Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުށްހީ

Mahid Level 110 Stories
December 24, 2016 4 Mins Read
15 Comments

” މިއީ އަޅުގަނޑު ‘ އެސްފިޔަ ‘ ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އަދި މިފަދަ ސައިޓެއްގައި އާއްމުކުރާ ފުރަތަމަ ވާހަކަވެސް މެއެވެ. މިއީ ކުރު ވާހަކައެކެވެ. މިވާހަކައަކީ އަޅުގަނޑު ސުކޫލު ދައުރުގައި ލިޔުނު ކުރު ވާހަކައެކެވެ. ފެށުމެއްގެ ގޮތުން މިވާހަކަ މިސައިޓުގައި އާއްމު ކޮށްލީއެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. “

ޝިހާމަކީ ނޫސް ރިޕޯޓުކުރުމުގެ ތަޖުރިބާއާއެކު އަމިއްލަ ނޫހަކާއި މަޖައްލާއެއްގެ އެޑިޓަރެކެވެ. މިއީ އޭނާ ހިތްވަރު އެލުވައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ހަޔާތުގައި ކުރިމަތިވި ހިތްދަތި ދުވަސްތަކަށްވެސް ކެތްކޮށްގެންނެވެ. އާދައިގެމަތިން މިއަދުވެސް ޝިހާމް އިނީ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އެރަށު ތުނޑިމަތީގައެވެ. ވައި ޖައްސާލުމުގެ އިތުރުން އޭނާގެ ދިރިއުޅުމާމެދު ވިސްނާލާށެވެ. އޭނާގެ ވީރާނާވެ ޒަޚަމްވެފައިވާ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބޭތޯއެވެ. ތުނޑިމަތި ފެނުމުން އޭނާ ހަނދާނަށް އަންނަނީ އޭނާގެ މާޒީއެވެ. ވިސްނާނުލައި ދިރިއުޅުމުގައި ނެގުނު ފިޔަވަޅެއްގެ ސަބަބުން އޭނާ ބަރުދާސްކޮށްފައިވާ އޭނާގެ ހިތި އަދި ހިތްދަތި މާޒީއެވެ. އެއީ މީގެ ފަސް އަހަރު ކުރިއެވެ.

އާދައިގެ ދުވަހެކެވެ. ޝިހާމާއި އޭނާގެ ދެތިން ރަހުމަތްތެރިންނާއެކު ތިބީ ތުނޑިމަތީގައި ފިނިކޮށްލާށެވެ. އޮލަ ވާހަކައިގައި ތިއްބައި ޝިހާމްގެ ލޮލުގައި އަޅައިގަތީ އެމީހުންގެ ކުރިމަތިންލާފައި ދިޔަ އަންހެން ކުއްޖާއެވެ. އޭނާގެ ހިތުގައި މީގެ ކުރިން ނުޖަހާ ކަހަލަ ވިންދެއް ޖަހާލިއެވެ. “އޭ ބަލާބަލަ ބައެއް މީހުން އެއޮށްދާ ފަތްމިންޏަށް ގެއްލިފަ ތިބިވަރު” ޝިހާމް އެކުއްޖާއަށް ބަލަން އިންދައި އެތަނުން އެކަކު ބުންޏެވެ. ޝިހާމް ހިނިތުންވެލިއެވެ. އަދި އެކުއްޖާގެ ނަމަކީ ނިއުމާކަންވެސް އެމީހުންގެ ފަރާތުން އެނގުނެވެ. ފުރަތަމަ ނަޒަރުންވެސް ނިއުމާއަކީ މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަން ޝިހާމަށް އެނގުނެވެ. ނަމަވެސް ޝިހާމަކީ އެފަދަ މުއްސަނދި މީހަކަށް ނުވިޔަސް އޭނާގެ ހިތުގައި ބިންވަޅުނެގުނީ ނިއުމާގެ އެ ލާސާނީ ސޫރައެވެ. ލަތީފީ ހަށިގަނޑެވެ. ބަލާ ފޫހިނުވާނެ ދެލޮލެވެ. އޭގެ ހަފުތާއެއް ފަހުން އެދެމީހުންގެ ލޯބީގެ ގުޅުން ފެށުނެވެ. ޝިހާމުގެ ހުށަހެޅުމަށް ނިއުމާ އާނބަސް ބުނީ ޝީހާމް ހީކުރިވަރަށްވުރެވެސް އަވަހަށެވެ. އެއީ ނިއުމާވެސް ޝިހާމެދެކެ ލޯބިވާތީކަމުގައި އޭނާ ގަބޫލުކުރިއެވެ. އޭރު ޝިހާމަކީ އާދައިގެ ނޫސް ރިޕޯޓަރެކެވެ.

