Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (2)

shafu Level 110 Stories100 Comments
December 25, 2016 4 Mins Read
13 Comments

މެހެކް ހިތްބިރުގަންނަން ފެށިއެވެ. އޭނާ ބާރުބާރަށް އަތްދަބަހުގައި ހިފައްޓާލައިގެން ހަމަ އެހާމެ ހިނގުންވެސް ބާރުކޮއްލިއެވެ. “މަޑުކޮށްލެވިދާނެތަ؟” ފަހަތުން ކައިރިކުރަމުން ދިޔައީ ފިރިހެނެއްކަން އެނގުނެވެ. މެހެކް ހާސްވާން ފެށިއެވެ. ނަމަވެސް ހިނގުމަށް ބަދަލެއް ނުގެެނެއެވެ. “މެހެކް” އަނެއްކާވެސް އެއަޑުން ގޮވާލިއެވެ. ވަރަށް މަޑުމަޑުންނެވެ. ހަދާނެ ގޮތަކާއިމެދު މެހެކް ވިސްނާލިއެވެ. އޭނާ ހުއްޓުނެވެ. ފަސް އެނބުރި ބަލާލީ އެމީހަކު އޭނާގެ ނަމުން ގޮވާލީމައެވެ. ނޫންނަމަ އެބާރު ހިނގުމުގައި އޭނާ އެދިޔަގޮތަށް ދިޔައީހީއެވެ. މެހެކް ހުއްޓި ފަހަތަށް އެނބުރި ބަލާލި އިރު ސައިކަލް ހުއްޓާލައިގެން، ހަރަމް ބަނދެލައިގެން ރީތި ޒުވާނަކު އިނެވެ. މެހެކް ބަލާލުމާއެކު އޭނާ ވަރަށް ރީއްޗަށް ހީލިއެވެ. ނުވެސް ދަންނަ މީހެކެވެ. ނޫނެކެވެ. ކޮންމެވެސް ތާކުން މެހެކް އޭނާ ދުށް ހަނދާނެއް ވެއެވެ. “މިހާ އަވަހަށް ނައްޓާ ކެވެލިކޮޅެއްތަ އަޅައިގެންތިއުޅެނީ”. ވަރަށް ދަންނަ މީހަކާ ކުރާ ކަހަލަ ސުވާލެއް ކެވެލިކޮޅެއް ދިއްކޮށްލަމުން އޭނާ ކުރިއެވެ. އެ ކެވެލިކޮޅު ފެނުމުން މެހެކް ހައިރާންވިއެވެ. ހުރިގޮތަށް ހުރެ ކުޑަކޮށް ތިރި ވެލާފައި ދެފަޔަށް ބަލާލިއެވެ. އާއެކެވެ. އެއީ އޭނާގެ ކެވެލިކޮޅެވެ. އެ ނެތްކަންވެސް އޭނާއަށް އެ އިނގުނީ ދެންމެ އެވެ. ވެއްޓުނު އިރެއް އަދި ތަނެއްވެސް އޭނާއަކަށް ނޭނގެއެވެ. “ކިހިނެއް މިލިބުނީ؟ ވަރަށް ބޮޑަށް ތޭންކަސް”.     މެހެކް ޝުކުރުވެރިވަމުން ސުވާލެއް ކޮށްލިއެވެ. “އަހަރެން ފެނުނުތަނެއް ހަނދާން ވެއްޖެތަ؟” ބީރައްޓެހި ގޮތަކަށް މެހެކް ބަލަން ހުރުމުން އެ ޒުވާނާ ވެސް ކޮށްލީ ސުވާލެކެވެ. “ހީވޭ ދެކުނު ހަނދާނެއްވާހެން، ކާކުތީ؟”. މެހެކް ހަނދާން  ކުރަން ބޭނުން ވިއެވެ. “ހަނދާން ނެތިއްޔާ އަޅާނުލާ، ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ، ވަގުތުޖެހުނީމަ ހަނދާންވާނެ، ދެން ދަނީ”. މެހެކް އަޖާއިބުވިއެވެ. މެހެކްއަށް އޭނާ ނޭނގޭއިރުވެސް، އޭނާއަށް މެހެކް އެބައިނގެއެވެ. އިތުރު ބަހެއް ބުނާނެ ފުރުސަތެއް އޭނާ ނުދިނެވެ. ހިތުގައި ހަރުލާފަދަ ޖުމްލަތަކެއް ބޭރުކޮއްލުށް ފަހު ސައިކަލް ދުއްވާލިއެވެ.

