އެނބުރެމުން ދިޔަ މަޑު ފަންކާގެ އަޑު ކޮޓަރީގައި ހިފާލާފައި ވީއިރު އެނދުމަތީގައި ލެޕްޓޮޕް އުނގަށް ލައިގެން ނާހިދް ނިދިފައި އިނެވެ. އޭނާގެ އަންހެނުން ލާރާ ކައިރީގައި ނިދާފައި އޮތް އިރު ލެޕްޓޮޕްގެ އަލިކަން ނޫނީ އެތަނުގައި އަލި ކަމެއް ނުވެއެވެ. އޭނާ ކުއްލިއަކަށް ސިހިފައި ތެދުވީ ފޯނު ރިންގުވާން ފެށި އަޑަށެވެ.
އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެފައި ނާހިދް ތެދުވެ ލޯ އުނގުޅަމުން ފޯނުނެގިއެވެ. “ހަލޯ..” ނިދި އަޑުން ވާހަކަ ދެއްކި އިރު އޭނާއަށް ރަނގަޅަށް ލޯ ވެސް ނުހުޅުވެއެވެ. “ރިއުމާން މިގަޑީގައި.. ބާރަ ގަޑި ބައިވަނީއެ މިހާރު.” މޯޅި އަކަށް ދެމިލަމުން ނާހިދް ފޯނުން ގަޑި ބަލާލާފައި ބުނެލިއެވެ.
“ކިހިނެތް ވީތަ މިގަޑީގައި ތިގުޅީ މާދަމައަށް މަޑު ނުކުރެވިގެން.. ވަޓް!!” ނާހިދް ކުއްލިއަކަށް މިހެން ބުނެފައި ނިދިން ހޭލެވުނެވެ. އުނގުމަތީގައި އޮތް ލެޕްޓޮޕް ދުރަށް ލަމުން އޭނާ އެނދުން ބޭރަށް ދެފައިލަމުން ހަމަޖެހިލިއެވެ. “އެކީއްވެ ނުލިބެންވީ؟.. އައްދެ މިއޮށް ދަންވަރު އަހަންނަށް ގުޅާފައި ތީ ކިހިނެތްވީ ކަމެއް ނުބުނެވެ!” ނާހިދް ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ.
“އޯކޭ.. މާދަން ހެދުނު އެންމެ ކުރިން އަހަރެން ބޭނުން ރިއުމާންއާއި ބައްދަލު ކުރަން.” ނާހިދް މިހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު ކައިރީގައި ހުރި ކުޑަ ކަބަޑު މަތީ ބަން ލާފައި ފޯނު ބޭއްވިއެވެ. އެއަޑަށް ނިދިފައި އޮތް ލާރާ މޯޅިއަކަށް ދެމިލަމުން ނާހިދްއަށް ގޮވާލިއެވެ. “ކިހިނެތްވީ؟ ނުނިދަންތަ އަދިވެސް..” ލާރާ މިހެން ބުނެފައި ތެދުވަން އުޅުމުން ނާހިދް އޭނާ ހުއްޓުވިއެވެ. “ކަމެއް ނުވޭ.. ނިދާލާ. ލަވް ޔޫ.. އެންޑް ލަވް ޔޫ ޓޫ..” ލާރާގެ ބޮޑުވެފައިވާ ބަނޑުގައި ބޮސްދެމުން ނާހިދް މިހެން ބުނުމުން ލާރާ އޮށޯތެވެ. ލެޕްޓޮޕުން ހުޅުވާފައި އިން އެޚަބަރަށް ނަޒަރު ހުއްޓާލަމުން ނާހިދް ދެއަތުން ބޮލުގައި ހިފައްޓާލިއެވެ. ކަންތަކާ ޖެހުނީއެވެ.
****
އޮފީހަށް ވަދެގެން އައި ރިއުމާން ފެނި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އިއްޔެގެ ރިޕޯޓު ޝާއިރު ކުރިފަހުން އެމީހުންނަށް ރިއުމާން ފެނުނީ މި އަދި ކިރިޔާއެވެ. “އޭ ސުޕާ ގާލް..” ޝާރިމް ޖެއްސުމަށް މިހެން ބުނެފައި އޭނާ އިން ފުރޮޅުލީ ގޮނޑި ރިއުމާން ކައިރިއަށް ދުއްވާލިއެވެ.
“ޝަޓް އަޕް ޝާރިމް. މިގަޑިއަކު ނޫން.” ރިއުމާން ހިތްހަމަނުޖެހިފައި މިހެން ބުނެ ދަބަސް މޭޒުމައްޗަށް ލަމުން އޭނާ ގޮނޑީގައި ލެނގިލިއެވެ. “ކިހިނެތްވީ؟ ތިއީ ހަމަ ސުޕާ ގާލްއެއްނުން.. ތާކު ކަމެއް ވާއިރަށް ސުޕާ ގާލް ޓު ދަ ރެސްކިއު. އިނގޭތަ މިޒްނާ މެން އެތިބެނީ ހަމަ ޖޭވެފައި ދެ ކަންފަތުން ދުން އަރަ އަރަ.” ޝާރިމް މިހެން ބުނުމުން ކައިރީގައި ތިބި ދެތިން މީހަކު ޕަކަޕަކަލާފައި ހޭން ފެށިއެވެ.
“ދެން ޖޭ ވެދާނުން..” ރިއުމާން އިރުއިރުކޮޅާ ގަޑި ބަލަމުން އޮފީހުގެ ވަންނަ ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލައެވެ. “އަހަރެން ހަމަ ހައިރާންވެއްޖެ ރިއުމާން އެކަހަލަ އެއްޗެއް ހިތަށް އެރީތީވެސް. އަދި ހެކި އޮތީ ދޯ.. ޔޫ ނޯ މިކަމުގައި ޑިފެންސް މިނިސްޓަރ ނިކަން ވަރު އަރުވާލާނެކަން އަދި.” ޝާރިމް މިހެން ބުނި ތަނާހެން އޮފީސްތެރެއަށް ނާހިދް ވަދެގެން އައެވެ.
“ރިއުމާން! މައި ކެބިން ނައު!” ނާހިދް އެތެރެއަށް ދަމުން މިހެން ބުނެފައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އޭރު ރިއުމާން ހުރީ ކޮޅަށް ތެދުވެ އޭނާގެ ފަހަތުން ދާން ހިނގައި ގެންފައެވެ. “ވޯ.. ހާދަ ހެނދުނަކާ މިއަދު ބަޑި ބަހައްޓާލަނީ..” ރިއުމާން ދިއުމުން އެތަނުން އެކަކު ބުނެލިއެވެ.
