Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކީގާ… (04)

June Level 1
January 6, 2017 5 Mins Read
6 Comments

އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ ގައިގާ އެއްވެސް ރަޙުމެތް ނެތި ފައިން ތަޅަމުން ގެންދިޔަ ޒުވާނާ ފެނިފައި ލުޔޫންގެ ދެ ލޯ ބޮޑުވިއެވެ. ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ ހާލު ދެވަނަ ފަހަރަށް ވެސް ލުޔޫންއަށް އެ ޒުވާނާގެ މޫނަށް ބަލައިލެވުނީ އެއީ ކާކުކަން ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ.

ލިއަމް: “އޭތް….!”

ލިއަމް އަށް އެ މަންޒަރު ފެނުމާއި އެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަމުން އެ ދިމާލަށް ދުއްވައި ގަތެވެ. އޭނަގެ ފަހަތުން ސަލީމް ވެސް ދުއްވައިގަތީ އެ ޒުވާނާއަށް އެހީތެރިވެ ދިނުމަށެވެ. ލިއަމްގެ އަޑަށް ވެއްޓިފައި އޮތް ޒުވާނާ ވަށައިލައިގެން ތިބި ތިން ޒުވާނުން އެކީ އެކައްޗަކަށް ދުއްވައިގަތީ އެތަނުން ފިލައިގެން ދިއުމުގެ ބޭނުމުގައެވެ. އެވަތުގު އަނެއްކައި ވެސް ލުޔޫން އަށް ބަލައިލެވުނީ އަޅި ކުލައިގެ ޓީޝާޓަކާއި ކުރު ސޯޓުބުރިއެއް ލައިގެންހުރި ޒުވާނާއަށެވެ. އެ ޒުވާނާއަށް ވެސް ނޭނގުމެއްގެ ތެރޭގައި ލުޔޫން އާއި ދިމާލަށް ބަލައިލެވުނީ ލިއަމްމެން އެމީހުނާއި ދިމާލަށް ދުވެފައި އަންނަތަން ފެނުމުންނެވެ. އެވަތުގު އެ ޒުވާނާގެ ފިޔަވަޅުތަށް ކުޑަކޮށް މަޑުޖެހުނު ނަމަވެސް އަނެއްކައިވެސް ބާރު ބާރަށް ދުއްވައިގަތީ ލިއަމް އާއި ސަލީމްގެ އަތު ނުޖެހި އެތަނުން ދާން ބޭނުންވެފައި ހުރުމުންނެވެ. ލުޔޫންގެ ހިތު ތެރޭގައި އެތަކެއް ސުވާލު އުފެދެމުން ދިޔައެވެ. ހިތަށް ނުތަނަވަސްކަން ވެރިވެ މީހާ ބިރުގަންނަ ގޮތް ވިއެވެ.

ލިއަމް އަށާއި ސަލީމް އަށް ވެއްޓިފައި އޮތް ޒުވާނާއާއި ހިސާބަށް ދެވުނުއިރު އޭނާ އޮތީ ވަރަށް ބޮޑަށް އަނިޔާވެ ޒަޚަމްވެފައެވެ. ވަގުތުން އެ ޒުވާނާ އެރަށު ސިއްޙީމަރުކަޒަށް ގެންދެވުނެވެ.

 

 

ސޯފާއަށް ދެފައި އަރުވައިގެން ފޯނުން ނިތްކުރީގައި މަޑުމަޑުން ޖަހާލަ ޖަހާލަ އޮތް ލުޔޫން ސިއްސައިގެން ދިޔައީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ގުޅަނީ ކާކުތޯ ބަލައިވެސް ނުލައި އޭނާ އަވަސް އަވަހަށް ފޯނުނަގައި ވާހަކަދައްކަން ފެށިއެވެ.

ލުޔޫން: “ކޮންތާކު ތި އުޅެނީ؟؟؟ ޔޫން ކިތަށްފަހަރު ގުޅީމަ ފޯނު ނަގަން ކަމަށް ތި ހުންނަނީ؟؟؟”

“އެހެންޏާވެސް އުޅޭތާނގަ މަ މިއުޅެނީ… އެހެން ނޫނަސް މަށެއް ނޫން ވާހަކަ ނުދައްކަން ފޯނު ކަނޑާލީ. ވެދާނެ ލުޔޫން އަށް މީ މާ މަޖާ ކަމަކަށް ވަނީ ކަމަށްވެސް. އެހެންވީމާ ހިނގާ ދޯ މިކަންތަށް ތަންކޮޅެއް މަޖާ ކޮށްލަމާ”

