“އާ އެކޭތަ ތިބުނީ”. މެހެކް ބޯ ޖަހާލުމާއެކު އިވާން އަހާލިއެވެ. “އަހަރެން އުފަލުން މަރު ވެދާނެ އިނގޭ”.
މެހެކް އެއްޗެއް ނުބުނެ އިސްޖަހައިގެން ހުރީއެވެ.
“ޔަޤީންކަން މިހާރުވެސް ދީފާނަން. ދުވަހަކުވެސް ހިތަކު ނުޖައްސާނަން. އަހަންނަށް ދެވޭވަރުގެ ހުރިހާ އުފަލެއް ދޭނަން. މީ ވަޢުދެއް”. އުފަލުން ފޮޅިފައިހުރެ އިވާން ބުނެލިއެވެ.
މެހެކް ވެސް ގަދަކަމުން ހިނިތުންވެލިއެވެ. ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ.
“މިހާރު ވާރޭ ތުނިކޮއްލައިފިއެއްނު. ހިނގާ ދެން ގެއަށް ދަމާ. މަތިބަލާލާފައި މެހެކް ބުނެލިއެވެ.
” މެހެކް ގެ މަންމަ ކައިރިއަށް ގޮސްލާފަ އަހަރެން ގެއަށް ދާނީ” ސައިކަލް ދުއްވަމުން އިވާން ވާހަކަ ދެއްކިއެވެ.
“މައްސަލައެއް ނެތް”.
ގެއަށް ވަނުމުގެ ކުރިން މެހެކް، މަންމަ އަށް ގުޅާލިއެވެ. އިވާން މަންމަ އާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުނެލުމަށެވެ.
“ދަރިފުޅާ އިވާން. އަވަހަށް އިށީއިނދޭ”. އިވާން ގެއަށް ވަނުމާއެކު މަންމަ ސޯފާ އަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.
“މަންމަ އަށް އެއްޗެއް ވެސް ނުލާ މި އައީ” އިވާން ކުޑަކޮށް ހީލާފައި ބަލާލީ މެހެކް ގެ މޫނަށެވެ.
” ދެން އެއީ ކަމެއް ނޫނޭ”. މަންމަ ހެމުން ހެމުން ބުނެލިއެވެ.
“ހިނގާބަލަ ކޮންމެވެސް އެއްޗެއް ކާލަން”. މަންމަ އިވާން ގާތު އެދުނެވެ.
” ނޫން މިގަޑިއަކު ނޫން. ކޮބާ މިގޭ އެހެން މީހުން؟” އިވާން ގޭ ތެރެއަށް ނަޒަރު ހިންގާލަމުން އަހާލިއެެވެ.
” އެންމެން ނިދައިފި. މަންމަ ވެސް މިހުރީ މެހެކް އަންނަން ދެން މަޑުކޮއްލައިގެން”.
އެތައް އިރަކު ވާހަކަ ދައްކަން އިނދެފައި އިވާން އެގެއިން ދިޔައިރު ބާރަ ޖަހަން ކައިރިވެއްޖެއެވެ.
އިވާން ދިއުމުން، މެހެކް ފެންވަރާލައިގެން އޮށޯއޮވެލިއެވެ. އޭނާގެ ސިކުނޑިއަށް އެކި ޚިޔާލުތައް ޖަމާވާން ފެށިއެވެ. އެކަން އެއީ މިހާރު އާދައަކަށް ވެފައިވާ ކަމެކެވެ. އާހިލް އޭނާ އާއި ވަކިވިފަހުން އޭނާ ނިދިއައިސްގެން ނުނިދައެވެ. އަބަދުވެސް އެހެން އޮއްވައި އޭނާ އަށް ނިދެނީއެވެ.
ހަށިގަނޑުގައި ވަރުނެތް ކަހަލަ އިޚްސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ހިތް ނުތަނަވަސް ވަނީއެވެ. މިފަދަ ފިނި، ވިއްސާރަ ރެއެއްގައި އޭނާއަށް ހޫނުވަނީއެވެ. އެއީ ހިތާއި ދެކޮޅަށް އޭނާ މިރޭ އެ ނިންމި ނިންމުމުގެ އަސަރުތަކެވެ. ހިތަށް ތަދުވެގެން ގޮސް އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އެ ސިކުންތުގައި އޭނާ ޚިޔާލަށް ގެނައީ މިރޭ އިވާން އައުމުން މަންމަ އުޅުނުގޮތެވެ. މަންމަ ހުރީ ކިހާ އުފާވެފައި ހެއްޔެވެ؟ އޭނާގެ އުފަލަކީ މަންމަ ގެ އުފަލެއް ނޫން ހެއްޔެވެ؟
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާ ފުހެލީ ހިނިތުންވަމުންނެވެ. އިވާން އޭނާ ދެކެ ނުލާހިކު ލޯބިވެއެވެ. އިރާދަކުރެއްވިއްޔާ އޭނާ އަށް ދެރަގޮތެއް ނުވާނެއެވެ. ފުންނޭވާއެއް ލަމުން އޭނާ ލޯމަރާލީ ހިތަށް ހަމަޖެހުން ދެއްވާތޯ ދުޢާ ކުރަމުންނެވެ.