“ސާރ..” ރިއުމާން ކެބިން ތެރެއަށް ވަދެ ދޮރު ލައްޕާލުމާއި އެކު ވާހަކަ ފެށިއެވެ. “ކޮން ސާރ އެއް؟ ރިއުމާން ޔަޤީންކަން ދިނީމައޭ އަހަރެން އޭތި ޝާއިރު ކުރަން ހުއްދަ ދިނީ.. މިހާރު ތިބުނަނީ ހެއްކެއް ނެތޭ! އަހަރެން އިއްޒަތް ވެއްޔާއި މޮޑޭނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ؟” ނާހިދް ހަރުކަށި ކަމާއި އެކު ވާހަކަދެއްކިއެވެ.
“އަޅުގަނޑު ހީކުރި ގޮތަކަށް ނޫން ކަންތައް ވީކީ..” ރިއުމާން ދެއަތް ދެއަތާއި މޮޑެމުން ބުނެލިއެވެ. “ދެން ކިހިނެތްވީ؟ ކޮބާ ހެކި؟ ގެއްލުނީ ނޫނީ ދޮގުތަ ހެދީ؟” ނާހިދް ދެބުމަ ގޮށްޖަހަމުން އަހާލިއެވެ. “ނޫން ސާރ. އަޅުގަނޑު ދޮގެއް ނަހަދަން.. ކުރިން ވެސް ބުނިހެން ހެކި ލިބެން އޮތީ ރިޕޯޓު ޝާއިރު ކުރީމަ.. އެކަމަކު. އައި ޑޯންޓް ހެވް އިޓް! އޯކޭ!” ރިއުމާންގެ އަޑުން އޭނާ ރުޅި އައިސްފައި ހުރި ވަރު ހާމަވެއެވެ.
“އޯކޭއެއްނޫން! ދެން މީޑިއާއަށް އަހަރެމެން ދޭނީ ކޮން ޖަވާބެއް.. ދެން.. ދެން. ޑޭމް އިޓް ރިއުމާން!!” ނާހިދް އައި ރުޅީގައި މޭޒުމަތީގައި ގޮށް މުއްކަވާފައި ޖެހިއެވެ. “މިވަގުތު ރުޅި އިސްކޮށްގެންނެއް މިކަން ހައްލެއް ނުވާނެ. ކޮންމެ ވެސް އެހެން ގޮތެއް ހޯދަން ޖެހޭނީ..” ރިއުމާން ވިސްނަމުން ބުނެލިއެވެ.
“އޯ.. އޯކޭ. ރިއުމާން ގޮތެއް ހޯދަ. މިކަން ފެށީ ވެސް ރިއުމާން.. ސޯ ޔޫ ފިކްސް ދިސް.. ހަފްތާއެއް ތެރޭގައި ހެކި ދައްކަން ޖެހޭނެ.. އެއަށް ވުރެ ވެސް އަވަސް ކުރަންވީ! މިހާރު މިކަން ކުރަން ހުއްދަ ދެވުނީތީ ވެސް މޮޔައޭ ހިތަށް އަރައި! ހޫ އިޒް ދަ ސޯސް. ބުނޭ ކާކު ފަރާތުން މި މަޢުލޫމާތާއި ހެކި ހޯދަނީތި؟” ނާހިދްގެ ސުވާކަށް ދޭނެ ޖަވާބެއް ރިއުމާން އަތަކު ނެތެވެ. ޚުދު އޭނާއަށް ވެސް އެއީ ކާކު ކަމެއް ނޭނގެއެވެ.
“އަހަރެން ސުވާލެކޭ މިކުރަނީ! ކާކުހޭ އެއީ؟ ޕާލިމެންޓް މެމްބަރެއްތަ؟ އެހެން ނޫސްވެރި އެއްތަ؟ އެ މައްސަލަ ތަހުޤީޤު ކުރާ ބައެއްތަ؟ އާންސާ މައި ޑޭމް ކުއެޝަން!!” ނާހިދް ހަޅޭ ލަވައިގައިންތަނާ އެ ކެބިން ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އޭނާ ހުއްދަ ދިނުމުން އެތެރެއަށް ވައިން ކުއްޖަކު ތިރީގައި ފުލުހުން އައިސްތިބި ކަމަށް ބުންޏެވެ.
“ކޮބާ! އެއައީ މިހާރު.. އައި އެމް ޑެޑް. ސޯ އާ ޔޫ. ނުނިކުންނާތި ކެބިން އިން ބޭރަށް!” ނާހިދް އަމުރުވެރި ގޮތަކަށް މިހެން ބުނެފައި އެތަނުން ނިކުމެގެން ދިޔައެވެ. ގޮނޑީގައި އިން ރިއުމާން ވަގުތުން ތެދުވެގެން ގޮސް ބޭރު ފެންނަ ގޮތަށް ހުރި ލުއްވަގަނޑު ކައިރި މަޑުކޮށްލަމުން ތިރި ބަލާލިއެވެ.
އޮފީސް ބޭރުގައި ދެތިން ފުލުސް އޮފިސަރުން ތިބި އިރު ނާހިދް އެމީހުން ކައިރިއަށް ދިޔަ މަންޒަރު ފެނުނެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައިރު ނާހިދްގެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. ރިއުމާން އިތުރަށް ބަލަން ނުހުރެ އަވަސް ފިޔަވަޅުތަކެއްގައި ކެބިން އިން ނިކުމެ އޮފީހުން ނިކުމެގެން ދިޔައެވެ.
“އަޅުގަނޑު މި ބުނާ ވާހަކައަކީ..” ނާހިދް މިހިސާބަށް ބުނި ތަނާ އޮފީސް ތެރެއިން ނިކުމެގެން އެދިމާއަށް ހިނގާފައި އަންނަ ރިއުމާން ފެނި ވާހަކަ މެދު ކަނޑާލިއެވެ. “އައްސަލާމް އަލައިކުމް.” ރިއުމާން އެމީހުން ކައިރި ހުއްޓިލަމުން އެތަނުން އިސްކޮން ހުރި މީހާއާއި ސަލާމްކޮށްލިއެވެ.
“ރިއުމާން ޒުބޭރު ދެއްތޯ.. އަޅުގަނޑުމެން މިތަނަށް މިއައި ސަބަބު އިނގޭނެހެން ހީވަނީ” ފުލުސް އޮފިސަރު ވާހަކަދައްކަމުން ބުނެލިއެވެ. “ލައްބަ..” ރިއުމާން ހަމަޖެހިލަމުން ބުނެލިއެވެ. “މިއައީ ރިއުމާން ހައްޔަރު ކުރާކަށް ނޫން.. އެކަމަކު ވާހަކަ ދައްކާލަން. ޕްރައިވެޓް ކޮން.” ކައިރީގައި ހުރި ނާހިދްއަށް ލޯ އަޅާލަމުން ފުލުސް އޮފިސަރު ބުނެލިއެވެ.