އެ އަޑު ޖެހުމާއި އެކު ލުޔޫންގެ ގައިން ހީބިހި ނަގައި ގަނެގެން ދިޔައެވެ. އޮށޯވެ އޮތް ސޯފާއިން ފުންމައިގެން ތެދުވެވުމާއި އެކު ދެފަރާތަކަށް އެނބުރި ބަލައި ލެވުނީ ގޭތެރެއިން މީހެއްގެ ހިލަމެއް ވޭތޯއެވެ. ބަދިގޭގައި ޖޫސް ޖަގެއް ގިރަންހުރި އަމީނާ ނޫނީ އިތުރު މީހަކު އެވަގުތު ގޭތެރެއިން ފެންނާކަށް ނެތެވެ. ނަމަވެސް ލުޔޫން އަށް އެތަނުގައި ހުރެ ވާހަކަ ދައްކަން މާ ފަސޭހަ ކަމަކަށް ނުވިއެވެ. މީހަކަށް ފެނިދާނެތީ ސިއްރުން އުޅޭ މީހެއް ފަދައިން، އެކި ދިމަ ދިމާ ހޯދަމުން ބަލަމުން ކަހަލަ ގޮތަކަށް ލުޔޫން ގޭގެ ފަހަތުގައި އޮތް ހުސް ބިމަށް ނިކުތެވެ. އެވަގުތު އެތަނުގައި ހައްދާފައިވާ ތަފާތު އެކި ވައްތަރުގެ މާމެލާމެލިން މުޅި ފަޒާތެރެ އެއްވަސް ކުރުވާފައި އޮތެވެ.

ލުޔޫން: “ބުނަންތަ ރަނގަޅު ވާހަކައެއް…”

“މަ ބުނަންތަ ރަނގަޅު ވާހަކައެއް… މަށަކަށް މާ އުނދަގުލެއް ނުވާނެ މަ އަތުގަ މިއޮތް ވީޑިއޯ ލީލާއަށް ފޮނުވާކަށް. ނޫނީ އެހެން މީހަކަށް ވެސް ފޮނުވާކަށް. ލީލާއަކަށް ވެސް މަގޭ މެސެޖު ވިއު ކުރާކަށް މާ އުނދަގޫ ވާނެހެނެއް ހިއެއް ނުވޭ…. އެހެންވީމާ ހިނގާ ދޯ ޕޮއިންޓް އަށް. މަ ބޭނުމީ ފަންސާސް ހާސް…. ބަދަލުގަ މަ މީތި ލުޔޫންގެ ކުރިމަތީގަ ޑިލީޓު ކޮށްލާނަން”

 

ބުނާނެ އެއްޗެއް ނޭނގިފައި ލުޔޫން އަށް ކުޑައިރުކޮޅަކު ހަނުހުރެވެނުނެވެ. ދެންވެސް ވާހަކަ ދައްކަންފެށީ އެމީހާއެވެ.

 

“މިހާރު ކިހިނެއްވީ؟ ހޫމްމްމް…. ލީލާގެ ހުރި ހަމައެކަނި ދަރި…. އެހެންވީމާ މަށަށް ހީވަނީ ފަންސާސް ހާސް އެއީ އަދި ވަރަށް ކުޑަ އަދަދެއްހެން…. ހިނގާ ދޯ އަދަދު ބޮޑުކޮށްލަމާ”

ލުޔޫން: “ނޫން…. ނޫން….. މަޑުކޮށްބަލަ… އޭތް…!! އަހަރެން ކޮންތާކުންތަ ތިހާ ބައިވަރު ރުފިޔާ ހޯދާނީ؟ ކީއްވެގެންތަ އަހަރެން ފަހަތުން އަޅައިގަނެގެން ތިއުޅެނީ… އަހަރެން ތި މީހަކަށް ކޮން އުނދަގުލެއްތަ ކުރީ…”

ލުޔޫން އޭނަގެ ހިތުގައިވާ ޝަކުވާތައް އެމީހަކަށް ބަންޑުން ކޮށްލިއިރު ލުޔޫން އަށް ހަމަ ރަނގަޅަށް ވެސް ހުރީ ރޮވިފައެވެ. ގިސްލަ ގިސްލާފައި ރޮމުން އަނެއްކައި ވެސް ލުޔޫން ވާހަކަ ދައްކަންފެށިއެވެ.

