Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (22)

layaal
January 24, 2017
8 Mins Read
75 Views
33 Comments

ބޯ އެސްފިޔަތަށް ދުރުކޮށްލުމަށްފަހު ލޯ ހުޅުވާލަމުން ވަށައިގެންވީ މާހައުލަށް ރިއުމާން ނަޒަރު ހިންގާލިއެވެ. ނިދާ ބޮކީގެ ފަނޑު އަލިކަން ވެރިވެފައިވާއިރު މުޅި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމެވެ. މަޑުމަޑުން ތެދުވެ އިށީންއިރު އެލޮލުގައި ރިއްސަމުން ދިޔައެވެ. ރަނގަޅަށް ލޯ ހުޅުވާނުވުނު އިރު ލަސްފިޔަވަޅު ތަކެއްގައި ތެދުވެގެން ގޮސް ލައިޓު ޖައްސާލުމާއި އެކު ވެގެން ދިޔަ އަލިން ލޯ މަރާލެވުނެވެ.

އިރުކޮޅެއްފަހުން އައިސް އެނދުގައި އިށީނދެލަމުން ހޭވިފައިވާ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އަމިއްލަ ސޫރައަށް ބަލާލިއިރު ލައިގެން ހުރީ ރޭގައި ޚަފްލާއަށް ދާންވެގެން ލީ ހެދުމެވެ. ގަޑިން ވީއިރެއް ނޭނގި އެނދުމަތީގައި އަތް ހާކަމުން ގޮސް ފޯނު އަތްޖެހުމުން ނަގައި ހުޅުވާލިއިރު ހެނދުނު އެގާރަ ޖަހަނީއެވެ. އޭރު ފޯނަށް ބަރާބަރު ބާރަ މިސްކޯލް އައްޔާދް ކޮށްފައިވިއެވެ. ރޭ ދަންވަރުއާއި މިއަދު ހެނދުނު ވެސް ގުޅާފައި އޮތެވެ.

ރޭގައި ހިނގި ކަންތައްތައް ސިކުނޑީގައި ކުޅެލެވުނު އިރު ގެއަށް އައިސް ރުއި ހަދާން ހުރި ކަމަކު އޭނާއަށް ނިދުނީ ކޮން އިރަކު ކަމެއް ހަނދާނަކަށް ނައެވެ. ރިއުމާން ފުންނޭވާއެއް ލުމަށްފަހު ފޯނު އެނދުމައްޗަށް އެއްލާލާފައި ތެދުވެ ފެންވާރާ ތާޒާ ވެލައިގެން ނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. ރޭ ހަތަރުދަމު އެވަރަށް ރުއިމުގެ ސަބަބުން ލޯ ކައިރި ދުޅަވެފައި ވީއިރު އަދިވެސް އެލޮލުގައި މަޑު ރައްކަމެއް ހުއްޓެވެ. އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލުމަށްފަހު ލޯށަން ފުޅިން އެތިކޮޅެއް އަތަށް ލުމަށްފަހު ދެއަތް ހާކާލަމުން ރިއުމާން ކޮޓަރިން ނުކުތީ ފޯނު ހިފައިގެންނެވެ.

ގޭތެރެއަށް ނިކުތުމާއި އެކު ފިޔާ މީރު ކުރާވަސް މުޅި ހިސާބުގައި ހިފާލާފައި ވީއިރު ހަމްނާ ކާގެ މޭޒު މަތީގައި ހުރި މިކްސްޗަރަށް ފޭރެއް ކޮށާފާއި އަޅަމުން ދިޔައެވެ. ބަދިގޭގައި ތަވާ ހަލަން ހުރި ފާތުމައަށް ރިއުމާން ފެނުމުން އޭނާ ހިނިތުންވެލިއެވެ. “ރިއުމާން.. ދަރިފުޅު އަވަހަށް ސައިބޮއެ. ހުންނާނެ ކުޅިމަސް ހަދާފައި.. ހުކުރު ދުވަސް ވީމަ ދެން ދައްތަ ނުގޮވީ.” ފާތުމަ އަދި އެހަށް ރޭގައި ވީ ކަންތަކުގެ ވާހަކަ ނުދައްކާ ހިނިތުންވެލަމުން ބުނެލިއެވެ.

ރިއުމާން ވަކި އެއްޗެކޭ ނުބުނެ ކުޑަ ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ތައްޓަކަށް ފެންއަޅާލިއެވެ. “ހިނގާދޯ މިއަދު ހުޅުމާލެއަށް ގޮސްލަން.. ވަރަށް ދުވަސް ވެއްޖެ ނުދާތާ. ބޭބެ ކައިރިއަށް ވެސް ގޮސްލަން ވާނުން” ހަމްނާ މިހެން ބުނުމުން ވެސް ރިއުމާން އެއްވެސް ޖަވާބެއް ނުދެއެވެ. ތައްޓަކަށް ކުޅިމަސް އަޅައިގެން އައިސް އިނދެ ރޮށި ތަށި ނަގައިގެން ސައިބޯން ފެށިއެވެ.

ބަދިގޭގައި ހުރި ފާތުމަ ހަމްނާއާއި ނަޒަރު ބަދަލުކޮށްލަމުން އިޝާރާތުން އަޅާނުލަމަށް ބުންޏެވެ. ހަމްނާ އިތުރަށް އެއްޗެކޭ ނުބުނެ މިކްސްޗަރު ޖައްސާލުމުން އޭގެ އަޑު ގޭތެރޭގައި ހިފާލިއެވެ. އޭރު ސައިބޯން އިން ރިއުމާންއަށް އޭނާގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވަމުން ދިޔަ އިހުސާސް ވިއެވެ. ނަމަވެސް އެނަގައި ބަލައި ނުލީ ގުޅާނީ ކާކުކަން އިނގޭތީއެވެ. އިރުގަނޑެއް ފަހުން ސައިބޮއެ ނިމިގެން ސިންކު ކައިރީގައި ތަށި ދޮންނަށް ހުރި އިރު ވެސް ހަމަ ގުޅަނީއެވެ.