“ޔެސް ޝުއާ.. ދުރުވޭ އެތެރެއަށް.” ރިއުމާން މިހެން ބުނުމުން އޭނާގެ ފަހަތުން އެމީހުން ދިޔައިރު ނާހިދް ދަތްކުނޑި ވިކާލަމުން އެތެރެއަށް ވަނެވެ. އޮފީސްތެރެއަށް ފުލުހުން ވަނުމުން އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ރިއުމާންގެ ފަހަތުން އެމީހުން ގޮސް ނާހިދްގެ ކެބިންއަށް ވައިން އިރު ނާހިދް ބޭރުގައި މަޑުކޮށްލައިގެން ހުރީއެވެ.
ގާތް ގަނޑަކަށް ފަނަރަ ވަރަކަށް މިނެޓުފަހުން ކެބިންގެ ދޮރު ހުޅުވުމާއިއެކު އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ނާހިދް ކައިރިއަށް ހުއްޓެލައި ހިނިތުން ވެލަމުން ފުލުސް އޮފިސަރުންތައް ދިއުމުން އޭނާ ދުމެއް ޖަހާފައި ގޮސް ކެބިންތެރެއަށް ވަދެ ދޮރު ޖެހިއެވެ. “މިތަނުން ނުނިކުންނާށޭ ބުނީމަ ވެސް އަޑެއް ނީވުނު ދޯ! ވައި އާ ޔޫ ސޯ ސްޓަބާން.. ކީކޭ ކީ އެމީހުން؟” ނާހިދް ވަގުތުން ސުވާކު ކުރިއެވެ.
“ކާމް ޑައުން. އެމީހުން ނޫޅޭ އަދި ކަމެއް ކުރާކަށް. ކުޑަ ވަރެއްގެ ވޯނިންއެއް އަޅާލީ.. ދޭ ކާންޓް އެރެސްޓް އަސް އަދި.. ބުނި ރީތި ގޮތުގައި މަޢާފަށް އެދި އެއީ ދޮގެއް ކަމަށް ބުނާށޯ.. އެހެންނޫނީ އެމީހުން ފިޔަވަޅު އަޅާނަމޯ. ތިން ދުވަސް.. ތިން ދުވަސް ތެރޭގައި އެކަން ނުކޮށްފިއްޔާ ދިސް ކޮމްޕެނީ އިޒް ގޯން.” ރިއުމާން މިހެން ބުނުމުން ނާހިދް ދެލޯ ބޮޑުވިއެވެ.
“ވަޓް؟! އާ ޔޫ ސީރިއަސް. މަޢާފަށް އެދޭ.. އިތުރު ވިސްނުމަކަށް ދާނެ ކަމެއްނެތް. ސަރުކާރުންގެ ބޮޑުންނަކީ ވަރަށް ނުރައްކާތެރި ބައެއް. ހަމަ ކޮންމެފަދަ ކަމެއް ކުރަން ވެސް ފަސް ނުޖެހޭނެ. ދޭ ހެވް މަނީ އެންޑް ޕަވާ!” ނާހިދް ފާރުގައި އަތް ވިއްދާލަމުން މިހެން ބުނިއިރު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ.
“ޔާ.. އަޅުގަނޑު ތިކަމާ އެއްބަސް.. މަޢާފަށް އެދޭނަން އަދި މި ރިޕޯޓު ވެސް އަނބުރާ ނަގާނަން.. ހެކި ނެތި މިކަން ކުރިއަށް ގެންދިއުމުގެ ބޭނުމެއްނެތް. ސޮރީ ފޯ ދަ އިންކޮންވީނިއެންސް.” ރިއުމާން މަޑުމައިތިރި ކަމާއި އެކު މިހެން ބުނެފައި ކެބިން އިން ނިކުންނަން ހިނގައިގަތެވެ. “ކީއްވެ އެހައި ފަސޭހައިން ތި އެއްބަސްވީ؟” ނާހިދް ޝައްކުމަތީ ހުރެ މިހެން އަހާލީ ރިއުމާންއަކީ އެގޮތަށް ފަސް ޖެހޭނެ ކުއްޖެއް ނޫންކަން އޭނާއަށް ރަނގަޅަށް އިނގޭތީއެވެ.
“އަޅުގަނޑު ބޭނުން ކިތަންމެހާ ވެސް މިއީ ހަޤީޤަތްކަން ހާމަ ކުރަން.. އެކަމަކު އެއްވެސް ހެއްކެއް ނެތި އެކަމެއް ނުވާނެ. އެހެން ނޫނަސް ސާރ ބުނިހެން މިއީ އާދައިގެން ޕާލިމެންޓް މެމްބަރެއް ނޫން.. ދިސް އިޒް ދަ ޑިފެންސް މިނިސްޓަރ ވީ އާ ޓޯކިން އެބައުޓް. އެހެންވީމަ މި ރިޕޯޓައިގެން އިތުރަށް ކުރިއަށް ދާން އަޅުގަނޑަކަށް ނުފެނޭ.” މިހެން ބުނެފައި ރިއުމާން ކެބިން އިން ނިކުތެވެ.
ރިއުމާން އޭނާގެ ގޮނޑީގައި އިށީނދެލި އިރު އޭނާގެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. ފޯނު ނަގައި އެއަށް ނަޒަރު ހުއްޓާލައިގެން އިންއިރު ނިއްކުރިން ދާ ތިކިތައް ފާޅުވާން ހުއްޓެވެ. އިރުކޮޅަކު މިހެން އިނދެފައި އޭނާ ފޯނުން ނަމްބަރަކަށް ގުޅާލިއެވެ. “ހަލޯ.. އާދިލް. އައި ނީޑް ޔުއާ ހެލްޕް.” ރިއުމާން މިހެން ބުނެފައި ގޮނޑީގައި ލެނގިލިއެވެ.
