Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ފަހުބައި)

shama shuaib
March 26, 2017
7 Mins Read
42 Views
35 Comments

އެތަނުގައި ތިބި އެންމެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެ ޖާދުވީ އަޑުގައިވި ވޭނުގެ ސަބަބުން އެންމެ ފުން އަސަރެއް ކުރީ ދިނިންއަށެވެ. ޝަމްހާ އެންމެ ބޭނުން ވީ ދުވަހު އޭނާގާތު ނުހުރެވުމުން ދިނިންގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. ޝަމްހާގެ ވާހަކައި ގެ ވަކި ހިސާބަކުން އޭނާގެ އަޑުބެދެން ފެށިއެވެ. ނޭވާހާސްވާން ފެށިއެވެ. ނަމަވެސް ޝަމްހާ ދިޔައީ ހިތްވަރު ކުރަމުންނެވެ.” ކޮންމެ ދުވަހަކު..އެތަށްބަޔެއްގެ އުފާ..އަހަރެންގެ މޭ ހީވަނީ އިރައިން ދާހެން…ދުވާލަކު އެތަށް ފަހަރަކު…ކޮންމެ މީހެއްވެސް…އަހަރެން..ހަނު..ހު..ހުރީ، ދަރިފުޅުގެ ..ހަ..ހ..ހައް..ހައްގުގަ.” އެހިސާބުން ޝަމްހާ އަނބުރައިގަނެގެން ވެއްޓުނެވެ. އެންމެ ގާތުގައު ހުރި ދިނިން ހުރީ އެކަހަލަކަމަކަށް ސަމާލުވެގެން ކަމުން ހުށިޔާރުކަމާއެކު މިފަހަރުވެސް ޝަމްހާ ހިމާޔަތްކުރިއެވެ. އެވަގުތު އެންމެންތައް ތެދުވިއެވެ.
ދިނިންއަށް އެޖާދުވީ މޫނު އެހާގާތުން ފެނުމުން ހިއްސުތައް ގަނޑުވިކަހަލައެވެ. ނަމަވެސް ހުރެވުނު ތަން ރޭކާޅުމުން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ޝަމްހާ އަތްދަނޑި މައްޗަށް ލައިގެން އެތަނުގެ ބެންޗެއްގައި ބާއްވާލިއެވެ. އަދި ޝަމްހާގެ ބޯ ދިނިންގެ އުނގުމަތީ ބާއްވާލިއެވެ. އެންމެންވެސް ހީކުރީ އެއީ ސިފައިންގެ ކުއްޖެއްވީމަ އެކަހަލަ ކަންކަމަށް ތައްޔާރަށް ހުރީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ދިނިންގެ ހިތް އެއްކޮށްވެސް ދެވިފައިވަނީ އެ ނާޒުކުމަލަށްކަމެވެ. ފަރްހީން ލާނަތް ގޮތަކަށް ހީލައިން ހުރިއިރު ޝަމްހާން ހުރީ ހާސްވެފައެވެ. އޭރު ޣާޒީ އެއްގަޑިއިރަށް އަޑުއެހުން މެދުކަނޑާލުމަށްފަހު އެތަނުން ގޮއްސިއެވެ.
ފަރްހީންވެސް ޝަމްހާން ގޮވައިން އެތަނުން ނިކުތީ ދިނިންއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. “ފަރް. ކިހިނެއްތަ ތިވަނީ؟ ދޮން އެހާލުގަ އޮއްވާ އަހަރެން ތި ނެރުނީ ކީއްވެތަ؟ އިނގޭތަ އެއީ އަހަރެންގެ ދޮން…އަހަރެން އެކަކު ގާތު ނުބުންޏަސް މިއޮއްވީހާދުވަހު އަހަރެން ހޯދަމުން އައި ދޮން އެއީ..ދެން ދޮން އެހާލުގަ އޮއްވާ ނުވެސް ދަންނަ މީހެއްގެ އަތްމައްޗަށް ދޫކޮށްފަ ތި އައީ..އާހް..ހިނގާ އެތެރެޔަށް!!!”
“ތި ހަމަޖެހިބަ. މިވަގުތު ޝަމްހާ އެއޮތީ ޝަމްހާގެ ހިތުގެ ވެރިޔާ ކާރީގަޔޭ..” ފަރްހީން ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ދިނިން އާ ފަރްހީންގެ ވާހަކައެވެ. ޝަމްހާއާ ދިނިންގެ ވާހަކައެވެ. އަދި މިއަދާ ހަމައަށްވެސް އެދެމެދުގައި ލެވިފައި އޮތް ފާރުގެ ވާހަކައެވެ. ހަމަ އެޔާއެކު ޝަމްހާން ގެ ދޮން ފެނުނުކަމަށް ޓަކާ އުފާ ކުރާ ވަހަކަ ބުނެލުމަށް ފަހު ފަރްހީން އެތަނުން ދުރަށް ދިޔައީ އެތަނުގައި ހުންނަން ބޭނުންނުވާތީއެވެ.