“ކިހާއިރަކު ދާނީ؟” ތަށި ދޮންނަން ހުރެފައި ރިއުމާން ކުއްލިއަކަށް މިހެން އަހާލުމުން ހަމްނާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. “ކޮންތާކަށް؟” ފޭރުފަނި އަޅާފައި ހުރި ޖަގު ގިރާލުމަށްފަހު އައިސް އަލަމާރިއަށް ލަމުން ހަމްނާ އަހާލިއެވެ. “ހުޅުމާލެއަކަށްނުން.. ސައިކަލު ހިފައިގެން ދޯ ދަނީ. ކޮބާ ނަދާ؟” ރިއުމާން އާދައިގެ ގޮތަކަށް މިހެން އަހާލިއިރު ގޭގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ނަދާ ވަނެވެ. އޭނާ އަތުގައި ކޮތަޅުތެރޭގައި ހުރި ޕާސްތާ ޕެކެޓާއި ޗީޒް ދަޅު ނަގައި މޭޒުމަތީގައި ބަހައްޓަމުން ރިއުމާން ފެނި ހިނިތުންވެލިއެވެ.

“ހޭއި.. މޯނިން.. މިއުޅެނީ ރިއުމާންގެ ފޭވެރިޓް ޕާސްތާ ހަދަންވެގެން. ވިތް ޗީޒް..” ނަދާ ދަމާލާފައި މިހެން ބުނުމުން ރިއުމާން ހިނިތުންވެލިއެވެ. “ކޮބާ މަންމާ ފިޔާގަނޑު މީރު ކުރެވިއްޖެތަ؟” ބަދިގެއަށް ވަދެ އުނދުން ކައިރީގައި މަޑުކޮށްލަމުން ނަދާ އަހާލިއެވެ. “ހަވީރުން ހުޅުމާލެއަށް ދާން މިއުޅެނީ.. ނަދާ އަވަހަށް ރެޑީ ވާތި. ފެންވަރަން ވަދެފައި ތާށި ވާނީކީ ނޫން..” ހަމްނާ ޖެއްސުމަށް މިހެން ބުނުމުން އެންމެން ހޭން ފެށިއެވެ. އެމީހުން ވެސް ބެލީ ރިއުމާން ގާތު ރޭގައި ވީ ކަންތަކުގެ ވާހަކަ އެހަށް ނުދައްކާ އޭނާ ހިތްހަމަ ޖައްސައި ދެވޭތޯއެވެ.

ރިއުމާން ހެމުން ނަގާފައި ހުރި ފެންފުޅި އައިސް އަލަމާރިއަށް ލީ ވަގުތު އަނެއްކާ ވެސް ފޯނު ރިންގުވާން ފެށިއެވެ. އަތުގައި ތެތްކަން ހުރުމުން ލައިގެން ހުރި ސޯޓުގައި އަތް ފޮހެލުމަށްފަހު ފޯނު ނަގައި ބަލާލިއިރު ފޯނުގެ ސްކްރީނަށް ބޮޑު އަކުރުން އައްޔާދްގެ ނަން އަރާފައިވިއެވެ. އިރުކޮޅަކު ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ނަގަން އުޅެފައި ވެސް ޚިޔާލު ބައްދަލު ކޮށްލަމުން ފޯނު ކަނޑާލިއެވެ.

****

ފޯނު ކަނޑާލިކަން އިނގުމުން އައްޔާދްއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ރެއިން ސުރެ އޭނާ ރިއުމާންއަށް ގުޅަމުން ދިޔައިރު ފޯނު ނުނެގިތާނގައި ކަނޑާ ވެސް ނުލިއެވެ. އަނެއްކާ ރިއުމާން ކަމެއްވީއޭ ހިތައި އޭނާއަށް ރޭހަތަރުދަމު ލޮލުފިޔަ ވެސް ޖަހާނުލެވުނެވެ. މިހާރު ހަމަގައިމު ވެސް އޭނާ ފޯނު ކަނޑާލުމުން ކަމެއް ނުވާލަމުގެ ހިތްހަމަޖެހުން ލިބުނެވެ.

ރޭގައި ގެއަށް އައިފަހުން ވެސް ލައިބާ ފަސްވަރަކަށް ފަހަރު ގުޅި ނަމަވެސް އޭނާ އެއަށް ޖަވާބު ނުދިނީ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ހެނދުނު ހޭލިގޮތަށް ކޮޓަރިން ބޭރަށް ނުނިކުމެ އޮތީ އާޒިމްގެ މޫނު ދެކެން ވެސް ބޭނުން ނުވާތީއެވެ. ބޮލުގައި ރިއްސަމުން ދިޔައިރު އޭނާ އެކަމާއި މިވަގުތު ޒުވާބު ކުރާހާ ހަކަތައެއް ގަޔަކު ނެތެވެ.

މާރިއާ ވެސް ދެތިން ފަހަރަކު ދޮރުގައި ޓަކިޖަހައި ގޮވިއެއް ކަމަކު އައްޔާދް އެއަށް ޖަވާބެއް ނުދިނެވެ. އެނދު ފަޑީގައި ލެނގިލައިގެން ފޯނަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު އޭތި ޖީބަށްލުމަށްފަހު ނިއްކުރީގައި އިނގިލިތައް ހާކާލަމުން އޭނާ ފުންނޭވާއެއް ލިއެވެ. “އައްޔާދް! ދަރިފުޅާ ދެން ނިކުމެބެލަ ސައިބޯން.. ބާރަ ޖަހަނީއޭ އެޔޮއް. އައްޔާދް..” ދޮރުގައި ޓަކި ޖަހަމުން މާރިއާ ގޮވާލި އަޑު އިވުނެވެ.

