Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 2

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
March 25, 2017 3 Mins Read
5 Comments

ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލަމުން ގޮސް އެއްކޮށް ހުއްޓާލާފިއެވެ. މުޅި ޖައްވަށް ތާޒާކަން ގެނެސްދީފިއެވެ. ނަމަވެސް އިޝާގެ މޫނުމަތި ވަނީ މިލާފައެވެ. އެއްގަޑިއިރާއި މިނެޓްތައް ފާއިތުވެއެދަނީ އޭޝްގެ އިންތިޒާރުގައި އިދެއެވެ. ގުޅާ ކޮންމެ ފަހަރު ފޯން ބިޒީކޮށްލަނީއެވެ. “ސޮރީ، ބިޒީ” ގެ މެސެޖަކަށް ފަހު ދެން ގުޅާލި އިރު ފޯން ނިއްވާލާފައި އޮތުމުން އެކަމާ މާބޮޑަށް ދެރަވިއެވެ. އިޝާގެ މޫޑް ރަގަޅުކުރަން ފަޒޫއާއި އަރޫ މަސައްކަތް ކުރިނަމަވެސް އޭނގެން އެއްވެސް އަސަރެއް އިޝާގެ ހިތަކަށް ނުކުރެއެވެ. ހިތުގައިވި އުއްމީދުގެ ހުޅުކޮޅު ފާއިތުވެގެންދާ ކޮންމެ ސިކުންތަކާއި އެކު ދިޔައީ ނިވެމުންނެވެ. ” ބުންޏޭ އަންނާނަމޭ… ކޮންމެ ދުވަހަކުވެސް ބުނާ ގަޑިއަށް އަންނާނެ މީޓްކުރަން” ގިނި ވަގުތު ވާހަކަ ނުދައްކާ އިނުމަށްފަހު ބުނި ޖުމްލަ ފުރިހަމަ ނުކޮށް ނިއްމާލީ ވެފައި ހުރި ދެރައިންނެވެ.

“ދޫންޏާ.. މިރޭދެން ވިއްސާރަ ވީމަ ނާދެވުނީ ކަމަށްވާނީ . އެހެންނޫނަސް އަހަރަމެންނަށް އިނގޭ އިޝާ އެހާ “ކަޓު” މީހެއް ނުހޯދާނެކަން” ފަހު ޖުމްލަ އަރޫ ސަމާސާ ރާގަކަށް އިޝާއަށް އަމާޒުކޮށްލީ މޫނުމައްޗަށް  ވެރިވެފައިއޮތް މޮޅުވެރިކަން ފިލުވާލުމަށެވެ. ނަމަވެސް ގެނައި ޖޫސްތަށީވެސް ހުސްނުކޮށްލާ އިޝާ ގޮޑިންތެދުވީ ގެއަށް ދިޔުމަށެވެ. “ދަނީތަ؟؟ ދެން މިޖޫސްތަށި ހުސްކޮށްލާފަ ދާނީ… އެހެންނޫނަސް ރޭގަނޑު އެކަނި ދާކަށް ނުވާނެ” ފަޒޫގެ ކަންބޮޑުވުންތަކުގެ އަޑޫ އިޝާއަށް އިވުނު ކަމެއް ހީނުވެއެވެ.

އެންމެ ބަހެއްވެސް އިތުރަށް ނުބުނެ އިސްޖަހައިލައިގެން އިޝާ ކުރިއަށް ހިނގައިގަތެވެ. އިޝާގެ ހަރަކާތްތަކުން ކަމެއް ގޯސްވެއްޖެކަން ފަޒޫމެންނަށް އެނގިއްޖެއެވެ. އެހެންކަމުން އަވަހަށް ގޮސް އިޝާ ހުއްޓުވިއެވެ.  އޭރު އިޝާގެ ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ލޮލުން ކަރުނައިގެ ތިކިތައް ދިޔައީ ފައިބަމުންނެވެ. ކުރިމަތީ ހުރި ފަޒޫގެ މޫނަށް ބަލައިލީ ސުވާލާއި ހިތާމާއިގެ ނަޒަރަކުންނެވެ. ފަޒޫ ލަސްނުކޮށް އަވަހަށް އިޝާގައިގައި ބައްދާލީ އިޝާގެ ހިތާމާއިގައި ބައިވެރިވާކަން އަންގައިދިނުމުގެ ގޮތުމުގެ ގޮތުންނެވެ. ” ދޫންޏާ ނުރޮއި.. އޭނަ އެހެން ނުހަދާނެކަން ޔަގީން” “ތެދެއް އިޝާ… ކަމެއް ދިމާވެގެން ނާދެވުނީ ކަމަށް ވާނީ. އެކަމާ މާބޮޑަށް ނުވިސްނާ” އަރޫ ބިލަށް ފައިސާ ދެއްކުމަށްފަހު އައިސް ފަޒޫގެ ހިތްވަރު ދިނުމުގެ ބަސްތަކުގައި ބައިވެރިވިއެވެ.

