Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ…6

shooty
November 10, 2016
7 Mins Read
72 Views
29 Comments

ހިތް ބޭނުމޭ…6

އެނދުން ތެދުވެގެން ގޮސް އަލަމާރީގެ ދޮރު ހުޅުވާލާފައި ނެގި އެއްޗެއް ގެންގޮސް އެޒިލްގެ މުށުތެރެއަށް ލީ އިރު އެ ތުންފަތްމަތީ ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. މިލީނާގެ މޫނަށް ބަލައިލަމުން އެޒިލް އޭނާގެ އަތުގައި އޮތް އެއްޗަށް ބަލައިލުމާއި އެކު އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

އަތުގައި އޮތީ ޕޮޒިޓިވް ވެފައި އޮތް ‘ޕްރެގްނެންސީ ކިޓް’ އެކެވެ.

“ކާކުގެ ދަރި އެއް؟” މިލީނާ ގެ ތުންފަތްމަތީ ވި މަލާމާތުގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ.

“ތިހެން އަހާ އިރު އެޒިލް އަށް ނޭނގެނީތަ  ތީ އެޒިލްގެ ދަރިއެއް ކަމެއް؟ ތީ އެހެން މީހެއްގެ ދަރިއެެއް ނަމަ އަހަރެން ކީއްކުރަންތަ އެޒިލް އަށް ތި ދައްކަންވީ؟” މިލީނާ ދަތްކުނޑިވިކައިލަމުން ބުންޏެވެ.

“ނޫން. އަހަރެން މި ގަބޫލެއް ނުކުރާނަން! އަހަރުމެންގެ އެކަހަލަ ގުޅުމެއް ނޯންނަތާ ދެ މަސް ވެއްޖެ. ދިސް އިޒް ނޮޓް ޕޮސިބަލް” އެޒިލް ހާސްވެފައި ހުރި ވަރުން ދެކޮޅަށް ހިނގެން ފެށުނެވެ.

” އަހަރެންގެ ޕީރިއަޑް މިސްވިތާ ވެސް ދެމަސް ވެގެން ގޮއްސި. މިހާރު ތިން މަސް ވާން ކައިރި ވަނީ. އަހަރެން ޑޮކްޓަރަށް ނުދައްކާ މިހިރީ ހަމަ އެޒިލްގާތު މި ވާހަކަ ބުނެފަ ނޫނީ ޑޮކްޓަރަށް ނުދައްކާންވެގެން. ބަލާލަ އަހަރެންގެ ބަނޑަށް. ކުރިން މި ބަނޑު ހުންނަނީ މިހެންތަ؟” މިލީނާ އެޒިލް ހައްލައިލަން މަސައްކަތް ކުރަމުން ދިޔައެވެ.

” އަހަރެން ތި ވާހަކަ ގަބޫލު ކުރާނީ ގެނެސް ރިޕޯޓު ދެއްކީމަ. ތި މަކަރުވެރި ކަމުގެ މަޅީގައި ދެވަނަ ފަހަރަށް ޖެހޭކަށް އަހަރެން ބޭނުމެއް ނޫން.” މިލީނާ އާއި ދިމާލަށް ހަޅޭއް ލަވައި ގަންނަމުން އެޒިލް ކޮޓަރީގެ ދޮރު ބަން ލާފައި ޖަހަމުން ނުކުތެވެ. އެޒިލް ނުކުތުމާއި އެކު މިލީނާ ގެ ތުންފަތަށް ވެރިވެގެން ދިޔައީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

އޮފީހުގެ ސްޓާފުންނާއި ޒެއިން ބައްދަލު ކުރިއެވެ. ހުރިހައި އެންމެން ވެސް ވަރަށް އެކުވެރި އެވެ. ޒުވާން އަންހެންކުދިން ތައް ޒެއިން ގާތު ހުރި އެލީން އަށް ކަޅިއަޅަމުންދިޔައީ އެލީންގެ ނަސީބާއި މެދު ހަސަދަވެރިވަމުންނެވެ. އޮފީހުގެ ބޮޑުމީހަކީ ޒެއިންކަމާއި ޒައުލް އަކީ އޭގެ ދަށުން ހުންނާނެ މީހާ ކަމަށް އެންމެނަށް ޒައުލް އަންގައިދިނެވެ. ހުރިހައި ސްޓާފުންނާއި ބައްދަލު ކުރުމަށް ފަހުގައި ޒެއިން އާއި އެލީން އެ ދެމީހުނަށް ހާއްސަ ކުރެވިފައިވާ ކެބިން އަށް ދިޔައެވެ. ކަޅާއި އަޅި ކުލައިން ޑިޒައިން ކޮށްފައި ހުރި އިރު އެތާނގެ ފަރުނީޗަރުތައްވެސް އެހައި ފުރިހަމައެވެ. ޒެއިން ގެ މޭޒާއި ޖެހިގެން އެލީން ގެ މޭޒު އިނެވެ. ޒެއިން އޭނާގެ މޭޒު ކައިރީ އިން ގޮނޑީގައި އިށީންނަމުން އެލީން އަށް އޭނާގެ ކުރިމަތީ އިށީނުމަށް އިޝާރާތް ކުރިއެވެ. ބަސްއަހައި ކުޑަ ކުއްޖެއް ފަދައިން އެލީން ޒެއިންގެ ކުރިމައްޗަށް ވާ ގޮތަށް އިން ގޮނޑީގައި އިށީނެވެ.

