Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ތޭރަވަނަބައި)

shama shuaib
March 25, 2017
5 Mins Read
46 Views
22 Comments

“އިޒް ދިސް ސެންޓް ހޮޓެލް؟ އައި ޖަސްޓް ރިސީވްޑް އަ މެސެޖް ފްރޮމް މިސްޓާ ނިޒާމް. ހީ ވޯންޓްސް ޓީ އަޕްދެއާ. މޭ އައި ނޯ ހިސް ރޫމް ނަމްބާރ؟ އައިއެމް އެފްއެންޑް ބީ މެނޭޖާ ޖިވިއަން ސިންގް.” ދިނިން އެތަނާ ބެހޭ ގޮތުން ހޯދި ހޯދުން ތަކުގެ މައްޗަށްބިނާ ކޮށް މޮޅު ވާހަކައެއް ހަދާލިއެވެ. ހީކުރި ގޮތަށް ވަރަށް ފަސޭހައިން ރޫމް ނަންބަރު ވެސް ލިބުނެވެ. ކޮޅު ކޮޅުމައްޗަށް ހިނގަމުންދާ މީހުންގެ ތެރެއިން އިސްޖަހާލައިން ދިނިން ހިނގަމުން ދިޔައީ ނިޒާމްގެ ކޮޓަރި ހޯދާށެވެ. އެންމެ ފަހުން އެތަން ފެނުމުން ފުން ނޭވާއެއް ލުމަށްފަހު ތަޅުގައި ހިފާލީ ދޮރު ހުޅުވާފައި ހުރެދާނެ ކަމަކަށް ނޫނެވެ. އެތެރެއަށް ވަދެ ތަންތަން ބަލަމުން ނުފެންނާނެހެން ކެމެރާތަށް ހަރުކުރަމުން ދިޔައެވެ. އެންމެ ފަހު ކެމެރާ ހަރު ކުރުމުގައި އުޅެނިކޮށް މީހަކު ތަޅުގައި ހިފާއަނބުރާލިއެވެ. ދިނިން އަށް ހުރެވުނު ތަން ވެސް ނޭންގުނެވެ.

“ވަދޭ ވަދޭ. ކިޔާންބެ އަންނަންދެން އަހަރެން އަސްލު މިކޮޅުގަ މި މަޑު ކޮށްލީވެސް.” ނިޒާމް ވާހަކަ ދެއްކީ މިނިސްޓާރ އަލީ ކިޔާން އާއެވެ. އެއީ ނިޒާމްގެ އެއްބަފާ ބޭބެއެވެ. ނަމަވެސް އެކަން މުޅި ދުނިޔެއަށް ސިއްރުކޮށްފައި ވީއިރު އެމީހުން ކުރަމުން ދިޔަ ވިޔަފާރިވެސް ވަނީ އެންމެންގެ ލޯމައްޗަށް ވަންހަނާވެފައެވެ.

“އެހެން ދޯ.. އަސްލު މި ކޮޅަށް މިއައީ މިހާރު ކަންކަން ވަރަށް ގޯސް ވެފަ ވާތީ… އެކޮޅުން ކުރިން ވިއްކާލި ކުއްޖަކު އަމިއްލަޔަކަށް މަރުވީ. ދެން އެމައްސަލަ ތަހުގީގުކުރަންވެސް ފެށި. އެކަމް މިހާރު ވަރަށް ގޮތްގޮތް ހަދައިން އެކަންތައް ހިންދާލެވިއްޖެ. ދެން އޮތީ ނިޒާޟް ބަލަމުން އައި ކުއްޖާ. އަހަރެން ކުރިން ރެއަކު އެތާއިންނަ އަހަރެމެންގެ ޓީމް ކުއްޖަކާ ބައްދަލު ކޮށްލަން ދިޔައިރު އޭނަވެސް ދެކުނިން. ވަރަށް ބެލި. އެހެންވެ އަހަރެން އަނބުރާލާފަ އައީ. ދެން މިކަހަލަ ކަމެއް ވިޔަދީގެން ނުވާނެ. ތިމީހުން ކުރާ ކުޑަކުޑަ ކަމަކުން ވެސް އަހަރެންގެ މަގާމު ގެއްލިދާނެ.”