ޖެހިގެން އައި ދުވަހެވެ. މެހެކް އަށް ޗުއްޓީ ދުވަހެކެވެ. މަސައްކަތްތަކުގައި މަންމަ އަށް އެހީވެދެމުން އިވާން ރޭގައި ދެއްކި ވާހަކަތައް އޭނާ ކިޔައިދިނެވެ. ކައިވެނިކުރަން އެއްބަސް ވީ ވާހަކަ ބުނުމުން މަންމަ އުފަލުން ފެށީ ހޭށެވެ. “އެހެންވީމަ ބޮޑުބޭބެ ގާތު ވާހަކަ ދައްކަން ވީ ދޯ؟”
” މަންމަ ހިތްހަމަ ޖެހޭ ގޮތެއް. އެކަމަކު އަދި އިވާން ގެ މަންމަ ވެސް ހުރީ މެލޭޝިއާގައި. އޭނާގެ ކޮއްކޮ ކިޔަވާތީވެ. ވަރަށް އަވަހަށް އެމީހުން އަންނާނެ އޯ އިވާން ބުނީ. އެމީހުން އައީމަ ކައިވެނީގެ ވާހަކަ ދައްކަން އަހަރެން މި ވިސްނަނީ. މަންމަ ކީކޭ ބުނަނީ؟” މެހެކް މަންމަ ގެ މަޝްވަރާ ހޯދިއެވެ.
” އެންމެ ރަނގަޅު. ތި ދެކުދިންނަށް ފެންނަ ގޮތެއް”.
އެހަފްތާ ވެއަތުވެގެން ދިޔައީ އެގޮތުގައެެވެ. ކައިވެނީގެ ވާހަކަ މަންމަ ބޮޑުބޭބެ ގާތުގައި ދެއްކުމުން ބޮޑުބޭބެ ވެސް އުފަލުން އެކަމާ އެއްބަސް ވިއެވެ.
އިވާން ކޮންމެ ދުވަހަކު މެހެކް އާއި ބައްދަލުކުރެއެވެ. ގެއަށް އަންނަ ނަމަ އެންމެންނަށް ހަދިޔާ ގެނެއެވެ. މެހެކް ދަންވަރު ޑިއުޓީ އޮންނަ ދުވަސްތަކުގައި، ހެނދުނުގަޑީގައި ހޮސްޕިޓަލަށް ބަލާވެސް އާދެއެވެ. އިވާންގެ ހެޔޮކަން ފެނި މެހެކް އިންތިހާއަށް އުފާވިއެވެ.
އެއްރެއެއްގެ ރޭގަނޑުގެ ވަގުތެވެ. އިވާން އާއި މެހެކް ތިބީ ޕާކެއްގައެވެ.
” މެހެކް އަށް އެނގޭތަ. އަހަރެން ސަދޫ ގާތުވެސް މެހެކް ދެކެ ލޯބިވާ ވާހަކަ ބުނިން.” އިވާން މެހެކް އަށް ބަލާލަމުން ބުނެލިއެވެ.
އަސްލު އޭނަ ގާތު އެވާހަކަ ދެއްކީ މެހެކް ގެ ފަރާތުން އަހަރެންނާ ގަޔާވާ ކަމުގެ އެއްވެސް އިޝާރާތެއް އޭރު ނުފެނުނީމަ”.
އިވާން ބުނެލި ޖުމްލައިން މެހެކް އަޖާއިބު ވިއެވެ. ސާދުނާ އަށް އައި ބަދަލުތަކަކީ އިވާން މެހެކް ދެކެ ލޯބިވާކަން އެނގިފައި އައި ބަދަލުތަކެއްކަން އޭނާ އަށް ވިސްނުނެވެ. އެހެންވީމަ، އެދުވަހު އިވާން އާއި ސާދުނާ ބައްދަލުވިކަން ޔަޤީނެވެ. ސާދުނާ އޭނާ ގާތުގައި ދޮގުހެދި ސަބަބު އޭނާ އަށް އެނގުނެވެ. ދެން ސަދޫ ކީކޭ ބުނީ؟”
“އޭނަ އެދުނީ އޭނަ މެދުވެރިއަކަށް ނެހެދުމަށް. އަހަރެން ސީދާ މެހެކް ގެ ގާތު އެވާހަކަ ދައްކާށޯ އޭނަ ބުނީ”
” އެހިސާބުން މާބޮޑު ގުޅުމެއް ނުބާއްވާ. ދޭތެރެއަކުން އެހެން ގުޅާލިއަސް، މިހާރުވެސް ޚަބަރެއް ނުވާތާ ވަރަށް ދުވަސް ވެއްޖެ”. އިވާން ގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެއެވެ.