އިރުކޮޅެއް ނުވެ އިޝާ ރުއިން އެއްކޮށް ހުއްޓާލިއެވެ. އެހެން ނަމަވެސް  މޫނުމަތިން މާޔޫސީކަން ފެންނަން ހުއްޓެވެ.

ގިނަ ފަހަރު ފަހަރު އިޝާ ރޯތަން ނުފެނުނަސް އިޝާއަކީ ހިތްބަލި ކުއްޖެއްކަން އިޝާ ދަންނަ އެއްމެނަށް އެނގެއެވެ. މަޑުމައިތިރި ކަމާއި ލަދުވެތިކަމުގެ ވެރިއެއްކަމުން ދިމާވާ ކަންތައްތައް އެހެންމީހުންނާއި ހިއްސާކުރަނީ ވަރަށް މަދުންނެވެ. ނަމަވެސް ފަޒޫއާއި އިޝާ އަހައިފިއްޔާ ކޮންމެ ވާހަކައެއްވެސް ހިއްސާކުރަނީ ދެކޮޅުޖެހުމެއް ނެތިއެވެ. އެއީ ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އަދި އެނާގެ އިހްސާސްތައް އެމީހުންނަށް އެނގޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނާތީއެވެ.

ކާރުގައި އިޝާ ގެއަށް ލައިދިނީ އަރޫއެވެ. ” އެކަމާ ނުވިސްނާ ނިދަން ދާނީ. އިޝާއަށް ނުނިދޭނަމަ މާދަން އުޅޭނީ ބޮލުގައި ރިއްސާތީ” އަރޫ އަމުރުކޮށްލީ މަންމައެއް ފަދައިންނެވެ. ” ބޮލުގައި ރިއްސަންޏާ ބޭސްކައްޗޭ” ކާރުން ފައިބަމުން ދިޔަ އިޝާއަށް ފަޒޫ ބުންޏެވެ.

“މާދަން އުޅޭނެ ބޮލުގައި ރިއްސާތީ” އަރޫ ޔަގީން ކަމާއިއެކު އެހެން ބުނެލީ އިޝާ ރަގަޅަށް އެނދި ހުރެއެވެ. ކިތަންމެ ކުޑަ ކަމަކާއިވެސް އިޝާއަކީ ސިކުނޑި

……………………………………………………………………

ފާހަނާއަށްވަދެ ތާޒާވެލައިގެން މުޅުގައިގައި ރަޖާލާއިގެން އޮށޯތެވެ. މިތަން ފެނިގެން އިޝާގެ މަންމަ، ފަރީދާ އެކަމާ ކަންބޮޑުވިއެވެ. “ދަރިފުޅާ ކިހިނެތްވީ؟” ކައިރީގައި އިޝީނުމަށްފަހު ފަރީދާ އަހައިލީ ކަންބޮޑުވުމުގެ ރާގަކަށެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު މޫނުމަތިން ރަޖާނަގާލިއެވެ. “ކުޑަކޮށް ބޮލުގައި ރިއްސަނީ” އިޝާ ދޮގު ހަދާލީ ތެދަށް ޖަވާބުދީފިނަމަ މަންމަ ދެން ކުރާނެ ސުވާލެއްގެ ޖަވާބު ދޭނެ ހިތްވަރެތް ނެތުމުންނެވެ. “އަވަހަށް ނިދާލާ. އިންޝާ ﷲ ނިދާލީމަ ރަގަޅުވާނެ.” އިޝާގެ ބޮލުގައި ދޮނެއް ދިނުމަށްފަހު އަރާމްކޮށްލުމުގެ ފުރުސަތު ދީ ފަރީދާ ދިޔައެވެ.

……………………………………………………………………..

ގަޑިން މެންދަމު 1 ޖެހިއިރުވެސް އިޝާއަކަށް ނުނިދުނެވެ. މާޒީގެ ގެ ހިޔާލުތަކުން ސިކުނޑިވަނީ ފުރިފައެވެ. އޭޝްއާއި އެންމެ ފުރަތަމަ ބައްދަލުވި ދުވަސްތަކުގެ ހަދާނެވެ.

