އިންތިހާޔަށް (19ވަނަ ބައި)
ދެލޯ ބޮޑުކޮށްގެން ފަރީޝާ ފަހަތައް ބަލަން ފެށުމުން ރިޔާޒް ވެސް މަޑުމަޑުން ފަހަތް ބަލައިލިއެވެ.
އޭރު އައިޝާ ހުރީ ތުރުތުރު އަޅައިގަނެފައެވެ. ރުޅި އައިސްގެން މުޅި މޫނުމަތި ހުރީ ރަތް ވެފައެވެ.
“ހަހަހަހަ ވާހަކަ އަށް އިތުރު ޓްވިސްޓެއް…. މަ މި ހީކުރަނީ މީ މަގޭ ދަރިޔެއް ކަމަށް ހަހަހަހަ…” އައިޝާގެ މޫނަށް ބަލައިލަމުން ރިޔާޒް ބުނެލިއެވެ. އަދި ބާރަށް ހެމުން ދިޔައެވެ.
“މީ މަށަށް ވުރެ ނުބައި އަންހެނެއްނު…. ހުރި ނުލަފާކަން ބަލާބަލަ… މަށަށް ވެސް އޮޅުވާލައިގެން އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާޔާ އެކީ… ޗީ ޗީ ލަދުން ބޯ ފަޅައިގެން ދާ ވަރުވޭ….” ބޮލުގައި ދެއަތުން ހިފަހައްޓައިލަމުން ރިޔާޒް ބުނެލިއެވެ.
“އިޝީ ދަރިފުޅާ… ދެން ބައްޕަ އަކަށް މައްސަލައެއް ނެތް ދަރިފުޅު ބައްޕަ ކިޔަސް… ދެން މަންމަ ކުރި ކަމެއް މަންމައަށް ދޯ އޮންނާނީ…” އައިޝާގެ ކައިރިޔަށް ޖެހިލަމުން ރިޔާޒް ބުނެލިއެވެ. އޭރުވެސް އައިޝާ ބަހެއް ނުބުނެ ފަރީޝާގެ މޫނަށް ބަލަން ހުރީއެވެ. ފަރީޝާ ހުރީ އައިޝާ ބުނާނެ އެއްޗެއް ނޭންގިފައެވެ. އޭރު ފަރީޝާގެ އެތެރޭގެ ހުރިހާ ގުނަވަނެއް ގިރިގެން ފައިބަން އުޅޭ ކަމުގެ އިހުސާސެއް ވަމުން ދިޔައެވެ.
“އަދި އިނގޭތަ މި ހުރީނު އަންހެނެއް؟ މީނަ ދުވަހަކަވެސް ކައިވެންޏެއް ނުުކުރެޔޭ!” ފަރީޝާ އާއި ދިމާއަށް އަތް ދިއްކޮށްލަމުން ރިޔާޒް ބުނެލިއެެވެ. ރިޔާޒްގެ ވާހަކަ އަހާފައި ފަރީޝާ ސިހިފައި ރިޔާޒްގެ މޫނަށް ބަލައިލިއެވެ. އޭރު ހޯސްލާފައި ފަރިޝާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
“މަންމަގެ ބޮޑު ސިއްރު ބުނަންތަ؟ ކާފަ މަންމަ ދެކެ ފޫހިވާ ސަބަބު ބުނަންތަ؟” ރިޔާޒް ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އައިޝާ ހުރީ ރުޅި އައިސްގެން ފަޅައިގެން ދާން ކައިރި ވެފައެވެ.
“ކީއްވެ ފާޑަކަށް ތި ބަލަނީ؟ ކަލޭ މަށަށްވެސް އޮޅުވާލައިގެން މިހުރިހާ ދުވަހު އުޅުނީ… އެހެންވީމަ މަ ބޭނުމެއް ނޫން އެއްވެސް ކަމެއް ފޮރުވަ ދީގެން ހުންނާކަށް… ކަލޭ ތީ ނުބައި އިފުރީތެއް….” ފަރީޝާއަށް އިޝާރާތް ކޮށްލަމުން ރިޔާޒް ބުނެލިއެވެ.