“ސޯ އެލީން، މިތަނާ ޖެހިގެން އެހެރީ އެލީންގެ މޭޒު. އަހަރެންނާއި އެކީ ވޯކް ކުރުމަކީ އެހައި އުނދަގޫ ކަމެއް ނޫން. އެލީން އަށް ޖެހޭނީ އަހަރެންގެ މީޓިންގްތަކާއި އެޕޮއިންޓްމެންޓްތައް ހަމަޖައްސައިދޭން. އަހަރެން ދާހައި ތަނަކަށް އަހަރެންގެ ފަހަތުން ގޮސްދޭން. އަހަރެން އެދޭ ކޮންމެ ކަމެއް ކޮށްދިނުން އެއީ އެލީންގެ ޒިންމާ އެއް” ފަހު ޖުމްލަ ބުނެލި އިރު ޒެއިން ގެ ތުންފަތްމަތީ ލާނެތް ހިނިތުންވުމެއް ވިއެވެ. އެކަން ނަގައި ގަންނަމުން އެލީން ވާހަކަ ދައްކަން ފެއްޓިއެވެ.

“އަޅުގަނޑަށް ކޮށްދެވޭ ވަރުގެ ކޮންމެ ކަމެއް ވެސް ކޮށްދޭނަން” އެލީން ހިނިތުންވެލައިގެން އިނދެ ޒެއިން އަށް ބުނެލިއެވެ.

އެލީންގެ އެ ޖުމްލައިން ހީގަންނަމުން ޒެއިން އިން ތަނުން ތެދުވެގެން ގޮސް އެލީން އިށީންދެގެން އިން ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓަމުން އޭނާ އާއި ދިމާލަށް އަނބުރައިލިއެވެ. ޒެއިން ކުރަން އުޅޭ ކަމެއް ނޭނގިފައި އިން އެލީން ގެ ހިތް ބާރުމިނުގައި ތެޅެމުން ދިޔައީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.ް އެލީން އޭނާ އާއި ދިމާލަށް ގުދުވެލައިގެން އޮތް ޒެއިންގެ މޫނަށް ކަޅިޖަހައި ނުލައި ބަލަން އިނެވެ.

“ތިކަހަލަ ސެކްސީ އެއްޗިހި ލައިގެން ދެން އޮފީހަށް ނާންނައްޗޭ” ޒެއިން ގެ އަޑުގައި ވަނީ ސީރިއަސް ކަމެވެ.

“ޒެ..ޒެއި..ން” އެލީން އަށް ކިޔައިލެވުނެވެ.

” ތި ރީތިކަން ފެނިފަ ހަސަދަވެރިކަމުގެ ލޯތައް އެލީން އަށް އަމާޒުވާކަށް އަހަރެން ބޭނުމެއް ނޫން. އަދި ފިރިހެނުންތައް އެލީން އާއި ދިމާލަށް ނުބައި ނިޔަތެއްގަ ބަލައިލާކަށް ވެސް އަހަރެންގެ ހިތެއް ނޭދޭ. ކޮޒް ޔޫ އާރ މައިން. އެންޑް އައި ކާންޓް ޓޯލަރޭޓް އިޓް” ޒެއިން މަޑުމަޑުން ވާހަކަ ދެއްކިކަމުގައި ވިޔަސް އެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ.

“އޯކޭ” އެލީން އަށް ބޭ އިހްތިޔާރުގައި ޒެއިންގެ އެދުމަށް އެއްބަސް ވެވުނީ ލޯބީގެ ބާރުގައެވެ.

“ގުޑް ގާލް، ނައު ބެކް ޓު ވޯކް” އެލީން އަށް ހަމަ ޖެހުމުގެ ނޭވާ އެއް ލެވުނީ ޒެއިން ގޮސް އޭނާގެ ގޮނޑީގައި އިށީނުމުންނެވެ.

