Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވިއްސާރަ ރޭ… ފުރަތަމަބައި

nizam Level 110 Stories
January 7, 2017 3 Mins Read
13 Comments

ވާހަކަ ފެށުމުގެ ކުރިން އަޅުގަނޑުގެ ވާހަކަ ތަކަށް ސަޕޯރޓު ކުރައްވާ އަދި އަޅުގަނޑަށް މި ރޮނގުގަ ހިތްވަރު ދެއްވާ ހުރިހާ ފަރާތް ތަކަށް އާ އަހަރުގެ ތަހުނިޔާ އަރިސް ކުރަމެވެ. އަދި އަޅުގަނޑުގެ މި ވާހަކަ ވެސް ތިޔަ އެންމެ ހާ ކިޔުން ތެރިންނަށް ކަމުދާނެ ކަމުގައި އުއްމީދު ކުރަމެވެ. ޝުކުރިއްޔާ.

ދަންވަރުގެ ހަމަ ހިމޭންކަން ނަގައިލީ ފަތިހަށް ގޮވަން ފެށި ހާލާއި ކޮވެލީ ގެ އަޑުންނެވެ. ހަމަ އެޔާއެކު ފަތިހުގެ ހިތްގައިމު މަންޒަރާ އެކު އުޑުމަތި ސާފު ރީތި ދުވަހަކަށް އިރު ފެނުން ތޮޅި ލިއެވެ. ވިލާ ރޮއްޖެއްހާ ހިސާބު ވެސް އުޑު މަތިން ފެންނަން ނެތް އިރު މުޅި އުދަރެސް ވަށާ ވަނީ މަޑު ނޫ ކުލައިގެ ސާލެއް ފަތުރާ ލެވިފައެވެ. ޤުދުރަތީ ރީތިކަން ހާމަ ވަމުންދާ އަޖައިބު ކުރުވަނި އެ ރީތި މަންޒަރު ހީވަނީ މޮޅު އާރޓިސްޓަކު ކުރަހާލައިފާވާ ޚިޔާލީ ކުރެހުމެއް ހެންނެވެ.

ހިތް ގައިމު ވަރަކަށް ވައި ޖެހެމުން ދިޔައިރު ކަނޑު ގައި ރާޅު ބާންޏެއްގެ ހިސާބު ވެސް ނެތެވެ. އެ ހިތްގައިމު ދުވަހު ރަށު ތެރޭގައި މީހުންތައް އެކިކަން ކަމުގައި ހެލިފެލިވެ އުޅެމުންދާ މަންޒަރު އެކި ދިމަ ދިމާލުން ފެނެއެވެ. ނަމަވެސް އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އެދުވަހާ އަލްވަދާޢު ކިއުމަށް ތަތް ޔާރުވީ އޮޔާ ވަޔާ ބަދަލުވާ އުސޫލުން އެ ހިތް ގައިމު މަންޒަރު އެއްކޮން ބަދަލު ކޮށްލުމަށް ފަހުއެވެ.

އަސުރުން އިރު ތިރި ވުމާއެކު ހެން ވިއްސާރަ ވިލާ ތަކުން މުޅި އުދަރެސް ވަށާ ބަށްދައިލީ އެ ހިތް ގައިމު ދުވަހުގެ އުފާ ލިބި ގަންނަމުން ދިޔަ ލަވް ބާރޑުންގެ އިތުރުން އެހެން މީސް މީހުންގެ ވެސް ހިތް ތަކަށް މާޔޫސް ކަމާއި މޮޅި ވެރިކަން ގެނުވަމުންނެވެ. ރަށުން މަހައް ފުރި ދޯނިތައް ވެސް އޭރު އަންނަމުން ދެއެވެ. ޖެހެމުން ދިޔަ ފިނި ވައި ރޯޅިން ހީވަނީ ދެންމެ ދެންމެ ވާރޭ ވެހި ގެންފާނެ ހެންނެވެ. ރަށު ތެރޭގައި މީހުންތަށް ކެރި ގަނޑުން ސަލާމަތް ވުމަށް ޓަކައި ހިޔާވަހި ކަމެއް އަތު ޖެހޭތޯ އެކި ކޮޅު ކޮޅަށް ހޭލަ މޭލަ ވާތަން ފެނެއެވެ.

