Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (ބާރަވަނަ ބައި)

Shax Lyn
December 25, 2016
11 Mins Read
74 Views
23 Comments

“އިކާން… އިކާން.. ފޯނު ކަނޑާ ނުލާތި.. އޭ.. ބަލަ އަހަރެން ކޮށްދިން ކަންތައް ހަނދާން ނެތުނީތަ.. އިކާން… އިކާން މީހަކަށް ހެދީ އަހަރެން.. އަހަރެމެންނާ ނުލާ އިކާނަކީ އެއްވެސް މީހެއް ނޫން…” އިކާން ފޯނު ކަނޑާލިކަން އެނގުމުން ޒުމްރާގެ އަތުގައިވާ ފޯނު އަތުކޮޅަށް ހޫރާލިއެވެ.

“އިކާން.. ޔޫ ކާންޓް ޑޫ ދިސް ޓުމީ… އަހަރެން ބޭނުން އެއްޗެއް އަހަރެން ހޯދާނަން… ހާސިލް ކުރާނަން…” ޒުމްރާ މިހެން ބުނުމަށްފަހު ކައިރީ ހުރި ޕޫލްގެ ތެރެއަށް ފުންމާލިއެވެ.

ފެންގަނޑުގެ ތެރެއިން މައްޗަށް އެރުމަށްފަހު މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ދެއަތުން މައްޗަށްނަގާ އަނގަ ހުޅުވާލަމުން ފުން ނޭވާއެއް އެތެރެކޮށްލިއެވެ. އިކާން ބުނި ވާހަކަތައް އޭނާގެ ސިކުނޑީގައި ވަށާލުމުން އަނބުރާ ފެންގަނޑުގެ އަޑިއަށް މޫނު ގަންބާލީ ފޫންނޭވާއެއް ލުމަށްފަހު ދެލޯމަރާލާ، ދެ ތުންފަތް ލައްޕާލަމުންނެވެ. ނޭވާ ހުސްވަންދެން ފެންގަނޑު ތެރޭގައި އޭނާ މަޑުކުރުމަށްފަހު އަނެއްކާވެސް ފެންގަނޑުން މައްޗަށް އަރާ އަނގަހުޅުވާ ފުންކޮށް ނޭވާލީ މޫނު ދެއަތަށް ތަޅުވާލަމުންނެވެ. ހާސްވެފައިވުމުން ޕޫލްގެ އެއްކައިރިއަށް ފަތާފައި އައިސް މަޑުކޮށްލަމުުން އެއްފަރާތުގައިވާ ފާރުބުރީގައި ދެއަތުން ހިފާލިއެވެ.

“އަހަރެން ބާކީ ވެއްޖެ… އިކާންވެސް އަހަރެންނާ ދުރަށް ދިއައީ.. އާތީވެސް… އާތީ ވެސް…” ޒުމްރާއަށް މަޑުމަޑުން މިހެން ބުނެވުނު އިރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ނުރޯން އޭނާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ހިތަށް ކުރަމުން ދިޔަ ފުން އަސަރުން ފެންގަނޑުގައި އޭނާގެ އަތުން ބާރަށް ޖަހާލުމުން ފެންތައް ބުރައިގެން ދިޔައީ އޭނާގެ މޫނަށެވެ. އެ ދެލޯ މަރާލަމުން މޫނު އެއް ފަރާތަކަށް އަނބުރާލީ އެ ހަނދާންތަކުން ހިތުގައި ރިހުމެއް އުފެދުމުންނެވެ.

*** *** *** *** *** ***

ޒުމްރާ ރިސޯޓް އެންޑް ސްޕާގައި ހުންނަ ޕްރައިވެޓް ކޮޓޭޖްގައި ވާ ހިތްގައިމު ސްވިމިންގް ޕޫލްތެރެއިން ޒުމްރާ މައްޗަށް އެރީ އޭނާގެ ބޮލުގެ ފަން ދިގު އިސްތަށިގަނޑުގައި އަތް ކާއްތަމުންނެވެ. އޭނާ ލައިގެން ހުރި ސްވިމިންގް ސޫޓުގެ މަތިން އުނަގަނޑުގައި ސްކާފެއް ބަނދެލުމަށްފަހު ޕޫލްކައިރީގައި ހުރި ޕްލާސްޓިކް ހުދު ގޮނޑީގައި ޒުމްރާ ހަމަޖެހިލަމުން ބަލާލީ ޖެހިގެން ހުރި ގޮނޑީގައި އޮށޯވެގެން ފޯނާ ކުޅެން އޮތް އާތިފްގެ މޫނަށެވެ.

“އާތީ… އެމް ސޯ ހެޕީ ޔޫ ޕްލޭންޑް ދިސް ޓްރިޕް ފޯ އަސް… އަހަރެމެންގެ ކައިވެނީގެ ފުރަތަމަ އެނިވާރސަރީއަށް އާތިފް މިރިސޯޓް ހުޅުވައިދިނީ އަހަރެންގެ ނަމުގަ… މިހާރު އޭގެ ފަހުން ކިތައް އަހަރުވެއްޖެ… މިއަދަކީ އަހަރެމެންގެ ކައިވެންޏަށް 26 އަހަރު ވީ ދުވަސް… އާތިފްގެ ބިޒީ ޝެޑިއުލްއިން މިދުވަސް އަހަރެންނަށް ހުސްކޮށްލީތީ ވަރަށް އުފާވެއްޖެ…”

ގޮނޑީގެ އަތްގަނޑުގައި އަޅުވާފައިވާ ހުދު ތުވާލި ކޮޅުން ޒުމްރާގެ އިސްތަށިގަނޑު ހިއްކާލިއެވެ. އުމުރުން 43 އަހަރުވެފައި ހުއްޓަސް ޒުމްރާ އެކޭ ޒުވާންކުއްޖެކޭ ތަފާތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަން އެހާމެ ރީތިވެފައި ފުރިހަމައެވެ. ޒުމްރާގެ އިސްތަށުގަނޑުގައިވަނީ މުށިކުލައެއް ޖައްސާފައެވެ. އެ ދޮން މޫނުގައި ލަކުނެއްވެސް ފެންނާކަށް ނެތެވެ. ކޮންމެވެސް ވަރަކަށް ލޯކައިރިން ރޫތަކެއް ފާޅުވި ނަމަވެސް އޭނާގެ އުމުރު ބުނެފިއްޔާ މީހަކު ގަބޫލު ނުކުރާހާ ޒުމްރާ ރީއްޗެވެ.

ޒުމްރާގެ އިސްތަށިގަނޑު ހިއްކާލުމަށްފަހު އެ ގޮނޑިން ތެދުވެ އާތިފްގެ ހަށިގަނޑާ ގާތްވެލަން މަސައްކަތްކުރިއެވެ. “ޒުމްރާ.. ދެން މީ ކޮންގަޑިއެއް… ދޭ ރީތިވާން… މިތާ ބީޗްގަ އޮތް ކުޅިވަރުތައް ބާއްވާ ތަނައް ދާން ހިނގާ… މިހާރު ތައްޔާރުވާން ފެށިއްޔާ ޒުމްރާއަށް ރީތި ވެވޭނީ ހަމަ ކިރިޔާ…”

ފޯނުގެ ސްކްރީން އޮފްކޮށްލަމުން ކޮޓަރިއާ ދިމާއަށް ދާން އާތިފް ހިނގައިގަތެވެ. ރޮނގުދެމި ޓީޝާޓަކާ އެކީ ހުދު ކުލައިގެ ސޯޓެއްގައި އާތިފް ހުންނައިރު ވަރަށް ސްމާޓެވެ. އާތިފަކީ ހެޔޮވަރުގެ އިސްކޮޅަކާ ހަށިގަނޑެއް ލިބިފައިވާ މެދު އުމުރުގެ ރީތި  ފިރިހެނެކެވެ. ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ނަމަވެސް ބޮލުގެ ދެފަރާތުން ކޮންމެވެސް ވަރަކަށް ނުރަ ފެންނަން ހުއްޓެވެ.