ނަމަވެސް އެއްޗެކޭ ނުބުނެ އައްޔާދް ހިތްހަމަ ނުޖެހިފައި ހުރެ އެދުން ތެދުވެގެން ގޮސް ރީތިވާ މޭޒު މަތީގައި އޮތް ‘ކެމެލް ހާޑް’ ފޮށި ހިފައިގެން ބެލްކަނީގެ ދޮރު ކަހާލުމަށްފަހު ބޭރަށް ނިކުތެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ ފޮށިން ސިނގިރޭޓެއް ނަގައި ރޯކޮށްލުމަށްފަހު ތުމުގައި ޖަހާލިއެވެ. މެންދުރުގެ ހޫނު އަވި މާހައުލަށް ވެރިވެފައިވީ ނަމަވެސް ފަޒާގައި ޖެހިލައި މަޑު ފިނި ވައިރޯޅިތަކުން ހަށިތަކަށް ފިނިކަން ގެނުވައެވެ. މަގުތައް ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ އިރު ގިނައީ ހުކުރަށް މިސްކިތަށް ދާން ނިކުމެ އުޅޭ މީހުންނެވެ. އެވަގުތު މިސްކިތުން މެންދުރު ނަމާދުގެ ބަންގީގެ އަޑު އެހިސާބުގައި ހިފާލިއެވެ.

އެތެރެއަށް ދަމާލި ދުންތައް ނޭފަތުން ބޭރު ކޮށްލުމަށްފަހު އައްޔާދް ފޯނު ނަގައި ގަޑި ބަލާލީ ފެންވަރަށް ވަންނާށެވެ. ނަމަވެސް އެވަގުތު އައިސްފައި އޮތް މެސެޖެއް ލޮލުގައި އަޅައި ގަތުމުން މޫނުގެ ކުލަވަރު މުޅިންހެން ބަދަލުވެ ދެބުމަ ގޮށްޖެހުނެވެ. ލައިބާ ދެންމެއަކު ކޮށްފައި އިން މެސެޖުގައި އެމީހުން މެންދުރު ކާންއަންނަ އިރުން ދިމާވާނެ ކަމަށް ބުނެފައި ވިއެވެ. އަދި ރޭގައި ކަމެއް ކުރެވުންނަމަ މަޢާފަށް އެދިފައިވިއެވެ.

އެމީހުން ގެއަށް އަންނަކަން އައްޔާދަށް އެނގިފައި ނެތުމުން އޭނާ އިތުރަށް ރުޅި ގަދަވިއެވެ. އަތުގައި އޮތް ސިނގިރޭޓު ބެލްކަނިން ބޭރަށް އެއްލާލުމަށްފަހު އޭނާ ކޮޓަރިއަށް ވަދެ އެދިޔަ ގޮތަށް ގޮސް ދޮރު ގުޅުވާފައި ބޭރަށް ނިކުތެވެ.

****

“ކޮބާތަ އައްޔާދް؟ އަދިވެސް ނުނިކުމޭ؟” ކޮޓަރިން ނިކުއިން އާޒިމް އަތުގައި އޮތް މުސައްލަ ފަތް ޖަހާލަމުން އަހާލިއެވެ. އޭރު ބަދިގޭގައި ހުރި މާރިއާ ފްރައިޑް ރައިސް ހަދަން ހުރިއިރު އަނާ ޖޫސް ގިރަން އުޅުނެވެ. “ހޫމް.. ނުނިކުމޭ.. އަހަންނަށް އިނގޭ ހޭލަކަން އެއުޅެނީ. ކީއްވާނީ އަނގައިން ބުނަން.. މިހާރު ބަންގި ގޮވީ ވިއްޔަ އެ.. ހައިވެސް ވާނެއެއްނުން. އާޒިމް ގޮވާބަލަ އޭނައަށް.” މާރިއާ ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

“އަހަރެން ކީއްކުރަން ގޮވަންވީކީ؟ ކުޑަކުއްޖެއް ނޫނޭ އެއީކީ މިހާރު. ހުކުރަށް ދާން ނިކުންނާނެތާ..” އާޒިމް ފަރުވާކުޑަ ގޮތަކަށް މިހެން ބުނެފައި މިސްކިތަށް ދާން ނިކުންނަށް ދިޔަ ތަނާހެން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ހުސްގަޔާއި ސޯޓެއް ލައިގެން ނިކުމެ ހުރި އައްޔާދް މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. “ނިކުންކަން ވެއްޖެ ދޯ! މަންމަ ކިހާއިރަށް ވެއްޖެ އައްޔާދަށް ގޮވާތާ. ބޮޑާހޭކިއަސް ބޮޑުވަރު ތީ..” އާޒިމް ވަގުތު ފަތިވަރެއް ކިޔާލުމުން އައްޔާދްގެ ރުޅިގަނޑު އިތުރު ވިއެވެ.

“އަދިވެސް އަޅުގަނޑު ދޯ މި ގޯސްވީ.. ބައްޕަ އަންގާވެސް ނުލާ އަޅުގަނޑުގެ ލައިފްގެ ހުރިހާ ޑިޒިޝަންއެއް ނަގާއިރު އެކަން ގޯހެއް ނުވޭ.” އައްޔާދް މިހެން ބުނުމުން އާޒިމް ދެފަރާތަށް ބޯ ހޫރުވާލިއެވެ. “އަނެއްކާ ފެށުނީ؟ ބުނެފިން ދޯ އިތުރަށް ތިވާހަކަ ދައްކައިގެން ނުވާނެޔޭ.” އާޒިމް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

“އެކީއްވެ؟ ފުރަތަމަ އަޅުގަނޑަށް ނޭނގި ކައިވެނީގެ ވާހަކަ ދައްކާފައި. މިހާރު އެމީހުން މިގެއަށް ކާން އަންނަ ވާހަކަ ވެސް އަންގާ ނުލާ. ކީއްކުރަން އަންނަނީ؟ ކައިވެނީގެ ވާހަކަ ދައްކަންތަ!” އައްޔާދް ވާހަކަ ދައްކަމުން އައިސް އާޒިމް ކުރިމަތީގައި ހުއްޓެލިއެވެ. އޭރު މާރިއާގެ ނަޒަރު ދެބަފައިންނަށް ހުއްޓިފައި ވީއިރު އަނާ ވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. އާޒިމް ދެބުމަ ގޮށްޖެހިފައި ހުރެ ކުރިމަތީގައި ހުރި އައްޔާދަށް ލޯ އަޅާލިއެވެ.