ސްޓާފުންނާއި ޒެއިން ބައްދަލުކޮށް ނިމުމުން އެޒިލް އޭނާގެ ކެބިން އަށް ވަދެފައިވެސް އިނީ ބޮލުގައި ރިއްސާވަރުންނެވެ. ނަސީބަކުން މިއަދު އެހައި ގިނަ މަސައްކަތެއް ވެސް ނެތެވެ. ނިތްކުރީގައި ފިރުމަމުން އެޒިލް އަށް ވިސްނެމުން ދިޔައީ ލިލިއަން އާއި މެދުއެވެ. މިލީނާ ހަގީގަތުގައި ވެސް ބަނޑުބޮޑިއްޔާ އޭނާ އަށް ޖެހޭނީ ލިލިއަން ދޫކޮށްލާށެވެ. އޭނާގެ ސަބަބުން އޭނާގެ ދަރިއަކަށް ދެރައެއް ލިބޭކަށް އެޒިލްވެސް ބޭނުމެއް  ނުވެއެވެ. ނަމަވެސް އޭރުން ލިލިއަން އަށް ވެސް އޭނާގެ ސަބަބުން އެލިބުނީ ހާދަ ބޮޑު ދެރައެކެވެ. އޭނާ ލިލިއަން އަށް ދެއްކީ ކުލަނެތް ހުވަފެން ތަކަކަށް ވާކަށް އެޒިލްވެސް ބޭނުމެއް ނުވެއެވެ.

ލިލިއަން އަށް ހޭލެވުނީ މެންދުރުވާން ކައިރިވެފައި ހުއްޓައި ޖަބީން އައިސް ގޮވުމުންނެވެ. އޭނާ އަކީ ހައެއް ޖަހާއިރު ތެދުވެގެން ކަސްރަތު ކުރަން އުޅޭ ކުއްޖެކެވެ. ނަމަވެސް މިއަދު އާދަޔާ ހިލާފަށް ގަދަޔަށް ބޮލުގައި ރިއްސާތީ ލިލިއަން އަށް އޮވެވުނީ އެވެ.

“ދަރިފުޅު މިއަދު ބަލީ ތަ އަނެއްކާ؟” ލިލިއަން ދެކެ އައިސްފައި ހުރި ރުޅި ގަނޑު މައިތިރިވެފައި ހުރުމުން ޖަބީން ވާހަކަ ދެއްްކީ ވަރަށް ލޯބިންނެވެ. ތެދުވެ އެނދުގެ ފަޑީގައި ލެނގިލައިގެން ލިލިއަން އިނެވެ.

“ވަރަށް ބޮޑަށް ބޮލުގަ ރިއްސާ އެބަ މޮމް. އަޅުގަނޑަށް ފްރެޝް އޮރެންޖެއް ގިރާލަދީބަލަ. އެބަ ދަން ފެން ވަރާލައިގެން” ލިލިއަން ބަލި އަޑަކުން ވާހަކަ ދެއްކުމުން ޖަބީން އަވަސްވެގަތީ ލިލިއަން އެ ބުނި ކަންތައް ކޮށްދެވޭތޯ އެވެ.

އެނދުން ތެދުވުމާއި އެކު ވެސް ލިލިއަންގެ ބޯ އަނބުރައިގަތެވެ. ހިތްވަރު ކޮށްލަމުން ގޮސް ފާހާނާ އަށް ވަދެ ބުރުހުގައި ބޭސް ޖަހަމުން އަނގައަށް ލީކަމެއް ނޭނގެއެވެ. އޯކަށް ދެމިގެންފައި ހޮޑު ލެވުނީ އެވެ.  ގޮހޮރުގައި ހުރި އެއްޗިހި ހުސް ވުމުންވެސް ލިލިއަން އަކަށް ލުޔެއް ނުލިބުނެވެ. ވެއްޓިދާނޭހެން ހީވުމުން އަވަސް އަވަހަށް ގޮސް ފާހާނާ ތަށިމަތީ އިށީނދެ އިރުކޮޅަކު އިނެވެ. އެގޮތަށް އިރުކޮޅަކު އިނުމަށް ފަހުގައި ހިތްވަރު ކޮށްލަމުން ތެދުވެ އަވަސް ގޮތަކަށް ފެންވަރާލައިގެން ނުކުމެ ގަޔަށް ދޫ ޓީޝާޓަކާއި ލެގިންސްއެއް ލައިގެން ގޮސް އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތީ ވަމުންދާ ގޮތުން ޑައިނިންގް ރޫމާއި ހަމަ އަށް ވެސް ދާނޭ ހިތްވަރު ނެތުމުންނެވެ. ފަސްވަރަކަށް މިނިޓު ވީތަނާ ޖަބީން އައިސް ދޮރުގައި ޓަކިޖަހައިލީ ތަޅު ލާފައި ހުރުމުންނެވެ.

