ސޯފާގައި ހާރޫނު ކައިރީއިން މީހާ ފެނި އައިޝާއަށް ފަހަތަށް ޖެހެވުނެވެ. އީޝަލްވެސް ދެލޯ ބޮޑުކޮށްލާފައި އައިޝާއަށް ބަލާލީ ގަބޫލުނުކުރެވިގެންނެވެ. އެދެމީހުންނަށް ވީގޮތް ފެނި ނީމާ ހައިރާންވިއެވެ. ކޮޓަރިއަށްވަދެ އެއީ ކާކުތޯ ސުވާލުކުރަންފެށިއެވެ. ނަމަވެސް އައިޝާއަށް ޖަވާބެއް ދެވުމުގެ ކުރިން ހާރޫނު ނީމާއަށް ގޮވާލުމުން ނީމާ އަވަސްވެގަތީ ހާރޫނު ގޮވިކަމެއް ބަލަން ދިއުމަށެވެ. ” އީޝޫ ދޮން ވަރަށް ބިރުގަނޭ އެބަ.. ހުޝާމް ކީއްކުރަން މިގެއަށް އައީ..” އައިޝާއަށް އަދިވެސް ހުރެވުނީ މޭގައި ހިފަހައްޓާލައިގެންނެވެ. އީޝަލް ބަހެއް ނުބުނެ […]
“ހައި! ކޮންނަމެއް ކިޔަނީ؟” ލަވައިގައި އިވުނުހެން އެއަޑުގައި ވަނީ ޝާއިރީ ކަމެކެވެ. އަހަރެން ޖަވާބުނުދިނުމުން ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް އޭނާގެ މޫނުމަތީގައި ކުރިން ފާޅުވަމުންއައި ލާނެތްކަން ފިލައި ގޮސްފިއެވެ. އަދި އަވަސްއަވަހަށް އަހަރެންގެ އަނގަ މަތިން އޭނާގެ އަތްތިލަ ދުރު ކޮށްލިއެވެ. ހިތްހަމަޖެހުމުގެ ނޭވާޔާއެކު އަހަރެންގެ “އާހް”ގެ އަޑު މުޅި މާހައުލަށް ފެތުރިގެން ދިޔައެވެ. ފަހަތަށް ފިޔަވަޅެއް އަޅައި ހަމަޖެހިލީމެވެ. އަދި އެތަނުންދިޔުމަށް އައިކޮޅަށް ހިނގައިގަތީމެވެ. އަހަރެންގެ ޢަމަލްތަކުން އޭނާވެސް އިތުރު ބަހެއްބުނަން ޖެހިލުންވެފައި އިނެވެ. […]
ދުނިޔެމަތީގައިވާ ޤުދުރަތްތެރިކަމަކީ އޭގެ ފުރިހަމަ ވާހަކަ ގަލަމުންވެސް ބަޔާން ނުކުރެވޭނެ ފަދަ މަންޒަރުތަކެވެ. އަހަރެން މި އަޖާއިބު ކުރުވަނިވި މަންޒަރުތައް ފޮޓޯ ގެ ސިފައިގައި ރައްކާކުރަމުންދަނީ އަހަރެންގެ އުމުރުން ވިހި އަހަރުންނެވެ. އޭރުއްސުރެން އަހަރެންގެ އިންސްޓަގަރާމް ބްލޮގަށް ފޮޓޯތައް ލަމުން ދަމެވެ. އެތައް ބައިވަރު ބައެއްގެ ތަރުހީބު އަހަރެންގެ ފޮޓޯތަކަށް އޮއްސެމުންދާތަން ބަލަން އަހަރެެން އިންނަނީ ހެވި ދިއްލިފައެވެ. ހުކުރު ދުވަހެކެވެ. އާދައިގެ މަތިން އަހަރެންގެ މިސްރާބު ރަށުގެ ތުނޑިޔަށް އަމާޒުކުރީމެވެ. ގަޑިން ފަސްގަޑި ބައިގައި އަހަރެން […]
ޔައީޝް އައް ކުރެވެން އުޅުން ކަމާއިމެދު ވިސްނެން ފެށުނީ ވަގުތު ފާއިތުވީފިހުންނެވެ. އެރި ރުޅީގައި ބާރު އެތިފަހަރެއް ވީއްލާލީ ފާރަށެވެ. ޖެހުނުލެއް ބާރު ކަމުން އަތުން އަޑެއް ވެސް ކިޔެވެ. ޔައީޝް އައް މަޑު އާހެއް ބޭރު ކޮށްލެވުނެވެ. އެވަރުންވެސް ޔައީޝްގެ ހިތެއް ނުފުރުނެވެ. މޭޒު މަތީގައި ތިބި ހުރިހާ އެއްޗެއް އެކިތަންނަށް އުކާލީ މޮޔައަކު ފަދައިންނެވެ. ތަރުތީބު ކޮށްފައިވާ ކޮޓަރީގެ ތަރުތީބު ގެއްލުނެވެ. ޔައީޝް ފޯނު ނަގައި އެލްވީންގެ ނަންބަރައް ގުޅަން ފެށިއެވެ. ނަމަވެސް އެވްލީން […]
