Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 3

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
March 25, 2017 3 Mins Read
8 Comments

“މަންމާ…”އޭ ކިޔައި ބާރަށް ގޮވުން ފިޔަވައި އިޝާއަށް އިތުރުކަމެއް ނުކުރެވުނެވެ. ކާރު ކޮންޓްރޯލުން ނެއްޓި އިޝާގައިގައި ޖެހުމާއި އެކު އޭނާގެ ހަބަރު ހުސްވެ ބިންމައްޗަށް ވެއްޓުނެވެ. ކާރުގައި އިން ޑްރައިވަރު ކާރުން ފައިބާ އިޝާއަށް ވީގޮތް ބެލުމަށް އަވަސްވެގަތެވެ. ވަގުތަކީ މަޣްރިބް ނަމާދަށް ބަންގި ދެމުންދިޔަ ވަގުތު ކަމުން އެހެން މީހެއްގެ ހިލަމެތް މަގުން ފެންނާކަތްނެތެވެ. ބާރު ހިނގުމެއްގައި ގައި އައިސް މޫނުވަތަށް ވެއްޓިފައިއޮތް އިޝާގެ ކޮނޑުގައި ޑްރައިވަރު ހިފާލިއެވެ. އޭރު އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު އޭގެ އެންމެ ފުރިހަމަ މާނާގައި ފެންނަމުން ދިޔައެވެ. އިޝާގެ ދެލޯ އޮތީ މެރިފައެވެ. ގައިގައި އެއްވެސް ކަހަލަ ހަރަކާތެއްނެތެވެ. އެންބިޔުލާސްނަކަށް ގުޅަން ފޯން ޖީބުން ނަގާ ބަލާލިއިރު އޮތީ ޗާޖުހުސްވެގެން ނިވިފައެވެ. އެހެންކަމުން އެހީއަށް އެދޭ ހާލު ޑްރައިވަރު މަގުމަތި ހޯދާލިއެވެ. މީހެއްގެ ހިލަމެތް ނުވުމުން އިޝާ ހޮސްޕިޓަލަށް ގެންދިޔުމަށް އަވަސްވެގަތީ ލަސްކޮށްފި ނަމަ އިޝާގެ ފުރާނައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށެވެ. އަވަހަށް ކާރުގެ ފަހަތު ސީޓް ހުޅުވައި އިޝާ ބިންމަތިން އޭނާގެ އަތްމައްޗަށް ނެނގީ ނުލާހިކު އަވަހަށެވެ.


ހޮސްޕިޓަލުގެ އައިސީޔޫގައި އިޝާއަށް ފަރުވާ ދެމުންދާތާ މިހާރު އެއްގަޑި އިރު ވާންކައިރިވަނީއެވެ. ޑްރައިވަރު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. އިރުއިރު ކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވެއެވެ. އަނެއްބައި ފަހަރު އެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމަލެވެއެވެ. އޭސީގެ ފިނިކަން ތަނަށް ވެރިވެފައިވީ ނަމަވެސް އޭނާގެ މޫނުމަތިން ވިދަމުންދާ ކުދިކިދި އޮއްދާތިކިތަކުން ހިތަށް ވެރިވެފައިވާ ހާސްކަން ރަގަޅަށް ފާޅުވެގެން އެބަ ދެއެވެ.

“ޕޭޝަންޓް މިވަގުތު ސްޓޭބަލް” އިޝާގެ ޑޮކްޓަރު އައިސީޔޫން ނިކުމެ ޑްރައިވަރާއި ވާހަކަ ދައްކަންފެށިއެވެ. ” އެކްސިޑެންޓްގެ ސަބަބުން ލިބުނު ޓްރާމާގެ ސަބަބުން ހޭނެތުނީ.. ގިނައިން ރެސްޓްކޮށް ދިޔާތަކެތި ބޭނުންކުރަންވީ.. އިލެކްޓްރޯނިކުސްއާއި ދުރުވީމަ ހީލިންގް ޕްރޮސެސް އަވަސްވާނެ………… ” މިހެންގޮސް އިޝާ އަށް ދޭންވީ ހުރިހާ ފަރުވާތައް ޑޮކްޓަރު ކިޔާދިނެވެ. ޑޮކްޓަރުގެ ބަސްތަކުން ޑްރައިވަރުގެ ހާސްކަން ކުޑަވެގެން ދިޔައެވެ. އަދި އިޝާއަށް ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ވެދޭތޯ އަތުކުރިއޮޅާލިއެވެ.

