“ކަލޭ ހީކުރީ ނަފީސާ ގެނައިމައި އަހަރެން މައިތިރިވީ ކަމަށްތަ! ހުވާ ގަންދީ މިބުނީ އަތުޖެހޭއިރަށް ހަމަ ނޮޅާލާނަން! އަދި މާވެފައި ބުރަކަށި ހާމައަށް ދައްކައިގެން ކުނިކަހަން އެބައޮތެއްނުން.. އަހަރެން ކަމެއް ނުކުރާނެއޭ ހިތާ ދޯ.” ރިއުމާންގެ ކޮލުގައި ހިފައި ބާރުކޮށްލަމުން ޒުބޭރު ބުނެލިއެވެ.
ރިއުމާން ގަދަ ހަދަމުން ދިޔައީ ޒުބޭރުގެ އަތުން ވީއްލިގެން ދެވޭތޯއެވެ. ނަމަވެސް ޒުބޭރު އެއަށްވުރެ މަ ހުށިޔާރެވެ. އޭނާ ރިއުމާން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ބޭރުގައި ހުރި ގިފިއްޔަށް ވެއްދިއެވެ. ދޮރު ތަންޑު އެޅުވުމަށްފަހު ރިއުމާން ގެންގޮސް ތަޅުންގަނޑު މައްޗަށް އެއްލާލިއެވެ.
މަތި ހިޔާ ނުކޮށް ހުރި ގިފިލިން އުޑު އޮތީ ހާމައަށް ފެންނާށެވެ. ޖެހެމުން ދިޔަ ބާރު ވައިރޯޅީގެ ހަމަލާތައް އަންނަމުން ދިޔައިރު އުޑުމަތިން އަނދިރިވާން ފަށައިފިއެވެ. ގިފިލީގައި ކުޑަ ވަޅެއް ހުރިއިރު ދޮންނަ މެޝިނު ކައިރީގައި ހުއްޓެވެ. “އަނގައިން އަޑެއް ބޭރުކޮށްލިއަސް މިވަޅަށް ވައްޓާލާނަން! އަޑުއިވިއްޖެ!” ރިއުމާންގެ ކަންފަތުގައި ހިފައި ގަންނަމުން ޒުބޭރު ބުނެލިއެވެ. އޭރު ތަޅުންގަނޑު މަތީގައި އިން ރިއުމާން އިނީ ބިރުން ވިރި ވިރިއެވެ.
ކޮނޑުގައި އަތް އަޅައިގެން އިންއިރު އަތް އަނބުރާލިލެއް ބާރުކަމުން ހުޅުގައި ރިއްސަމުން ދިޔައެވެ. ކުރިމަތީގައި ހުރި ޒުބޭރު އަތަށް އިލޮށިފަތި ހެޔޮވަރު ކޮށްލަމުން ނިކަން ބާރަށް އޭގެން ރިއުމާންގެ ފައި ފަލަމަސް ގަނޑުގައި ތަޅައިގަތެވެ. އަރައިގެން ދިޔަ ދިލަން އިން އޭނާއަށް ރޮއެ ނުގަނެވުނީ ކިރިޔާއެވެ. އަނގަމަތީގައި އަތް އަޅައިގެން އޮވެ ރިއުމާން ގިސްލަމުން ދިޔައިރު ޒުބޭރު އެއްވެސް ރަހުމެއްނެތި އޭނާ ގައިގައި އެތަށް މިތަނުގައި އެ އިލޮށިފަތިން ތަޅަމުން ދިޔައެވެ.
ޒުބޭރު ހިތްފުރޭވަރު ވުމުން އަތުގައި އޮތް އިލޮށިފަތި ދުރަށް އެއްލާލުމަށްފަހު ރިއުމާން ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައިނެގިއެވެ. “މީގެ ފަހުން މިގެއަށް އެއްވެސް މީހަކު ގެނެސްގެން ނުވާނެ! އަހަންނަށް އޭރު ވެސް އިނގޭ ނަފީސާ އެ އައީ ރިއުމާން ބުނެގެންކަން! ހަނދާން ކުރާތި މި އިލޮށިފަތިން ނެގި ދިލަ.. ދެން ފަހަރަކުން މިކަހަލަ ކަމެއް ކޮށްފިއްޔާ އަނިޔާވާނީކީ އިލޮށިފައްޗަކުން ނޫން! އަޑު އިވޭ؟ ބަލަ އަޑު އިވޭހޭ މިކަންފަތަށް؟!” ޒުބޭރު ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ރިއުމާން އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
ރިއުމާން ތަޅުންގަނޑު މައްޗަށް ކޮށްޕާލުމަށްފަ ޒުބޭރު ގިފިލިން ނިކުމެގެން ދިޔައެވެ. އޭރު އުޑުމަތީގައި ބަނަ ކުރަމުންދިޔަ ވިލާތަކުން އެކީ އެއްފަހަރާ ބޯ ވާރޭ އޮއްސާލިއެވެ. ކުރުގެޅިގެން އޮތް ރިއުމާން ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ވެހެމުންދިޔަ ބޯ ވާރޭތެރޭ އޭނާ ތެމެމުން ދިޔައެވެ. އޭނާގެ ހާލާއިމެދު ހަމްދަރުދީ ވާނެ އިންސާނެއް ނެތް ތަނުގައި މި އަނިޔާވެރިކަމުން ސަލާމަތަށް އެދި ވަކި ދާނެ ތަނެއް ވެސް ނެތެވެ.
****
ރޭގަނޑުގެ ވަގުތެވެ. ހަވީރު ވެހެންފެށި ބޯ ވާރޭ ތުނިކޮށްކުމުގެ އެއްވެސް އަސަރެއް ނެތެވެ. މަގުތަކުގައި ފެންބޮޑުވެފައި ވީއިރު އިރުއިރު ކޮޅުން ވިދާލާ ވިދުވަރާއި އެކު ބާރު ގުގުރީގެ އަޑު ފަޒާގައި ހިފާލައެވެ. ރަޖާގަނޑު ގައިގައި އޮޅައިގެން އޮތް ރިއުމާންގެ ލޮލުގައި ވީ ތެތްކަމެވެ. އަތްދިގު ހެދުމަކާއި ހަރުވާޅެއް ލައިގެން އޮތް އިރު އަދިވެސް ގައިގެ އެކި ތަންތަނުން ދިލަ ނަގަމުން ދިޔައެވެ.
ވިދުވަރުގެ އަލި ކޮޓަރިއަށް އެޅިލާ ކޮންމެ ފަހަރަކު ރިއުމާން ބިރުން މޫނުމަތީގައި ބާލިސް އަޅައި ފޮރުވާލެއެވެ. ގުގުރީގެ އަޑަށް ދެލޯ މަރައި ބާރުކޮށްލައިގެން އޮތް އިރު ހިތުގައި ވަނީ ބިރުވެރި ކަމެވެ. “ރިއުމާން؟ ނިދީތަ؟” ނަފީސާގެ އަޑު އިވުމުން ރިއުމާން މޫނުމަތީގައި އޮތް ބާލިސް ދުރުކޮށްލަމުން އެދިމާއަށް އެނބުރުނެވެ.