” އިވާން، އަސްލު ސަދޫ އިވާން ދެކެ ވަރަށް ލޯބިވޭ ” މެހެކް އިނީ ދެރަވެފައެވެ.
” އަހަންނަށް ފަހުން ވިސްނުނު އޭނަ އަހަރެން ދެކެ ލޯބިވާ ކަން. އެވާހަކަ ބުނި ދުވަހުވެސް އަހަންނަށް އެކަން ފާހަގަ ކުރެވުނު އޭނަގެ ވާހަކަ ހުރިގޮތުން. އެކަމަކު އަހަރެން އޭނަ އާއި ދޭތެރޭ ދެކުނީ ހަމައެކަނި ފްރެންޑެއް ގޮތައް. އެންމެ ފަހުން ގުޅި ދުވަހު ބުނި ކުއްޖަކާ ރައްޓެހިވި ވާހަކަ”
” އެ ދުވަސްތައް ވެސް އެ ނިމުނީ ނު ދޯ”. އިވާން އިތުރަށް އެވާހަކަ ކުރިއަށް ގެންދާކަށް ބޭނުމެއް ނުވިއެވެ.
ދެން ހިމޭންވެފައި އިރުކޮޅަކު ދެމީހުންނަށް ތިބެވުނީއެވެ.
” އިވާން… އަހަރެން ވާހަކައެއް ބުނަންތަ؟”
“އަހަރެން ޤަބޫލް ކުރާ ގޮތުގައި އިވާން އަށް އަހަރެންގެ ޕާސްޓް އެނގެން ޖެހޭނެ”.
” އަހަރެން…އަހަރެން ވަރަށް ލޯބިވިން މީހަކު ދެކެ ކުރީގަ… އެކަމަކު އޭނަ އަހަރެން ދޫކޮއްލާފައި ގޮސް އެހެން މީހަކާ ކައިވެނި ކުރީ.. މެހެކް ފުންނޭވާއެއް ލިއެވެ.
“ހަނދާން ވޭތަ މިހާރު އޭނަ މަތިން؟ އިވާން އަހާލިއެވެ.
“ނު..ނޫން ދެން.. އިވާން ގާތު މިވާހަކަ ބުނެލަން ބޭނުންވީ ހަމަ.. އަހަރެން ބޭނުންވަނީ އިވާން އާއި މެރީކޮށްގެން ދިރިއުޅުމާއިގެން ކުރިއަށް ދާން “. މެހެކް އިވާން އާއި ހަތަރުކަޅި ހަމަކުރިއެވެ.
” ތޭންކްސް މެހެކް، އިރާދަކުރެއްވިއްޔާ ލޯތްބަކީ ކޮން އެއްޗެއް ކަން މެހެކް އަށް އަހަރެންގެ ފަރާތުން ދަސްވާނެ. އެހާވެސް ލޯބި ދޭނަން”. އިވާން ބުނެލިއެވެ.
ރެއެއްގެ ދަންވަރުގެ ވަގުތެވެ. މެހެކް އިނީ ޑިއުޓީގައެވެ. ގަޑިން ދެ ގަޑި ބައިވީއެވެ.
މެހެކް ގެ ފޯން ވައިބްރޭޓް ވާން ފެށިއެވެ.
“ހެލޯ..މެހެކް ބިޒީތަ؟ ނުނިދިގެން މިއުޅެނީ…” އިވާން ބުނެލިއެވެ.
“އެހެންތަ؟” މެހެކް ގާތަށް ހިނިއައެވެ.
“ކުރިން މިހެން އޮވެގެން ނިދެނީ. މިހާރު ތި އަޑު އަހާލާފަ ނިދާ ހިތްވަނީ. މިހާރު ނިދޭނެ ކަންނޭނގެ”.
އިވާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ދިޔައިރު މެހެކް އިނީ ގަލަމަކުން ފޮތެއްގައި ކޮންމެވެސް އެއްޗެއް ލިޔެލަ ލިޔެލަ އެވެ.
ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް ނަރުހެއް އެތެރެއަށް ވަދެގެން އަންނަ ތަން ފެނުނެވެ. ” ސީރިއަސް ޕޭސެންޓެއް އެބަގެނޭ. ހޭނެތިފައި ޕޭޝެންޓް އޮތީ ވެސް” ނާރސް ކުއްޖާ ބުނެލިއެވެ.
” އިވާން، ސީރިއަސް ޕޭޝެންޓެއް އެބަގެނޭ. އަހަރެން ބޭއްވީ.” މެހެކް ފޯން ކަނޑާލިއެވެ.
އެވަގުތު އެނދެއްގައި ބަލިމީހާ ވައްދާތަން ފެނި މެހެކް އަވަސް އަވަހަށް ތައްޔާރުވެލިއެވެ. އެމާރޖެންސީރޫމް ގެ އެނދުގައި ބަލިމީހާ ބާއްވާލުމާ އެކު މެހެކް އަވަސް ހިނގުމުގައި ގޮސް އެނދު ކައިރީގައި ހުއްޓިލިއެވެ. އޭރު މުސްކުޅި ފުރާ ފިރިހެނަކު ބަލިމީހާގެ ކައިރީގައި ހުރެ ރޮމުން ދިޔައެވެ.
މެހެކް ބަލިމީހާ އާއި ކައިރިވެލިއެވެ. އަވަސް އަވަހަށް އޭނާ ބަލަމުން ދިޔައީ ވިންދް ހުރިތޯ އެވެ. އަތުގައި އަތްލާފައި ބަލިމީހާގެ މޫނަށް މެހެކް ބަލާލިއެވެ. އެއްފަޅިއަށް މޫނު އަނބުރާލެވިފައި ވީއިރު އަރިމަތިން ފެންނަނީ ތުނިކޮށް ފަޅާފައިވާ އޭނާގެ ތުނބުޅިއެވެ. ނަސީބަކުން ވިންްދް ހުއްޓެވެ.
އޭރު ނާރސް ކުއްޖާ ބަލިީހާއާއި އެކު އައި މީހާ އާއި ކުރަމުން ދިޔަ ސުވާލުތައް މެހެކް އަށް ވަރަށް ސާފުކޮށް އަޑު އިވެއެވެ.
“މިރޭ ހަމަ ކުއްލިއަކަށް މާ ގަދައަށް ބޮލުގައި ރިއްސަން ފެށީ، މިހާރަކަށް އައިސް ބޮލުގައި ރިއްސާތީ އުޅޭނެ. ދެން ވަރަށް ގިނައިން ހޮޑުލެވިފަ، ކުއްލިއަކަށް ޚަބަރު ހުސްވީ” އެމީހާ ރޮމުން، ވީ ގޮތް ކިޔާ ދެމުން ދިޔައެވެ.
” ބަލިމީހާ ގެ ނަމަކީ ކޮބާ؟” މެހެކް ސުވާލު ކޮއްލިއެވެ. ބަލިމީހާ ހޭނެތިފައިވާތީ ގޮވާލުމުގެ މަޤްސަދުގައެވެ.
އެމީހާ މެހެކް ގެ މޫނަށް ބަލާލިއެވެ. ދެން ކަރުނަތަށް ފޮހެލިއެވެ.
“މުޚައްމަދު އާހިލް”
އެނަން އަޑު އިވުމާއެކު މެހެކް ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އެވެ. ހިނދުކޮޅަކަށް ހުއްޓުން އަރާފައި އޭނާ އަށް ހުރެވުނީއެވެ.
އޭނާ ބޭނުންވީ އަވަސް އަވަހަށް ބަލިމީހާގެ މޫނު ބާލާލާށެވެ. މަޑުމަޑުން މެހެކް ދިޔައީ އެމޫނު އަނބުރާލައިގެން އޮތް ފަޅިއަށެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާ ނުކުމެދާނެ ހެންނެވެ.
އެ މޫނު ފެނުމާެެއެކު މެހެކް އަށް އަނގަމަތީގައި ދެ އަތް އަޅާލެވުނެވެ. ސަހަރޯއެވެ. އެއީ ހަމަ އާހިލްގެ މޫނެވެ. އޭނާގެ ހިތް އެމީހަކަށް ޓަކައި ލޯބިން ފުރިފައިވާ އިންސާނާއެވެ. މެހެކްގެ ހިތް ހުއްޓުނު ކަހަލަ އެވެ.