ހިނގަމުން ހިނގަމުން ގޮސް މޫދުކާރިޔަށް ނިކުމެ އެތާ ހުއްޓިލީ ޝަމްހާން ފެނުމުން އަދިވެސް އެ ހިތުގެ ތެޅުން އިތުރުވާތީއެވެ. ކުއްލިޔަކަށް މީހަކު ކޮނޑު މަތީ އަތް ބާއްވާލުމުން ސިހިފައި އެ އަތް ފޮޅުވާލަމުން ފަރްހީން ފަހަތް ބަލާލިއެވެ. އަދި ދާދި ގާތުގައި ހުރި ޝަމްހާން ފެނުމުން ހައިރާންވެގެން ބަލަންފެށިއެވެ.”ފަރް.. ކީއްވެގެން ތަ އަހަރެން ތިހާ ދުރުކޮށްލައިން ތިއުޅެނީ؟…” ޝަމްހާންއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ފަރްހީން ޝަރާ މިތަނަށް ނުގެނައީ ކީއްވެތޯ ސުވާލުކުރުމުން ޝަމްހާންއަށް މި ވެގެން އުޅޭ ގޮތް އެންގިގެން ދިޔައެވެ. އެހެންކަމުން އޭނާ ބޭނުންވީ އިތުރަށް ފަރްހީން ތަޅުވާލާށެވެ. އެހެން ކަމުން ޝަރާ އެބަ ގުޅާ ކަމަށް ބުނެ ދުރަށް ހިނގައި ގަތެވެ. މާޔޫސް ވެފައި ހުރި ފަރްހީން އަނެއްކާވެސް ކޯތާ ދިމާއަށް ހިނގައިގަތީ ޝަމްހާން އައުމުގެ ކުރިން ދެވޭތޯ އެވެ.
ޝަމްހާ ލޯ ހުޅުވާލިއިރު އެ މޫނަށް ބލަހައްޓައިން އިން ދިނިން ފެނުމުން ހައިރާން ވެފައި ތެދުވިއެވެ. އެތާ އިތުރު އެއްވެސް މީހެއް ނެތް އިރު ޝަމްހާ އިނީ ޖެހިލުން ވެފައެވެ. “ނާނަ…” ދިނިން އެހެން ބުނެލުމާއެކު ޝަމްހާގެ ގައިން ހީބިނަގައިން ދިޔައެވެ. އެއީ އެންމެ ފަރާތަކުން އޭނާޔަށް މުހާތަބު ކުރާ ނަމެކެވެ. “ދި…ދް..ދިންންން…!!” ދިނިން ބޯ ޖަހާލުމާއެކު ޝަމްހާ ދިނިންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ހިތުގައި ވި ހުރިހާ ޝަކުވާއެއް ކަރުނައިގެ ސިފައިގައި ބޭރު ކުރަމުން ދިޔައިރު ދިނިންގެ ޔުނިފޯމު ދިޔައީ ތެމެމުންނެވެ. ދިނިންވެސް ނުހަނު އުފާވެފައި އިނީ ދެން ދުވަހަކުވެސް ޝަމްހާ ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ.
“ނާނަ.. ސޮރީ ލަސްވީތީ.. ވަރަށް ހޯދިން..އެހެން ހޯދުމުގެ ތެރޭގަ އަހަރެން ބުނި ކޮއްކޮ ވެސް ފެނުނީ..އާހް.. ނަސީބު ކަންދިމާކުރި ގޮތުން އެއީ ފަރް…އެކަމަކު އަހަރެން އޭނަކައިރިޔަކު ނުބުނަން. އަދި ބުނާކަށް ނުވެސް ކެރޭނެ..އަހަރެންގެ ހިތްވަރު ގަދަ ކޮއްކޮގެ ސަބަބުން މިއަދު އަހަންނަށް އަހަރެންގެ ކްރައި ބޭބީ ލިބިއްޖެ…ދެން ނުރޮއެބަލަ ނާނަ..އަހަރެން މިއައީއޭ..”ދިނިން އެހެން ބުނެލުމާއެކު ޝަމްހާ އަދިވެސް އެނަން މަތިން ހަނދާން އެބަހުރިހޭ ބުނެލަމުން ދިނިންގެ ގައިގައި މަޑުމަޑުން ޖަހާލިއެވެ. ޒަމާން ތަކަކަށްފަހު އެހިތުގެ މާ ހީލިތަން ފެނުމުން ދިނިން އަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ފަދައެވެ. އަދި އަނެއްކާވެސް ޝަމްހާގެނަސް މެޔާ ލާ ބޮނޑި ކޮށްލިއެވެ.