“ނޫން.. ނުނިދަން.” ރިއުމާން މިހެން ބުނުމުން ނަފީސާ ހިތްވަރު ކޮށްފައި އޭނާ ދައްކަން އުޅޭ ވާހަކަ ފަށަން ނިންމިއެވެ. “ދައްތައަށް އިނގޭ ރިއުމާންއަށް ތި ދިމާވާ ކަންތައްތައް.. ވަރަށް ދުވަސް ވެއްޖެ އިނގޭތާ…” ނަފީސާ މިހާ ހިސާބަށް ވާހަކަ ދެއްކި ތަނާ ރިއުމާން ތެދުވެ އިށީނެވެ.
“ދައްތައަށް އިނގެޔޭ.. އެހެންވެ ދޯ ތިއައީ. އަހަރެން ބަލާތަ ދައްތަ ތިއައީ؟ އަހަރެން ގޮވައިގެން ދާން ދޯ..” ރިއުމާންގެ އަޑުގައިވީ އާދޭސް އިވުމުން ނަފީސާ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. “ދައްތަ.. ނޫން. ނޫން ރިއުމާން. ދައްތައަކަށް ކޮއްކޮ ގޮވައިގެން ނެތް ދެވޭކަށް.” ނަފީސާ މިހެން ބުނުމުން ރިއުމާންގެ މޫނު މިލާ މޯޅިވިއެވެ.
“އެ ކީއްވެ؟ ދައްތާ އަޅެ އަހަރެން ގޮވައިގެން ހިނގާ. އަހަރެން ދައްތަ ބުނި ކަމެއް ގޭގައި ކޮށްދެނަން. ކައްކާދީ، ކުނިކަހާދީ، އެއްޗެހި ދޮވެދީ ވެސް ހަދާނަން. ދައްތައަކަށް އެއްވެސް އުނދަގުލެއް ނުވާނެ. ބުނި ކޮންމެ ކަމެއް ކުރާނަން.. އެކަމަކު ހެޔޮ ނުވާނެ އަހަރެން މިތަނުން ގެންދޭ..” ރިއުމާންގެ އަޑު ކުރެހުނު އިރު ލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ.
“ބޭނުން ގެންދަން.. އެޒުބޭރުގެ ކިބައިން ރިއުމާން ދުރުކުރަން ކިތަންމެ ހާ ވެސް ބޭނުން. އެކަމަކު އެކަމެއް ނުވާނެ. އެހެރީ މަންމަ ދިފާއުގައި އެއްޗެކޭ ބުނެލައިގެން ކޮށްލިވަރު.. ދެން އަދި ދައްތަ ރިއުމާން ގެންގޮސްފިއްޔާ.. ނޫން ނުކެރޭނެ.” ނަފީސާގެ ވާހަކަ އަޑުއިވި ރިއުމާން ގަބުވެފައި އިނެވެ. ހަޤީޤަތް އިނގިހުރެ ނަފީސާ މިދައްކައި ވާހަކައިން އޭނާ ހަމަ ކޮސްވިއެވެ.
“ކޮންމެ ގޮތެއް ވިޔަސް ޒުބޭރު އެއީ ރިއުމާންގެ ބައްޕަ. ބައްޕައެއީ ބަލަދުވެރިއަކީ.. ދައްތަމެންގެ އެއްވެސް ބާރެއް މިކަމުގައެއް ނެތް.. ހާޖަރާއަށް އިތުރު އަނިޔާއެއް ވާކަށް ދައްތައެއް ނޭދެން..” ނަފީސާ ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ. “ދެން.. ދެން އަހަރެންނޯ؟ ބައްޕަ އަހަންނަށް އެކުރާ އަނިޔާޔޯ؟” ރިއުމާން އާދޭސް ކުރަމުން ބުނެލިއެވެ.
“އެކޮއެ ހިތްވަރުކޮށްލާ ދެން. މިނޫން ގޮތެއް ދެން ނެތް. ރަށު ތެރެއަށް މިކަން އިނގިއްޖެއްޔާ މުޅި އާއިލާ ބޭޒާރު ވާނެ… ދައްތައަށް ލާހިކެއްނޫން ޒުބޭރު ކުރިމަތީގައި އެއްޗެކޭ ބުނާކަށް.. ހީކުރީ އެކަން ކުރަން ކެރޭނެ ކަމަށް.. އެކަމަކު.. ބުނަން ފިރިހެންނުންނަކީ މާ ބާރުގަދަ ބައެއް. އެމީހުންގެ ކުރިމަތީގައި އަހަރެމެން ކަހަލަ ނިކަމެތި އަންހެނުންގެ އެއްވެސް އަގެއް ނޯންނާނެ. މިއީ ހަމަ ދުނިޔޭގެ އާދަ. ރިއުމާން މިކަން ޤަބޫލުކޮށްގެން ޒުބޭރުއޭ ކިޔައިގެން ޗުއްޕޭ ވެސް ނުބުނެ ހުރޭ.. އެކަކުވެސް ތިކަން ޤަބޫލެއް ނުކުރާނެ. ފިރިހެނުންގެ ބަސް މިކަންކަމުގައި މާ ގަދަ ވާނެ.. ފަހުން ބޭޒާރުވެ ރަށުތެރެއަށް ގިނަ ވާނީ ވެސް ހަމަ ރިއުމާން. އެހެންވީމަ މިކަން ސިއްރުކުރޭ” ނަފީސާ ލަދުން އިސްޖެހިފައި އިނދެ ވާހަކަ ނިންމާލިއެވެ.
އޭރު ރިއުމާން ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގިފައި އިންއިރު އެ މޫނުމަތިން ވޭނާއި ހިތްދަތިކަން ނޫން އެއްޗެއް ފާޅެއް ނުވެއެވެ. ރިއުމާންގެ ހަމަހިމޭން ފެނުމުން ނަފީސާ ކައިރިއަށް ޖެހިލައި އޭނާގެ އަތުގައި ހިފާލުމުން ރިއުމާން އަތް ފޮޅުވާލިއެވެ. “އަތް ނުލާ! ނޫން.. ދުރަށް ދޭ.” ރިއުމާންގެ އަޑު ތުރުތުރު އަޅަމުން ދިޔައިރު އޭނާ އެނދުގެ ކަނަކަށް ޖެހި ރަޖާގަނޑު ގެނެސް މެޔާއި ލާ ބޮނޑި ކޮށްލިއެވެ. ޖަހާލާ ކޮންމެ ގުގުރިއެއްގެ އަޑާއި އެކު ހީވާނީ އޭނާގެ ހިތް ކުދި ކުދި ވާހެންނެވެ. ޒުބޭރު ކަހަލަ ބައްޕައެއްގެ ވަކިތަކުން ދުވަހަކު ވެސް ސަލާމަތް ވުމުގެ އުއްމީދެއް އެބަ އޮތްބާއޭ ރިއުމާން ހިތަށް އެރިއެވެ.
