Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (12)

shafu Level 110 Stories100 Comments
January 24, 2017 7 Mins Read
12 Comments

އިވާން އާއި ވާހަކަ ދައްކާ ހިތެއް އޭނާ އެއްގޮތަކައްވެސް ނުވިއެވެ. މަންމަ އެގޮތަށް އިވާން އާއި މެދު ދެކުނީމަ ހެއްޔެވެ؟ ނޫނީ އާހިލް ފިޔަވައި އެހެން މީހަކަށް އެހިތުން ލޯބި ލިބުމުގެ ފުރުސަތު ނެތީ ހެއްޔެވެ؟ އޭނާގެ ހިތް ވަނީ ޖަވާބު ނޭނގޭ ސުވާލުތަކުން ފުރިފައެވެ.

ބޯ ހާސްވާ ކަހަލަ އިޚްސާސެއް ކުރެވެން ފެށުމުން، އަވަސް އަވަހަށް އަތުގައި އޮތް ފޯން އެނދުކައިރީ ހުރި ކުޑަ މޭޒު މަތީގައި ބާއްވާލުމަށް ފަހު، ނީދޭތޯ އޭނާ ދެލޯ މަރާލިއެވެ.

 

މާ ގިނަ ދުވަސް ތަކެއް ނުވިއެވެ. ސެޓްފިކެޓް ލިބުނެވެ.

މިއަދަކީ ޚާއްސަ ދުވަހެކެވެ. އެތައް އަހަރެއް ވަންދެން ކުރަމުން ދިޔަ އިންތިޒާރަށް ނިމުން އައީއެވެ. މިއަދަކީ މެހެކް ޑޮކްޓަރެއްގެ މަޤާމުގައި ހޮސްޕިޓަލަށް ނުކުންނަ ފުރަތަމަ ދުވަހެވެ.

ލޯގަނޑު ކުރިމަތީގައި ހުއްޓިލާފައި މެހެކް އޭނާގެ ސޫރައަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ފަނޑު ފަނޑު ކޮން އައިބްރޯ އަޅާފައި ހުރި އޭނާގެ ދިގު ބޮމައެވެ. ލޮލުގެ ރީތިކަން އިތުރު ކުރުވަނީ އަޅާފައިވާ މަސްކާރާގެ ސަބަބުން ބަޅުވެފައިވާ އޭނާގެ ދިގު އެސްފިޔަތަކުންނެވެ. ތުންފަތުގައި ޖައްސާފައި ހުރީ ރެޑްވެލްވެޓް ލިޕްސްޓިކެވެ.

“ހުމްމް ، މަންމަ ދަރިފުޅު ރީއްޗޭ”. މެހެކް ލޯގަނޑު ކުރިމަތީގައި ހުރެ ފަރިވާތަން ފެނި ސަމާސާ ރާގެއްގައި މަންމަ ބުނެލިއެވެ. އެވަގުތު މެހެކް ހެމުން ހެމުން ގަޑި ބަލާލިއެވެ. އޭރު އަދި ގަޑިޖެހެން ބައިގަޑި އިރު ހުއްޓެވެ.

” މަންމަ ހާދަ އުފާވެޔޭ އެބަ ދަރިފުޅާ. މިއަދު ބައްޕަ ހުރި ނަމަ ހާދަހާ އުފަލެއް ވީހޭ ދޯ؟” މަންމަ މެހެކް ގެ ގައިގައި ފިރުމާލިއެވެ.

” ދަރިފުޅާ، ތިކަހަލަ ވަޒީފާ ތަކުގައި ވަރަށް ބޮޑެތި ކަންކަން ދިމާވާނެ. ހިތް ހަމަނުޖެހޭ ކަންކަން ވެސް ދިމާވާނެ. ވަރަށް ކެތްތެރިވާން ޖެހޭނެ އިނގޭ”. މަންމަ މެހެކް އަށް ހިތްވަރު ދިނެވެ.

” މަންމާ، މަންމަ ތި ދޭ ހިތްވަރަކީ އަހަރެންގެ ކުރިއެރުން. ވަރަށް ލޯބިވޭ”. މެހެކް މަންމަ ގެ ގައިގައި ބައްދާލިއެވެ.

ދެމައިން އެކީގައި ކޮޓަރިން ނުކުން އިރު ބޮޑުބޭބެ މެހެކް ގެ އިންތިޒާރުގައި ހުއްޓެވެ. ” ދަރިފުޅާ ހިނގާ އަވަހަށް ދަމާ” ހެވިލާފައި ބޮޑުބޭބެ ބުނެލިއެވެ.

