އިންތިހާޔަށް (7ވަނަ ބައި)
“ލައި އާދެބަލަދެން…. ލައި ނެތީމަ އިޝީ ވަރަށް އެކަނިވެރިއޭ…. ލައި އާދެބަލަ…. ލައި އާދެބަަލަ….. ލައި…..” ސިއްސައިގެން ގޮސް ލައިޝާއަށް ހޭލެވުނީ ހުވަފެނެއް ފެނުމުންނެވެ. ކުއްލިއަކަށް ލައިޝާ ތެދުވުމުން ކައިރީ ހުރި މޭރީ ދިޔައީ ސިއްސައިގެންނެވެ.
“ކިހިނެއްވީ؟” މޭރީ ހާސްވެފައި އަހައިލިއެވެ.
“ހުވަފެނެއް ފެނުނީ……” މިހެން ބުނުމަށްފަހު އަނެއްކާވެސް ލައިޝާ އެނދުގައި އޮށޯވެލިއެވެ. ލައިޝާއަށް އަނެއްކާވެސް ނިދުމުން މޭރީ އެކޮޓަރިން ނިކުމެގެން ދިޔައެވެ.
މިއަދު އައިޝާއަށް އޮފީހަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އޮފީސްތެރެޔަށް ވަދެގެން އައި ވަގުތު އައިޝާގެ ލޮލުގައި އަޅައިގަތީ މަސައްކަތުގައި މަސްއޫލުވެގެން އިން އައުސްއެވެ. އައުސްގެ ބަދަލުވަމުން އަންނަ މިޖާޒުން އައިޝާ ކުޑަކޮށް ހިނިތުންވެލިއެވެ. މަސައްކަތްދެކެ ފޫހިވާ މީހަކު މިހާ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރަމުންދާތީ ކުރާކަމެއް ބަލައިލުމުގެ ޝައުގުވެރިކަން އައިޝާގެ ހިތުގައި އުފެދުނެވެ. އައުސްއިނީ ކޮމްޕިއުޓަރުން ބަލައިގެން ގަނޑަކު އެއްޗެއް ކުރަހާށެވެ. ލަސްފިޔަވަޅެއްގައި އައިޝާ އައިސް އައުސްގެ ފުރަގަހުގައި ހުއްޓެލިއެވެ. އެއްޗެއް ބުނަން އަނގަ ފުޅާކޮށްލި ވަގުތު އައިޝާގެ ލޮލުގައި އަޅައިގަތީ ކޮމްޕިއުޓަރުން ހުޅުވަފައި އިން ފޮޓޯއެވެ. އެއީ ލައިޝާއާއި އައުސްގެ ވަރަށް ކުރީގެ ފޮޓޯއެކެވެ. ދެމީހުން ގޮނޑުދޮށުގައި އިށީންދެލައިގެން ތިބި ފޮޓޯއެކެވެ. ބޯހިއްލާލާފައި އައުސް ކުރަހަމުންދިޔަ ގަނޑަށް އައިޝާ ބަލައިލިއެވެ. އައުސްގެ ހުނަރުން އެފޮޓޯގަނޑު ކުރަހާ ނިންމަނީއެވެ. ހީވަނީ ކެމެރާއަކުން ނަގާފައި އިން ފޮޓޯއެއްހެންނެވެ.
ޝައުގުވެރިކަމާއިއެކު ކުރަހަން އިން އައުސް ސިހުނީ ފަހަތުން ހިޔަންޏެއް އެޅުންހެން ހީވުމުންނެވެ. ލޯހަނިކޮށްލުމަށްފަހު އައުސް ފަހަތް ބަލައިލިއެވެ. ފަހަތުގައި ހުރި އައިޝާ ފެނުމުން އައުސްގެ މޭގަނޑު އަަތައް ނައީ ކިރިޔާއެވެ. ވަގުތުން ކުރަހަން ގެންގުޅުން ގަނޑު އަނެއް ފުށުން ޖެހުމަށްފަހު ކޮމްޕިއުޓަރުވެސް ނިއްވައިލިއެވެ. އައިޝާ ވަރަށް ނުރައްކާތެރި ގޮތަކަށް އައުސްއަށް ބަލަމުން ދިޔައެވެ. ގަތް ބިރުން އައުސް އިންތަނުންވެސް ތެދުވިއެވެ.