“އިޝީ އަށް އިނގޭތަ އިޝީ އަކީ ނަހަލާލު ކުއްޖެކޭ… ހަލާލު ވާނީވެސް ކިހިނެއް؟ އަހަރެމެން ދުވަހަކު ކައިވެންޏެއްވެސް ނުކުރަން… ކޮށްގެން އުޅުނަސް ހަލާލެއް ނުވާންނު މަގޭ ދަރިޔެއް ނޫނޯ ތީ….” ރިޔާޒް އައިޝާގެ ކުރިމައްޗައް ހުއްޓިފައި ބުނެލިއެވެ. އެވަގުތު އައިޝާ ރިޔާޒްގެ މޫނަށް ބަލައިލިއެވެ. އައިޝާ ބަލައިލުމުން ރިޔާޒް ބޯ ޖަހައިލިއެވެ.
“ނަސްލު ވެސް އޮޅިފަ މިއޮތީ…. ހަހަހަހަ ނުބައި އަންހެނެއް މީ!” ފަރީޝާ އަށް ބަަލައިލަމުން އައިޝާ ބުނެލިއެވެ.
ފަރީޝާގެ މުޅި ގައިން ވާގި ދޫވަން ފެށިއެވެ. ދެން ކޮޅަށް ނުހުރެވޭނެ ހެން ހީވުމުން މަޑުމަޑުން ތަޅަން މައްޗައް ތިރިވަމުން ދިޔައެވެ. ދެކަކޫ ބިމުގައި ހަމަ ޖެހުމާއި އެކީ ފަރީޝާ އަޑުން އަޑުނަގައި ރޯން ފެށިއެވެ. އައިޝާ އެދިމާއަށް ބަލައިލިއެވެ. އަދި ފަރީޝާ ކައިރިޔަށް ދާން ފިޔަވަޅެއް ނެގިއެވެ. ނަމަވެސް ހުއްޓުން އެރީ ރިޔާޒްގެ ފޯނުން ދެން ޖެހި އެއްޗަކުންނެވެ. އެއީ ރިޔާޒް އެއް ދުވަހު ރިކޯޑް ކުރި ފަރީޝާގެ ވާހަކަތަކެވެ. އައިޝާ ކައިރިޔަށް އައި ރުޅީގައި ރިޔާޒްގެ އަތުން ފޯނު އަތުލުމަށްފަހު ފޯނު ނަގައި އެއްލައިލިއެވެ.
ގޭގެ ގޭޓު ކައިރީ މަންޒަރު ބަލަން ހުރި ލައިޝާ އަކަށް ދެން ކެތެއް ނުވިއެވެ. އެތެރެޔަށް ދާން ހިނގައިގަތެވެ. ނަމަވެސް ލައިޝާގެ އަތުގައި ހިފައި އައުސް ހުއްޓުވިއެވެ.
“ހައު އެވިލް ޝީ އިޒް… ލައި ބޭނުން އިޝީ ކައިރީ މިވަގުތު ހުންނަން….” އައުސްގެ މޫނަށް ބަލައިލަމުން ލައިޝާ ބުނެލިއެވެ. އެވަގުތު ކައިރީ ހުރި ނިކް އިނގިރޭސި ބަހުން ކިހިނެއްތޯ ވީ ލައިޝާގެ ކައިރީ އެހިއެވެ. ނަމަވެސް ލައިޝާގެ ދުލަކުން އެންމެ ބަހެއްވެސް ނުބުނެވުނެވެ. އެންމެފަހުން އައުސް ނިކް ކައިރީ މިވަގުތު ދިއުމަށް އެދުނެވެ. އެހެންކަމުން ސުވާލެއްވެސް ނުކޮށް ނިކް އެތަނުން ދާން ހިނގައިގަތެވެ.
“އައުސް ލެޓް މީ ގޯ!” އައުސްގެ އަތުގައި ހިފައިލަމުން ލައިޝާ އާދޭހާ އެކީ ބުނެލިއެވެ.