“އާނ.. ކައިވެނީގެ ވާހަކަ ދައްކަން އަންނަނީ. ދެން ބުނޭ އެކަމެއް ވެސް ނޭނގެއޭ. އައްޔާދް ކީއްވެގެންތަ ތިއުޅެނީ؟” އާޒިމް ދޮގު ހަދައި އަނެއްކާވެސް އައްޔާދް ކުށްވެރި ކުރުމުން އޭނާ ހަމައިން ނެއްޓިއެވެ. “އަދިވެސް އަހަންނަށްތަ ކަމެއް ވެގެން މިއުޅެނީ! ބައްޕައަށް ކިހިނެތް ވެފައިތަ ތިހުރީ؟ ހަމަ ދޮގަކަށްފަހު ދޮގެއް ހަދަމުން އެބަދޭ. ލަދެއް ވެސް ނުގަނޭތަ!” އައްޔާދް ހަރުކަށި ކަމާއި އެކު މިހެން ބުނުމުން އާޒިމް ދެލޯ ބޮޑުވިއެވެ.

އޭރު ދެބަފައިންގެ ޒުވާބު މާ ހޫނުވާހެން ހީވާތީ މާރިއާ އެކަން ހުއްޓުވަން ހިތައި އުނދުން ނިއްވާލުމަށްފަހު ހިނގައިގަތެވެ. “ކީކޭ؟ ބަލަ އަހަރެން މިއީ އައްޔާދްގެ ބައްޕައޭ! ނުޖެހޭ ތިވައްތަރަށް ވާހަކަ ދައްކާކަށް!” އާޒިމް ހަޅޭ ލަވައިގަތުމުން އަނާ ސިހިފައި ހިންދިރުވާލިއެވެ. މިނޫނީ އަދި އައްޔާދްއާއި އާޒިމް މިގޮތަށް ދެބަސް ވާތަނެއް ދެކިފައެއް ނުވެއެވެ. “ދައްކާނަން! އަހަރެންގެ ދިރިއުޅުން ހަލާކު ކުރާއިރު ހިތަކަށް ނާރާތަ މިއީ އަމިއްލަ ދަރިއެކޭ!” އައްޔާދް ވެސް އައިސްފައި ހުރި ރުޅީގައި ހަޅޭ ލަވައިގަތެވެ. “އައްޔާދް!!” އާޒިމްގެ އަޑު މުޅީ ގޭތެރޭގައި ހިފާލިއިރު އޭނާ ޖަހަން ވެގެން މަޅާލި އަތް ހިފެއްޓީ މާރިއާއެވެ.

“އާޒިމް!” މާރިއާގެ އަޑަށް ދެބަފައިން ހިމޭންވިއެވެ. އޭރުވެސް އައްޔާދް ރުޅި ގަދަވެގެން ފުން ނޭވާތަކެއް ލަމުން ދިޔައިރު އާޒިމްގެ ލޯ ވަނީ ސީދާ އޭނާއަށް އަމާޒުވެފައެވެ. “ކިހިނެތް ވެގެންތަ ތިއުޅެނީ މިޔޮއްފަދަ ހުކުރު ގަޑީގައި؟ އައްޔާދް ހަމަ މިހާރު ވަދޭ ކޮޓަރިއަށް!” މަރިއާ އަޑު ހަރުކޮން މިހެން ބުނުމާއި އެކު އައްޔާދް ލޯ އަޅާލާފައި އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ އަތުގެ ކޮޅަށް ދޮރު ޖެހިއެވެ. އޭރު އާޒިމް ވެސް މާރިއާގެ އަތުން އަތް ފޮޅުވާލުމަށްފަހު ހަރު ފިޔަވަޅު ތަކެއްގައި ގޮސް ގެއިން ނިކުމެ ނިކަން ބާރަށް ދޮރު ޖެހިއަޑު ހިފާލިއެވެ.

ދެމައިން ގޭތެރޭގައި ހިމޭނުން ތިބިއިރު މާރިއާ ހުރީ ހަމަ އަންތަރީސްވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިނޫނީ ދުވަހަކުވެސް އެގޮތަށް އާޒިމް ދަރިއަކަށް އަތް އިސްނުކުރާ އިރު އައްޔާދް ވެސް އެގޮތަކަށް އެމީހުންނާއި މުޚާތަބެއް ނުކުރެއެވެ. އަނާ ހިންދިރުވާލަމުން މާރިއާ ފަސް އެނބުރުމުން އޭނައާއި ނަޒަރު ބަދަލުކޮށްލިއެވެ. “ދެޓް ވޮޒް އިންޓެންސް.” ފާޑަކަށް ދެލޯ ބޮޑުކޮށްގެން ހުރެފައި އަނާ ބުނެލިއެވެ.

****

ހުކުރު ވަގުތު ނިމުމުން ޓީވީއިން އަންނަމުން ދިޔަ މަދަހަތައް ބަލަން ސޯފާގައި ލެނގިލައިގެން އިން ރިއުމާން ނެގިމަޑުވެފައި އިނެވެ. ޕާސްތާ ހަދައި ނިމިގެން ކެއުމުގެ ކުރިން މަޑުކޮށްލީ ފާތުމައާއި ހަމްނާ ނަމާދު ކޮށްލަން ދެނެވެ. އޭރު ސަރަންފީ ގޮޑީގައި އޮތް ނަދާ ފޯނާއި ކުޅެމުން ދިޔައިރު ރިއުމާން ދޭތެރެ ދޭތެރެއިން ކައިރީގައި އޮތް އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައެވެ.

