Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (1)

Saandy
March 25, 2017
8 Mins Read
62 Views
42 Comments

ގަޑިން އަށެއް ޖެހިއިރު ރޭޝަމް ހުރީ ޓެކްސީއެއް ނުލިބިގެން މަގަށް ނުކުމެއެވެ. މިހެން ހުރިއިރު އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. މަގުގެ ދެކޮޅު ބަލާ ކުރިއަށް ހިނގައިގަތެވެ. ޓެކްސީއެއް ނުލިބުނީތީ ފައިމަގުގައި ދާން ކަމަށެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ދަނިކޮށް ސައިކަލެއްގެ ބަރުގޮނު އަޑަށް ފަސްއެނބުރި ބަލާލިއެވެ.

“މާބާރަށް ކޮންތާކަށް؟” ޒިޔާދު އަހާލިއެވެ.

“ތޭންކް ގޯޑް! ނަސީބެއް ޒިޔާ އައިކަން. ނިކަން އަވަހަށް އަހަރެން އޮފީހަށް ގެންގޮސްދީބަލަ.” ޒިޔާދު ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ރޭޝަމް ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. ޒިޔާދުގެ ސައިކަލުގައި ރޭޝަމްއަށް އޮފީހަށް އާދެވުނުއިރު، އޭނާ ލަސްވެގެން ދިމްނާ ބޭރަށް ނުކުމެ ހުއްޓެވެ.

“ހާދަ ލަސްވީ. ގުޅާގުޅާ ފޯނުވެސް ނެގީކީ ނޫން.” ރޭޝަމް ޒިޔާދުއަށް ޝުކުރު އަދާކުރަމުން ދިމްނާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“ލަސްވާނެއެއްނު. އެންމެ ފަހު ވަގުތު ޓެކްސީގަނޑެއްވެސް ލިބުނީކީ ނޫން. ޒިޔާއާ ދިމާނުވިނަމަ އަދި މިއަށްވުރެވެސް ލަސްވީސް. ކޮބާ އެންމެން؟” އެތެރެއަށް ވަންނަމުން ރޭޝަމް ދިމްނާއާއި ވާހަކަދެއްކިއެވެ.

“އެންމެން އައިސް އެބަތިބި. ރޭޝަމް ނައިސްގެން ނުފެށިފަ މިތިބީ.” ދިމްނާ ބުނެލިއެވެ. ރޭޝަމްއާއި ދިމްނާ، ރޭގަނޑު އޮފީސް ކުދިންތައް ނެރެގެން އޮފީސް ތައްޔާރުކުރަމުން ދިޔައީ އެމީހުންގެ އޮފީހުގެ ވެރިޔާ ބަދަލުވެ، މާދަމާއިން ފެށިގެން އާ ވެރިއެއް އޮފީހާއި ހަވާލުވާތީ މަރުޙަބާ ކިޔުމަށެވެ.

“އަހަރެންނަށް މިރޭ ނިދޭނެ ކަމެއްވެސް ނޭނގެ. މިހާރުވެސް ކެތްމަދުވެފަ މިހުންނަނީ ނިއު ބޮސް ދެކިލާ ހިތުން. ސަޅި ބިޓަކަށް ވެއްޖެއްޔާ އެންމެ ފުރަތަމަވެސް ޕްރޮޕޯސް ކޮށްލާނީ.” ލާރާ އެކަންޏެއް ނޫނެވެ. އެތާނގައި ތިބި ގިނަ އަންހެން ކުދިންގެ ހާލަކީ އެއީއެވެ. އެންމެންގެ ހިތުގައިވެސްވަނީ “ނިއު ބޮސް”ގެ ޚިޔާލީ ރީތި ތަސްވީރެއް ކުރަހާލެވިފައެވެ. ނޭނގެނީ އެކުރެހުނު ޚިޔާލީ ތަސްވީރާއި ޙަޤީޤީ ތަސްވީރާއި ހުރި ގުޅުމެވެ.

ހެނދުނު ހޭލީއްސުރެ ފެށިގެން ރޭޝަމްގެ ލޯ ތޮޅޭވަރުން އުނދަގޫވެގެން އެތަށް ގޮތެއް ހެދިއިރުވެސް ރަނގަޅެއް ނުވިއެވެ. މީހުން ބުނާގޮތުން، އާންމުކޮށް ލޯ ތޮޅޭނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭތީއެވެ. ރޭޝަމް އޮފީހަށް ވަދެގެން ދިޔައިރު އެންމެންވެސް ތިބީ “ނިއު ބޮސް”ގެ އިންތިޒާރުގައެވެ.

“ކޮބާ؟” ދިމްނާ ގާތުގައި ރޭޝަމް އަހާލުމުން އަދި ނާދެއޭ ބުނެލިއެވެ.

“ވަޑައިގެންފި.” ލޫތު އައިސް މިހެން ބުނުމުން ހުރިހާ އަންހެންކުދިންގެ ހިތްތައް ތެޅިލިއެވެ. އެތެރެއަށް ވަދެގެން އައި ޒުވާނާ ފެނިފައި އެންމެންގެ ތަލިން ކުޅު ހިކިގެން ދިޔައެވެ.

“ވާއު! ރޭޝަމް! އަހަރެން ހިފަހައްޓާ. އަހަރެން މިއޮއް ވެއްޓެނީ.” ލާރާ އައިސް ރޭޝަމްގެ އަތުގައި ހިފާލަމުން ރޭޝަމްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.

“ލާރާ! ތިވަރު ވަންޏާ އެމްބިއުލެންސަށް ގުޅަންވީނު.” އެތަނުން އަންހެންކުއްޖަކު ބުނެލިއެވެ.

“މަށަށް ވަރުވެޔޭ ބުނާއިރު، ބަލަ ތިމީހުންވެސް ތިތިބީ ތަލިން ކުޅު ހިކިފަ. ބަލާބަލަ ރޭޝަމްއަށް.” ލާރާ މިހެންބުނެ ރޭޝަމްއާއި ދިމާކޮށްލިއެވެ. ތެދެކެވެ. ރޭޝަމްއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެން ކަޅިޖަހާނުލާ އެޒުވާނާއަށް ބަލާށެވެ.

