ ރާހުލްގެ ދަރިއެކޭ..” ނަޝްފާ އަނެއްކާ ވެސް އެބަސް ތަކުރާރުކޮށްލިއެވެ. އޭރު އެ ދެލޮލުން ފޭބި ކަރުނަތަކުން އޭނާގެ އެސްފިޔަތައް ތެމިފައިވިއެވެ. އެހެން މީހެއްގެ ބަނޑުން ރާހުލްގެ ދަރިއެއް އުފަންވެފައި ވާކަން އެނގުމުން އޭނާގެ ހިތަށް ތަދުވަނީ އޭނާގެ ނުކުޅެދުންތެރިކަން މަތިން ހަނދާންވެފައެވެ.

“ކާކު ބުނީ؟ ނަޝްފާ އަށް ކިހިނެއް އެނގެނީ؟” ރާހުލް ކުޑަކޮށް ނުރުހުންވެފައި އަހާލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އަންޖޫދާ އާއެކު ހޭދަކުރެވުނު ރެއެވެ. އޭނާގެ ގައިން ހީބިހި ނަގައިގެން ދިއައީ އަންޖޫދާގެ ހާމައަށް އޮތް ހަށިގަނޑު އޭނާގެ ލޯ ކުރިމަތީގައި ސިފަވާންފެށުމުންނެވެ.

“އަންޖޫދާ ބުނީ… ” ނަޝްފާ ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. ރާހުލްއަށް ހިންދިރުވާލެވުނީ ބޭއިޚްތިޔާރުގައެވެ. ރިޝްކާ އަކީ ހަމަ އޭނާގެ ދަރިއެއް ހެއްޔެވެ؟ ރިޝްކާގެ ފުރަތަމަ ފެނިލުމާއެކު ވެސް އެއީ އޭނާއާ ކޮންމެވެސް ގުޅުމެއްވާ މީހެއްކަމުގެ އިހުސާސް ކުރެވުނެވެ. އެއީ އެހެންވެގެން ހެއްޔެވެ؟

“އެކަމަކު … އެކަމަކު އަންޖޫދާ ބުންޏަސް ކިހިނެއް ގަބޫލުކުރާނީ؟ އަންޖޫދާ އެއީ… އެއީ ބޮޑު ކެހިވެރިއެއް..” ދެލޮލުން ފޭދެމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ރާހުލް ބުނެލިއެވެ. ނަޝްފާ ގާތަށް އެވަގުތު ރުޅިއައެވެ. ރާހުލް އެހެން އެހަނީ ހަމަ އެއީ އޭނާގެ ދަރިއެއްހެން ހީނުވާތީ ހެއްޔެވެ؟

“ރާހުލް ބުނެބަލަ… ރާހުލް އަންޖޫދާ އާ އެކު އެފަދަ ގުޅުމެއް ނުހިންގަންތަ؟ ހަމަ އަންޖޫދާ ބަނޑުބޮޑު ވެދާނެ ދޯ… ކީއްވެތަ މިއުޅޭ ފިރިހެނުންނަށް ނުވިސްނެނީ! އަންޖޫދާ އެކަނި މާއެކަންޏޭ އެ ދަރި ބަލާ ބޮޑު ކުރަނީއެ! އޭނާއަށް މީހުން ހާދަ މަލާމާތެއް ކުރާނެއޭ… ގައިމުވެސް އޭނާ އަމިއްލައަކަށް އެދަރިއެއް ނުހޯދޭނެ! އެކަމުގަ ރާހުލްގެ އަތެއް ވެސް ވާނެ… ކީއްވެގެންތަ އެއްބަސް ނުވަން ތިއުޅެނީ؟ ތީ ހަމަ ހުރިހާ ފިރިހެނުންގެ ވެސް ވައްތަރުތަ؟” ނަޝްފާ އައިސްފައި ހުރި ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގުނެވެ. ކަރުނަތައް އޭނާގެ ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔައިރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ.