އިޝާގެ މެރިފައިވާ ދެލޯ މަޑުމަޑުން އަދި ލަސްލަހުން ހުޅުވިގެން ދިޔައެވެ. އެތައް އިރަކަށްފަހު އަތާއި ފަޔަށް ހަރަކާތް އަންނަންފެށި އެވެ. ފުރިހަމައަށް ހޭވެރިކަންވެރި ވުމާއިއެކު އިޝާ ވަށއިގެންވާ މާހައުލު ހޯދާލިއެވެ. މި އޮތީ ހޮސްޕިޓަލުގައި އިއިސީޔާގައި ކަން އެނގުމުން އެކަމާ ހިތާހިތާ ސުވާލު ކުރެވެން ފެށުނެވެ. މިސުވާލުތަކަށް ޖަވާބު ނުދެވެނީސް ފެނިގެން ދިޔަ މަންޒަރުން އިޝާ ދިޔައީ ސިއްސައިގެންނެވެ. ” ތީ…” އިޝާގެ ކަނައަތް ފަރާތުގައި ފުރަގަސްދީގެން ހުރި މީހާއަށް އިޝާރަތްކޮށްލަމުން ބުނުވުނެވެ. އެހެން ބުނުމާއި އެކު އޭނާ އިޝާ ކައިރިއަށް އައެވެ.

“ތީ ކާކު. ކޮބާ މަންމަ.. ކީއްވެ މިތާ.. ކިހިނެތްވީ” ހާސްކަމުގެ ރާގަކަށް އިޝާ ސުވާލުތައް އަތުރާލިއެވެ.

“އަހަރެންގެ ނަމަކީ އަޝްފާގް.. އަހަރެންގެ ކާރުގަ ޖެހި އިޝާ ހޭނެތުނީ.. އެމްބިޔުލާންސަކަށް އެގަޑީ ގުޅެން ނެތުމުން އަހަރެންގެ ކާރުގަ އިޝާ ހޮސްޕިޓަލަށް ގެނައީ………………………………………………..” އަޝްފާގު ވީގޮތް އިޝާއަށް ކިޔާދިނެވެ. އަދި އެތަށް ފަހަރަކު މާފަށް އެދުނެވެ. އިޝާއަށް އެ ހުރިހާ ވާހަކައެއް ސިކުނޑިއަށް ނަގައިގަންނަންވީ ދަތިކަމަކަށެވެ. ދެތިން މިނެޓް ވަންދެން ބަހެއް ނުބުނެވި އަޝްފާގުގެ މޫނަށް ބަލަހައްޓާއިގެން އޮވެވުނެވެ. ބަސް ހުއްޓިފައެވެ.

“އިޝާ ބޭނުން ކޮންމެ ކަމެއްބުނޭ .. އަހަރެން ކޮށްދޭނަން” އަޝްފާގް އޭނާ އިޝާގެ ހިދުމަތުގައި ހުރިކަން ފާޅުކޮށްލީ އިޝާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ފިލުވާލުމަށެވެ.