ކިޔާން ވާހަކަ ދެއްކީ ކިތަންމެ މަޑުން ކަމަށްވިޔަސް އެއަޑުގައި ވަނީ އަމުރު ވެރިކަމާ ރުޅިވެރިކަމެވެ. މަކަރުވެރިކަމާ ހީލަތްތެރިކަމެވެ. ނިޒާމްވެސް މަޑުމަޑުން ބޯޖަހާލަ ޖަހާލާ އިނީ ބަސްއަހާ ކުޑަކުއްޖެއް ފަދައިންނެވެ. ކުރި ހުރިހާކަމެއްގެ ވާހަކަ ދައްކާލުމަށްފަހު ފުރާ ގަޑި އެބަ ޖެހޭ ކަމަށް ބުނަމުން ކިޔާން ދާން ހިނގައިގަތެވެ. ފަހަތުން ނިޒާމް ވެސް ދިޔައެވެ. އަދި ކޮޓަރި ތަޅުލުމުގެ ކުރިން ރަނގަޅަށް ކޮޓަރިއަށް ބަލާލިއެވެ. އެއަށްފަހު އޭނާވެސް ދިޔައެވެ.

އެނދު ދަށުގައި އޮތް ދިނިންއަށް ފުން ނޭވާއެއް ލެވުނީ ލިބުނު ހިންހަމަ ޖެހުމެއްގެ ސަބަބުންނެވެ. އެތަނުން އެކަކުވެސް ތިރިއަށް އެއްފަހަރު ރަނގަޅަށް ބަލާޅިޔަސް ދިނިންގެ ހިޔަނި ފެނުނީހެވެ. އެހެން ނުވި ކަމަށްޓަކާ ޝުކުރުކޮށްލަމުން ދިނިން ހުރިހާ ކެމެރާތަކެއް ހިނފައިން ދަބަސް ކޮނޑުގައި އަޅުވާލަމުން ކޯޓަރިން ނިކުންނަން ބެލިއިރު ހުރީ ތަޅުލާފައެވެ. ދިނިން އެތަނަށް އަންނަމުން އެކޮޓަރީގެ ދެވަނަ ތަޅުދަނޑި ނަގާފައިވާތީ ނުހަނު ފަސޭހައިން ދޮރު ހުޅުވުނެވެ. އަދި ނިކުތުމަށްފަހު އަލުން ތަޅުލުމަށްފަހު ދިނިން އެތަނުން ދުރަށް ދާން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ މީހެއްގެ ގައިގައި އަޅައިގަނެފައި ދިނިންގެ ގަޑި ބިންމައްޗަށް ވެއްޓުނެވެ. ދިނިންއަށްވުރެ ކުރިން ގުދުވީ އެމީހާކަމުން އެއީ ނިޒާމްކަން ދެނެގަންނާކަށް މާގިނަ ވަގުތެއް ދެނިންއަކަށް ނުނެގިއެވެ. ގަޑި އަކާ ގަޑިއެއް ބޭއްވުމަށްފަހު ދިނިންބެލީ ވަގުތުގެ ބޭނުން ހިފާ އެތަނުން ފިލޭތޯއެވެ. ބޮލުގައި އޮތް ހުޑީއިން މޫނު ނިވާކޮށްލަމުންދިނިން އެތަނުން ނިކުތެވެ. އޭރު ފަހަތުން ނިޒާމްވެސް އާދެއެވެ. އަވަހަށް ޓެކްސީއަކަށް އެރުމަށްފަހު ދިނިން ފަރްހީންއަށް ގުޅިއެވެ.