އައި.ޖީ. އެމް ހޮސްޕިޓަލް ކައިރިއަށް ބޮޑުބޭބެ ސައިކަލް މަޑުކޮއްލުމާއެކު މެހެކް ފޭބިއެވެ. އޭނާ ހުރީ ކުޑަކޮށް ފިނިވެފައެވެ.

“ދަރިފުޅާ، އަވަހަށް ދޭ، ބަލާ އަންނަން ވީމަ ގުޅާތި އިނގޭ ބޮޑުބޭބެ އަށް” ލޯތްބާއެކު ބޮޑުބޭބެ ބުނެލިއެވެ.

މެހެކް ހީލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ.

އޭނާ މިސްރާބުޖެހީ ހޮސްޕިޓަލުގެ އޮފީހާއި ދިމާއަށެވެ.  ސާބިތުކަމާއެކު ފިޔަވަޅުތައް އަޅަމުން އޭނާ ދިޔައީ އަމިއްލަ ނަފްސަށް އޮތް ޔަޤީން ކަމެއްގެ ބޮޑު ކަމުންނެވެ. އިރާދަކުރެއްވިއްޔާ އޭނާއަށް ވާނެއެވެ. އެއީ މަންމަ އަބަދުވެސް އޭނާއަށް ވިސްނައިދީފައި ހުންނަގޮތެވެ. އެކަމުގެ ސަބަބުން އޭނާ އަށް އަބަދުވެސް އަމިއްލަ ނަފްސަށް އިތުބާރު އޮވެއެވެ.

އެތެރެއަށް ވަދެގެން ދިޔައިރު ފެންނަ ކޮންމެ މީހެއްގެ ނަޒަރު އޭނާއަށް ހުއްޓެއެވެ. ޚާއްސަކޮއް ފެންނަ ކޮންމެ ފިރިހެނެކެވެ. ހީވަނީ މަޝްހޫރު ފިލްމް ސްޓާރެއް އެތަނަށް ވަދެގެން އަންނަ ހެންނެވެ. އެންމެން ހުރަސް ކޮއްފައި ދިޔައިރު އޭނާއަށް އިސްޖަހާލެވުނީ ލަދުވެތިކަން  އިޚްސާސްވުމުންނެވެ.

ހޮސްޕިޓަލުގެ ބުރަ ދުވަސްތަށް ފެށުނެވެ. އޭނާގެ މަޤާމަކީ “ކެސުއަލިޓީ މެޑިކަލް އޮފިސާރ” އެވެ. މަސައްކަތް ކުރަން ޖެހެނީ އެމާރޖެންސީރޫމް ގައެވެ. ބައެއް ފަހަރު ދަންވަރު ޑިއުޓީއެވެ. އަނެއްބައި ފަހަރު ހެނދުނު ޑިއުޓީ އެވެ. އެއީ ކޮލެޖަށް ވުރެ މާ ބުރަ ދުވަސް ތަކެކެވެ. ކޮންމެ ދުވަހަކު ތަފާތު ތަޖްރިބާ ތަކެއް ކުރެވެމުން އަންނަ ޝައުގުން ފުރިގެންވާ ދުވަސްތަކެކެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ތަޢުރީފާއި ލޯބި އޭނާއަށް ލިބުނެވެ. އޯގާތެރި ހިތްހެޔޮ ޑޮކްޓަރަކަށް ވީމައެވެ.

“ހާދަ ރަނގަޅު ޑޮކްޓަރެކޭ” ބަލިމީހުން އޭނާގެ އޯގާތެރިކަން ފެނި ބުނެއެވެ. އޭނާ ބަލިމީހުންނަށް އިޚްތިރާމް ކުރެއެވެ. އެމީހުންނަށް ލޯބިދެއެވެ. އުފަލާއި ހިތްހަމަޖެހުން މިހާރު އޭނާ ހޯދާ ގޮތަކީ އެއީއެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. މެހެކް އިނީ ކޮޓަރީގައި ކޮންމެވެސް ފޮތެއް ކިޔާށެވެ. ކިޔަވައިގެން އައި ފަހުން އެއީ އޭނާގެ އާދައެވެ. އަބަދުވެސް ލިބޭ ހުސްވަގުތު ތަކުގައި އޭނާ ކޮންމެވެސް ފޮތެއް ކިޔައެވެ.