“އެހެމް އެހެމް.. މީ ޕަބްލިކް ތަނެކޭ…ޣާޒީ އަންނައިރުވެސް ތިހެން ތިބޭ..ހަހަހަ” ފަރްހީން ޝަމްހާ އާއި ދިނިންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. ސިހިފައި ދެމީހުންވެސް ދުރައްޖެހިލިއިރު ދެމީހުންވެސް ތިބީ ލަދުގަނެފައެވެ. ވާހަކައިގައި ތިއްބާ ޝަމްހާން ވަދެގެން އައުމާއެކު ވަގުތުން ފަރްހިން މަޑުވިއެވެ. އެންމެނަށް ވެސް އެކަން ފާގަވިއެވެ. ނަމަވެސް އެކަކުވެސް އެވާހަކަ ނުދެއްކީ އެތަނަށް ޣާޒީގެ އިތުރުން ކުރިންވެސް ތިބި މީހުން އައިސް ވަނުމުންނެވެ.
އަނެއްކާވެސް އަޑުއެހުން ފެށިގެން ދިޔައެވެ. ދިނިން ހުރިހާ ހެތްކެތް ހުށެހެޅުމުން އެމީހުންނަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. އެހެންކަމުން މިނިސްޓަރު މަގާމުން ވަކިކުރެވި ދެބޭން އުމުރަށް ޖަލަށް ލެވުނެވެ. އެވަގުތަކީ ހަތަރު މީހުންނަށް ވެސް ފުންނޭވާއެއް ލެވުނު ވަގުތެވެ. ޝަމްހާގެ ލޮލަށް ސިފަވާން ފެށީ މީގެ ސަތާރަ އަހަރު ކުރިން ހިނގާ ދިޔަ ހާދިޘާތަކެވެ. އޭނާ އުޅުނު ހިތްދަތި ހާލެވެ. އަދި އެ ހުރިހާ ކަމަކުން ސަލާމަތް ކޮށްދިނުމަށް ފަރްހީން އޭނާގެ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ވައްޓާލި ގޮތެވެ. އެއަށް ފަހު ޝަމްހާންއާ ދިނިން އާ ދިމާވުމެވެ.
ޝަމްހާ އެކަންޏެއް ނޫނެވެ. ހަތަރު މީހުންގެ ވެސް ހާލަކީ އެއީ އެވެ. ކޮންމެ މީހަކަށްވެސް ވިސްނެނީ އެއިން މީހަކާ ދިމާވި ހާދިޘާއެވެ. ނަމަވެސް އެކަކުވެސްމާގިނައިރު އެ ހިޔާލްތަކުގައި ތިބެން ބޭނުން ނުވީ ކަންނޭންގެއެވެ. އހަތަރުމީހުން ވެސް އެތަނުން ނިކުތުމަށސް މިސްރާބު ޖެހިވަގުތު ވަގުތު ބޭރުން ނޫސްވެރިންގެ އަޑުތަށޤ ވެސް އިވުނެވެ. އެހެން ކަމުން ދިނިން މީހަކަށް ގުޅާލުމުން ކާރެއް އައެވެ. ޝަމްހާ އާއި ދިނިން ކުރިޔަށް އެރިއިރު ޝަމްހާން އާއި ފަރްހީން އެރީ ފަހަތަށެވެ. ފަރްހީން ބެލީ ވީހާވެސް ދުރުގައި އިނދެވޭތޯއެވެ. އެހެން ކަމުން ޝަމްހާން އިނީ މަޖާވެފައެވެ. އަދި އިރު އިރު ކޮޅާ ފަރްހީންކާރިޔަށް ޖެހެމުން ދިޔައެވެ. އެންމެ ފަހުން ވަކި ހިސާބަކަށް ދިޔުމަށް ފަހު ފަރްހީން ކާރު ހުއްޓުމަށް ބުންޏެވެ. ދިނިން ހައިރާން ވެފައި ކާރު ހުއްޓާލުމުން ފަރްހީންކާރުން ފައިބައިގެން ދިޔައެވެ.
ޝަމްހާންގެ ހިނގަނޑު ފަޅައިގެން ދިޔުމާއެކު ދެން ތިބި މީހުން ބަލަން ފެށުމުން ވެގެން އުޅޭގޮތް ކިޔާދިނެވެ. އެއަށޤފަހު ދެން އިވެންފެށީ ކޮންމެ މީހަކުވެސް މަޑުމަޑުން އިނދެ ހޭއަޑެވެ. ފަރްހީން ބާރު ބާރަށް ހިނގަމުން ގޮސް އޭނާ ކުރިންއުޅުންގެޔއަށް ވަނެވެ. އަދި ހުރިހާ އެއްޗެހި ތަށް ފޮއްޓަކަށް އަޅާ އުޅެނިކޮށް މުހައްމަދުބެ އައުމުން މުހައްމަދުބެއަށް ޝުކުރު އަދާކޮށްލަމުން ފަރްހީން ގޭގެ ތަޅު ދަނޑި ހަވާލު ކުރުމަށް ފަހު އަބަދުގެއަބަދަށް އެގެއާ އެ ހުރިހާ ހަނދާންތަކާ ދުރައްދާން ފިޔަވަޅެއް ނެގިއެވެ. އަދި ޓެކްސީއަކަށް އެރުމަށް ފަހު ދިނިންގެ ގެއަށް ދިޔައެވެ.