****
ހަތަރު އަހަރު ފަސް
އިރު އޮއްސެމުން ދިޔަ އިރު ރަތްވިލާގެ ދަޅައިން އުޑުމަތި ވަނީ އެއްކުލަ ކުރުވާފައެވެ. އަތިރިމަތީގެ ދޮންވެލިގަނޑުގައި ދުވެ ކުޅެން އުޅުނު ކުދިންތައް ގޮވައިގެން އެމީހުން މައިންބަފައިން އެއްގަމަށް އެރިއިރު ދުރުގައި ހުރި ރުށްބުޑެއްގައި ރިއުމާން އެކަނިމައި އެކަނި އިނެވެ. އަތުގައި އޮތް ފަނާއި ކުޅެމުން ދިޔައިރު އޭނާގެ ނަޒަރު ވަނީ މޫދާއި ދިމާއަށް ހުއްޓިފައެވެ.
އިރުކޮޅަކު މިހެން އިނދެފައި ލަސް ފިޔަވަޅު ތަކެއްގައި ގޮނޑުދޮށަށް ފޭބިއެވެ. އޭރު އެހިސާބުގައި އުޅުނު މީހުންތައް މުޅިންހެން ގޮއްސިއެވެ. ރާޅު ބީއްސަމުން ދިޔަ ދޮންވެލި ގަނޑުމަތީ ހުރެ ރިއުމާން ދުރަށް ނަޒަރު ހިންގާލިއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުގައި ބޮސްދިން އިރު އެހިތުގައި އަދިވެސް އެޒަހަމްތައް ތާޒާކަން މަތީ ވެއެވެ.
އިރުއޮއްސި އަނދިރިވާން ފެށުމުން އޭނާ އެއްގަމަށް އަރަން ހިނގައިގަތެވެ. އަވަސް ފިޔަވަޅު ތަކެއްގައި ދިޔައިރު މިސްކިތުން މަޢްރިބް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށިއެވެ. ކުއްލިއަކަށް ފަހަތުން މީހަކު ތުމުން ފުމެލި އަޑަށް ރިއުމާން ފަސް އެނބުރި ބަލާލިއެވެ. އޭރު ބައިސްކަލެއްގައި ޔައިޝް އޭނާގެ ދެ ރަޚްމަތްތެރި އަކާއި އެކު އާދެއެވެ.
ރިއުމާން މޫނު ކުނިކޮށްލަމުން ހިނގުން ބާރުކޮށްލިއެވެ. “ދަނީހެ އައިސްބަލާ.. ބުނެލަ ދީބަލާ.. އަނގައިން.. އޯހޯހޯ..” ޔައިޝް ލަވަކިޔަމުން އައިސް ރިއުމާން ކުރިބެއްދިއެވެ. “މާ އެކަނި ކީއްވެ ތިދަނީ.. ރައިޑެއް ދެންތަ؟” ޔައިޝް މިހެން ބުނުމުން ރިއުމާން ނުރުހުންވެ އެތަނުން ދާން ހިނގައިގަތެވެ.
ނަމަވެސް އަނެއްކާވެސް ޔައިޝް ބައިސްކަލު ކައިރި ކޮށްލުމުން ރިއުމާން ހިތް ބިރުގަތެވެ. އެގޮތަށް ފިރިހެނުން އޭނާއާއި ކައިރިވާކަށް އޭނާ ނޭދެއެވެ. އެހިސާބުގައި މީހަކު ފެންނަން ނެތްއިރު ދުރުގައި ހުރި ހޮޅިބުރިން ވެސް ވަނީ މަގުމައްޗަށް ފަނޑު އަލިކަމެއް ވެރިވެފައެވެ. ރިއުމާން ބިރުން ރޫރޫ އަޅަމުން ދިޔަ އިރު އެތަނުން ދާން މަސައްކަތް ކުރިއެވެ.
“އައްދޭ ހާދަ ވަރަކަށް ތުއި ވަނީ..” ޔައިޝްއާއި އޭނާގެ ރަހުމަތްތެރިން އޭނާ ވަށާލުމުން ރިއުމާންއަށް ރޮވޭގޮތް ވިއެވެ. އެވަގުތު ގޯޅިން އަޅާލި ޕިކަޕެއްގެ އަލިވުމުން އެމީހުން އަވަހަށް ދުރަށް ޖެހިލިއެވެ. ވަގުތު ބަލާފައި ރިއުމާން އެތަނުން ދުއްވައިގަތެވެ. ގެއާއި ހަމައަށް ދިޔައިރު މުޅި މީހާ ދާހިއްލާ ފޯވެފައި ވީއިރު ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
ގޭތެރެއަށް ވައިންއިރު ސިޓިން ރޫމުގައި ހާޖަރާ އިނެވެ. “މަންމާ.. ބައްޕަ އައީތަ؟” މައިނޭވާ ލެވިފައި ހުރެ ރިއުމާން އަހާލިއެވެ. “ދަރިފުޅާ ބައްޕަ..” ހާޖަރާ މިހިސާބަށް ބުނިތަނާ ކޮޓަރިން ނިކުއިން ޒުބޭރު ފެނި އަނގަ ބަންދުވިއެވެ. ޒުބޭރު ފެނުމުން ރިއުމާން ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.
“ކޮންތާކަށް ގޮއްސަ ތިއައީ ދަރިފުޅު.” ޒުބޭރު ނިކަން މަޑުމައިތިރި ކަމާއިއެކު އަހާލިއެވެ. “މީ.. އަނެއް އަތިރި މައްޗަށް..” ރިއުމާން ހިންދިރުވާލަމުން ބުނެލިއެވެ. އޭރު ޒުބޭރު ލަސް ފިޔަވަޅުތަކެއްގައި އައިސް ރިއުމާން ކައިރިއަށް މަޑުކޮށްލިއެވެ. ތުނި ކޮށްލެވިފައިވާ ތުނބުޅިން ދެތިން ނުރަން ފާޅުވާން ހުރިއިރު އެ މޫނުމަތީގައި ބަދަލު ނުވާ ވިހަ ހިނިތުން އަދިވެސް ވިއެވެ.