****
“ލަދުން ބޯ ހަލާކު ރިއުމާންއާއި ހެދި!” ގޭތެރެއަށް ވައިން ޒުބޭރު މިހެން ބުނެފައި ގޮސް ސޯފާގައި އިށީނދެލިއެވެ. އޭރު އިސްތިރި ކުރާ މޭޒު ކައިރީގައި ގަމީހެއް އިސްތިރި ކުރަން ހާޖަރާ ހުރީ ޓިވީ އިން ދޭއްގެ ޚަބަރު ހުޅުވައިގެންނެވެ. “ބޭރަށް ނިކުމެލެވެން ވެސް ނޯވޭ މީހަކު ރިއުމާންގެ ވާހަކަ ނާހާ.. އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ކިޔައިގެން.. ދެން ނޭނގެ..” ޒުބޭރު ރުޅި އައިސް ރަތްވެފައި އިނދެ ވާހަކަދެއްކިއެވެ.
“އޭނައޭ ކިޔައިގެން ގޯސް ވާހަކައެއް މީހަކު ނުދައްކާ.. އެންމެން ވެސް ކިޔަނީ ރިއުމާންގެ ހުރި ކެރޭ ކަމުގެ ވާހަކަ..” ހާޖަރާ އެއްވެސް ފަރުވާލެއް ނެތި ބުނެލިއެވެ. ޒުބޭރު އޭގެ ރައްދުގައި އެއްޗެކޭ ބުނަން ވާއިރަށް ޓިވީއިން ކިޔަން ފެށި ޚަބަރުން އޭނާގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.
“ރަސްފަނު މޫދާއި ދިމާއަށް މަރާލާ އެއްލާލާފައި އޮތް މާފަންނު ހުވަދޫގެ އާއިޝަތް ޖަނާނީގެ މަރުގެ މައްސަލައާއި ބެހޭގޮތުން ދި ހެޑްލައިންގައި ޝާއިރުކޮށްފައި އޮތް ރިޕޯޓަކާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިއްޖެ. ޖޫން މަހުގެ ތޭރަވީ ހުކުރު ދުވަހު ގޯންޏަކަށްލައި އެއްލާލާފައި އޮތް އާއިޝަތް ޖަނާނީގެ މައްސަލަ ފުލުހުން ތަހުޤީޤުކޮށް އެއީ މަސްތުވާ ތަކެތީގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ވަނީ ނިންމާފައި.” ޚަބަރު ކިޔަމުން ދިޔައިރު ޓީވީ އިން ރީދޫ ކުލައި އެ ގޯނި މޫދު ތެރޭގައި އޮއްވާ ދައްކާލިއެވެ.
“މިކަމަށް ގިނަ ރައްޔިތުން ފާޑު ކިޔަމުން ދާ ދަނޑިވަޅެއްގައި ދި ހެޑްލައިންގެ ނޫސްވެރިއެއް ކަމަށްވާ ރިއުމާން ޒުބޭރު އާންމު ކުރި ރިޕޯޓެއްގެ ސަބަބުން މި މައްސަލަ އަލުން ހުޅުވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން.” ރިއުމާންގެ ފޮޓޯ އާއި އެކު އޭނާގެ ރިޕޯޓު ޓީވީ އިން ދައްކާލުމުން ޒުބޭރު އަތް މުއްކެވުނެވެ.
‘އާއިޝަތް ޖަނާނީގެ މަރުގެ ފަހަތުގައި ޑިފެންސް މިނިސްޓަރގެ ފިރިހެން ދަރިފުޅުގެ އަތެއް ވާކަމަށް ލިޔެފައިވާ މި ޚަބަރުގެ ހެކި އަވަސް މުސްތަޤްބަލެއްގައި ހާމަ ކުރެވޭނެ ކަމަށް ބުނެފައިވޭ. މިކަމާއި ގުޅޭ ގޮތުން ފުލުހުން އިތުރު ބަޔާނެއް ނެއްލާފައި ނުވާއިރު ޑިފެންސް މިނިސްޓަރ މަހުދީ އިބްރާހިމްގެ ބަހެއް މިކަމުގައި ލިބޭ ގޮތެއްވަނީ ނުވެފައި.” ޚަބަރު އަޑުއަހަން އިން ޒުބޭރު އައި ރުޅީގައި އެދިޔަ ގޮތަށް ގޮސް ޓީވީ ނިއްވާލިއެވެ.
“ބަލަން ހުރޭ އަދި. މިހާރު ނިކަން ފިޔަ ފަޅައިގެންނުން އެއުޅެނީ.. ނިކަން އަވަހަށް އެފިޔަގަނޑު ބުރިވާ ދުވަހެއް އަންނާނެ.. އެދުވަހަކުން އޭނާ ސަލާމަތަށް އެދި އަންނަން ޖެހޭނީ ހަމަ މިތަނަށް.” ޒުބޭރު މިހެން ބުނެފައި އަތުގައި އޮތް ރިމޯޓު ޓައިލްސްތަކު މައްޗަށް ހޫރާލާފައި ގޮސްސް ކޮޓަރިއަށް ވަނެވެ. އޭރު އިސްތިރި ކުރަން ހުރި ހާޖަރާގެ ހިތުގައި އަމިއްލަ ދަރިފުޅުގެ ސަލާމަތާއި މެދު ކަންބޮޑުވުން އުފެދުނެވެ.
****
“އާދިލް.. ހާއި. ވަރަށް ދުވަހަށްފަހު ދޯ މި ދިމާވީ..” ގޭގެ ދޮރު ހުޅުވުމާއި އެކު ރިއުމާން ކުރިމަތީގައި ހުރި އާދިލްއާއި ސަލާމް ކޮށްލަމުން ބުނެލިއެވެ. “ފައިނަލީ މަޝްހޫރު ނޫސްވެރިޔާ ރިއުމާންއާއި މިދިމާވީ.. ހެހެހެ.” އާދިލް މިހެން ބުނުމުން ރިއުމާން އޭނާގެ ދަބަހުން އާދިލްގެ ކޮނޑުގައި ކުޑަކޮން ޖަހާލިއެވެ.
“ވަޓް؟ ތެދެއްވާނީ ތެދަކަށް.. ނައު އައި އެމް ނޮޓް ޖަސްޓް ޔުއާ ފްރެންޑް.. އައި އެމް ޔުއާ ފޭން.” އާދިލް އެއްލޯ މަރާލަމުން މިހެން ބުނެފައި ސޯފާގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. “ހެހެހެ.. އަސްލު މިގެއަށް އަންނަން އެދުނީ ބޭރުން ދިމާވެގެން ބަޔަކަށް ފެނިދާނެތީ.. ޔޫ ނޯ.” އާދިލް ދިން ކޯކު ދަޅުގައި ހިފަމުން ރިއުމާން ބުނެލިއެވެ. “އެއީ މައްސަލައެއް ނޫން. ސޯ.. ކިހިނެތް ހަދައިދޭންވީ؟” އާދިލް ހިނިތުން ވެލަމުން ބުނެލިއެވެ. ރިއުމާން ކޯކު ދަޅު ބޯލަމުން ސޯފާގައި ހަމަޖެހިލިއެވެ.