” ދަރިފުޅާ ފޮތެއް ކިޔާލަނީތަ؟” މަންމަ އައިސް ކައިރީގައި އިށީ އިނދެލިއެވެ.

“އާ މަންމާ، މި އެއްޗެހި ނުކިޔަންޏާ ހަނދާން ނެތޭނެ ވަރަށް އަވަހަށް” ފޮތަ ތެރެއަށް ގެއްލިފައި އިނދެ މެހެކް ބުނެލިއެވެ.

މަންމަ ކައިރީގައި އިށީއިނދެގެން އިނުމުން މެހެކް އަވަސް އަވަހަށް ފޮތް ލައްޕާލިއެވެ. މަންމަ ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެން އޭނާ އަށް ހީވިއެވެ.

” ދަރިފުޅާ، އެއްކަލަ ކަންތަކާ ވިސްނިންތަ؟ ފޮތް ލައްޕާލުމުން، އިރުކޮޅަކު މެހެކް ގެ މޫނަށް ބަލަން އިނދެ މަންމަ އަހާލިއެވެ.

” ކޮންކަމަކާ މަންމާ؟” އެނދުމަތީގައި އޮށޯ އޮވެލަމުން މެހެކް، މަންމަ ބުނި ކަންތައް ހަނދާން ކުރަން ފެށިއެވެ.

“ސާބަސް ދަރިފުޅާ. އިވާން ގެ ވާހަކަ މަންމަ ބުނީމެއްނު”.

މަންމަ އަނެއްކާވެސް އެވާހަކަ ފެށިއެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އެކަމަށް މަންމަގެ ހިތް އެދޭވަރު އެނގިފައި މެހެކް އިންތިހާ އަށް ދެރަވިއެވެ. އެކަމާ ވިސްނަން އޭނާ އަށް އަނެއްކާވެސް މަޖުބޫރު ވި ކަހަލަ އެވެ.

” އަ.. އާ މަންމާ އެބަވިސްނަމޭ” މެހެކް ލޯ މަތީގައި އަތް އުނގުޅާލަމުން ބުނެލިއެވެ.

” މިހާރު ކިހާ ދުވަހެއް؟ ތިން މަސް ވީ ދަރިފުޅު މިކޮޅަށް އައިފަހުންވެސް.  އިވާން އަކީ ރަނގަޅު ކުއްޖެއް ވީމަ މަންމަ އެހެން ބުނީ. ދަރިފުޅު ހިތްހަމަ ނުޖެހެންޏާ މަންމަ މިވާހަކައެއް ނުދައްކާނަން”. މަންމަ އިނީ ދެރަވެފައެވެ.

” ދަންވަރު ޑިއުޓީ ދޯ މިރޭ އޮތީ. ދެން ނިދާލާ ދަރިފުޅު”. މަންމަ ކޮޓަރި ދޮރު ލައްޕާފައި ނިކުމެގެން ދިޔުމުން މެހެކް އަށް އަނެއްކާވެސް އެކަމާ ވިސްނެން ފެށުނެވެ. ދެރަވެފައި އޮވެވުނީ ކިހާ އިރެއްގައި ކަމެއް އޭނާ އަކަށް ނޭނގުނެވެ.

ދަންވަރުގެ ވަގުތެވެ. ގަޑިން ދޭއް ޖެހީއެވެ. މެހެކް ތައްޔާރުވަމުން ދިޔައީ ޑިއުޓީ އަށް ދިއުމަށެވެ. މަންމަ ނިދާފައި އޮތްއިރު، އިރުކޮޅުން އޭނާ އަށް މަންމަ ގެ މޫނަށް ބަލާލެވެއެވެ. މަންމަ ދުވަހަކުވެސް ކަމަކަށް އޭނާ އަށް މަޖްބޫރެއް ނުކުރެއެވެ. އެއީ އިންތިހާއަށް ރަނގަޅު މަންމަ އެކެވެ. މަންމަ ގެ އެއްވެސް އެދުމަކަށް ފުރަގަސް ދިނުން އެއީ އޭނާ އަށް ވާނޭ ކަމެއް ނޫނެވެ.