“ފަރް.. ގޭގަދޯ..އަވަސް ކުރޭ… ޕެކް ޕެކް.. އެންޑް މެއިޑްސް އެންޑް ފަރްވެގެން ގޭގަ ހުރިއްޔާ ހުރިއެއްޗެއް ޕެކް ކޮށްފަ ހުރިހާ ތަނެއް މޮޕްލާ.. އަވަސް އަވަސް…” ހާސްވެފައި ހުރިވަރުން ދިނިންގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ. އަދި ފަރްހީންގެ ޖަވާބަކަށް ބެލުމެއްނެތި ފޯނު ބާއްވަމުން ޑްރައިވަރު ކައިރީ އަވަސް ކުރުމަށް ބުންޏެވެ. ފަހަތުން ނިޒާމް ނާންނަކަމެއްވެސް ނޭންގެއެވެ. ކާރުތެރޭ އިނދެގެން ދިނިން ޖެކެޓާއެއްޗެހި ބަލާ ކުލައެއްޗިއްސައް ބަދަލު ކޮށްލިއެވެ. ދިހަވަރަކަށް މިނެޓުފަހުން ގެއާ ހިސާބަށް އާދެވުނެވެ. ދިނިން ގެ ހަރަކާތްތަށް ވަރަށް އަވަހެވެ. ގެއަށް ވަތް ގޮތަށް ދިނިން ބަންދު ކޮށްފައި ހުރި ފޮށިގަނޑު ތަކާ ދަބަސްތަށް ކާރަށް އެރުވިއެވެ. އަދި މެއިޑަށް ވަރަށް ބައިވަރު ޑޮލަރު ދިނުމަށް ފަހު ދިނިން ކިޔާމީހަކު ނުދަންނަކަމށް ހެދުމަށް ބުންޏެވެ. އޭނާވެސް ބޯޖަހާލުމަށް ފަހު އެގެއިން ނިކުތެވެ. ފަރްހީން އަކަށް އަދިވެސް ވާނުވާއެއް ނޭންގެއެވެ. ނަމަވެސް ދިނިން ބުނިހާ ގޮތެއް ހަދަމުން ދިޔައެވެ.

އެންމެފަހުން ފަރްހީންވެސް ކާރަށް އެރުވުމަށްފަހު ދިނިން މުޅި އެގަނޑުވަރެއް ފަދަ ތަނުގައި ރޯކޮށްލިއެވެ. ފަރްހީން އަނގަހުޅިފައި އިނީ ދެލޯ ބޮޑުކޮށްލައިންނެވެ. ހީވީ ބޮލީވުޑް އެކްޝަން ފިލްމެއްހެންނެވެ. ދިނިން ދުވެފައި އައިސް ކާރަށް އެރުމަށްފަހު ދުއްވާލިއެވެ.” ނޯ ބޮޑީވިލް ފައިންޑް އެނީ އެވިޑެންސް އެގައިންސްޓް އަސް ނައު. ހަގީގަތުގަ އަހަރެން މިތާ މިއުޅޭ ފުލުހުންނަކަށް ވެސް އިތުބާރެއް ނުކުރަން. އެހެންވެ އެހެން މިހެދީ.. ސަޅި ދޯ..ހެހެހެ”ފަރްހީން އަށް ވީގޮތް އިނގުމުން އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ދިނިންގެ ވިސްނުން ތޫނު ކަމުން ފަރްހީން އިނީ ހަމަ އަންތަރީސް ވެފައެވެ.