“މޮމް. ކީ އިން ހުޅުވަބަ. އައި ކާންޓް ވޯކް.” ހިތްވަރު ކޮށްލަމުން ލިލިއަން ގޮވައިލިއެވެ. އިރުކޮޅެއް ނުވެ ޖަބީން ދޮރު ހުޅުވާފަ ވައިން އިރު އަތުގައި ހުރި ތަބަކުގައި ބޮޑު ޖޫސް ތަށްޓަކާއި ވެޖިޓެބަލް ސޭންޑްވިޗެއް އޮތެވެ. އެނދުގެ ސައިޑް ޓޭބަލްމަތީ ތަބައް ބަހައްޓަމުން ހާސްވެފައި ޖަބީން ގޮސް ލިލިއަންގެ ނިތްކުރިމަތީ އަތް ޖައްސައިލިއެވެ.

“ދަރިފުޅު ހުމެއްވެސް ނާދޭ. ހަމަ ބޮލަށް އެނބުރުން އަރަނީ ތަ؟” ޖަބީން ގެ އަޑުން އޭނާ ހާސްވެފައިވާ ވަރު ލިލިއަން އަށް ނަގައިގަނެވުނެވެ. މަންމަ ދެކެ ބައެއް ފަހަރު ރުޅި އާދެވުނަސް އޭނާ އެ މަންމަ ދެކެ އިންތިހާ އަށް ލޯބިވާތީ ލޯ ހުޅުވައިލަމުން ހިނިތުން ވެލިއެވެ.

“އިޓް އޯކޭ އޭ މޮމް. މައިގްރެއިން ކަންނޭނގެ. ބޭސް ކާލަނިކޮށް އޯކޭ ވެދާނެ.” ލިލިއަން ޖަބީންގެ އެހީގައި ތެދުވަމުން ހަމަޖެހިލިއެވެ. ކުޑަކޮށް ލުއި ލިބިފައި ވުމުން އެވަގުތުކޮޅުގެ ތެރޭގައި ޖޫސްތަށިން އެއްބައި ބޯލަމުން މަންމަ ދެރަވެދާނެތީ ސޭންޑްވިޗްވެސް ކާލިއެވެ. ޖަބީން ތެދުވެގެން ގޮސް ހިފައިގެން އައި ބޭސް ގުޅަ ކާލަމުން ލިލިއަން އޮށޯވެލިއެވެ.

“ދަރިފުޅު ވާނެ މަންމަ އާއި އެކީ ޑޮކްޓަރަށް ދައްކަން ދާން. އެއްވެސް ކަމެއް ނެތި ބޮލަށް އެނބުރުން އަރަންޏާ ތީ ބޮޑު ކަމަކަށް ވެސް ވެދާނެ. މަންމަ ބައްޕައަށް ވެސް ގުޅާނަން” ޖަބީން ގެ ޖުމްލައިން ލިލިއަން ގާތަށް ހިނިއައީ އެހައި ކުޑަކަމެއް ވެސް މަންމަ ބޮޑު ކޮށްލާވަރު ފެނިފައެވެ.

“މަންމާ. މިހާރު އެބަ ރަނގަޅު ވެއޭ. ބޭސް ކެއިމަ އެއްކޮށް ރަނގަޅު ވެދާނެ. އަޅުގަނޑުގެ މައިގްރެއިން ހުންނަކަން މަންމަ އަށް އެނގޭ އިރުވެސް ދޯ. އަނެއްކާ ޑޭޑް ވެސް މާލޭގަ ނެތީސް އެކަހަލަ ވާހަކަ އެއް ބުނީމަ އުޅޭނީ ކުރަން ގޮސް ހުރި ކަންތައް ނުނިންމާ މިކޮޅަށް އަންނަން. އަޅުގަނޑު ބޭނުމެއް ނޫން އެ ގޮތެއް” ލިލިއަން ޖަބީން އަށް ވިސްނައިދޭން ވާހަކަ ދެއްކުމުން ނަސީބަކުން ޖަބީން އެވާހަކަ ގަބޫލު ކުރަމުން އެ ކޮޓަރިން ނުކުތީ ލިލިއަން އަށް ސޫޕެއް ތައްޔާރުކުރަން ކަމަށް ބުނަމުންނެވެ.