“ޒައިކް!” ރޭޝަމްއަށް މަޑުމަޑުން ކިޔާލެވުނެވެ. އޭރު އެހިތުގެ ވިންދު އަވަސްވެ، އަތްފައި ގަނޑުފެންހާ ފިނިވެއްޖެއެވެ.

“ރޭޝަމް! އާ ޔޫ އޯކޭ؟” ރޭޝަމްއަށް ވަމުންދާގޮތް ފެނި ދިމްނާއަކަށް ހިމޭނަކުން ނުހުރެވުނެވެ.

“ރޭޝަމް އޭނަ ދަންނަންތަ؟” ލާރާވެސް ސުވާލުކޮށްލިއެވެ.

“އަހަރެން އެބަ އަންނަން.” ރޭޝަމް އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ފާޚާނާއަށްވަދެ ދޮރު ލައްޕާލުމާއެކު، ފުން ނޭވާތަކެއް ލާންފެށިއެވެ.

**********

ޒައިކް ވަދެގެން ދިޔައިރު ހުރިހާ އަންހެންކުދިންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގި ފޫހިކަމެއް ހިތުގައި ހިނގާލިއެވެ.

“ޤާދިރު! އަހަރެން ބޭނުން މި އޮފީހުގަ ކުރެވިފަހުރި ހުރިހާ މަސައްކަތެއްގެ ފައިލްތައް. އަދި ނުނިމިހުރި މަސައްކަތްތައްވެސް ބަލަން ބޭނުން. އާނ. އަދި އެންމެ މުހިންމު ކަންތައް. އެމީހަކާ ހަވާލުވެފަހުރި މަސައްކަތްތަކާ އެކަންކަން ނުނިމިހުރި ސަބަބު ބަޔާންކޮށްދޭން މާދަމާރޭ މީޓިންގއެއް ބާއްވާލަންވާނެ.” ޒައިކް އޭނާއަށް ޚާއްސަކުރެވިފައިވާ ކެބިންއަށްވަދެ، ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. ލޮލުގައި އިން އަވި އައިނު ނަގާ މޭޒުމަތީ ބޭއްވިއިރު އެދެލޮލުގައިވަނީ ހަމަހިމޭންކަމެވެ.

“ސަރ! އަޅުގަނޑަށް ފެންނަނީ ތިކަމުގެ މަޢުލޫމާތު ރޭޝަމްއާ ހިއްސާކޮށްލަން. އެއީ އަޅުގަނޑު ތިގޮނޑީގަ އިނދެ މަސައްކަތްކުރިޔަސް، މިތަނުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ރޭޝަމް. އަޅުގަނޑު ރޭޝަމް ގެންނަންތޯ؟” ޤާދިރުގެ ދުލުން ރޭޝަމްގެ ނަން އިވުމުން ޒައިކަށް ތެޅިގަނެވުނެވެ.

“އަނެއްކާ އެއީ އެ ރޭޝަމް ނޫންބާ؟” ޒައިކްގެ ހިތަށް އެރިއެވެ.

ޒައިކްގެ ޖަވާބެއް ނުލިބުމުން ޤާދިރު މަޑުމަޑުން ގޮވާލިއެވެ. އޭރު ޒައިކްގެ މޫނުމަތިން ފެންނަންހުރި ނުތަނަވަސްކަން ޤާދިރު ދެނެގަތެވެ. އަލަށް އޮފީހަށް އަންނަ ދުވަހު އެފަދަ ގޮތެއް ވެދާނެކަމަށް ވިސްނާފައި ޤާދިރު ބުނީ، ސައި ނިންމާފައި ރޭޝަމްއާއި ބައްދަލުކުރިޔަސް އެންމެ ރަނގަޅުވާނެ ކަމަށެވެ.

“ނޫން. ހަމަ މިހާރުން މިހާރަށް ހުރިހާ ކަމެއް ބަލަން ބޭނުން.” ޒައިކް ފުން ނޭވާއެއްލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ރޭޝަމް ފޮނުވުމަށް ބުނެލުމުން ޤާދިރު ނުކުމެގެން ދިޔައެވެ.

އެތައް އަހަރެއް ވޭތުވެދިޔައިރުވެސް އޭނާގެ ހިތުގައި ރޭޝަމްއަށް ދެވިފައިވާ މަޤާމަކަށް ބަދަލެއްނައެވެ. އެރީތި ސޫރަ ދުށުމަށް އެދެލޯ ބޭޤަރާރުކަމާއެކު އިންތިޒާރުކުރަން ފެށިއެވެ. އޭނާ ރޭޝަމްދެކެ ލޯބިވާކަން އަންގައިނުދެވިގެން އުޅެނިކޮށް ވަކިވާން ޖެހުނީއެވެ.

**********

“އެއީ ޒައިކް. ޔަޤީން އެއީ އޭނަކަން. ދެން ކިހިނެއް ހަދާނީ؟ އޭނައަށް އަހަރެން ފެނިއްޖެއްޔާ ދެން ކިހިނެއް ވާނީ؟ އޯހ ނޯ!” ރޭޝަމް ވިސްނަމުންދިޔަ ވަރަކަށް އޮށްދާ ހިއްލަން ފެށިއެވެ. ހާސްކަން ކަނޑުވާލުމަށްޓަކައި، ރަނގަޅަށް މޫނު ދޮވެލިއެވެ. އަދި އަތްދަބަހުން ރީތިވާ ސާމާނު ނަގާ ރީތިވެލައިގެން ދޮރު ހުޅުވާލިއިރު ދިމްނާއާއި ލާރާ ދޮރު ކައިރީގައި ތިއްބެވެ.

“ކީއްވެ މިތާ ތިތިބީ؟” ހައިރާންކަމާއެކު ރޭޝަމް އަހާލިއެވެ.

“ޤާދިރު އެބަ ރޭޝަމް ހޯދާ.” ދިމްނާ މިހެން ބުނެލުމުން ރޭޝަމްގެ ހިތް ތެޅިގަތެވެ. އޭނާ ޒައިކް ކުރިމައްޗަށް ދާން ޖެހިލުންވެއެވެ.

“އެކީއްކުރަން އަހަރެން ހޯދަނީ؟” ރޭޝަމްގެ އަޑުގައިހުރި ތުރުތުރުލުމުން، ކޮންމެވެސް ގޯހެއް އުޅޭކަން ދިމްނާއާއި ލާރާއަށް އެނގުނެވެ.