އެއާޕޯޓަށް ދެވުމާއެކު ދެމީހުންނަށްވެސް ހިންހަމަ ޖެހުމުގެ ނޭވާއެއްލެވުނެވެ. ފަރްހީން އެންމެ އިންތިޒާރު ކުރި ވަގުތުވެސް ޖެހުނީއެވެ. ފަރްހީންގެ އުފާވެފައިވާ މޫނު ފެނުމުން ބޭއިހުތިޔާރުގައި ދިނިންއަށް ވެސް ހީލެވުނެވެ. އަމާންދަތުރަކަށްފަހު ބޯޓު ހުޅުލޭ ރަންވޭއިން ޖައްސާލި ފަރްހީންގެ ހިތުގެ ތެޅުން ދެގުނަޔަށް އިތުރުވި ވަގުތެކެވެ. ހަމައެހެންމެ ދިނިންގެ ހިތަވެސް އުފަލުނ ނަށާލި ވަގުތެކެވެ. އޭނާގެ ނާޒުކު މަލަކާ ލިބެންދެން މާގިނަ ދުވަހެއް ނެތްކަން ހަނދާންވުމާއެކު އަނެއްކާވެސް ދިނިންއަށް ހީލެވުނެވެ. ދެމީހުން އެކުގައި ސާމާނުތަށް ހިފައިން ފެރީއަށްގޮސް އަރަމުން ދިނިން ފަރްހީންގާތު އަދި އެއްވެސް މީހަކަށް ނުގުޅުމަށް އެންގިއެވެ. އެއީ މިހާރު ފަރްހީންގެ ފުރާނަ ވަނީ ނުރައްކަލުގެ ތެރޭގައިކަމަށް ވާތީކަން ހުދު ފަރްހީންވެސް ގަބޫލު ކުރިއެވެ. މާލެއައިސް ދެމީހުން ތިބީ ދިނިންގެ ގޭގައެވެ. އެއީ ދިނިން އަށް ސަރުކާރުން ދީފައިވާތަނެކެވެ. ކުރާ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެ ގެވެސް ހަމަ އެހާ ފުރިހަމައެވެ. އެތަނުގައި ތިން ކޮޓަރި ހުރިއިރު އެ ހުރިހާ ތަނެއްވެސް ޒީނަތްތެރި ކުރެވުފައިވަނީ ހުދާ ކަޅުންނެވެ. ފަރްހީން އަނގަ ނަގައިގެން ހުރެ އެތަން ރަނގަޅަށް ބަލަމުން ދިޔައެވެ. ފަރްހީން އުޅުނު ގޮތުން ދިނިން ހުރީ ހީލަ ހީލައެވެ.

ގޭގެ ރީތިކަމަށް ފަރްހީން ވަރަށް ތައުރީފު ކުރިއެވެ. ނަމަވެސް އެއީ އަބަދުވެސް ތަފާތު ވައްތަރުގެ ކާއެއްޗެހި ހެދުމަށް ލޯބި ކުރާ ކުއްޖެއްކަމުން ކާނެ އެއްކެއް ހެދުމަށްޓަކާ ތަންތަން ހޯދާ ހޯދާވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންކަމުން ފަރްހީން ދިނިން ގާތު ގޭގައި ކައްކަން ބޭނުންކުރާނެ އެއްވެސް ބާވަތެއްގެ ތަރުކާރީއެއްވެސް ހަކުރުފަދަ އެއްޗެއްވެސް ނެތްކަމަށް ބުނެ ޝަކުވާކުރިއެވެ. “އޯކޭ..ދޮންބ…ދިން މިއަންނަނީ ގަނެގެން.” ބުނެވެން އުޅުން އތި ހިތަށް އެރުމާއެކު ދިނިންގެ ހިތުގައި ރިއްސާލިއެވެ. ފަރްހީން ދުވަހަކުވެސް އޭނާއަށް ދޮންބެގެ މަގާމު ދޭކަށް ބޭނުމެއް ނުވާނޭ އެހިތް ހާސް ފަހަރު އޭނާގާތު ބުނެއެވެ. ނަމަވެސް ދިނިންގެ ބަސްނާހާ ހިތް ދިނިންގެ އަމުރަކަށް ކިޔަމައެއް ނުވެއެވެ.