“ގެއަށް ދާން އިޝާ ބޭނުމީ” ގައިމަތީ އަޅާލާފައި އޮތް ރަޖާގަނޑު ނަގާލަމުން އިޝާ ބުންޏެވެ. އަދި އަވަސް އަވަހަށް އެނދުން ތެދުވެ އައިވީ ނައްޓާލިއެވެ. “ނޫން އިޝާ” އިޝާގެ ހިމަ އަތުގައި އަޝްފާގު ހިފާލަމުން ބުންޏެވެ. ކަރުނައިން ދެލޯ ފުރިފައިވާ އިޝާއަށް ކުރިމަތީ ހުރި އިޝާގެ މޫނަށް ބަލާލެވުނީ ހިތްދަތި ކަމާއެކީގައެވެ. އަޝްފާގް އިޝާގެ ކޮނޑުގައި ހިފާލުމަށްފަހު އެނދުގައި ބޭންދިޔެވެ. ” އިޝާ… ޑޮކްޓަރު ބުންޏޭ އިޝާ އަރާމް ކުރާށޭ… ތިހެން ތެދުވެ އުޅެންޏާ އިޝާގެ ހާލަތު އިތުރަށް ގޯސްވާނީ.. އިޝާ މަންމަ ނަމްބަރު ބުނޭ އޭރުން އަހަރެން ގުޅާލަދޭނަން .. އަވަހަށް ދެން އޮށޯވޭ” އަޝްފާގުގެ ދުލުން ބޭރުވީ އޯގާތެރިކަމުގެ ބަސްތަކެވެ.

“އެކަމް އިޝާ ބޭނުމެތް ނޫން މިތާ އޮންނާކަށް.. އަދި މަންމަ ކައިރީ ބުނާކަށްވެސް. މަންމަ މިހާރު އުޅެނީ ނުލާހިކު ބަލިކޮށް. އިޝާ ބަލިކަން އެނގުނީމަ މަންމަ ދެރަވެސްވާނެ..” އިޝާ އޭނާގެ ހިތުގެ ހާލަތު އަޝްފާގަށް ކިޔައިދިނެވެ. ” ދީބަ ފޯން” އިޝާ އެދުނެވެ. “މަންމާ އިޝާ ވަރަށް ބޮޑަށް ސޮރީ . އޮފީހުގަ ވަރަށް ބުރަކޮށް އުޅުނީމަ ނުގުޅުނީ. މިދަނީ އިނގޭ އިރުކޮޅަކުން” އިޝާ އޭނާގެ މަންމަ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އެތަން ބަލަަން އަޝްފާގަށް ހުރެވުނީ ގެއްލިފައެވެ. މިވީ ކުޑަ ހިނދުކޮޅުގެ ތެރޭގައި  އިޝާގެ މައުސޫމްކަން އޭނާގެ ހިތް ފަތަހަކޮށްލާފިއެވެ. އިޝާއަށް ބަލާލާ ކޮންމެ ފަހަރަކު އަޝްފާގުގެ ހިތަށް ނޭނގޭ ދިރުމެއް ލިބެމުންދެއެވެ.

“އައިވީ ވެސް ހުސްވެއްޖެ ހިނގާގެއަށް ދާން. ޑޮކްޓަރު ބުންޏެއްނު އައިވީ ހުސްވީމަ ދެވޭނޭ” އިޝާއަށް ގެއްލިފައި ހުރި އަޝްފާގަށް ބަލާލަމުން އިޝާ ބުންޏެވެ. އިޝާއެހެން ބުނުމުން ކޮންމެެވެސް ވަރެއްގެ ސިހުމެއް އަޝްފާގަށް ލިބުނު ނަމަވެސް އެކަަން ފޮރުވޭތޯ އޭނާ އުޅުނެވެ. “އާން ހިގާ ދާން” އެހެންބުނެ ދެމީހުންވެސް އިޝާ ގެއަށް ދިޔުމަށް ތައްޔާރު ވާން ފެށިއެވެ.