ހޮސްޕިޓަލަށް އޭނާ އައީ ބޮޑުބޭބެ އާއި އެކުއެވެ. ކޮންމެ ފަހަރަކުވެސް ދަންވަރު ޑިއުޓީގައި އޭނާ ގެނެސްދެނީ ބޮޑުބޭބެ އެވެ. އެންމެެން އޭނާ އަށް ކިހާ ރަނގަޅު ހެއްޔެވެ؟ އަރާމު ނިދި ގެއްލުވާލާފައި އެ ދަން ގަޑީގައި ބޮޑުބޭބެ އެއަންނަނީ އެއްވެސް ޝަކުވާ އެއްނެތިއެވެ. އޭނާ ކައިވެންޏެއް ކޮއްފިނަމަ ބޮޑުބޭބެ ވެސް އެ އުނދަގޫ އުފުލާކަށް ނުޖެހޭނެއެވެ.

ބޮޑުބޭބެ ދިޔުމުން އެ ޚިޔާލުތަކުގައި ހުރެ އަވަސް އަވަހަށް އޭނާ ހިނގައިގަތެވެ.

ވަކި ހިސާބަކަށް ދެވުނުތަނުން، ކުއްލިއަކަށް މީހަކު ފުރަގަހުން އޭނާގެ އަތުގައި ހިފިއެވެ. އެވަގުތު ސިއްސައިގެން ދިޔަލެއް ބޮޑުކަމުން އޭނާ ހަޅެއްލަވައި ގަންނަން އުޅުނުނެވެ. ހަމަ އެ ސިކުންތުގައި ހުޝިޔާރުކަމާއެކު އެމީހަކު އޭނާގެ ކުރިމައްޗަށް އެރިއެވެ.

“މެހެކް މީ އަހަންނޭ”.  ވައި އަޑަކުން އެމީހަކު ބުނެލިއަޑު އިވުނެވެ. ގަތް ބިރުން ދެލޯ މަރާ ބާރުކޮއްގެން ހުރެފައި އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި މީހާ ފެނި އޭނާ އަށް ލިބުނު ސިހުން މާ ބޮޑެވެ. އެ މޫނަށް ބަލަން އޭނާއަށް ހުރެވުނީއެވެ.

“އިވާން”. ހައިރާން ކަމާއެކު މެހެކް އަށް ބުނެލެވުނެވެ. ” އާ، އިވާން. ޖިންނި އެއް ނޫނޭ މީ” އިވާން ސަމާސާ ރާގެއްގައި އެހެން ބުނި އިރުވެސް މެހެކް ހުރީ ކޮންމެވެސް ވަރަކަށް އަނގަ މެޅިފައެވެ. އެއީ އިވާން ކަމަށް އޭނާ އަށް ޤަބޫލެއް ނުކުރެވުނެވެ. “ސޮރީ އަތުގައި ހިފުނީތީ. ފަހަތުން ގޮވާ ގޮވާ އަޑު ނީވިގެން އަތުގައި ހިފާލެވުނީ. އިވާން މަޢާފަށް އެދެމުން ބުނެލިއެެވެ.

މެހެކް ހަމައަކަށް އެޅެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. “އިވާން…އިވާން މިތާ ކިހިނެއް؟ މެލޭޝިއާ އިން އައީތަ؟ މި ދަންގަޑީގަ ކީއްވެ މިތަނުގަ؟ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް އޭނާ އަވަސް އަވަހަށް ކުރަމުން ދިޔައެވެ.

އިވާން ގާތައް އައީ ހިންޏެވެ. މެހެކް ގެ މޫނަށް ބަލާލުމަށް ފަހު އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. “މެހެކް، އަހަރެން މިކޮޅަށް އައީ އިއްޔެ. ބައްޕަ ހިންގާ ބިސްނެސްގައި ކުޑަ މައްސަލައެއް ދިމާވެގެން ބައްޕައާއި އެކު.

” އަހަރެން މެހެކް ގެ ޚަބަރެއް ވޭތޯ ހާދަ އިންތިޒާރެއް ކުރީމޭ. އެކަމަކު ޚަބަރެއްވެސް ނުވީމެއްނު”. އިވާން ޝަކުވާއިން ފުރިގެންވާ ނަޒަރަކުން މެހެކްގެ މޫނަށް ބަލާލިއެވެ.

“އަހަރެން މިކޮޅަށް އައިސް މެހެކް ހޯދަން ހޮސްޕިޓަލަށް އައީ. މިހާދުވަސް ވާއިރު އަހަންނަށް އިނގޭ މިތަނަށް ޖޮއިން ކޮށްފަކަން ހުންނާނީ. ދެން މިކޮޅުން ބުނީ މިގަޑީގައޭ ޑިއުޓީ ފެށޭނީ. އެހެންވެ އަހަރެން މި އައީ. މިތާ ދެކޮޅު ދެކޮޅަށް އަހަރެން ހިނގާލަ ހިނގާލަ ހުންނަތާ ކޮން އިރެއް.” އިވާން ދެރަވެލާފައި ބުނެލިއެވެ.