ދުވަސްތައް ވޭތުވަމުން ދެއެވެ. ޝިހާމާއި ނިއުމާގެ ގުޅުންވެސް ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވެ ލާމެހެމުން ދެއެވެ. މިއަދަކީ ޝިހާމް އެނާއާ ނިއުމާގެ ގުޅުމުގެ ވާހަކަ އޭނާގެ މަންމަ ގާތުގައި ބުނަން ޝިހާމް ނިންމި ދުވަހެވެ. އެހެންކަމުން ރަނގަޅު ވަގުތެއް ހޯދާފައި އެވާހަކަ ނަސީރާ ގާތު ބުންޏެވެ. “މަންމާ! އަހަރެންވެސް މިހާރު މިހިރީ މީހަކާ އިންނަވަރު ވެފައެންނު. އަހަރެން ބޭނުން މީހަކާ އިންނަން.” ޝިހާމް ޖެހިލުންވެ އިނދެފައި ބުންޏެވެ. “އާނ! މަންމަ ވަރަށް އުފާވާނެ ދަރިފުޅު މީހަކާ އިންނަ ދުވަހަކުން. މިހާރު ކުއްޖަކު ހޯދައިފިންތަ؟” ނަސީރާ އެހީ ލޯތްބާ އެކުގައެވެ. އޭނާވެސް އެ ހުވަފެން ދެކޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. “އާނ މަންމާ! އަހަރެން މިއުޅެނީ މިރަށު ކަތީބުގޭ ނިއުމާއާ އިންނަން. އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ވަރަށް ލޯބިވޭ.” ޖެހިލުންވެހުރެ މަންމަގެ ކުރިމައްޗަށް އޭނާގެ ރަސްރަނައިގެ ނަން ހުށަހެޅިއެވެ. “ކީކޭ؟ ނިއުމާއޭ؟” ނަސީރާގެ އަޑަށް ޝިހާމް ސިހިފައި ބަލާލިއެވެ. އޭނާ ޔަގީންކޮށްގެންހުރީ އޭނާގެ ހޮވުން އޭނާގެ މަންމަ ބަލއިގަންނާނެ ކަމަށެވެ. “ޝިހާމާ އޭނާ އަރަފޯދިގެންވޭތަ؟ ޝިހާމުތީ އާދައިގެ ނިކަމެތި ފަގީރެއް. ތިބުނާ ނިއުމާއަކީ މިރަށުގެ އެންމެ މުއްސަނދި އާއިލާގެ ދަރިއެއް. ދަރިފުޅާ އޭނާ އެއްގޮތަކަށްވެސް އެކަށީގެނެއް ނުވޭ. އެހެން ކުއްޖަކު ހޯދާ! އަހަރެން ތި ކައިވެންޏާ ގަބޫލެއްނޫން!” ނަސީރާ ރުޅިއައިސްފައި އޭނާގެ ނިންމުން ހާމަކުރިއެވެ. “މަންމާ! ފަގީރަކު މުއްސަންޖެއްދެކެ ލޯބިވުމަކީ މައްސަލައެއްތަ؟ އެ ހައްގުން އަހަރެން ވަނީ މަހުރޫމު ވެގެންތަ؟ ކީއްވެތަ މަންމަ ތިގޮތަށް ތިވިސްނަނީ؟” ޝިހާމް އޭނާގެ މަންމައަށް ވިސްނައިދެވެތޯ މަސަތްކަތް ކުރިއެވެ. ނަމަވެސް ނަސީރަގެ ނިންމުން ހުރީ އެގޮތުގައެވެ. އެއީ ބަދަލުނުވާނެ ނިންމުމެއްކަމަށްވެސް ބުންޏެވެ. “އަހަންނަށް އެހެން މީހަކުދެކެ ލޯތްބެއް ނުވެވޭނެ! އަހަރެން އިންނާނީ ނިއުމާއާ. މަންމަ ނުގަބޫލުވިޔަސް މައްސަލައެއްނެތް.” ޝިހާމު އޭނާގެ ފަހުބަސް އިއްވިއެވެ. އޭނާ ބޭނުންވީ މަންމަގެ ނުގަބޫލުގައިވެސް އޭނާގެ ލޯބި ހާސިލުކޮށް ދިރިއުޅުން ކުރިއަށް ގެންދާށެވެ.