“ލުކް.. އާދިލް ބޭނުން ނުވަންޏާ ނޫނެކޭ ވެސް ބުނެވިދާނެ.. އަހަރެން ނޫޅެން މަޖުބޫރު ކުރާކަށް.. އިތުރު ގޮތެއް ނެތިގެން އާދިލްގެ އެހީއަށް މިއެދުނީ.” ރިއުމާން އޭނާގެ ވާހަކަ ފެށިއެވެ. “ބުނީމައެއްނުން އިނގޭނީ..” އާދިލް ބުނެލިއެވެ. “އިނގެއެއްނުން އަހަރެން ލިޔުނު ރިޕޯޓްގެ ވާހަކަ.. އަސްލު އޭގެ ހެކި ދިމާވި މައްސަލައަކާއި ހެދި ލިބޭ ގޮތެއް ނުވި.. އަހަރެން އެބަޖެހޭ ކޮންމެހެން ވެސް ހެކި ހުށައަޅަން. އައި ހެވް ތްރީ ޑޭޒް.. އާދިލް ނޫނީ މިކަމުގައި އަހަންނަށް އެހީވެވޭނެ މީހަކު ނެތް.” ރިއުމާން ވަރަށް އުއްމީދާއި އެކު ބުނެލިއެވެ.
“ތީގައި އަހަރެން ކީއްކޮށްދޭންވީ؟” އާދިލް ވިސްނާލަން އިނދެފައި ބުނެލިއެވެ. “ޔޫ ނޯ ހައު ޓު ހެކް.” ރިއުމާން މިހެން ބުނުމުން އާދިލް ކުޑަކޮން ފަސްޖެހުނެވެ. “ލުކް ރިއުމާން.. އަހަރެން ތިކަންތައް ކުރުން ދޫކޮށްލައިފިން.. އެދެން އޭރު އަހަރެމެން އޮފީހުގައި އުޅުން އިރު މަޖަލަކަށް ކުރި ކަމެއް.” އާދިލް ބުނެލިއެވެ.
“އައި ނޯ.. ބަޓް ޔޫ ކެން ޑޫ އިޓް.. އަހަންނަށް އެކަން ކުރާކަށް ނޭނގެ. އެކަން ކުރަން ދަންނަ އެހެން މީހެއް ވެސް ހޯދިދާނެ. އެކަމަކު އަހަރެން ބޭނުންވަނީ އަހަންނަށް އިތުބާރު ކުރެވޭނެ މީހެއް..” ރިއުމާން އޭނާގެ އެދުން ހާމަ ކުރިއެވެ. “އެކަމަކު ރިއުމާން.. މިއީކީ އާދައިގެ މީހެއް ނޫންދޯ.. ދޭ އާ ޕަވާފުލް.” އާދިލް އެކަން ކުރަން ޖެހިލުންވިއެވެ.
“އޯކޭ އާދިލް. މައްސަލައެއްނެތް.. އަހަރެން ނެތިން މިކަން ކުރަން މަޖުބޫރު ކުރާކަށް. އަހަރެން ހަމައެކަނި ބޭނުންވަނީ ހަޤީޤަތް ހާމަކުރަން.. ތިބުނާ ބާރުގެ ބޭނުން ކޮށްގެން އެމީހުން ބޭނުން ގޮތަކަށް މައްސަލަތައް ނިންމަނީ. ޖަނާނީ މަރާލި ޤާތިލް އަދިވެސް އެއުޅެނީ. އެކަމަކު އާދިލް މިކަމުގައި އެހީއެއް ވެދޭން ނޭދޭނަމަ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އައި އެޕްރިޝިއޭޓް ޔުއާ ޓައިމް.” ރިއުމާން ހިނިތުން ވެލަމުން ދަބަސް ހިފައިގެން ދާން ތެދުވިއެވެ.
“ނޫން.. ރިއުމާން. ސިޓް.” އާދިލް ވިސްނާލާފައި ބުނެލިއެވެ. “ތިއީ ވަރަށް ރަނގަޅު އެކުވެރިއެއް އަދި އެހާމެ ހިތްހެޔޮ އިންސާނެއް. ތެދެއް ތިބުނީ.. އެމީހުން ބާރުގެ ބޭނުންކޮށްގެން ހަޤީޤަތް ފޮރުވަނީ.. އެކަމަކު މިކަން ހާމަ ކުރުމުގައި އަހަންނަށް އެހީއެއް ވެވެން އޮތިއްޔާ ކޮށްދީފާނަން.” އާދިލް ހިނިތުން ވެލަމުން ބުނެލިއެވެ.
“ތެންކިޔު.. އާދިލް އެއްބަސް ނުވިނަމަ ހަޤިޤަތުގައި ވެސް މިކަމުގައި ދެން ހެދޭނެ އިތުރު އެއްވެސް ގޮތެއް ނެތީސް.” ރިއުމާން އާދިލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ބަޓް އައި އެމް ހިއާ.. ދެން އަވަހަށް ބުނޭ. ކޮބާ ޕްލޭންއަކީ؟” އާދިލް ޝައުޤުވެރިވެފައި މިހެން ބުނުމުން ރިއުމާން ހީލިއެވެ.
****
ދެދުވަސް ފާއިތު ވެގެން ދިޔައިރު ވެސް ރިއުމާން ފުލުހުންނަށް ވަކި ޖަވާބެއް ނުދެއެވެ. ރޭގަނޑުގެ ވަގުތު ރިއުމާން ގެއަށް ނުގޮސް އޮފީހުގައި ބައެއް މަސައްކަތްތައް ނިންމާލަން އިނެވެ. ނާހިދް އޮފީސް ދަތުރެއްގައި ވިލިގިއްޔަށް ގޮސް އަދި އޮފީހަކަށް ނާދެއެވެ. މަދުމަދުން އޮފީހުން މީހުންތައް ގޮސް ރިއުމާން އެކަނި ވީއެވެ.
އޭނާ ލިޔަން އިން ރިޕޯޓް އެޑިޓް ކޮށްލަން އިންއިރު އޭނާގެ ސަމާލުކަން ވަނީ އެކަމަށް ގޮސް ހުސްވެފައެވެ. އެވަގުތު އޮފީސްތެރެއަށް ވަދެގެން އައި ނާހިދް ވެސް އޭނާއަކަށް ނުފެނުނެވެ. ކުއްލިއަކަށް މީހަކު ކަރު ކެހިލުމުން ރިއުމާން ސިހިފައި އޭނާ ހުޅުވާފައި އިން ޓެބް ނިއްވާލަމުން ގޮނޑީގައި ލެނގިލިއެވެ.