“އޯހޯ.. ހަމަޖެހިލަބަލަ ދަރިފުޅާ.. ބައްޕައަށް މައްސަލައެއް ނެތޭ އަތިރި މައްޗަށް ގޮސްލިޔަސް. އެކަމަކު ދެރައީ އެހައި ސިއްރުން ދިޔައީމަ.” ރިއުމާންގެ އޮމާން މޫނުގައި އަތް ހާކާލަމުން ޒުބޭރު ބުނެލިއެވެ. އުމުރުން ސޯޅަ އަހަރު ވީއިރު ރިއުމާންގެ ހަށިގަނޑު ބަދަލުވެ ލޫޅާފަތި ވާން ފަށައިފިއެވެ.
ޒުބޭރު ދަހި ގޮތަކަށް ރިއުމާންގެ ގަޔަށް ނަޒަރު ހިންގާލަމުން އަޅައިގެން ހުރި އައިނު މައްޗަށް ޖައްސާލިއެވެ. “ކުރިން ވެސް ބުނިންދޯ އިރުއޮއްސޭ ގަޑީގައި އަންހެން ކުދިން އަތިރި މައްޗަށް ނުދާނެޔޭ. ކީއްވެ ދިޔައީ؟” ޒުބޭރު މަޑުމައިތިރި ކަމާއި އެކު ވާހަކަ ދައްކަމުން ދިޔައިރު ރިއުމާންގެ އަތުގައި އަތް ހާކަމުން ދިޔައެވެ.
އަނގައިން އެންމެ ބަހެއް ވެސް ބޭރުކޮށްލަން ނުކެރިފައި ހުރި ރިއުމާން އަނެއް ފަރާތަށް މޫނު އަނބުރާލީ ޒުބޭރު އޭނާގެ ކޮލުގައި ފިރުމަން ފެށުމުންނެވެ. “ބަލަ ކީއްވެހޭ ދިޔައީ ނުބުނެ!” ކުއްލިއަކަށް ރިއުމާންގެ ކޮލުގައި ހިފައި ބާރު ކޮށްލަމުން ޒުބޭރު ހަޅޭ ލަވައިގެތެވެ. މި މަންޒަރު ފެނި ސޯފާގައި އިން ހާޖަރާ ސިހިފައި ތެދުވެ އެދިމާއަށް ދާން އެޅި ފިޔަވަޅު ހުއްޓުނީ ޒުބޭރުގެ ނަޒަރު އޭނާއަށް ކަޅި އަޅާ ލުމުންނެވެ.
އެބެލުމުގައިވީ ރުޅިވެރިކަން ފެނި ހާޖަރާއަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ނުކެރުނެވެ. “ޒުބޭރު، އޭނަ އަހަރެން ހުއްދަ ދީގެންނޭ ދިޔައީ..” ދެއަތް ދެއަތާއި މޮޑެމުން ހާޖަރާ ރިއުމާންގެ ދިފާއުގައި ބުނެލިއެވެ. “ބަލަ ހާޖަރާ ތިއީ ކާކުތަ ހުއްދަދޭން! ކިތަށް ފަހަރުތަ ބުންނަވީ އަހަރެމެން ދެމީހުންގެ ދޭތެރެއަށް ނުވަންނާށޭ.” ޒުބޭރު މިހެން ބުނެފައި ހާޖަރާއާއި ދިމާއަށް ހިނގައި ގަތުމުން ރިއުމާން އަވަސް އަވަހަށް ގޮސް ޒުބޭރުގެ ކުރިމައްޗަށް އެރިއެވެ.
“ނޫން.. އަހަރެން އަމިއްލައަށް ދިޔައީ.” ރިއުމާން ފަސްއެނބުރި ހާޖަރާއަށް ނަޒަރު ހުއްޓާލިއިރު މަންމަގެ އަނގަމަތީގައިވީ ލަކުނުފެނި ކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ. “ބުނަން އަހަރެން ރުޅި އަރުވަން އުޅޭނެ ކަމެއް ނެތް! މީގެފަހުން އަހަރެންގެ ހުއްދައާއި ނުލައި މިގެއިން ބޭރަށް ފިޔަވަޅެއް އެޅިއަސް ދެފައި ކަށިމަތި ބިންދާލާނަން!” ޒުބޭރު މިހެން ބުނެފައި ނަމާދަށް ގޮއްސަ އަންނަވާއިރަށް ސައި ހެދުމަށްބުނެ އެތަނުން ދިޔައެވެ. ޒުބޭރު ދިއުމުން ހާޖަރާ ރިއުމާން ކައިރިއަށް ޖެހިލާ ކޮނޑުގައި އަތް އަޅާލުމުން އޭނާ ދުރަށް ޖެހުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރިއުމާން ކޮޓަރިއަށް ވަދެ ދޮރު ޖެހުމުން ހާޖަރާ ރޮވިފައި ސޯފާގައި އިށީނެވެ. އެދަރިފުޅު އޭނާއަށް މިއަދު އެކުރާ ނަފްރަތާއި މެދު އެއްވެސް ޝަކުވާއެއް ނެތެވެ.
****
ފާޚާނާއިން ނިކުމެ ތުވާލިން މޫނު ފޮހެލަމުން ޒުބޭރު އެނދުގެ މަގަތުގައި އޮތް ރިއުމާންއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ފަސް އެނބުރިގެން އޮތް އިރު އެ ދިގު އިސްތަށި ގަނޑުގެ ފަސްބައި ޓައިލްސްތަކު މަތީގައި ވިއެވެ. “މާދަން ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް އީދަށް އަންނާނެ މިކޮޅަށް. މިގޭގައި ހުންނާނީ ވެސް. އޭނާގެ ދެދަރިންނާއި އަންހެނުން ގޮވައިގެން އަންނާނީ. އެމީހުން ކުރިމަތީގައި މާ ތުއި ދެއްކެން ނޫޅޭތި.” ޒުބޭރުގެ ވާހަކަ އަޑުއަހަން އޮތް ރިއުމާން އޭނާގެ ނިޔަފަތި ކަމުން ދިޔައެވެ.
އެތަށް ވާހަކައެއް ދެއްކިއިރު ރިއުމާން އޮތީ ފުން ޚިޔާލަކަށް ގެއްލިފައެވެ. “އިނގޭ.. ރިއުމާން! އޭތް!!” ޒުބޭރު އެވަރަށް ވާހަކަދެއްކި އިރުވެސް ރިއުމާން އަނގައިން ނުބުނުމުން އޭނާ ގޮސް ރިއުމާންގެ ކޮނޑުގައި ހިފައި އަނބުރާލިއެވެ. “ބަލަ ވާހަކަ ދައްކަމޭ އެބަ” ޒުބޭރު މިހެން ބުނުމުން ރިއުމާން ސިހިފައި ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.