“ތީ ބޮސްގެ ޕާރސަނަލް ސެކްރެޓަރީ ވީމަ ކަންނޭނގެ.” ދިމްނާ ބުނެލިއެވެ.

“އެއީ ޤާދިރު ސަރގެއެއްނު.” ދިމްނާމެންނާއި އެކުގައި ހިނގައިގަތްއިރުވެސް ރޭޝަމްގެ ހިތް ތެޅޭވަރުން ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ.

**********

މާޒީގެ ތެރެއަށް ގެއްލިފައި އިން ޒައިކް ސިހުނީ ދޮރުގައި ޓަކިދޭ އަޑަށެވެ. އެއައީ ރޭޝަމްކަން އެނގުމުން ހިތުގެ ހިނގުން އަވަސްވިއެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ އެތެރެއަށް ވަނުމަށް ބުނެފައި، ކުރިމަތީހުރި ފެންތަށިން ފެންފޮދެއް ބޯލިއެވެ. އެވަރުންވެސް ޒައިކްގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅުނެވެ.

“މިހިރީ ފައިލްތައް. މީ ނިމިފަހުރި މަސައްކަތްތަކުގެ ފައިލްތައް. ދެން މީ މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ފައިލްތައް.” ރޭޝަމް މިހެން ބުނިއިރު އެއަޑުގައި އެއްވެސް ނުތަނަވަސްކަމެއް ހުރިހެނެއް ހިޔެއްނުވެއެވެ. ޒައިކަށް ބަލާލެވުނު ގޮތަށް ހުއްޓުން އަރާފައި އިނދެވުނެވެ. އިސްއޮބާލައިގެން އެހުރި ފަރި ޕަރީއަކީ ހަމަ އޭނާގެ ރޭޝަމްއެވެ. އެރީތިކަން އަދިވެސް ފަނޑުވުމެއްނެތެވެ. އެމޫނުގެ އުޖާލާކަން ކުރިއެކޭވެސް އެއްގޮތަށް ވިދަވިދާ ހުއްޓެވެ.

ޒައިކް އެއްވެސް ބަހެއް ނުބުނެ ޖެހި ބުދެއްހެން ގާވެފައި ބަލަން އިންތަން ފެނި، ރޭޝަމް ގާތަށް ރުޅިއައެވެ. ވެގެންވަންޏާ އޭނާ ޒައިކްގެ ކުރިމައްޗަކަށް ނައިހެވެ. ހިތް އެދުނީ ވަގުތުން ވަގުތަށް ވަޒީފާ ދޫކޮށްލާފައި ގެއަށްދާށެވެ. އެހެނަސް ހާލަތު މަޖުބޫރުކުރަނީ މަޑުކުރާށެވެ. އޭނާ ވިސްނީ ޒައިކަކީ ހަމައެކަނި އޭނާގެ ސާހިބުމީހާގެ ގޮތުގައި ދެކުމަށެވެ.

“ސަރ! ދެން އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ؟ އޮޅުންފިލުވާލަން ބޭނުންވާ ކަމެއް އޮތިއްޔާ ގޮވާލައްވާ.” ރޭޝަމް ހުއްދައަކަށް އެދުމުންވެސް ޒައިކް އެއިންގޮތަށް ޖަވާބެއްނުދީ އިނެވެ. އެހެންކަމުން ރޭޝަމް ޒައިކްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނުކުމެގެން ދިޔައެވެ. އޭރު އެހިތުގެ ތެޅުންވެސްވަނީ އަވަސްވެފައެވެ. ކިތަންމެ ނަފުރަތެއްކުރި ނަމަވެސް އަދި ފޫހިވި ނަމަވެސް، އެ ފިރިހެންވަންތަ ރީތިކަމަކީ ހިތްތަކަށް އަސަރުކުރުވާނޭފަދަ ތޫނު ހަތިޔާރެކެވެ. ރޭޝަމްއަށް އަބަދުވެސް ޒައިކްގެ އެ ވިދުންގަދަ ދެލޯ ވަރެއް ނޯވެއެވެ. އެދެލޮލަށް ތަޢުރީފު އޮއްސުނު އަދަދެއް އޭނާއަކަށް ނޭނގެއެވެ. އެއީ މާޒީއަށްވިޔަސް މިއަދުވެސް އެދެލޮލަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ. އެދެލޮލުގައިވާ ތޫނުކަން ޚަންޖަރެއް ފަދައިން އެހިތް ޒަޚަމްކޮށްލައިފިއެވެ.

ރޭޝަމް ނުކުމެގެންދިޔަ ދިމާއަށް ބަލަން އިން ޒައިކްގެ ދެލޯ ފެންކަޅިވީ ހިތަށް ސިފަވި މާޒީއިންނެވެ. ދެލޯ ފޮހެލަމުން ޒައިކް ފެންފޮދެއް ބޯލިއެވެ.

“ރޭޝަމް އަދިވެސް ހާދަ ރީއްޗޭ. އެކަމަކު މިއަދު ރޭޝަމްއަށް ބަލާލުންވެސް އެއީ ކުށެއްކަމުގައި ނޫނީ ނުވާނެ. ތިހިތުގަ އަހަންނާ މެދުގައިވާ ނަފުރަތު ފިލުވާލަން ކިތަންމެ ބޭނުންވިޔަސް، އެކަން ފިލުވާލަން ހަދާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ. ރޭޝަމްއަށް ޙަޤީޤަތް އަންގައިދޭން، ފުރަތަމަ އެކަމުގަ ފޮރުވިފައިވާ ޙަޤީޤަތް، އަހަރެން ހޯދަން ޖެހޭނެ. އާނ. އަހަރެން އެކަން ހޯދާނަން. އަދި ތިހިތުގަ އަހަންނާމެދު އޮތް ނަފުރަތު ލޯތްބަށް ބަދަލުކުރާނަން. މީ އަހަރެންގެ ލޯތްބަށް އަހަރެން ވާ ވަޢުދެއް.” ޒައިކް އޭނާގެ ފޯނުގެ ސްކްރީންގައި އިން އޭނާއާއި ރޭޝަމްގެ ފޮޓޯއަށް ބަލަން އިނދެ ހިތާހިތުން ވާހަކަދެއްކިއެވެ.