އާހިލްގެ މޫނު މަތިވަނީ ކުރިއަށް ވުރެ ދޮންވެފައެވެ. ބޮލުގައިވާ ފަން އިސްތަށިގަނޑު ވަނީ މޫނު މައްޗައް ވެއްޓިފައެވެ. ތުނބުޅި ހުރީ ރީތިކޮށް ފަޅާފައެވެ. ތުންފަތުގައި ވަނީ ކުރަކި ކަމެވެ. ލޯ މެރިފައި އޮތް އިރު އެމަޢުސޫމް މޫނު ފެނި މެހެކް ގެ ހިތް ރަހުމުން ފުރުނެވެ. ކުރީގައި މެހެކް އަށް އާހިލް ފެނުނު އިރު ހުރި ގޮތާއި ތަފާތެވެ. އޭރުގައި އާހިލް އެއްެވެސް ވަރަކަށް ތުނބުޅި އެއް ނުހުރެއެވެ.
އޭނާގެ ދެ ލޮލަށް ކަރުނަތައް ޖަމާވީ އިޚްތިޔާރަކާ ނުލައެވެ. އަވަސް އަވަހަށް އޭނާ އާހިލް އަށް ގޮވަން ފެށިއެވެ. ” އާހިލް. އާހިލް. އާހިލް” އޭނާގެ އަޑުގައިވަނީ މަޑު ތުރުތުރެއް އުފެދިފައެވެ. އިރުކޮޅެއްނުވެ އާހިލް ލޯ ނުހުޅުވާ އޮވެ، ލޯމަރާ ބާރުކޮއްލަމުން ބޮލުގައި ހިފަހައްޓާލިއެވެ. ް
އެހިނދު މެހެކް ގެ ހިތުގެ ތެޅުމުގެ އަޑު އެތާ ތިބި އެންމެންނަށް އިވޭނެހެން އޭނާ ހީވިއެވެ. އާހިލް ކުޑަކޮށް ލޯ ހުޅުވާލިއެވެ. އެވަގުތު މެހެކް ގެ މޫނަށް އާހިލް ބަލާލިއެވެ. ނަމަވެސް އަނެއްކާވެސް އޭނާ ލޯ މަރާބާރުކޮއްލިއެވެ. ދެފަރާތައް ބޯ ހަލުވާ ލަމުންނެވެ. ފަހަރުގައި އެއީ މެހެކް ކަން އާހިލް އަށް ޤަބޫލު ނުކުރެވުނީ ކަންނޭނގެއެވެ. އާހިލް ގެ ހާލު މެހެކް އަށް ދެނެގަނެވުނެވެ. އޭނާ ހިތްވަރުކުރަމުން ދިޔައީ އެތާނގައި ތިބި މީހުންނަށް ވިސްނާފައެވެ. އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. އޭރު އޭސީގެ ފިނީގައި ހުރިއިރުވެސް އޭނާ ވަނީ ދާ ހިއްލާ ފޯވެފައެވެ.
“އަހަރެންގެ ދަރިފުޅު ކިހިނެއް؟” އެމީހާ އަހާލިއެވެ. އެއީ އާހިލް ކަން އެނގުމުން ކައިރީގައި ހުރީ އާހިލްގެ ކާފަ ކަން މެހެކް އަށް ދެނެގަނެވުނެވެ. ” ރަނގަޅުވާނެ އިރާދަކުރެއްވިއްޔަ. އިންޖެކްޝަން ދޭނަން އަޅުގަނޑު” ތަންކޮޅެއް ހަމަޖެހޭ ގޮތް ދައްކަން މެހެކް މަސައްކަތް ކުރިއެވެ. މިވަގުތު އާހިލް އަކީ އޭނާގެ ޕޭސެންޓެކެވެ. އޭނާގެ އުޅުން ބަހައްޓަން ޖެހޭނީ ޑޮކްޓަރެއްގެ އުޅުން ހުންނަ ގޮތަށެވެ. އަމިއްލަ ނަފްސް ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
އެވަގުތު އާހިލްގެ އަނބިމީހާ މަތިން ހަނދާންވެ މެހެކް ދެކޮޅު ހޯދާލިއެވެ. ކާފަ ފިޔަވާ އިތުރު މީހަކު އާހިލް ގެނައި ފަހުން އެތަނަކަށް ނުވަދެއެވެ. ފަހަރުގައި ނާދެވުނީ ކަންނޭނގެއެވެ. ނޫނެކެވެ. ލޯބިވާ ނަމަ އެފަދަ ހާލަތުގައި އާހިލް ގާތުގައި އެމީހަކު ހުންނާނެކަން ޔަޤީނެވެ.
އާހިލް އަށް އައި.ވީ ގެ އިތުރުން ދެ އިންޖެކްޝަން ދެވުނެވެ. އެންމެ ހިނދުކޮޅަކަށް ވެސް މެހެކް، އާހިލް އާއި ދުރުގައި ހުންނާކަށް އޭނާގެ ހިތެއް ނޭދުނެވެ. ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ނޭނގޭ ކަހަލަ ވޭނެކެވެ. އޭނާ ބޭނުންވަނީ ބާރުބާރަށް ރޯށެވެ.