“އޭރަށް އެމީހުންނަށް ޝޮކެއް ލިބޭނީ… ރިޔާޒް ކަމެއް ކޮށްފާނެ.. މަޑުކުރޭ މިތާ…” އައުސް ބުނެލިއެވެ.
“އައުސް ހުއްޓަ ލައިއަކަށް ކަމެއް ނުވާނެ އެއްނު! އައުސް އަކަށް ލައި ޕްރޮޓެކްޓެއް ނުވާނެތަ؟” އައުސްގެ ލޮލަށް ބަލަން ހުރެ ލައިޝާ އަހައިލިއެވެ. އައުސް ވަގުތުން ބޯ ހޫރައިލިއެވެ.
“އެއްވެސް ވާހަކަ އެއް ނުބުނެ ދިޔައީނު… އޭރުވެސް ބުނިނަމަ ޕްރޮޓެކްޓް ކޮށްދިނީމުސް…” އިސްޖަހައިލަމުން އައުސް ބުނެލިއެވެ.
“އައިމް ސޮރީ!” އައުސް ގެ އަތައް ފިތައިލަމުން ލައިޝާ ބުނެލިއެވެ. އައުސް ލައިޝާގެ އަތުގައި ހިފައިގެން އެތެރެޔަށް ދާން ހިނގައިގަތެވެ.
“ކީއްވެ އައުޓީ ޒީ އަށް އެކަން ފޮރުވީ؟” ކުރަކި އަޑަކުން ޒީޝާ އަހައިލިއެވެ. އޭރު ޒީޝާ އިނީ އާލިމްގެ ވާހަކަތައް އަހާފައި ރޮވިފައެވެ.
“ޒީ އޭރު ލައި ދެކެ ކިހާ ރުޅި އާދޭ! އެހެން ނޫނަސް އައުސް އަބަދުވެސް ބުނެއެއްނު ތިމަންނަ ރިލޭޝަން އަކަށް ދިޔަޔަސް އޯޕެންއެއް ނުވާނަމޭ!” އާލިމް ޒީޝާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. ޒީޝާ އަށް ވަމުން ދިޔަ ގޮތް އާލިމް ވަަރަށް ކައިރިން ބަލަމުން ދިޔައެވެ.
“އައުޓީ އެވަރު ކަމެއް ކޮށްފަ ކީއްވެގެން ޒީ ކައިރީ ނުބުނީ… އައުޓީ ކީއްވެ އެހެން ހެދީ…” ބާރަށް ރޮއެ ގަންނަމުން ޒީޝާ ބުނެލިއެވެ. އޭރު ޒިޝާ އަށް ގިސްލެވެމުން ދިޔައެވެ.
“އައުސްގެ ހިތަކު ލައި ނޫނީ އެހެން އެއްވެސް ކުއްޖަކަށް ޖާގައެއް ނެތް… އެކަން ވަރަށް ސާފުކޮށް މިވީ ހައަހަރު ތެރޭ އެނގިގެން ހިނގައްޖެ… އެންމެންނާ ސަމާސާ ކޮށްފަ މަޖާ ވެގެން އުޅުނަސް އަހަރެންނަށް ފެނޭ ކޮންމެ ރެއަކު ލައި މަތިން ހަނދާން ކޮށްފަ ރޯތަން… ލައިގެ ފޮޓޯއަކަށް ނުބަލައި ހަމަ ނިދިވެސް ނުލިބޭނެ… ދެން ނޭންގެ ފަހުން ވާނެ ގޮތެއް!” އާލިމް މަޑުމަޑުން ޒީޝާގެ އަތުގައި ހިފައިލިއެވެ.