“އާދޭ….” އައުސް ކައިރީ އައުމަށް އެދުމަށްފަހު އައިޝާ ހިނގައިގަތެވެ. ބިރުންހުރެ އައުސްވެސް އައިޝާގެ ފަހަތުން ދިޔައެވެ.
“މަސައްކަތު ގަޑީގަ ކޮން ބޭކާރު މަސައްކަތެއް ތި ކުރަނީ؟” އައުސް އައިސް އިށީނުމުން އައިޝާ ބުނެލިއެވެ. އައުސް ކުރަމުންދިޔަ މަސައްކަތާ ހަގީގަތުގައި އައިޝާ ވަރަށް ގަޔާވިއެވެ. ނަމަވެސް އެގޮތައް އައުސްއަށް ފާރަލާން ހުއްޓައި އައުސްއަށް ފެނުމުން ކަންތައް ބޮޑުކޮށްލީއެވެ.
“އެއީ ފޫހިވެގެން މަސައްކަތެއް ނެތީމަ….” ވަރަށް ބިރުން އިނދެ އައުސް ބުނެލިއެވެ.
“ދައްކަބަލަ ތިގަނޑު ބަލައިލަން…” އައުސްއާއި ދިމާއަށް އަތް ދިއްކޮށްލަމުން އައިޝާ ބުނެލިއެވެ. އައުސް އައިޝާ އަތައް އެގަނޑު ދިއްކޮށްލިއެވެ. އެގަނޑުގައި ހިފުމަށްފަހު އައިޝާ އެކުރެހުމަށް ވަރަށް ރަގަޅަށް ބަލައިލިއެވެ. އަދި ކައިރީ ބޭއްވުމަށްފަހު އައުސްއަށް ބަަލައިލިއެވެ.
“މީ ކޮން އަންހެން ކުއްޖެއް؟” ނޫންކަަމަށް ހެދިފައި އައިޝާ ސުވާލުކޮށްލިއެވެ.
“ތިއީ ވަރަށް ހާއްސަ ކުއްޖެއް….” މަޑުމަޑުން އައުސް ބުނެލިއެވެ. އައިޝާ ކުޑަކޮށް ހިނިތުންވެލިއެވެ. އަދި ދިޔަޔަސް އެންމެ ރަގަޅު ކަމަށް ބުނެލިއެވެ. އައުސްހުރީ އިންތިހާޔަށް އެކުރެހުން ބޭނުންވެފައެވެ. ނަމަވެސް އައިޝާ އެ ދޭން ނޫޅުމުން ބުނަން ނުކެރުނީއެވެ. ދިއުމުގެ ކުރިން ދެފަހަރަކު ފަހަތްވެސް ބަލައިލިއެވެ. ނަމަވެސް އައިޝާ އަޅައިނުލުމުން ނިކުމެގެން ދިޔައީއެވެ.
އައުސްހަމަ ދިއުމާއި އެކު އައިޝާ އަނެއްކާވެސް އެކުރެހުމަށް ބަލައިލިއެވެ. އެގޮތައް އެކުރެހުމަށް ގެއްލިފައި އިންދައި ސިއްސައިގެންދިޔައީ މީހަކު އައިޝާގެ ނަމުން ގޮވައިލުމުންނެވެ.
“އިޝީ” ކުރިމަތީހުރި މީހާ ފެނުމުން އައިޝާގެ އަތުގައި އޮތް ގަނޑުވެސް ދޫވެގެން ވެއްޓުނެވެ. ސިހުނުވަރުން ކައިރީހުރި ފެންތަށިވެސް އަތުން ޖެހިފައި ބަންޑުންވިއެވެ.
“ހާސްނުވޭ…. އަހަރެން މިއައީ ކަމެއް ކުރާކަށް ނޫން….” ރިޔާޒް ދެއަތް މެއާ ހަމަޔަށް ނަގަމުން ބުނެލިއެވެ. އައިޝާ ހަރަކާތް އަވަސްކޮށްލާފައި ފޯނުން ކޮންމެވެސް މީހަކަށް ގުޅޭތޯ ބެލިއެވެ.
“ލައިޝާ ހަލީމް ކޮބާ؟” މޭޒުމަތީ ދެއަތް ވިއްދަމުން ރިޔާޒް އަހައިލިއެވެ.