ދަރިފުޅު އައިސް ގެއަށް ވަނުމާއެކު ސިޓިންގްރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒާހިދާއަށް ހަމަޖެހުން ލިބުނެވެ. “މަންމަ ހާސްވެގެން މަރުވަނީދޯ؟ އަހަރެން މިހުރީއޭ”. މަންމަ ހުރިގޮތް ފެނިފައި މެހެކް ހިނިތުންވަމުން  ސަމާސާކޮށްލިއެވެ. “ދަރިފުޅާ އަވަހަށް ކާން އުޅޭ”.  “މަންމާ އަހަރެން މިރެއަކު ނުކާނަން، އޮފީހުގައި ބަނޑުހައި ވެގެން ދީޕްތީއާއެކު ޕިއްޒާ ކައިގެން މިއައީ، ވަރަށް ވަރުބަލި ފެންވަރާލައިގެން ނިދާލަން ބޭނުންވަނީ”. ފެންވަރާލައިގެން އޭނާ ނިދަން އޮތެވެ. ނަމަވެސް އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. ހަށިގަނޑުގެ އެތެރެއިން ހިތުގައިވަނީ މަޑުރިހުމެއް އުފެދިފައެވެ. ހިތް ނުތަނަވަސްވާން ފެށިއެވެ. ހޫނުވާހެންވެސް ހީވާން ފެށިއެވެ. މެހެކް ހިޔާލަށް އަންނަނީ އެ ރީތި ސޫރައެވެ. އޭނާ ބުނެލި މާނަ ފުން ޖުމްލަތަކެވެ. އޭނާގެ ނަމާއި ކެވެލިކޮޅު ހޯދި ތަނަކާއިމެދު އޭނާ ވިސްނިއެވެ. ނަމަވެސް އެއީ އެޒުވާނާގެ ފަރާތުން ނޫނީ ޖަވާބް ނުލިބޭނެ ސުވާލުތަކެކެވެ. މެހެކް ހަނދާނަކަށް އެކައްޗެއްވެސް ނައެވެ. ދަންވަރު އެކެއް ޖެހިއިރުވެސް މެެހެކް އޮތީ ހޭލައެވެ. ނިދިނައުމަށް   މެދުވެރިވި ސަބަބާމެދު ހައިރާންވެފައެވެ.  އެހެން އޮއްވާ އޭނާއަށް ނިދިޖެހުނު އިރެއްވެސް ނޭނގެއެވެ.      ސިއްސައިގެންގޮސް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ.ގުޅަނީ ބޮޑުބޭބެއެވެ. ހެނދުނު އަށްގަޑިބައި ވަނީއެވެ. އޮފީހަށްދަނީ އަށެއް ޖަހާއިރުކަމުން ބޮޑުބޭބެ އެގުޅަނީ       އޮފީހަށް ނައިސްގެންކަން  އެނގުނެވެ. އަވަސް އަވަހަށް މެހެކް ފޯނު ނެގިއެވެ. “ދަރިފުޅު އޮފީހަށް ނާންނާތީ ކަމެއް ގޯސްވީކަމަށް މިގުޅަނީ، މަންމައަށްވެސް ގުޅައިފިން މަންމަވެސް ފޯނެއް ނުނަގާ”. “ނޫނޭ ބޮޑުބޭބޭ ދެންމެ ހަމަ މި ހޭލެވުނީ، މަންމަ ވެސް އޮތީ ނިދިފަ”. މަންމައަށް ބަލާލަމުން މެހެކް ބުނެލިއެވެ. “ތައްޔާރުވެލާފައި ގުޅާއިނގޭ، ބަލާދާނަން”. ފޯން ބޭއްވުމަށްފަހު އަނެއްކާވެސް މެހެކް މަންމައާއި ދިމާއަށް ބަލާލިއެވެ. ތައްޔާރުވެލައިގެން ނުކުންނަމުން އޭނާ މަންމަ އަށް ގޮވާލިއެވެ. “މަންމާ ބަލީތަ؟، ނުތެދުވަނީ ކީއްވެ؟”