“އޭގެ މާނައަކީ ޒީ އަކަށް ދެން އައުޓީ އެއް ނުލިބޭނެއޭ ތަ؟” އާލިމްގެ އަތައް ފިތައިލަމުން ޒީޝާ ބުނެލިއެވެ. އާލިމް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޒީ ގެ މޮޔަކަން އެއީ! އައުސް ދުވަހަކުވެސް ތި ގުޅުމާ ދޭތެރޭ އެހެން ގޮތަކަށް ނުދެކޭ… ޒީ މާ ބޮޑަށް އުންމީދު ކުރަންފެށީ… އަހަރެންނަށް ޒީ އައުސް އަށް ބަލާ ގޮތުންވެސް އިނގޭ އެ ބެލުމުގަ ތަފާތުގޮތެއް ހުންނަކަން… އެކަމަކު އެ މޮޔަ އައުސް އަށް އެކަން ނުވިސްނެނީ! އެއީ ކީއްވެކަން އިނގޭތަ؟ އެއީ އައުސް އެކަހަލަ ގޮތަކަށް ޒީ އާ ދޭތެރޭ ނުވިސްނާތީ… އެއީ އެކަހަލަ ކަމަކަށް އައުސް އުންމީދު ނުކުރާތީ… އެއީ އެކަހަލަ ބެލުންތައް އައުސް އަށް ބޭނުންވަނީ ހަމަ އެކަނި ލައިގެ ލޮލުން ކަމަށް ވާތީ!” އާލިމް ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ޒީޝާ އަށް ގިސްލެވެމުން ދިޔައެވެ. ޒީޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އާލިމްގެ އަތައް އެޅެމުން ދިޔައެވެ. ކުއްލިއަކަށް ޒީޝާ އާލިމްގެ އަތް ފޮޅުވައިލިއެެވެ. އަދި ދުވެލާފައި މައްޗައް އަރައިގެން ދިޔައެވެ.
ހުރިހާ ވާހަކައެއް ޒީޝާ އާއި ހިއްސާ ކުރެވުމުން އާލިމް ހަމަޖެހުމުގެ ނޭވައެއްލިއެވެ. އަދި ޒީޝާގެ ލޮލުން ފައިބައިފައި ހުރި ކަރުނައިން ތެމިފައިވި އަތައް ބަލައިލިއެެވެ. ދެން މަޑުމަޑުން އަތް ގެނެސް ތުންފަތުގައި ޖައްސައިލިއެވެ. އަދި އެއިން ކަރުނަ ތިއްކެއްގެ ރަހަ ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ.
“ސޮރީ އައުސް! މިނޫން ގޮތެއް ނެތީމަ މިހެން މިހެދީ…” އާލިމް ވައި އަޑުން ބުނެލުމަށްފަހު ސިޑިން ފައިބައިގެން ދިޔައެވެ.
ދައްކާނެހާ ވާހަކައެއް ދައްކައި ނިމުމުން ރިޔާޒް އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ދެފައިގައި ތަޅު އެޅުވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރަކުންނެވެ. ގަބޫލުކުރަން ދަތިވެފައި ދެތިން ފަހަރު އެސްފިޔަވެސް ޖަހައިލިއެވެ. ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން އައިސް ހުއްޓުނު ލައިޝާ ފެނުމުން ރިޔާޒް އެކީ ގަނޑުވެގެން ދިޔައެވެ.
ރިޔާޒްގެ ބޮޑު ވެފައިވާ ދެލޮލާއި މޫނު ފެނުމުން ލައިޝާގެ އަތް ފައި ފިނިވެގެން ދިޔައެވެ. މުޅި މީހާ ގައިން ތުރުތުރު އަޅަމުން ދިޔައެވެ. ލައިޝާގެ ކުރިމަތީ ސިފަވަމުން ދިޔައީ މީގެ އަހަރުތަކެއް ކުރިން ރިޔާޒްގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކެވެ. ކުއްލިއަކަށް ނޭންގޭ ބިރުވެރިކަމެއް ލައިޝާގެ ހިތުގައި އުފެދުނެވެ. އެހެން ކަމުން އައުސް ގެ އަތުގައި ދެއަތުން ހިފައި ބާރުކޮށްލިއެވެ. ލިބުނު ސިހުމާއި އެކީ އައުސް ލައިޝާގެ މޫނަށް ބަލައިލިއެވެ. އޭރު ލައިޝާގެ މުޅި މޫނު ވަނީ ރަތްވެފައެވެ. މުޅި މޫނު ވިދަމުން ދިޔައީ ދާތިކި ތަކުންނެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތުގައި ލައިޝާ ދަތް އަޅައިލި މަންޒަރުވެސް އައުސް އަށް ފެނުނެވެ. އެހެން ކަމުން ލައިޝާގެ ހިތުގެ ހާލަތު މިހާރު އައުސްއަށް ވިސްނިއްޖެއެވެ.