އޭރު އެންމެންވެސް އެގޭގައި ތިބިތން ފެނުމުން އެމީހުންނަށް ބަލަމުން ބަލަމުން ފަރްހީން އޭނާގެ ކޮޓަރިއަށްވަނެވެ. ދިހަވަރަކަށް މިނެޓު ފަހުން ނިކުތް އިރުވެސް އެންމެން ތިބި ތަން ފެނުމުން ފަރްހީން އަނގަޔަށް ގޮތެއް ހަދާލަމުން ބަދިގެޔަށްވަދެ އައިސްކްރީމް ކާން އިށީނެވެ. އެވަގުތު އެތަނަށް އެމީހުން ވެސް ވަދެގެން އައެވެ. “އޭ!!.. މީނީ އެންގްރީ ބާރޑް ތަ؟.” ދިނިން އެހެން ބުނުމުން އެންމެންތައް ހޭން ފެށިއެވެ. “އޭ.. ފަރް އާ ނުބެހެއްޗޭ.. މިރޭ ދެމީ ހުން ޕިއްޒާކާން ދާން މިއުޅެނީ. ތިމީހުން ނުލާ. ދޯ ފަރް؟” ޝަމްހާ އެހެން ބުނުމާއެކު ފަރްހީން ޝަމްހާއާ ދިމާއަށް ބަލައިލަމުން އަނގަހުޅުވާލިއެވެ. އެއާއެކު ޝަމްހާ އެއްލޯ މަރާލުމުން ފަރްހީންވެސް އެކަމާ އެއްބަސް ވިއެވެ.
“އައްޗި. ތިހިން ވީރު ދިން އާދެމީހުން މިދަނީ މިރޭ ސީގަލްއަށް.” ޝަމްހާންވެސް ދެރަ ނުވާން ވެގެން އެހެން ބުނެލިއެވެ. ނޭންގޭ ކަމަކީ މިއީ ޝަމްހާއަދި ޝަމްހާންގެ ރޭވުމެއް ކަމެވެ. އެއީ ފަރްހީން އާއި ދިނިންގެ މެދުގައިވާ ދުރުކަން ފިލުވާލުމައްޓަކައެވެ. ކުއްލިއަކަށް ސަމާގެ މަތިން ހަނދާން ވުމާއެކު ފަރްހީން އެ ސުވާލު ކޮށްލިއެވެ. ސަމާ ވީ ޒީޝާ މެންގޭގައޭ ބުމުން ފަރްހީން އަށް އެންމެ ފުރަތަމަ އޮޅުނެވެ. ފަރްހީން އޭނާ ދަންނަނީ ފާތުންގެ ނަމުން ކަމަށް ވާތީއެވެ. އެންމެންތައް ވާހަކަ ދައްކަމުން ދިޔައިރު ފަރްހީން ޝަމްހާންއާ ދިމާއަށް ބަލައިވެސް ނުލައެވެ.
“އޭ! އަދި ބުނަންތަ.. ނާނަޔާ ދިން މިއުޅެނީ ނެކްސްޓް ފްރައިދޭގަ މެރީކުރަން. އެއީ ދެމީހުން ދިމާވިތާ އެއިޓީން އިޔާޒް ވާދުވަސް. އެހެންވެ.” ނާނަޔަކީ ކާކުކަން ރޭކާލަން ފަރްހީން އާ ޝަމްހާންއަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ދެން ދިޔައީ ޕާރޓީ އާ ބެހޭގޮތުން ކުލަޔާ އަދި އެހެނިހެން ވާހަކަ ދެއްކުމުގެ ވަގުތުކޮޅެކެވެ. މަޣްރިބް ނަމާދަށް ގޮވުމުން ޝަމްހާންއާއި ޝަމްހާ ދިޔައީ ގެއަށެވެ. ނަމާދުކޮށް ރީތިވެލައިން އަންނާނޭ ކަމަށް ބުނަމުންނެވެ. ފަރްހީން އާ ދިނިންވެސް ނަމާދު ކޮށްލައިން ރީތިވާން ފެށިއެވެ.
އަޅިކުލައިގެ ޓީޝާޓަކާ ނޫ ޖިންސެއްލައިން ހުރި އިރު ދިނިން ހީވަނީ އެކާވީސް އަހަރުގެ ޒުވާނެއްހެނެވެ. ފަރްހީން ރަތްކުލައިގެ ކްރޮޕް ޓޮޕަކާ އައިސް ބްލޫ ސްކިނީ އެއްލައިނ ހުރިއިރު ލުއި މޭކަޕަކަމުން އެ ޖާދުވީ ކުއްޖާ އިތުރަށް ފުރިހަމަ ކުރުވިއެވެ. ކަޅުކަން ގަދަ ދިގު އިސްތަށި ގަނޑު މިނިވަންކަމާއެކު ވިހުރެމުން ދިޔައީ އެތަށް ބަޔެއްގެ ހިތް ކަތިލަމުންނެވެ. އެ ދެމީހުން ޝަމްހާއަދި ޝަމްހާންގެ އިންތިޒާރުގައި ތރީގައި ތިބިއިރު އެތަށް ބަޔެއްގެ ނަޒަރު އަމާޒުވަމުން ދިޔައެވެ. އެރީތިކަމަށް ފިދާވަމުންނެވެ. ފަރްހީންގެ ލޮލުގައި އަޅައިގަތީ ސްމާޓް ކޮށް ހިނގާލާފައި އައި ޝަމްހާންއެވެ. ރަތް ސޯޓަކާ ކަޅު ޓީޝާޓެއް ލައިގެން ހުރިއިރު ފަރްހީން އެ ރީތިކަމަށް ހާސް ފަހަރު ތައުރީފު ކުރިއެވެ. އިސްތަށިކޮޅު މައްޗައްނަގާ ހަރުކޮށްފައި ވީ ގޮތުން އެ މޫނާ ވަރަށް ގުޅެއެވެ.