މިރެއަކީ ޝިހާމް އޭނާގެ މަންމަގެ ނުރުހުމުގައި އުފާވެރި މުސްތަގުބަލަކަށް އުއްމީދުކޮށް ނިއުމާއާ ކައިވެނިކުރި ރެއެވެ. އަދި މި ކައިވެނި ކުރީ ނިއުމާގެ އާއިލާގެވެސް ނުރުހުމުގައެވެ. އެމީހުންވެސް އެމީހުންގެ ދަރިފުޅު ނިކަމެތި ފަގީރަކާ ގުޅެން ބޭނުން ނުވީއެވެ. ޝިހާމުގެ ތަނަވަސްކަން ހުރި މިންވަރުން ބޮޑު ހަފުލާއެއް ނުބާއްވައެވެ. މިކަމަކާ ނިއުމާ ހުރީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. އޭނާއަކީ ޝިހާމާ ކައިވެނި ކުރިޔަސް މުއްސަނދިކަމަށް ލޯބިކުރާ ހިތްމޮޅު އަންހެނެކެވެ. ނަމަވެސް ޝިހާމުފަދަ ރީތި ފިރިހެނެއް ލިބިމުން އޭނާ ދޫކޮށްލަން ބޭނުން ނުވީއެވެ. ޝިހާމަށް ނޭނގުނު ކަމަކީ ނިއުމާ ލޯބިވީ ހަމައެކަނި އޭނާގެ ސިފަދެކެ ކަމެވެ.