ކުރިމަތީ ހުރި މީހާއަށް އައުސް ބަލައިލިއެެވެ. ރިޔާޒްގެ މޫނު ފެނުމުން އައުސް ގެ ހިޔާލީ ސްކްރީން ދިއްލިގެން ދިޔައެވެ. އެއީ ކުރީ ދުވަހަކު އޮފީހުގައި އައިޝާގެ ކެބިންއިން ނެރުން މީހާއެވެ. އެއީ ދަންނަ މޫނެކެވެ. އެއީ ދެދުވަހަކު ލައިޝާ އާއި އެކީ ހުއްޓައި ފަރީޝާ އަށް ފަޅާއެރުވި މީހާއެވެ. މިއީ ލައިޝާގެ ވާހަކައިގައި ވާ ރިޔާޒްބެ ހެއްޔެވެ؟ އައުސް ނިތްކުރިޔަށް ރޫ އަރުވައިލިއެވެ.
“މީތަ އިޝީގެ ބައްޕަ؟” މަޑުމަޑުން އައުސް ލައިޝާގެ ކަންފަތް ދޮށުގައި އަހައިލިއެވެ. ލައިޝާ ބޯ ޖަހައިލިއެވެ. ވަގުތުން އައުސްގެ ލޭ ހޫނުވަމުން ދިޔައެވެ. ދެލޯ ރަތް ވަމުން ދިޔައެވެ. އައުސް މުށް ކަވައިލިއެވެ.
ކުއްލިއަކަށް ލައިޝާ ފެނުމުން ހުއްޓުން އަރާފައި ހުރި ރިޔާޒް ކުރިޔަށް ފިޔަވަޅެއް ނެގިއެވެ.
“އޭނަޔާ ދިމާއަށް ބަލައިލިޔަސް ދެލޯ ކޮނެލާނަށް…” ލައިޝާގެ ކުރިމައްޗައް އަހަރަމުން އައުސް ބުނެލިއެެވެ. އެއަޑަށް އައިޝާ ފަހަތް ބަލައިލިއެވެ. ފަރީޝާވެސް އިސް އުފުލައިލިއެވެ. ނަމަވެސް އައުސްގެ ފަހަތުގައި އެހުރީ ކާކު ކަމެއް ނުފެނުނެވެ.
“އޭތް މިގެއިން ނިކުމެގެން ދޭ! ދާއިރު މީނަވެސް ގޮވައިގެން ދޭ…” އައިޝާ މަޑުމަޑުން އެހެނަސް އަޑަށް ބާރުލާފައި ބުނެލިއެވެ.
“ނޫން އިޝީ މަންމައަށް އެހެން ނަހަދާ… މަންމައަށް މާފް ކުރޭ…” ފިރުކިލާފައި އައިސް އައިޝާގެ ފައިގައި އޮޅުލައި ގަންނަމުން ފަރީޝާ ބުނެލިއެވެ. އޭރު އައިޝާ ލައިގެން ހުރި ޖިންސް ފަރީޝާގެ ކަރުނައިން ތެންމަމުން ދިޔައެވެ.
“ދޫކުރޭ މަގޭ ފައިން… މިއަދު ތި ކަރުނަތަކަކުން މަށަކަށް އެއްވެސް އަސަރެއް ނުކުރޭ… ތިހާ ނުބައި މަންމަ އެއް މަގޭ ދުޝްމަނަކަށް ވެސް ނުލިބުމަށް ދުޢާ ކުރާނަށް… ދޫކުރޭ!” ފަރީޝާގެ އަތް އައިޝާގެ ފައިން ފޮޅުވައިލަމުން އައިޝާ ބާރަށް ހަޅޭތްލަވައިގަތެވެ.