ޖަބީން ނުކުމެގެން ދިއުމުން ލިލިއަން އަށް ވިސްނެން ފެށުނެވެ. އޭނާ އަށް ކުއްލިއަކަށް މި ވާން ފެށީ ކޮން ގޮތްތަކެއް ބާއެވެ. އިރުކޮޅަކު ވިސްނުމަށް ފަހުގައި ލިލިއަން ކަމެއް ހަނދާން ވުމުން އޭނާގެ ފޯނު ނަގަމުން ކަލަންޑަރު ބަލައިލިއެވެ.

“އޯ މައި ގޯޑް!! ވަން ވީކް ލޭޓް” ލިލިއަންގެ މުޅި ދުނިޔެ ހީވީ އެނބުރިގައިން ހެނެވެ.

ޒެއިން އާއި އެލީން އޮފީސް ނިމުމުން ގެއަށް ދިޔަ އިރު ހަވީރު ހަތަރެއް ޖަހަނީ އެވެ. އޭރު ގޯތިތެރޭގައި ހުންނަ މޭޒު ދޮށުގައި އީވާ އާއި މާރިއާ ކޮފީ އަކަށް އިންސާފު ކުރަން ތިއްބެވެ. ކާރުން ފޭބުމާއި އެކު ޒެއިން މާރިއާ ގާތަށް ގޮސް މަންމަގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ.

“އަޅުގަނޑުގެ ބިއުޓިފުލް މޮމްގެ ހާލުކޮޅު ކިހިނެތް ތަ؟” ޒެއިން ލޯބިން އަހައިލިއެވެ. އޭރު އެލީން ދުރުގައި އެ މަންޒަރު ބަލަން ހުރި އިރު ޒެއިން އޭނާގެ މަންމަ ދެކެ ވާ ލޯބި ހާމަ ވެގެން ދިޔައެވެ. މާރިއާ ހިނިތުން ވެލަމުން ރަނގަޅުކަމަށް ބުނަމުން އެލީން އަށް ބަލައިލީ ސުވާލުގެ ނަޒަރަކުން ނެވެ. މަންމަގެ އެ ހަރަކާތް ފެނުމުން އީވާ ވާހަކަ ދައްކަން ފެއްޓިއެވެ.

“މޮމް. އެލީން އެ އައީ ޒެން އާއި އެކު އޮފީހުން” އީވާގެ ޖުމްލައިން މާރިއާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ.

” އެލީން ފޫހިވާތީެ އަޅުގަނޑު ގާތު ޖޮބެއް ހޯދައިދޭން ބުނީމަ އަޅުގަނޑުމެންގެ އޮފީހުން ހަމަ ޖައްސައިދިނީ” އީވާ ެ އިތުރަށް ކިޔައިދިނެވެ.

“ހޫމް އެންމެ ރަނގަޅު. އީވާ ގެނައި ކުއްޖެއްނު އެއީ. މިހާރު ހުންނާނީ ބަނޑުހައިވެފަ. ސައިބޯން އަންނާށޭ ބުނޭ އެލީން ގާތު” އިރުކޮޅެއް ވަންދެން ހިމޭނުން އިނދެފައި މާރިއާ ބުނެލިއެވެ. ހިތް ނުތަނަވަސް ވި ކަމުގައި ވިޔަސް މާރިއާ އިނީ ހިނިތުން ވެލައިގެންނެވެ. މަންމަގެ ކިބައިން ނުރުހުންވުމެއް ނުފެނުމުން ޒެއިން އާއި އީވާގެ ހިތަށްވެސް ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ދުރުގައި ހުއްޓިލައިގެން ފޯނާއި ކުޅެން ހުރި އެލީން އަށް އީވާ ގޮވައިލިއެވެ.

އެޒިލް އޮފީހުން ނިމިގެން ގެއަށް ދިޔަ އިރު މިލީނާ ތައްޔާރު ވެލައިގެން ހުއްޓެވެ. ފެންނަ ކޮންމެ މީހެއްގެ ލޮލުގައިވެސް އަޅައިގަންނަ ފަދަ ސިފަތަކެއް މިލީނާ އަށް ލިބިގެން ވެެއެވެ. ބުޅި އިސްތަށިގަނޑު ހުޅިއަކުން ހައްޔަރުކޮށްލާފައި ވާ އިރު ލައިގެން ހުރީ ނޫކުލައިގެ ކުރުތާ އަކާއި ހުދު ލެގިންސް އެކެވެ. އިރެއްގައި އެ ރީތިކަން ފެނިގެން ދީވާނާ ވީ ނަމަވެސް އެޒިލްް މިހާރު މިލީނާ ފެނިފައި ވަނީ ފާޑެއްގެ ފޫއްސެކެވެ.

އެޒިލް ފެނުމާއި އެކު ހުޅުވާފައި ހުރި ޓީވީ ނިވައިލަމުން މިލީނާ ތެދުވިއެވެ.

“އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން ހިނގާ” ކޮޓަރިއަށް ވަންނަން ދިޔަ އެޒިލް ގެ ފަހަތުން ދަމުން މިލީނާ އެދުނެވެ.

“އަހަރެން ވަރަށް ޓަޔަޑް. އައި ކާންޓް. ތި ކުރާ ކަމެއް ގޮސް އަމިއްލައަށް ކުރީމަ ވީނު ދޯ” އެޒިލްގެ ފަރުވާކުޑަ ޖުމްލައިން މިލީނާ ގާތަށް ރުޅިއައެވެ.

“އަހަރެން މިއަދު ގޮސް ހެދި ޓެސްޓްގެ ރިޒަލްޓް ނަގަން ދާން އަހަރެން މި އެދެނީ، އެއީ މާ ބުރަ މަސައްކަތެއް ތަ؟ ހިނގާފަ ދާންޖެހޭ ނަމަ ތާ ވަރުބަލިވެގެން ވެސް ނުދެވޭނީ” މިލީނާގެ ޖުމްލައިން އެޒިލްގެ ތުންފަތްމަތީ ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

” ހަޤީގަތަކީ، ކަލެއާ އެކީ އެއް ތާކަށް ވެސް ދާކަށްް މަށެއް ބޭނުމެއް ނޫން. އަހަރެން ދީފަ ހުރި ލާރި ހުންނާނެ ، ޓެކްސީ އެއްގަ ދިޔައިމަ ނިމުނީނު” އެޒިލްގެ އަޑުގައިވި މަލާމާތް މިލީނާ އަށް އިހުސާސް ވިއެވެ.

“މީ އެޒިލްގެ ވެސް ދަރިއެއް. މިކަމުގަ އެޒިލްގެ ވެސް ހިއްސާވޭ. އަހަރެންނާއި އެކު ނުގޮއްސިއްޔާ އަހަރެން މި ދަރި އެބޯޓް ކޮށްލާނަން” މިލީނާގެ ޖުމްލައިން އެޒިލްގެ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. މިލީނާ ފަދަ އަންހެނަކަށް އެއީ ފެންފޮދެއް ބޯލުންހައި ފަސޭހަކަމެކެވެ. އެއީ އޭނާގެ ދަރިއަކަށް ވަނީ ނަމަ އެ މައުސޫމު ކުއްޖާ ހިމާޔަތް ކުރުން އެއީ އޭނާގެ ޒިންމާ އެކޭ އެޒިލްގެ ހިތަށް އެރިއެވެ.

“އަހަރެން މި ދަނީ ތައްޔާރު ވެލައިގެން” ހަތިޔާރު ބަހައްޓަމުން އެޒިލް އެންމެފަހުން އެއްބަސް ވިއެވެ.

ފާމަސީ އެއް ތެރޭ ހުރި ލިލިއަން އަށް ޓްރެފިކްގައި ޖެހި މަޑުކޮށްލައިގެން އިން އެޒިލް ފެނުނެވެ. އޭނާގެ ގައިގައި އައްޓަމަހެއް ހެން ތަތްވެގަނެގެން އެ އިނީ މިލީނާ ކަން ލިލިއަން ދެނެގަތެވެ. އެމަންޒަރު ފެނުމުން ލިލިއަން އަށް ދެބުމަ ގޮށް ޖަހައިލެވުނެވެ. އަތްދަބަހުގައި އޮތް ފޯނު ނަގަމުން ލިލިއަން އެޒިލްގެ ނަމްބަރަށް ގުޅައިލިއެވެ. އެޒިލް ޖީބުން ފޯނު ނަގަމުން ބިޒީ ކޮށްލާފައި އަނބުރާ ޖީބަށް ފޯނުލީ މަންޒަރު ފެނިފައި ލިލިއަންގެ ލޮލުން ކަރުނަ ހިލުނެވެ. އިތުރަށް އެތާ މަޑު ނުކޮށް ގަންނަށް އައި އެއްޗަށް އަގު ދެމުން ލިލިއަން ނުކުމެ އެތާ ކައިރީ ޕާކް ކޮށްފައި އޮތް ކާރަށް އަރަމުން ދުއްވައިލިއެވެ.