ދޮޅު އަހަރު ފަހެވެ. ނިއުމާ އުޅެނީ އޭނާގެ އެއް އަހަރުގެ ކުޑަ ފިރިހެން ދަރފުޅު ގޮވައިގެން ކޮޓަރީގައެވެ. ޝިހާމް ކޮޓަރިއަށް ވަނުމާއެކު ނިއުމާ ޝަކުވާތައް ކުރަން ފެށިއެވެ. “ދަރިއަކު ގޮވައިގެން ގޭގެ ހުރިހާ މަސައްކަތެއް ނުކުރެވޭނެ. ގެންގުޅޭ މީހަކު ގެންނަންއުޅޭ. އަހަރެންގެ ލިޕްސްޓިކް ސެޓުވެސް ހުރީ ހުސްވެފަ. ޝިހާމާ އިންފަހުން ރީތި ހެދުމެއްވެސް ލާކަށް ނުލިބޭ. އެހެންނު ވާނީ. މަހަކު ލިބެނީ ދިހަހާސް ރުފިޔާގަނޑު ވިއްޔަ. އާދައިގެ ނޫސް ރިޕޯޓަރަކާއެކީ އުޅެވޭނީ ކޮން އުފާވެރި ދިރިއެޅުމެއްތަ؟” ނިއުމާގެ ޝަކުވާތައް ޝިހާމްގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ. މިއީ ޝިހާމަށް އާކަމެއް ނޫނެވެ. ދަރިފުޅު ލިބުނީއްސުރެ ކޮންމެ ދުވަހަކުވެސް އާދައެވެ. ނަމަވެސް އޭނާ ކެތްކުރަނީ އޭނާގެ ތުއްތު ދަރިފުޅަށްޓަކައެވެ. ވޭތުވެދިޔަ ކޮންމެ ދުވަހަކުވެސް އޭނާ އެއްޗެކެ ނުބުނެ ހުރީ ދިރިއުޅުން ރޫޅާލަން ޖެހިދާނެތީއެވެ. ޝިހާމު އުއްމީދުކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން ނިއުމާއަށް ވިސްނި އޭނާ ބަދަލުވާނެ ކަމަށެވެ. އެކަމަކު އެއީ ނުވާނެ ކަމެއްކަން މިއަދު އެނގިއްޖެއެވެ. މިއަދު އޭނާ މަޑުން ހުންނާކަށް ބޭނުމެއް ނުވިއެވެ. ކިހާ ދުވަހަކު އޭނާއަށް ކެތްކުރެވިއްޖެ ހެއްޔެވެ؟ “އާނ. އަހަންނަކީ ފަގީރެއް. ނިކަމެއްޗެއް. ކައިވެނިކުރި އިރު އެކަމެއް ނޭނގޭތަ؟ ތިބުނާ ބައްޕަގެ މުއްސަނދި ދިރިއުޅުން އަހަންނަށް ހޯދައިނުދެވޭނެ ކަމެއް ނެނގޭތަ؟ ގެއަށް އައިސް ވަދެފިއްޔާ ބޯހަލާކުވާވަރުވޭ.” ޝިހާމްވެސް ރައްދުގައި ބުންޏެވެ. މިފަހަރު އިވުނީ މުޅިން އާ ވާހަކައެކެވެ. ކަންފަތުގައި އައިސް ޖެހުނީ ހިތް ކުދިކުދި ކޮށްލާފަދަ ޖުމްލައެކެވެ. މެއަށް އައިސް ވަދުނީ މިޔަ ތޫނު ހަންޖަރެކެވެ. މިއީ ދުވަހަކުވެސް އޭނާ އަޑުއަހަން ބެނުންވި ބަސްތަކެއް ނޫނެވެ. “އަހަރެން ބޭނުމެއްނޫން ކަލެޔާއެކު އުޅޭކަށް. އަހަރެން ވަރިކުރޭ.” މިހެން ބުނެ ދަރިފުޅު ބައިންދާފައި ނިއުމާ ގެއިން ނުކުމެގެން ދިޔައެވެ. އޭނާ ހިތް ހަމަ ރަނގަޅަށްވެސް ކުދިކުދި ވެއްޖެއެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އޭނާ ދިރިއުޅުމެއްފެށީ ކިހާ ފޮނި އުއްމީދުތަކަކާއެކު ހެއްޔެވެ؟ ކިހާ ރީތި ހުވަފެންތަކެއް ދެކުން ހެއްޔެވެ؟ ނަމަވެސް މިއަދު އެހުރިހާ ކަމެއް ބަދަލުމިވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. މިއީ ކޮންފަދަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟

“ޝިހާމް” ޝިހާމް ސިއްސައިގެން ދިޔައީ މީހެއް އޭނާގެ ނަމުން ގޮވާލި އަޑަށެވެ. ޝިހާމް ބަލާލިއިރު އޭނަގެ ކުރިމަތީގައި ހުރީ އޭނާގެ ކުރީގެ ބޭވަފާތެރި އަނބިމީހާ ނިއުމާއެވެ. “ޝިހާމް… އަހަންނަށް މާފުކުރޭ. އަހަރެން ބޭނުން އަލުން ގުޅެން. ކޮބާ އަހަރެންގެ ދަރިފުޅު؟” ނިއުމާ ނިއުމާ ދެރަވެފައި ޝިހާމްގެ ކިބައިން މައާފަށް އެދުނެވެ. “މާފުކުރާށޭ؟ އަހަރެންގެ ކުރިމައްޗަށް އަންނާކަށް ލަދެއް ނުގަނޭތަ؟ ތިކަހަލަ މީހަކާ ގުޅޭކަށް އަހަރެން ބޭނުމެއްނޫން. އަދި އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން. އެނގިއްޖެ؟ ކޮބާތަ އެއުޅެން ދިޔަ މުއްސަނދި ދިރިއުޅުން؟ ކަލޭގެ ދަރިއެއްވެސް ނުހުންނާނެ. ދަރިފުޅު ބޮޑުވީމަ އަތުލަން ނޫޅޭ. އެނގޭތަ އަހަރެން އުޅުނު ހާލު؟ މަންމަވެސް އަހަރެން ބަލައެއްނުގަތް. އެގެއަކަށް ނުވެއްދި. އަހަރެން އެކަނިމާ އެކަންޏޭ އެދަރި ބަލާ ބޮޑުކުރީ. އަދި ބުނަން؟ ދެން އަހަރެންގެ ކުރިމައްޗަށް ދުވަހަކުވެސް ނާންނާތި. ތީ މިހާރު އަހަރެން ދަންނަ މީހެއް ނޫން. އަހަންނަށް ނިއުމާއާ އިނދެވުނީ ކުށްހީއަކުން. ދެވަނަ ފަހަރަށް އެ ކުށްހީ ކުރާކަށް އަހަރެން ބޭނުމެއްނޫން.” މިހެން ބުނެފައި ޝިހާމް ދިޔައެވެ. އޭނާ މައާފުކޮށް އަލުން ނިއުމާއާ ގުޅޭނީވެސް ކިހިނެތް ހެއްޔެވެ. އެއީ އޭނާގެ ބޮލަށް ދަރިފުޅު ޖަހާފައި ޝިހާމް އެކަނިކޮށް އޭނާގެ ދިރިއުޅުމުން ދިޔަ އަނިޔާވެރިޔާއެވެ. ޝިހާމް ދިޔުމުން ނިއުމާއަށް އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލޮލުން ކަރުނަ އޮހޮރޭ ހާލުގައެވެ. ނަމަވެސް މިއަދު ކުރެވޭނެ ކަމެއް ނެތެވެ. ވަގުތު މިވަނީ ފާއިތުވެފައެވެ. މިއީ އޭނާ އަމިއްލައަށް ކުރެވުނު ކަންތަކުގެ ސަޒާއެވެ.

– – ނިމުނީ – –

Share Article

Follow Me Written By

Mahid

Level 110 Stories

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…36

Next

ހިޔަންޏަށް މުޑި ނެގުން (ސަމާސާ އަދަބު)

Next
December 24, 2016

ހިޔަންޏަށް މުޑި ނެގުން (ސަމާސާ އަދަބު)

Previews
December 24, 2016

ހިތް އެކީ ދެވިއްޖޭ…36

15 Comments!

  1. niuma says:
    December 24, 2016 at 8:12 pm

    not baad

    1. Mahid says:
      January 5, 2018 at 9:13 pm

      Thanks

  2. Nimpu says:
    December 24, 2016 at 8:22 pm

    Good start.. Hope to see better works 🙂

    1. Mahid says:
      January 5, 2018 at 9:14 pm

      Thanks. Insha Allah

  3. RiMu says:
    December 24, 2016 at 8:40 pm

    ok.. evryone is not perfect soo this story is better for a start.. do ur best 🙂

    1. Mahid says:
      January 5, 2018 at 9:15 pm

      Thanks. Insha Allah

  4. Malaa says:
    December 24, 2016 at 8:48 pm

    Ma sha allaah…. Vvv furihama…

    1. Mahid says:
      January 5, 2018 at 9:17 pm

      Thanks 🙂

  5. Mahid says:
    December 24, 2016 at 8:56 pm

    Thank u all ☺☺

  6. Hooooo? says:
    December 24, 2016 at 11:50 pm

    Varah reethi first story ah balaafa. Hope to see your more works soon.

    1. Mahid says:
      January 5, 2018 at 9:18 pm

      Thanks :-). Insha Allah

  7. abc says:
    December 25, 2016 at 5:39 pm

    Vvv reethi

  8. Mahid says:
    December 25, 2016 at 9:18 pm

    Thank u

  9. naa says:
    January 3, 2017 at 2:55 am

    Salhi feshunnmehh salhi ninmumehh BT vaahakaige medherehh ehee salhi ehh noon…I mean falst paragraph nimifa second paragraph feshunu than alhugandahh ehaa salhiehh noon. Ehchehh henukurahcheyy comments ehh hama

    1. Mahid says:
      January 5, 2018 at 9:19 pm

      Thanks for the comment naa

Comments are closed.



All Right Reserved!