“އާތީ… އަޅެ ބޯ ޑައި ކުރަންވީނުން… ގުޅަންތަ ސްޓައިލިސްޓަށް…” ޒުމްރާ ވެސް އާތިފް ފަހަތުން އެތެރެއަށް ވަނެވެ.

ޒުމްރާ ދައްކަމުން ދިޔަ އެއްވެސް ވާހައަކަށް އޭނާގެ ސަމާލުކަން ނެތް ކަހަލައެވެ. ފަހަކަށް އައިސް އާތިފްގެ ފަރާތުން މި ތަފާތުތައް ޒުމްރާއަށް ފެންނަމުން ދިޔަ ނަމަވެސް އެއްވެސް ޝަކުވާއެއް ކުރާކަށް ޒުމްރާ ބޭނުމެއް ނޫނެވެ. އެކަނިމާ އެކަނި ދިރިއުޅެން ޒުމްރާއަށް ވަނީ އާދަވެފައެވެ. ހިތުގެ ކަނަކުން އާތިފްގެ ފަރާތުން ލޯބި ލިބޭނެ ދުވަހަށް އިންތިޒާރު ކުރަމުން ދިޔަ ޒުމްރާ ބޭނުންވީ މިރެއަކީ އެމީހުންގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް އަންނާނެ ދުވަހަކަށް ހަދާށެވެ.

ފެންވަރައިގެން ނުކުމެ އެރެއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ރަތްކުލައިގެ ހެދުން އަލަމާރިން ނެގުމަށްފަހު ޒުމްރާ ލިއެވެ. އޭނާގެ ކޮޓެޖަށް އައިސްހުރި ސްޓައިލިސްޓްގެ އެހީގައި އޭނާގެ އިސްތަށިގަނޑު ހަދާލުމަށްފަހު ރީތި މޭކަޕުން މޫނުމަތި އުޖާލާ ކޮށްލިއެވެ. ސްޓައިލިސްޓް ފޮނުވާލުމަށްފަހު އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އޭނާގެ ހަށިގަނޑަށް ބަލާލިއެވެ. ހިނިތުންވަމުން ޑްރެސިންގް ޓޭބަލްއާ ގާތްވެލާ ސެންޓު ފުޅިނަގާ ގަޔަށް ސެންޓު ޖަހާލުމަށްފަހު އަތްދަބަހާ އެކު ފޯނު ހިފައިގެން ކޮޓަރިން ބޭރަށް ޒުމްރާ ނުކުތެވެ.

ބޭރުގައި ހުރި ސޯފާގައި އިށީނދެގެން އިން އާތިފް ކުރިމައްޗަށް ހުއްޓެމުން ޒުމްރާ ވާހަކަ ދެއްކީ ވަރަށް އުފަލުން ހުރެއެވެ. “އާތީ.. އައިމް ރެޑީ.. ހައު ޑޫ އައި ލުކް…” އެ ދިގު ހެދުމުގެ އެއް ފަރާތުގައި ހިފާ އުފުލާލަމުން ޒުމްރާ ހިނިތުންވެލިއެވެ. ޖަވާބުގައި އާތިފް އާއެކޭ ބުނަމުން ސޯފާއިން ތެދުވިއެވެ.

ލިބުނު ޖަވާބަކީ ޒުމްރާ އުފާކުރަންވީ ޖަވާބެކެވެ. ނަމަވެސް އަތުގައި އޮތް ފޯނުން އާތިފްގެ ނަޒަރު ދުރުކޮށްނުލިތާ ޒުމްރާއާ ދިމާއަށް އާތިފް ބަލާވެސްނުލައެވެ. ޒުުމްރާގެ ހިތުގައި ޖެހުނު ނަމަވެސް އެއީ މާ ބޮޑުކަމަކަށް ހަދައިގެން ދެމީހުން ދެބަސްވެ ވާހަކަދައްކަން ޒުމްރާ ބޭނުން ނުވީއެވެ.

ބީޗްގައި ކުޅިވަރުތައް އޮތްތަނަށް ގޮސް އެ ކުޅިވަރުތައް ކުޅޭތަން ބަލަން ހުރި އިރުވެސް އާތިފް މުޅިން އުޅުނީ އެހެންކަމަކާއެވެ. ދޭތެރެއަކުން ދުރަށް ޖެހި ފޯނަކަށް ވާހަކަ ދައްކަމުން ދާތަން ޒުމްރާއަށް ފެނެއެވެ. ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުން ޒުމްރާ އެއްފަރާތަކަށް ޖެހިލަމުން ވެއިޓަރަކަށް ގޮވާލީ ބުއިމަކަށް އޯޑަރ ދޭށެވެ. ޒުމްރާ އާ އެކު އޭނާގެ ގާތް ދެއެކުވެރިންނަށް ވަނީ އެ ރިސޯޓުގައި އޮތް މި ހަފްލާއަށް ދައުވަތު ދީގެން ގެނެސްފައެވެ. އެދެއެކުވެރިން ޒުމްރާ ފެނުމުން ޒުމްރާ ގާތަށް އައިސް އެމީހުންވެސް ބުއިމަކަށް އޯޑަރދިނެވެ.

“ވާވް.. ވަރަށް ސަޅިދޯ… މިރޭ ހަވާވެސް އަރުވާ ވާހަކަ ބުނި. ރިސޯޓަރށް 25 އަހަރު ފުރުނީދޯ… އެންޑް އިޓްސް ޔޯ އެނިވަރސަރީ ޓޫ.. ކޮބާތަ އާތިފް..”

ޝީރީން ވާހަކަ ދައްކަމުން ޒުމްރާގެ މޫނަށް ބަލާލީ ޒުމްރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ. އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރުގައި ފޯނަށް ވާހަކަ ދައްކަން ހުރި އާތިފްއާ ދިމާއަށް ބަލަން ހުރި ޒުމްރާގެ މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަން ޝީރީނަށް ފެނުމުން އަނެއްކާވެސް އޭނާ ވާހަކަ ދެއްކިއެވެ. “އާތިފް އަދިވެސް އެ ތަހުމީނާއަކާ ވެގެންދޯ އުޅެނީ… މަ އޭރުވެސް ބުނިން ކޮން ދެވަނަ ކައިވެންޏެއް ކުރާކަށްހޭ.. ކުއްޖަކު އެޑޮޕްޓް ކުރިނަމަވެސް… ތަހުމީނާއާ އިނީމަ އާތިފް ބަދަލުވާނެއޭ އަހަރެން ކުރިންވެސް ބުނިން ދޯ!…”

ޒުމްރާ އިސްޖަހާލީ އެކުވެރިޔާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނާގެ ލަގޮނޑީގައި ރިއްސާލުމުންނެވެ. އަމިއްލަ މީހާގެ ދިރިއުޅުން ވެއްޔާ މޮޑެވިގެން މިދަނީ ޒުމްރާ ނެގި ފިޔަވަޅެއްގެ ސަބަބުންނެވެ. ތަށީގައިވާ ބުއިން އެއްކޮށް ހުސްކޮށްލުމަށްފަހު ވެއިޓަރަށް ތަށި ހަވާލުކޮށްލިއެވެ. އެތަނުންދާން ހިނގައިގަތް ޒުމްރާގެ ފިޔަވަޅު ހުއްޓުނީ އެ ރިސޯޓްގަ މަސައްކަތް ކުރާ މުވައްޒަފެއް ގޮވާލުމުންނެވެ. “މެޑަމް… ކޮޓޭޖް ރެޑީވާނެ ބަރާބަރު ބާރަ ޖަހަންވާއިރަށް…” ބޯޖަހާލަމުން ޒުމްރާ ހިނިތުންވާން މަސައްކަތް ކުރަމުން އެންމެ ރަނގަޅޭ ބުނެ އެ ޒުވާނާ އެތަނުން ފޮނުވާލީ ޒުމްރާއާ ދިމާއާ އާތިފް އަންނަ ތަން ފެނުމުންނެވެ.