“ލައްބަ..” ރިއުމާން މިހެން ބުނުމުން ޒުބޭރު ހިނިތުން ވެލާފައި ތެދުވެގެން އެކޮޓަރިން ނިކުތެވެ. ޒުބޭރު ނިކުތުމާއި އެކު ރިއުމާން ތެދުވެ ޓީޝާޓެއް ގަޔަށް މަހާލުމަށްފަހު ގޮދަނޑި ހިއްލާލަމުން އަޑީގައި އޮތް ނޮކިއާ ބައްތި ފޯނެއް ނަގައި އެ ހުޅުވާލިއެވެ. ފޯނަށް އެތަށް މެސެޖުތަކެއް އައިސްފައި އޮތް އިރު ގިނައީ ހަމްނާ ކޮށްފައި ހުރި މެސެޖުތަކެވެ.
ބައްޕައަށް ސިއްރުން އޭނާ ފޯނެއް ގެންގުޅެން ފެށިތާ ދެމަސް ވަނީއެވެ. މާގިނަ ރައްޓެހިން ނެތްކަމަކު އޭނާ ފޯނުން ބައެއް ކުދިންނާ ވާހަކަ ދައްކައި ހަދައެވެ. އެތަނުން ވެސް ފިރިހެން ކުއްޖަކަށް އޭނާ ވާހަކަ ދައްކަނީ ހަމައެކަނި އައިމަންއާއިއެވެ. ހަމްނާ އޭނާގެ މެސެޖުގައި މާދަން އީދުކަމުން ކުލަ ޖަހަން ދާން ވާނެކަމަށް ބުނެފައި ވިއެވެ.
ރިއުމާން ކުޑަ ހިނދުކޮޅަކަށް ފޯނުން މެސެޖު ކުރުމުގައި މުޅިން އަމިއްލަ ދުނިޔެއެއްގައި ގެއްލިފައި އިނެވެ. އޭނާ ވެސް އެހެން ކުދިންހެން ފޯނެއް ގެންގުޅެ ބޭރަށް ގޮސްލާ ރައްޓެހިންނާއި އެކު އުޅެލާ ހިތްވެއެވެ. ނަމަވެސް ބައްޕަގެ ނުރުހުމުގައި ކަމެއް ކުރަން ޖެހިލުންވަނީއެވެ. މިހާ ދުވަސް ވީއިރު ބައްޕަގެ އެ އަނިޔާތަށް ނުހުއްޓުނު އިރު މިހާރު އޭނާ އެކަމަށް އާދަވެފައިވާ ކަހަލައެވެ. ކުރިން އެރޯ ރުއިމާއި ގަދަ ހެދުންތައް މަދުވެއްޖެއެވެ. އޭނާގެ އެއްވެސް އާރެއް ބާރެއް ނެތްކަން އިނގުމުން އަމިއްލައަށް ހަދާ ގޮތެއް ހަދަން ދީގެން އޮންނަނީއެވެ.
ނަމަވެސް މިހާރު ވެސް ފިރިހެނަކު މާ ވާހަކަދައްކައި ކައިރިވެއްޖެ ނަމަ ބިރުން މުޅި މީހާ ފިނިވެއެވެ. ކުއްލިއަކަށް މީހަކު ދޮރުގެ ތަޅުގައި ހިފައި އަނބުރާލުމުން ރިއުމާން އަވަސް އަވަހަށް ފޯނު ބާލިސް ދަށަށް ލިއެވެ. ކޮޓަރިއަށް ވައިން ޒުބޭރު މޭޒުމަތީގައި އޮތް ގަޑި އަތުގައި އަޅަމުން އައިސް ރިއުމާން ކައިރީގައި މަޑުކޮށްލިއެވެ.
ރިއުމާން ގުޑި ލާން ވެސް ނުކެރިފައި ފޯނު އޮތް ބާލީހުގައި އަތް އަޅައިގެން އިނެވެ. “ބައްޕަ ދަރިފުޅަށް އީދު ހެދުމެއް ގެނައިމެއްނުން.. އެ ނަގައިފިންތަ މިހާރު؟” ޒުބޭރު މިހެން ބުނުމުން ރިއުމާން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭރު ޒުބޭރު އަލަމާރި ހުޅުވާލުމަށްފަހު އޭގައި އޮތް ކޮތަޅު ގެނެސް ރިއުމާންގެ އަތަށް ދެނީއެވެ.
“ތީތި ލާބަލަ.” ޒުބޭރު މިހެން ބުނުމުން ރިއުމާން އެ ކޮތަޅު ހިފައިގެން ފާޚާނާއަށް ދާން ހިނގައިގަތުމުން ޒުބޭރު އޭނާ ކުރި ބެއްދިއެވެ. “މިތާ ހުރެގެން ލާބަލަ” ޒުބޭރު މިހެން ބުނުމުން ރިއުމާންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ދެލޯ މަރާލުމަށްފަހު ލައިގެން ހުރި ޓީޝާޓު ބޭލިއިރު ޒުބޭރުގެ ދަހިވެތި ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން ރިއުމާންއަށް އިހުސާސްވިއެވެ.
އޭނާ އަވަސް އަވަހަށް ކޮތަޅުގައި އޮތް ހެދުން ނަގައި ލުމަށްފަހު އެއަށް ބަލާލިއެވެ. ހެދުމުގެ އަތް ދިގު ނަމަވެސް ގަޔަށް ބާރު ކަމުން އޭނާ ހުރިހާ ވަނާތަކެއް ފާޅުވެއެވެ. މިހެދުން ލައިގެން ބޭރަށް ނިކުންނަން ލާހިކެއް ނޫނޭ އޭނާ ހިތަށް އެރިއެވެ. “އާއްޗާ.. ބައްޕަގެ ރަންކޮޅު ރީތިކަން. އާދެބަލަ.” ޒުބޭރު މިހެން ބުނެފައި ރިއުމާންގެ އަތުގައި ހިފައިގެން ގެންގޮސް ލޯގަނޑު ކުރިމަތީގައި ބެހެއްޓިއެވެ.
ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ރިއުމާންގެ މޫނުމަތިން ފޫހިކަން ފާޅުވިއެވެ. އޭރު ފަހަތުގައި ހުރި ޒުބޭރު އޭނާ ގައިގެ އެތަށް މިތަނުގައި އަތް ހާކަމުން އެހެދުން ލީމައި ރިއުމާން ރީތި ކަމުގެ ވާހަކަ ދައްކަމުން ދިޔައެވެ. ޒުބޭރުގެ ބީހުންތަކުން އުނދަގޫވެފައި ހުރި ރިއުމާން އިސްޖަހަމުން ދަތްކުނޑި ވިކާލިއެވެ. “މާދަން މީތި ލާންވާނެ.” ޒުބޭރު ބުނެލިއެވެ. “އެކަމަކު..” ރިއުމާންއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ޒުބޭރު ހަޅޭލައިގަތެވެ. “ކޮން އެކަމެއް! ލާށޭ ބުނީމަ ލާނީ.” ޒުބޭރު މިހެން ބުނެފައި އެތަނުން ދިއުމުން ރިއުމާންގެ މޫނުމަތިން ހިތާމައިގެން އަސަރު ފާޅުވިއެވެ.