ވިއްސާރަ ވިލާ ތަކުގެ ސަބަބުން އިރު އޮށްސެމުން ދިޔަ ވަރަކަށް ރަށުތެރެ ވެސް އައީ އަނދިރި ވަމުންނެވެ. އޭރު ޝާނީ ފިޔަވައި އިތުރު މީހަކުވެސް އަތިރި މައްޗަކު ނެތެއެވެ. އެހެން ކަމުން ގެޔައް ދާން ހިނގައި ގަތްފަ ވެސް އަތިރިމަތީ ހުރި ހިރުނދު ގަހެއްގެ ދަށުގައި ޝާނީ މަޑު ކޮށްލީ އަދިވެސް ޝާހިރުމެން މަހަށް ދިޔަ ދޯނީގެ ޚަބަރެއް ވޭތޯ އެވެ.

އެހެނަސް ފަހަރަކު ދޯންޏެއް އަންނަމުން އަންނަމުން ގޮސް ރަށުން މަހަށް ފުރި ހުރިހާ ދޯނި ތަކެއް ހެން ރަށަށް އައިސް ނިމުނު އިރު ވެސް ޝާހިރު މަހަށް ދިޔަ ދޯނި ރަށަކަށް ނާދެއެވެ. ހާސްވެ ކަން ބޮޑު ވެފައި އަތިރި މަތީ ހުރި ޝާނީ ފުންނޭވާ އެއް ދޫކޮށް ލަމުން ގެއަށް އައުމަށް ހިނގައިގަތީ އިތުރަށް ދެން އެތާ މަޑު ކުރުމުގެ އެއްވެސް ބޭނުމެއް ނެތީމައެވެ. އަނެއްކޮޅުން އޮށްސައި ގަތުމަށް ތަތްޔާރު ވެފައި އޮތް ވިލާ ގަނޑުގެ ކުރިން ގެއަށް އައުމުގެ ވެސް ބޭނުމުގައެވެ. ޝާނީ ހިނގައި ގަތް ތަނާ ހެން ވައި ބާރު ކޮށް ލުމަށް ފަހު ވާރެ ކަނި ޖަހަން ފެށިއެވެ. އެހެން ކަމުން ޝާނީ ވެސް ހިނގުން ބާރު ކޮށްލިއެވެ.

ޝާނީ އަށް ގެއާ ހަމައަށް އާދެވުނީ ހަމަ ކިރިޔާއެވެ. ވާރެ އޮށްސައި ގެންފިއެވެ. ކުޑަ ތަންކޮޅެއް ލަސްވި ނަމަވެސް އޭނައަށް ވާރެ ގަނޑުގައި ނުޖެހި ގެއަށް ނާދެވުނީސް ކަން ހަމަ ޔަގީނެވެ. އެވަގުތު ޝާނީ ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ. އަދި އަވަހަށް ގެއަށް އާދެވުނުކަން ނަސީބޭ ހިތަށް އަރަމުން އަވަސް އަވަހަށް ގެއަށް ވަދެ ހިނގައި ގަތީ ބަދިގެ އާ ދިމާ އަށެވެ.

އެވަގުތު ޝާނީގެ ލޮލުގައި އަޅައިގަތީ ގޭތެރޭގައި ހުރި ސޯފާ އެއްގައި އިށީދެނލައިގެން ހެވިފައި ޓީވީން ދައްކަމުން އައި ޓޮމް އެންޑް ޖެރީ ކާޓޫނަށް ގެއްލިފައި އިން ލީޝްއެވެ. އެވަގުތު އޭނަގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން މޫނު މަތީ ހުރި ކަން ބޮޑުވުމާއި ހާސްކަން ވެސް ހިނދު ކޮޅަކަށް ފިލައި ދިޔައެވެ. އަދި ދެ އަތަކަށް ބޯ ހޫރާލަމުން އޭނާ ދިޔަގޮތަށް ގޮސް ވަނީ ބަދިގެ އަށެވެ. ޝާހިރު އައުމުގެ ކުރިން ކާ އެއްޗެއް ތަތްޔާރު ކޮށްލުމަށެވެ.