**********

ޒައިކްގެ ކެބިނުން ނުކުތް ގޮތަށް ރޭޝަމް މިސްރާބުޖެހީ ކެންޓީނާއި ދިމާއަށެވެ.

“ރޭޝަމް! ކޮބާ ނިއު ބޮސް ކިހިނެއްވަނީ؟ މިބުނީ ވަރަށް ފްރެންޑްލީހޭ؟” ރޭޝަމްގެ ފަހަތުން އައިސް ލާރާ ސުވާލުކުރިއެވެ.

“މަމި ދިޔައީ އޭނަ ފްރެންޑްލީތޯ ބަލާކަށް ނޫން.” ރޭޝަމް ފޫހި ގޮތަކަށް ބުނެލިއެވެ.

“ހާދަ ރުޅިއެއް ތިއައީ.” ރޭޝަމް ދުވަހަކުވެސް ވާހަކަ ނުދައްކާ ގޮތަކަށް ވާހަކަދެއްކުމުން ލާރާ ދެރަވާގޮތްވިއެވެ.

“ސޮރީ! ބޮލުގަ ރިއްސާވަރުން ވާގޮތް. ހިނގާ ސައިބޯން. ވަރަށް ބަނޑުހައިވެއްޖެ. ކޮބައިތަ ދިމްނާ؟” ލާރާ ހުރިގޮތް ފެނިފައި ރޭޝަމް ވަރަށް ދެރަވިއެވެ. ޒައިކްދެކެ އަންނަ ރުޅި ރައްޓެހިންނަށް ފިލުވާލުން އެއީ ގޮތެއް ނޫނެވެ.

“އަހަރެން މިހުރީއޭ. ބަނޑުހައިވެގެން ތިމީހުން މި ހޯދަނީ.” ތިން މީހުން އެކުގައި ގޮސް ސައިބޯން އިށީންއިރު ދައްކަމުން ދިޔައީ ކުންފުނީގެ އަހަރީ ޕާޓީއަށް ތައްޔާރުވުމުގެ ވާހަކައެވެ.

**********

އޮފީހުން ގެއަށް ދެވުނުއިރު ޒައިކް ހުރީ ވަރަށް ވަރުބަލިވެފައެވެ. ގެއަށް ވަންތަނާ އަސްނާ ގޮވާލުމުން ނުކާނަމޭ ބުނެ މަޑުވެސްކޮށްނުލާ ކޮޓަރިއަށް ދިޔައެވެ.

“ޒައިކް! ޒައިކް! ދޮރު ހުޅުވަބަލަ.” ނިދިޖެހިފައި އޮއްވާ ދޮރުގައި ތަޅާ އަޑަށް ޒައިކް ކަންނެތް ގޮތަކަށްގޮސް ދޮރު ހުޅުވިއެވެ.

“ކީކޭ ފަހަރީ؟” ޒައިކް އަހާލިއެވެ.

“ބައްޕަ ގުޅުއްވާފަ ބުނުއްވީ ޒައިކް ފޯނެއް ނުނަގަޔޯ. ގޮވާލަދޭށޯ. އެހެންވެ.” އަސްނާ މިހެން ބުނުމުން ޒައިކް ދޮރު ލެއްޕުމަށްފަހު އައިސް ފޯނު ބަލާލިއެވެ. އޭރު ބައްޕަ ހަ ފަހަރަށް ގުޅާފައި އޮތުމުން ކަންބޮޑުވިއެވެ.

“ހަލޯ! ދަރިފުޅު ފޯނު ނުނަގާ ކީއްތަ ތިކުރަނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ!” ޒައިކް ގުޅުމާއެކު އާލިމް ބުނެލިއެވެ. އެއަޑުގައިހުރި ހާސްކަން ދެނެގަންނަމުން ނިދުނީކަމަށް ޒައިކް ބުނެލިއެވެ.

“އަސްނާ ބުނި ނުވެސް ކަޔޯ ތިއޮތީ. އަވަހަށް ގޮސް ކާން އުޅޭ. ކައިގެން އޮންނަންވާނީ. އޮފީހަށްދިޔަ ފުރަތަމަ ދުވަސްވީމަ އޮފީހުގެ ކަންތައްތައް އަހާލަން ބައްޕަ މިގުޅީ.” ޒައިކް ކާހިތް ނެތްކަމަށް ބުނެ ބަހަނާ ދެއްކުމުން އާލިމް ނުރުހުންވާގޮތް ދައްކާލިއެވެ. އާލިމް ނުރުހޭގޮތް ދައްކާލުމުން ޒައިކް ކާން އެއްބަސްވިއެވެ. އާލިމްއާއި އޮފީހުގެ ކަންތައްތައް ހިއްސާކޮށްލާފައި ޒައިކް ފޯނު ބޭއްވިއެވެ. ކާހިތް ނުވިނަމަވެސް ބައްޕަ ގާތުގައި ކާން އެއްބަސް ވެވުމުން، ކޮޓަރިން ނުކުތެވެ.

“ފަހަރި އަދިވެސް ނުނިދަންތަ؟ ކޮބާ ދޮންބެ؟” އަސްނާ ނުނިދާ ސިޓިންގރޫމް ސޯފާގައި އިންތަން ފެނުމުން ޒައިކް ހައިރާންވިއެވެ. އޭނާ ގަޑި ބަލާލިއިރު މެންދަމު 12:30 ވަނީއެވެ.

“އަދި ނާދޭ. ދެންމެ ގުޅާފަ ބުނި މި އަންނަނީޔޯ. ޒައިކަށްވެސް އިނގެއެއްނު ޑޮކްޓަރީ ކަންތައްތައް ހުންނާނެ ގޮތް. ކޮންމެ އިރަކުވެސް ދާން ޖެހިދާނެ. އަދި އާދެވިދާނެ ކިތަންމެ އިރަކުންވެސް.” އަސްނާ ހިނިތުންވެލަމުން އަމިއްލަ ފިރިމީހާއާމެދު ފަޚްރުވެރިވެލިއެވެ.

“ޒައިކް! ބަދިގެއަށް ތިދަނީ ކާންތަ؟” ޒައިކް ބޯ ޖަހާލިއެވެ.