 

ލުޔޫން: “ހެޔޮނުވާނެ….. ތި ވީޑިއޯއެއް ޑިލީޓްކޮށްލަދީ….. ޕްލީޒް… އަ..”

“އެވާހަކަތާ ދޯ މަވެސް މި ކިޔަނީ… ހިނގާށޭ ޑިލީޓް ކޮށްލަން. އެކަމަކު މިހާ އަގު ހުރި އެއްޗެއް އެހާ ފަސޭހަ ކަމާއެކު ނައްތައެއް ނުލެވޭނެ ދޯ؟؟ މަށަށް ޔަގީން ލުޔޫން ގެ މަންމަ ލީލާއަށް މީތި މަ ފޮނުވާއިރަށް މަ ބުނާ އަދަދަކަށް މަށަށް ރުފިޔާ ލިބޭނެކަން… މަ ކިހާ ރަނގަޅުތަ. ލީލާ ކައިރީ ނުބުނެ މަ ލުޔޫން ކައިރީގަ މިބުނީ ލުޔޫންގެ މި ސިއްރު ހިފަހައްޓަދޭށޭ… މަށަށް އެނގެޔޭ ލުޔޫން އެ ނިހާލު އާ އެކީ ޖަހާހާ ސަކަރާތެއް… އެހެންވީމަ އަދި ވިސްނާލާ އިނގޭ. މަ ދޭނަން ދެ ދުވަސް”

 

އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އެމީހާ ފޯނު ކަނޑައިލިއެވެ. ގިސްލަ ގިސްލާފައި ރޮމުންދިޔަ ލުޔޫން އެ ހުރި ގޮތަށްހުރެ ބިންމައްޗަށް ތިރިވިއެވެ. ބޯ ހާސްވެ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ލުޔޫން ރޮމުންދިޔައިރު ކޮންމެވެސް މީހަކު އޭނަގެ ފޯނަށް ގުޅަމުން ދިޔައެވެ. ފޯނަށް އަރާފައި އޮތް ނަން ފެނިފައި ލުޔޫންއަށް ރުޅި އާދެވުމާއި އެކު ފޯނު ނަގައި އަތުގެ ކޮޅަށް ހޫރާލިއެވެ. އަދި ނޭފަތް އެތެރެއަށް ދަމާލަމުން ފޯނު އެއްލާލެވުުނު ދިމާލަށް ބަލައިލިއެވެ. ކުއްލިއަކަށް އެތާނގައި ހައްދާފައިވާ މާގަސްތަކުގެ އަނެއްފަރާތުން ލިއަމް ފެނުނުހެން ލުޔޫންއަށް ހީވިއެވެ. އެއީ ހީވި ހީވުމެއް ކަމަށް ނިންމައި ލުޔޫން ތެދުވީ ގޭތެރެއަށް ވަނުމަށެވެ.

 

ލިއަމް: “އާނ…. މިފަހަރު ކޮންމެ ގޮތެއް ހަދާފަވެސް މަ މިކަންތަށް ކުރާނަން…. އޭނަ ވަރަށް ހިތްވަރު ކުރާނެ މަ އަތުގަ ނުޖެހި އުޅެން.”

ލިއަމްގެ އެ ޖުމްލަތަކާއި އެކު ލުޔޫންއަށް ހުއްޓިލެވުނީ ލިއަމް އެ ދައްކަނީ ކޮން ވާހަކައެއްތޯ ބަލައިލުމުގެ ބޭނުމުގައެވެ. އެވާހަކަތަކާއި ލުޔޫންއާއި ކޮންމެވެސް ގުޅުމެއް ވާހެން ލުޔޫންއަށް ހީވާންފެށިއެވެ. ޝައްކު ކުރަން ބޭނުންނުވި ކަމުގައި ވިޔަސް ލުޔޫންއަށް ލިއަމް އާއި ދޭތެރޭގައި ޝައްކު ކުރެވެންފެށުނެވެ. ލުޔޫންއަށް އެ ގުޅާ މީހަކު ވާހަކަ ދައްކާ އުސޫލުން ލިއަމް ވެސް ވާހަކަ ދައްކައި އުޅެނީ ވަރަށް ފަރުވާތެރި ކަމާއި އެކު ވިސްނަމުން ވާހަކަ ދައްކާ މީހަކު ފަދައިން ލަސްލަހުންނެވެ. ލުޔޫން އަކީ ދުވަހަކުވެސް މީހެއްގެ ޒާތީ ވާހަކަތަކެއް އަޑުއަހައި މީހުނަށް ފާރަލައި ހެދި ކުއްޖެއް ނޫނެވެ. އެކަމަކު މިއަދު އޭނާއަށް ވެފައި އެހުރީ ކީއްކަމެއް ޙުދު އޭނާ އަކަށްވެސް ނޭނގެއެވެ. ވަރަށް ސިއްރުން މަޑުމަޑުން އެ އަޑު އިވޭ ދިމާލަށް ދަނިކޮށް ކުއްލިއަކަށް ލިއަމްގެ ކުރިމައްޗަށް ލުޔޫންއަށް އެރުނެވެ. އެވަގުތު ދެ މީހުނަށް ވެސް ސިހުންލިބި ފަހަތަށް ޖެހިލެވުނެވެ. ދެ ލޯ ބޮޑުކޮށްގެން ލިއަމް އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލުޔޫން ފެނިފައި ލިއަމް ކުޑަ ގޮތަކަށް ހިނިތުންވުމެށް ދެމުން އެތަނުން ދިޔައީ އޭނާ އެ ގުޅައިގެން ހުރި މީހަކާއި ވާހަކަދައްކަމުންނެވެ.