ހުރިހާ ކަމެއް ކޮށް ނިމި ޝާނީއަށް ބަދިގެ އިން ނުކުމެވުނު އިރު ހަތެއް ޖަހާވެސް ބޮޑު ވެއްޖެއެވެ. އެހެން ކަމުން ލީޝްއަށް ކާންދީ ފާހަނަޔަށް ވަދެ ފެންވަރު ވައިގެން ނުކުމެ ރީތި ކޮށްލުމަށްފަހު ނިދަން އެނދުގައި ބޭއްވިއެވެ.

*** *** ***

މިހާރު ގަޑިން އަށްގަޑި ބައިވަނީއެވެ. އަދިވެސް ޝާހިރު ގެއަކަށް ނާދެއެވެ. ހަވީރު ވެހެންފެށި ވާރެވެސް އަދިވެސް ހުއްޓާލައިކަށް ނޫޅެއެވެ. ތުނި ކޮށްލައިފަ ވެސް ބޯކޮށް ލަނީއެވެ. ވިއްސާރަ ރެއެއް ކަމުން އިޝާނަމާދުން ފޭބިތަނާހެން ރަށުގެ އެންމެން ކަހަލަ ގޮތަކަށް ގޭގެއަށް ވަދެ ނިދައި ފިއެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވާތާ ވަރަށް މަދު ގެއެއްގެ ދޮރަކުން ނޫނީ ގަދަ އަލިކަމެއް ވެސް ނުފެނެއެވެ. މިހާރު ވިދާ ގުގުރަން ވެސް ފަށައިފިއެވެ. ވިއްސާރަ ތޫފާނީ ރެޔަކަށް ހަމަ ރަނގަޅަށް ވެސް ވެނިމިއްޖެއެވެ.

ކުޑަދޮރުން ބޭރު ބަލަން ޝާނީ ހުރިއިރު އޭނަގެ ނަޒަރު ހުއްޓިފައި ވަނީ ވެހެމުންދާ ވާރޭ ފެންތިކި ތަކަށެވެ. ވާރޭގެ ފިނިކަމަށް އިންސާފު ކުރަމުން ފަސް އަހަރަށްދާ ލީޝް އޮތީ އޭނަޔާ ދާދި ގާތުގައި ހުރި ކުޑަ ވަރެއްގެ އެނދެއްގައި ލޯބި ގޮތަކަށް ނިދާފައެވެ. ވިދުކަންޏާ ގުޅިގެން ގުގުރާލައި ކޮންމެ ފަހަރަކު ޝާނީއަށް ބޭއިޚުތިޔާރުގައި ލޯ މަރާ ލެވެއެވެ. އެ ފެންތިކި ތަކުގެ ސަބަބުން ޝާނީގެ ހިތުގައި ވަނީ އާދަޔާ ހިލާފު ބިރުވެރި ކަމެއް އުފެދިފައެވެ.

އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ކޮންމެ މީހަކުވެސް މުސްތަޤުބަލަށް ޓަކައި ފޮނި ހުވަފެން ތަކެއް ދެކޭނެވެ. އުފާވެރި ދިރިއުޅުމަކަށް އުއްމީދު ކުރާނެއެވެ. އެއްވެސް ހާލެއްގައި ދިރިއުޅުން ހަލާކު ވެގެން ދާކަށް އެއްވެސް މީހަކު ނޭދޭނެއެވެ.

އެގޮތުން ޝާނީވެސް މުސްތަޤުބަލަށް ޓަކައި ފޮނި ހުވަފެން ތަކެއް ދެކުނެވެ. އުފާވެރި ދިރިއުޅުމަކަށް ނުހަނު ގިނަ އުއްމީދު ތަކެއް ކުރިއެވެ. އެހެނަސް މުސްތަޤުބަލަށް ޓަކައި ޝާނީ ދެކެމުން އައި ފޮނި ހުވަފެންތަށް ވިއްސި ވިހާލިވީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އުފާވެރި ދިރިއުޅުމަކަށް ކުރި ހުރިހާ އުއްމީދެއް އެފުއް މިފުށައް ޖަހާލީ ހަމަ މިފަދަ ރެއެއް ގައެވެ.