“މިކޮޅަށް އާދެބަލަ ވަރަށް އަވަހަށް…” އައިޝާ ފޯނުގައި ހުރެ ބުނެލިއެވެ. ރިޔާޒް ނުލަފާ ވައްތަރަކަށް ހޭންފެށިއެވެ.
“ތިގޮތް ދޫކޮށްފަ ލައިޝާ ވީތަނެއް ބުނެދީ! ތިގޭގަތަ އުޅެނީ؟ ލައިޝާ ފޮރުވީތަ މަންމަ؟ އަހަރެން އައިކަން އިނގުނީމަ މަންމަ ފޮރުވީ ކަންނޭންގެ ދޯ؟ ފަރީ ކައިރީ ލައި ކޮބާހޭ ބުނީމަ ބަހެއްވެސް ނުބުނި ވިއްޔަ!” އެހުރިގޮތައް ރިޔާޒް ވާހަކަ ދައްކަމުން ދިޔައެވެ. އައިޝާހުރީ ތުރުތުރު އަޅައިގަނެފައެވެ. އެހުރިގޮތައް ރިޔާޒްގެ މޫނަށް ބަލަން ހުރީއެވެ. އިރުކޮޅަކުން އެތެރެއަށް ދެފިރިހިނުން ވަދެގެން އައެވެ.
“މީ… މީނަ ގެން..ދޭ!” އައިޝާ ރިޔާޒްއާއި ދިމާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ދެމީހުން ރިޔާޒްގެ ދެއަތުގައި ހިފައި ނެރެމުންދިޔައެވެ. އޭރުވެސް ރިޔާޒް ބާރުބާރަށް ހެމުންދިޔައެވެ.
މީހަކު ދަމާފައި އައިޝާގެ ކެބިންއިން ނެރެމުންދިޔަ މަންޒަރު އައުސްއަށް ފެނުނެވެ. އެއީ ދަންނަ މީހެއްހެން ހީވުމުން އިންތަނުން ތެދުވެގެން އައުސް އެދިމާއަށް ދާން ހިނގައިގަތެވެ.
“އެއީ ކާކު؟” ޝުވާ ފެނުމުން އައުސް އަހައިލިއެވެ. ޝުވާ ނޭންގެއޭބުނެ ކޮނޑުއަރުވައިލިއެވެ. އައުސްދެން ދިޔައީ އައިޝާ ކައިރީ އަހާށެވެ.
އައުސް ވަތްއިރު އައިޝާ އިނީ ގޮނޑީގައި ފުރަގަސްދީގެންނެވެ. މޭޒުމަތި އޮތް ހާލު ފެނިފައި ފުރަތަމަ އައުސް މޭޒުމަތި ރީތިކޮށްލިއެވެ. ފެންތައް ފުހެލުމަށްފަހު ކަރުދާސްތަކާއި ފައިލްތައް ތަރުތީބުކޮށްލިއެވެ.
“އައިޝާ…” ކުޑަކޮށް ކަރުކެހިލުމަށްފަހު އައުސް ގޮވައިލިއެވެ.
ހިޔާލަކަށް ގެއްލިފައި އިން އައިޝާ ސިހުނީ ވަރަށް ކައިރިން މީހަކު ގޮވައިލިހެން ހީވުމުންނެވެ. އެހެންކަމުން މޫނުމަތި ރީތިކޮށްލުމަށްފަހު ހަމަޖެހޭގޮތް ދައްކަމުން އަނެއްފަރާތައް އެނބުރެލިއެވެ. އައިޝާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ރީތިކޮށްފައި އޮތް މޭޒުމައްޗެވެ.
“ތޭންކް ޔޫ!” ވައި އަޑުން އައުސްއަށް ބަލައިލުމަށްފަހު އައިޝާ ބުނެލިއެވެ.
“ދެންމެ އެދިޔައީ ކާކު؟” އައުސް ވަގުތުން އަހައިލިއެވެ.
“އައުސް ދަންނަ މީހެއްތަ އެއީ؟” ސުވާލުގެ ނަޒަރަކުން އައިޝާވެސް ކޮށްލީ އިތުރު ސުވާލެކެވެ.