ދުރުގައި ހުންނަން ކެތްނުވުމުން އެންމެ ފަހުން މެހެކް ގޮސް އާހިލް އޮތް އެނދު ކައިރީގައި ހުއްޓިލިއެވެ. އޭރުވެސް ކާފަ ކޮންމެވެސް ވަރަކަށް ރޯކަން އެނގެއެވެ. މެހެކް އަކަށް އެއްވެސް ސުވާލެއް ކުރާކަށް ނުކެރުނެވެ.
އާހިލް އަށް އޮތީ ނިދިފައެވެ. މިހާރު އާހިލް އަށް އެ ނިދެނީ މެހެކް ދީފައިވާ އިންޖެކްޝަނެއްގެ ސަބަބުންނެވެ.
މެހެކް އަށް އާހިލް ގެ މޫނަށް ބަލަން ހުރެވުނީއެވެ. އޭނާ އަށް އިޚްސާސް ކުރެވެމުން ދިޔައީ އާހިލް ގެ ލޯތްބަށް އޭނާގެ ހިތް އެދެމުން ދާ ވަރެވެ. އާހިލްގެ މޫނުގައި ފިރުމާލާ އޭނާ ފިރުމާލާ ހިތްވިއެވެ. މެހެކް ބޭނުން ވަނީ އެ މޫނުގައި ބޮސް ދޭށެވެ. ހިތުގައިވާ ޝަކުވާތައް ބަންޑުންކޮއްލަމުން ރޮމުންނެވެ. އާހިލްގެ ހަނދާން ތަކުގައި ހިތާމަ ކޮށްކޮށް އެތައް ލަކުނެއް އަދިވެސް ތާޒާ ކަމާއެކު އޭނާގެ ހިތުގައި އެބަހުއްޓެވެ.
އެވަގުތު އޭނާގެ ލޯ ކަރުނުން ފުރުނެވެ. އާހިލްގެ އަނބިމީހާ މަތިން އަނެއްކާވެސް ހަނދާނަށް އައެވެ. ޖަޒްބާތުގައި ޖެހިގެން އޭނާ ހުރިހާ ކަމެއް ހަނދާނުން އެ ފިލަނީ ކީއްވެ ހެއްޔެވެ؟ އޭނާ އަކީ ވެސް މިހާރު މީހެއްގެ އަންބަކަށް ވާން އާ ބަސް ބުނެގެން ހުރި މީހެކެވެ.
އަވަސް ހިނގުމެއްގައި އޭނާ ގޮސް ފާހާނާއަށް ވަނެވެ. ރޮވޭ ވަރުން މޫނަށް ފެން ޖަހަމުން އޭނާ ދިޔައެވެ. މިފަދަ ހާލުގައި އާހިލް އޭނާއަށް ފެނިދާނެ ކަމަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް އާހިލްގެ ލޯތްބަށް އެދި އޭނާގެ ހިތް އެ އާދޭސް ކުރަނީ އޭނާގެ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ލޯގަނޑުން އޭނާގެ މޫނު ބަލާލެވުނެވެ. އާހިލް އަށް އޭނާ ފެނިއްޖެ ނަމަ އާހިލް ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިތުގައި ފޮރުވައިގެން އުޅުނު ލޯބި އުތުރިއަރަން ފެށިއެވެ.
މަޑުމަޑުން މެހެކް ފާހާނާއިން ނުކުތެވެ. އޭނާ ވިސްނާލިއެވެ. އާހިލްގެ ހުރީ ކޮން މައްސަލައެއްތޯ ދެނެގަތުމަށް ޓެސްޓު ތަކެއް ހަދަން ޖެހޭނެއެވެ. ނަމަވެސް މިވަގުތު ފެންނަ ފެނުމަށް އާހިލް އިރާދަކުރެއްވިއްޔާ ރަނގަޅެވެ. އަދި އެއްދުވަހު އާހިލް ހޮސްޕިޓަލުގައި ބާއްވަން އޭނާ ބޭނުންވިއެވެ. އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމުވީމައެވެ.
” ބޭބޭ، އާހިލް އަދި އެއް ދުވަހު އެޑްމިޓް ކޮއްފަ ބާއްވާނަން އިނގޭ. އަޅުގަނޑަށް ހީވަނީ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްގެ ލަފާގެ އިތުރުން ޓެސްޓް ތަކެއް ހަދާލުން ރަނގަޅުވާނެހެން. އެހެންވީމަ އިނގޭ.” މެހެކް ކާފަ އާއި ހިތްހެޔޮކަމާއެކު ވާހަކަ ދެއްކިއެވެ.