“ޒުމްރާ.. އަހަރެން ވަރަށް އާރޖަންޓް ކަމެއް ޖެހިގެން މާލެ ދާން މިދަނީ… ޝީރީނާ ފަޒީލާވެސް އެބަ ތިއްބެއްނު… ތިމީހުން އެންޖޯއިކޮށްލާ… ތަހުމީނާ ކުއްލިގޮތަކަށް ހޮސްޕިޓަލަށް ގެންގޮސްފި… ޒުމްރާ ހާސްވާނެކަމެއް ނެތް… މިކޮޅުގަ ކޮންމެވެސް އެކަކު ހުންނަން ވާނެ.. ސޯ ޒުމްރާ ރިސޯޓުގަ މަޑުކުރޭ…” އާތިފް ވާހަކަ ދައްކަދައްކާހުއްޓާ ރިސޯޓުގެ ސްޓާފެއް އައިސް އާތިފް ކައިރިއަށް މަޑުކޮށްލިއެވެ. “ލޯންޗް އޮތީ ރެޑީގަ… ދުރުވޭ…”

ޒުމްރާގެ ކޮނޑުގައި ފިރުމާލުމަށްފަހު އާތިފް އެ ޒުވާނާއާ އެކީ އެއްފަރާތެއްގައި މަޑުކޮށްފައިވާ ބަގީއަށް އަރަން މިސްރާބުޖެހިއެވެ.

“އާތީ.. ޕްލީސް ނުދޭ… ކޮންމެ ފަހަރަކު ހަދަނީ ތިހެން.. އަހަރެން އެކަނިކޮށްފަ ނުދޭ…” ޒުމްރާގެ ހިތުގެ ގޮވުން އާތިފްއާ ހަމައަށް ވާސިލްކުރަން ބޭނުވި ނަމަވެސް ޒުމްރާގެ ދޫ ހަރަކާތެއް ނުކުރިއެވެ.

“މިރޭ  ދެން އާތިފް ނުގެންދިޔަޔަސް ވެދާނެދޯ… ޔަގީން ތަހުމީނާއަށް އިނގޭނެ މީ ތި ދެމީހުންނަށް ވަރަށް ހާއްސަ ދުވަހެއްކަން.. މީ އެ ތަހުމީނާ ގަސްތުގަ ކުރާނެ ކަމެއް… އޭނަގެ މަކަރުވެރި ރޭވުމެއް..”  ޝީރީންގެ ބަސްތައް އަޑުއަހަން ހުރި ޒުމްރާއަށް ރޮވޭ ގޮތް ވިއެވެ. އެ އެންމެންގެ ތެރޭގައި ހުންނަން އޭނާއަށް އުނދަގޫ ވިއެވެ. އެކަމުގައި ޒުމްރާއަކަށް އާތިފް ކުށްވެރިކުރެވޭކަށް ނެތެވެ. އެހެން ދިމާވީ އޭނާގެ ހުރި އުނިކަމަކުންނެވެ. ދަރިން ނުލިބުމުންނެވެ. އާތިފް ތަހުމީނާދެކެ އެހާ ލޯބިވަނީ އެހެންވެކަމަށް ޒުމްރާ ގަބޫލު ކުރެއެވެ.

ޒުމްރާ ކުރިއަށް ހިނގައިގަތީ ބީޗާ ދިމާއަށެވެ. މޫދު ކައިރިއަށް ނުކުމެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އޭނާގެ ދެއެކުވެރިން ގޮވާލުމުންވެސް ޒުމްރާ އެމީހުންގާތަށް ދާކަށް ބޭނުމެއް ނުވިއެވެ. އަރާފައިވާ ފައިވާން ބޭލުމަށްފަހު އަތުން ފައިވާން ހިފައިގެން ހުސްފައިގައި ގޮނޑުދޮށުން އެއް ފަރާތަކަށް މަޑު ހިނގުމެއްގައި ކުޅިވަރުތައް އޮތް ސަރަހައްދާ ދުރަށް ދާން ޒުމްރާ ހިނގައިގަތެވެ. ޒުމްރާ ބޭނުންވީ އެއްވެސް މީހެއްގެ ހިލަމެއް ނުވާނެ ހިސާބަކަށް ދާށެވެ.

ލޮލުން އޮހެމުން ދިޔަ ކަރުނަތައް އެ ކޯތާފަތުގައި ބޮސްދެމުން އައިސް ދަތްދޮޅި ދަށުން ތިކި ޖަހަމުން ދިޔައިރުވެސް އެއިން ކަރުނަ ތިއްކެއް ފޮހެލަން ޒުމްރާގެ އަތް ހަރަކާތެއް ނުކުރެއެވެ. ދޮންވެލިގަނޑުގައި ބީއްސަމުންދިޔަ ރާޅުގެ މިއުޒިކީ އަޑަށް ގެނބެމުން ދިޔަ އިރު ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން ޒުމްރާގެ ބަލިކަށި ހިތަށް ފިނިކަމެއް އިހްސާސް ވިއެވެ. އޭނާގެ ދިރިއުޅުމާ މެދު އޭނާއަށް ވިސްނެމުން ދެވުނެވެ.

އެކަނިވެރިކަން އިހްސާސްވާ ކޮންމެ ފަހަރަކު ޒުމްރާގެ މައިންބަފައިން މިދުނިޔޭގައި ތިބި ނަމައޭ ހިތަށް އަރައެވެ. އޭނާގެ ޅަ އުމުރުގައި ލޯބިވެގެން އޭނާ ކުރި ކައިވެނި ހަލާކުވެގެން ދާތަން ބަލަން ޒުމްރާއަށް ކެތްނުވަނީއެވެ. ދަރިއަކު ނުލިބުމުގެ ސަބަބުން އާތިފް އެކަމާ ހިތާމަ ކުރާކަން އެނގުމުން ޒުމްރާ ދެވަނަ ކައިވެންޏެއް ކުރަން އެއްބަސް ވީ އެއީ އާތިފްގެ އުފަލަކަށެވެ. ނަމަވެސް އެކައިވެނި ކުރި ފަހުން އާތިފް ބަދަލުވަމުން ދިޔަކަން ޒުމްރާއަށް ފާހަގަވިއެވެ. ޒުމްރާ އަތުގައި ފައިސާގެ ތަނަވަސްކަން އެބައޮތެވެ. ނަމަވެސް ލޯތްބަށް އޭނާގެ ހިތާ ޖިސްމު ފެންބޮވައިގެންފައިވާތާ އެތައް އަހަރެއްވީއެވެ. އޭނާ އެވަނީ ލޯބީގެ ދުނިޔޭގައި އެކަނިވެރިއަކަށް ވެފައެވެ. ބާކީވެފައެވެ.

ހިމުން ދޮންވެލިގަނޑު މަތީ ހިނގަމުން ދިޔަ ޒުމްރާގެ ފިޔަވަޅު ހުއްޓުމެއް އައީ އޭނާގެ ކަންފަތުގައި ޖެހުނު މިއުޒިކްގެ އަޑުން އޭނާގެ ހިތުގެ ހިމަ ނަރުތަކާ ކުޅެލުމުންނެވެ. ޒުމްރާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނުކަހަލައެވެ. އެއީ ގިޓައަކުން ކުޅެމުންދިޔަ މިޔުޒިކެއްގެ އަޑެވެ. އަޑު އަންނަމުން ދިޔަ ދިމާއަށް ޒުމްރާގެ ފިޔަވަޅު އަވަސްކޮށްލި އިރު ރާގު ކުޅެމުންދިޔަ ޒުވާނާގެ އަޑުން އެލަވައިގެ ބައިތު ކިޔާލި އަޑު ފަޒާގެ ތެރޭގައި ހިފާލީއެވެ.ގުދުރަތީ އެ ރީތި މާހައުލުން އިވެމުންދިޔަ އެ ފިރިހެންވަންތަ ރީތި އަޑުގެ ވެރިޔާ ބަލާލުމުގެ ޝައުގުވެރިކަން ބޮޑުވިއެވެ. އެކިޔަނީ ޒުމްރާއަށް ވަރަށް ރީތި ލަވައެކެވެ. އެކަނިވެރިކަން އިހްސާސްވާ ކޮންމެ ފަހަރަކު އެ ލަވައިގެ ކޮންމެ ބައިތަކީވެސް ޒުމްރާގެ ދިރުއުޅުމާ ގުޅޭ ލަވަޔެއްކަމަށް އެނާ ގަބޫލުކުރާ ވަރަށް ފުރިހަމަ ލަވައެކެވެ.