ގެއަށް ދެވުމާއި އެކު ކޮޓަރިއަށް ވަދެ ތަޅު ލަމުން ލިލިއަން އޭނާގެ އަތް ދަބަހުގައި އޮތް ޕްރެގްނެންސީ ކިޓް ނެގިއެވެ. ފެންކަޅިވެފައި ހުރި ދެލޮލުން އެއަށް ބަލަން ހުރެފައި ފާހާނާ އަށް ވަދެ އޭގެ އިންސްޓްރަކްޝަން ކިޔައިލަމުން އަވަސްވެގަތީ ޓެސްޓް ކުރުމަށެވެ. އޭގަ އިންނަ ކުޑަ ބުންބާ ކޮޅުން ކިޓަށް ދެތިން ތިކިޖަހައިލަމުން ލިލިއަން ހުރީ ލޯ މަރައިގެންނެވެ. އެއާއި ދިމާލަށް ބަލައިލުމެއްނެތި ލިލިއަން ކޮޓަރިއަށް ނުކުމެ އަތުގައި އޮތް ކިޓު ޑްރެސިންގް ޓޭބަލްގެ ވަތްގަނޑަށްލަމުން ނުކުތީ މިވަގުތު އޭނާ އަށް ފަރުވާއެއް ދެވޭނެ އެއްޗަކީ އައިސްކްރީމް ކަމަށް ވާތީ ޑައިނިންގް ރޫމަށް ދާށެވެ.

ބާސްކިން ރޮބިން އައިސްކްރީމްގެ އެކްސްޓްރާ ޑާކް ޗޮކްލެޓް އައިސްކްރީމް ބޮޑު ބޯ ތައްޓަކަށް އަޅަމުން އެ ހިފައިގެން ގޮސް ސިޓިންގް ރޫމް ސޯފާގައި އިށީދެ ބޮޑު ސަމުސަލެއް ނަގައި އަނގައަށް ލިއެވެ.

ނަމާދު ކޮށްލައިގެން ކޮޓަރިން ނުކުތް ޖަބީން އަށް ލިލިއަން އިން ގޮތަ ފެނި ހައިރާންވެފައި ބަލަން ހުރެވުނީ އެވެ. އައިސްކްރީމް ބޮމުން ދިޔަ އިރު ލިލިއަންގެ ދެލޯ ފުސްވަމުން ދިޔައީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނައިގެ ސަބަބުންނެވެ. އިރު އިރުކޮޅާ ނޭފަތް ދަމައިލަމުން އަތުގެ ނުފުށުން ލޯކައިރި ފޮހެލަ ފޮހެލައި ލިލިއަން އިނެވެ. ދަރިފުޅުގެ އެ ހާލަތު ފެނިފައި ޖަބީން އަކަށް ދުރަކު ނުހުރެވުނެވެ. ބާރު ބާރަށް ގޮސް ލިލިއަންގެ ކުރިމަތީ ކުޑަކަކޫ ޖަހައިލަމުން އެ ދަރިފުޅުގެ މޫނުގައި ފިރުމައިލިއެވެ.

“ދަރިފުޅު ކިހިނެތް ވެގެން ތަ ތި އުޅެނީ؟ އެހެންނޫނީ ދަރިފުޅު ކާ ވައްތަރުގެ އައިސްކްރީމް އެއް ވެސް ނޫނެއްނު ތީ.” ލިލިއަން އަށް އަތުގައި އިން އައިސްކްރީމް ތައްޓަށް ބަލައިލެވުނީ ވެސް ޖަބީން އެހެން ބުނުމުންނެވެ. މަންމަގެ އޯގާތެރިކަން ލިބުމުން ލިލިއަން އަކަށް ކަރުނަތައް ހިފައްޓައެއް ނުލެވުނެވެ. އައިސްކްރީމް ބޯތަށި ސޯފާގައި ބަހައްޓަމުން އަޑުން އަޑުނަގައި ރޯންފެށިއެވެ. ދަރިފުޅުގެ އެ ހަރަކާތުން ޖަބީންގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. އަވަސް އަވަހަށް ތެދުވަމުން ލިލިއަން އަށް އެ އަތުގެ ހިމާޔަތް ދިނެވެ.

“މަންމާ.. އަ..އަ..ޅުގަނ…” ގިސްލެވޭ ވަރުން ލިލިއަން އަކަށް ވާހަކަ އެއް ވެސް ނުދެއްކުނެވެ.

“ޝްޝްޝް. އިޓްސް އޯޯކޭ. ހަމަ ޖެހެންދެން ރޯލާ” ޖަބީން އޯގާތެރިކަމާއި އެކު ބުނެލީ ލިލިއަންގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ.