ފޯނު ކަނޑާލިފަހުން އަދި އައްޔާދް ނުގުޅާއިރު އޭނާއަށް ހިތައި ދެކޮޅަށް ވެސް ފޯނަށް ބެލެނީއެވެ. އެހެން އިންދައި ފޯނު ރިންގުވުމުން ބަލާލިއިރު ގުޅަނީ ހާޖަރާއެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލުމާއިއެކު އެކޮޅުން ހާޖަރާގެ އަޑުއިވި އެހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. “ކޮބާ ކިހިނެތް؟ މަންމަ ރޭގައި ޓީވީއިން ދުށީމޭ ދަރިފުޅު.. ވަރަށް ރީތި އިނގޭ.” ހާޖަރާ މިހެން ބުނުމުން ރިއުމާން ހިނިތުންވެލިއެވެ.

“އެހެންތަ.. އަޅުގަނޑު ރަނގަޅު. މަންމަ ކައިފިންތަ؟” ރިއުމާން ހިންދިރުވާލީ ރޭގެ ހަނދާންތައް އާވުމުންނެވެ. “ނޫނޭ.. ބައްޕަ އަދި ހުކުރުން ނާދޭ. ދަރިފުޅު ބަލީތަ؟” ހާޖަރާ މިހެން އަހާލުމުން ރިއުމާން ނުރޯން މަސައްކަތް ކުރިއެވެ. އޭނާ މިއީ އެހައި ފިނޑި ކުއްޖެއް ނޫންކަމަށް އަމިއްލަ ޒަމީރު ހިތްވަރު ދެމުން ދިޔައެވެ. “ނޫން.. ބައްޔެއް ނޫން.” ރިއުމާން ހިތްވަރުކޮށްފައި ބުނެލިއެވެ. ނަމަވެސް ހަޤީޤަތުގައި އޭނާ ބޭނުންވީ އައްޔާދް ކަންތައްކުރި ގޮތުގެ ވާހަކަ މަންމަ ކައިރި ބުނާށެވެ. އެހިތް ފުރަތަމަ ދިން މީހާ ބަދަލުގައި އެހިތުގައި ކޮޅުފައިން ޖެހިގޮތުގެ ވާހަކަ ކިޔާދޭށެވެ.

“އެކަމު ހާދަ ހީނުވެޔޭ މަންމައަށް. ދެން މައްސަލައެއް ނެތް.. ކޮބާ ފާތުމައްތަ؟” ހާޖަރާ މިހެން އަހާލި ވަގުތު ކޮޓަރިން ނިކުއިން ފާތުމަ ފެނި ރިއުމާން ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން ހާޖަރާގެ ފޯނެއް ކަމަށް ބުނެ ފާތުމަ އަތަށް ފޯނު ދިނެވެ. ރިއުމާން ކައިރީ ސޯފާގައި އިށީނދެލަމުން ފާތުމަ ފޯނުގައި ހިފިއެވެ. “އައްސަލާމް އަލައިކުމް.. އަހަރެން ހަމަ ރަނގަޅު. ހާޖަރާ ކިހިނެތް؟” ފާތުމަ ވާހަކަ ދައްކަމުން ބުނެލިއެވެ.

“ރިއުމާން.. އޭނައަށް..” ފާތުމަ މިހެން ބުނެފައި ރިއުމާންއަށް ނަޒަރު ހުއްޓާލަމުން ރިއުމާން ބޯ ހޫރުވާލީ ނުބުނާށެ ބުނާފަދަ ގޮތަކަށްށެވެ. “އޭނަ ކުޑަކޮން ރޯގާ ޖެހިގެން އުޅެނީ.. އެހެންވެ ކަމަށް ވާނީ.. އާނ. ވަރަށް ސަލާމް އިނގޭ. ޒުބޭރުއަށް ސަލާމް ބުނާތި” ފާތުމަ އެކަން ހާމަ ނުކޮށް ފޯނު ކަނޑާލުމަށްފަހު ރިއުމާންއަށް ނަޒަރު ހުއްޓާލުމުން އޭނާ ތުންފަތުގައި ދަތްއަޅާލަމުން އިސްޖަހާލިއެވެ.

“ދައްތަ ނުދައްކާނަން އެވާހަކައެއް..” ފާތުމަ ނިކަން ލޯބިން ރިއުމާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އަޅުގަނޑު ރޭގައި އެއްޗެކޭ ބުނިންތަ؟” އަހަން ނުކެރި އިނދެފައި ވެސް ރިއުމާން ސުވާލު ކުރިއެވެ. އޭރު ހަމްނާ އައިސް އެމީހުން ކައިރީގައި ގޮނޑިއެއް ދަމާލަމުން އިނށީދެލިއެވެ. “ހަނދާނެއް ނެތްތަ؟” ފާތުމަ މިހެން އަހާލުމުން ރިއުމާން އިސްއުފުލާ ބަލާލަމުން ބޯ ޖަހާލިއެވެ. “ރޭގައި ވަރަށް ރުއި.. ދައްތަ އެއްގޮތަކަށް އަހާ އަހާ ވެސް ވީގޮތެއް ނުބުނި.. ދެން ހަމްނާ ވެސް އައިސްފި ރިއުމާން ރޯ އަޑަށް.” ފާތުމަ މިހެން ބުނެފައި ހަމްނާއަށް ނިއްއެއްލިއެވެ.

“ރިއުމާން ބުނީ ކޮންމެވެސް މީހެއް ދޮގު ހެދިއްޔޭ. އޮޅުވާލިއްޔޭ.. އެހީމަވެސް ކާކުކަމެއް ނުބުނި.. ދެން ފަހުން އެނދުގައި އޮވެގެން ވެސް ރޮއެރޮއެފައި ނިދުނީ. އެހެންވެ ހެނދުނު ނޮގޮވީ ވެސް.” ހަމްނާ މިހެން ބުނުމުން ރިއުމާން އިތުރު އެއްޗެކޭ ނުބުންޏެވެ. “ކާކު އެހެން ހެދީ ރިއުއަށް؟ ބުނޭ.. އަހަރެމެންގެ ލޯބި ރިއުއަށް އެހެން ހަދައިގެން ނުވާނެ. އެއްކަލަ އިރު ޑޭޓަށް ދިޔަ ބޯއިތަ އެއީ؟” އަނާ ހިމޭނުން އިނދެފައި އަހާލިއެވެ.