“އަޅެ! ޒައިކް ނުކާނަމޭ ބުނީމަ އަހަރެން ހުރިހާ އެއްޗެއް ޑަސްބިނަށް އަޅާލައިފިން. ދޮންބެއަށް ގުޅާލާފަ މިބުނަނީ އިނގޭ ކާއެއްޗެއް ގެންނަން.” ޒައިކަށް ނުބަހައްޓާ ކާއެއްޗެހި އުކާލެވުމުން އަސްނާ ވަރަށް ދެރަވިއެވެ.

“ނޫނޭ. ދެން ދޮންބެއަށް ގުޅާނެ ކަމެއްނެތް. ނޫޑްލިސް އެބަހުރިތަ؟” ޒައިކް އެހެން އަހާލުމުން ހަސްނާ ބޯޖަހާލިއެވެ. ޒައިކް ކާހިތް ނެތަސް ކާން ޖެހޭތީ އަމިއްލައަށް ކައްކާލަން ނިންމިއެވެ.

އަމިއްލަ އަތުން ކައްކައިގެން ކާން އިން ޒައިކް ކުއްލިއަކަށް ހަނދާންވީ ރޭޝަމް މަތިންނެވެ. ރޭޝަމްއަށް އަބަދުވެސް އޭނާ ކައްކާ ނޫޑްލިސް ވަރަށް މީރުވާނެއެވެ. ގުޅާ ގެންގޮސްގެންވެސް ނޫޑްލިސް ކައްކުވާނެއެވެ. ރޭޝަމްގެ ހަނދާންތައް އާވުމުން ލޮލުން ކަރުނަ ހިލުނެވެ. ކާއެތިކޮޅު ކަރުގައި ތާށިވިއެވެ. ކާން އުޅެއުޅެ އިތުރަށް އެންމެ އެތިކޮޅެއްވެސް ނުދިރުނެވެ. އެހެންކަމުން ބާކީހުރި ނޫޑްލިސްކޮޅު ޑަސްބިނަށް އަޅާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. މިއަދު އެހަނދާންތައް އިތުރަށް އާވީ އެސޫރަ ފެނުމުންކަން ޒައިކަށް އެނގުނެވެ. އެނދުގައި އޮވެ ދެލޯ މަރާލުމުންވެސް ފެނުނީ އެ އޮމާން މޫނެވެ. ނުރުހުންވެފައިވާ އެ ނަޒަރެވެ. ނިދަން އުޅެއުޅެ ނުނިދުމުން ޒައިކް ކޮފީއެއް ހިފައިގެން ޓެރަހަށް ނުކުތެވެ.

ޓެރަހަށް ނުކުތުމުން މޫނުގައި އައިސް ބީހިލި ފިނިފިނި ރޯޅިތަކުން ހަށިގަނޑަށް އަރާމުކަން ގެނެސްދިނެވެ. އެހެނަސް އެހިތުގައި އަނދަމުންދާ ދިލަ ހޫނަކަށް ބަދަލެއްނައެވެ. ޓެރަހުގައިހުރި ގޮނޑިއެއްގައި އޮށޯވެލަމުން ޒައިކް ދެލޯ މަރާލީ ނުނިދޭނެކަން އެނގިހުރެއެވެ. އާދުވަހަކަށް އިރު އުދަރެހުން އެރީވެސް ޒައިކް އެހާލުގައި އެރީތި ހަނދާންތަކުގައި އޮއްވައެވެ.

**********

ރޭޝަމްގެ ހާލަކީވެސް އެއީއެވެ. ރޭޝަމް ރޭ ހަތަރުދަން ހޭދަކޮށްލީ ޒައިކްގެ ހަނދާނުގައެވެ. އެތައް ދުވަހަކަށްފަހު ޒައިކް ފެނުމުން، އެކުގައި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް އާވެ ހިތަށް ވެރިވި އުފާވެރިކަމާއި އެއްވަރަށް ހިތިކަމެއްވެސް ވެރިވިއެވެ. ރޭޝަމް އޮފީހަށް ދާން ތައްޔާރުވީއިރުވެސް ލޮލުގައި ނިދީގެ އަސަރު ހުއްޓެވެ. އެދެލޮލުގައިހުރި ރަތްކަން ފެނުނު ކޮންމެ މީހަކު ސުވާލުކުރާނެކަން އެނގޭތީ، ރޭޝަމް ދިޔައީ މާކުރިން އެ ސުވާލުތަކަށް ތައްޔާރުވެގެންނެވެ.

މިއަދުވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް ރޭޝަމް އޮފީހުގައި އަވަދިނެތި އުޅުނުއިރު، ދޭތެރެދޭތެރެއިން އެކި ކަންކަމުގައި ޒައިކްގެ ކެބިންއަށް ދާން ޖެހުނެވެ.

“މިރޭ މީޓިންގ އެކުލަވާލާއިރު މިބުނި ހުރިހާ ކަމެއް ހުންނަން ޖެހޭނީ ފުރިހަމަވެފަ.” ޒައިކްގެ ވާހަކަދެއްކުމުގައި ހުރީ އަމުރުވެރި ގޮތެވެ. ރޭޝަމް ވީ ފޫއްސެއްގެ ބޮޑުކަމުން “ލައްބަ” އޭ ބުނެފައި އަވަހަށް ނުކުމެގެން ދިޔައެވެ.

ޒައިކަށް ރޭޝަމް އެ ކެބިންއަށް އައިސްފައި އަވަހަށް ނުދެވިގެން އުޅޭކަން ފާހަގަކުރެވުނެވެ. އެހެން ވާނެކަންވެސް ޒައިކަށް އެނގެއެވެ. ރޭ ހަތަރުދަމު ވިސްނާފައި ނިންމީ ގިނަގިނައިން ރޭޝަމްއާއެކު ވަގުތު ހޭދަކުރުމަށެވެ. ރޭޝަމްއަށް އޭނާގެ އެއްވެސް ކުށެއް ނެތްކަން އިހުސާސްކޮށްދިނުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، އެކުގައި ގިނަ ވަގުތު ހޭދަކުރުންކަން އޭނާއަށް ވިސްނުނެވެ.

އޮފީހުގެ ބައްދަލުވުމަށް އެންމެން އައިސް ހަމަވިއިރުވެސް ޒައިކްގެ ޚަބަރެއް ނުވެއެވެ.