ހައިރާން ވެފައި މެހެކް އަށް އަދިވެސް ހުރެވުނީއެވެ. ގަޑި ބަލާލަން ހަނދާން ވީ އެވަގުތުއެވެ. އަވަސް އަވަހަށް ފޯން ނަގާފައި ގަޑިބަލާލިއިރު ދެ ގަޑި ފަނަރަ ވީއެވެ. “އިވާން އަހަރެން މިދަނީ އިނގޭ ދެން. ގަޑި ޖެހިއްޖެ”

“މެހެކް މަޑުކޮއްބަލަ! ނަންބާރ ލިބިދާނެތަ؟” އިވާން ވަރަށް އުންމީދާ އެކު އަހާލިއެވެ.

މެހެކް އިރުކޮޅަކު މަޑުކޮއްލުމަށް ފަހު އޭނާގެ ނަންބަރު ކިޔާލިއެވެ. އެއީ ރަނގަޅު ގޮތް ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

“ތޭންކްސް. ގުޅާނަން އިނގޭ” އިވާން ހިނގައިގަތެވެ.

ފަތިހު ހަތަރެއް ޖެހިއެވެ. އެމާރޖެންސީ ރޫމް ވަނީ އެއްކޮށް ހަމަހިމޭންވެފައެވެ. އިރު އޮއްސުނުތަނުން ގެނެވުނު ދެ ޕޭޝަންޓުން ފިޔަވައި އިތުރު ޕޭޝަންޓެއް އެތަނަކު ނެތެވެ. ދެން ތިބީ ބޭރު ތިން ނަރުހުންނެވެ. އެމީހުންވެސް ތިބީ އެކި މަސައްކަތުގައި މަސްޢޫލު ވެގެންނެވެ.

އެ ހުރިހާ ވަގުތެއް ފާއިތުވެ ދިޔަ އިރުވެސް މެހެކް ގެ ވިސްނުމުގައި ވަނީ އިވާންއެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ތަޤްދީރުގައި ވާނޭ ކަންކަން މޮޅަށް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ. އޭނާ އިވާން އާއި ވާހަކަ ނުދައްކަން ނިންމިއެވެ. ނަމަވެސް ތަޤްދީރު ގައި ކަނޑައެޅިފައި ހުރި ގޮތް އެވީއެވެ. އިވާން އެއައީ ސީދާ އޭނާގެ ކުރިމައްޗަށެވެ. އެފަދަ ދަން ގަޑިއެއްގައި އޭނާ ހޯދަން އިވާން އައުން އެއީ އެހިތުގައި އޭނާއަށް ޓަކައި ޚާއްސަ ޤަދަރެއް ދެވިފައިވާ ކަމުގެ ހެއްކެކެވެ.

ޑިއުޓީގެ ވަގުތު ނިމުމުން ގެއަށް ދިއުމަށްޓަކައި އޭނާ ބޭރަށް ނުކުތެވެ. އޭރު ހެނދުނު އަށެއް ޖަހާބޮޑުވެއްޖެއެވެ. ދަންވަރު ޑިއުޓީ ނިންމާލުމަށްފަހު އޭނާ އާއްމުކޮށް ގެއަށް ދަނީ ޓެކްސީގައެވެ.

ބޭރަށް ނުކުން އިރު  އުޑުމަތިވަނީ ބަނަކޮއްފައެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭ ކަނި ޖަހަމުން ދިޔައެވެ. މެހެކް އަށް ބޭ އިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ. އޭނާ ތެމިލާ ހިތްވިއެވެ. މިހާރު އޭނާ ތެމިނުލާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެވަގުތު އާހިލް މަތިން ހަނދާންވިއެވެ. އޭނާ ވާރޭ ތެމޭ ދުވަހެއް ވިއްޔާ އާހިލްވެސް ތެމޭ ކަމަށް ބުންޏެވެ. އާހިލް މިއަދު އޭނާ މަތިން ހަނދާންވާނެ ބާއެވެ؟

އާހިލް ހުރީ ކޮން ތަނެއްގައި ކަންވެސް އޭނާ އަކަށް ނޭނގެއެވެ. ރޮވޭގޮތް ވީ އޭނާގެ މޮޔަ ހިތަށް އެވަރުވެސް ނުވިސްނުނީމައެވެ. އަވަސް އަވަހަށް އިސްޖަހާލާފައި ކަރުނަތައް ހިންދާލަމުން ޓެކްސީ އަކަށް ގޮވަން ފެށިއެވެ. އޭރު ވާރޭ ބޯކޮއްލައިފިއެވެ.