ނުނިމޭ

42
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shooty

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ލޯބިދޭން އެދެމޭ

Next

ތާޝާ (13ވަނަ ބައި)

Next
November 11, 2016

ތާޝާ (13ވަނަ ބައި)

Previews
November 10, 2016

ލޯބިދޭން އެދެމޭ

29 Comments

  1. shooty says:
    November 10, 2016 at 3:05 pm

    Hey guys ? here is the 6th episode of hiyy beynumey.. Please read and cooment ingey.. Your comments are the fuel to my energy… Hehehe.. Mi part me 5 pages extra koh liyefa.. Ekm adhivx thankolheh kuru dhw.. ? but I will try to write longer than this.. I know this is not enough for the readers, because I am a reader too, and I know how readers will feel about reading online stories.. Anyway I am so thankful to readers and I am dedicating this ep to a very special person ? enjoy ?

  2. aisha says:
    November 10, 2016 at 3:06 pm

    wow varah kehtherikan kudavehje next part kiyaahithun ??????

  3. cindrella says:
    November 10, 2016 at 3:08 pm

    Wow vvvvvvvvvvv nice mi part ves ???

  4. Anonymous says:
    November 10, 2016 at 3:19 pm

    shooty i thought you are a boy ,, your stories are fabulous

    1. shooty says:
      November 10, 2016 at 3:24 pm

      Shooty aky loabin shootyge friends kiyaa name eh.. Hehe.. I am a girl.. ?

  5. Neela says:
    November 10, 2016 at 3:29 pm

    Nice.????

  6. ponyo says:
    November 10, 2016 at 3:44 pm

    Haaadha kurukoh upkuranee thi.. Thankolheh dhigukoh uokohba plx..

  7. candycane says:
    November 10, 2016 at 3:49 pm

    Awesome mi part ves..?
    Mileena ulhey gotheh dhw v foohi ?

  8. Axee says:
    November 10, 2016 at 3:49 pm

    Wow v salhi mi part ves…….waitin for next part…☺

  9. inee says:
    November 10, 2016 at 3:59 pm

    Varah reethi

  10. lee says:
    November 10, 2016 at 4:07 pm

    VVVVVVVVV REETHi….

  11. Navya says:
    November 10, 2016 at 4:08 pm

    Shoooty❤ mibaives vvv habeys… next part ah v inthixaaru kuran…

  12. aishath says:
    November 10, 2016 at 4:17 pm

    Waiting for the next part ?

  13. he he he says:
    November 10, 2016 at 4:43 pm

    Mi baives varah salhi….. next part ah varah inthixaaru kuran

  14. Azuna says:
    November 10, 2016 at 4:52 pm

    V nice. Waiting for the nxt part

  15. rose says:
    November 10, 2016 at 4:54 pm

    Mi part ves varah salhi

  16. aayaa says:
    November 10, 2016 at 4:57 pm

    Wooooooow???????????

  17. Appy says:
    November 10, 2016 at 5:19 pm

    Wow ….stunning. ……..v v v v v vvvvvvvvvvvvvvvvvvvvvvvvvvvv ryyyythi mi bai ….aneh bai kiyaahiyy vanyyyyyyyyyy????

  18. Ar says:
    November 10, 2016 at 6:22 pm

    Vvvvvvvvvvvvvvvvv ryythhi story eh.. avah up khlaadhii next part

  19. mal says:
    November 10, 2016 at 6:40 pm

    mal bunymeynun preg kit ekey ae

  20. Arz says:
    November 10, 2016 at 7:22 pm

    Waiting for the next episode. V reeethi mi bai vex

  21. Khajja says:
    November 10, 2016 at 7:29 pm

    Wow v rythi lilanves preg v dhw dhen liliange mom men ulheyny avahah marry kuruvan dhw ekam zein ah ehaa bodu landeh nudheh chey zein marry nukuranis ekan falhaa aruvaalaathi pls stry v habeys n waitin waitin nxt prt

  22. Rsy says:
    November 10, 2016 at 8:21 pm

    VVVV reethi….
    I HATE MILLI
    I LOVE SHOOTY>>>> WELLDONE>>>

  23. lina says:
    November 10, 2016 at 8:32 pm

    wow… vara sali 2 preg kofa thibadanu…ha ha ha ha
    Waitig….

  24. ލިޔާރާ says:
    November 10, 2016 at 9:48 pm

    shooty thank u for making me happy cuz love this story

  25. Sheeby says:
    November 10, 2016 at 11:23 pm

    Haadha loabi story ekeyyy…. Next part varah avahah up kobba shooty????

  26. Shahittey says:
    November 11, 2016 at 2:32 am

    V v v reethi mi part. Kuri ah huri part thah ves reethi vaane kamah hykuran

  27. Fathima says:
    November 12, 2016 at 12:14 pm

    Shooooooooty, avaha , upload kohba

  28. Ar says:
    November 12, 2016 at 7:41 pm

    Shootyy.. kanbuloa kn irakun tha vaahaka up kuraaniii…

Comments are closed.

All Right Reserved!