ފަރްހީންވެސް ހުރީ ދެރަވެފައެވެ. އޭނާވެސް ދޮންބެއަށް ގޮވާލަން ވަރަށް ބޭނުމެވެ. ދެންމެވެސް އެ ލަފުޒު ފުރިހަމަ ކުރިނަމަ އޭ ފަރްހީންގެ ހިތަށް އެރިއެވެ. ކިތަންމެ ދެރަވިޔަސް ދެމީހުންގެ ދޭތެރޭގައި ނުހަނު ބޮޑު ފާރެއް އޮތްކަން ދެމީހުންވެސް ތިބީ ގަބޫލު ކޮށްލައިންނެވެ. ހިޔާލްތަކުގައި ހުރެ ދިނިން ގޮސް އަގޯރާއަށްވަދެ ބައިވަރު ސާމާނު ނަގައިން އަންނަނިކޮށް އެތަނުންދިޔަ އަންހެން ކުއްޖެއް އޭނާގެ ގައިގައި ޖެހުފައި ވެއްޓެން ދިޔައެވެ. ހުޝިޔާރު ކަމާއެކު ދިނިން އެ ލުއިލުއި ފަތެއްކަހަހަ ކުއްޖާ ހިފަހައްޓާލިއެވެ. އޭރު ދެލޯވަނީ މަރާލެވިފައެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި މަޑުތުރުތުރެއް ވީއިރު އެ މޫނަކީ ދިނިންއަށް އާމޫނަކަށް ނުވިއެވެ. އެއީ ދިނިންގެ މަލާއެވެ. އެ ހިތުގެރާނީއެވެ. އެކަން ދެނެގަންނާކަށް ކުޑަ ހިނދުކޮޅެއްވެސް ނުނެގިއެވެ. ހުވަފެނެއްފަދައިން އެވަގުތު ކޮޅު ދެމިގެން ދިޔައިރު ފިހާރަތެރޭގައި ޖަހާފައި ހުރި ލޯބީގެ މަޑުމައިތިރި ލަވައިން އެވަގުތު ކޮޅު އެތުރަށް ފުރިހަމަ ކުރުވިއެވެ.

މާގިނައިރަކު އެހެން އޮންނާކަށް ޝަމްހާ ނުހެދިއެވެ. އޭނާ ހީކުރީ ވެއްޓުނީ ކަމަށެވެ.ނަމަވެސް ލޯ ހުޅުވުމާއެކު ފެނުން މަންޒަރުން ވަގުތުން އެއަތްދަށުން ސަލާމަތްވެގަތެވެ. އަދި ފުންކޮށް އެމޫނަށް ބަލާލިއެވެ. އެއީ ފަރްހީންގެ ހިތް ގުޑުވާލި ވަގުތުކޮޅެކެވެ. ސުވާލު މާކެއްގެ ތެރޭގައި ހުއްޓާ ދިނިން އެތަނުން ނިކުމެގެން ދިޔައީ ހުރިހާއެއްޗަކަށް ލާރިދައްކާފައެވެ. ޝަމްހާވެސް ބެލީ އަވަހަށް ގެޔަށް ދެވޭތޯއެވެ. ގެއަށް ވަނުމާއެކު ސަމާ އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. އަދި ދޮންބެ އެބަ ގޮވާކަމަށް ބުނެލުމަށްފަހު ޓީވީއަށްސަމާލުކަން ދިނެވެ. ޝަމްހާވެސް ގަތް އެއްޗެހިތަށް ބެހެއްޓުމަށްފަހު ޝަމްހާންގެ ކޮޓަރިއަށް ވަނެވެ. “ދޮން…އައީ ދޯ..މާދަމާ ދިހައެއްޖަހާއިރަށް ކޯޓަށްދާން ގަޑިކިޔައިފި. ނިޒާމް މެން ހައްޔަރު ކޮށްފި. ބީ ސްޓްރޯން. ތެދަށް ހުރިހާކަމެއް ކިޔައި ދޭތި.” ޝަމްހާވެސް އުފާވިއެވެ. އެންމެ ފަހުން މި ކުޅިގަނޑަށްވެސް ނިމުމެއް އަންނަނީކަން އެނގުމުން ﷲއަށް ހަމްދުކުރިއެވެ.