ދިނިންގެ ލޮލުގައި އަޅައިގަތީ ޝަމްހާން ކައިރީހުރި ޝަމްހާއެވެ. ފެހި ކުލައިގެ ފަލަމަހާ ހިސާބަށް އަރާ ހެދުން އަރިމަތިން ފަޅާލައިފައި ވީއިރު ކަނޑު ނޫކުލައިގެ ޖިންސެއްގައި ފެންނަމުން އެދާ ކުއްޖާ ދިނިންގެ ހިތުގެ ތެޅުން ދެގުނައަށް އިތުރުކޮށްލިއެވެ. ހަތަރު މީހުން އެއްކޮށް ހިނގައި ގަތް އިރު އެތަށްބަޔެއް އަނގަ ނަގައިގެން ތިއްބެވެ. މަހީދީ މަގަށް ނިކުމެވުމާއެކު އެ މީހުން ބެހިލިއެވެ. ޝަމްހާ އަދި ފަރްހީން ދިޔައީ މާފަންނާ ވީ ކޮޅަށެވެ. ޝަމްހާން އަދި ދިނިން ދިޔައީ ހެންވޭރާ ވީ ކޮޅަށެވެ. ފަރްހީން މެން ދިޔައީ ރަސް ފަންނަށެވެ. ޕިއްޒާކާކަށް ނޫނެވެ. އެއީ ދެމީހުންވެސް ބޭނުން ވީގޮތެވެ. ފަރްހީން ޖެހެމުން ދިޔަ ރޯޅިތަކުގެ ސަބަބުން ލޯމަރާލިއެވެ. ދަނޑިވަޅުގެ ބޭނުން ހިފާ ޝަމްހާ މަޑުމަޑުން އެތަނުން ދުރައްދިޔައެވެ. އެވަގުތު ފަރްހީން ކާރިޔަށް ޖެހެމުން ދިޔަ ގްރޫޕެއް ޝަމްހާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން ދިނިންއަށް ފަރްހީން ގެއްލިއްޖެޔޭ ބުނެ މެސެޖެއް ފޮނުވާލިއެވެ. އަދި އޭނާ އައިޖީއެމްއެޗާ ވީ ދިމާ އެބަ ހޯދަމޭ ބުނެ ދިނިން ރަސްފަންނަށް އައުމަށް އެދުނެވެ.
ޝަމްހާ ހުރީ ނޭވާ ހިފަހައްޓާލއިގެނެވެ. އެއްގޮތަކަށްވެސް މިހެން ބަޔަކު ދިމާކޮށްފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ފަރްހީންއަށް އެމީހުން ފެނުމާއެކު ފުންމައިގެން ކޮޅަށް ތެދުވިއެވެ. އަދި އެމީހުން ކާރި ވާންފެށުމުން ދުރަށް ޖެހުނެވެ. އެތަނުން އެކަކު ފަރްހީންގެ ކޮނޑުގައި ހިފާލަމުން އިތުރަށް ގާތްވެލިއެވެ. އައި ނައި ތަނެއް ނޭންގި ކުއްލިއަކަށް ދިނިން އައި ގޮތަށް އައިސް އެމީހާގެ ގަމީހުގެ ގިރުވާޏުގައި ހިފާ އުފުއްލާލިއެވެ. “ކަލޭމެން މަގޭ ކޮއްކޮގައިގަ އިނގިލި ކުރިވެސް ޖައްސާލައިން ނުވާނެ.” ދިނިން ހީވީ ރުޅިއައިސްގެން ގޮސް އެމީހާ މަރާލަން އުޅުނުހެނެވެ. ނަމަވެސް އެތަނަށް ފުލުހުންގެ ޓީމަކު އައުމުން އެމީހުންތައް ފުލުހުން ނާ ހަވާލު ކުރުމަށްފަހު ފަރްހީން އާ ދިމާލަށް އެނބުރުނެވެ. ފަރްހީން އައިގޮތަށް އައިސް ދޮންބޭ އޭ ކިޔާ ދިނިންގެ ގައިގައި ބައްދާލިއެވެ. ދިނިންގެ ލޮލުންވެސް ކަރުނަ ފޭބީ އުފާ ވީ ވަރުންނެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ޝަމްހާވެސް އުފަލުން ހުރީ ރޮވިފައެވެ. ނަމަވެސް ފަރްހީން ފެނިއްޖެތޯ އަހާ މެސެއްޖެއް ފޮނުވާލިއެވެ. ދިނިންވެސް އާނ އެކޭ ބުނުމުން ޝަމްހާ މިތާކައިރިން ޝަމްހާން ފެނިއްޖެއޭ ބުނެލުމުން ދިނިންވެސް އިރުކޮޅަކުން މިދަނީ ކަމަށް ބުނެލިއެވެ.
“ދޮންބޭ.. އައި ނިއު އެވްރިތިންގް. އެކަމް ބުނަން ނުކެރުނީ.. ޕްލީޒް ފޮގިވް މީ.. ދެން ދުވަހަކުވެސް ދޮންބެ ދުރު ކޮށެއް ނުލާނަން. ދިނިން ކުޑަކޮށް ހައިރާންވިޔަސް ދެން އެކަމާ ވިސްނަން ބޭނުން ނުވީތީ ފަރްހީންގެ އަތުގައި ހިފާޅަމުން ގެއަށް ދާން މިސްރާބު ޖެހިއެވެ. ނިދަން ދަމުންވެސް ދެމީހުން ދެމީހުންގެ ގައިގައި ބައްދާލިއެވެ.