ރާހުލް ވިސްނާލިއެވެ. ނަޝްފާ އެ ބުނީ ވެސް ތެދެކެވެ. އަދި އެހެން މީހެއްގެ ބަނޑުން އޭނާގެ ދަރިޔަކު އުފަން ވެފައި ވުމުން ނަޝްފާ ކިހާ ދެރަވާނެ ހެއްޔެވެ؟ ނަޝްފާ ފިޔަވާ އިތުރު މީހަކާއެކު އެފަދަ ގުޅުމެއް އޭނާ ހިންގިކަން އެނގުމުން ނަޝްފާގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ނަމަވެސް ބަލިވެ އިންކަން އެނގުމުން އަންޖޫދާ އޭނާއަށް އެކަން ނޭންގީ ކީއްވެގެން ބާވައޭ އެ ހިތަށް އެރިއެވެ. ރާހުލް ނަޝްފާގެ ހަށިގަނޑު ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އޭރު ނަޝްފާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ.

“ހުއްޓާލާ ނަޝް… އައި އެމް ސޮރީ…” ރާހުލް ނަޝްފާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ދެން އަހަރެން ކިހިނެއް ހަދަންވީ؟ ނަޝް ބުނި ގޮތެއް އަހަރެން ހަދާނީ…” ނަޝްފާ ހަމައަކަށް އެޅުމުން ރާހުލް މަޑުމަޑުން ލޯތްބާއެކު ބުނެލިއެވެ. ނަޝްފާ ރާހުލްގެ ކޮނޑުގައި ލެނގެލީ ދުރު ބަލަހައްޓައިގެން ހުރެއެވެ.

“ރާހުލް.. އަންޖޫދާ ރާހުލްއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެކަމުގައި ރިޝްކާގެ ކުށެއް ނެތް.. ރާހުލް ޖެހޭނެ އޭނާއަށް ބައްޕައެއްގެ ލޯބި ދޭން…” ނަޝްފާ މަޑުމަޑުން ބުނެލިއެވެ. ރާހުލް ވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ރާހުލް ބޭނުމީޔާ އަންޖޫދާ އާ ދެއަންބަށް ވެސް އިންނަންވީ… އަހަރެންގެ އެއްވެސް މައްސަލައެއް ނެތް..” ނަޝްފާ އެހެން ބުނުމުން ރާހުލް ނަޝްފާގެ ދެކޮނޑުގައި ހިފައި ތެދުކޮށްލިއެވެ. އޭރު އެދެލޮލުން ފެންނަނީ ސީރިއަސްކަމެވެ.

“ނަޝް… އަންޖޫދާ އަހަންނާމެދު ކަންތައް ކުރި ގޮތް އެންމެ ކައިރިން ދުށް މީހަކީ ތީ.. އަހަންނަށް ދުވަހަކު ވެސް އޭނާއަކަށް މާފެއް ނުކުރެވޭނެ… ދެން އަހަރެން ކިހިނެއް އޭނާއާ ގުޅޭނީ…؟ ރިޝްކާއަށް ބައްޕައެއްގެ ލޯބި ދިނަސް އަންޖޫދާއަކާ ނުގުޅެވޭނެ..” ރާހުލް އެހެން ބުނެލުމުން ނަޝްފާވެސް މަޑުމަޑުން ބޯ ޖަހާލިއެވެ. ރާހުލް އެ ބުނީ ވެސް ތެދެކެވެ. މުޅި ރަށުތެރޭގައި އަންޖޫދާ ރާހުލް ބަދުނާމުކޮށްލީ އެހާ ވެސް ރަހުމު ކުޑަ ގޮތަކަށެވެ. އެ ދުވަސް މަތިން އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ.

ރާހުލްގެ ވެސް އެދުމުގެ މަތިން ނަޝްފާ އަންޖޫދާ އަށް ފޯނުކުރިއެވެ. ރާހުލް ބޭނުންވީ ހަމަ އެވަގުތު ރިޝްކާއާ ބައްދަލުކޮށް އެއީ ރިޝްކާގެ ބައްޕަ ކަމުގައި ހާމަކުރާށެވެ.