ގެއަށ ވަދެވުމާއެކު ދިނިން ހޯދާލީ ފަރްހީންއެވެ. ބަދިގެއިން އަޑެއް އިވުމުން އެދިމާލަށް ދިޔައިރު ފަރްހީން އުޅުނީ އެތާނގައެވެ. ހުސް ދަޅުތަކާ ފުޅިތަށް ހޭވުމުގައެވެ. ދިނިން ގޮސް ނިޒާމްމެން ހައްޔަރު ކުރި ވާހަކަ ބުނުމުން ފަރްހީން އުފަލުން ފުމެންފެށިއެވެ. އަދި ދެންމެ ޝަމްހާ ފެނުން ވާހަކަ ވެސް ބުނެލިއެވެ. އެއާއެކު ފަރްހީން ދިމާކުރަން ފެށިއެވެ. އަދި މާދަމާ ކުއީންއާއޮފިޝަލީ މީޓް ވާނެދޯއޭ ކިޔާ ހޭން ފެށިއެވެ. ދިނިން ގަތް ލަދުން ގަނެގެން އައި ފުށްއެތިން ގޮށްޓެންހާ ފުށް ނެމަށްފަހު ފަރްހީންގެ ބޮލަށް އަޅާލިއެވެ. އަދި އެއަށް ފަހު ދުއްވައިގަތެވެ. ދެނދިޔައީ ސަކަރާތް ޖެހުމާ ހުނުމުގެ ވަގތު ކޮޅެކެވެ. ވަރަށް ދުވަހަށް ފަހު ފަރްހީން ހަމަޖެހިލައިން ނިދާލިއެވެ.

ކޯޓު ތެރެއެވެ. ދިހައެއްޖަހަން ބާކީ އިނީ އެންމެ ދެމިނެޓެވެ. ދިނިން އޭނާގެ ސިފައިންގެ ޔުނީފޯމުގައި އެތަނަށް ވަދެގެން އައިއިރު ފަސް ފުލުހުންނާ ތިން ސިފައިން އިތުރަށް ތިއްބެވެ. ފަރްހީން އެތާ ބެންޗުގައި އިންއިރު އެތެރެއަށް ވަދެގެން އައި ޝަމްހާއާއި ޝަމްހާން ފެނުނެވެ. އެ ދެމީހުން އެއްކޮށް ފެނުމުން ހައިރާންވި ނަމަވެސް ފަރްހީން ދެމީހުންނަށް ބަލާލުމަށްފަހު ހީލިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ދިނިން އަށް ޝަމްހާން ފެނުމުން އެއީ ޝަމްހާގެ  ކޮއްކޮ ކަން އެނގުނެވެ. އެވަގުތު ޝަމްހާވެސް ދިނިންއަށް ބަލަންފެށީ ކަމެއް ހަނދާން ކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. ނަމަވެސް އެކަމަށް ސަލާމުކަމެއް ނުދެވުނީ ފަރްހީން ފެނުމުން ނެވެ. އެ ދެބެއިން ފަރްހީން ފެނުމުން އުފަލުން ގޮސް ފަރްހީންގެ ގައިގައި ބައްދާލިއެވެ. ނަމަވެސް ޝަމްހާން ހަމައެކަނި ހިނިތުން ވުމަކުން ފުއްދާލީއެވެ. ފަރްހީންވެސް އެއީ ޝަރާ ރުޅިއައިސް ފާނެތީއޭ ހިތާ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލީ އެކަމަށް އެދެވުނު ވަރުންނެވެ.