“މިފަހަރު ހީވޭ މިއައީ ވެރިއެއްހެން. ކުދިން ކުދިން ވިސްނައިގެން އުޅޭތި.” އެއޮފީހުގައި އުޅޭ އެންމެ ހީވާގި މުވައްޒަފު ޒުހުރީއަކަށް ހިމޭނަކުން ނުހުރެވުނެވެ. ބާރަ މިނެޓު ވީއިރުވެސް ޒައިކް ނައުމުން އެންމެން ދާން ތެދުވިއެވެ. އެވަގުތަކީ ޒައިކް އައިސް ވަން ވަގުތެވެ.

“ލަސްވީތީ އެންމެންގެ ކިބައިން މާފަށް އެދެން.” ޒައިކް ވަދެގެން އައިސް ގޮނޑީގައި އިށީންނަމުން މާފަށް އެދުމުން އެންމެންގެ ނުރުހުންވެފައިވާ ހިތްތަކަށް ހަމަޖެހުން ލިބުނެވެ.

“ކޮބާ ފަށަންވީނު؟” ޤާދިރު މިހެން ބުނުމުން ފަހަރަކު މީހަކު ވާހަކަދައްކަމުން ދިޔައެވެ.

“މި ފައިލްގަ މިއޮތީ މިއަހަރު ޖެނުއަރީ މަހުގެ ނިޔަލަށް ނިންމަން އޮތް މަސައްކަތެއް. ނިމިފަ އޮތްކަމަށް މީގަ މިއޮތީ. އެކަމަކު ޕޭމަންޓް ލިބިފައެއް ނެތް. މީ ސުވާލު އުފެދޭ ކަމަކީ. މީގެ ޕޭމަންޓް ނުލިބިގެން އުޅޭ ސަބަބު ބުނެލަދެއްވިއްޔާ ވަރަށް ރަނގަޅު.” ޒައިކް އިސްޖަހާލައިގެން ފައިލަށް ބަލަން އިނދެ ވާހަކަދެއްކިއެވެ.

“ތިމަސައްކަތް ނިމިފަ އޮތީ. ޕޭމަންޓް ނުލިބި ނުލިބި ތިއޮތީ، އެމީހުން ދެއްކި ޑިޒައިނާ އެއްގޮތް ނޫންކަމަށް ބުނެ. ޑިޒައިނަށް ބަދަލު ގެނެސް އެތާގަ ބެލްކަންޏެއް ލީމަ ޕޭމަންޓް ލިބޭނެކަމަށް އެމީހުން ބުނަނީ.” ރޭޝަމް އުނދަގުލުން ވާހަކަދެއްކިއެވެ. އެއަޑުގައިވާ ތުރުތުރުލުމުން އެންމެންގެ ހިތުގައިވެސް ސުވާލު އުފެދުނެވެ. އެކަން ޒައިކަށްވެސް ފާހަގަކުރެވުނެވެ.

“ތިބުނި އެއްޗެއް ތަންކޮޅެއް ސާފުވާނެހެން ކިޔައިދެއްވިއްޔާ ރަނގަޅު. މީގަ މިއޮތީ އެމީހުން ފޮނުވި ޑިޒައިނެއް ނޫންތަ؟ މި ޑިޒައިނާ އެއްގޮތަށްތަ ހަދާ ނިންމީ؟” ޒައިކަށްވެސް ރޭޝަމްއާއި ވާހަކަދައްކަން އުނދަގޫވިއެވެ. ނަމަވެސް އެކަން ފާހަގަވިޔަ ނުދިނުމަށް ހަރުކަށިކޮށް ވާހަކަދެއްކިއެވެ.

“އާދެ. ތިއީ ހަމަ އެޑިޒައިން. މަސައްކަތް ނިންމާފަ އެންގުމުން ތަން ބަލަން ދުރުވެފަ ބުނީ ގޭގެ ބިތްދޮށުގަ ބެލްކަންޏެއް ލާން ބުނިކަމަށް. އަދި ކުރެހުމުގަވެސް އިންނާނެކަމަށް. އަޅުގަނޑު ކުރެހުން ދެއްކީމަވެސް އެއްބަހެއްނުވި. ބުނަނީ އެބެލްކަނި ލީމަ ޕޭމަންޓް ދައްކާނަމޭ. އަޅުގަނޑު ޤާދިރު ސަރއާ އެކަން ހިއްސާކޮށްފަ އޮންނާނީ.” ރޭޝަމް ހިމޭން އަޑަކުން ތަފްސީލު ކިޔައިދިންއިރު ޒައިކް ބަލަން އިންގޮތުން ނުބައި ގޮތަކަށް ހިތް ތެޅިގަތެވެ.

ރޭޝަމްގެ ވާހަކަ އަޑުއަހަމުން ދިޔައިރު ޒައިކް އިނީ ރުޅިގަދަވެފައެވެ. ލޯ ހަނިކޮށްލާފައި ބަލާލިގޮތުން އެންމެންގެ ހިތްތައް ރޫރޫ އަޅައިގަތެވެ. އޭނާގެ ދެލޮލުގައި ކުރިންހުރި ރަތްކަން އިތުރުވެފައިވާއިރު، އެދެލޯ ފެންނަނީ ނުލާހިކު ބިރުވެރިކޮށެވެ.

“އަޅުގަނޑު ޒައިކްގެ ބައްޕައާ ތިވާހަކަ ހިއްސާކުރެއްވުމުން ބުނުއްވީ ޒައިކް ދުރުވީމަ ޒައިކާ ހިއްސާކުރެއްވުމަށް.” ޤާދިރު އަވަސްއަވަހަށް ބުނެލިއެވެ.

ޒައިކް މީޓިންގ ނިންމާލަމުން ރޭޝަމް މަޑުކުރުމަށް ބުނުމުން ރޭޝަމް ބިރުން ރޫރޫ އަޅައިގަތެވެ. އޭނާ އެކަނިމާއެކަނި މި ކަޅުފޮއި އަނދިރިރޭ ޒައިކާއި އެކުގައި ހުންނާނީ ކިހިނެއް ހެއްޔެވެ؟ ޒައިކަކީ ގޮތް ނޭނގޭ ޒުވާނެކެވެ. އެކި އިރަށް އެކި ކުލައަށް ބަދަލުވާ މަހެކޭ އޭނާއެކޭ އެއްގޮތެވެ.