“ދަންނަ ވައްތަރު ޖަހާތީ އަހާލަން މިއައީ….” ބޯކަހައިލަމުން އައުސް ބުނެލިއެެވެ.
“އެއީ މިތަނަށް ވަދެގެން އައި ބޯސަކަރާތް މީހެއް….” އައިޝަ ދޮގެއް ހަދައިލިއެވެ. އަދި މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އައުސްވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ ނިކުމެގެން ދިޔައީއެވެ. އައުސް ދިއުމުން އައިޝާ އަނެއްކާވެސް ވިސްނުމަކަށް ގެއްލުނެވެ. އައުސްއަށް ކޮންމެވެސް ގޮތަކުން ރިޔާޒް އިނގެނީއެވެ. އަނެއްކާ އެއީ ލައިޝާގެ ފަރާތުން ހެއްޔެވެ؟ މާޒީގައި ހިނގި ކަންތައްތަކުގެ ސަފްހާއެއް އައުސްއަށް އިނގެނީ ހެއްޔެވެ؟ ކޮންމެވެސް ގޮތަކަށް އެހުރިހާ ކަމެއްވެސް ބަލަންވީއޭ އައިޝާގެ ހިތައް އެރިއެވެ.
ހަވީރު އޮފީހުން ނިމިގެން ގެޔަށް އައި އިރު ގޭދޮރުމަތީ ޒީޝާ ހުއްޓިލައިގެން ހުއްޓެވެ. ޒީޝާ ފެނުމުން އަޅައިވެސް ނުލާ އައުސް ސިޑިން އަރަމުންދިޔައީ ޒީޝާ ރުޅިއަރުވައިލާށެވެ.
“މިރޭ މިއުޅެނީ ތިއްތިއާ އެކު ޑޭޓް އަކަށް ދާން….” އައުސްގެ ފަހަތުން އަރަމުން ޒީޝާ ބުނެލިއެވެ. އައުސް ހަމަ އަނގައިންވެސް ނުބުނެ ދިޔައެވެ.
“އައުޓީ… ކޮން ފޮންޏެއް ތިވަނީ؟” އައުސްގެ އަތުގައި ހިފައިލަމުން ޒީޝާ އަނެއްކާވެސް ބުނެލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ޒީޝާއުޅޭ ބައިގެ ކުރިމަތީގައެވެ. އައުސް ފުރަތަމަ ވަނީ އެބަޔަށެވެ. އޭރު ޝިޔާނާ ޓީވީ ބަލަން ސޯފާގައި އިނެވެ.
“މަންމާ އައުޓީ ޒީއަކާ ވާހަކައެއް ނުދައްކާ!” ގެޔަށް ވަދެވުމާއި އެކީ ޒީޝާ މަންމަ ކައިރީ ޝަކުވާކޮށްލިއެވެ. އައުސް ކޮޑަކޮށް ހީލުމަށްފަހު ސޯފާގައި އިށީނެވެ.
“އައްދެ ދެން މިހާރު އެއީ ޒިންމާދާރު މީހެކޭ ދޯ އައުސް….” އައުސްއަށް ބަލައިލަމުން ޝިޔާނާ ބުނެލިއެވެ. އެވަގުތު ޒައިންވެސް ގެޔަށް އައިސް ވަންނަނީއެވެ.
“ވަޒީފާ ކިހިނެއްވަނީ؟” ޝިޔާނާ އަހައިލިއެވެ.
“ވަރަށް ފައްކާ….” އައުސް ބުނެލިއެވެ.
“ފައްކާ ވާނެއެއްނު ނުކުރެވިގެން އުޅޭ ކަންތައް ކުރެވޭތީ!” ޒީޝާ ސޯފާއަށް ދެފައި ނަގައި އައުސްގެ ކޮނޑުގައި ބޯއަޅައިލަމުން ބުނެލިއެވެ. އައުސް ވަގުތުން އަތް ފޮޅުވައިލުމަށްފަހު ޒީޝާގެ ބޯ ފޮޅުވައިލިއެވެ. އެމަންޒަރު ފެނިފައި ޝިޔާނާވެސް ހީލިއެވެ. ތުންދަމާފައި ބަހެއްވެސް ނުބުނެ ޒީޝާ އެއިންގޮތައް އިނީއެވެ.