ކާރެއް އައިސް އޭނާގެ ގާތަށް މަޑުކޮއްލިއެވެ ދުވެފައި ކަހަލަ ގޮތަކަށް އޭނާ ޓެކްސީއަށް އެރިއެވެ.

ކާރު ތެރޭގައި ވާރޭ ވެހޭ މަންޒަރު ބަލަން އިން އިރު އޭނާ އިނީ ކާރު ތެރޭގައި ޖަހާފައި ހުރި ލަވައަށް ގެއްލިފައެވެ.

ތިޔަ ލޯބި މޫނު ފެނުމުން އަހަރެންގެ ހިތް ދެވިއްޖޭ..

އަހަރެން މި ލޯބި ވާ ވަރު އިޚްސާސް ނުކުރެވޭނޭ…

މެހެކް އަށް އަންނަމުން ދިޔައީ އާހިލްގެ ޚިޔާލުތަކެވެ. މުޅިންވެސް އާހިލް އޭނާ ގާތުގައި ބުނެފައި ހުރި ބަސްތަކެވެ. ހީވަނީ އާހިލް ކިޔާ ލަވައެއް ހެންނެވެ.

ތިޔަ އިންތިޒާރުގާ ވީ، އުމުރަށް ތި ލޯބި އެދިގެން… އެއީ އާހިލް އޭނާ ގާތުގައި ލޯތްބާ އެކު ބުނެލި ބަސްތަކެވެ.

އެ ގޮތުގައި އިންދައި އޭނާގެ ފޯން ރިންގް ވާން ފެށިއެވެ. ފޯންނަގާ ބަލާލިއިރު ކޮންމެވެސް ނުދަންނަ ނަންބަރަކުން ގުޅަނީއެވެ.

“ހެލޯ.. މެހެކް، އިވާން އިނގޭ” އެކޮޅުން ވާހަކަ ދެއްކީ އިވާން އެވެ. ” ހޮސްޕިޓަލުގައި ހުރިއްޔާ ބަލާ ދާން ކަމަށް”

“ނޫން. އަހަރެން މި އިނީ ޓެކްސީގަ” މެހެކް ބުނެލިއެވެ.

އެހެންތަ؟ އެހެންވިއްޔާ… މިރޭ އަހަންނާ ބައްދަލްކޮއްލެވިދާނެތަ؟ އިވާން އެދުނެވެ.

” ހުމްމް” މެހެކް ކުޑަ އިރުކޮޅަކު އިނދެލާފައި ބުނެލިއެވެ.

ގެއަށް ވަދެވުނު އިރު އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ނަމަވެސް މަންމަ ފެނުމާއެކު އޭނާ އުފާވިއެވެ.

“މަންމާ، މަންމަ ވަރަށް އުފާވާ ވާހަކައެއް ބުނަން ވެފަ އެބައޮތް”

“ކޮންވާހަކައެއް” ކައްކަން ހުރި ރިހަ ތެލި ހަލާލަމުން މަންމަ ހިނިތުންވެލިއެވެ.

“މަންމާ އިވާން އާއި ދިމާވެއްޖެ”. މެހެކް ހިނިތުންވެފައި ބުނެލުމުން މަންމަ ގެ މޫނު މަތިން ފެނުނީ ފުޅާ ހިނިތުންވުމެކެވެ.

“ކޮންތާކުން ފެނުނީ ދަރިފުޅާ؟” ލިބުނު އުފަލުން މަންމަ ހެމުން އަހާލިއެވެ.

“އަހަރެން ހޯދަން ހޮސްޕިޓަލަށް އައީ. ބުނީ މިރޭ ދިމާވެލެވޭނެހޯ؟” މަންމަ އާއި އެވާހަކަތައް ހިއްސާ ކުރަމުން އޭނާ އެދަނީ މަންމަ އެހާ ރުހޭ ކަމަކަށް އެކަން ވާތީއެވެ. އޭނާ އެދެނީ މަންމަ އަބަދުވެސް އުފަލުގައި ހުރުމެވެ.