. “އައްދެ ދަރިފުޅާ ނުވައެއް ޖަހަނީދޯ، ނޭނގެ ރޭގަ ނިދިއިރު ކުޑަކޮށް ބޮލުގައި ރިހުމެއްހުރި، މިހާރުވެސް އެބަ ރިއްސާ”. ބޮލުގައި ކުޑަކޮއް އަތްޖައްސާލަމުން ޒާހިދާ ބުނެލިއެވެ. މެހެކް ވަރަށް ދެރަވިއެވެ. “އެހެންވިއްޔާ އަހަރެން މިއަދު އޮފީހަކަށް ނުދާނަން”. ފެންކަޅިވެފައި މެހެކް ބުންޏެވެ. “ނޫން ނޫން ދަރިފުޅުދޭ، މަންމަ އިރުކޮޅަކު އޮށޯވެލާފަ ތެދުވާނަން”. “މަންމާ އެކަމް ހަނދާންކޮށް ބޭސް ކާތި”. އެހެން ބުނެ މަންމަ ގައިގައި ފިރުމަ ފިރުމާފައި އެންމެފަހުން އޭނާ ގެއިން ނުކުތެވެ. ސިޑިން ފައިބަމުން މެހެކް ބޮޑުބޭބެ އަށް ގުޅާލިއެވެ.  ގޭދޮށުގައި އޭނާ ހުއްޓި ހުރީ ބޮޑުބޭބެގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ތަންކޮޅެއް ދުރުން ސައިކަލެއްގައި އަންނާތީ ފެނުނު ޒުވާނާއަށް މެހެކްގެ ނަޒަރު ހުއްޓުނެވެ. އެންމެ އަޅައިގަންނަ ކަމަކަށްވީ ވިހުރި ވިހުރި ހުރި އޭނާގެ ބޮލުގެ ފަން އިސްތަށިގަނޑެވެ. މެހެކްއާއި ކައިރިވަމުން އައިވަރަކަށް އެއީ ރޭގައި ފެނުނު ޒުވާނާކަން ދެނެގަނެވުނެވެ. ލަދުން އިސްޖަހާލީ މެހެކް އެހެންވެއެވެ. އައިގޮތަށް އައިސް އޭނާ ސައިކަލް ހުއްޓާލިއެވެ. އޭނާ ޖަހާފައިވާ ސެންޓުގެ މީރުވަސް ދުވަންފެށިއެވެ. އޭނާ ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެން ހީވިއެވެ. ހަމައެވަގުތު ބޮޑުބޭބެ އެތަނަށް އައެވެ  ސައިކަލަށް މެހެކް އެރުމާއެކު އޭނާ ވަރަށް ފުންކޮށް މެހެކްގެ މޫނަށް ބަލަން އިނެވެ. އަދި ވަރަށް ލޯބިން ހިނިތުންވެލިއެވެ. އޭގެފަހުން މެހެކް އެ ޒުވާނާ ދެކޭހިތްވެއެވެ. އޭނާގެ ރީތި ސިފައާއި ހަރަކާތްތަކުގެ ޖާދޫގައި ޖެހެނީއެވެ އޭނާ އާއި ވާހަކަ ދައްކާ ހިތްވަނީއެވެ. ނަމަވެސް އެފަދަ ކަމަކަށް ވިސްނުމުގެ ކުރިން އޭނާ ވިސްނަންޖެހޭ އެހެންކަމެއް އެބައޮތެވެ. އެއީ އޭނާގެ އުންމީދުތަކެވެ. މަންމަ އޭނައާއިމެދު ދެކެމުންއައި ހުވަފެން ތަކެވެ. އޭނާ އިހަށް ވިސްނަންޖެހޭނީ އެކަމާއެވެ.                                                           އެދުވަހުގެ ހަވީރުގެ ވަގުތެކެވެ. އޮފީހުގެ މަސައްކަތްތައް ތަންކޮޅެއް އަވަހަށް ނިމުނެވެ. އިސްދަށަށް ޖަހައިގެން ހިޔާލް ތަކަކަށް ގެއްލިފައި ހުއްޓައި މެހެކްއަށް ގެއާ ހަމައަށް އާދެވުނެވެ. ކުއްލިއަކަށް މީހަކު އޭނާގެ ކުރިމައްޗައް އެރިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އަނެއްކާވެސް އެއްކަލަ ޒުވާނާއެވެ. ހިތުގެ ވިންދު އަވަސް ވިއެވެ. ނުވެސް ދަންނަ މީހަކަށްޓަކައި އޭނާގެ ހިތުގެ ވިންދު ޖަހަނީއެވެ. “ވަރަށް އުނދަގޫ ކުރެވޭ ދޯ އެބަ”، އަހަރެން ވާހަކައެއް ބުނަންތަ؟”