“ހަހަހަހަ ގަދަ އިނގޭ އިޝީ…” އަތް ޖަހައިލަމުން ރިޔާޒް ބުނެލިއެވެ. ވަގުތުން އައިޝާ ފަހަތް ބަލައިލިއެވެ.
“ނިކުމޭ މަގޭ ގެެއިން…” ބޭރު ދޮރާއި ދިމާއަށް އަތް ދިއްކޮށްލަމުން އައިޝާ މަޑުން އެހެން ނަމަވެސް އަޑަށް ބާރުލާފައި ބުނެލިއެވެ.
އައިޝާގެ މޫނު ފެނިފައި ކުޑަކޮށް ރިޔާޒްވެސް ސިހޭގޮތް ވިއެވެ. އެހެން ކަމުން ބަހެއް ނުބުނެ ރިޔާޒް ދާން ހިނގައިގަތެވެ. ނަމަވެސް ހިނގަ ހިނގާ ހުރެފައި ލައިޝާ އާއި އަރާ ހަމަވެފައި އެދިމާއަށް ބަލައިލިއެވެ. ކަރުނުން ފުރިފައިވާ ލޮލަކުން ލައިޝާ ވެސް ރިޔާޒްއަށް ބަލައިލިއެވެ. އޭރު ލައިޝާގެ ތުންފަތް ތުރުތުރު ލަމުން ދިޔައެވެ. ދެއަތުން އައުސް ގައިގައި ބާރަށް ހިފަހައްޓައިލިއެވެ. އައުސް ސިހިފައި ފަހަތް ބަލައިލުމުން ރިޔާޒް އައުސް އަށް ބަލައިލިއެވެ. އަދި އެއްފަހަރު ލައިޝާއަށް އަނެއް ފަހަރު އައުސް އަށް ބަލައިލުމަށްފަހު ދާން ހިނގައިގަތެވެ.
ފޯނު ވައިބްރޭޓް ވާހެން ހީވުމުން އައުސް ޖީބުން ފޯނު ނަގައި ބަލައިލިއެވެ. ޒީޝާގެ މެސެޖެއް ކަމުން މެސެޖް ހުޅުވައިލިއެވެ.
“އައުޓީގެ ތިއްތި ހުރިހާ ވާހައެއް ކިޔައިދީފި!” އައުސް ކިޔައިލިއެވެ. އަދި ނިއްކުރިޔަށް ރޫ އަރުވައިލިއެވެ. ތިއްތި ކިޔައިދޭނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކާ ލައިޝާގެ ވާހަކަ ހެއްޔެވެ؟ ނޫނެކެވެ. ތިއްތި މިހުރިހާ ދުވަހު އެވާހަކަ ސިއްރު ކޮށްގެން ހުރެފައި ބުނާންވީ ކީއްވެގެން ހެއްޔެވެ؟ ދެން ޒީ މިކިޔަނީ ކީކޭ ހެއްޔެވެ؟ އެވަގުތު އައުސް އަކަށް ވިސްނާކަށް ހުރެވޭކަށްވެސް ނެތެވެ. މިތަނުގެ ހާލަތު މިއަށްވުރެ ގޯހެވެ.
“ތެދުވެގެން ދޭ…” އައިޝާ ބުނެލިއެވެ.
“މަންމައަށް މާފް ކުރޭ އިޝީ… މަންމަ ހަލީމް އާ އެކީ ރުހުމަކު ނޫން ގުޅުން ހިންގީ އެއް… އެއް ރޭ އޭނަ ގަދަކަމުން މަންމައާ އެކީ… ދެން މަންމަ ބަނޑު ބޮޑުކަން އިނގުނީމަ ހަދާނެ ގޮތެއް ނޭންގިގެން ރިޔާޒް އާ އެކީ ގުޅުން ހިންގީ އެދަރިފުޅު ރިޔާޒް ބޮލަށް ޖަހަން… ހަލީމް ބޮލުގަ އަޅުވައިފިއްޔާ މަންމަގެ އެންމެ ގާތް އެކުވެރިޔާ ހީކުރާނީ ކީކޭ؟ މަންމައަށް އެ ހަގީގަތް ބުނަން ނުކެރުނީ!” ތަޅަން މަތީގައި އިސްޖަހައިގެން އިނދެ ފަރީޝާ ވާހަކަ ދައްކަމުން ދިޔައެވެ.