“އާ ދަރިފުޅު ހަމަ ދާންވީ. މަންމަ ވަރަށް އުފާވެއްޖެ.”

ރޭގަނޑުގެ ވަގުތެވެ. މެހެކް ހުރީ އިވާންް ގެ އިންތިޒާރުގައެވެ. އޭނާ ހުރީ އާދައިގެ ގޮތަކަށް ރީތި ވެލައިގެންނެވެ. ގަދަ ނޫ ކުލައިގެ ކަކުލާ ހަމައަށް ހުރި ހެދުމުގައި ހުރިއިރު އޭނާގެ ދިގު އިސްތަށިގަނޑު ހުރީ އާދައިގެ ގޮތަކަށް އައްސާލާފައެވެ.

އިރުކޮޅަކުން ސައިކަލުގައި އިވާން އައިސް ކައިރިއަށް މަޑުކޮއްލިއެވެ. “ރެސްޓޯރެންޓަކަށް ދޯ ދާނީ؟”.

ބޮލުގެ އިޝާރާތުން ސައިކަލަށް އެރުމަށް އޭނާ އެދެމުން އަހާލިއެވެ.

މެހެކް އަރިއަކަށް، ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ސައިކަލް ދުއްވާލުމާއެކު އޭނާ ކުޑަކޮށް އަރި އަޅާލުމުން ބާރުބާރަށް އިވާން ގެ އުނަގަނޑުގައި ހިފަހައްޓާލެވުނެވެ. ” ހިފަހައްޓައިގެން އިނދެބަލަ” އިވާން އެދުނެވެ.

ޑައިންމޯ އަށް ވަދެފައި ދެމީހުން ހަމަޖެހިލީ ތަންކޮޅެއް އަނދިރީގައި ހުރި މޭޒެއްގައެވެ. މުޅިތަން ފުލްވެފައި އޮތުމުން ހުސްމޭޒަކަށް ހުރީ އެމޭޒު އެކަންޏެވެ.

” މެހެކް، އަހަރެން ވަރަށް…. ވަރަށް އުފާވެއްޖެ މިރޭ މެހެކް އާއި ދިމާވީތީ” އިވާން މެހެކް ގެ މޫނަށް ބަލަން އިނދެފައި ބުނެލުމާއެކު މެހެކް ހިނިތުންވެލިއެވެ.

ދެމީހުންވެސް އޯޑަރ ދިނީ ހޮޓްމައިލޯ އަކަށެވެ.

ވާރޭ ކަނި ޖަހަން ފެށިީ ދެމީހުން ވާހަކައިގައި ތިއްބައެވެ. “އަނެއްކާވެސް ވާރޭ ވެހެން އުޅޭހެން ހީވަނީ. ހިނގާބަ ދާން އަވަހަށް” މެހެކް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

ގެއާ ހަމައަށް ނުދެވެނީސް ވާރޭ ބޯކޮށް އޮއްސާލައިފިއެވެ. ދެމީހުންނަށް ތަނެއްގައި މަޑުކުރަން މަޖްބޫރުވީ ތެމިފޯވެގެން ނޫނީ ގެއާ ހަމައަށް ނުދެވޭނެ ކަން އެނގޭތީއެވެ. ސައިކަލް މަޑުކޮއްލުމަށް ފަހު ދެމީހުން ހިޔާލިބިގަތުމަށްޓަކައި ވަނީ ގެއެއްގެ އަސްކެނި ދޮށަށެވެ.

ވެހެމުން ދިޔަ ވާރޭއަށް ބަލަން ހުރެފައި މެހެކް އަތް ނަގާފައި ވާރޭ ތެރެއަށް ދިއްކޮއްލިއެވެ. އޭނާ ޚިޔާލަށް އަންނަމުން ދިޔައީ އޭނާ ކުރީގައި މަޖާކޮށް ވާރެއާއި ތެމުނު ދުވަސް ތަކެވެ. އޭރު ކިހާ މަޖާ ހެއްޔެވެ؟ ކިހާ އުފާވެރި ހެއްޔެވެ؟ ނަމަވެސް އާހިލް ގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުވީއެވެ.

މިކަހަލަ ދުވަހެއްގަ ދޯ އަހަރުމެން ދިމާ ވީ؟” އިވާން އެހެން ބުނުމާއެކު މެހެކް އިވާން އާއި ދިމާއަށް ބަލާލިއެވެ. އޭރު އިވާން ހުރީ މަސްތީ ނަޒަރަކުން މެހެކް އަށް ބަލާށެވެ. އެވަގުތު މެހެކް ގެ ހިތަށް ވީ ބަޔާން ކުރަން ނޭނގޭ ކަހަލަ އުނދަގުލެކެވެ.