އެ ހޯދި އުފާތަކާ، އެ މަސްތީ ރޭތަކާ…

އެއައި މޫސުމް ނަޔާ، މިލާ ނެތިގެން ދިޔާ…

އެފަރި ހިނިތުންވުމާ އެރީތި ބެލުންތަކާ…

ހަނދެއްފަދަ ރީތިކަން ލޮލަށްވީ ގެއްލިފާ…

އެމަންޒިލްއަދު ކޮބާ؟.. އެހަނދުވަރު އޮއްސިފާ…

ހުރީވެވިފާ ބާކީ…

އެ ޒުވާނާގެ ރީތި އަޑުގެ ޖާދޫގައި ޒުމްރާ ޖެހިއްޖެއެވެ. އެ އަޑުގައި އެވާ އަސަރާއި ރިހުން ޒުމްރާއަށް އިހްސާސްވަމުން ދާ ކަހަލައެވެ. އެ ޒުވާނާގެ މޫނު ފެންނަ ހިސާބަށް ޒުމްރާއަށް އާދެވުމުން މަޑުޖެހިލިއެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ އެ ފަން އިސްތަށިގަނޑު ވަރަށްވެސް ހިތްގައިމެވެ. އަތް ދިގު ހުދުކުލައިގެ ޓީޝާޓެއްގައި ހުރި އިރު އޭނާ ލާފައިވަނީ މަޑު ނޫކުލައިގެ ޖީންސެކެވެ. ލަވަކިޔަމުން ދިޔައިރު އޭނާގެ ދެލޯވަނީ މެރިފައެވެ. މޫނުމަތީން ފެންނަމުން ދިޔައީ މާޔޫސްކަމާ ހިތްދަތިކަމެވެ. ޒުމްރާއަށް އޭރު ހުރެވުނީ އެ ޒުވާނާގެ ކުރިމަތީގައެވެ.

މަޑުމަޑުން އެ ޒުވާނާގެ ދެލޯ ހުޅުވާލަމުން ގިޓައަށް ބަލާލިއެވެ. ކުއްލިއަކަށް މީހަކު ކުރިމަތީ ހުރިތަން ފެނުމުން އެ ޒުވާނާއަށް ސިހުމެއް ލިބިގެން ދިޔައެވެ. އޭނާ އިށީނދެގެން ހުރި ގޮނޑިމަތިން އަރިއަޅާލައިގެން ނުވެއްޓުނީ ހަމަކިރިޔާއެވެ. ޒުމްރާ ކުރިއަށް ފިޔަވަޅެއް އަޅަމުން ސޮރީއޭ ބުނެލިއެވެ. އެ ޒުވާނާ އޭނާގެ ކަޅި ޒުމްރާއަށް ހަމަކޮށްލަމުން ބަލާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.

“ވަރަށް ރީތި ތި ކީ ލަވަ… ތީ އަހަރެންނަށް އެންމެ ރީތިލަވަ…ކީއްވެ މިތާ މީހުންނެތް ހިސާބެއްގަ އެކަނި ތީނީ…” ޒުމްރާ ވާހަކަ ދެއްކީ އޭނާގެ ހިތުގެ ރިހުން ފޮރުވަމުންނެވެ.

“ތީ… ކާކު؟.. އަނެއްކާ… ޖިންނިއެއްތަ؟…” އިކާންގެ މޫނަށް ވައްތަރެއް ޖައްސާލަމުން އެހެން އަހާލީ ފިޒާމްމެން ބުނި އެއްޗެއްގެ ސަބަބުންނެވެ.

އެމީހުންނާއެކީ ރިސޯޓަށް އިކާން އައީ ޒިވީގެ ހަނދާންތަކުން ދުރަށް ދާށެވެ. ނަމަވެސް ރަހްމަތްތެރިންނާ އެކީ ގިިނަ ވަގުތު ވާހަކަ ދައްކަން ހުންނަން ޖެހުމުން އޭނާއަށް އުނދަގޫވިއެވެ. ސަބަބަކަށްވީ އިކާންގެ ހުރިހާ އެކުވެރިންނަކީ ވަޒީފާގައި އުޅޭ ޒިންމާދާރު ބަޔަކަށް ވުމެވެ. އެ އެންމެންގެ ލަފަޔާ އިރުޝާދުހުރީ އެއް ދިމާއަަށެވެ. އިކާންގެ ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދެއްކުނު އިރު އެމީހުުންވެސް އައީ އިކާން ކުއްވެރިކުރަމުންނެވެ. އެމީހުންގެ ތެރޭ ހުންނަން ބޭނުންނުވާތީ ގިޓާ ހިފައިގެން އިކާން ހިނގައިގަތީ ގޮނޑުދޮށާ ދިމާއަށެވެ. އިކާން ހިތްހަމަނުޖެހިގެން ދަނީކަން އެނގުމުން ފިޒާމްމެން ދިމާ ކޮށްލަން ބުނި ބަސް އިކާންގެ ކަންފަތުގައި ގުގުމާލިއެވެ. “ތިދިމާލަށް އެކަނި ނުދޭ… ވަރަށް ރީތި އަންހެން ކުއްޖެއް ފެނެއޭ މި ރިސޯޓުގަ އުޅޭ ކުދިން ބުނޭ… އަވަ ލައިގެން އިކާން މޮޔަ ވެދާނެ…”

“ޖިންނިއެކޭ… ހެހެ.. ނޫނޭ… އަހަރެންމީ ތީނަ ކަހަލަ އިންސާނެއް… އެ ޕާޓީގަ ހުންނަން އަހަރެން ބޭނުން ނުވީ.. އެކަހެރި ވަގުތުކޮޅެއް ބޭނުންވީމަ ހިނގަމުން ހިނގަމުން މިހިސާބަށް އައިތަނުން ތީނަ ލަވަ ކިޔާއަޑު އިވިގެން މިއައީ.. އަސްލުވެސް ތި ލަވަ ކިޔައިދިިންގޮތް ވަަރަށް ރީތި…” ޒުމްރާ މިހެން ބުނަމުން ރަށުތެރެއަށް ބަލާލިއެވެ. ޒުމްރާގެ ކޮޓޭޖް ކައިރިއަށް އާދެވުނީކަން އެނގުމުން އޭނާ އެއްގަމަށް އަރަން މިސްރާބު ޖެހިއެވެ.

ޒުމްރާ ދާ ދިމާއަށް ބަލަން އިކާނަށް އިނދެވުނެވެ. ހިނގަމުން ކުރިއަށް ގޮސްގޮސް ހުރި ޒުމްރާ، ކޮރަކާއެކީ އެއް ފައި އުފުލާލަމުން އައްދޯއި އޭ ބުނި އަޑަށް އިކާން އެ ހުރި ތަނުން ތެދުވެ ޒުމްރާއާ ދިމާއަށް މިސްރާބު ޖެހިއެވެ. ޒުމްރާގެ ފައިތިލައަށް ބަލަން އޭނާ ގުދުވެގެން ހުރުމުން އިކާން އަތުގައިވާ ގިޓާ ދޮންވެލިގަނޑުމަތީ ބޭއްވުމަށްފަހު ޒުމްރާގެ ފަޔަށް ބަލާލިއެވެ. އޭނާގެ ފަޔަށްވަނީ އެއްޗެއް ހެރިފައެވެ. ތޫނުކޮށް އިން ހިމަ ގޮފިކޮޅެއް ޒާތުގެ އެތިކޮޅެކެވެ. މަޑުމަޑުން ޒުމްރާގެ ފައިގާ ހިފާލަމުން އިކާން އެ އެތިކޮޅު ދަމައިގަތެވެ. ވީތަދުން ޒުމްރާއަށް ޗޫސް ދަމާލެވުނެވެ. އެ އެތިކޮޅު ފައިން ވަކިވި ވަގުތު ކޮންމެވެސް ވަރަކަށް ފައިން ލޭވެސް އައެވެ. އެފައި ބިންމަތީ ނުޖައްސާ އެއްފައިމައްޗަށް ހުންނަން ޒުމްރާ މަސައްކަތް ކުރި ނަމަވެސް އަރި އަޅާލުމުން އިކާންގެ ހަށިގަނޑުގައި ޒުމްރާ ޖެހުނެވެ. ބޭއިޚްތިޔާރުގައި ޒުމްރާގެ ކޮނޑުގައި އިކާނަށް ހިފެހެއްޓުނީ ޒުމްރާ ވެއްޓިދާނެތީއެވެ.