ބަދިގޭގައި އެއްޗެއް ކައްކަން އުޅުނު އަންޖޫދާ ހުރީ ފުން ޚިޔާލެއްގެ ތެރޭގައެވެ. ރިޝްކާ ގެ ހަޤީޤަތް އެނގުމުން ރާހުލް ކަންތައް ކުރާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެހެން ހުއްޓާ ކުއްލިއަކަށް އޭނާ ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އިސްކޫރު ދޫކޮށްލުމަށްފަހު ކުޑަކޮށް އަތް ދޮވެލަމުން އޭނާ ޖީބުން ފޯނު ނެގިއެވެ. ނުދަންނަ ނަންބަރަކުން ގުޅާތަން ފެނުމުން އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެ ގުޅަނީ ރާހުލް ކަމުގައި އޭނާގެ ހިތް ބުނަމުން ގެންދިޔައެވެ.

“ހެލޯ..” ޖެހިލުންވެ ހުރެ އަންޖޫދާ ފޯނު ނެގިއެވެ. ނަޝްފާ ވާހަކަ ދައްކަން ފެށުމުން އޭނާ ކުޑަކޮށް މާޔޫސްވިއެވެ. އޭނާ ހީކޮށްގެން ހުރީ ރާހުލްގެ އަޑު އަހާލާނެ ފުރުސަތެއް ލިބޭނެ ކަމަށެވެ. ރާހުލް ރިޝްކާއާ ބައްދަލުކުރަން ބޭނުންވާކަން އެނގުމުން އަންޖޫދާ ވެސް އެކަމާ އެއްބަސްވިއެވެ. ރިޝްކާއަށް ވެސް އޭނާގެ ބައްޕައަކީ ކާކުކަން އެނގުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ. ހަވީރު ގަޑީގައި ރިޝްކާ ގޮވައިގެން ކުޑަކުދިންގެ ޕާކަށް ދާނެކަމަށް ބުނެފައި އަންޖޫދާ ފޯނު ބޭއްވިއިރު އޭނާގެ އަތް ފައި ވަނީ ފިނިވެފައެވެ.

އަތްމަތި އަވަސްކޮށްލަމުން ކެއްކުމުގެ ކަންތައް ނިންމާލުމަށްފަހު އަންޖޫދާ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އެރުނީ އާމިނާގެ ކުރިމައްޗަށެވެ. އާމިނާ ގާތު ރާހުލް ރިޝްކާ އާ ބައްދަލުކުރަން އުޅޭ ވާހަކަ ބުނަންވީބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ނުބުނި ނަމަވެސް ރިޝްކާގެ ފަރާތުން އާމިނާއަށް އެކަން އެނގޭނެކަން އޭނާއަށް އެނގެއެވެ. އެއީ ވެސް ބޮޑު އަނގައެކޭ އަންޖޫދާގެ ހިތަށް އެރިއެވެ. އާމިނާ ކަންތައް ކުރާނެ ގޮތަކާމެދު ކަންބޮޑުވެހުރެ އޭނާ އާމިނާ ގާތު އެވާހަކަ ބުންޏެވެ.

“ރާހުލްއޭ؟ ރާހުލް ރާއްޖޭގަތަ އުޅެނީ؟” ރާހުލްގެ ނަން އިވުމާއެކު ދަތް ކުނޑި ވިކާލަމުން އާމިނާ އަހާލިއެވެ. އަންޖޫދާ ރިޝްކާ ގޮވައިގެން ރާހުލްއާ ބައްދަލުކުރަން ދާން އެއްބަސްވުމުން އާމިނާ ހިތްހަމަނުޖެހުނެވެ.