. ކަޅިޖަހާނުލައި ބަލަންހުރެ އޭނާ ވަރަށް ކެރިގެން އަހާލިއެވެ. “ހޫމް”. މެހެކްގެ ހުއްދަ ލިބުމުން އޭނާ ދެޖީބައް އަތްޖަހާލައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންގެ ނަމަކީ އާހިލް، އަހަރެން ވަރަށް ދުވަސް ވެއްޖެ މިހެން އުޅޭތާ، މެހެކް ގްރޭޑް ދިހައެއްގައި އުޅުނު އަހަރު އަހަންނަށް ފުރަތަމަ ފެނުނީ، އެއިރުއްސުރެ އަހަރެން މެހެކް އުޅޭނޫޅޭގޮތް ބަލަން، އޭގެފަހުން  މިހާރު ދެއަހަރަށް ވުރެ ގިނަވީ، އޭނާ ފުން ނޭވާއެއް ބޭރުކޮއްލިއެވެ. “ދެން އަހަރެންގެ ނަމާއި ކެވެލިކޮޅު ލިބުނީ ކިހިނެއް؟”. އޭނާ އެންމެ ކުރާހިތުން އުޅުނު ސުވާލް ކޮއްލިއެވެ. “ނަން އިނގުނު ގޮތް ފަހުުން ކިޔައިދޭނަން، އެކަމަކު މެެހެކް އަދިވެސް ހަނދާނަކަށް ނާދޭދޯ، އެއީ މެހެކް ވާރެޔާ ތެމުނު ދުވަހެއް، އަހަންނަށް އިނގޭ މެހެކް ވަރަށް ވާރެއާ ތެމޭހިތްވާކަން، ވަރަށް ގިނައިން ތިގޭ ކައިރީ ހުއްނަން، އެގޮތަށް ހުންނަ ދުވަހަކު ވާރޭ ވެހިއްޖެނަމަ މެހެކް ތެމޭތަން އަހަރެން ދެކެން، އެއީވެސް އެކަހަލަ ދުވަހެއް ބޯކޮށް ވެހެމުންދިޔަ ވާރޭގައި އަހަރެންވެސް ތެމުނީ، މެހެކް ފެނޭތޯ ތިގޭ ކައިރިއަށް ދިޔައީ، ދެން އާޓިފިޝިއަލް ބީޗް ކައިރީ ހުއްޓާ ފެނުނީ، ފުރަގަހަށް އެނބުރި ހުއްޓާ، ހުރިލެއް ރީތިކަމުން ނުހުރެވިގެން  ކައިރިވެލީ، ވިސްނައިގެނެއް ނޫން ހުރީކީ މެހެކް އެނބުރިލަފާނެކަމަށް، އެހެންވެ އެނބުރިލި ގަޑީ ދެމީހުން ޖެހުނީ، މެހެކް ދިޔުމުން އަހަރެން އިސްދަށަށް ޖަހާލި ގަޑީގައި ކެވެލި ކޮޅު ފެނުނީ ވެއްޓިފައި އޮއްވާ، މިހާރު ހަނދާން ވެއްޖެދޯ”. މެހެކް ހަނދާނައް އައެވެ. އެއީ ތެދެކެވެ. އޭނާ އެހާ ހަނދާން ބަލިވީ ކޮންއިރަކު ހެއްޔެވެ، އެދުވަހުވެސް ދިމާވީ ހަމަ އާހިލް އާ އެވެ، އެދުވަހު އޭނާ ފެނުނީ މުޅިން ތަފާތު ކޮށެވެ. ތެމިފައި ހުރި އިސްތަށިގަނޑުން އޭނާގެ މޫނު ފޮރުވިފައި ހުރުމުން ކަމަށްވެސް ވެދާނެއެވެ. މެހެކް ހިނިތުންވެލިއެވެ. “އަހަރެން ދެން ދަނީ”. އެހެން ބުނެ މެހެކް ސިޑިން މައްޗައް އަރަން ހިނގައި ގަތެވެ. “އަދި މަޑުކޮއްބަލަ، ޕްލީޒް، އަހަރެން ވާހަކައެއް ބުނެލަން ބޭނުން”. އާދޭހާއެކު އާހިލް އެދުނެވެ. މެހެކް ފަސްއެނބުރި ބަލާލިއެވެ. އަ….އަހަރެން ވަރަށް ލޯބިވޭ އިނގޭ”. އަޅައިގަންނަމުން އާހިލް ބުންޏެވެ. މެހެކް އަށް އެކަން އިހުސާސް ކުރެވެއެވެ. ދާ ކޮންމެ މަގެއްގައި ހުންނަނީ ސަބަބެއްނެތި ނޫންކަން ވިސްނެއެވެ. މެހެކްގެ ސަމާލުކަން ހޯދަން އޭނާ ލައްކަ މަސައްކަތް ކޮއްފިއެވެ. “ދެން ދަނީ”. މެހެކް ސިޑިން މައްޗަށް އަރަން ފެށިއެވެ. “ހަމަ އެއްވެސް  އެއްޗެއް ނުބުނެ ދަނީތަ؟”