ދުވަސްތައް އޭގެ ހަލުމިނުގައި ދަތުރު ކުރަމުން ދިޔައީ ދެހިތެއްގެ ވިންދު އަވަސް ކުރުވަމުންނެވެ. ދިނިން އާއި ޝަމްހާގެ ކައިވެންޏަށް އެންމެންވެސް ތައްޔާރު ވަމުންދިޔައީ ނުހަނު ފޯރީގައެވެ. ސަމާވެސް އޭނާގެ ބައްޕަ ފެންނާތީ އުފަލުން ދެފައި އެއްތާކު ނުޖަހައެވެ. ގާތްތިމާގެ މީހުންނާ އެކުވެރިން އެއްވެ ކަންކަން ކުރަމުން ގޮސް ހުކުރު ދުވަހުގެ ހަވީރު ހަތަރެން ޖެހިއިރު ހެކި ވެރިންނާ ޣާޒީ ދިނިންމެން ގެ ގެއަށް އަތުވެއްޖެއެވެ. ކަޅުކުލައިގެ ދިގު ހެދުމެއްގައި ޝަމްހާ ފެންނަލެއް ފުރިހަމަކަމުން ފަރްހީން އިރު އިރު ކޮޅާ ތައުރީފު ކޮށްލައެވެ. ދިނިންވެސް ހުދުގަމީހެއްލައިގެން އިންއިރު ނުހަނު ހިތްގައިމެވެ. ހުތުބާ ފެށިއްޖެއެވެ. ދެމީހުން ހުތުބާ އަޑުއަހަމުން ގެންދިޔައިރު ކިޔަމުން ދިޔަ ހުރިހާއެއްޗެއް ހިތުތެރޭގައި ބިންވަޅު ނެގެމުން ދިޔައެވެ. “އަނބި ގަބޫލްކޮށްފިން” ދިނިންގެ އަނގައިން އެ ބަސްތައް ނިކުތުމާއެކު ދެމީހުންނަށްވެސް ލިބިގެން ދިޔައީ ބުނެދޭން ނޭންގޭފަދަ ހިންހަމަ ޖެހުމެކެވެ.
ކައިވެނި ކުރެވުމުންވެސް ދެމީހުން ދެގޭގައި މަޑުކުރަން ޖެހުނީ ކައިވެނި ހަފްލާއަށް ތައްޔާރު ވުމުގެ ގޮތުންނެވެ. ހުދު ކުލައިގެ ވެޑިންޑްރެސް ގައި ޝަމްހާއަށް މީހަކު ބަލާ ފޫހި ނުވާނެއެވެ. ދިނިންވެސް ކަޅުކުލައިގެ ސޫޓެއްލައިގެން ރީތިވަމުންފަނިކޮށް ފަރްހީން އެތަނަށް ވަނެވެ. “ވާއު.. ދޮންބެ މިރޭ އަހަރެންގެ ހިތްވެސް އަތުލައިފި…ވާ ވާ..” ފަރްހީން އެހެން ބުނެލުމުން ދިނިން ގާތަށް ހިނިއައެވެ. އަދި އެއްޗެކޭ ބުނެލުމަށް އަނގަހުޅުވާލިވަގުތު ފަރްހީންއަށް ފޯނެއް އައުމުން ބޭރަށް ނިކުތެވެ.
“ފަރް.. މީ ޝަރާ..އަހަރެން އެބޮތް ވާހަކައެއް ބުނަންވެފަ” ޝަރާ ހުރިހާ ވާހަކައެއް ކިޔާ ދިނުމުން ފަރްހީން ހުރީ ބަސް ހުއްޓިފައެވެ. އެންމެންތައް ކުރިން ދުވަހު މާވަރަކަށް ފަރްހީން އަށް ބެލުމަށްފަހު ހުނީ ކީއްވެކަން އެނގުނެވެ. “ދިން މިރޭ އަވަހަށް ތި ލޯބި ހޯދާ. ގުޑް ލަކް ފަރް.” ކައިވެނީގެ ހަފްލާ ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ހޯލު ވަރަށްވެސް ހިތްގައިމެވެ. ކަޅާ ހުދުން މުޅިތަން ޒީނަތްތެރި ކުރެވިފައި ވީއިރު އެ މާހައުލު ހީވަނީ ޖާދުވީ ތަނެއްހެންނެވެ. މޮޅުކުރެހުންތެރިޔަކު ކުރަހާފައިވާ ކުރެހުމެއް ހެނެވެ. ޝަމްހާ އާއި ދިނިން އެމީހުންނަށް ހާއްސަ ކުރެވިފައިވާ ތަނުގައި ތިބިއިރު ސަމާވެސް އޭނާގެ ކާފަ ގާތު އިނީ ނުހަނު އުފަލުންނެވެ. ޝަމްހާ ފެނުނު ވާހަކަ ބުނުމުން އެމީހުންގެ ބައްޕަ ވަރަށް ރުޔެވެ. އަދި ޝަމްހާ ފެނުނުމުން އެންމެން ރޮއްވާލަމުން ޝަމްހާއާއި ވާހަދެއްކިއެވެ. މިރޭ އޭނާވެސް އިނީ ވަރަށް އުފާވެފައެވެ. އަދި ހާސް ފަހަރު ފަރްހީންއަށް ވެސް ޝުކުރު އަދާކުރިއެވެ.