 

 

ރޭގަނޑުގެ ކެއުމަށްފަހު ސިޓިންގ ރޫމްގައި މަޑުކޮށްލައިގެން އިން ސަލީމް ވާހަކަ ދައްކަމުން ގެންދިޔައީ ލީލާ އާއިއެވެ.

ސަލީމް: “އެހެންޏާ މިރަށަށް އައިސް މި އުޅޭއިރު ފެންނަ ބައެއް ނޫން އެއީ…. އެކަމަކު ވެއްޓިފަ އޮތީ ނަޒީހުކަން އެނގުނު”

ލީލާ: “އާނ.. އެއީ މިރަށު ބައެއް ނޫނޭ ބޭބޭ. މާލޭ ބަޔަކޯ އެއީ… އަޑު އެހިން މި އުޅޭ ނިޔާފުގެ ރައްޓެހި ކަމުގަ މިރަށަށް އައިސްގެން އުޅޭ ބަޔަކޭ ކިޔާ އަޑު.. އެމީހުން ތިބި ވައްތަރު ފެނިފަވެސް ބަޔަކު ބިރުން ހަލާކުވާނެ.”

ސަލީމް: “ކޮންމެ މީހެއްގެ ރައްޓެހި ކަމުގަ އަޔަސް ޖެހޭނެތާ ދޯ އަޙުލާގެއް ވެސް ގެންގުޅެން.”

ލީލާ: “ހީވޭތަ އެކަހަލަ މީހުންގެ އަޙުލާގެއް ހުންނާނެހެން؟ އެތާގަ ހުރި ނިހާލު އެއީ އެކަހަލަ ކަންކަމުގަ އަރާހުރި މީހެއް ކަމަށް ވަނީ. އަޑުއެހިން މި ދޭތެރެއަކުން ޖަލަށްވެސް ލި ވާހަކަ. އެތަނުން މިންޖުވީމަ ތޯއްޗެއް މިރަށް އައިސްގެން އެ އުޅެނީ.”

ސަލީމް: “ކޮން ނިހާލެއް؟ ލީލާ ދަންނަ ކުއްޖަކީތަ؟”

ލީލާ: “ދަންނަނީކީ ނޫން.. އަހަރުމެން އޮފީހުގަ މި އުޅޭ އަނީސް އެނގެ އެއްނު.. އޭނަގެ ހުންނާނެ އަންޝާ ކިޔާ މަންޖެއެއް.. އެމަންޖެއާ މިބުނާ ސޮރު ހިތާވެގެން އުޅޭތީ އެކަމާ އަނީސް ރުޅިގަދަވެގެން އުޅުނު އެއް ދުވަސް ވަރެއްގަ. އޭރު އަނީސް ވަރަށް ގިނައިން ދައްކާނެ އެސޮރުގެ ވާހަކަ..”

ލީލާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑައިލީ އެވަގުތު ސިޑިން ފައިބައިގެން ގޭ ދޮރާއި ދިމާލަށް ދިޔަ ލުޔޫން ފެނިފައެވެ.