. ކެއްމަދުވެފައިވާ ރާގެއްގައި އާހިލް އަހާލިއެވެ. މެހެކް އެކަމަކަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. ސިޑިން މައްޗަށް އަރާ ދޮރުގައި ހިފާލަމުން އޭނާ އެނބުރި ތިރިއަށް ބަލާލިއެވެ. އާހިލް ހުރީ ދެރަވެފައެވެ. ކުޑަކޮށް ފެންކަޅިވެފައި ހުރިނަމަވެސް އޭނާ ހިނިތުންވެލިއެވެ. އަދި މަޑުމަޑުން އައިލަވްޔޫ އޭ ބުނެލިއެވެ. މެހެކް އަވަސް އަވަހަށް ގެއަށް ވަނެވެ. އޭނާ ވަރަށް ދެރަވިއެވެ. ނަމަވެސް އާހިލް އަށް ޖަވާބެއް ދޭނީ ކޮން ގޮތަކުންހެއްޔެވެ، އެހިޔާލުތަކުގައިހުރެ ކޮޓަރިއަށް ދިޔައިރު މަންމަ އޮތީ އެނދުގައި އޮށޯވެގެނެވެ. އެއީ އެއްގޮތަކަށްވެސް މެހެކްއަށް ފެންނަ މަންޒަރެއް ނޫނެވެ. އޮފީހުން އޭނާ އަންނައިރު މަންމަ އަބަދުވެސް ހުންނާނީ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. މަންމަ ގައިގައި މެހެކް ފިރުމާލިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. މަންމަ ވަރަށް ހުންގަދައެވެ. “ދަރިފުޅު އައީދޯ. މަންމަ އަށް ހައެއްކަ ފަހަރުމިތިން ހޮޑުވެސް ލެވިއްޖެ، ވަރަށް ވަރުދެރަ، ގުޅާވެސް ނުލެވިފަ މިއޮތީ”.                     މެހެކްއަށްރޮވެންފެށުނެވެ. މަންމައަށް ކަމެއްވެއްޖެނަމަ އޭނާ މަރުވެސް ވެދާނެއެވެ. “މަންމާ، ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން”. މެހެކް އަވަސް އަވަހަށް ބޮޑުބޭބެ އަށްގުޅިއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ބޮޑުބޭބެ ފަރާތުން ލިބޭ އެހީތެރިކަމާ އޯގާތެރިކަން އޭނާ ހަނދާން ނައްތައެއް ނުލާނެއެވެ.  “ބޮޑުބޭބޭ، މަންމަ ވަރަށް ބޮޑަށްހުންއައިއްސި، ނުވެސް ތެދުވެވޭހާ ވަރުދެރަ، އަހަންނަށް ހީވަނީ ހޮސްޕިޓަލަށްހެން ގެންދަން ޖެހޭނީ”. ހިތްވަރުކުރި ނަމަވެސް މެހެކް އަށް ރޮވެނީއެވެ.  “ދަރިފުޅު ހުރޭ ހަމަޖެހިގެން، މިދަނީ އިނގޭ”. ހިތްވަރުދެމުން ބޮޑުބޭބެ ބުނެލިއެވެ. އައިޖީއެމްއެޗްގެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމްގެ ބޭރުގައި ހުރި ގޮނޑިއެއްގައި މަޑުކޮއްލައިގެން މެހެކްއިނެވެ. އޭނާ އިނީ މަންމަ އަވަހަށް ރަނގަޅުވުމަށް އެދި މާތްރަސްކަލާނގެ ހަސްރަތަށް ދުއާ ކޮއްލަ ކޮއްލައެވެ.  ރޮވޭވަރުން އެތެރެއަށް ނުވަދެވޭވަރުވުމުން އެތެރެއަށްވަނީވެސް ބޮޑުބޭބެއެވެ.  ވެފައިވާ ވަރުބަލީގައި މެހެކް ގޮނޑީގައިލެނގިލިއެވެ. އަދި ފާރުގައި މަޑުމަޑުން ބޯ ޖައްސާލާފައި ލޯ މަރާލިއެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އައިސް އޭނާއާ ޖެހިގެން ހުރި ގޮނޑީގައި އިށީއިނދެލިއެވެ. ހީވާގޮތުގައި އެއީ ބޮޑުބޭބެއެވެ. މެހެކް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ.