“ރޭޝަމްތަ މިމަސައްކަތް ބެލީ؟ މިބުނީ ރޭޝަމްއަށް ޔަޤީންހޭ މީ އެޑިޒައިންކަން؟” ޒައިކް އިސްއޮބާލައިގެން އިނީ ރޭޝަމްއަށް ބަލާލަން އުނދަގޫވެފައެވެ. އެހިތް އޭގެ މަޤާމު ދޫކޮށް ގޮސްދާނެތީއެވެ.

“އާދެ. އަޅުގަނޑު ޑިޒައިނާ ހަވާލުވީ. ތީ ހަމަ އެޑިޒައިން.” ބިރުންގޮސް ރޭޝަމްގެ އަޑުވެސް ނުކުތީ ކިރިޔަ ކިރިޔާއެވެ.

“އެހެންވީއިރު މާދަމާ އެރަށަށް ދާން ތައްޔާރުވޭ! ހެނދުނު ފުރަން ޖެހޭނެ!” ކުއްލިއަކަށް ޒައިކް ދަތުރު ހަމަޖެއްސުމުން ރޭޝަމް އިތުރަށް ހާސްވިއެވެ. ޒައިކާއެކު ނުވެސް ދަންނަ ރަށަކަށް، އޭނާ ދާނީ ކިހިނެއް ހެއްޔެވެ؟

“ނޫން. އަޅުގަނޑަކަށް ނުދެވޭނެ. ދިމްނާ ނޫނީ ޒުހައިރު ގެންދަންވީ ނޫންތޯ؟” ރޭޝަމް މިހެން ބުނިއިރު ޒައިކް އިނީ ރޭޝަމްއަށް ބަލަހައްޓައިގެންނެވެ. ރޭޝަމް ބިރުން ސިހިސިހި އިންތަން ފެނިފައި އެހިތަށް ވަރަށް އަސަރުކުރިއެވެ. ހިތަށް މާބޮޑަށް ތަދުވާން ފެށުމުން، ހަމަޖެހިލުމަށްޓަކައި ކުރިމަތީ ފެންތަށިން ފެންފޮދެއް ބޯލިއެވެ.

“ކީއްވެ ނުދެވެންވީ؟ މިޑިޒައިނާ ހަވާލުވީ ރޭޝަމް. އެހެންވީމަ ދާން ޖެހޭނީވެސް ރޭޝަމް.” ޒައިކް އިސްޖަހާލައިގެން އިނދެ ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. ހިތުގައިވާ ރިހުމާއި އެއްވަރަށް އޭނާ ގާތަށް ރުޅިވެސް އައެވެ. އޭނާއާއި އެކުގައި ދާން ރޭޝަމް ބިރުން އުޅޭވަރު އެނގިފައެވެ.

“ސޮރީ ސަރ.” އިތުރު ގޮތެއް ނެތުމުން ރޭޝަމް ދާން އެއްބަސްވިއެވެ.

“ދެން އެންމެ ރަނގަޅު ދިޔަޔަސް. ހެނދުނު އަށެއް ޖަހާއިރު ޖެޓީގަ ހުންނަންވާނީ. އެންމެ މިނެޓެއްވެސް ލަސްވެގެން ނުވާނެ.” ޒައިކް މިހެން ބުނެ ފައިލްތައް ލައްޕާލިއެވެ. އަދި ގެންދަންޖެހޭ ފައިލް ދުރުގައި ބޭއްވުމަށްފަހު ކޮޅަށް ތެދުވިއެވެ. ރޭޝަމް ބިރުންހުރެ އަވަސްއަވަހަށް ގޮނޑިން ތެދުވިއެވެ. ޒައިކަށްވުރެ ކުރިން އޭނާ އެތަނުން ދާން ބޭނުންވިއެވެ.

“އާހް. އޯހް.” ރޭޝަމްގެ އަޑަށް ޒައިކް ބަލާލިއިރު ރޭޝަމް އޮތީ ގުދުވެ ފައިގައި ހިފަހައްޓައިގެންނެވެ.

“ރޭޝަމް! ކިހިނެއްވީ؟” ޒައިކް ދުވެފައި ކަހަލަ ގޮތަކަށް އައިސް ރޭޝަމްގެ ފައިގައި ހިފަހައްޓަން އުޅުނު ވަގުތު ރޭޝަމް އޭނާގެ އަތް ފޮޅުވާލިއެވެ.

“އަހަރެން ގައިގަ އަތްނުލާތި!” ޒައިކް ސިހުނުވަރުން ފަހަތަށް ޖެހުނެވެ.

(ނުނިމޭ)

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެޕާރޓްމަންޓް 4ބީ (ތޭރަވަނަބައި)

Next

މައިޝާ (5)

Next
March 25, 2017

މައިޝާ (5)

Previews
March 25, 2017

އެޕާރޓްމަންޓް 4ބީ (ތޭރަވަނަބައި)

42 Comments

  1. Saandy says:
    March 25, 2017 at 7:27 am

    Assalaam A’laikum… Hurihaa kudhinnahves varah baajjaveri dhuvahakah edhen… Miothy “REYSHAM” vaahakaige furathama bai… Kurinves buni fadhain miee Saandyge friendeh kamahvaa Nain hadhiyaa kuravvaafaivaa vaahakaeh… Love u all… 🙂

    1. Aish says:
      March 25, 2017 at 9:03 am

      🙂

    2. Saniyya says:
      March 25, 2017 at 3:39 pm

      Varah reethi Good Luck

    3. Saandy says:
      March 26, 2017 at 12:58 am

      ThanQ Saniyya 🙂

  2. Flower says:
    March 25, 2017 at 7:35 am

    Nice..love it

    1. Saandy says:
      March 25, 2017 at 8:38 am

      ThanQ Flower 🙂

  3. Appy says:
    March 25, 2017 at 7:41 am

    Aww saandy haadha rangalhey buni dhuvahah up kohladhyfi. .feshun v rythi kuriyah huri bai thah vx rythi vaanekamah ummeedh kuran ……daily up kohdhehchey sandy. …

    1. Saandy says:
      March 25, 2017 at 8:39 am

      ThanQ Appy… Insha Allah… Dailykoh up kohdheynan… Kuriah oiy 7 dhuvahah schedule kohfa innaany mihaaruves… 🙂

  4. Reem says:
    March 25, 2017 at 8:08 am

    Vrh reethivaane vaahakaeh heevey! best of luck

    1. Saandy says:
      March 25, 2017 at 8:40 am

      ThanQ Reem! Mee Saandy ah v reethi vaahakaeh… Ummeedhu kuran Reem ahves reethi vaane kamah 🙂

  5. Naxy says:
    March 25, 2017 at 8:13 am

    Vvvv reethi…. kon irakun next part…. vv molhu?