ހުޅުލެއަށް ދެވުމާއެކު އެކޮޅުގައި ހަރަކާތް ތެރި ވާފުލުހުން އައިސް ހެޑް އިންސްޕެކްޓާރ ޔާ ބައްދަލުކުރިއެވެ. “ހީވަނީ މަތީ ބޭފުޅެއްގެ ކަމެއްހެން ދިޔަ ގައުމު ފުހެފަ ހުރީ.. ނޯ ޑޭޓާ….އެއްކަލަ މައްސަލައިގަ ވެސް ޝައްކުކުރެވުން މިނިސްޓާރ ހެން ހީވަނީ…” އެމީހާ އެހެން ބުނެލުމާއެކު ޝަމްހާން މެންނަށް އަނެއްކާވެސް އިސް ޖަހާލެވުނެވެ. ޝަމްހާވެސް ޝަމްހާން ގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އެވަގުތު ޝަމްހާންގެ ހިތުގައި ހިނގާލީ މުޅިން ތަފާތު ޝުއޫރެކެވެ. ނަމަވެސް އެ ހިނދުކޮޅު ދެމިގެން ދިޔައީ މަދު ސިކުންތު […]
ތެޅެމުން ފޮޅެމުން ހިބާ ކޮޓަރިން ނިކުތެވެ. ރޮމުން ރޮމުން ގޮސް ހަބީބާ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. ސިއްސައިގެން ގޮސް ހަބީބާއަށް ހޭލެވުނީ ހިބާގެ ރުއިމުގެ އަޑަށެވެ. ސާމީވެސް އަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވިއެވެ. ސާމީ ފެނުމާއެކު ހިބާ ސާމީ ގައިގާ ބައްދައިގަތެވެ. ” މަންމާ… ބައްޕާ އަހަރެން މަރުވަނީ.. އަހަރެން ސަލާމަތް ކުރޭ” ހިބާ ރޯމަހެއް ތެޅޭހެން ތެޅޭތަން ފެނި ހަބީބާއާއި ސާމީ ކަންބޮޑުވިއެވެ. އެކި ގޮތްގޮތުން ހިބާ ހަމައަކަށް އަޅުވަން ކުރި މަސައްކަތް ކާމިޔާބު ވާގޮތްވީ […]
“ދަރިފުޅާ މަޑުވާނެ ދޮރު ޖަހާލިލެން” ބަން ލާފައި ދޮރު ޖަހާލި ދިޔާން މަންމަގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ. އަޑުއާއި ދިމާލަށް ބަލައިލިއިރު ދިފްލާ އުރާލައިގެން އޭނާގެ މަންމަ ސިނާ ކައިރީގައި ހުއްޓެވެ.ސިނާ ބުނި އެއްޗަކަށް ރައްދު ދިނުމުގެ ބަދަލުގައި ދިޔާން ހިނިގަނޑެއް ޖަހާލަމުން ކުޑަކުޑަ ދިފްލާ ނަގާ ކޮނޑަށްލައިގެން ގޮސް ސިޓިންރޫމް ސޯފާއަށް ވެއްޓިގަތެވެ. އަދި އެއާއެކު ކުޑަކުޑަ ދިފްލާއާއި އޭނާ ސަކަރާތް ޖަހަން ފެށިއެވެ. މި މަންޒަރު ބަލަން ތިބި ސިނާއާއި ދާާނިޝްއާއި ތިބީ މަންޒަރު […]
ކުރިމަތީ އެ ހުރީ ޔާއިންއެވެ. ޔާއިން ފުރަތަމަވެސް ޔައިނާގެ ގައިގާ ބައްދާލިއެވެ. ޔައިނާ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް އެކި ހިޔާލުތަށް ވަންނަން ފެށީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. އެކި ތަންތަން ހޯދަމުން އައިސް މިތަނަށް އާދެވުނީވެސް ޔައިނާ މިކަހަލަ އަމާން ތަނެއްގައި އިނދެދާނެކަމަށް ހީކުރެވުމުންނެވެ. ޔާއިން ޔައިނާ ދުރަށްލުމަށްފަހު ހަމަޖެހުނެވެ. އެއަށްފަހު ރުޅިވެރި ނަޒަރަކުން ޔައިނާއަށް ބަލާލިއެވެ. “ކީއްކުރަނީ މިތާ؟؟ ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟ ޔަނާ ކޮން އިރެއް ބޭރުގައި […]
“ބަޓް ޝީ އިޒް ދަ ގަރލް” ހަމްދާން އެހެންބުނުމަށްފަހު އެބުރުނުއިރު އޭނާ އަށް ފެނުނީ އެގަޑީގައި އެތަނުން ފެންނާނެ ކަމަށް އުންމީދު ކުރި މީހެއްނޫނެވެ. “މަމައީޝާ…”ލަސްލަހުން ހަމްދާނަށް ބުނެލެވުނެވެ. “ކީއްވެ މާ ފާޑާކަށް ބަލަހައްޓައިގެން ތިހިރީ؟. މަ ފެންނަނީ ބިރުވެރި އެއްޗެއްގެ ސިފައިގަތަ؟”. ދެންމެ ދެއްކި ވާހަކަތައް މައިޝާއަށް އަޑުނީވޭކަން ޔަޤީންވުމުން ހަމްދާނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހަމްދާނަށް ހުރެވުނީ މައިޝާ އަށް ބަލަހައްޓައިގެންނެވެ. “މޮޅުވީމަ ކޮންގްރެޓްސް ކިޔަން މިއައީ. ފޮނިވެގެން ވަހަކަ ނުދައްކާ ހުއްޓަސް މިރޭ […]