އޭލެވެލް ނިއްމާލުމަށްފަހު އެތައް ތަނަކަށް ވަޒީފާއަށް ކުރިމަތިލުމަށްފަހު އެންމެ ފަހުން ވަޒީފާ ލިބުނީ ރޯދަމަހާއި ދިމާކޮށެވެ. އެހާ އުނދަގުލުން ލިބުނު ވަޒީފާއަކަށް ވުމާއި މީއީ އިޝާގެ ފުރަތަމަ ވަޒީފާކަމުން ވަޒީފާގައި ދެމިހުރުމަށް އިޝާ ހިތްވަރާއި އެކު މަސައްކަތް ކުރަމުން ދިޔައެވެ. އަދާ ކުރަންޖެހެނީ އިސްވެރިޔާގެ ސެކަޓްރީގެ މަގާމް ކަމުން އުޅެންޖެހުނީ ބުރަކޮށެވެ. އޮފީހުގެ އެންމެހާ ކަންތައް ދަސްކޮށް އިސްވެރިޔާގެ ރުހުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ގިނަ ދުވަސްދުވަހު އެންމެ ފަހުން އޮފީހުން ނުކުންނަ މީހަކަށް ވަނީ އިޝާއެވެ.

މިއަދަކީވެސް ހަމަ އެކަހަލަ ދުވަހެކެވެ. މަސައްކަތަށް ގެއްލިފައި އިން އިޝާއަށް ކުޑަ ހޭވެރިކަމެއް އައީ އޮފީހުގެ މަސައްކަތު މީހާ އޮފީސް ލައްޕަން އައިސް އިޝާއަށް ގޮވާލުމުންނެވެ. އަވަސް އަވަހަށް ގަޑި ބަލާލިއިރު ބަންގި ދޭން ދެތިން މިނެޓަށް ވެއްޖެއެވެ. ދަބަސް ކޮޑުގައި އަޅުވައި އިޝާ އަވަސްވެގަތީ ވީހާވެސް އަވަހަށް ގެއަށް ދިޔުމަށެވެ. އިޝާ އޮފީހުން މަގަށް ނިކުތްއިރު ހުރީ ފޯނަށް ގެއްލިފައެވެ. ލަސްވެދާނެ ކަމަށްބުނެ މަންމަ އަށް މެސެޖެއް ފޮނުވާލުމުގެ ތެރޭގައެވެ. އެހެންކަމުން މަގަށް ބަލާނުލައި މަގުހުރަސްކުރަން ކުރިއަށް ހިނގައިގަނެވުނެވެ. ކުއްލި ސިހުމަކާއިއެކު އިޝާއަތުގައި އޮތް ފޯން ވެއްޓުނީ ފަހަތުންއައި ކާރުގެ ބަރުގޮނުގެ އަޑަށެވެ. ނަމަވެސް މާ ލަސްވެއްޖެއެވެ. “މަންމާ…”އޭ ކިޔައި ބާރަށް ގޮވުމުން ފިޔަވައި އިޝާއަށް އިތުރުކަމެއް ނުކުރެވުނެވެ. ކާރު ކޮންޓްރޯލުން ނެއްޓި އިޝާގައިގައި ޖެހުމާއި އެކު އޭނާގެ ހަބަރު ހުސްވެ ބިންމައްޗަށް ވެއްޓުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އައިޝާ 22

Next

މިހިތުގެ ވިންދޭ ތީ (ތިންވަނަ ބައި)

Next
March 25, 2017

މިހިތުގެ ވިންދޭ ތީ (ތިންވަނަ ބައި)

Previews
March 25, 2017

އައިޝާ 22

5 Comments!

  1. Yoonii says:
    March 25, 2017 at 3:35 pm

    Mibaives v reethi… Keep it up ???…. Next part konirakun up kohdheny….

  2. maroon says:
    March 25, 2017 at 4:22 pm

    thank you dear. veehaaves avahahka kureveythw balaanan . much love 🙂

  3. maroon says:
    March 25, 2017 at 4:24 pm

    mee alhugaduge furathama vaahaka ah vumun mistake eh hedheyne nama bunelumah v adhen. abadhuves binaa kuranivi faadukiyumah maruhaba kiyaanan 🙂

  4. Green handi says:
    March 25, 2017 at 5:02 pm

    Maroon story is speechless nimendhen up kuraanekamah ummeedhu kuran

    1. maroon says:
      March 25, 2017 at 6:02 pm

      🙂

Comments are closed.

Next Episodeއާވާ ހަނދާން 3←


All Right Reserved!