ނަމަވެސް ރިއުމާން ވަކި ޖަވާބެއް ނުދިނުމުން ފާތުމަ އިތުރަށް އެވާހަކަ ނުދައްކާން ބުނެލިއެވެ. “ދެން އެވާހަކަ ދައްކާނެ ކަމެއްނެތް. ކޮންމެ މީހަކަސް ރަނގަޅަކަށް އެހެން އެވީ.. އެކަހަލަ ކަންތައް ވެސް ވާނެޔޭ. ދެން ހިތާމަކޮށް ރުއިމުގެ ބޭނުމެއް ނެތް. އިނގޭ” ފާތުމަ މިހެން ބުނުމުން ރިއުމާން ހިނިތުންވެލާފައި ބޯޖަހާލިއެވެ. “ދެން ހިނގާ ކާން.. ނުހުރެވޭނެ ނުކައެއް. ދެޓް ސްމެލްސް ސޯ ގުޑް.” އަނާ ތެދުވެގެން ގޮސް ޕާސްތާ ތަށީގެ މަތިނަގައި ހަށިފުރައި ވަސްދަމާލަމުން ބުނެލިއެވެ.

“ހިނގާ އަވަހަށް ހޫނުކޮން ހުއްޓަ ކާން..” ރިއުމާން ހެމުން މިހެން ބުނެފައި ގޮސް ތަށިތައް ނަގަން ފެށިއެވެ. އެކަމާއި ހިތާމަށް ކުރާކަށް މިހާރު އޭނާ ނޭދެއެވެ. ކުރިން ވެސް އެތަށް ކަމެއް ދިމާވި އިރު ވެސް އޭނާ ހިތްވަރު ކުރިއެވެ. އަދި ފިރިހެން ކުއްޖަކު އެހިތް ހަލާކުކޮށްލައިގެން ނެތް އޭނާ ވިރިގެންނެއް ނުދާނެއެވެ.

****

މެންދުރުގެ ކެއުމަށް ސުފުރާ މައްޗަށް ތަށިތައް އަރުވަމުން ދިޔައިރު މާރިއާ ހުރީ ހިމޭންވެފައެވެ. އަނާ ވެސް ފެންވަރާލައިގެން އައިސް އަތް ގާތް ކޮށްދޭން އުޅުން އިރު މާގިނަ ވާހަކައެއް ނުދައްކައެވެ. ހުކުރު ގަޑީގައި ހިނގި ޒުވާބު ގަނޑަށްފަހު އައްޔާދް ނަމާދަށް ގޮސްފައި އައި ގޮތަށް އަދި ކޮޓަރިންނެއް ނުނިކުމެއެވެ. އޭރު ވެސް އާޒިމް އަދި ގެޔަކަށް ނާދެއެވެ. ޒުލްފާމެން އިރުކޮޅަކުން އަންނާނެތީ މަރިއާ ހުރީ ފެންވަރައި ރީތި ވެލައިގެންނެވެ.

“އަނާ ޖޫސް ޖަގު ނަގާ އިނގޭ..” މާރިއާ މިހެންބުނެފައި ހިނގައިގަތީ އައްޔާދްގެ ކޮޓަރިއާއި ދިމާއަށްށެވެ. ހެނދުނުއްސުރެ އެއްޗެއް ނުކައި ނުބޮއެ ހުރުމުން މާރިއާގެ ލަނގޮޑިއަށް ކެތެއް ނުވިއެވެ. އަމިއްލަ ދަރި ނުކައި ހުންނަންޏާމު އޭނާ ހިތްހަމަޖެހޭނެ ހެއްޔެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު ތަޅުގައި ހިފައި އަނބުރާލި އިރު ތަޅުނުލައި ހުރުމުން މާރިއާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޭރު ބެލްކަނީގައި ހުރި އައްޔާދް ފެނި އޭނާ ގޮސް އެދޮރު ކަހާލުމަށްފަހު ބޯ ދިއްކޮށްލި ވަގުތު ފެނުނު މަންޒަރުން ސިހުނެވެ.

އަތުގައި އޮތް ސިނގިރޭޓު ދަމާލުމަށްފަހު ފަޒާއަށް ދުންތައް ދޫކޮށްލި އިރު ފަސްދީގެން ހުރި އައްޔާދަށް މާރިއާ އެތަނުގައި ހުރި ކަމެއް ނޭނގެއެވެ. “ދަރިފުޅާ..” މާރިއާ ކުރިއަށްޖެހިލައި މިހެން ބުނެލުމުން އައްޔާދް އަވަސް ހަރަކާތަކާއި އެކު ސިނގިރޭޓު ބޭރަށް އެއްލާލި ނަމަވެސް އެހުރި ގޮތަށް ހުރީއެވެ.

“އައްޔާދް.. ކޮންއިރަކު ސިނގިރޭޓު ބޯންފެށީ” މާރިއާ އައިސް އައްޔާދްގެ ކޮނޑުގައި އަތް އަޅާލަމުން ސުވާލު ކޮށްލި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. “ދެން ހަމަ މަންމައާއި ވާހަކަ ވެސް ނުދައްކާނީތަ؟” މާރިއާ ދެރަވެފައި މިހެން ބުނުމުން އައްޔާދް ފަސްއެނބުރި އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ލައިގެން ހުރި ގަމީހުގެ މަތީ ދެގޮށް ނަޓާލެވިފައިވާ އިރު އޮޅާފައި އޮތް އެއް އަތް ކުރި ވަނީ ވެއްޓިފައެވެ. “އަޅުގަނޑު ދައްކާ ވާހަކައެއް އެކަކުވެސް ޤަބޫލު ކުރޭތަ އެބަ؟” އައްޔާދް މާޔޫސްވެފައި މިހެން ބުނުމުން މާރިއާ ރެއިލިންގައި އަތް އަޅުވާލަމުން ފުންނޭވާއެއްލިއެވެ.