“ސާރ.. ކޮންއިރަކު އައީ؟” ރިއުމާން ހިނިތުން ވެލަމުން އަހާލިއެވެ. “މިއައިސް ވަނީ ހަމަ. ބައެއް ފައިލްތައް ބަލާ މިއައީ.. ރިއުމާން މިގަޑީގައި އެކަނި ކީއްތި ކުރަނީ؟” ނާހިދް މިހެން ބުނެފައި އޭނާ ލެޕްޓޮޕް ކައިރިއަށް ޖެހިލުމުން ރިއުމާން އޭތި ނިއްވާލިއެވެ. “އެދިޔައީ ޗާޖު.. ހަނދާން ނެތިފައި މި އިނދެވުނީ ޗާޖަށް ނުޖަހަ.” ރިއުމާން ވާހަކަ އޮޅުވާލަމުން ބުނެލިއެވެ.
“ކޮބާ މިހާރު ފުލުހުންނާ ވާހަކަ ދައްކައިފިންތަ؟” ނާހިދް ނިއް އަރުވާލަމުން އަހާލިއެވެ. “އޯ ޔެސް. އަޅުގަނޑު މަޢާފަށް އެދެފިން.. އިތުރަށް އެ ރިޕޯޓް ކުރިއަށް ނުގެންގޮސް އެމީހުންގެ އެދުމުގެ މަތިން ޑިފެންސް މިނިސްޓަރގެ އަރިހުން މަޢާފަށް އެދި ސިޓީއެއް ލިޔަން މިއިނީ ވެސް.” ރިއުމާން މޫނުމަތިން މާޔޫސްކަން ފާޅުކޮށްލަމުން ބުނެލިއެވެ.
“އެހެންތަ.. ގުޑް. މީގެފަހުން މިކަހަލަ އެއްވެސް ކޭސްއަކާއި ބެހޭގޮތުން ރިއުމާންއަކަށް ރިޕޯޓެއް ޝާއިރެއް ނުކުރެވޭނެ.” ނާހިދް މިހެން ބުނުމުން ރިއުމާން ބޯ ޖަހާލިއެވެ. އޭނާ ބަލަން ހުއްޓާ ނާހިދް ތަޅުދަނޑިން ކެބިން ހުޅުވާލަމުން އެތެރެއަށް ވަނެވެ. ރިއުމާން ނިންމައިގެން ހުރީ މާދަން ހެދުނު އޭނާގެ ބޭނުން ހާސިލް ކުރުމަށްށެވެ. ނަމަވެސް މިގަޑީގައި ނާހިދް އޭނާގެ ކެބިން ހުޅުވުމުން ރިއުމާންގެ ޚިޔާލު ބަދަލު ވިއެވެ.
އިރުކޮޅަކު ފޯނާއި ކުޅެން އިނދެފައި ނާހިދް ކެބިން އިން ނިކުމެ ތަޅުލާން އެނބުރު ވަގުތު ރިއުމާން އޭނާއަށް ގޮވާލިއެވެ. “ސާރ.” ރިއުމާން ގޮވާލުމުން ނާހިދް ފަސް އެނބުރުނެވެ. “އަޅުގަނޑު ކުޑަ ވާހަކައެއް ދައްކާލަން..” ރިއުމާން މިހެން ބުނެފައި ގޮނޑިން ތެދުވުމުން ނާހިދް އޭނާ ކައިރިއަށް ގޮސް ހުއްޓެލިއެވެ.
“މި ރިޕޯޓާއި ހެދި ކުރިމަތިވި އުނދަގޫތަކަށް އަޅުގަނޑު މަޢާފަށް އެދެން.. އިނގޭ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ސާރއަށް ލިބުންކަން.” ރިއުމާން ދެރަވެފައި ހުރެ ބުނެލިއެވެ. “އިޓްސް އޯކޭ.. ހަޤީޤަތް ހާމަ ކުރުން ނޫސްވެރި ކަމުގެ ބޭނުމަކީ.. އެކަމަކު މިކަހަލަ ކަންކަމުގައި އެހަޤީޤަތް ފޮރުވުން މާ ބުއްދި ވެރި.. އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެކޭ ނޫން މިބުނަނީ. ބަޓް ވީ ޑޯންޓް ހެވް ޕްރޫފް އެންޑް ވީ ކުޑް ގެޓް އިންޓު ލީގަލް ރެސްޓްރިކްޝަންސް. އެހެންވެ މިބުނީ. އެނީވޭސް މިހާރު އެކަން ނިމުނީއެ.” ނާހިދް ހިނިތުންވެލަމުން ބުނެލިއެވެ.
ދެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބެފައި ނާހިދް ދާން ހިނގައިގަތެވެ. “ހިނގާ ދާން..” ނާހިދް ބޭރު ދޮރު ހުޅުވާލަމުން ބުނެލިއެވެ. “އަޅުގަނޑު އަދި މިތަން ހަމައަކަށް އަޅުވާލާފައި ދާނަން. ގުޑް ނައިޓް ސާރ.” ރިއުމާން މިހެން ބުނުމުން ނާހިދް އޮފީހުން ނިކުތެވެ. ނާހިދް ނިކުތުމާއި އެކު ރިއުމާންގެ ކެބިންއަށް ހުއްޓުނެވެ. އޭނާ ބޭނުންވި ގޮތް ވީއެވެ. ރިއުމާންއާއި ވާހަކަދައްކަން ހަދައިގެން އެންމެފަހުން އޭނާ އެދިޔައީ ކެބިން ތަޅު ނުލައެވެ.
ރިއުމާން އަވަސް އަވަހަށް ލެޕްޓޮޕް ހުޅުވާލުމަށްފަހު އޭނާ ލިޔަން އިން ރިޕޯޓް ވެބްސައިޓަށް ސަބްމިޓް ކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ކެބިންއަށް ވަދެ އެތަނުގައި އިން ކޮމްޕީޓަރު ހުޅުވާލިއެވެ. އޭގައި އިން ޕާސްވޯޑް ރިއުމާންއަށް ކުރިން ވެސް އިނގެއެވެ. އޭނާ ފަރިތަ ކަމާއިއެކު ޕާސްވޯޑު ޖަހާލުމަށްފަހު ކޮމްޕީޓަރު ހުޅުވާލިއެވެ.