އެހެން ކަމުން ދެވަނަ ފަހަރަށް އެފަދަ ހާދިސާ އެއް މެދުވެރިވާން ޝާނީ ބޭނުން ނުވަނީއެވެ. ޝާހިރު މަތިން ހަނދާން ވުމުން ޝާނީގެ ލޮލުން ކަރުނަ ނިރާލިއެވެ. ކީއްވެ ކަމެއް ވެސް ނޭންގެއެވެ. ހިތުތެރޭ ޝަކުވާ ގިނަވެ ފުރަތަމަ ފަހަރަށް ޝާޚިރު އާ ދޭތެރޭ އޭނަޔަށް ވިސްނައި ލެވުނެވެ. އަނެއްކާ ޝާހިރުވެސް އަތުން ބީވެދާން އުޅެނީ ހެއްޔެވެ؟ އަހަރެންނަށް އަބަދު މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ދިރިއުޅުމުގައި އުފަލެއް ލިބުން ނެތީ ހެއްޔެއެވެ؟

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

އަބަދަށް އެކީގާ… (05)

Next

ޢަޞްރު (ނަވާވީސްވަނަ ބައި)

Next
January 7, 2017

ޢަޞްރު (ނަވާވީސްވަނަ ބައި)

Previews
January 7, 2017

އަބަދަށް އެކީގާ… (05)

13 Comments!

  1. Malaa says:
    January 7, 2017 at 6:14 pm

    Ma sha allaah vvv furihama. Best of luck dear…???

  2. Anonymous says:
    January 7, 2017 at 6:31 pm

    V bodhu bai kiyaalaafainee mi vaahakaige shaanee ge kureege firimeehaa shaanee aa dhimaavi hisaabah keen v reethi vaahaka

  3. Shi says:
    January 7, 2017 at 10:04 pm

    Kon site eh ga mi vaahaka ineee. Igey kuhjak bunedybala

  4. afzalzenith30 says:
    January 7, 2017 at 10:21 pm

    V chaalu

  5. maree says:
    January 7, 2017 at 10:40 pm

    vvvvv reethi vaahaka

  6. Maus says:
    January 7, 2017 at 10:41 pm

    Vaahaka reethi vaanehen heevey. Ekamaku vakihisaabakun vaahaka huttalaathy kiyan foohivey

  7. nizam says:
    January 7, 2017 at 10:47 pm

    thanks all lovely coments

  8. ully says:
    January 8, 2017 at 2:04 am

    So curious about next part

  9. Anonymous says:
    January 8, 2017 at 7:05 am

    Vara higaimu, keep it up!..?

  10. Sama says:
    January 8, 2017 at 10:40 am

    Vaahaka kithamehaa vx nala. Ekamaku sukunuge masala v bodu. Gina thanthaa Rangalhah sukun beynun nukohh kuryma kiairu varah bolah thuraawey

  11. Shy beauty says:
    January 8, 2017 at 4:51 pm

    Mi vhk kee handhaaneh vey…bt reethi..

  12. cute handi says:
    January 9, 2017 at 7:39 pm

    thayyaaru…..mithanugai beynhn kuran jeheynee alifu sukun….. gaiyyfa eh nukiyaane… ganefa A kiyaany…. sukunuge massala huri kan varah bodah faahaga vey….. anyways…. vaahaka reethi……

  13. Maai says:
    January 9, 2017 at 10:51 pm

    Vaahaka varah reethi ma sha Allah. Ekam sukunthakuge massala faahaga kurevey .plse rangalhu kokhlahcchey

Comments are closed.

Next Episodeއެވިއްސާރަ ރޭ… ދެވަނަބައި←


All Right Reserved!