“ދެން ތި ކަންތައް ދޫކޮށްލާފަ ތަންކޮޅެއް ޒިންމާދާރު ކަމެއް ކުރާން އުޅެބަލަ… މުޅި މާލޭގަ ކޮލެޖްތަކާއި އެއްޗެހި އެހުރީ… ކޮންމެވެސް ދާއިރާއަކުން ކިޔަވަބަލަ…” އައުސްއަށް ބަލަން އިނދެ ޝިޔާނާ ބުނެލިއެވެ.
“ފޮޓޯގްރަފީއަކީވެސް ދާއިރާއެއްނު!” އައުސް ބުނެލިއެވެ.
“އެކަމަކު ޝީއްތައެއް ހިތްހަމައެއް ނުޖެހޭ… ޒީ ކިޔަވައިގެން ހުރީމަ އުފާވޭ… މާސްޓާސް ފަށަން އުޅެނީ މިހާރު ދޯ ޒީ… އައުސްވެސް ކިޔަވަން އުޅެބަލަ!” ޝިޔާނާ ދެކޭގޮތުގައި ކިޔެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް އައުސް މިހާރު ކިޔާވާކަށް ބޭނުމެއް ނޫނެވެ. ޝިޔާނާ މިހެން ބުނުމުން ބޮޑު ބަހުސަކަށް ވެދާނެތީ އައުސް އަނގައިން ނުބުނެ މަޑުން އިނީއެވެ. އިރުކޮޅަކު އެގޭގައި އިނުމަށްފަހު އައުސް ގެޔަށް ދިޔައީ މަންމަ ގޭސްފުޅި ގުޅަންވެގެން ގުޅުމުންނެވެ.
“މަންމާ… މަންމާ…” ގެޔަށް ހަމަ ވަދެވުމާއި އެކީ އައިޝާ ބާރަށް ހަޅޭތްލަވަން ފެށިއެވެ.
ފެންވަރައިގެން ބޯހިއްކަންހުރި ފަރީޝާ ސިހުނީ އައިޝާ ބާރަށް ގޮވަން ފެށުމުންނެވެ. އަވަސްކޮށްލާފައި ފަރީޝާ ނިކުތީ ކޮންމެވެސް ކަމެއް ވެއްޖެކަމަށް ހިތް ބުނަމުންދާތީއެވެ.
“ކީއްވެ ރިޔާޒް މަންމައާ ދިމާވި ވާހަކަ ނުބުނީ؟” މަންމަ ލޮލުކޮޅަށް ފެނުމާއި އެކު އައިޝާ ފުރަތަމަވެސް އަހައިލީ އެހެންނެވެ. އައިޝާއަށް އެކަން އިނގުން ގޮތަކާއިމެދު ފަރީޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާ ރިޔާޒްއާއި އައިޝާ ދިމާވީ ހެއްޔެވެ؟
“އެއްޗެކޭ ނުބުނެ ތިހުރީ ކީއްވެގެން؟ މަންމައަށް އިނގޭ ދޯ މާކުރިން އޭނަ ޖަލުން އައި ކަން…” ފަރީޝާގެ ކުރިމައްޗައް އަރަމުން އައިޝާ ބުނެލިއެވެ. ފަރީޝާ ބިރުންހުރެ ބޯޖަހައިލިއެވެ.
“މިގެޔަށް އައީ ދަރިފުޅު ރިސޯޓަށް ދިޔަރޭ!” ފަރީޝާ ބުނެލިއެވެ.
“އަހަރެން ކައިރީ ނުބުނީ ކީއްވެގެން؟ މަންމާ އަހަރެންނަށް އިނގެން ޖެހޭނެ ކަމެއް ނޫންތަ އެއީ؟ އަދިވެސް އަދިވެސް އޭނަ އުޅެނީ ލައި ހޯދަން… ލައި ނުފެނިއްޖެނަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާވެ… މަންމަ ޖެހޭނެ އެއްނު ބުނަން…..” އަނެއްފަރާތައް އެނބުރެމުން އައިޝާ ވާހަކަ ދެއްކިއެވެ. އައިޝާގެ އަޑު ހުރީ ވަރަށް ބާރަށެވެ.
“މަންމައަށް ނުކެރުނީ…” މަޑުމަޑުން ފަރީޝާ ބުނެލިއެވެ. އެހުރިގޮތައް ހަށަން ބަނދެގެން އައިޝާ ހުރީއެވެ.