****
އަޟްހާ އީދުގެ ފުރަތަމަ ދުވަސް ފެށިގެން ދިޔައީ އީދު ނަމާދުންނެވެ. ނަމާދުން ފައިބައިގެން ރިއުމާންގެ އާއިލާ އެކިމީހުން ގެއަށް ސައިބޯން އައިސް ދިޔައިރު ބަދިގޭގައި މަންމައަށް އަތްގާތް ކޮށްދޭން ރިއުމާން އުޅުނެވެ. އެންމެން ދިޔަ ތަނާހެން ޒުބޭރު އައިސް ބަދިގެއަށް ވަދެ ފެންތައްޓެއް އަޅަމުން ވާހަކަދެއްކިއެވެ.
“އަހަރެން މިދަނީ ބަނދަރަށް އާޒިމުމެން ބަލާ. ކޮޓަރި ތައްޔާރު ދޯ.. އެމީހުންނާއި އެކީ އަހަރެން ސައި ބޯނީ.” ޒުބޭރު މިހެން ބުނެފައި ބަދިގެއިން ނިކުތެވެ. ތަށިތަށް ދޮވެ ތައްޔާރު ކޮށްލުމަށްފަހު ރިއުމާން ގޭތެރެއަށް ވަދެ އެމީހުންނަށް ތައްޔާރުކޮށްފައި ހުރި ކޮޓަރިއަށް ވަދެލީ ހުރިހާ ކަމެއް ރަނގަޅުތޯ ބަލާލުމަށްށެވެ.
އިރުގަނޑެއް ފަހުން ބޭރުން ބައެއްގެ އަޑުއިވުމުން ރިއުމާން ބުރުގާ އަޅާލުމަށްފަހު ގޭތެރެއިން ނިކުތެވެ. އޭރު ޖޯލީގައި ބައްޕައާއި އެކީ ފިރިހެނަކު އޮތް އިރު ކައިރީގައި ދެކުދިން ތިއްބެވެ. އަދި މަންމަ ކައިރީގައި ހައުސް ކޯޓެއް ލައިގެން ހުރި އަންހެނަކު ހުއްޓެވެ. “އަހާ.. މިއޮއް އައިއެއްނުން. ދަރިފުޅާ ރިއުމާން އާދެބަލަ.” ޒުބޭރު މިހެން ބުނުމުން ރިއުމާން ގޮސް ޖޯލި ކައިރީގައި މަޑުކޮށްލަމުން ހިނިތުން ވެލިއެވެ.
“މިއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ރިއުމާން.. މިހިރީ ބައްޕަގެ ވަރަށް ދުވަސްވީ ރަހުމަތްތެރިއެއް. އާޒިމް.” ޒުބޭރު ރިއުމާން ތަޢާރަފް ކޮށްދިނުމުން އޭނާ ހިނިތުންވެލިއެވެ. “ރިއުމާން ހާދަ ބޮޑުވެއްޖެއޭ ދޯ މިހާރު.. އެންމެން ފަހުން ފެނުނު އިރު ނުވެސް ހިނގާ.. ހެހެހެ. ދެން އެހެންވީމަ ބޮޑު ވާނެތާ. އުޅުނިން މީގެ ދެތިން އަހަރު ކުރިން އައިސްލަން. އެވަރުން އުޅެގެން އަދި ކިރިޔާ މިއާދެވުނީ.” އާޒިމް ހިނިގަނޑެއް ޖަގާލަމުން ބުނެލިއެވެ.
“ހެހެހެ.. ދެން މީ އަނާ. ދަރިފުޅާއި އެއްވަރެއްވާނީ. ދެން މީ އައްޔާދް. ކިތަށް އަހަރުތަ މިހާރު އައްޔާދަށް؟” ޒުބޭރު އަހާލިއެވެ. އޭރު ޖޯލީގައި ފޯނަށް ގެއްލިފައި އިން އައްޔާދް އިސްއުފުލާ ރިއުމާންއަށް ބަލާލިއެވެ. “އެއިޓީން.” އައްޔާދް މިހެން ބުނުމުން ރިއުމާން ވެސް އޭނާއަށް ނަޒަރު ހުއްޓާލިއެވެ.
ފުދޭވަރަކަށް އިސްކޮޅުން ދިގު އިރު އައްޔާދްގެ ހަމުގެ ކުލަ އެހައި ދޮން ނޫނަސް ވަކި ކަޅެއް ވެސް ނޫނެވެ. ކޮންމެ ވެސް ވަރަކަށް ތުބުޅި ލާފައި ހުރި އިރު ބޮޑަށް ފާޅުވަނީ މަތިމަހެވެ. އޭނާގެ ނަޒަރު ރިއުމާންއަށް ހުއްޓިފައި އިންގޮތުން ރިއުމާންއަށް އުނދަގޫވިއެވެ. “އެއީ މާރިއާ.” ޒުބޭރު މިހެން ބުނުމުން ދުރުގައި ހުރި އާޒިމްގެ އަންހެނުން މާރިއާ އައިސް ރިއުމާން ކައިރީގައި މަޑުކޮށްލިއެވެ.
“ރިއުމާން ދޯ.. އަނާ ވިހައިގެން އޮއްވަ އެއްނުން ރިއުމާން ލިބުނީ ދޯ. އޭރު ވެސް އޮންނާނީ ހަމަ ދޮންދޮން ކޮން ފުއްކޮޅެއްހެން..” ރިއުމާންގެ ބޮލުގައި ފިރުމާލަމުން މާރިއާ ވާހަކަދެއްކިއެވެ. ހެނދުނުގެ ނާސްތާ ނިމިގެން ދިޔައިރު އައްޔާދްގެ ނަޒަރު ދޭތެރެ ދޭތެރެއިން ރިއުމާންއަށް ހުއްޓެއެވެ. ރިއުމާންގެ އެހުންނަ މަޑުމައިތިރި ކަމާއި އަދަބުވެރިކަން އޭނާއަށް ވަރަށް ކަމުދިޔައެވެ.
****
ދުވަސް ވޭތުވެގެން ދިޔައީ އީދުގެ އެކި ހަރަކާތްތަކުގެ މުޅިރަށް ބައިވެރި ވަމުންނެވެ. ރިއުމާން ވެސް ހަމްނާއާއި އެކީ އީދުގެ މަޖަލުގައި ބައިވެރި ވީއިރު ދުރުގައި ހުރި އައްޔާދް ނިކަން ސިއްރުން ރިއުމާންގެ ފޮޓޯ ނެގަމުން ދިޔައެވެ.