އިސް ޣާޒީ ވަނުމާއެކު މިނިސްޓަރާ ނިޒާމް އެތަނަށް ހާޒިރު ކުރެވުނެވެ. އަދި ހުރިހާ ހެތްކެތް ހުށަހެޅި ޖަލްސާ ފެށިގެން ދިޔައެވެ. ޣާޒީ ފަރްހީން އަށް ގޮވާލުމާއެކު ނިކަން ސާބިތު ކަމާއެކު ފަރްހީން ހުންނަން ހަމަޖެހިފައިވާތަނަށް ގޮސް އެޕާރޓްމަންޓް 4ބީ އިން ފެނުން ކަންކަމުން ފަށައިގެން މިއަދާ ހަމައަށް ކަންވީގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. ދެން ޣާޒީ ގޮވާލީ ޝަމްހާއަށެވެ. ހުރިހާކަމެއް ކިޔާދެވޭނެ ބާއޭ އެވަގުތު ޝަމްހާގެ ހިތަށް އެރިއެވެ. ހިތްވަރު ކޮށްލުމަށް ފަހު ތެދުވެގެން ހުންނަން ހަމަޖެހިފައިވާ ތަނުގައި ހުއްޓިލިއެވެ. ދިނިންވެސް އިންތިޒާރު ކުރަމުން ދިޔައީ އެއަޑު އިވޭނޭ ވަގުތަކަށެވެ. ފުންނެވާއެއް ލުމަށްފަހު ޝަމްހާ އޭނާގެ ހަޔާތުގައި ކުދި ކުދި ވެފައިވާ މާޒީގެ ސަފްހާއަށް ކިޔައިދޭން ފެށިއެވެ.

އެތަނުގައި ތިބި އެންމެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެ ޖާދުވީ އަޑުގައިވި ވޭޏުގެ ސަބަބުން އެންމެ ފުން އަސަރެއް ކުރީ ދިނިންއަށެވެ. ޝަމްހާ އެންމެ ބޭނުން ވީ ދުވަހު އޭނާގާތު ނުހުރެވުމުން ދިނިންގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. ޝަމްހާގެ ވާހަކައި ގެ ވަކި ހިސާބަކުން އޭނާގެ އަޑުބެދެން ފެށިއެވެ. ނޭވާހާސްވާން ފެށިއެވެ. ނަމަވެސް ޝަމްހާ ދިޔައީ ހިތްވަރު ކުރަމުންނެވެ.” ކޮންމެ ދުވަހަކު..އެތަށްބަޔެއްގެ އުފާ..އަހަރެންގެ މޭ ހީވަނީ އިރައިން ދާހެން…ދުވާލަކު އެތަށް ފަހަރަކު…ކޮންމެ މީހެއްވެސް…އަހަރެން..ހަނު..ހު..ހުރީ، ދަރިފުޅުގެ ..ހަ..ހ..ހައް..ހައްގުގަ.” އެހިސާބުން ޝަމްހާ އަނބުރައިގަނެގެން ވެއްޓުނެވެ. އެންމެ ގާތުގައު ހުރި ދިނިން ހުރީ އެކަހަލަކަމަކަށް ސަމާލުވެގެން ކަމުން ހުށިޔާރުކަމާއެކު މިފަހަރުވެސް ޝަމްހާ ހިމާޔަތްކުރިއެވެ. އެވަގުތު އެންމެންތައް ތެދުވިއެވެ.

ނުނިމޭ….

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shama shuaib

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ޢަޞްރު (ފަންސާސްއަށްވަނަ ބައި)

Next

ރޭޝަމް (1)

Next
March 25, 2017

ރޭޝަމް (1)

Previews
March 25, 2017

ޢަޞްރު (ފަންސާސްއަށްވަނަ ބައި)

22 Comments

  1. imagination says:
    March 25, 2017 at 2:06 am

    soryy guys.. ik las vehjje kan. u all are tolerating hurihaakameh yet reading. m really glad about it. so next part sunday night cox ei emme fahu bai… hope u like it. please leave a comment about whether i should write another one after this ends.. because i will write only if u believe i can write. good nyt all <3

  2. Muggy says:
    March 25, 2017 at 2:13 am

    V rythi… ??