“އައްޔާދް އެކައިވެނި ކުރަން ބޭނުން ނުވަންޏާ ކީއްކުރަން ބައްޕަ ކައިރި ބުނީ؟” މާރިއާ ސުވާލުކޮށްލިއެވެ. “އަޅުގަނޑެއް ނުބުނަމޭ ބައްޕަ ކައިރީގައި އެވާހަކަ ދައްކާކަށް..” އައްޔާދް އެކުރު އިސްތަށި ކޮޅުގައި އިނގިލިތައް ހިންގާލިއިރު މޫނުމަތިން ފޫހިކަން ފާޅުވަމުން ދިޔައެވެ. “ދެން ކީކޭ ތިބުނަނީ؟ ބައްޕަ ކީއްވެގެން އަމިއްލައަށް ގޮސް އެވަރުގެ ބޮޑު ވާހަކައެއް ދައްކަންވީ އައްޔާދް ކައިރި އަހާނުލައި؟ އެވެސް އައްޔާދްގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ.. ބައްޕަ ކީއްކުރަން މަންމަ ވެސް ދަރިފުޅުމެންގެ ޒާތީ ކަންތައްތަކާއި ނުބެހެން އެއްއިރެއްގަ ވެސް. ދެން ކީއްކުރަން އަދި ކައިވެނި ހަމަޖައްސަންވީކީ..” މާރިއާގެ މޫނުމަތިން ހައިރާކަން ފާޅުވަމުން ދިޔައީ އާޒިމް އެކަހަލަ ނިންމުމެއް އަމިއްލައަށް ނުނިންމާނެކަން އިނގޭތީއެވެ.

“ބައްޕަ އެހެން އެހެދީ ކީއްވެގެންކަން އަޅުގަނޑަށް ހަމަ ރަނގަޅަށް އިނގޭ.. އެއީ ރިއުމާންއާއި އަޅުގަނޑު ގުޅިދާނެތީ..” އައްޔާދްއަށް ބޭއިޚްތިޔާރުގައި އެނަން ހާމަ ކުރެވުމުން ދޫ ބަންދުވިއެވެ. އޭނާ އަދި ރިއުމާންގެ ވާހަކަ މަންމެން ގާތު ދައްކާކަށް ބޭނުމެއް ނުވެއެވެ. އާޒިމް ރިއުމާންގެ ބޮލުގައި އަޅުވަމުން ދިޔަ އިލްޒާމްގެ ހަޤީޤަތް ހޯދާފައި ނޫނީ މާރިއާއަށް ރިއުމާން ތަޢާރަފް ނުކުރާން ނިންމީ އެހެންނޫނީ އާޒިމް އެކަން ހުއްޓުވަފާނެތީއެވެ. ނަމަވެސް ކަންތައް ވެގެން މިދިޔައީކީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އާޒިމް އެކަހަލަ ކަމެއް ރޭވިކަމުގެ ކުޑަ ހިލަމެއް ވީ ނަމަވެސް ކަންތައް މިހާ ގޯސް ވިޔަކަ އޭނާ ނުދޭނެއެވެ.

މިހާރު އަމިއްލަ ދުލުން އެކަން ބޭޒާރުކޮށް ލެވިއްޖެއެވެ. “ރިއުމާންއޭ؟ އޭނަ މިދޭތެރެއަށް ކޮންތާކުން އެއީ؟” މާރިއާ ސުވާލުގެ ނަޒަރަކުން އައްޔާދަށް ބަލަމުން ދިޔައިރު މިވާގޮތް ނޭނގި އޭނާ ހުރީ ބޯ ހާސްވެފައެވެ. “އެއްފަހަރު ލައިބާއާއި އިންނަ ކިޔާފައި.. މިހާރު އެވާހަކަ ނުދައްކަމޭ ކިޔައި ބައްޕައާއި ޒުވާބު ކޮށްފައި ދެން ކޮން ރިއުމާންއެކޭ ތިކިޔަނީ؟” މާރިއާ ހިތްހަމަނުޖެހުނީ އައްޔާދް އެއްވެސް ޖަވާބެއް ނުދިނުމުންނެވެ. އައްޔާދް ބުނާނެ އެއްޗެއް ނޭނގި ގޮތް ހުސްވެފައި ހުރެ މާރިއަށް ފުރަގަސް ދިނެވެ. ކަންތައް ހައްލު ކުރަން އުޅޭވަރަކަށް ހައްތާހާވެސް ކަންތައްތައް މިދަނީ ގޯހުން ގޯހަށެވެ. ހިވަނީ ޖެހިފައި އޮތް ގޮށެއް މޮހަށް އޮޅުމުގެ ތެރޭގައި އިތުރު ގޮށްތަކެއް ޖެހެމުން ދާހެންނެވެ.

“އައްޔާދް އަހަރެން ސުވާލެކޭ މިކުރަނީ!” މާރިއާ ރުޅި އައިސްފައި އައްޔާދްގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރާލައިއެވެ. “ޖަވާބު ދީ! އެއްފަހަރު ލައިބާއޭ އަނެއްފަހަރު ރިއުމާންއެކޭ އެބަ ކިޔާ. ކާކަތަ އައްޔާދް އިންނަން ބޭނުންވެގެން ތިއުޅެނީ؟ ބަލަ ދެއަތްބަށްތަ އިންނަންވީ!!” މާރިއާ ތަންކޮޅެއް ބާރަށް މިހެން ބުނުމުން އައްޔާދް ހިންދިރުވާލިއެވެ.

-ނުނިމޭ-

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ހުވަފެން

Next

ފިރިމީހާގެ ހައްޤުގައި (12)

Next
January 24, 2017

ފިރިމީހާގެ ހައްޤުގައި (12)

Previews
January 24, 2017

ހުވަފެން

33 Comments

  1. layaal says:
    January 24, 2017 at 3:45 pm

    Enjoy reading.
    Next part on Friday in sha allah. 🙂

  2. maiha? says:
    January 24, 2017 at 3:57 pm

    thank u layaaal….?