“އޭނަ ކިތަންމެ ވަރަކަށް ލައި ހޯދިޔަސް ނެތް މީހެއް ނުފެންނާނެ އެއްނު!” އައިޝާގެ ކޮނޑުގައި އަތް ބާއްވައިލަމުން ފަރީޝާ ބުނެލިއެވެ. ނަމަވެސް ފަރީޝާ ސިހުނީ އައިޝާ އޭނަގެ އަތް ފޮޅުވައިލުމަށްފަހު ރަތްވެފައިވާ ދެލޮލުން އޭނަޔަށް ބަލައިލީމައެވެ.
“ކިތައް ފަހަރު ބުނާނީ ލައި މަރެއް ނުވެޔޭ! ލައި މަރެއް ނުވޭ…. އެރިޔާޒް ލައި ހޯދަފާނެ…. މަންމަ ތިއުޅެނީ މޮޔަވެގެން…. މަންމަ އޭނަ މަރާލީމަތަ އެހެން ތިކިޔަނީ؟” ރުޅިގަދަވެގެން އައިޝާ ހަޅޭތްލަވައިގަތެވެ. އައިޝާ އެހެން ބުނުމުން ފަރީޝާ ދިޔައީ ސިއްސައިގެންނެވެ.
“ނޫން އިޝީ… މަންމަ އެކަހަލަ ކަމެއް ނުކުރަން!” ފަރީޝާ ރޮއެގަނެފައި ބުނެލިއެވެ. (ނުނިމޭ)
821 Comments
Comments are closed.
Me first?
Adhi nukiyan kuyaalaafa commenteh kuraanah
Omg Ifaau.
This actually is a copy of the drama serial beyhadh.
Eyge episode 15 or 16 ga vaa goih mulhi mi episode ga meeny. How saaaad. :@
Oh god. Again don’t start pliis. Story is so different from the series huh? How sad that these people just comment to judge people?
Shut up!!copy viyyaa nukiyabala?kaleyahh keeh tha copy viyya..so dude just stay Quit..it’ll be better 4 u?stupid crow
Mi riyaaz keevegen laisha mi hoadhanee? Haasnuvey ishy. Lai mareh nuvey. Lai eba ulhey filaigen Australia ga.??
Me third ??
Awn baby is third!! Story reethi tha baby? Bad biy ah mivaahaka v reethi?
Ohhh..asslu vx thr.love yuh bad boy
Love you too
V reethi ekam haadha kurey
Damn v salhi. When is next part ifaau?
Plzz guys..writer happy va hothahh comment eh kohhbala..abadhu copy nukiyasss vaaneinnu..copy viyass thi kudhinnahh hadiyyyaa nukiima ok vaaneinnu..plzz try 2 understand guys..lov u ifaau..de story is ausom..i like it?
Masha allah. Copy ekey kiyaa meehun dhen mi story nukiyaathibyma vynu. Kohme hen ehchekey meehehehey nukiyaa. Story is is awesome. Keep going Ifaa
Copy viyya nukiyabala. Thibunaa draamaa balaigen hindhaalaigen thibebala.. thimyhunnah hageegath ga mi story rythi v ma hajam nuvaneee dho. Ifaa story v habeys keep it up. Ma sha allaah…
Hajam nuvaveekee noon drama balaafa vaahaka keema vaanuvaa engeney hama ekani drama baligen ekudhinanakah vaanuvaa neynge ehenveema dheranuvaanvegen konmeves vaahakaeh dhakkanvaanenun ehenve eee Heevey tha drama baligen vaanuvaa engeynama vaahaka kiyaanehen nukiyaane v reethi
Story is awesome. Waiting for next part. Ifaau please make a bit long next time. Kiya kiyaa indha mi nimenee ehenve v dheravey…
V heevey fareesha hen laisha ah kameh kohgen miulhenee. Vaahaka v furihama as usual
Asluves dhoa Avy. Ekamaku riyaz ulhey gothun heevanee eynahen laisha ah kameh kohgen miulhenee. Let’s see dhoa vaagotheh. Story is perfect. Waiting for next part. Mmmmmmwah??
V reethi
reethi hama…ekam haadha kuru koshey thi genes dhe ny
Masha Allah!! 🙂