އެހިނިތުންވުމާއި ބުރުގާގެ ނިވަލުން ޖަންބެއްފަދަ ދޮން އެމޫނު ފެންނަލެއް ހިތްގައިމެވެ. “އޯ ދޮންބޭ ސިއްރުން ކުރާ ކަންތައް!” އަނާ މިހެން ބުނެފައި އައްޔާދްގެ އަތުގައި އޮތް ކެމެރާ އަތުލިއެވެ. އޭގައި ހުރި ފޮޓޯތައް ބަލަމުން ދިޔައިރު އަނާ ލާނަތް ގޮތަކަށް ހެވިފައި ހުއްޓެވެ. “ޔޫ ލައިކް ހާ..” އަނާ ދިމާ ކުރުމުގެ ގޮތުން މިހެން ބުނުމުން އައްޔާދް އޭނާގެ ކެމެރާ އަތުލައި ގަނެވޭތޯ އުޅުނެވެ.
“ނޯ. އައި ޑޯންޓް. ކެމެރާ ދީ ދެން. އަނާ!” އައްޔާދް ހަރުކަށިކޮން މިހެން ބުނުމާއިއެކު އަނާ އޭނާގެ އަތުގައި އޮތް ކެމެރާ އަނބުރާ ދިނެވެ. “ހޫމް ދެން ތިވަރު ނުވިޔަސް ވެދާނެ. ނޫޅެން އޭނަ ކައިރި ބުނާކަށް. ބަޓް ޝީ އިޒް ސޯ ޕްރިޓީ އަސްލު ވެސް.” އަނާ މިހެން ބުނުމުން އައްޔާދްގެ ނަޒަރު ރިއުމާންއަށް ހުއްޓުނެވެ.
އޭރު ދުރުގައި ހަމްނާއާއި އެކީ ހެވިފައި ހުރި ރިއުމާންގެ އަތުގައި ފެންކޮތަޅެއް އޮތެވެ. މޫނުގައި ކޮންމެވެސް ވަރަކަށް ކުލަ ހުރި އިރު އަންހެން ކުދިން ތަކާއި އެކީ ކުލަޖަހެމުގައި އޭނާ އުޅުނެވެ. އިރުކޮޅަކުން އަނާ ވެސް ދުވެފައި ގޮސް އެމީހުންނާއި އެއްބައި ވުމުން އައްޔާދް ކައިރީގައި ހުރި ފާރު ބުރިއެއްގެ މައްޗަށް އަރައި އިށީނދެލިއެވެ.
އޭނާ ކެމެރާގައި ހުރި ފޮޓޯތައް ބަލަމުން ދިޔައިރު ކުއްލިއަކަށް ފަހަތުން މޫނުގައި މީހަކު ކުލަ ހާކައިގަތުމުން އައްޔާދް އިންތަނުން ތެދުވެ ފަސްއެނބުރި ބަލާލިއެވެ. އޭރު ފަހަތުގައި ރިއުމާން ހެވިފައި ހުރިއިރު ހަމްނާ އަނގަމަތީގައި އަތް އަޅައިގެން ރިއުމާންގެ ފަހަތުގައި ފިލާ ހުރެ ހެމުން ދިޔައެވެ.
އައްޔާދް އެއްޗެކޭ ބުނުމުގެ ކުރިން އެމީހުން އެތަނުން ދުވެފައި ދިޔަވަގުތު އޭނާ ވެސް ރިއުމާންއަށް ލަޑެއް ދޭން ހިތަށް އެރިއެވެ. “ކީއްކުރަން އޭނާ ގައިގައި ކުލަ ހާކަފައި އަހަރެން ފަހަތަށް ވަނީ.. ދެން އޭނަ ހީކުރާނީ އަހަރެން ކުރިކަމެކޭ.” ރިއުމާން މޫނު ކުނިކޮށްލަމުން ބުނެލިއެވެ.
“އޯ ރިއު.. ހަމަޖެހިބަލަ. މިއީ އީދޭ. އެހެންނޫނަސް ތިގޭގައެއްނުން އެމީހުން އެތިބެނީ. ހީ ވޯންޓް މައިންޑް އެންޑް ހީ އިޒް ސޯ ކިއުޓް.” ހަމްނާ މިހެން ބުނުމުން ކައިރީގައި ތިބި ކުދިންތައް ތުއި ގޮތަކަށް ހޭންފެށިއެވެ. ރިއުމާން ހުރީ މިގޮތަށް ބޭރަށް ނުކުމެލާ ސަކަރާތް ޖަހާލެވޭތީ ހިތްހަމަޖެހިފައެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޒުބޭރުގެ ވަކިތަކުން ދުރުގައި އުޅެން ލިބުނީތީ އޭނާ އެވަގުތުކޮޅު ބޭކާރު ކުރާކަށް ނޭދެއެވެ. ލިބޭ އަނިޔާތަށް މިވަގުތަށް ހަނދާންނައްތާލާ އެއުމުރުގެ އަންހެންކުދިން އުޅޭހެން އުޅެލަން އޭނާ ވެސް ބޭނުންވިއެވެ.
ހަމްނާމެން ދުވެފައި ހަނި ގޯޅިއެއްގެ ތެރެއަށްވަނީ އެމަގުން ލާފައި މާލި ދާތީ އެމީހުން ގަޔަށް ފުށްޖެހުމުގެ ބޭނުމުގައެވެ. އެކި ކުދިން އެކި ކޮޅަށް ދިޔައިރު ރިއުމާން ކުރު ފާރު ބުރިއެއްގެ ފަހަތުގައި މަޑުކޮށްލައިގެން ހުރިއިރު އަތުގައި ފުށްކޮތަޅެއް އޮތެވެ. ބެރުޖަހާ ލަވަކިޔަމުން އެމަގަށް އެޅި މާލީގެ އަޑު މުޅި ހިސާބުގައި ހިފާލާފައި ވީއިރު ރިއުމާން ފާރުގެ ފަހަތުން ބޯދިއްކޮށްގެން ހުއްޓެވެ.
ކުއްލިއަކަށް ބާރުގަދަ އަތަކުން އޭނާގެ މޫނުގައި އަތް އަޅައި ފަހަތަށް ދަމައިގަތުމާއި އެކު ރިއުމާން ތެޅިގަތެވެ. އޭނާ ހަނދާނަށްއައީ ޒުބޭރު އެގޮތަށް އައިސް އޭނާ ހިފައްޓާ މަންޒަރެވެ. އެ އަނިޔާވެރި ބީހުންތަކެވެ. ރިއުމާން ދެމިގެންފައި ފަހަތުގައި ހުރި މީހަކު ކޮށްޕާލުމަށްފަހު ފަސް އެނބުރުނު އިރު ކުރިމަތީގައި ހުރި އައްޔާދް ފެނި މުޅި މީހާ ފިނިވިއެވެ. ބޮޑުބެރުގެ އަޑު މުޅި ހިސާބުގައި ހިފާލާފައި ވީއިރު އެހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު ހީވީ މުޅިތަން އެނބުރުނުހެންނެވެ.