“ދެން މަށާ ލައި ވަކި ކުރީ ކީއްވެގެން؟” ފަރީޝާ އާއި ދިމާއަށް ގުދުވެލަމުން އައިޝާ އަހައިލިއެވެ.
“މަންމަ ރިޔާޒް ދެކެ ވަރަށް ލޯބިވޭ… މަންމައަށް ވަރަށް އުނދަގޫވޭ އެހާދިސާ އަށް ފަހު ލައިޝާ ފެންނާތީ.. ހިތައް އަރަނީ މީނައާ ހެދިއޭ މަގޭ ލޯބި ޖަލަށް ދާން ޖެހުނީ… ހިތައް އަހަރަނީ މީނައާ ހެދިއޭ ރިޔާޒް އުޅުނީ އަހަރެން ހުއްޓަ…. އެހެންވެ ކުރިން ލައިޝާ ދަންޖެހެން ވެގެން އުޅުން އިރުގެ ސިޓީ ދައްކާފަ އޭނަ މަރުވީ ކަމަށް ހަދާފަ މަންމަ އޭން ދިނީ ރިސޯޓުން ދިމާވި ބަޔަކަށް…” ފަރީޝާ ވާހަކަ ކިޔައިދެމުން ދިޔައިރު ރޮވެމުން ދިޔައެވެ.
“އެމީހުންނަށް ދިނީ ކިހިނެއް؟ ކިހިނެއް އެހާ ހުޝިޔާރު ކަމާ އެކީ އެކަން ކުރީ؟” ހަށަން ބަނދެލަމުން އައިޝާ އަހައިލިއެވެ.
“އިޝީ ސިންގަޕޯރ އަށް ދިޔަ ދަތުރު މަންމަ ދިޔައީ އޭނަ ގޮވައިގެން ރިސޯޓަކަށް… އެތަނުން މީހަކު ހޯދައިގެން ބައިވަރު ޑޮލަރު ދީފަ ބުނިން ގެންދާށޭ ކަލޭމެން ތި ދާ ގައުމަކަށް… އޭނަގެ ޕާސްޕޯޓް ވެސް ދިނިން… ދެން އެދުވަހު އޭނަޔަށް ޑްރަގެއް ދިނީ… އޭގެ އަސަަރު ކުރަން ފަށާއިރަށް ފުރަތަމަ ހަމަ ހަމައިން ނެއްޓިގެން ނިދޭނީ… ހޭލެވޭނީ ދެތިން ގަޑި އިރު ފަހުން… އޭގެ ފަހުން ކުރެވޭ އެއްވެސް ކަމެއް ސައުވީސް ގަޑިއިރު ހަނދާނެއް ނުހުންނާނެ…” ފަރީޝާ ތަފްސީލު ދިނެވެ. އައިޝާ ކުއްލިއަކަށް އަތް ޖަހަން ފެށިއެވެ. އަދި ފަރީޝާގެ ވަށައިގެން އެނބުރެން ފެށިއެވެ.
“ތީ ހަމަ މާސްޓާ މައިންޑެއް… ރިޔާޒް ބުނާހެން ބުނެވޭނީ… ގަދަ އިނގޭ!” ފަރީޝާ ކައިރީ އުޑުފައިން އިށީންނަމުން އައިޝާ ބުނެލިއެވެ.
ފަރީޝާގެ ވާހަކަ އާހާފައި ލައިޝާ ހިތުގައި ޖެހިގެން ގިސްލެވެން ފެށުނެވެ. ނުހުރެވިގެން ލައިޝާ އައުސްގެ ފުރަގަހުން ބޭރަށް ނިކުތެވެ.
“ފަރީއްތާ….” ކުރަކި އަޑަކުން ލައިޝާ ގޮވައިލިއެވެ. ފަރީޝާގެ އިތުރުން ލައިޝާ ވެސް ފަހަތް ބަލައިލިއެވެ. އޭރު ރޮވިފައި ލައިޝާ އެމީހުންނަށް ބަލަން ހުއްޓެވެ. (ނުނިމޭ)
10
38 Comments
Comments are closed.