އިވިގެން ދިޔަ ބާރު އަޑުފަށްގަނޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެމީހުންގެ ގަޔަށް އެޅުނު އަލިތަކުގެ ދަޅައިގެ ސަބަބުން ފަޒާގެ ތެރެއަށް ބަލާލެވުނެވެ. ރިސޯޓުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ހަވާއަރުވަން ފެށީކަން ޒުމްރާއަށް އެނގުމުން އިސްޖާހާލެވުނެވެ. ހިތާހިތުން ކައިވެންޏަށް 26 އަހަރު ވީއިރު އާތިފް ނެތުމުން އެކަނިވެރިކަން އިހްސާސްވިއެވެ.

އެ މަންޒަރަށް ބަލަން ތިބެވުނު އިރު އެ ދެމީހުންނަށް ތިބެވުނީ ކިހިނެއްކަންވެސް ރޭކާލީ އިރުގަނޑެއް ވީފަހުންނެވެ. ޒުމްރާ ލަދުން އިސްޖަހާލަމުން އިކާންގެ ހަށިގަނޑުން ދޫކޮށްލިއެވެ. ނަމަވެސް ކޮރެއް ޖަހަމުން ކޮޓޭޖަށް ދާން އޭނާއަށް ވަރަށް އުނދަގޫވިއެވެ.

“އަހަރެން ގެންގޮސްދީފާނަން… ކޮންތާކަށް ދާންވީ؟…” ޒުމްރާއަށް އެހީވާން އިކާން ބޭނުންވިއެވެ.

އަތުގެ ޝަހާދަތް އިނގިލިން ކޮޓޭޖަށް ޒުމްރާ އިޝާރާތްކޮށްލިއެވެ. ބިންމަތީ އޮތް ގިޓާ ނަގާ ޒުމްރާއަތަށް އިކާންގެ ގިޓާ ދިއްކޮށްލަމުން ހިފާށޭ ބުނެލިއެވެ. އިކާނާ ދިމާއަށް ޒުމްރާ ބަލާލީ ސުވާލުން ފުރިގެންވާފަދަ ބެލުމަކުންނެވެ. ގުދުވެލަމުން އޭނާގެ އަތްދަނޑި މައްޗަށްލާ ޒުމްރާ އުރާލިއެވެ. އިކާންގެ މޭމަތީގައި ޒުމްރާގެ ހަށިގަނޑު ލަށްވެގެން ދިޔަ ވަގުތު ޒުމްރާއަށް ތަފާތު އިހްސާސެއް ކުރެވުނެވެ. އިކާންގެ މޫނަށް ކަޅި ޖަހާނުލާ ޒުމްރާއަށް ބަލަން އޮވެވުނެވެ. ކޮޓޭޖާ ހަމައަށް ދެވުމުން އިކާންގެ ފިޔަވަޅު މަޑުކޮށްލިއެވެ. ޒުމްރާއަށް އޭރުވެސް އިނދެވުނީ އިކާންގެ މޫނަށް ބަލަން ގެއްލިފައެވެ.

“ތަޅުދަނޑި….” ޒުމްރާ ގާތު އިކާން އަހާލިއެވެ.

އަތްދަބަސް ހުޅުވާލަމުން އޭގެން ތަޅުދަނޑި ނަގާ އެ ދޮރު ޒުމްރާ ހުޅުވާލިއެވެ. ދޮރު ހުޅުވުނު އިރު އެތެރެއިން ފެނުނު މަންޒަރުން އިކާންގެ ފިޔަވަޅު ހުއްޓުނެވެ. ޕޫލަކާއެކު ފެންނަންހުރި ގެއެއްވަރުގެ ރީތި ތަނެކެވެ. ޕޫލްތެރޭގައިވެސް ވަނީ އެކި ކަހަލަ މާތަކުން ޒީނަތްތެރި ކޮށްފައެވެ. ޕޫލް ކައިރީގައި ހުރިމޭޒެއްގެ މަތީ ދެމީހަކަށް އެރޭގެ ކެއުން ތައްޔާރުކޮށްފައިވާއިރު މުޅި ތަންވަނީ މަޑު އޮރެންޖް ކުލައިގެ ފަނޑު އަލިން ދިއްލާލާފައެވެ. އެތެރެއަށް ވަދެގެން ދިޔަ އިރު އެތަން ފެނި އިކާނަށް ހުރެވުނީ އާޝޯޚް ވެފައެވެ. އެ މޭޒުކައިރިއަށް އައިސް ޒުމްރާ އަތްދަނޑިމަތިން ތިރިކޮށްލަމުން ޒުމްރާގެ ފައި ރަނގަޅުތޯ އިކާން އަހާލި އިރުވެސް އޭނާގެ ކަޅި އަމާޒުވެފައިވަނީ އެތަނުގެ ރީތިކަމަށެވެ.

“އާން.. އޯކޭ… އަހަންނަށް ކިޔަނީ ޒުމްރާ… ތީނަޔަށް ކޮން ނަމެއްތަ ކިޔަނީ؟… ވަރަށް ބޮޑަށް ޝުކުރިއްޔާ  މިހިސާބަށް ގެނެސްދިީމަ…” މޭޒުކައިރީހުރި ގޮނޑީގައި އިށީންނަމުން ޒުމްރާ އަހާލިއެވެ. “އިކާން… އަހަންނަށް ކިޔަނީ އިކާން… ދެން ގޮސްލަނީ…”

މޭޒުމަތީ ބަހައްޓާފައިހުރި ކޭކުގައި ލިޔެފައިވާ ނަންކޮޅު އިކާންގެ ލޮލުގައި އަޅައިގަތުމުން އޭނާ ބޭނުންވީ އަވަހަށް އެތަނުންދާށެވެ. ކޭކުގައި ހެޕީ އެނިވަރސަރީ ޖަހާފައިވުމުން ޒުމްރާގެ ފިރިމީހާ ކޮންމެ ވަގުތެއްގައިވެސް އައިސްދާނެކަމާމެދު އިކާން ކަންބޮނޑުވިއެވެ.

“ނޫން… ޕްލީސް މަޑުކޮށްބަލަ.. އަހަރެން މި ކޭކު ފަޅަން ޖެހޭނީ އެކަނި.. މި ކެއުންވެސް… ޕްލީސް ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަބަލަ… ހޭވް ޑިނަރ ވިތު މީ…” އާދޭހުގެ ރާގަކަށް ޒުމްރާ ވާހަކަ ދެއްކި އިރު އޭނާގެ ދެލޮލުން ކަރުނައިގެ ވިދުން ފާޅުވިއެވެ. ޒުމްރާގެ ދިރިއުޅުމުގައި ތަގްދީރު ކުޅުނީ ކިހާވަރެއްގެ ޑްރާމާއެއްކަން އިކާނަށް ނޭނގުނު ނަމަވެސް އެހިތުގައި ރިހުމެއް ވާ ކަން އިކާނަށް އެނގުނެވެ. އެހެންކަމުން އިކާން ގަސްތުކުރީ ޒުމްރާއާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އިކާންގެ ހިތަށްވެސް ލުއިކަމެއް ލިބޭނެކަމުގެ އުންމީދުގައެވެ.