އަދި އޭނާ ދެންމެ އެ ސަބްމިޓް ކުރި ރިޕޯޓު އަމިއްލައަށް އެޕްރޫވް ކޮށް ވަގުތުން އެ ވެބްސައިޓުގައި ޝާއިރު ކުރިއެވެ. ގަޑިން ބާރަ ޖަހަން ގާތްވެފައި ވީއިރު މިޚަބަރު ދެން އެންމެންގެ ސަމާލުކަމަށް އަންނާނީ މާދަން ހެނދުނުކަން އޭނައަށް އިނގެއެވެ. ކޮމްޕީޓަރުގައި އިން ރިޕޯޓަށް ރިއުމާން ނަޒަރު ހުއްޓާލައިގެން އިންއިރު އެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވިއެވެ.
****
ހެނދުނުގެ އަލިކަން ޖައްވަށް މަރުހަބާ ކީއިރު ނާހިދް އޮފީހަށް ދާން ގެއިން ނިކުތެވެ. ސައިކަލުގައި އިންދައި ފޯނު އިރުއިރުކޮޅާއި ރިންގު ވަމުން ދިޔައިރު އެކި މެސެޖުތައް އަންނަމުން ދިޔައެވެ. ނަމަވެސް އެވަގުތު ފޯނު ބެލުމެއްނެތި ނާހިދް ސައިކަލު ޕާކު ކޮށްލުމަށްފަހު އޮފީހަށް ވަންނަ ދިޔަ މަގުމަތީގައި ފޯނު ހުޅުވާލިއެވެ.
ފެނުނު މެސެޖުތަކުންނާއި ގުޅާފައި ހުރި މީހުން ފެނުމުން ނާހިދްއަށް ވެގެން އުޅޭގޮތް އޮޅުމެއް ނުފިލިއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޮފީސް ކުރިމައްޗަށް އެރި އިރު މީޑީއާގެ އެކި މީސްމީހުން އޮފީސް ބޭރަށް އެއްވެފައި ތިއްބެވެ. “ނާހިދް.. ނާހިދް. މިވެގެން އުޅޭ ގޮތާއި މެދު ބުނާނީ ކީކޭތޯ؟” ރިޕޯޓަރުން އޭނާ ފެންނައިރަށް ސުވާލު ކުރަން ފެށިއެވެ. “މިކަން މިވީ ނާހިދްގެ ބެލުމުގެ ދަށުންތޯ؟ މިކަމުގައި ރިއުމާން ޒުބޭރުގެ ބަހެއް ލިބޭ ގޮތެއް ވާނެތޯ؟” ރިޕޯޓަރުންތައް ދުރުކުރަމުން ނާހިދް އޮފީސް ތެރެއަށް ވަދެގެން ދިޔައިރު އޭނާ ހުރީ ހާސްވެފައެވެ.
ނާހިދް އެދިޔަ ގޮތަށް ގޮސް ކެބިންއަށް ވަދެ ކޮމްޕީޓަރުން ވެގެން މިއުޅޭ ގޮތް ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. ރިއުމާން މިވަނީ އޭނާއަށް އަންގާ ވެސް ނުލައި އިތުރު ރިޕޯޓެއް ޝާއިރު ކޮށްފައެވެ. ‘އާއިޝަތް ޖަނާނީގެ މަރު: ޑިފެންސް މިނިސްޓަރގެ ދަރިފުޅާއި އާއިޝަތް ޖަނާނީގެ ދެމެދު ސިއްރު ކުރެވިފައިވީ ގުޅުން.’ ސުރުހީގައި މިހެން ލިޔެފައި ވީއިރު އެ ރިޕޯޓުގައި އެދެމީހުން އެކުގައި ގައިގޯޅިކޮން ނަގާފައިވާ ފޮޓޯ ތަކެއް ވިއެވެ.
ނާހިދް ގޮށްމުއްކަވާފައި މޭޒުގައި ޖެހިޖެހީނުން އެތަނުގައި އިން ކުޑަ މާ ޓުކުރި ވެއްޓި ތަޅައިގެން ދިޔައެވެ. އޭރު އޮފީސް ތެރޭގައި ހުޅުވާފައި ހުރި ޓީވީ އިން ހޫނު ޚަބަރެއްގެ ގޮތުގައި އެކަން ގެނެސް ދެމުން ދިޔައިރު ނާހިދް ދުމެއް ޖަހާފައި ބޭރަށް ނިކުތެވެ. ރިއުމާން އޭނާއަށް އޮޅުވާލާ ދޮގުހެދީއެވެ.
“ކޮބާ ރިއުމާން؟ ވެއާ އިޒް ޝީ!!” ނާހިދްގެ ހަރުކަށި އަޑުއިވިފައި އެންމެން ހިމޭންވިއެވެ. “ކޮބާހޭ އޭނާ؟” ނާހިދް އަނެއްކާ ވެސް ހަޅޭލަވައި ގަތުމުން އެތަނުން އެކަކު އަދި ރިއުމާން އޮފީހަށް ނާންނަކަމަށް ބުނެލިއެވެ. އެވަގުތު ޓީވީ ދައްކަމުން ދިޔަ ޚަބަރަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ.
“މިއަދު ހެނދުނުގެ ވަގުތެއްގައި ދި ހެޑްލައިންގައި ޝާއިރު ކުރި މި ޚަބަރުގެ ސަބަބުން އާއިޝަތް ޖަނާނީގެ މަރުގެ ހަޤީޤަތް ފުލުހުން ފޮރުވަމުން ދާކަމަށް ޤަބޫލު ކުރެވޭ. ދާދި ދެންމެ އަކު ޑިފެންސް މިނިސްޓަރ މަހުދީ އިބްރާހީމްގެ ބަހެއް މިކަމުގައި ލިބޭގޮތް މިވަނީ ވެފައި.” ޚަބަރު ކިޔަން އިން ކުއްޖާ މިހެން ބުނުމުން ދެން ފެނިގެން ދިޔައީ ޑިފެންސް މިނިސްޓަރ ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން ދިޔަ މަންޒަރެވެ.
“މި މައްސަލައިގައި އަޅުގަނޑު ދަރިފުޅުގެ އެއްވެސް އަތެއް ނުވޭ.. މިއީ ހަމަ އެއްވެސް އިތުބާރެއް ނެތް ދޮގު ދައުވާތަކެއް. އެފޮޓޯ ތަކަކީ ބަޔަކު މީހުން ހަދާފައި ހުރި ފޮޓޯތަކެއް. ޔަޤީން ކަމާއި އެކު އެއީ އަސްލު ފޮޓޯ ތަކެކޭ ބުނެވޭކަށް ނޯންނާނެ.” ޑިފެންސް މިނިސްޓަރ ރިޕޯޓަރުންނާއި މުހާތަބު ކުރަމުން ބުނެލިއެވެ.