“ކީއްކުރަން އޭނާގެ ދަރިއެއް އުފަންވީކަން އަންގަންވީވެސް؟ ކީއްކުރަން އޭނައަށް ރިޝްކާ ދައްކަންވީ ވެސް؟ އޭނަ ދިޔައީނު އަންޖޫދާ ދޫކޮށްފަ..” އާމިނާ ދެބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ. އެވަގުތު އަންޖޫދާ އަކަށް ވެސް މަޑަކުން ނުހުރެވުނެވެ. އޭނާ ދޫކޮށްފައި ރާހުލް ނުދާކަން އެންމެ ރަނގަޅަށް އެނގޭނީ އާމިނާއަށެވެ. ރާހުލް ދޫކޮށްލީ އަންޖޫދާއެވެ. އެ ވެސް އާމިނާގެ ސަބަބުންނެވެ.

“ހުރިހާ އެއްޗެއް އެނގޭ އިރުވެސް މަންމަ ރާހުލްގެ ބޮލުގައި ކަންކަން ނާޅުވަބަލަ… މަންމަގެ ސަބަބުންނޭ އަހަންނަށް ރާހުލް ދޫކޮށްލަން ޖެހުނީ… އެކަމުގައި ޒިންމާ ނަގަން ޖެހޭނީ ހަމަ މަންމަ.. ދެން ރިޝްކާ ރާހުލްއާ ބައްދަލުކުރުވާ ވާހަކަ މި މަންމަ ގާތު ބުނެލީ… މަންމަ އެކަމާ ރުހުނަސް ނުރުހުނަސް އަހަރެން ރިޝްކާއަށް ރާހުލް އެއީ ކާކުކަން ބުނެދޭނަން…” އަންޖޫދާ ހަރުކަށިކަމާއެކު އެހެން ބުނެލުމަށްފަހު ބާރަކަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އާމިނާ އައި ރުޅިން ދެއަތް މުއްކަވާލެވުނެވެ. އަލުން އަންޖޫދާ ރާހުލްއާ ގުޅިދާނެތީ އޭނާ ކަންބޮޑުވަމުން ދިޔައެވެ. ދަތްދޮޅީގައި އަތް ހާކަމުން އޭނާ ކޮޓަރިއަށް ވަނެެވެ.

އިރުކޮޅަކު ކޮޓަރީގައި އިނުމަށްފަހު އާމިނާ ފޯނު ހުޅުވާލައި މާހިންގެ ނަމްބަރު ހޯދާލީ ސިކުނޑިއަށް އައި މޮޅު ހިޔާލެއްގެ ސަބަބުންނެވެ. އެއްމިޔަކުން ހިނިތުންވެ ހުރެ އާމިނާ މާހިންގެ ނަމްބަރަށް ގުޅާލިއެވެ.

“ހަލޯ… ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ކުރަންވީ..” މާހިން ފޯނު ނެގުމާއެކު އާމިނާ ބުނެލިއެވެ.

**ނުނިމޭ**

19
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހިތުގެ އުދާސް

Next

ވަންހަނާ (3)

Next
November 11, 2016

ވަންހަނާ (3)

Previews
November 11, 2016

ހިތުގެ އުދާސް

29 Comments

  1. liu says:
    November 11, 2016 at 5:31 pm

    VVVVV HADI…..
    rahul ataka nasfa guruban vima …
    agu a rahual libani…
    Stry fake… fooli…. nulan kiya ka vas dhan….

    1. nihaa says:
      November 11, 2016 at 5:40 pm

      m too

  2. mona says:
    November 11, 2016 at 5:39 pm

    reethi…
    mahin aa anju aa devabala dhan…
    Nasfa aa rahul ge dathara anuvada….

  3. Shain says:
    November 11, 2016 at 6:14 pm

    Vaahaka hama vara salhi..Anjoodha and Rahul avahah gulhuvahchey… love this story much

  4. LiaaSher says:
    November 11, 2016 at 6:15 pm

    Hii guys….. friend eh ge comp in anekkaa mi part alun liyefa mi up kuree…. kurin liyefa huri hurihaa part eh gelluniii…. srry guys…. 🙁

  5. Aishu says:
    November 11, 2016 at 9:53 pm

    Haadha goahey aaminaa gandu

  6. Inee says:
    November 11, 2016 at 10:02 pm

    Mi part ves varah furihama

  7. Dhooni says:
    November 11, 2016 at 10:12 pm

    Kiyuntherin edheyhaa gothakah vaahaka liyuntheriyaa vaahaka gendhaakah nujehey kamah alhugadu dhekenee v reethi kuriyah dhaa goi.. Keep it up!