ލީލާ: “ދަރިފުޅާ… މިގަޑީގަ ކޮންތާކަށް ތި ދަނީ؟”

“ރައްޓެއްސެއް ކައިރިއަށް” ފަސް އެނބުރި ބަލާލުމެއް ވެސް ނެތި ކުރު ޖަވާބެއް ދިނުމަށްފަހު ލުޔޫން ގެއިން ނިކުމެގެން ދިޔައީ އެވަތުގު އޭނާއަށް ލީލާއާއި ކުރިމަތި ލާނެ ހިތްވަރެއް ނުލިބުމުންނެވެ. ލީލާ އާއި ސަލީމް ދައްކަމުން ދިޔަ ވާހަކަ ހަމަ ރަނގަޅަށް ވެސް ލުޔޫން އަށް އަޑު އިވުނެވެ. އެމީހުނަށް ނޭނގިނަމަވެސް އެ ދެއްކުނީ ލުޔޫންގެ ހިތުގައި ރަސްކަން ކުރަމުންދާ ޒުވާނާގެ ވާހަކައެވެ. ލުޔޫން އެ މީހަކާއި އެކު މުޅި އުމުރު ވޭތުކުރަން ބޭނުންވެފައިވާ ނިހާލްގެ ވާހަކައެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ލުޔޫންގެ އިތުބާރު ހޯދައި، ނިހާލަ ވަނީ ލުޔޫންގެ ހިތުގެ އެންމެ ފުންމިނުން ޖާގަ ހޯދައިފައެވެ.

އިވުނު ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން ނިކުން ކަމުގައި ވިޔަސް، ގެއިން ނިކުމެވުމާއި އެކު ލުޔޫންއަށް ރޮވެންފެށުނެވެ. ނިހާލް އަކީ އެފަދަ މީހެއް ކަމަކަށް ޤަބޫލު ކުރާކަށް ލުޔޫންގެ ހިތް ބޭނުމެއް ނުވިއެވެ. އިވުނު ވާހަކަތަކަކީ ތެދެއް ނޫން ކަމަށް ނިންމާފައި ލުޔޫންއަށް ދެލޯ މަރައިލެވުނެވެ. އެވަގުތު އަނެއްކައި ވެސް ދެންމެ ހިނގި ކަމެއްފަދައިން ހިތުގެ ތެރެއަށް ސިފަވެގެން ދިޔައީ ބަނދަރުމަތިން ފެނުނު މަންޒަރެވެ. އަނިޔާވެރި ގޮތަކަށް މީހެއްގެ ގައިގައި ފައިން ތަޅަމުންދިޔަ  އެ ޒުވާނާގެ ސޫރަ ހިތަށްވެރިވުމާއި އެކު ލުޔޫންއަށް ކުއްލިއަކަށް ދެ ލޯ ހުޅުވައިލެވުނެވެ. އެއީ ނިހާލްގެ ސޫރަ ނޫން ދެވަނަ އެހެން ސޫރައެއް ނޫނެވެ. އެ ސޫރަ ލުޔޫން އަކަށް އޮޅުވައެއް ނުލެވޭނެއެވެ. އެހެން ނަމަވެސް މީގެ ކުރިން ނިހާލްގެ އެފަދަ ސިފައެއް ލުޔޫން އަކަށް ފެނިފައެއް ނުވެއެވެ. ހިތުގައި ފުނިޖެހެމުންދިޔަ ސުވާލުތަކުގެ ޖަވާބު ހޯދުމަށް އެވަގުތު ލުޔޫން އަވަސްވެ ގަތެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޔަމަހާ ފީނޯއެއްގައި އިން ލުޔޫން، އޭގެ ސްޕީޑު އިތުރަށް ބާރު ކުރަމުން ދިޔައީ މަގުމަތިން ދުއްވަމުން ދިޔަ އުޅަނދުތަކަށް ކުޑަވެސް ބެލުމެއް ނެތިއެވެ. ބްލޫ ހެވަން ގެސްޓުހައުސްގެ ގޭޓާއި ކައިރިވުމާއި އެކު ލުޔޫން އޭގެ ސްޕީޑް ދައްކޮށް މަގުގެ އެއްފަރާތުގައި ޕާކު ކުރުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.

ލުޔޫން: “ނީލް… ނީލް… ދޮރުހުޅުވަބަލަ.”

ބްލޫ ހެވަން ގެސްޓުހައުސްގެ ފަންސާސް ހަތްވަނައަށްވީ ކޮޓަރީގެ ދޮރުފަތުގައި ބާރު ބާރަށް ތަޅަމުން ގެންދިޔަ ލުޔޫން މެދު ކެނޑުމެއްނެތި ނިހާލްއަށް ގޮވަމުން ގެންދިޔައެވެ. އެވަތުގު އެ ހިސާބުން ހިނގާފައި ދިޔަ ދެ މީހަކު ލުޔޫންގެ ހަރަކާތްތަށް ހުރި ގޮތުން އެ ތާނގައި މަޑުކޮށްލައިގެން ކުޅިބަލަން ތިބޭފަދަ ގޮތަކަށް ތިއްބެވެ.