އައްޔާދްގެ އަތުގައި ރަތް ކުލަ ހުރިއިރު ރިއުމާންގެ ހެދުމުގައާއި ބުރުގަލުގައި ރަތްކުލަ ހުއްޓެވެ. މިހާ ދުވަސް ވީއިރު ޒުބޭރުގެ ފަރާތުން ނޫނީ އެކަހަލަ ގޮތަކަށް ފިރިހެނަކު އޭނާގެ ގައިގައި އަތްލާފައެއް ނުވެއެވެ. ރިއުމާން ބިރުން ދުއްވައި ގަތުމުން އައްޔާދް އޭނާގެ އަތުގައި ހިފައި ދަމާލުމާއި އެކު އޭނާގެ މޫނު އައިސް ޖެހުނީ އައްޔާދްގެ މޭމަތީގައެވެ. “ނޫން!! ނޫން ދޫކުރޭ!!” ރިއުމާން އަތްދަމާފައި ނިކަން ބާރަށް އައްޔާދްގެ ކަންކަށިމަތީގައި އެތިފަހަރެއް ޖެހިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.



next part on Tuesday in aha allah. enjoy. let me know how it is 🙂
ayaadh ❤️ loabi name eh. kihine riuman e hedhi. slapped him! loved its layaa
v reethi
eyni pic ga in eng thankolhuge maana bunedheebala knmes kuhjaku .. manje mee nukiyavaa huri manje eh?
her past hidden in darkness her present cloaked in secrets.
saabahey manje ah ?
bala mashah ves ingireysi kiyan ingeyey.. eyge maana ey neyngeyny .. eyge maana nikan bunedhybala?
ehehe lol! neygeynun ??
e buni eyna ga maazi v adhirikamu gayo.
eyana ge mihaaru vani sirru thankun foruvifa yo
Oh Thanks Anonymous my love ???
You guys ??
Oooohh. woow.. masha allah. v rythi vahaka eh mee.. keep it up.. waiting.. ?
hey anonymous. manje e buny ethankolhu ge meaning bnedheyshey yey..ethaanga in ethi bnedheyshey yeh nuun..
saabahey anonymous ah?
Maana bunedheebala ingey kuhjaku .. Anonymous hama gamaary and manje ves ????
vvvv reethi vaahaka. alhey riuman ah e hadhaa goi dhw e zubeyru. varah foohivey ekahala meehun dheke.
varah reethi
varah asaru gadha. keep it up layaal. and plx ayaadh lavaa gos kame nukuruvachey anekaa
Sifakurun max….plot max….best story…emme inthizaaru kurevey story…emme akurehves dhoonukohlaa kiyey story…..loved this story….
i guess it means ” adhiritherey foruvifaivaa maazee ei..eynage mihaaruves(present) vanee sirruthakun foruvifa..” ?
claoked ge meaning akeeves hidden/covered ?
dn aslu writer ah bodah ingeynee…this is wat i feel manje..? hehhe? good work layaal..
Vr nyc layaa…. keep it up…
Manje
yes lily
Riuman vx nikan eyna bappa gaiga bondi eh alhaane namaehnu …dhn alhe riuman ekamun avahah salaamaiyy kohbala layaa
so nice!! loved it ❤️❤️❤️
Varah reeyhi mi partuves
Hate dis zubeyru. Alhe ayyaadh riumaan save kurey
wow vrh reethi mi story. waiting for next part. avahah upload kohdhehchey ingey. … i love this storyyy. ..?♡♡♡♡♡♡♡
Varah reethi. mihaaru abadhu mi stroy ge inthizaaru ga mi idhe veni. story kiyaa iru hama idheveni dhen vaame gothe neygifa on the edge ga. plot varah salhi. wonder what ayaadh will do?? love you layaa ❤️
Varah salhi. Hama habeys❤️❤️
Den pls make ayaadh. A very patient and caring person.
And thi zubeyru ah rangalhu adabey dheythi. ??????
I hate him.
i think riu likes aiman..hehe..ekam ahyyadh likes riu dhw..love this <3
Huvaa mi vaahaka kiyamun dhaa iru hithah araa zubeyru nolhaala faanamey….????
Aiman aky riu ge cousin dhw
Esfiya plx upload my story….i have uploaded it last night 9…still esfiya cannot review it….thats not fair right
Immiari ge vaahak up kurytha… E vaahaka veenuvee gotheh neyngigen miulheny
Alhe kobaatha part 2? Aharennah Hama hoadhaa hoadhaa Ves nufenun 🙁
click on layaal name. eyrun you will see all of her stories.
V reethi
Ma mee haajaraa nama mihaaru jaluga onnan viyas zubeyru maraa levijjis, viha eh dheegen nama ves. He deserves it n it willb worth it. Ehen nu. Story reethi ekam v hihdhathi dhw. Like there s no end to it.
haajaraa kykurantha zubair aai indhegen eulheny… Varivaan vee ennu.. Firihenun husvithaa kolhumahcheh noonviyya miee.. Mihairu libeyne ekaniveri mainge laari ves.. Kykuran mihaa ladhu hayaiy kuda myhakaa indhegen ulhen v… Amilla dhari vaki kuran neyngey.. E fakeeru umurun enme 7 aharuga.. Mikamaa dheytherey visniyas boa falhaagen dhaavaru vey…. V rythi mi vaahaka hama ehaa dhera ves vey…
Waiting for next part ? ? ? ? ? ? ?
Thankyou aimin?
varah reethi. hama mi vaahakaige inthizaaruga mi idheveni abadhu
my favorite story mihaaru. riuman kahala kithanme kudhineh ulheyne dhw aslu. keekurani. waiting for next part. plx make riuman love ayaadh. i don’t think ayaadh ei ekahala type hen
konmeves varakah kuh huri namaves story v habeys. but zubeyruge feelings thahves konmeves varakah genes dhiniyya ithurah furihama vaane. anyways keep it up
kobaaa?? inthizaaruga hama keh madhu vefa. mi ini. it’s tuesday.
zubeyru aa shazge vaahakaiga ulhey hassambe aa ehvareh dhw..hehehe
V reethi ma sha allaah. Ekam dhen xubair bast kohlaba.
Mi zubeyru gandu namaadhah vex dheyey adhi.. Kyhkuran kuraa namaadheh Bodu faafa ehh kuramun..
Nulafaa, jahbaaru, firihenaa gandu..
Haadha foohseh ve eyy e firihenaa dheke..
Adhi bappa ge ranklu eyy..
Kon rankolheh kiyaa kah nulafaa zubeyru gandaa..
Btw story is awesome…
Luv it