  8. ?? says:
    November 11, 2016 at 10:36 pm

    vv reethi

  9. girl :))) says:
    November 12, 2016 at 12:23 am

    aamina kudhikoh koshaalan v

  10. Yash says:
    November 12, 2016 at 7:56 am

    Thanks you wahaka up kodhineethi love u ????????

  11. Nash says:
    November 12, 2016 at 12:42 pm

    Anjoodha n rahul gulhuvahchey plx plx.. Mibaivex v reethi.. ☺☺

  12. lai says:
    November 12, 2016 at 12:43 pm

    Nice

  13. LiaaSher says:
    November 12, 2016 at 3:45 pm

    Thankyw all… next part ves liyevunuhaa.avahah up kuraanan…. massala akee ehen geyakah gos liyan jeheythy…. i shld have saved the parts on a pendrive… i was so stupid to break my laptop…. ?

  14. Sam says:
    November 12, 2016 at 8:40 pm

    vrh vx reethi

  15. ސޫޖު says:
    November 14, 2016 at 12:58 am

    ވާހަކަ ވ ރީތި އަޕްވާލެއް ލަހީ

  16. Keiymadhu says:
    November 14, 2016 at 9:27 pm

    Alhey haadhalahey mi stry up vaaleh avahah up kolladhybala plspls

  17. Blue lady says:
    November 16, 2016 at 4:54 pm

    Nice. Plx e maahin aa anjoo nugulhuvachwy. Alhea raahul ah angaba aaminaa ge kanthah.earun brb perfect vaane

  18. Pop says:
    November 16, 2016 at 8:35 pm

    Koba tha story?

  19. Fin says:
    November 16, 2016 at 8:36 pm

    Liaa… Avas kohlache

  20. Khajja says:
    November 18, 2016 at 11:02 pm

    Mi story ves dhen mihisaabun medhukedunee dho Liaa kihaadherakameh aekoh story nunimmaathee vv dherakameh thee

  21. haz says:
    November 19, 2016 at 11:42 am

    Alhe haadha lahey upload kuraaley..varah kiyaa hithun kiyaa vaahaka eh mi.pls avahah upload kohlaba

  22. Fahana thashi says:
    November 22, 2016 at 6:17 pm

    liaa.. Dhen miharu Kn dhuvaheh waiting ga hunnany.. Anekka dhen up nukura gothah tha? Knmex answer eh dheeba

  23. Fahana thashi says:
    November 22, 2016 at 6:19 pm

    Plx avas kohlache

  24. Xxx says:
    November 23, 2016 at 10:45 am

    Kobaa adhi vas nuliya vey thr….
    Plx plx avaha up koh dhybala….
    Waitiinnngggggggg………

  25. Addu manje says:
    November 24, 2016 at 10:17 pm

    LiaaSher adhives laptop fix nuveytha?? Aslu varah dheravey mihaa hisaabah vaahaka kuriah gengossa ehaa bodu brk eh aiima.. waiting for the nxt part… Liaa please don’t disappoint us and start uploading the next parts…

  26. foohi says:
    November 30, 2016 at 9:17 pm

    koba tha vaahaka

  27. Maari says:
    November 30, 2016 at 10:52 pm

    Next part avax kohlache… I am waiting eagerly ok!!! Writers can take time but. I think now you have taken enough time so I hope you write the next part as soon as possible 🙂

  28. ~minty~ says:
    November 30, 2016 at 10:57 pm

    Liaa…mihaaru hrdha dhuvaheh vejjey vrhaka ah inthizaar kuraathaa…this is one of my favourite story… I bet many of the readers will be disappointed if u stop this story…plx avax kohdhyba..?

Comments are closed.

All Right Reserved!