Enjoy!?
Yaay me 1st
alhey farysha mihadhanee kihine tha?
Varah Reethi ?❤❤
Keep It Up Babe ❤❤
Omg..
Its amazing…
But I think its a little bit short..
Vvvvvvvv reeethi..??
Plxx dhn faharaku thankolheh dhigu kohlahchey ifaa ..
Gud nyt..
Fareesha that witch….
Hama fakkr devil eii…
Zipy ah kihineii vrnii dhn…
Anyways story hama habbu
wow.
alhe avahah upload kohdeeba next part.
and this is the 19 th episode. you have writen there 20.
thankyou.
Thank you pooh bear it’s been corrected?
Nikyy abadhuves mi story an varan ithizaaru kuran konmeadhuvahu ves..v reethi mi story love it..keep it up..??
Wow just wow
Mivaahaka feshun iru haadha ehchisseh meehun kiyey. Ekamaku mihaaru emmen reethi vegen miulhenee… Asluves story v furihama. Haadha reechey. Fareesha ge nimun nubai gothakah gennaathi ingey
Haha asluves dhw poop!!
Reethi v ma negetive comment eh nulibey mihaaru
އަޅޭ ހާދަ ފުރިހަމައޭ މިވާހަކަ
Miothee kunni aissa. Haadha reehchey hama speechless vefa meenee. Mihaaru thin faharu kiyaifin mi part hama reethi kamun??
Alhey alhey alhey damn damn damn haadha salhiyey wow
Dhen haadha kurey
Kiya kiyaa indha mi nimunee??
Reethi story eh viyyaa nikan kurukoh gennaanee. Ehen nuhadhabala pls
Asluves speechless!! Awesome story
Fareesha ge huri nubai kamaaeve
Wow ifaau… yu are superb… ????
And now the story has become more beautiful.
Wonderful.
Keep writing better and better.
Love this writer who never gave up when everyone was yelling at her.??
Yeah! And look tory is just perfect.. Now here is nothing negative
Story**
i should seriously go hit fareesha’s face.
Yeah I would like to hit fareesha too!!
Thank you all beautiful people for the lovely comments! Love you all❤❤?
Love you too ifoo??
Story is just superb
V salhi mi part. Koniraku aneh part? Avas kobbala dhen
Woahh:* vrh salhi i really like it ♡♡☆☆☆☆☆☆ this is the best story ever i had read masha allah
♡♡♡
fareesha haadha nubayey dhw
V reethi
Ey kon kahalage mannma eh tha. Bodu janavaarehtha. V foohi dhen anna partga eyne maraala. Vvv avas next part. Vaahaka vvvv rethi….???????
Iph miadhu up nukuranee tha? Avas pls
Too much drama. Ifaau akee varah hindi drama balaa kujjeh hen heevey…
Hehe kithanme drama bodas kiyamehnu????
ވާހަކަ ރީތި
ހާދަލަހޭ 20 ވަނަ ބައި
iff kihineh v tha? balee tha? let us know ingey….
I will upload today morning insha allah. Sorry for the delay. I was little bit busy these days. Hope you guys will understand?
I love you all❤
Varah reethi mivaahaka? keep it up?
ފަރީޝާ އަނެއްކާ މިދެއްކީ ރަނގަޅު ވާހަކަތަކެއްތަ؟ އެކަމަކު ހާދަ ނުބައި އަންހެނެކޭ ދޯ؟ ރިޔާޒްއާ ނުވެސް އިނދެ ދޯ މިހުރިހާ ދުވަހު މިއުޅުނީ… ރިޔާޒްވެސް ނުލަފާކަން… އެދެމީހުންނަކަށްވެސް އިތުބާރެއް ނުކުރެވޭ… 20ވަނަ ބައި ނެރޭނެ އިރަކަށް އެބަ އިންތިޒާރު ކުރަން
Omo omo.. 😮 Masha Allah
Alhe mi story keehvetha upload nukuranee mihaaru.vvvv nice story eh mi ee