“މެހެކް އަހަރެން ވާހަކައެއް ބުނަންތަ؟ މިވާހަކަ ނުބުނެވިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ”. ދެ ޖީބަށް އަތް ޖަހާލަމުން އިވާން ވާހަކަ ދައްކަން ފެށިއެވެ.

” މެހެކް… އަހަރެން ..އަހަރެން މެހެކް ދެކެ ވަރަށް ވަރަށް ވަރަށް ލޯބިވޭ”.

“އަހަންނާ ކައިވެނި ކޮއްފާނަންތަ؟”.  އިވާން ކެރިގެން އަހާލިއެވެ.

މެހެކް އަށް ވެސް އިވާން ގެ މޫނަށް ބަލަން ހުރެވުނީއެވެ. ކައިވެންޏައް އެދުމުން އިވާން އޭނާ ދެކެ ލޯބިވާވަރު ދެނެގަނެވުނެވެ.

އޭނާ އާ އެކޭ ބުނަންވީ ހެއްޔެވެ؟ އެތައް ވަރަކަށް އޭނާ އެކަމާ ވިސްނައިފިއެވެ. އާހިލް ދުވަހަކުވެސް އޭނާ އަކަށް ދެނެއް ނުލިބޭނެއެވެ. އެހަނދާންތައް ފޮހެލުމަށް ޓަކައި އޭނާގެ ޚަޔާތައް ބައިވެރިއަކު ބޭނުންވާ ކަމަށް އޭނާގެ ސިނކުނޑީގެ ކަނަކުން ވިސްނައިދެމުން ދިޔައެވެ. މަންމަ ވެސް އުފާވާނެވަރު އެވަގުތު އޭނާގެ ހިތަށް ތަސައްވަރުކޮއްލެވުނެވެ.

މެހެކް މަޑުމަޑުން ބޯ ޖަހާލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ. ދެލޯމަރާލަމުން ހިތާއި ދެކޮޅަށެވެ. އޭރު އޭނާގެ ހިތް ރޮމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shafu

Level 110 Stories100 Comments

Other Articles

Previous

ވަންހަނާ (22)

Next

އެވިއްސާރަ ރޭ… އައްވަނަބައި

Next
January 24, 2017

އެވިއްސާރަ ރޭ… އައްވަނަބައި

Previews
January 24, 2017

ވަންހަނާ (22)

12 Comments!

  1. Hawwooo....?? says:
    January 24, 2017 at 4:26 pm

    Mehek gud thininmun in sha allaah
    ..

    1. shafu says:
      January 24, 2017 at 9:48 pm

      Thankx hawwoo.. ☺

  2. shelly says:
    January 24, 2017 at 4:42 pm

    haadha kurrey thankolheh dhigu kohba pleaseeeeeeeeeeeeeee

    1. shafu says:
      January 24, 2017 at 9:47 pm

      Dhn ahna part miahvre digu kohlaanan in sha Allah ingey shelly ☺

  3. Aakee says:
    January 24, 2017 at 8:08 pm

    v reethi… mire adhi one part up kohla dheeba pls pls

    1. shafu says:
      January 24, 2017 at 9:50 pm

      Dear aakee m sorry.. madama rey ingey in sha Allah.. thankx v bodah ☺

    2. Aakee says:
      January 26, 2017 at 9:42 am

      shafu dhooni avahah up kohla dheebaa

  4. Navya says:
    January 24, 2017 at 10:44 pm

    V salhi mivaahaka? keep it up..

    1. shafu says:
      January 25, 2017 at 12:42 pm

      Thank u navya ☺

  5. Mary says:
    January 26, 2017 at 12:52 am

    Konirakutha next part up kohladhenee pls pls Avaha up kola dheebala.

  6. Saa says:
    January 26, 2017 at 9:37 pm

    11 vana episode uoload nukurany tho?

  7. Ahmed Fayax says:
    March 29, 2017 at 6:14 am

    Reyga adhi mi vaahaka kiyan feshee… Ekam aahil ah mehek nulibeyne hen heevaathee v foohi vejje ithurah kiyan

Comments are closed.

Next Episodeފިރިމީހާގެ ހައްޤުގައި (13)←


All Right Reserved!