    1. Saandy says:
      March 25, 2017 at 8:42 am

      ThanQ Naxy! Maadhamaa next part… Hurihaa thaureefeh mivaahakaige liyuntheriyaa ah… V ufaavejje kamudhiyaeema 🙂

  6. Ell says:
    March 25, 2017 at 8:33 am

    Saandy get kureege vaahaka huvafen gothah mi vaahaka ves daily kohl up kohl dhehchey

    1. Saandy says:
      March 25, 2017 at 8:43 am

      ThanQ Ell! Yes… Saandyge vaahaka akah nuviyas dailykoh up kohdheynan… Insha Allah!!

  7. Aish says:
    March 25, 2017 at 9:20 am

    V v rythi vaahakaeh mi. Aish kyn mivaahaka. Next partge inthizaruga

    1. Saandy says:
      March 25, 2017 at 10:29 am

      ThanQ Aish… Maadhamaa 2 vana bai up kohdheynan… 🙂

  8. Maree says:
    March 25, 2017 at 9:52 am

    vvv reethi Ingey

    1. Saandy says:
      March 25, 2017 at 10:29 am

      ThanQ Maree 🙂

  9. addu koyya says:
    March 25, 2017 at 10:14 am

    Wow v reethi

    1. Saandy says:
      March 25, 2017 at 10:30 am

      ThanQ Addu Koyya 🙂

  10. Azu says:
    March 25, 2017 at 11:02 am

    Feshun v reethi….saandy thibunee saandy ah v reethi vaahaka ekey….ehen veema vaahaka reethivaane kamaa medhu shakkeh ves nukuran….aneh baige inthizaaruga hama….nain ah thanx….

    1. Saandy says:
      March 25, 2017 at 1:30 pm

      ThanQ Azu!! Maadhamaa 2 vana bai up vane… Insha Allah!! 🙂

  11. afaa says:
    March 25, 2017 at 11:54 am

    Saandy he waahaka warah reethi next bai awahah up kohlahchey <3

    1. Saandy says:
      March 25, 2017 at 1:33 pm

      Afaa! Saandy up kohdhinas mee Nainge vaahakaeh… Anyway ThanQ… Maadhamaa hen’dhunu 2 vana bai up vaane… Insha Allah!! 🙂

  12. imagination says:
    March 25, 2017 at 1:15 pm

    aahchaaa.. hama bestu ingey. ekm faahaga kohllevun thakolheh bunantha? teras ah ehnoon terahah.. hehe. luved it as usual <3

    1. Saandy says:
      March 25, 2017 at 1:35 pm

      ThanQ Imagination!! Thikahala mistakes faahaga kolladheyn vaane… Eyrun dhen faharakun ran’galhu kollan en’geyny… ThanQ again for tell me the mistake… Keep it up dear… 🙂

  13. aisha says:
    March 25, 2017 at 2:05 pm

    Varah reethi..

    1. Saandy says:
      March 25, 2017 at 2:37 pm

      ThanQ Aisha 🙂

  14. Kiyaa Meehaa says:
    March 25, 2017 at 3:56 pm

    WOW.. V v salhi.. Saandy genesdhey huriha story ehves v kamudhey me ah.. Hama egothah mee Saandyge vaahakayakah nuviyas v ufavey eha salhi story eh genesdhinyma.. keep it up Saandy.. for me, u r one of the best writers in this site

    1. Saandy says:
      March 26, 2017 at 12:58 am

      ThanQ Kiyaa Meehaa 🙂

  15. Salooo says:
    March 25, 2017 at 6:54 pm

    Saandy is one of the best writer in this site.. your hard work is always being appreciated <3 ..Well, story is quite interesting.. 😀

    1. Saandy says:
      March 26, 2017 at 12:59 am

      ThanQ Saloo 🙂

  16. Qu33n says:
    March 25, 2017 at 9:44 pm

    Oohw nain ge vaahakaige feshun v reethi….saandy wait kuranee mi next part ah………

    1. Saandy says:
      March 26, 2017 at 1:00 am

      ThanQ Qu33n… Hen’dhunu 2 vana bai up vaane… Insha Allah! 🙂

  17. ❤️ Mimmi ❤️ says:
    March 25, 2017 at 11:11 pm

    Wow ?
    Finally Reysham story ?
    First part kiyaafaves heevey varah reethi vaane hen ?
    Zaik nd reysham ge history engen eynun vanee mihaaru ?

    1. Saandy says:
      March 26, 2017 at 1:01 am

      ThanQ Mimmi 🙂

  18. YammYoon says:
    March 26, 2017 at 11:46 am

    Oh… nic… Kyp it up…??????

    1. Saandy says:
      March 26, 2017 at 2:28 pm

      ThanQ YammYoon 🙂

  19. Xeeee says:
    March 26, 2017 at 1:40 pm

    Mivaahaka kiyin kurin konmeves thaakun

    1. Saandy says:
      March 26, 2017 at 2:30 pm

      Xeeee! Trailerga onnaane thivaahaka bunelaafa… Mee kurin fb ga genesdheefa oiy vaahakaeh… Adhi mee Saandyge vaahakaehves noon… Vaahakaige aslu liyuntheriyaage huhdhayaaeku mithaa mi up kurany… 🙂

  20. ithoo says:
    March 26, 2017 at 2:54 pm

    Woww..nyc stry… reysham n zaik ge history mihaaru engen ehme beynun vany..keep it up.. ☺

    1. Saandy says:
      March 26, 2017 at 2:57 pm

      ThanQ Ithoo… Ekanves madumadun en’gemun dhaany… 🙂

Comments are closed.

All Right Reserved!