ކެއުމަށް އިންސާފް ކުރުމަށްފަހު ދެމީހުން އެކި ވާހަކަތައް ހިއްސާ ކުރަމުން ދިޔައީ ދިރުއުޅުމާ ބެހޭ ގޮތުންނެވެ. އިކާންއަށް މިރޭ އެ ރިސޯޓަށް އާދެވުނު ގޮތް ސާފުކޮށް ކިޔައި ދިނުމުން ޒުމްރާވެސް އޭނާގެ ދިރިއުޅުން މިހިސާބަށް ދާން މެދުވެރިވީ ސަބަބުތައް ކިޔައިދިނެވެ. ދެމީހުންގެ ހަޔާތުގެ މާޒީގެ ހިތި ތަޖުރިބާތައް ހިއްސާކޮށް ނިމުނު އިރު އެ ދެމީހުންނަށްވެސް ތިބެވުނީ ޖަޒުބާތުތަކުން ފުރިފައެވެ. ދެލޮލުން ފޭދިގެން ދިޔަ ކަރުނަތިކި ޓިޝޫކޮޅަކުން ފޮހެލަމުން ޒުމްރާ ހިނިތުންވާން މަސައްކަތް ކުރިއެވެ.

“އިކާން… އަހަންނަށް ލަވައެއް ކިޔައިދޭންވީނު… އަހަރެން ވަރަށް އުފާވާނެ… ދެންމެ ކީ ލަވަ އެއްކޮށް ކިޔައިދެވިދާނެތަ؟..” ޒުމްރާގެ އެދުމަށް އިކާން ފުރަގަސްދޭކަށް ބޭނުމެއް ނުވިއެވެ. އިކާންގެ އަޑުން އެ ރީތި ލަވަ ކިޔައިދެމުން ދިޔައިރު ގިޓާގެ ނަރުތަކަށް އިކާންގެ ހިމަދިގު އިނގިލިތަކުން ފަރިތަކަމާއެކު ކުޅެލިއެވެ. ލަވަ އެއްކޮށްކިޔާ ނިންމާލުމުން ޒުމްރާ ގޮނޑިން ތެދުވެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް އޭނާއަށް ރަނގަޅަކަށް ނުހިނގުނެވެ.

އިކާން ޒުމްރާއަށް އެހީވާން ކައިރިވިއެވެ. އެވަގުތު ޒުމްރާގެ ހިތަށް ކުރަމުން ދިޔަ އިހްސާސުން ދުރަށް ޖެހިލިއެވެ. އިކާން ފަހަތަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ. ޒުމްރާ އުރާލައިގެން ކޮޓަރިއަށް ވަދެވެން ހުރި ދޮރާ ދިިމާއަށް މިސްރާބު ޖެހިއެވެ. އިކާންގެ މޫނަށް ބަލަން ޒުމްރާ އޮތް އިރު އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ޒުމްރާގެ މޫނަށް އިކާން ބަލައިލީ ހަމްދަރުދީއިން ފުރިގެންވާ ނަޒަރަކުންނެވެ. ޒުމްރާ ކަހަލަ އަންހެނަކަށް އެކަހަލަ ދެރަގޮތް މެދުވެރިވާންވީ ކީއްވެގެން ބާއޭ އިކާންގެ ހިތަށް އެރިއެވެ. ކޮޓަރިއަށް ވަނުމާއެކު ޒުމްރާގެ އަތުން ދޮރުފަތް ލައްޕާލިއެވެ. އިކާންގެ އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލަމުން އިކާނާ އޭނާ ގާތްވެލިއެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އާތިފްގެ މަތިން ހަނދާން ނައްތާލަން ޒުމްރާ ބޭނުންވިއެވެ.

*** *** *** *** *** ***

ޒުމްރާގެ ހަގީގަތް އެނގުމުން އިކާންގެ ހިތަށް އުނދަގޫތަކެއް ވިއެވެ. ކޮންމެ ގޮތެއް ވިޔަސް ދެން ޒުމްރާއާ އެފަދަ ގުޅުމެއް އިކާނަށް ބާއްވާކަށް ނުކެރޭނެއެވެ. ތާރާއަށް ކައިވެނި ކުރެވުނު ހިސާބުން ޒުމްރާއާ ދުރަށް ދާން ބޭނުންވިއެވެ. ނަމަވެސް އިކާނަށް އޭނާގެ ނަފްސު ކޮންޓްރޯލް ނުކުރެވުނީއެވެ. ތާރާއާ ޒުމްރާއާ އެހާ ގާތް ގުޅުމެއް އޮތްކަން އެނގިހުރެ  މިގުޅުން ކުރިއަށް ގެންދަން އިކާން ބޭނުމެއް ނޫނެވެ. ތާރާ ކައިރިއަށް މިފަދަ މޫޑެއްގައި ހުރެ ދާން ނުކެރޭނެތީ އިކާން ގަސްތު ކުރީ އެ ސްޓީޑިއޯގައި އިރުކޮޅަކު މަޑުކުރާށެވެ. ތަކުރާރުކޮށް އިކާންގެ ފޯނަށް އަންނަމުން ދިޔަ ފިޒާމްގެ ފޯނުކޯލަށް ޖަވާބުދޭންވެސް އިކާން ބޭނުން ނުވާތީ ފޯނުވެސް ނިއްވާލިއެވެ.

ސްޓޫޑިއޯގައި އިން އިކާން އޭނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލީ ބޮލުގައި އުފެދެމުން ދިޔަ ރިހުމާ ހެދި އެނދަގޫވާތީއެވެ. ގޮނޑިން ތެދުވެގެން އެއްފަރާތުގައި ހުރި ހަރާ ދިމާއަށް ގޮސް އެ ހަރުގައިވާ ސާމާނުތަކަށް އިކާން ބަލާލިއެވެ. އެއްފަރާތުގައި ތަރުތީބުކޮށް ބަހައްޓާފައިވާ ފައިލްތަކުން ކަޅުކުލައިގެ ފައިލެއް ނަގާ އެ ފައިލްގައިވާ ގަނޑުތައް އުކާލިއެވެ. އިކާންގެ ފުރިހަމަ ނަން ލިޔެފައިވާ ބްލޭންކް ޗެކެއް ފައިލްކޮށްފައިވާ ގަނޑަށް ހުޅުވާލެވުމުން ރަނގަޅަށް ބަލާލިއެވެ. އެ ޗެކްގައި ސޮއިކޮށްފައިވާ ފަރާތަކީ ޒުމްރާއެވެ. އެ ޗެކް ފެނުމުން އިކާންގެ ވިސްނުން ދަތުރުކުރީ މީގެ ތިން އަހަރު ކުރީގެ ދުވަހަކަށެވެ.

*** *** *** *** *** ***

ހާސްވެފައި ހުރެ އިކާން ހިނގަމުން ދިޔައީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އެއް އަތުން ގިޓާ ހިފައިގެން ހުރެ އިކާން އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އިކާނަށް ވިސްނެމުން ދިޔައީ ޒުމްރާއާ މެދުގައެވެ. އިކާނަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާ އަކީ މީހެއްގެ އަންބެއް ކަމެވެ. އިކާނާ ޒުމްރާއާ ދެމެދުގައި ހިނގި ގުޅުން އިކާން ބޭނުންވީ ފަސްއަޅާ ވަޅުލާށެވެ. އެވާހަކަ އެއްވެސް މީހަކާ ހިއްސާކުރާކަށް އިކާން ބޭނުމެއް ނުވިއެވެ.

އެއް ފަރާތެއްގައި ގިޓާ ބެހެއްޓުމަށްފަހު އިކާން ގޮސް އޭނާގެ އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހެއް ގެނެސް މޭގައި ޖައްސާލަމުން އެ ބާލީހުގައި ދެއަތުން ބައްދާލިއެވެ. ރޭގަ ރޫމަށް ނައިސް އުޅުމުގެ ސަބަބުން އޭނާގެ އެކުވެރިން ހާސްވާނެކަން އިކާންގެ ހިތަކަށް ނާރައެވެ.

“އިކާން… ކޮންތާކަށް ދިއައީ؟.. އަހަރެމެން ހާދަ ގުޅީމޭ.. ތިގޮލާ ބޭރަށް ދިއައީ ފޯންވެސް ބާއްވާފަ.. ބަގީއެއްގަ ނުކުމެ މުޅި ރިސޯޓް އަހަރެމެން ބެލިން އެކަމަކު ނުފެނުން.. ކޮންތާކަށް ދެމިގަތީ…” ފާޚާނާއިން ނުކުތް ފިޒާމަށް އެނދުގައި އޮތް އިކާން ފެނުމުން އަހާލިއެވެ.