އެންމެންތައް މުޅިމާހައުލުގައި ހޭލަމޭލަވެ އުޅެމުން ދިޔައިރު ފަރްހީންގެ ލޯ ހޯދަމުން ދިޔައީ ޝަމްހާންއެވެ. ނަމަވެސް ހޯދާހޯދާވެސް ޝަމްހާން ނުފެނުމުން މާޔޫސް ވެގެން ފަރްހީން އަށް ގޮނޑިއެއްގައި އިށީންދެވުނެވެ. އިސްޖަހައިގެން އިން ފަރްހީން ވަށާ މީހުންތައް ޖަމާވަމުން ދިޔަކަމެއް ނޭންގެއެވެ.ފަރްހީން އިސްއުފުލާ ބަލާލިއިރު އެންމެންތައް އޭނާ ވަށާލައިފައި ވުމުން ހައިރާންވެގެން ކޮޅަށް ތެދުވިއެވެ. އަދި އެތަނުގެ އެންމެ ކުރީގައި ހުރި ދިނިންއާ ޝަމްހާ ފެނުމުން އިތުރަށް ހައިރާންވިއެވެ.” ދޮންބެ..” ފަރްހީންއަށް އެހާހިސާބަށް ބުނެވުމާއެކު އެތާންގައި ހުރި ޝަމްހާން ފަރްހީންގެ ލޮލުގައި އަޅައިގަތެވެ. ފަރްހީންގެ ނޭވާ އަވަސްވެ މުޅި މީހާ ފިނިވިއެވެ. ހުދުގަމީހަކާ ކަޅު ޓައީއެއްގައި ފެންނައިރު ޝަމްހާންގެ ރީތި ކަމުގެ ޖާދޫގައި ނުޖެހޭނެ އަންހެންކުއްޖެއް ނުހުންނާނޭކަން ޔަގީނެވެ. މަޑުމަޑުން ގާތް ވަމުން ގޮސް ޝަމްހާން މަޑުކޮށްލީ ފޫޓެއްހާ ދުރުގައެވެ. އަދި އެއްފައި މައްޗަށް އިށިނެވެ. ވާން މިއުޅެނީ ކީއްކަން އެހެން މީހުންނަށް ނަގައިގަނެވުނު އިރުވެސް ފަރްހީން ހުރީހުއްޓިފައެވެ.
“ހެއި.. ފަރް.. ވިލް ޔޫ މެރީ މީ؟” ފަރްހީންއަށް ކުރިންވެސް ދައްކާލި ނޫކުލައިގެ އެސްޖެހި އަނގޮޓި ދިއްކޮލަށްމުން ޝަމްހާން އަހާލިއެވެ. ދޭނެ ޖަވާބެއް ނޭންގި ހުރެފައި ފަރްހީން ދިއްކޮށްލީ އޭނާގެ ވާއަތެވެ. ދޫ ހަރަކާތް ނުކުރުމުން އަމަލުން އެކަން ހާމަ ކޮށްދިނީއެވެ. އެވަގުތު އެތާތިބި އެންމެން އަތް ޖަހަން ފެށިއެވެ.
އެއްމަސް ފަސް…
ނޫކުލައިގެ ކައިވެނީގެ ހަފްލާގެ ހެދުމުގައި ފަރްހީން ހީވަނީ ޖާދުވީ ރީތި ޕަރީއެއްހެނެވެ. ހަމައެފަދައިން ކަޅުކުލައިގެ ޓަކްސީޑޯ އެއްގައި ޝަމްހާންވެސް މޮޑެލްއަކަށްވެސް ދޫނުކުރާނޭކަން ގައިމެވެ. އެއްނަންބަރު ޖެޓީކައިރީގައި ޝަމްހާން އާއި ފަރްހީން ފުރުވަން ދިނިން އާއި އޭނާގެ ކުޑަކުޑަ އާއިލާ އައިސް ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާ ހިންހަމަ ޖެހުމެވެ. ޝަމްހާވެސް ފަރްހީން ގައިގައި ބައްދާލަމުން ކަންފަތް ދޮށުގައި ބުނެލި އެއްޗެއްގެ ސަބަބުން ފަރްހީންގެ ދޮން މޫނަށް ޖަންބުކުލައެރިއެވެ. އަދި ހަތަރު މިހުން އެއްކޮށް ހިނިގަނޑެއް ޖަހާލުމަށްފަހު ފަރްހީން އާއި ޝަމްހާން އާވީ ނެޗުރަލް ޕެރެޑައިސްއަށް ދިއުމަށް ހާއްސަ ކުރެވިފައިވާ ލޯންޗަށް އެރިއެވެ. ލޯންޗުނައްޓާލުމާއެކު ފަރްހީންއަށް ޝަމްހާންގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ދިނިންމެންވެސް އެމީހުންގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. މިއަދު އެ ހަތަރު މީހުންވެސް އެތަށް ހިތި ތަޖުރިބާތަކެއް ކުރުމަށް ފަހު އެވަނީ ހުރިހާ އުފަލެއް ލިބިފައެވެ. ކޮންމެ މީހެއްގެ ވެސް އާއިލާ ފުރިހަމަ ވެސް ކޮންމެ މީހަކަށް ވެސް އެމީހެއްގެ ލޯބި ލިބިފައެވެ. އެއީ ހަތަރު ހާދިޘާއެކެވެ. ހަތަރު ދިރިއުޅުމެކެވެ. ނަމަވެސް މިއަދު އެއީ އެއް އާއިލާއެކެވެ.
ނިމުނި 3>