“މިކަމުގައި ރިޕޯޓަރ ރިއުމާން ޒުބޭރުއާއި ވާހަކަ ދެކެވިފައި ވޭތޯ؟” އެތަނުން އެއް ރިޕޯޓަރަކު މިހެން އެހުމުން ޑިފެންސް މިނިސްޓަރ ހިނިތުން ވެލިއެވެ. “އަޅުގަނޑު މިހުރީ ހަމަ އަމާންކަން މަތީ ރިއުމާން ޒުބޭރްއާއި ސުލްހައިގައި ވާހަކަ ދައްކާލަން ތައްޔާރަށް. މި ޓީވީގެ ޒަރިއްޔާ އިން ރިއުމާން ޒުބޭރްއަށް ބައްދަލު ކޮށްލަން އަޅުގަނޑުގެ އޮފީހަށް އައުމަށް ދައުވަތު އަރުވަން. އަދި މިކަމުގައި އެއްވެސް ވަރަކަށް މަޖުބޫރު ކުރުމެއް އަދި ފުލުހުންގެ އެއްވެސް އުނދަގުލެއް ނުފޯރާނެ ކަމުގެ ޔަޤީންކަން އަރުވަން. ޝުކުރިއްޔާ.” ޑިފެންސް މިނިސްޓަރ މިހެން ބުނެފައި ރިޕޯޓަރުން އިތުރު ސުވާލަތައް ކުރަން ތިއްބައި އެތަނުން ދިޔައެވެ.
****
ޓިވީ އިން އެދިން ދަޢުވަތު ބަލަން އިން ރިއުމާން ފުން ވިސްނުމަކަށް ދިޔައެވެ. އޭރު ކައިރީގައި އިން ފާތުމަ ވެސް އިނީ ރިއުމާންއަށް ނަޒަރު ހުއްޓާލައިގެންނެވެ. “އާދެ މިހާރު ސުވާލަކީ ޑިފެންސް މިނިސްޓަރގެ ދައުވަތަށް ރިއުމާން ޒުބޭރު ދާނެތޯއޭ ނުވަތަ ނޫންތޯއޭ؟ މި މައްސަލަގައި ފެންމަތިވި އާ ހެކިތަކާއި ގުޅޭގޮތުން އާއިޝަތް ޖަނާނީގެ އާއިލާއިން އެއްވެސް ޖަވާބެއް ދީފައި ނުވާ އިރު ރިޕޯޓަރ ރިއުމާން ޒުބޭރުގެ ބަހެއް ވެސް އަދި މިހާތަނަށް މީޑިއާއަށް ލިބިފައެއް ނުވޭ.” ޚަބަރު ނިންމާލުމުން ރިއުމާން ސޯފާގައި ހަމަޖެހިލިއެވެ.
“ކިހިނެތް ހަދަނީ ދެން؟” ފާތުމަ މިހެން އަހާލުމުން ހަމްނާ ވެސް ކައިރިއަށް ޖެހިލާ ރިއުމާންގެ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ. އެވަގުތު ރިއުމާންގެ ފޯނަށް މެސެޖެއް އައެވެ. “ގޯ ސީ ހިމް.” އެއީ އެ އަންނޯން ނަމްބަރުން އައިސްފައި އިން މެސެޖެކެވެ. ޕެންޑްރައިވް އެއްލާލި ދުވަހަށްފަހު އަދި އެމިހާގެ ފަރާތުން އެއްވެސް ހަބަރެއް ނުވެއެވެ.
“އެންޑް އައި އެމް އިމްޕްރެސްޑް.” އިތުރަށް ލިބުނު އެ މެސެޖުގެ ފަހަތުގައި ސްމައިލީ ފޭސްއެއް ޖަހާފައި އިނެވެ. އޭނާ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އިރު ނާހިދް ވެސް ހުއްޓުމެއްނެތި އެފޯނަށް ގުޅަމުން ދިޔައެވެ. މިކަމަށް މިހާރު ރާއްޖޭގެ އެކި ކަންކޮޅުން ސަމާލުކަން ހުއްޓިފައި ވީއިރު ރިއުމާންއަކީ އެ އެންމެނަށް ހަޤީޤަތް ހާމަކުރަން ހުރި ފަރާތެވެ.
ޑިފެންސް މިނިސްޓަރގެ ދައުވަތަށް އޭނާ ދާނެ ހެއްޔެވެ؟
-ނުނިމޭ-
19 Comments!
Comments are closed.
Hey all. enjoy the story.
Now the question is will she meet him or not? what do you think.
Riuman kahala gut huri kuhjaku heevey dhaanehen .. saabahey riumaan.. story is hama awesome ingey Layaa.. Btw kithah part ga story eh tha mee.
yey me first!! wow wow! haadha reechey alhe mi vaahaka. mihaaru hama ane part kiyaala hithu hurevenee ki noon. i think riuman dhaane hen. she has guts. varah salhi igey ❤️
LoL in your dreams??
I think she will… She is so brave.. But who is that unknown person
love this story. layaal ge stories hama varah interesting vaanr. the twists and turns is why i love to read it. heevey riuman dhaane hen. ekamu kaaku tha e guy aki?
layaal you are the best. ❤️❤️
Hey layaal happy to see u. Story hama habeys. Thankolhe kuree part eh ga Riumaan rashuga ulhunu iru khonmes male baeh ulhunehnu Riumaan men ge ah gos. Ethaa huri boy kobaa? I was thinking e boy aa Riumaan aa 2 meehun ge loabi ge baeh ves annaane kamah
hey. thank you. adhi vaahaka kuri eh othi nun. lets see what happens ?
Not
Shaairu kurumeh noon.. shaaiu kurun..
oh ok. thanks for letting me know. i’ll correct that next time ?
Alhey ???riumaan ah kihineh baa vaanee dhen. Adhi mirey 1part up kohllaba.
Fahareggaa e goiy neyngey guy akee esoru kamahves vedhaane ehnu?
Riumaan dhaane. Faathee.
Ya ma ves thi hene hitha eri ey.
varah salhi mi vaa goi. so intense hama neyva hifaatailgen mi inani kiyaa iru ves ? love it ❤️❤️
ebunaahen..layaa…my bestie…???haadha molhey kiyuntheringe hiy thalhuvan..really u r GREAT??LOVE U??
thankolheh avahah next part up kurachhe plz
Wow awesome… Saabahey thikahala kudhin gaumah beynunvany… Maazeega kithanme hihdhathi kanthahviyas hihvarukohfa dhiriulhumaigen kuriah dhaan vaane.. Eyge misaaleh miee.. Love this story