“ހޫމް ރޭގަ ދޯ… އެވާހަކަ ނުދައްކާ…” އިކާން ދެލޯ މަރާލީ ފިޒާމްގެ ސުވާލުތަކަށް ޖަވާބެއް ދޭން ބޭނުން ނުވާތީއެވެ.

“އެހެންތަ.. ދެން ރެޑީ ވާންވީނު.. މާލެ ނައްޓާލަންވީ… ހިނގާ އޭރަށް ސައެއް ބޯލަން ދާން….” ފިޒާމްގެ ބޮލުގައި ފުނާއަޅަމުން ވާހަކަ ދެއްކިއެވެ. އިކާން ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ ސައިބޯން ދާށެވެ. އެނދުން ތެދުވެ ފިޒާމާ އެކީ ބޭރަށް ނުކުމެގެން ދިޔައީ ގެސްޓް އޭރިއާ އަށެވެ.

ރެސްޓޯރަންޓަށް ވަދެ ބުފޭއަށް ހުރި އެއްޗިހިތައް ކައިރިއަށް ހުއްޓެމުން އިކާން ބޭނުންވާ ތަކެތި ތައްޓަކަށް އަޅައިގެން އައިސް ހުސްކޮށްހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. އޭރު ފިޒާމް ދިޔައީ އޭނާ ބޭނުންވާ ތަކެތި ތައްޓަކަށް އަޅަމުންނެވެ. ކެއުމަށް އިންސާފުކުރަން ފެށިތަނާ އިކާނަށް މަޑުޖެހިލެވުނީ އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނު އަންހެން މީހާ ފެނުމުންނެވެ.

އިކާން އެކަނިމާ އެކަނި މޭޒެއްގައި ކާން އިންތަން ފެނުމުން ޒުމްރާ އެ މޭޒު ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިއެވެ. އިކާނަށް އެވަގުތު ބަލާލެވުނީ އެ މޭޒާ ދިމާއަށް ހިނގާފައި އަންނަމުން ދިޔަ ފިޒާމް އަށެވެ. އިކާނާ އެކު ރިސޯޓުގެ އޯނަރ ފެނުމުން ފިޒާމްގެ ފިޔަވަޅަށް ހުއްޓުމެއް އައެވެ. އިކާންގެ ބަލާލުމުން ފިޒާމަށް ދުރުގައި މަޑުކޮށްލަންވީކަން އެނގުނެވެ. ފިޒާމް އެ މޭޒާ ކައިރީގައި ހުރި އެހެން މޭޒަކާ ގާތްވެލުމުން އިކާނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އިކާންގެ މޫނަށް ބަލާލަމުން ޒުމްރާގެ އަތްދަބަސް ހުޅުވާލިއެވެ. ޒުމްރާ ކުއްލިއަކަށް އައި ކީއްކުރަން ކަން އިކާނަކަށް ނޭނގުނެވެ. ޒުމްރާ ދައްކަން އުޅޭ ވާހަކައެއްގެ އޮޅުން ފިލުވުމުގެ ބޭނުމުގައި އިކާން އަތުގައިވާ ސަމްސާ ތަށީތެރޭ ބޭއްވުމަށްފަހު މޭޒުމަތީ ހުރި ފޮތިކޮޅުނަގާ އަތާއި ތުންފަތް ފޮހެލިއެވެ.

“ހެއި.. ރޭގަ ވީ ކަންތައް އެއީ ނުވާ ކަމެއް.. އަހަރެން ދުވަހަކުވެސް މިހެން ކައިވެނިން ބޭރުން އެހެން މީހެއް ކައިރިއަކަށް ނުދަން.. އެއީ ވަރަށް ބޮޑު މިސްޓޭކެއް.. މި ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތި.. އިކާނަށް އަހަރެން ބޭނުންވަރަކަށް ފައިސާ ދީފާނަން.. އިކާންގެ ދިރިއުޅުމަށް ބޭނުމީ ފައިސާގެ ތަނަވަސްކަމެއްނު.. އަން މިއޮތީ ބްލޭންކް ޗެކެއް.. އިކާން ބޭނުން އަދަދަކަށް ފައިސާ ނަގަންވީ.. ދެން ދިޔައީ.. ހޯޕް އައި ކޭން ޓްރަސްޓް ޔޫ..” އިކާން ދޭނެ ޖަވާބަކަށް ބަލާލުމެއް ނެތި ޒުމްރާ އެ ރެސްޓޯރަންޓުން ބޭރަށް ދާން ހިނގައިގަތީ އަތުގައި އޮތް އަވިއައިނު ލޮލުގައި އަޅާލަމުންނެވެ.

“ވާވް… އިކާން.. ވަޓް ޑިޑް ޔޫ ޑޫ.. ދައްކަބަލަ ތި ބަލާލަން..” އިކާން ކައިރިއަށް އައިސް ހުސް ގޮނޑިއެއްގައި އިށީނުމަށްފަހު އިކާންގެ އަތުގައި އޮތް ޗެކް ދަމައިގަންނަމުން ފިޒާމް ވާހަކަ ދެއްކިއެވެ.

“އަ ބްލޭންކް ޗެކް… ކިހިނެއް މިވީ؟.. މަށަށް ކިޔައިދީބަލަ..” ފިޒާމް އިނީ އެ ވާހަކަތައް އެނގެން ބޭނުންވެފައެވެ. ޒުމްރާ ބުންޏަސް އެވާހަކަތައް ފިޒާމަށް ކިޔައި ނުދީ ނުހުރެވޭނެތީ އިކާން އެހުރިހާ ވާހަކައެއް ފިޒާމާ ހިއްސާކުރިއެވެ.

“އިކާނަށް އިނގޭތަ އެއީ ކާކުކަން؟.. އެއީ މި ރިސޯޓުގެ އޯނަރ.. މި ރިސޯޓަށް ކިޔަނީ ޒުމްރާ ރިސޯޓް އެންޑް ސްޕާ… އެއީ މެޑަމް ޒުމްރާ…” ފިޒާމްގެ ފަރާތުން ޒުމްރާއަކީ ކާކުކަން އެނގުމުން އިކާން ހުރީ ހައިރާންވެފައެވެ.

“މަށަކަށް ތިއެއް ނޭނގޭ.. އެއީ އޯނަރކަން އިނގޭނަމަ މަ އޭނާ ކައިރިއަކަށް ނުދާނަން.” އިކާނަށް ކުރެވުނީ މޮޔަކަމެއްކަން އެނގުމުން އިސްތަށިގަނޑުގައި އަތް ހާކާލެވުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެދުވަހަށްފަހު އެއްމަސް ދުވަސް ވޭތުވެދިޔައިރުވެސް އިކާން އެ ޗެކަށް ފައިސާއެއް ނުނަގައެވެ. އެ ޗެކްގައި ދީފައިވާ ތާރީޚް ފަހަނައަޅާ ދިޔައިރުވެސް އިކާން ފައިސާ ނުނެގުމުން އެކަމުން ޒުމްރާއަށް ހައިރާން ކަމެއް ލިބުނެވެ. އާތިފްގެ ފަރާތުން އަޅާލުމާ އޯގާތެރިކަން ނުލިބި ހޭދަވާ ގިނަ ދުވަސްތަކުގައި އިކާން މަތިން ޒުމްރާ ހަނދާންކުރެއެވެ. އިކާނާ ބައްދަލުކޮށްލަން އޭނާގެ ހިތް އެދެމުން ދިޔައެވެ.