    1. naavy says:
      January 24, 2017 at 5:12 pm

      maiha are you from imaduddhin school gr.6e

    2. girl :))) says:
      January 24, 2017 at 10:07 pm

      naavi. i know u. u r aslo in IS and in grade six. 😛

    3. naavy says:
      January 25, 2017 at 11:20 am

      kekekekeke

  3. theer says:
    January 24, 2017 at 4:01 pm

    haadha lahakun…anyways.. vaahaka varah reethi

  4. Metal 0-1 says:
    January 24, 2017 at 4:11 pm

    Its very nice

  5. lizu says:
    January 24, 2017 at 4:21 pm

    The aazim and ayaadh fight was hama fakaa igey. neyva hiftaa laigen ini. and maaria the savior. hehe.. varah salhi igey.. and anekaa ayaadh merry kuraanitha dhe meehunaa? oh man

  6. i_far says:
    January 24, 2017 at 4:23 pm

    Alhe layaa haadha lahakun.But vv reethi mivaahaka. Maa Shaa ALLAH layaa v molhu vaahaka liyan.

  7. nazla says:
    January 24, 2017 at 4:38 pm

    Neygeye AYAADH! bala dhe ainbah tha inan vi?? LOL!
    Varah furihama mi part ves. friday thankolhe avaha up kohlachey. hama inthizaaruga indheveyni. i love this story.

  8. Yax says:
    January 24, 2017 at 4:43 pm

    Ha ha is ayaadh going to marry 2 women????
    I can confidently say that ayaadh will never marry laibaa!!!!
    Layaa I have a question????
    How come nobody listens to ayaadh!!

  9. Shashee says:
    January 24, 2017 at 4:45 pm

    Mashai indhebala ma varah beynun inanan varah foohivey

  10. maii says:
    January 24, 2017 at 5:03 pm

    next part haadha lahun thi nerenyy.. 🙁

  11. layaal says:
    January 24, 2017 at 5:38 pm

    It will be updated on Sunday, Tuesday and Friday from now on. Commented about it in the previous episode (e21) You can see it there 🙂 And thanks all.

  12. Ishy says:
    January 24, 2017 at 6:38 pm

    episode 19 , 20, 21 koba ??????

    1. Ishaa says:
      January 24, 2017 at 7:05 pm

      Ishy story ge name jehyma fehnaane…

    2. Saandy says:
      January 27, 2017 at 7:44 am

      އިޝީ! ލަޔާލްގެ ނަމަށް ކްލިކް ކޮށްލީމަ އޭނަގެ ހުރިހާ ވާހަކައެއް ފެންނާނެ

  13. Aish says:
    January 24, 2017 at 7:49 pm

    Ekam buny thursdaygayey dho but friday

  14. Anonymous says:
    January 24, 2017 at 8:32 pm

    Alhe aazim haadha foohsey. Waiting for next

  15. Reader says:
    January 24, 2017 at 9:59 pm

    Koba episode 19 20 21?

  16. Kalhu handi says:
    January 25, 2017 at 12:48 am

    Ayyaadh dhn rangalhuvaany 2 myhunnaa inyma…

  17. Pinker says:
    January 25, 2017 at 7:08 am

    Layaal, “assaam alaikum” means “death be upon u”…
    So pls change it if u can…
    Luv thz story…❤????

    1. layaal says:
      January 25, 2017 at 9:23 am

      That’s a typing mistake i have corrected it now. Thanks <3

  18. Sharu says:
    January 25, 2017 at 8:17 am

    Ayyadh and riuman is made for each other.. Layaa please edhemhyn dhuru nukurahchey.. our readers hih maraa nulahchey..

  19. layaal says:
    January 25, 2017 at 9:22 am

    Thanks all. For the readers who cannot find the episodes you can just click on my name and see all the episodes or else you can just search the story name in the search button. 🙂

  20. Snow flake says:
    January 25, 2017 at 1:27 pm

    Huhhhh! OMG daymmn This Story is just Awesome. Fab?????✊?
    As I said Kureega Ves Your The Bessssssssst Writerrrrrrr.
    Layaaaaaaaaaaaaaluuuuu Love Youh.?
    My Princess darla.???

  21. mai says:
    January 25, 2017 at 3:02 pm

    Wow. vvvvv salhi as usual <3

  22. aslu says:
    January 25, 2017 at 3:04 pm

    Varah hadi mi vaahaka. Snow flake ah ekani kamudhani! ifaa liyaa inthihaa ves maa salhi. Layaa furathama liyan dhaskohgen aadhey. konhaa beykaaru hamanujehey vaahaka thake liyaa kah.

    1. Nayaa says:
      January 25, 2017 at 3:54 pm

      Aslu go away. Your not needed here. Layaal is one of the BEST writers on this site. Her first story was awesome and so is this one. And plx don’r even bring up the copycat here ok. bye bye.

  23. Anonymous says:
    January 26, 2017 at 2:28 pm

    23 vanabai annanee koniraku

    1. Orchid says:
      January 26, 2017 at 2:42 pm

      Tomorrow!! yeyy can’t wait ?

  24. Saandy says:
    January 27, 2017 at 7:50 am

    ލަޔާލް! ކުރީގަ މިވާހަކަ އަޕްކުރުން މާ ލަސްވެގެން ދިޔައިމަ ނުކިޔާ ހުރީ ވާހަކަ އެއްކޮށް އަޕްކޮށް ނިމެންދެން… އެކަމް މިހާރު ވާހަކައިގެ އަޕްކޮށްފަ ހުރި ހުރިހާ ބައެއް އެއްކޮށް ކިޔާލައިފިން… ވަރަށް ރީތި މިވާހަކަ… ވަރަށް ޝައުޤުވެރި… އައްޔާދުއާ ލައިބާ ގުޅިއްޖެއްޔާ ވަރަށް ފޫހިވާނެ… އައްޔާދުއާ ރިއުމާން ގުޅެނީ… ރިއުމާން އައްޔާދުއަށް ހަޤީޤަތް ކިޔައިދިނީމަ ދެން ބޮޑަށް ރީތިވާނީ

  25. maiha? says:
    January 27, 2017 at 2:35 pm

    kobaatha story gandu…dhn avahah up kohdhyba..heyonuvaane…plx plx?

Comments are closed.

All Right Reserved!