ކާރުން ފައިބަން އިޝާ ދޮރު ހުޅުވުމާއިއެކު އޭނާގެ އަތުގައި އަޝްފާގަށް ހިފުނީ ބޭއިހްތިޔާރުގައެވެ. އެހެންކަމުން އަވަސް އަވަހަށް އިޝާގެ އަތުން ދޫކޮށްލިއެވެ. ” އަން މި ފޯން…އެކްސިޑެންޓުގައި އިޝާގެ ފޯން ގެއްލުމުން މިފޯން ދެން ގެންގުޅޭ. އޮންނާނެ ސިމެއްވެސް. ކަމެއް ދިމާވެއްޖެއްޔާ ނޫނީ އެއްޗެއް ބޭނުމިއްޔާ އަހަރެންގެ ނަންބަރަށް ގުޅާ. އިންނާނެ އޭޝް ޖަހާފަ ސޭވްކޮށްފަ. އިޝާ ބަލައިގެން އުޅޭނީ” ހަމްދަރުދީ އާއި އޯގާތެރިކަމުގެ ބަސްތަކުން އިޝާއަށް ހަމަޖެހުން ލިބުނެވެ.


1 މަސް ފަސް

“ދައްތާ…. އަަވަހަށް ކައިވެންޏަށް ތައްޔާރުވާން ފަށަންވީ….. ދުވަހެއްގެ ކޮޅުންވެސް ނުވާނެ ކަމަށް ހީކުރި ކަންތައް މިއޮތް ފެންނަނީ” ފަޒީލްގެ މަލާމާތުގެ ބަސްތައް އަމާޒުކޮށްލީ ޖެހިގެން އިން ސޯފާގައި އިން އަޝްފާގަށެވެ.

“ތެދެއްތަ ދަރިފުޅާ.. މަންމަ އަށް ތިކުއްޖާ ދައްކާލީ ކޮން އިރަކުން” އަޝްފާގުގެ މަަންމަ އަހައިލީ ވެފައި ހުރި ޝައުގެއްގެ ބޯޑުކަމުންނެވެ.

“އަދި އެހާ ގިނަ ދުވަހެއް ނުވެއޭ މަންމާ…އަދި…”

އަޝްފާގުގެ ޖުމްލަ ނުނުމެނީސް ފަޒީލް އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. “ގިނަ ދުވަސް ނުވެއޯ.. އެކަމެއް ނޭނގެ އޭނަ ދެދޮލަށް ނިންޖެއް ނާދެ މިވީ “ކުޑަ” ދުވަސްކޮޅު ތެރޭ.. އަބަދު ފޮޅިފައި އިންނަ މަލެއްހެން ހެވި ދިއްލިފަ އިންނަނީ” މަންމަ ހުރުމުން ފަޒީލްގެ މަލާމަތުން ލަދުގަތަސް އެކަން އޭނާ ނުދައްކައެވެ. ހެވިފައި ވިސްނެމުން ދިޔައީ އޭނާގެ ހިތުގެ ރާނީ އިޝާއާއި ދޭތެރޭގައެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މިހިތުގެ ވިންދޭ ތީ (ތިންވަނަ ބައި)

Next

އެޕާރޓްމަންޓް 4ބީ (ފަހުބައި)

Next
March 26, 2017

އެޕާރޓްމަންޓް 4ބީ (ފަހުބައި)

Previews
March 25, 2017

މިހިތުގެ ވިންދޭ ތީ (ތިންވަނަ ބައި)

8 Comments!

  1. Afy says:
    March 25, 2017 at 8:25 pm

    V reethi kon irakun up vaanee anehbai

    1. maroon says:
      March 25, 2017 at 9:15 pm

      thanku afy .. v avahah in sha allah

    2. maroon says:
      March 25, 2017 at 9:15 pm

      thanku shafu .. v avahah in sha allah.

  2. shafu says:
    March 25, 2017 at 8:44 pm

    VV reethi… kon irakun next part up kuraany….

  3. Green handi says:
    March 25, 2017 at 9:40 pm

    Story is speechless and nice masha Allah keep it up

    1. maroon says:
      March 25, 2017 at 9:55 pm

      handi dnt haunt me tonight 😉 …
      thank u for the nice comment

  4. Naxy says:
    March 25, 2017 at 10:18 pm

    Varah reethi… avahahup kohlahchey

  5. unknown says:
    July 20, 2018 at 10:17 am

    vrrh reethi
    the most beautiful story I ever found

Comments are closed.

Next Episodeއާވާ ހަނދާން 4←


All Right Reserved!