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އާވާ ހަނދާން 3

Next

ރޭޝަމް (2)

Next
March 26, 2017

ރޭޝަމް (2)

Previews
March 25, 2017

އާވާ ހަނދާން 3

35 Comments

  1. imagination says:
    March 26, 2017 at 1:21 am

    after so many tragedies, finally they found their true happiness dhw. and mi vaahaka kamudhaane kamah ummedhu kuran. aslu komme meehaki ves farheen kahala hihvaru gadha kuhjjakah vaan miadhu ebajehey.. so i hope u liked everything abt this… please leave a comment abt this story.. adhi ves ithuru story akaa eku ill be back in sha allah.. good nyt all <3 <3

  2. Sweetie says:
    March 26, 2017 at 1:34 am

    Not bad.
    Hehehe…
    Aslu varah salhi.

    1. imagination says:
      March 26, 2017 at 1:27 pm

      thank u sweetie <3

  3. cham says:
    March 26, 2017 at 2:27 am

    Story nice… Ekam imlaa kutha ebahuri.. Ekam ves story hama habeys.

    1. imagination says:
      March 26, 2017 at 1:38 pm

      thank u for the sweet comment. in sha allah dhen liyaa stories rangalhu kureveythoa balaanan <3

  4. Mary says:
    March 26, 2017 at 2:30 am

    Asluves. V asarugadha ehaame rythi vaahakaeh. Thihaa kuda iru mihaa ryhthikoh vaahaka liyevenya in sha allah adhi mi ah vure rythi vaahaka liyeveyne in future. Best of luck dude. Waiting for ur new stry. And thanx for this lovely stry

    1. imagination says:
      March 26, 2017 at 1:40 pm

      ehhe.. thank u vvv bodah. in sha allah i’ll not stop writing ingey.. and anytime. it’s my pleasure to write..
      <3

  5. Saandy says:
    March 26, 2017 at 4:45 am

    V reethi nimunves… Ekam liyumuga v gina mistakes faahaga kurevunu… Fili badhaluvun kahala… Dhen liyaa vaahakaehga ekahala kankamah samaalukan dhehchey… Waiting for ur next story… 🙂

    1. imagination says:
      March 26, 2017 at 1:41 pm

      thank u… ? emme fav eh writer ge loabi comment eh libunima vv happy.. yep. in sha allah dhen filitakah samaalu vaanan ?

  6. #24 says:
    March 26, 2017 at 7:23 am

    Story varah rythi…. I like ur stories imagination…. Next story thankolheh avahah upload kohleveythow balaathi

    1. imagination says:
      March 26, 2017 at 1:44 pm

      labba.. thank u #24 ???

  7. aysh says:
    March 26, 2017 at 8:39 am

    nimuny dhw…
    vrh vrh rythi mi vaahka…
    n hykuran imagination ge ehn vaahka thakeh kiyaalan libeyne kamah…

    1. imagination says:
      March 26, 2017 at 1:50 pm

      in sha allah libeyne ???. theynks aysh <3

  8. Chum handi says:
    March 26, 2017 at 8:58 am

    haadha reethi story ekey…. please don’t go…… haha dr.Niyaf copy kuree….. BTW thanks mihaa reethi story eh genes dhee ninmaalee ma…. waiting for you next story…

    1. imagination says:
      March 26, 2017 at 1:51 pm

      hahaha.. not going 😛 anytime chum.. ? thanks for the loabi comment

  9. Wahy says:
    March 26, 2017 at 10:31 am

    Varah varah reethi story eh

    1. imagination says:
      March 26, 2017 at 1:51 pm

      theeynkss wahy ??

  10. Maree says:
    March 26, 2017 at 10:41 am

    V reethi

    1. imagination says:
      March 26, 2017 at 1:52 pm

      haha.. shukurihya maree <3

  11. Shu says:
    March 26, 2017 at 11:39 am

    Nimun vx varah reethi.adhivx miah vureves reethi apartment 5 b eh viyas aharumena hamayah genesdhrynvaane…….keep it up

    1. imagination says:
      March 26, 2017 at 1:54 pm

      ahaha….miburu apartment 5b ga ulheyni meehun maraa meeheh dhw? 😛 haha… theynkss vvv bodah shu ????

  12. Eanal says:
    March 26, 2017 at 2:53 pm

    Assu Mi story Warah Salhi.. ❤?
    First Mi Story Ge Name Fenifa Heekurie Ehaa Reehcheh Nuwaane Kamah..?? Miadh Fenunie Story Nimifa Indha..? Dhn Hama Neyngey Baarakun Kiyan Fettunii..??
    Wrh Lwbi Mi Storyy.. ??

    1. imagination says:
      March 26, 2017 at 3:06 pm

      ahahha… thank u eanal <3

  13. santhii says:
    March 26, 2017 at 11:43 pm

    rythii?

    1. imagination says:
      March 26, 2017 at 11:46 pm

      thank u santhi <3

  14. Dhon says:
    March 27, 2017 at 1:13 pm

    waiting for a new story…

  15. Falak says:
    March 27, 2017 at 4:38 pm

    Ninmun v salhi

  16. Mimmi says:
    March 27, 2017 at 4:56 pm

    Beautiful story one of my favorite.? Keep it up love your story.?

    1. imagination says:
      March 28, 2017 at 1:50 pm

      thanks mimmi <3

  17. Mimmi says:
    March 27, 2017 at 4:58 pm

    Very beautiful story one of my favorite.? Keep it up love your story.?

  18. firu says:
    March 27, 2017 at 6:58 pm

    vaahaka varah furihama adhi haadhisaathah hama super. ❤ ekamu olhun nufilaa ehthan kolhu ebain vaahaka nimunu iru ”farheen & dhinin ge bahpage gaathilakee kaaku kameh olhumeh nufilaa.” n eyna ah hahgu adhabu nulibi nimunu than kolhu ekani faaha kurevenee. Overall koh vaahaka v reethi. keep going on ?

    1. imagination says:
      March 28, 2017 at 1:22 am

      innane bunefa egeyah ai meeheh ge vaahaka.. sorry.. dhen faharakun ekahala thankolheh nuban dhaanan ingey… thanks for this adorable comment <3

  19. Book lover says:
    April 8, 2017 at 11:08 pm

    Alhey!!!
    This is added to one of my favourite stories now. You are a great writer Imagination!
    Hope you would continue writing . Once again…THIS STORY IS SO NICE!!!!
    Thank you Imagination!??

  20. Hanooo says:
    April 20, 2017 at 9:44 am

    Wowwww.. rovihje hama ragalhahvx… upload another story like this…

  21. remoo says:
    May 28, 2017 at 5:46 am

    v asarugadha hama rovijje… v v v reethi mi story….<3

Comments are closed.

All Right Reserved!