“ޔޫން….” ހުޅުވައިލެވުނު ދޮރާއި އެކު ލުޔޫންގެ މޫނަށް ބަލައިލަމުން ނިހާލްއަށް ބުނެލެވުނެވެ. އިތުރު އެއްޗެކޭ ނުބުނެ ލުޔޫން ކޮޓަރި ތެރެއަށް އަވަސްއަވަހަށް ވަނީ އެވަގުތު އެތާނގައި ތިބި މީހުންގެ ލޯތަށް އޭނާއަށް އަމާޒުވެފައިވާކަން އެންގުމުންނެވެ.

ލުޔޫން: “ނީލް…. ވަޓްސް ގޮއިންގ އޯން؟؟ ވަޓް ދަ ހެލް އިޒް ރޯންގ ވިތް ޔޫ؟ ބުނެބަލަ.. ކިޔާދީބަލަ….. ކީއްވެތަ އެމީހާ ގައިގަ ތެޅީ؟ ކާކުތަ އެއީ؟؟ ޔޫންއަށް ހެޔޮ އެ ކޮންމެ މީހަކަށް ވިޔަސް… ނީލް ކީއްވެތަ އެމީހާ ގައިގަ ތެޅީ؟ ބުނެބަލަ…. އާ ޔޫ އިންވޯލްވްޑް އިން ސަމްތިންގ؟”

ނިހާލްގެ ކުރިމަތީގައި ހުރެ ލުޔޫން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ގެންދިޔައެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިސް ޖަހާލައިގެން ހުރި ނިހާލް އަށް ބަލައިލަމުން ލުޔޫން އަނެއްކައިވެސް ވާހަކަ ދައްކަންފެށިއެވެ.

ލުޔޫން: “ކިހިނެއްވެފަތަ ތި ހުންނަނީ…. ޖަވާބު ދީބަލަ؟”

ނިހާލް: “މަ ކީކޭތަ ކިޔަންވީ؟ މަ ދައްކާ ވާހަކައެއް ޔޫންއަށް ގަބޫލު ކުރެވޭނެތަ؟”

އިސްޖަހާލައިގެން ހުރި ނިހާލް ފެންކަޅިވެ ހުރެ ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެ އަޑު އިވިފައި ލުޔޫންއަށް ނިހާލްގެ މޫނަށް ބަލައިލެވުނެވެ. މިލާ މޯޅިވެފައިވާ މޫނަކާއި އެކު އެ ދެލޮލުން ވިދަމުންދިޔަ ކަރުނަތަށް ފެނިފައި ލުޔޫންގެ ހިތް މަޑުވެގެން ދިޔައެވެ.  (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

June

Level 1

Other Articles

Previous

މަލަކާ (9ވަނަ ބައި)

Next

އުމުރަށް….

Next
January 6, 2017

އުމުރަށް….

Previews
January 6, 2017

މަލަކާ (9ވަނަ ބައި)

6 Comments!

  1. shahaa says:
    January 6, 2017 at 9:33 pm

    Vahaka rythi wating for next part

  2. Afu says:
    January 6, 2017 at 9:37 pm

    Liam tha blackmailer akee ??

  3. Leela says:
    January 6, 2017 at 9:47 pm

    Konme faharaku ves varah kiyaahithun kiyan indha dhen fennanee “nunimey” ??
    Ekm vs vvv reethi ❤

  4. maree says:
    January 6, 2017 at 9:48 pm

    V reethi

  5. Samy says:
    January 7, 2017 at 9:03 am

    Storyy varah varah reethi. Ekamaku haadha kurey.. Ella pls dhen up kuraa ep eh thankolheh dhigu kohladhybala ? and thankolheh avaha up kohdhenchey

  6. Aish says:
    January 7, 2017 at 10:34 am

    komme faharakuvx eoh kiyaa hithun kiya kiyaa indhaa nimeny emme kiyaa hiyvaa hisaabun..??BTW story hama vvv reethi…nxt episd thankolheh dhigukoh n avahah genesdhyba…plxxxxx.. ??

Comments are closed.

Next Episodeއަބަދަށް އެކީގާ… (05)←


All Right Reserved!