=ނުނިމޭ=

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shafu

Level 110 Stories100 Comments

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…38

Next

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތައް

Next
December 25, 2016

ދިވެހިން ހިޖުރަކުރާ މައިގަނޑު ސަބަބުތައް

Previews
December 25, 2016

ހިތް އެކީ ދެވިއްޖޭ…38

13 Comments!

  1. shafu says:
    December 25, 2016 at 4:51 pm

    Mi vahaka kiyaa kudhi nah bnelan beynun..m rly sorry.. v rangalhah up kury.. ekam neyge mihen mi vee kyhve kameh.. fonun up kuryma kahneyge.. thi kudhin beynumiyya mi part up koh deynan alun..

  2. Fat says:
    December 25, 2016 at 6:07 pm

    Nop next part

  3. Mary says:
    December 25, 2016 at 6:15 pm

    no next part up coladhy pls pls

  4. Khajja says:
    December 25, 2016 at 6:32 pm

    Aslu rangalhuvaany alun up kuryma eyrah vaanuvaa engeyny mihaaru mi ingothun ba ekkudhinnah kiyan neyngi vaanuvaaneygeyne dhw so plx up these part pls

    1. raisha says:
      December 25, 2016 at 8:01 pm

      Nop… next part plx

  5. shafu says:
    December 25, 2016 at 8:25 pm

    In sha Allah next part tomorrow up kohlaanan… 🙂

  6. އާ8 says:
    December 25, 2016 at 9:10 pm

    Mi part

  7. Anonymous says:
    December 25, 2016 at 9:27 pm

    Nun… Mi part up kohdhy alun plz…vaahakaige eh bai fennany?

  8. fary says:
    December 26, 2016 at 12:15 am

    Varah reethi ingey.. love it so much shafu!! keep it upp. waitin for next part 🙂

  9. exo-l,army,carat,aroha,igot7,sone,shawol,kpopper says:
    December 26, 2016 at 5:38 am

    better to upload this again bcx i cant get it…. plus its really difficult to read

  10. shafu says:
    December 26, 2016 at 7:42 am

    Ok guys.. in sha Allah 2 & 3 miadhu upkohladheynan….

  11. shafu says:
    December 26, 2016 at 8:26 pm

    2 & 3 up kohlaifin.. Esfiya in submit mirey kuraane kamah mi uhmydh kurany..

  12. IsHa says:
    September 13, 2019 at 11:13 pm

    Salhi

Comments are closed.

Next Episodeފިރިމީހާގެ ހައްޤުގައި (2) ނިއު އަޕްޑޭޓް←


All Right Reserved!