ފިޒާމްމެން ގޭގެ ފާޚާނާއިގައި ފެންވަރަން އިކާން ހުއްޓާ އޭނާގެ ކަންފަތުގައި ޖެހުނީ ފިޒާމްގެ އަންހެނުންގެ ރުޅިވެރި ބަސްތަކުގެ އަޑެވެ. “ފިޒާމް ކައިރީ ކިތައް ފަހަރު ބުނެފިން ރައްޓެހިން ގޮވައިގެން ދިރިއެއް ނޫޅެވޭނެ… އަހަރެމެން އަމިއްލަ ހާލައިގެން ނޫޅެވޭ އިރު ކިހިނެއް މީހަކު ގޮވައިގެން އުޅޭނީ.. އިކާނަކީ އަމިއްލައަށް މަސައްކަތެއް ކޮށްލަން ކެރޭ ފިރިހެނެއް ނޫން.. ފިރިހެނެކޭ ބުނަން ލަދުވެސް ގަނޭ…”

“ސާބަސް.. ތިހާ ބާރަށް އެއްޗިހި ނުކިޔަބަލަ.. އެއީ މަގޭ ރައްޓެއްސެކޭ.. އޭނާއަށް އަޑު އިވިދާނެ…. ހެޔޮނުވާނެ.. ރުޅި މަޑުކޮށްބަލަ… އަހަރެން ގޮތެއް ހަމަޖެއްސޭތޯ ބަލާނަން.. ހަފްތާއެއް ދީ…” ފިޒާމްގެ އަންހެނުންނަށް އޭނާ ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ފާޚާނާއިން ނުކުމެގެން އިކާންގޮސް ކޮޓަރިއަށް ވަދެ ޖީންސަކާ ޓީޝާޓެއް ލިއެވެ. އަތުން އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު އޭނާގެ ޖިންސު ޖީބުގައިވާ ވޮލެޓް ނަގާ ހުޅުވާލިއެވެ. އެންމެ ފައިސާއެއްގެ ނޫޓެއްވެސް ނެތް އެ ވޮލެޓް ތެރެއިން އޭނާ ނެގީ ޒުމްރާ ދިން ބްލޭންކް ޗެކެވެ. އިކާނަށް އެ ޗެކަށް ފައިސާ ނަގަން ބޭނުން ނުވީ ޒުމްރާއާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭތީއެވެ. ނަމަވެސް މިވަގުތު އިކާން އެވަނީ ފައިސާގެ އެހީތެރިކަމަކަށް ބޭނުންވެފައެވެ. ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔަ އިކާނަށް ނޭވާ ނުލެވޭނެ ވަރަށް ދިރުޅުމުގެ ދަތިކަމުގެ ފެންގަނޑު ބޮޑުވެ ގެނބުމާ ދާދި ކައިރި ވެއްޖެ ކަން އެނގުމުން މަގެއް ހޯދަން އޭނާއަށް މަޖުބޫރުވިއެވެ.

ފޯނު ހިފައިގެން އިކާން ބޭރަށް ނުކުތީ ރިސޯޓުގަ އުޅޭ ރައްޓެއްސަކަށް ގުޅައިގެން ޒުމްރާއަށް ގުޅޭނެ ގޮތެއް ވޭތޯއެވެ. އެތައް މަސައްކަތަކަށްފަހު އިކާނަށް ޒުމްރާގެ ނަންބަރު ލިބޭގޮތް ވުމުން ހިތްހަމަ ޖެހުމެއް ލިބުނެވެ. އަވަހަށް ޒުމްރާގެ ފޯނަށް ގުޅާލީ އެތައް އުންމީދަކާ އެކުގައެވެ.

(ނުނިމޭ)

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތައް

Next

ވޭނީ ކަރުނަ -1

Next
December 25, 2016

ވޭނީ ކަރުނަ -1

Previews
December 25, 2016

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތައް

23 Comments

  1. roassy says:
    December 25, 2016 at 5:40 pm

    Maves mihury baakyvefa. Insha allah thi xumra ulhey gothakah noolheynun.

    1. xo says:
      December 25, 2016 at 5:48 pm

      Vaahakain thikahala ibraiy naganvee… Baakeeviyax ehen ulheykah nuvaane. But ehen ulhey meehunvex ulhey… Story is amaxing.

  2. Ina says:
    December 25, 2016 at 6:04 pm

    Wow nice story waiting for next part.. pls avahah upload kohdheythi.

  3. me says:
    December 25, 2016 at 6:14 pm

    VAAHAKA V NICE. BT MAA LAHY UP KURAA GOI.

  4. Vaahaka foshi says:
    December 25, 2016 at 6:27 pm

    Haadha lahun up kolleveny. ………saaaààad

  5. Anonymous says:
    December 25, 2016 at 7:31 pm

    ❤️️❤️️❤️️

  6. Ayya says:
    December 25, 2016 at 8:41 pm

    varah nice hama,,, meehun kiya ehchesah nuvisna kuri ah vadaiy gannava,,, lyn ah vaane yageen

  7. xo says:
    December 25, 2016 at 9:18 pm

    Wow.., miadhu hendhunussureh belin mi vaahaka upveytho.. Finally mi kiyaaaleee.. Varah salhi.. Alhe ikaaan dhw.. Ikaan pls dont call zumraa..

  8. jumko says:
    December 25, 2016 at 9:37 pm

    Vaavaaa vaasareeee. Vaahaka varah superb. Ikaaaaaaaan kahala kitha zuvaanun ulheyne. Zumraa kahala kithamme rich anhenuneh ulhey faisaage dhalha dhakkaigen zuvaan kudhin emeehunge mushuthereyah laigen. Guys mi vaahakain ibratheh nagaifiyyaa u can survive without ruining ur life. Shaaaazly ur storys ge sababun gina baehgge loa hulhuveyne. Ur doing a good work. Appreciate it. Goodluck

  9. Anonymous says:
    December 25, 2016 at 10:11 pm

    VV REEETHI

  10. marsh says:
    December 26, 2016 at 12:08 am

    Obinesss 2 da maxzzz ???

  11. Lai says:
    December 26, 2016 at 4:16 am

    One of the best story writer in esfiya. Continuously has written stories to this site n kept us entertained with unique pieces. Im glad to see u still writing like that. Can see how passionate ur. N have seen alot of improvement in ur wrting so far. Am eagerly waiting for the second season of mansha. U already replued to me through facebook page. That u will upload it on 2017. just dont drag it. Cant wait to read it. We love ur work. Hoping to meet u in person. Tc. ?

  12. Aish says:
    December 26, 2016 at 9:41 am

    Alhe vaahaka up kuraaleh las vyma Kurin part ga vy goi ves maa rangakhakah handhaan nuhurey…. Can someone tell me aathif and thahumynaa aky kon Baeh kan??

    1. teicrca says:
      December 26, 2016 at 1:05 pm

      ei ican ge maidhaitha aai dhonbafaibe plus icange sirru loabiveriyage firimeeha hehehe

  13. fio says:
    December 26, 2016 at 2:36 pm

    beautiful story… kiyaa hithun kiyaaleve kahala vaahaka e mee.. vara awsum.. keep it up..waitin to c wot happns next..

  14. mary says:
    December 26, 2016 at 4:26 pm

    Wow…. Past aima dhw mi aslu vee goiy getvany. Nice varah nice. Waiting

  15. ahmmadey says:
    December 26, 2016 at 6:13 pm

    I knw a v similar thing happened to someone clise to me. Anekkaa mre e kujjaage lifege vaahakatha. Varah matchng. The story is amazng.

  16. gahaa says:
    December 26, 2016 at 6:36 pm

    Amihlla ah comment kohllaigen hiy hama jahsaalun eyee rangalhu gothe. Ehennu Shaz. Thedha bunanyaa adhi molhey bunaa varah ves nudhey. Rangalhe bunevidhaane. Esifiya ge Shine men kahala writers aaah balaafa. Eyee more experience and liyun vex molhu v ma. stop praising ur self

  17. ❤ BEAUTY ❤ says:
    December 26, 2016 at 6:43 pm

    hahahaaaa…. gahaaa what a comment. Shazlyn the foshifalhaa

    1. Hadi gillaa says:
      December 27, 2016 at 11:46 pm

      Ehn kiya kiyaafa ves vaahaka kiyan dho

  18. grrrrr says:
    December 26, 2016 at 7:28 pm

    Nice story

  19. Ruhi says:
    December 27, 2016 at 9:23 pm

    fooohi vaahaka eh

  20. wadhee says:
    December 29, 2016 at 1:17 pm

    vaahaka ves reeche noon. readers bunaa comment vez ade naahaa. esfiya in fenunu enme goi bodu foni writer. mi level ga adhi mihaavaru iru… dhen mi vaahaka nukiyaanan.

Comments are closed.

All Right Reserved!