” އެހެންވީމަ އަޅުގަނޑު އާހިލް ޕްރައިވެޓް ރޫމަކަށް ބަދަލު ކުރާނަން. މިބުނީ ކޮޓަރިއަކަށް”. މެހެކް ބޭނުންވަނީ އާހިލް ހިތްހަމަޖެހުމުގައި ފަރުވާ ހޯދާށެވެ.
ރޫމެއް ހަމަޖެއްސުމަށް ފަހު ފަތިސްވި އިރު އާހިލް ރޫމަށް ބަަދަލުކުރެވުނެވެ. ހުރިހާ ކަމެއްވެސް ހިނގީ މެހެކްގެ ބެލުމުގެ ދަށުންނެވެ.
” ހާދަ ރަނގަޅު ކުއްޖެކޭ. މާތް ރަސްކަލާނގެ ދަރިފުޅަށް ރަހުމަތްލައްވާށި” ކާފަ ހުރީ އުފަލުން ރޮވިފައެވެ.
މެހެކް ހިނިތުންވެލިއެވެ. ކާފަ އެހެން ބުނުމުން އޭނާގެ ހިތް އުފަލުން ފުރުނެވެ.
އެދުވަހު އޭނާ އެމާރޖެންސީ ލީވެއް ނެގިއެވެ. އޭނާ އަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ވަގުތެއް އޭނާ ހޭދަ ކުރާ ހިތްވަނީ އާހިލްްގެ ގާތުގައެވެ. އާހިލް އަކީ މީހެއްގެ ފިރިއެއްކަން އެނގި ހުރެއެވެ. ރަހުމުކުޑަ ގޮތަކަށް އާހިލް އޭނާ ދޫކޮއްލި ޚިޔާލު އައި ނަމަވެސް މިހާރު ހިތުގައި ޝަކުވާއެއް ނެތް ފަދައެވެ.
މިއަދު އާހިލްގެ އަނބިމީހާ އަންނާނެ ކަން ޔަޤީނެވެ. ފަހަރުގައި ކުދިން ގާތުގައި މަޑުކުރީ ކަމަށް ވެސް ވެދާނެއެވެ. އެޚިޔާލުތަކުގައި އޭނާގެ ހިތް މޯޅިވާން ފެށިއެވެ. ހަޤީޤަތަކީ އޭނާގެ ހިތް އާހިލް އަށް ޓަކައި މޮޔަވެފައިވާ ކަމެވެ. އެހެނަސް އޭނާ ޖެހޭނީ ކެތްތެރިވާށެވެ. ހިތްވަރުކުރާށެވެ.
ކުއްލިއަކަށް ފޯން ވައިބްރޭޓް ވެލިއަޑަށް އޭނަ ސިހުނެވެ. ފޯނަށް އައީ އިވާންގެ މެސެޖެކެވެ.
“މައި ގާރލް ބިޒީތަ؟ ބަލާ ދާންވެގެން މިގުޅަނީ.”
އެއްގޮތަކަށްވެސް ފޯނަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އިވާންގެ އެތައް ކޯލެއް ވަނީ މިސްވެފައެެވެ. އިވާން ގެ މެސެޖު ފެނި މެހެކް ހިތަށް އަސަރުކުރިއެވެ.
“ވަރަށް ބިޒީ”. މެހެކް ކުރުޖަވާބެއް ފޮނުވިއެވެ.
މަޑު ހިނގުމެއްގައި އޭނާ ގޮސް އާހިލް އޮތް ރޫމަށް ވަނެވެ. އޭރު ގަޑިން އަށެއް ޖެހީއެވެ. ” އާހިލް އަދިވެސް ހޭލާކަށް ނޫޅޭ” ކާފައަށް ރޮވޭގޮތް ވިއެވެ.
” އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހޭލާނެ. އެއީ އެ އިންޖެކްޝަންގެ އަސަރު”.
“އެހެންތަ؟ ފާހާނާ އަށް ވަދެލާނަން”. ކާފަ ހިނިތުންވަމުން ބުނެލިއެވެ.
މެހެކް ހުރީ އެނދުކައިރީގައި ހުއްޓިލައިގެން ކަޅި ޖަހައިނުލާ އާހިލްގެ މޫނަށް ބަލާށެވެ.
އިރުކޮޅެއްނުވެ އާހިލް މަޑުމަޑުން ލޯ ހުޅުވަން ފެށިއެވެ. އެވަގުތު މެހެކް ގެ ހިތުގެ ވިންގް އަވަސް ވާން ފެށިއެވެ. މަޑުމަޑުން އޭނާ އަށް އެނދާ ދުރަށް ޖެހިލެވުނެވެ.
