އިރު ފެނުން ތޮޅިލީ މުޅި ދުނިޔެއަށް އަލި ކުރަމުންނެވެ. ސަރާ ހެނދުނު ހެނދުނާ އޭނަ އުޅޭ ގޭގެ ސަރަހައްދު ކުނިކެހުމުގަ އުޅެއެވެ. މީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ސަރާ އަކީ މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. އެވަގުތު އެ ގޭ ތެރެއިން ނުކުތީ ސަރާގެ ތިން އަހަރަށްދާ ދަރިފުޅު ސާރާއެވެ. ލޯ އުނގުޅަމުން އައި ގޮތުންވެސް އެއައީ ދެންމެ ހޭލައިގެންކަން އެނގޭނެއެވެ. “މަންމާ. އަލުގަނޑު ބޭނުން މިއަދު ބައްޕިއާއެކީ ބީޗަށް ދާން. މަންމަ ކޮންމެ ދުވަހަކު ބުނަނީ […]
ޒައިން ދިޔުމުން ހައިކަލް ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީ އިން އަންނަމުން ދިޔައީ ވަރަށް ރީތި ލޯބީގެ ހިންދީ ލަވައެކެވެ. ” ޔަލް ހާދަ ރީއްޗޭ” އިވެމުން ދިޔަ ލަވައިގެ ތެރަށް ގެއްލިއިނދެ ހައިކަލް ބުނެލި ކަހަލައެވެ. އެވަގުތު ހައިކަލްގެ އަޑުއައި ދިމާއަށް އެނބުރިލީމެވެ. މޫނުގޮސް ޖެހުނީ ހައިކަލްގެ މޫނުގައެވެ. ހައިކަލް އެހާ ކައިރީގަ ބަލަންއިން ކަމެއް އަހަރެންނަކަަށް ނޭންގެއެވެ. އިނގޭނީވެސް ވަކި ކިހިނެތްހެއްޔެވެ. އަހަރެންގެ ނުކުޅެދުންތެރިކަން އެންމެބޮޑަށް އިހްސާސްވަނީ މިކަހަލަ ގަޑިތަކުގައެވެ. އަހަރެންގެ ލޮލަށް ފެންނަ […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. ބޯކޮށް ވާރޭ ވެހޭތާ ކުޑައިރުކޮޅެއް ވެއްޖެއެވެ. ކާރޫބާރޫ ބޮޑު ހިސާބާއި ތަންކޮޅެއް ދުރުގައި ހުރި ގެއެއްގެ ކުޑަދޮރުން ބޭރު ބަލަން މަޑުކޮއްލައިގެން މެހެކް ހުރީ ހިޔާލް ތަކަކަށް ގެއްލިފައެވެ. އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފުސްވަމުން އައެވެ. ދެލޯ އަވަހަށް މަރާލުމާއެކު އެސްފިޔަ ތަކުގައި ކަރުނައިގެ ފިނިކަން ހިފާލިއެވެ. އަދި އޭނާގެ ޙިޔާލުގެ އޮއެވަރު ޙަޔާތުގެ ކުރީ ދުވަސް ތަކުގެ ޞަފްޙާތައް އުކަން ފެށިއެވެ. އެއީ މީގެ […]
ކަލާޔާނުލާ ދިރުމެއްނެތެވެ. (6) އާދިލް ރިޕޯޓްތައް ހިފައިގެން އައިރު ޒަވީން ފެންނާކަށް ނެތެވެ. ރިސެޕްޝަނުގައި އިން ރިޝްފާ ގާތު އަހާލުމުން ޒަވީން ބޭރަށް ނިކުމެއްޖެ ކަމަށް ބުނުމުން އާދިލް ރިޕޯރޓްތައް ގެންގޮސް ޒަވީންގެ މޭޒުމަތީގައި ބެހެއްޓި އެވެ. އޮފީހުގެ ގަޑި ނިމި ޝާޔާ އާއި ޔޫއާން އެކުގައި ގެއަށް ދިޔަފަހުން ޒަވީން އާއި ސުދާ އެކުގައި އޮފީހުން ނިކުތެވެ. ކާރު ދުއްވަން އިދެ ޒަވީން އެހެން ދުވަސްތަކާއި ޚިލާފަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. “ޒަވީން. އަހަރެން އެއްޗެކޭ […]
އަންޖޫދާއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސް ކުރެވިގެންނެވެ. ތެޅިގަނެފައި އޭނާއަށް ފުންމައިގެން ތެދުވެ ދެކޮޅު ހޯދާލެވުނެވެ. ކައިރީގައި ލާނެތް ގޮތަކަށް ހީލައިގެން އޮތް ރާހުލް ފެނުމުން އޭނާގެ ހިތް ބާރަށް ތެޅެލިއެވެ. ވަގުތުން އެ ދޮން މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. “އަންޖޫ.. އައި ލަވް ޔޫ… ސޯ މަޗް..” އަންޖޫދާގެ މޫނުގައި ފިރުމާލަމުން ރާހުލް ބުނެލިއެވެ. އެއަޑުގައި ވަނީ ތަފާތު އަސަރެކެވެ. އޭނާ އަންޖޫދާ ގެ ގައިމަތީގައި އަޅާލާފައި އޮތް ރަޖާގަނޑު […]
ރޭގަނޑެވެ. އިޝާ ނަމާދުކޮށްލައިގެން ކިއާރާ ތައްޔާރުވަމުން ދިޔައީ ހަމްނާގެ ގެއަށް ދާށެވެ. މިހާރު ދެތިން ފަހަރަކު އަނާން ގުޅައިގެން ކިއާރާ ހަމަ އާދޭތޯ ޔަޤީންވެސްކޮށްފިއެވެ. ކިއާރާ ލޯގަނޑުން ފެނުނު އަމިއްލަ މޫނަށް ބަލައިލަމުން ހިނިތުންވިއެވެ. މިހާރު އެ ފެންނަ ކިއާރާ ވަރަށް ތަފާތުކަން ހުދު އެނާއަށްވެސް އިނގުނެވެ. މިއީ ސަމާހްގެ ކިއާރާއެވެ. ހިތްވަރުގަދަ ކެރޭ ކިއާރާއެވެ. ވައްޓާލެވިފައިވާ އިސްތަށިކޮޅުތަށް ހުރީއެއްފަޅިއަކަށެވެ. ބޮޑު ދެލޯ ރީއްޗަށް ފެނެއެވެ. ލާފައި ހުރި ސްކާރޓްއާއި ޓޮޕްކޮޅުގައި ހިފަހައްޓާލައިފައި ކިއާރާ ދަބަސް […]
“މޭމް ދަނީތޯ؟” ދީމާ އަހާލުމުން ކިއަރާ ހުމް އޭ ބުންޏެވެ. “މުހިންމު ކަމެއް އޮތިއްޔާ ފަތުހީ ސަރ އާއި ވާހަކަދައްކާލާ…. އެން ކޮމްޕް ގައި އިންނާނެ ޑޮކިއުމެންޓެއް ނިންމާލި… އޭތި ޕްރިންޓްކޮށްލަދެއްޗޭ ޕްލީސް. އެން ކަބަޑުތެރެއަށް ލާފަ ބައިންދާ… މިދަނީ ކުޑަކޮށް ބޮލުގަ ރިއްސާތީވެ..” ކިއާރާ އަމިއްލަ ބޮލުގައި އަތްލަމުން ބުންޏެވެ.. “އޯކޭ މޭމް.. ޝުއަރ… ޓޭކް ކެއަރ..” ދީމާ އެހެން ބުނެފައި ހިނގައިގަތީ ފަތުހީ ގެ ކެބިންއަށެވެ. ކިއާރާ ވެސް ދާން ހިނގައިގަތެވެ. ގޮސް އެންމެ […]
ހައިކަލްގެ ބަސްތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބެމުންދިޔެވެ. ހިތް ނުތަނަވަސްވާ ގަޑީގަ އަހަރެންގެ ހިތުގެ ޝިފާއަކީ ހައިކަލްގަ އެ އޯގާތެރި ބަސްތަކެވެ. ” އަނހާ ޔަލްވީ..ކޮންއިރަކު އައީ..މާމަ މިއައީ ޔަލްވީ ހޯދަން ރޫމަށްވެސް ގޮސްފަ..” ހައިކަލްމާމަ އައިސް އަހަރެން ކައިރީ އިށީންނަމުން ބުނެލިއެވެ. ***** ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަހަރެންވެސ މިހާރު އެ މާހައުލަށް ވަރަށް ބޮޑަށް ހޭނިއްޖެއެވެ. މާމަވެސް އަހަރެންނާ ހެދި އުޅޭގޮތުން ހީވަނީ މާމަގެ ގެއްލިފައިވާ ދަރިއެއް ލިބިގެން އުޅޭ ހެންނެވެ. […]