  3. ainth says:
    March 25, 2017 at 2:40 am

    V reethi

  4. Yoonii says:
    March 25, 2017 at 5:23 am

    V reethi mibaives… Keep it up…. ???

  5. Maree says:
    March 25, 2017 at 6:06 am

    vv reethi

  6. luhan says:
    March 25, 2017 at 6:15 am

    V salhi..Next part avas koh dheythi ingey..

  7. Saandy says:
    March 25, 2017 at 6:38 am

    Salhi mibaives… Last part miadhu noony mirey up kohdheveykah neiytha?

    1. imagination says:
      March 25, 2017 at 1:19 pm

      v balaanan ingey saandy. maadhan school hulhuveythi i have some pending works. ehen ve aslu. anyways thank u for the lovely comment <3

    2. imagination says:
      March 25, 2017 at 1:20 pm

      thank u all for the lovely comments <3

  8. Haasaaru says:
    March 25, 2017 at 7:04 am

    I believe u write really well… so yup u should write anothr 1.. n 1 mo thing… dont lookup to others.. its u who write… so hav faith in ur self and go on… any 1 els’s belief is not important while writing… so if u believe u can write.. thn wil be able to write… whether there ther is an audience or not.. u will get tht setisfaction tht u wrote….. so go on n gud luck..

    1. imagination says:
      March 25, 2017 at 1:17 pm

      thank you v bodah. yeah sometimes self confidence lack vey.. cox m v new and due to lack of experience. but thank u v much for the lovely advice <3

  9. Amin says:
    March 25, 2017 at 7:38 am

    Mi vaahaka furathama mi kiyaalee mi part.
    Vaahaka v salhi so m gonna read this… N ya u can b a good writer

    1. imagination says:
      March 25, 2017 at 1:22 pm

      thank u aaamin <3 <3

  10. Maisha says:
    March 25, 2017 at 10:28 am

    vvvvvvvv Reeeeeeethi <3

  11. Ria says:
    March 25, 2017 at 12:30 pm

    Wow v nice curiously waiting 4 the nxt part ☺☺

  12. Lamm says:
    March 25, 2017 at 2:59 pm

    Mi vaahakaige photo in girl vahtharii jana loyaa storyga ulhey mishkaa aa..she is so cute?this story is great..i hope mi vaahakaves kiyaafa knme miiihakahves ibratheh haaasil vaane kamah?keep it up?❤

    1. Lamm says:
      March 25, 2017 at 3:01 pm

      Liyaa*

    2. imagination says:
      March 25, 2017 at 5:40 pm

      yeah.. she really is cute <3 . even i hope mivaahakainves iburai libeyne kamah. thank u for the lovely comment <3

  13. Mary says:
    March 25, 2017 at 3:48 pm

    Alhey v rythi mi bai ves.

    1. imagination says:
      March 25, 2017 at 5:41 pm

      thank u mary <3

  14. aysh says:
    March 25, 2017 at 8:27 pm

    dhn othy last prt dhw…
    i thnk imagination kiyavaafa vaguthu v varakun hama stries liyanv…n i believe that u can write…mi stry ge part thavves mashallah vrh rythi…
    next part v enme avahakah up kohdhehchey…
    kiyaa hithun idhevey vareh noon…

    1. imagination says:
      March 26, 2017 at 12:07 am

      aleyy.. ur comments hama v loabi..thank u v bodahh <3 <3 in sha allah miaharu before exams, adhi one story liyedheynan.. <3

Comments are closed.

All Right Reserved!