ލޯ ހުޅުވާލުމާއެކު މެެހެކް ފެނިފައި އާހިލް ވެސް ހުއްޓުން އަރާފައި އޮތީއެވެ. ހީވަނީ އޭނާ އަށް އެއީ މެހެކް ކަމަށް ގަބޫލު ނުކުރެވޭ ހެންނެވެ. އެހެން އޮވެފައި އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ.
“މެހެކް” އާހިލް މަޑުމަޑުން ބުނެލި ވަގުތު ހޯސްލާފައި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބާލީހަށް ފޭދުނެވެ.
އެތައް އަހަރެއް ފަހުން މެހެކް އަށް އާހިލްގެ އަޑު އިވުނެވެ. ހިތަށް ކުރި އަސަރުން އޭނާ އަށް ރޮވެން ފެށުމުން، ބޭނުންވީ އަވަހަށް އެތަނުން ނުކުންނާށެވެ.
މެހެކް ދުއްވައިގަންނަން އުޅުނު ވަގުތު ހުޝިޔާރުކަމާއެކު އާހިލް އޭނާގެ އަތުގައި ބާރުބާރަށް ހިފެހެއްޓިއެވެ.
” މެހެކް ޕްލީޒް ނުދޭބަލަ”. އާހިލް އާދޭހާ އެކު ބުނެލިއެވެ.
އެއަޑު ވީ މެހެކް ގެ ފައިގައި އެޅުނު ހިލިހިލާ ގަނޑަކަށެވެ. އެގޮތުގައި ހުރެފައި އޭނާ އަށް ދޮރާ ދިމާ އަށް ނަޒަރު ހިންގާލެވުނެވެ.
” އަހަރެންގެ އަނބިމީހާ އައިސްދާނެ ކަމަށްތަ ތި ބަލަނީ؟” އާހިލް ރޮވިފައި އޮވެ ކޮއްލި ސުވާލުން މެހެކް އަށް ލޯމަރާލެވުނެވެ. ފައިބައިގަންނަން ތައްޔާރުވެފައި ހުރި ކަރުނަތައް އޭނާގެ ކޯތާފަތް ތެއްމާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.



haadha kureyyyyyyyyyyyyyyyyyyyyyyyyyyyyyy
Sorry shelly.. in sha Allah dhn ahna faharakun rangalh vaane.. thankx v bodah story kiyaalyma☺
v reethi mi partves waiting for next part.
Thank u marry ☺
Mehek Ivaan gulhuveema reethivaanee vaahaka.
thank u reen ☺
So short…I was so looking forward to this parto…cant Wait to read the next one …when will .u be updating ???this is aver nice story I enjoyed reading it .
Dhn ahna part digukohlaanan.. in sha Allah v avahah up kuraanan.. thank u muffin ☺
new part upload kuraani kon irakun?? varah dhigu koh genes dheeba.. varah varah varah reethi waahaka
In sha Allah.. thankx dear
Varah reethi…..
Thank u aisha ☺
I really really love this story.. varah comment nukuran. . Ekam hama writer ah support eh dheyn beynun vee comment kollaigen.. plx plx mi story ehkkn nimmaathi ingey. V v v reethi story eh mee.. waiting for the next part ?
In sha Allah ekkoh nihmaanan.. v ufaavehje.. thank u petite ☺
heeva gothun aahil ah vani cancer fadha bayyeh jehifa,ehenve mehek ah ithuru hiy dathi kameh nudheyn vegen marry kuri kamah hadhaigen ulhueni. mihar then aahil ge balige kanthah mehek ah ingen kairi vejje dhw. lets see wat happens cant wait for the next part <3
Thank u sib. In sha Allah v avahah up kuraanan.. ☺
Suhbooo mi haadha kiya hithu indha e nimuny v kuru next part dhigu kohllathi awesome story
Hehe labba in sha Allah digukohlaanan.. thank u inu ☺
Thankx all for the lovely comnts.. vv ufaa vehje. Love u all ?
Masha allah v rythi thankolhekkury n dailykoh genesdhybala v kiyaahithun kiyaa stry eh my ehenve pls
Thank u khajja.. ☺ miadhu up kureveythw mi balany.. vaa gothaky thankolheh buxi ee. ehenve daily koh up nukureveny.
VVVVVVVVVVVVV reethi….
Mahak and ivaaaan pls ….
Not that aahlil….hate bite…
Hehehe.. thank u Rsy ☺
Mee haadha reethi vaahakaekey….miadhu hama kiyaalee mi foohi vegen…mihaaru aneh bai kiyaa hithun keiy vaneekee noon…??
Thank u azu ☺. V happy vehje kiyaalyma